Views: 1136 50

އާޒީން އާއި އާލިކް އެއިރުޝާދުތަކަށް ޢަމަލުކުރަމުން ދިޔައެވެ. އެ 6 މީހުން ހަނގުރާމަ ކުރަމުން ދަނިކޮށް ރާހިލްގެ ކޮޅަށް ރީމާ ، ރައުފް ، ރީހާ އަދި ރީހާގެ އެކުވެރިއެއް ކަމުގައިވާ ރިޔާޝާ އިތުރުވިއެވެ. އާލިކް އަތުން ދޫކޮށްލި ހިދުކުލައިގެ އައްޔަކުން ބިރުން ތިބި ޔުސްނާމެން އެހުރިގޮތަށް ގަނޑުވިއެވެ. އެއްގަޑީރު ހަނގުރާމަކުރި އިރު އާޒީންމެން ދިޔައީ ބަލިވަމުންނެވެ. އިރުކޮޅެއް ވީއިރު އާޒީންމެން ތިބީ ހެއިކުޑަވެގެން ބިންމަތީގައި ވެއްޓިފައެވެ. ދެން އެ މީހުންގެ ކައިރިން ފާޅުވި އަންހެން މީހާ އެމީހުންނާއި އެކު ގެއްލުނެވެ.

"އާޒް؟" އާޒީންއަށް ލޯ ހުޅުވައިލެވުނީ އަންހެނެއްގެ ގޮވުމުގެ އަޑަށެވެ.

އާޒީން ތެދުވުމަށްފަހު ވަށައިގެން ބަލައިލިއިރު އާލުކްމެން ތިބީ އާޒީން ވަށައިލައިފައެވެ. ކައިރީގައި ހުރީ އަރީޝާއެވެ.

"މަންމާ!" އާޒީން ބުންޏެވެ.

"އެހަށް މަޑުކުރޭ! އެންމެން އެންމެންނާއި ވާހަކަ ދައްކާނީ ފަހުން. މިގަޑީގައި މުހިންމީ އަހަރެމެންގެ ފުރާނަ." އާލިކް ވިސްނުން ތޫނުކަމާއިއެކު ބުންޏެވެ.

"އާނ! އެންމެންނޭ ދޮންބެ އެބުނީ ތެދެއް. އެންމެ ފުރަތަމަ އަހަރެމެންގެ ފުރާނަ. ދެން އެހެން ކަންތައްތައް." އާޒީން އައު ޢަޒުމަކާއިއެކު ކޮޅަށް ތެދުވެ ބުންޏެވެ. އަރީޝާ ހީލިއެެެެވެ.

"ކިހިނެތް އެ ރާހިލްމެން ހޯދާނީ؟" ވަށައިގެން ވާ މާޙައުލަށް ނަޒަރު ހިންގައިލަމުން އާޒީން ސުވާލިކުރިއެވެ.

"އެއީ ވަަރަށް އުދަގޫކަމެއް. ރާހިލްމެން އުޅޭނީ ވަަރަށް ބޮޑު ސަހަރެއްގައި. ހުރިހާ ކުދިން ހަނދާންކުރާތި! މިތަން އޮންނާނީ އިންސާނުންގެ ދުނިޔެ އޮންނަ ހޮތަކަށް ނޫން! މިއީ ވަރަަށް ތަފާތު ތަނެއް. އެންމެންވެސް އުޅެންވާނީ އެއްކޮށް. ވަކި ނުވާތި. ނުރައްކަލެއް ދިމާވިއަސް އަދި އެހެން ކަމެއް ދިމާވިއަސް. މިތަނަކީ ވަރަށް ބޮޑު ތަނެއް. ކޮންމެ ފަދަ ތަނަކުންވެސް ކޮންމެ ފަަދަ ގަޑިއަކުވެސް ނުރައްކަލަކާއި ދިމާވެދާނެ. ނަމަވެސް އެއްވެސް ވަރަކަށް އެއްވެސް ކުއްޖަކު ބިރު ނުގަންނާތި. ހާސް ނުވާތި. އިންޝާﷲ. ރާހިލްމެންނާއި ހަމައަށް ވާޞިލްވެވުމުން އެމީހުން ބަލިކުުރުމަށްފަހު އިންސާނުންގެ ދުނިޔެއަށް ދެވޭނެ. ހިތްވަރުކުރޭ. ޢަޒުމް ވަރުގަދަ ކުރޭ. މިކަންކަން ކޮށްގެން ނޫނީ އަހަރެމެންނަކަށް އުފަލަކު އަމާންކަމާއިއެކު ނޫޅެވޭނެ. އަހަރެމެންގެ ފުރާނައަށްޓަކައި މިހާރު މިކަން ކުރަން މިވަނީ މަޖުބޫރުވެފައި. ހުރިހާ ކުދިން ވަޢުދުވޭ މިބުނި ކަންތައްތަކަށް ފަރުވާތެރިވާނެކަމަށް!" އަރީޝާ ބުންޏެވެ.

"އަހަރެމެން ވަޢުދުވަން." އެންމެން އެއްފަހަރާ އެއް އަޑަކުން ބުންޏެވެ.

"އާނ! އަދި ކިރިޔާ މިހަނދާންވީ! ކޮބާ ނިޝާ އާއި ލާއިން އާއި ރައުފް އާއި ކައިލާ އާއި ޔުސްރާ؟" ޒާފިރް ވަކިވަކިން ހުރިހާ އެންމެންގެ މޫނުތަކަށް ބަލަމުން ބުންޏެެވެ.

"ހާސްނުވޭ! އެހުރިހާކުދިންވެސް ތިބީ އަހަރެންގެ ހިމާޔަތުގައި." އަރީޝާގެ އަތުގެ ޖާދޫއިން އެހުރިހާ ކުދިން ވަކިވަކި ބިއްލޫރި ފޮށިތަކަކަށް ލައިފައި ތިބިތަން ފެނުނެވެ.

ހުރިހާ ކުދިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް މިހާރު މައްސަލައަކީ އިރުއޮއްސުމުން ނިދާނެ ތަނެއް ނުލިބުމެވެ. ނަސީބު ދިމާކުރިގޮތުުން އެ މީހުންނަށް ތިބެވުނީ އަރީޝާގެ ވަރަށް ގާތް ރައްޓެއްސެއްކަމަށްވާ ފަރީޝާމެން ގޭގެ ކައިރީގައެވެ. އަރީޝާ އާއިއެކު ދެން ތިބި ކުދިންވެސް ގޮސް އެގެއަށް ވަނެވެ. އަރީޝާ ފަރީޝާއަށް ދިމާވި ހުރިހާ ކަމެއް ކިޔައިދިނުމުން އަރީޝާމެންނަށް އެހީތެރިވެދިނުމަށް ނިންމިއެވެ. އެގޭގައި 3 ހުސް ކޮޓަރި ހުރުމުން ހުރިހާ އަންހެންކުދިން އެއްކޮޓަރިއެއްގައި ނިދަން ހަމަޖެހުނެވެ. އަދި ހުރިހާ ފިރިހެންކުދިން އެއް ކޮޓަރިއެއްގައި ނިދަން ހަމަޖެހުނެވެ. އާޒީން ވަކިން ކޮޓަރިއެއްގައި ހުންނަން ބޭނުންވުމުން ތިންވަނަ ކޮޓަރި ލިބުނީ އާޒީންއަށެވެ. ހުރިހާ އެންމެން ކައިގެން ނިދަން ވަނެވެ. ނަސީބުދިމާކުރިގޮތުން އާޒީންގެ ކޮޓަރީގައި ކުޑަދޮރެއް ހަރުކޮށްފައި ހުއްޓެވެ. އެހެންކަމުން އާޒީންއަށް ނުނިދިގެން އެކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. އަދި ހިތަށް އެރިއެވެ.

މާދަމާގެ އިރުއަރާއިރު އެނުބައި ނުލަފާ ރާހިލްމެންގެ މަކަރުވެރި ރޭވުން ހުންނާނީ ކިހިނެތްކަމެއްވެސް ނޭނގެއެވެ!

'ނިމުނީ'

އިންޝާﷲ މިވާހަކައިގެ ދެވަނަ ސީޒަން 2021ގައި.... 2ވަނަ ސީޒަންއަށް އިނަތިޒާރު ކުރައްވާ! 🙂

 1. Avatar
  moderated

  އިޓްސް ރިއަލީ ގްރޭޓް

 2. flame Gurl
  moderated

  މާޝާﷲ…..ވވވވ ރީތި…. އަފޫގެ އެހެން ވާހަކައަކަށް އިންތިޒާރު ކުރާނަން އިންޝާﷲ… 🙂

 3. ފާތިމަތު ޔަޝްމީ ފާއިޒް

  Mi season varah salhi… Dhen oi season vex mihaa reethi vaane kamah uhmeedhu kuran… Waiting for the seasone 2…keep up the good work afsheen.😉… Dhen oi seasonge baithah dhigu kohlathi. You’re so talented. Don’t give up. There will be always someone to care you.💞

  1. އަފްޝީން

   Thnxx Yashmee….. Awwwww thnx again. Insha Allah December ga trailer nereveytho balaanan. Adhivx ehfaharu thi dhehvvi hihvarah V bodah shukuruverivan. Thnx Yashmee ☺️

    1. Avatar
     moderated

     ވަރަށް ރީތި އުއްމީދު ކުރަން ސީޒަން 2 އަވަހަށް އަޕް ކޮއްލާނެ ކަމަށް 👏🏻👏🏻💜

 4. Avatar
  moderated

  މިވާހަކަ ވަރަށް ވައްތަރު އޭލިއަންފަނި ވާހަކައިގެ ކޮޕީ އަކާ!
  ހީވާނީ އެވާހަކަ ބަދަލު ކޮއްގެން ލިޔެފަހުރިހެން!

 5. Avatar
  moderated

  Varah reethi mi Vrhka 2 vana season ah inthizaaru kuran
  ♥️ love ur stories

 6. Avatar

  މާޝާ ﷲ ! ☺💜💟💖💝💚😚😘 ! އަފޫ ވަރަށް މޮޅު އިނގޭ ވާހަކަ ލިޔަން ! އެންޑް އައިމް ކިޔުރިއސްލީ ވެއިޓިން ފޯ ސީޒަން 2 ! ލަވް ޔޫ ޑަރލް ! އެންޑް ސްޓޭ ސޭފް

 7. Avatar
  moderated

  ވަރަށް ރީތި ވާހަކައެއް މާޝާ ﷲ

 8. UNKNOWN GIRL

  𝙰𝙵𝙾𝙾…𝚂𝙰𝙻𝙷𝙸 𝚂𝚃𝙾𝚁𝚈 𝙴𝙷…𝙲𝙰𝙽’𝚃 𝚆𝙰𝙸𝚃 𝙵𝙾𝚁 𝙽𝙴𝚇𝚃 𝚂𝙴𝙰𝚂𝙾𝙽….𝚆𝙸𝚂𝙷 𝚄 𝙰𝙻𝙻 𝚃𝙷𝙴 𝙱𝙴𝚂𝚃 𝙳𝙴𝙰𝚁…𝙻𝚄𝚅 𝚄 𝚂𝙾 𝙼𝚄𝙲𝙷….😘🤩🥰🥰💋💖💖💖💖💖💓💓💓💓

ޚިޔާލު ފޮނުއްވާ