Views: 3937 76

( (ނިޝް) ޖެނުއަރީ 13 2020 ހުޅުމާލެ )

ނިޝް އަށް ހެނދުނު ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ބަންދު ދުވަހެއް ކަމުން ނިޝް އުންމީދު ކޮށްގެން ހުރީ ތަންކޮޅެއް ލަސް ވަންދެން ނިދާލާށެވެ. ސްކޫލް ނެތިއްޔާ ހުދާ ވެސް އަވަހަކަށް ނުހޭލާނެއެވެ. ގުޅަނީ ކާކު ތޯ ބަލައިނުލާ ކޯލް ކަނޑާލާފައި އަނެއްކާވެސް ނިދޭތޯ އޮށޯތެވެ. ހުވަފެނުގެ ދުނިޔޭގައި ރަނގަޅަށް ފައި ބީއްސާނުލެވި އުޅެނިކޮށް އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. ނިޝް ޗޮކެއް ކަޑާލާފައި ބާލީސް ދަށުން ފޯނު ނެގިއެވެ. މިއޮއް ފަދަ ވިއްސާރަ ހެނދުނުގެ ނިދި ހަރާމް ކޮށްލި ދުޝްމިނުގެ ނަން ސްކްރީނުން ފެނިފައި ނިޝް ހައިރާނެއް ނުވިއެވެ.

"އިގޭ މޫނު ހަދައިގެންކަން ތިއޮތީ ނިޝް" ނިޢުމާ ހިނިގަނޑެއް ޖަހާފައި ބުންޔެވެ.

"ހުކުރު ދުވަސް. އޮފީސް ބަންދު. ސްކޫލް ބަންދު. ކޮން ކުށެއްގެ ޝަޒާއެއް ނިއުމާ އަހަރެންނަށް ތި ދެނީ" ނިޝް މޯޅިއަކަށް ދެމި ލަމުން ޖަވާބު ދިނެވެ.

"ނުވަ މަސް ވަންދެން ދިން ވޭނާ، ލޮލުފިޔަ ނުޖަހާ ބީވެ ދިޔަ ރޭތަކާ. ގެއްލިގެން ދިޔަ ލޫޅާފަތި ހަށިގަނޑުގެ ބަދަލުގަ، ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކަސް، ފަތިހު އަރާ އިރަށް ތުއިވާން ހޭލާ ހާ ގޮވާ ގަޑީގަ ގުޅުމުގެ ޙައްޤު ވެސް ބަލަ މި މަންމަ އަށް ލިބިގެން ވެޔޭ" ނިޢުމާ ފަހުރުވެރި ވެލާފައި ބުންޔެވެ.
"އޮއް ހޫން، ހައްހައްހާ މި ކޮން ގަނޑި އެއް ޝާއިރީވާން. ކޮންރޯލް ނިޢުމާ." ނިޝް ބުނެލިއެވެ.

"ބޭކާރު ވާހަކަ ނުދައްކާ. އެހެން ނޫނަސް ނިޝް އާފުރޭ އަޑު އަހާކަށް ނޫން މި ގުޅީ. އަހަރެންގެ މާމަ ދަރިފުޅާ ވާހަކަ ދައްކާލާ ހިތުން މި ގުޅީ، ކޮބާ ހުދާ" ނިޢުމާ ނިޝް ގާތު އަހާލިއެވެ.

"މިއަދު ހުކުރު ދުވަސް ވީމަ އަދި ނުހޭލާނެ. ހޭލީމަ ގުޅާނަން އިގޭ. ބަސް އަހައިގެން އުޅޭތި. ލަވް ޔޫ ނިޢު." ޕޯން ބާއްވަމުން ނިޝް ބުނެލިއެވެ.

އަލުން ނިދޭތޯ އުޅެ އުޅެ ނުނިދުނެވެ. ލޯ މެރޭކަށް އެއްބަހެއް ނުވިއެވެ. އެންމެފަހުން އެދުން ތެދުވެ ރެޑީ ވެލައިގެން ކޮޓަރިން ނިކުތެވެ. ބަނދިގެ މޭޒު ކައިރީ ކޮފީ ތަށްޓެއް ގިރަން ހުއްޓައި ފަހަތުން އައިސް ހުދާ ބައްދާލިއެވެ.

"ގުޑް މޯނިންގް މަންމާ"

ފަހަތައް އެބުރި ލާފައި ނިޝް، ހުދާ އުރާލާފައި ބައްދާލިއެވެ.

"ގުޑް މޯނިންގް" ހުދާ ކޮލަށް ދޮނެއް ދެމުން ނިޝް ބުނެލިއެވެ.

"މަންމާ ހިނގާބައް ބީޗް އަށް، އައިސް-ކްރީމް ބޯން" ހުދާ ނިޝް ގާތު އެހިއެވެ.

"ނޫން ދޫންޔާ، އިރުކޮޅަކުން ހުކުރު ވަގުތު ޖެހޭނެ" ނިޝް ޖަވާބު ދިނެވެ.

"އަދި 10 ވެސް ނުޖަހާ މަންމީ، ޕްލީސް ހިނގާބައް، ޕްލީސްސްސް" ހުދާ ބޮޑާ ހާކަން ފެށިއެވެ.

"ހޫން، ކަމެއް ބޭނުންވީމަ މަންމަ އިން މަންމީ އައް ބަދަލުވީ ދޯ؟ އާދޭ އެއްޗެހި ބަދަލު ކޮށްލައިގެން" ނިޝް ހީލާފައި ހުދާ ކަންފަތުގައި ހިފާލަމުން ބުންޔެވެ.

ހުކުރު ދުވަސް ވީމަ މުޅި ބީޗް އޮތީ ފުރާލާފައެވެ. ބީޗް ވެލިގަނޑުގެ ދޮނެއް، ކަޅެއް މައްޓެއް ބުނެދޭން އިގޭވަރަށް ވުރެއް މީހުން ގިނައެވެ. މީގެ އިރުކޮޅެއް ކުރިން ވިއްސާރަކޮށް އޮވެފައި މިހާރު މޫސުން ވަނީ ރަނގަޅުވާން ފަށާފައެވެ. ނިޝް އާއި ހުދާ ބީޗް ގައި ހުރި އައިސް-ކްރީމް ވިއްކާ ތަނާ ދިމާލަށް ހިންގައިގަތެވެ.

....................

( (ރަޒީން) ޖެނުއަރީ 13 2020 ހުޅުމާލެ )

ހުކުރު ދުވަހު ޑިއުޓީ އަށް ނިކުންނަން ޖެހޭ ކުއްޖާ ބަލިވުމުން، ނިދި މޫނާ އެކީ މިއޮއް ފަދަ ހުކުރު ދުވަހު ޑިއއުޓީ އަށް ނިކުންނަން ޖެހުނީ ރަޒީން އަށެވެ. މައްސަލަ އެއް ޖެއްސޭކަށް ވެސް ނެތެވެ. މީހާގެ ހުރި ތައުލީމީ ފެންވަރާ ބަލާފައި އަނެއްހެން ރަނގަޅެވެ. ރަޒީން އަކީ ގްރޭޑް 6 އަކުން ޑިގްރީ ހާސިލް ކޮށްގެން ހުރި 25 އަހަރުގެ، ޤައުމު އެދޭ ފަދަ ޒުވާނެކެވެ.

"އެސްކިއުޒް؟؟ ހެލޯ" ކަސްޓަމަރަކު އައިސް ގޮވާލި ތަނާ ސިއްސައިގެން ގޮސް ރަޒީން އިށީދެގެން އިން ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ.

"އައްސަލާމު އަލައިކުމް، ވެލްކަމް ޓު އައިސް ކްރީމް ބާރ." ގޮނޑިން ތެދުވެލާ ހިނިތުން ވެލާފައި ރަޒީން މަރުހަބާ ކިޔެވެ.

"ދީބަ ދެ ޗޮކްލެޓް އައިސް-ކްރީމް ކޯން އާއި ކުޑަ ފެންފުޅިޔަކާ"

ރުފިޔާ ދިއްކޮށްލަމުން ކަސްޓަމަރު ބުންޔެވެ.

މެޝިނުން އައިސް-ކްރީމް ކޯން ތައްޔާރު ކޮއްލުމަށް ފަހު، ރަޒީން ކަސްޓަމާރ އައް ދިއްކޮށްލިއެވެ.

"އަން ކޮއްކޮ، ބަލައިގެން، ހެއްހޭ" ކުޑަ ކުއްޖާ އަށް އައިސް-ކްރީމް ދިއްކޮލަމުން ރަޒީން ބުނެލިއެވެ.

11 ޖެހުމުން ހުކުރު ވަގުތަށް ތަން ބަންދު ކޮއްފަ ރަޒީން ގެޔާ ދިމާލަށް ހިންގައި ގަތެވެ. ހިންގާ ހިންގާ ހުއްޓައި ޖީބުގައި އޮތް ފޯނު ރިންގު ވާން ފެށިއެވެ.

"ހެލޯ، ކާކު؟" ފޯނު ނަގާފައި ރަޒީން ޖަވާބު ދިނެވެ.

"ފިލްމް އެއްޗެހި ބަލާ އުޅެން ތަ؟" އެކޮޅުން ފިރިހެން އަޑެއް ޖަވާބު ދިނެވެ.

ރަޒީން ހުރީ ކުރި ސުވާލުގެ ސަބަބުން ބުނާނެ އެއްޗެއް ނޭންގިފައެވެ.

"ފިލްމް އެއްޗެހި ބަލާ އުޅެން ތަ؟" އަނެއްކާވެސް އޭނާ ސުވާލު ކޮށްލިއެވެ.

"ބަރާބަރު، އެހެން ވީމަ އުންމީދު މި ކުރަނީ ދެން ދައްކަން މިއުޅޭ ވާހަކަ ރަނގަޅަށް އަޑު އަހާފައި ކޮސް ކަމެއް ނުކުރާނެ ކަމަށް.

ތި ހުރި ގޮތަށް އިތުރު ތަނަކަށް ނުގޮސް ގެޔާ ދިމާލަށް ހިނގާ. މަޑު ނުކުރާތި، މީހަކާ ކަޅި ހަމަ ނުކުރާތި. މީހަކާ ވާހަކަ ވާހަކަ ނުދައްކާތި!... މި ދުނިޔޭގައި ރަޒީންގެ ހުރި ހަމަ އެކަނި މީހަކީ މަންމަ ދޯ؟ ރަޒީންގެ މަންމަ ވީ އަހަރުން ރަޙީން ކޮށްފަ" އޭނަ ދެއްކި ވާހަކައިން ރަޒީން އަށް ވީ ގޮތް ބަޔާން ކޮށްދޭންވެސް ނޭންގުނެވެ. ހީވީ ފައި ދަށުގައި އޮތް ބިންގަނޑު ކަޑައިގެން ގޮސް ނިމުމެއް ނެތް އަދިރި ހޮހަޅައަކަށް ވެއްޓިގެން ދިޔަހެނެވެ. ނޭވާ، ހޮޅީގައި ތާށިވެ، ފުއްޕާމޭ ހީވީ މޭކަށިގަނޑުގެ ތޫނު ވަކި ތައް ތެރެއަށް ލާ ފިއްތާކިހެނެވެ.

"ނޫން... ހެއް.... ހޭ ނުވާނެ އެހެނެއް، މި ދެން ކޮންކަހަލަ ސަމާސާ އެއް" ރަޒީން ބިރުން ހުރެ އަހާލި އެވެ.

"ވަގުތު ވަރަށް ކުޑަ. މިއީ ސަމާސާ އެއް ނޫން. ޤަބޫލް ނުކުރަންޔާ އަވަހަށް ގެޔަށްދޭ. ގޮސް މަންމަ ހޯދާ. ގުޅާ. އަހަރެން މި ހަދަނީ ތެދުކަން ޔަގީން ވީމަ މިސް ކޯލް އެއް ދީ. އެކަމު ލަސް ނުކުރާތި، މީހަކަށް ނާންގާތި. އެހެން ނޫނީ....." ފޯނު ކެނޑުނީއެވެ. ރަޒީން ދެފައިގަ ހުރި ބާރެއް ލާފައި ދުއްވައި ގަތެވެ.

ގެޔާ ހަމަ އަށް އާދެވުނު އިރު މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ހީވަނީ ވަރުގަދަ ކެރިގަނޑެއްގެ ތެރެއިން ދުވެފައި އައި ހެނެވެ.

"މަންމާ! މަންމާ!" ރަޒީން ހަޅޭއްކަވަމުން މުޅި ގޭތެރެ ހޯދަން ފެށިއެވެ. މަންމަ ފެންނާކަށް ނެތެވެ. ރަޒީން ފެން ކަޅި ވިއެވެ. ގޮތް ހުސްވެ ސިޓިން ރޫމް ސޯފާ މައްޗަށް ވެއްޓި ގަތެވެ. އެހެން އިންދައި ރަޒީން އަށް އަޑެއް އިވެންފެށިއެވެ. ރަޒީން ތެދުވެލާފައި މަންމަ ކޮޓަރިޔާ ދިމާލަށް މަޑު މަޑުން ހިނގައި ގަތެވެ. ކޮޓަރިޔާ ކައިރި ވި ވަރަކަށް އިވެމުން ދިޔަ އަޑު ސާފު ވިއެވެ. ފާހަނަ އިސްކުރު ދޫކޮށްފައި ހުރި އަޑެވެ. ރަޒީންގެ ހިތަށް ހިތްހަމަޖެހުން ލިބުނެވެ.

"މަންމަ ފާޙަނައިގަ ދޯ.... ޕިސް ޕިސް. ކިރިޔާ މަ ބިރުން ހަލާކުނުވީ"

ކޮޓަރިއަށް ވަދެ ފާހަނަ ދޮރުމަތީ ހުރެފައި ރަޒީން ގޮވާލިއެވެ. ނަމަވެސް އަންބުރާ ޖަވާބެއް ނުލިބުމުން ރަޒީން އަނެއްކާވެސް ކަންބޮޑު ވިއެވެ. އަނެއްކާވެސް މަންމާ އޭ ކިޔާ ދޮރުގައި ޓަކި ޖަހާ ގޮވާލިއެވެ. ޖަވާބެއް ނުލިބެއެވެ. އިސކުރުން ފެންފައިބާ އަޑު އިވެއެވެ. ރަޒީން މިފަހަރު ތަންކޮޅެއް ބާރަށް ޓަކި ޖަހާލި ތަނާ ދޮރު ކުޑަ ކޮށް ހުޅުވުނެވެ. ދޮރު ހުރީ ރަނގަޅަށް ނުލެއްޕިއެވެ. ގަނެފައި ހުރި ބިރުގެ ސަބަބުން ހުއްޓުމެއްނެތި ތުރު ތުރު އަޅަމުން ދިޔަ އަތުން ތަޅުގައި ހިފާ މަޑު މަޑުން ފާޙަނަ ދޮރު ހުޅުވާލިއެވެ.

"މިއާއު"

"އާ" ދޮރު ހުޅުވި ތަނާހެން ގަޔާ ދިމާލަށް ފުންމާލި ބުޅާ ފެނިފައި ރަޒީން އަށް ހަޅޭލަވައިގަނެވުނެވެ. ޖީބުގައި އޮތް ފޯނު ނަގަފައި މަންމަ އަށް ގުޅިއެވެ.

"ތިޔަ ގުޅުއްވި ނަންބަރު ވަނީ ނިއްވާލާފައި ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގަ، ފަހުން ގުޅުއްވާލައްވާ"

ފަސް ހަފަހަރު ގުޅީމަވެސް ހަމަ އެ މެސެޖްއެވެ. ލޮލުގައި އުފެދެމުން ދިޔަ ކަރުނައިގެ ބާނީ އިތުރަކަށް ނުހިފޭއްޓުނެވެ. ފައިބަމުން ދިޔަ ކަރުނައިގެ ތިއްކެއް ދަތްދޮޅިން ނެއްޓި ފޯނު ސްކްރީން އަށް ވެއްޓި ފޯންބުކް ތެރޭއިން ނަންބަރެއް ހުޅުވުނެވެ.
"މަންމް ވޯކް" ރަޒީންގެ މަންމަ ކައްކަން ދާ ގޭ ދައްތަގެ ނަންބަރެވެ. ފުން ނޭވާ އެއް ލާފައި ރަޒީން އެ ނަންބަރަށް ގުޅިއެވެ.

"ހަލޯ ދައްތާ ރަޒީން އޭ" ފޯނު ނެގުމުން ރަޒީން ބުންޔެވެ.

"ދޮން ކަލޯ، މަންމަ ބަލީތައް؟ މިއަދު ރޮށި ފިހާކަށް ވެސް ނާދޭ. ޕޯން އަކަށްވެސް ނުގުޅޭ." ދައްތަ ޖަވާބު ދިނެވެ. ރަޒީންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ.

"އާ ދައްތާ، އެވާހަކަ ބުނެލަން މި ގުޅީ" އެހެން ބުނެފައި ރަޒީން ފޯނު ކަނޑާލީއެވެ. އަދި މީހާ ކުޑަކޮށް ހަމަ އަކަށް އެޅިލުމަށް އެދުމަތީ ޖައްސާލިއެވެ. ބޮލު ތެރެއަށް ހީވަނީ ތޫފާނެއް އަރައިގެން އުޅޭހެންނެވެ. މިއީ ކޮންފަދަ އިމްތިހާނެއް ބާއޭ ހިތަށްއެރިއެވެ. ފޯނު ރިންގުވާން ފެށިއެވެ. އެމީހާ އެވެ.
"ރަޒީން. ހަލޯ. ނުގުޅަމެއްނު. މަންމަ ފެނުނީތަ؟" އޭނާ ސުވާލު ކުރިއެވެ.

"އަހަރެންނަށް ކަމެއް ކުރެވިފަ އޮތިއްޔާ މާފްކޮށްދީ. އަހަރެމެން މީ މުއްސަދި ބައެއް ވެސް ނޫން، އަމިއްލަ ނަންމަތީ ޙަޒާނާ އެއް އޮތީކީވެސް ނޫން"ރަޒީން ރޮއެ ގަތެވެ.

ހެއްހެއްހެއްހެއްހެއް

"އިންގޭ ނެތްކަން އަތުގަ ފައިސާ އެއް،
ލިބިފަ ނެތްކަން ޙަޒާނާ އެއް،
އޮތީ ވޮލެޓުގަ ޗުވިންގަމަކާ،
ދެތިން މަސްވީ ރަބަރު ޕެކެޓް އެއް،
ޝްޝްޝް، މިއޮއް ހުރިހާކަމެއް ކުރާ އިރު ތިވަރު އަޅުގަނޑަށް ވެސް އިގޭނެ ނޫންތޯ. ހުރިހާ އެއްޗަކީ ފައިސާ އެއްނޫން. އަހަރެން ބޭނުންވަނީ ރަޒީން ފަރާތުން އެޔަށް ވުރެން އަގުބޮޑު އެއްޗެއް. ރަޒީންގެ ވަގުތު، ވަފާތެރިކަން އަދި އެއްބާރުލުން. ޠަކުދީރުގައި އޮތް ކަމެއް އެއްވެސް އިންސާނަކަށް ނޭންގޭނޭ ބުނާ އަޑު އަހަންތަ؟ އެއީ ދޮގެއް. މިއަދު ރަޒީންގެ ޠައްގުދީރު ލިޔެވިގެން ދާނެ. ލިޔުންތެރިޔާ، އެޑިޓާ އަދި ޕަބްލިޝާރ އަކީ ވެސް އަހަރެން!!"
ރަޒީން ޗުއްޕުވެސް ނުބުނެ އަޑު އަހަމުން ދިޔައެވެ.
"މިވަގުތުން ފެށިގެން އިތުރު އެއްވެސް މީހެއްގެ ފޯނު ނަގައިގެންވެސް، މީހަކަށް ގުޅައިގެންވެސް ނުވާނެ، ވާނެ ގޮތް މިހާރު ސާފުވާން ޖެހޭނެ. ހެޑްސެޓް ކަނެކްޓް ކޮށްފަ ބައިންދާ. އަހަރެން ކުރާ މެއިލް ތަކާ އެއްގޮތައް އަމަލު ކުރަމުން ދޭ. ހުސް ދަބަހެއް ވެސް ގެންދާތި. ގަންނަން ޖެހޭ އެއްޗެހި ހަމަކޮށްފަ، ދިފަ އިން އެޑްރެސް ކައިރިޔަށް ގޮސް މަޑު ކުރޭ،
ކުރާށޭ އިންތިޒާރު ކޯލް އަށް،
ގުޅާނަން ދުވަހުގެ ފަހު ސަލާމް ދިނުމުން،
ކުރާށޭ އިްނތިޒާރު ކޯލް އަށް،
ގުޅާނަން އުޑުން ރަތް ވިލާ ފާޅުވުމުން.......................

((ނިޝް) 19:15 ހުޅުމާލެ)

ޙުދާ އަށް ކާންދީފައި، ކާޓޫން އަޅުވަ ދީފައި ނިޝް ދިޔައީ ކޮޓަރި އައް ޖައްސާލާށެވެ. އެންދުގައި އޮށޯވެލާފައި ނިޝް ފޯނު ހުޅުވާލިއެވެ. މަންމަގެ 3 މިސް ކޯލް އިނެވެ. އެވަގުތު މަންމަ އަށް ފަހުން ގުޅާނަމޭ ބުނިކަން ހަދާން ވިއެވެ. ފޯނާ ކުޅެން އެހެން އޮތްވައި ނިޝް އަށް ނިދުނެވެ.
ސިޓިން ރޫމްގައި ޙުދާ އިނީ ކާޓޫންގެ ދުނިޔެ ތެރެއަށް ވަދެ ގެއްލިފައެވެ. ގަޑިން އޭރު އަށެއް ޖަހަނީއެވެ.

(19:45 ހުޅުމާލެ)

އެމީހާ ފޮނުވި ލިޔުމުގައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ރަޒީން ހުރީ ފޮނުވި އެޑްރެސް ކުރިމަތީގައެވެ. އެ ގޭ ފިޔަވައި އިތުރު ގެ އެއްގައި ބޮއްކެއް ހާ ހިސާބު ވެސް ދިއްލާފަ ނެތެވެ. ދެން ކިރިޔާވެސް ދިރިމެއް ހުރި ތަނަކަށް ހުރީ މަގު ނިމޭ ކޮޅުގައި ހުރި ހޮޓާ ގަންޑެކެވެ. ރަޒީން ގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ.
"ހެލޯ ރަޒީން. މަންޒިލާ ވަރަށް ގާތަށް އާދެވިފަ މިއޮތީ. ހުރިހާ އެއްޗެއް ލިބުނު؟" އޭނާ ސުވާލު ކޮށްލިއެވެ.

"އާން. ކޮބާ މަންމަ؟ މަންމަ ރަނގަޅު ތަ؟" ރޮވިފައި ހުރެ ރަޒީން އަހާލިއެވެ.

ތިޔައީ ރަޒީން އަތް މަތީ އޮތް ކަމެއް. ގެޔަށް ވަދޭ. ވަދެފަ ދެން އިން މެއިލް ހުޅުވާ. އޭގަވާ ގޮތަކަށް ކުރިޔަށް ދާންވީ. ފޯނު ކަނޑާނުލާތި، މި ކޯލް އަކީ ރަޒީން މަންމަގެ ހިތުގެ ވިންދު. މި ކޯލް ކެޑިއްޖެއްޔާ، ރަޒީން މަންމަގެ ފުރާނައިގެ ގުޅުން މި ދުނިޔެއާއި އަބަދުގެ އަބަދަށް ކެޑުނީ ކަމަށް ބަލާ. ޓީ ޓީ ޓި ޓި ޓި ޓީ."

ފުން ނޭވާ އެއް ލުމަށް ފަހު ރަޒީން ބޭރު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ސިޑިން ފުރަތަމަ ފްލޯރ އަރާފައި އެޕާޓްމަންޓް ދޮރު ބޭރުގައި މަޑުކޮށްލާފަ އޭނާ ފޮނުވާފައި އިން ވާހަކައިގެ ދެވަނަ ބައި ކިޔާލިއެވެ. ރަޒީން ދެލޯ ބޮޑުވެ އަތުން ފޯނު ކައްސާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. ބޮލަށް އެންބުރުން އަރައި، މުޅި ހަށިގަނޑުން ވާގި ގޮސް ދާނެހެން ހީވިއެވެ. ވެއްޓި ދާނެތީވެ ރަޒީން ފާރުގައި އަތް ވިއްދާލިއެވެ.

"ނޫން، ނޫން، ނޫން އަހަރެންނަކީ މިކަހަލަ މީހެއް ނޫން. މި ނޫން އިތުރު ގޮތެއް، ހެޔޮ ނުވާނެ. މި ވާހަކަ ފުރިހަމަވާން ގަތުލެއް ބޭނުން ވަންޔާ އަހަރެން މަރާލާ" ރަޒީން ދެ ކަކޫ މައްޗަށް ވެއްޓި ރޮއެ ފޯނުން އާދޭސް ކުރިއެވެ.

"ޓީ ޓީ ޓީ ޓީ ޓީ............ ގަޑިން ރޭގަނޑު އަށެއް ޖެހީ، އަސަވަމުން ތިޔަ ގެނަދަވަނީ ރަޒީން މަންމަގެ ހިތުގެ ވިންދުގެ އަޑު. ވާޙަކަ ފުރިހަމަ ކުރަން 30 މިނެޓް މިދެނީ. ނުވެސް ދައްނަން، އެއްވެސް ގުޅުމެއް ނެތް ބަޔެއްގެ ފުރާނަ ބަނޑު އަޅައި ވިހޭ މަންމަގެ ފުރާނަޔަށް ވުރެން މުހިންމު ވީތަ؟ މީތަ މިހާރު ދުނިޔެ އޮތް ހާލަތަކީ؟ އަވަސްކުރޭ ރަޒީން، މަންމަ މިއޮތް ގޮވަނޠ" އެމިހާ ރަޒީން ބޮލަށް ވަސްވާސް ލައިދެމުން ދިޔައެވެ.

ރަޒީން ގޮތް ހުސްވެ ސިކުނޑި ސުމަކަށް ދިޔައެވެ.

"މަންމާ.. މަންމާ.... މަންމާ..." ރަޒީން ރޮއެ އަމިއްލަ ބޮލުގައި ތަޅަމުން ދިޔައެވެ. ރަޒީން ސިކުނޑީގައި މިހާރު ވަނީ މަޤްސަދެކެވެ. މަންމަ ސަލާމަތް ކުރުމެވެ. ބިންމަތިން ތެދުވެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތު ކުރިން ފޮހެލާފައި ދޮރުގައި ޓަކި ޖެހިއެވެ. ދެތިން ފަހަރު ޓަކި ޖަހާލި ފަހުން އުމުރުން 10 ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެ ދޮރު ހުޅުވާލިއެވެ.

"އައިސް-ކްރީމް ބޭ----......." ޙުދާގެ ޖުމްލަ ރަނގަޅަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ރަޒީން ދަބަހުގައި އޮތް މަރުތެޔޮ ނަގާ އެކުއްޖާ އަނގަމަތީގައި ޖެހިއެވެ، އަނެއްކާ މަރުތެޔޮލުން ހުދާ ބޮލުގައި ޖެހިއެވެ. ހުދާގެ ނާޒުކު ނާށިގަނޑު ޗިސް ޗިސްވި އަޑާ އެކު ސިޓިންގް ރޫމްގައި ޖަހާފައި ހުރި ހުދު ސަންގު މަރު މަރު މުށިތައް، އޮހޮރިގެން ދިޔަ ލޭގެ ކޯރުން ރަތް ކޮށްލިއެވެ.

"މަންމާ.. މަންމާ... މަންމާ..." ރަޒީން ލެއިން އަރަގުވެފައިވާ ހުދާގެ ބުޅި އިސްތަށިގަނޑު އަތައް އޮޅާލުމަށްފަހު ދަމާފައި ސިޑި މައްޗަށް އެރި އެވެ.

ނިޝް އައް ތިރީގައި އެއްޗެއް ވެއްޓުނު އަޑުފައްގަނޑަށޤ ހޭލެވުނެވެ. ސިޑިން އެއްޗެއް ދަމާފައި އަރުވާ އަޑު އިވެއެވެ.

"ދަރިފުޅާ؟ ކޮން ސަކަރާތެއް ޖަހަނީ" ޙުދާ ކަމަށް ހީކޮށް ނިޝް ގޮވާލިއެވެ. ކުޑަ ހިންދު ކޮޅަކަށް މުޅި ގެޔަށް ހަމަ ހިމޭންކަން ވެރިވިއެވެ. ނިޝް ތެދުވެ މަޑު މަޑުން ދޮރާ ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ.

ކުއްލިޔަކަށް ރަޒީން ދޮރުގައި ފަޔިން ޖެހި ޖެހީނުން ދޮރު ހުޅުވާލިއެވެ. ދޮރުން ޖެހިފައި ވިއްސައިގެން ގޮސް އެދު ކޮޅުގައި ބޯ ޖެހުނެވެ. ބޯޖެހުނު ލެއް ބާރުކަމުން ބޯ އަބުރައިގަނެ ކުޑަ ސިކުންތު ކޮޅަކަށް ލޯ މައްޗަށް އަދިރިކަން ވެރި ވިއެވެ. ފެނުން އަންބުރާ އައި އިރު ކުރިމަތީ ރަޒީން ހުއްޓިގެން ހުއްޓެވެ. އެއް އަތުގައި ލެއިން ރަތް ވެފައިވާ މަރުތޭލަކާއި، އަނެއް އަތުގައި ޙުދާގެ މަސްގަނޑެވެ. ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި ބޭރަށް ފައިބެފައެވެ.

"އާ--------" ނިޝް ރޮއެގަނެފައި ހަޅޭލަވައިގަތެވެ.

"ޙުދާ------.."ދެވަނަ ފަހަރަށް ނިޝް ހަޅޭލަވައިގަތުމުގެ ކުރިން ރަޒީން ދުވެފައި ގޮސް ނިޝް ކަރުގައި ހިފާ ގެންގޮސް ފާރަށް ހިއްޕާލިއެވެ. ނިޝް ރަޒީންގެ އަތް ނައްޓާލެވޭތޯ މަސައްކަތް ކުރިއެވެ.

"އައް" ނިޝް ރަޒީން މޫނުމަތީ ވަކި އެޅުމުން ރަޒީން ތަދުވެގެން ހަޅޭލަވައިގަތެވެ. ރަޒީން އައް ރުޅިން ކަރުގަ ހިފައިގެން ހުރެ ނިޝްގެ ބޯ ބަން ބަން ލާފައި ފާރުގައި ތެޅިއެވެ. މުޅީ ފާރަށް ލޭ ބުރައި، ނިޝްގެ ހަރަކާއި ހުއްޓި. ބޯ ފަޅައިގެން ދާ އަޑު އިވެނދެން ރަޒީން ފާރުގައި ނިޝްގެ ބޯ ތަޅަމުން ދިޔައެވެ.
"މަންމާ.... މަންމާ...... މަންމާ..... މަންމާ...." މޫނަށް ބުރާފައިވާ ލެއާ އެކުވެ ރަޒީންގެ ލޮލުން ލޭ ކަރުނަ އޮހެމުން ދިޔައެވެ. ރީތިވާ މޭޒު ކައިރީ ހުރި ގޮނޑި ގެނެސް ރަޒީން ފާރު ކައިރީ ލައްކޮށްލިއެވެ. އަދި ނިޝް ގޮނޑީގައި ސީދަލަސް ބައިންދާލިއެވެ. ދަބަހުގައި އޮތް ބެޓަރި ބުރުމާ އާއި ދިގު އިސްކުރުތައް ރަޒީން އެންދުމައްޗަށް ހުސްކޮށްލިއެވެ.. އިސްކުރު ބުރުމާ ކައްޓައް ލައްވާލާފައި، އަނެއް އަތުން ނިޝްގެ ބޯ ސީދާކޮށްލާފައި ނިޝްގެ ލޯ ތެރެއިން ފާރަށް އިސްކުރު ހަރުކޮށްލިއެވެ. އެގޮތަށް ދެ ލޮލަށާ، ދެ ފާތިލަ އަށް ރަޒީން އިސްކުރު ޖަހާނިންމާލިއެވެ. ނިޝް ހީވަނީ ގޮނޑީގައި ބައިންދާލައިފައި އިން ބުދެއްހެނެވެ. ބިންމަތީގައި އޮތް ޙުދާ އުފުއްލާލައިގެން ގޮސް ނިޝް އުގުމަތީ ބާއްވާލިއެވެ. ކޮޓަރި ހުދު ލައިޓް ޖައްސާލާފައި ރަޒީން ޕޮޓޯ އެއް ނަގާފައި އެމީހާ ނަންބަރަށް ފޮނުވާލިއެވެ.

"ވަރަށް ފުރިހަމަ." އެމީހާގެ އަޑު ކަންފަތުގައި ޖެހުމުން ރަޒީން ސިއްސައިގެން ގޮސް ވަށައިގެން ހޯދިއެވެ. ދެން ކުއްލިއަކަށް ރޭކާލީ ޕޯން އަދިވެސް ކަނޑާ ނުލާ އޮތް ކަމެވެ.

"މަންމާ" ރަޒީން މަޑު މަޑުން އަހާލިއެވެ. ހަށީގައި، ފުރާނައިގައި ދުލުގައި ވަރެއް ނެތެވެ.

"މަންމާ؟ މަންމަ އެ ބުނީމަ ދެތިން ލައިން ހަދާނަށް އައިއްސި،
ވާނަން ދޯ އަދު އެހީ، ސިފަ މަށަށް ކޮށްދޭން
ރަޒީން މަންމާ ނިކަން،
ހަމުގެ ކުލަޔާ އިސްކޮޅާ، ބަރުދަނުގެ އިތުރުން،
ބުނެލަ ދީބަލަ ނަން ނިކަން،
ހެއްހެއްހެއްހެއްހެއްހެއްހެއްހެއް"

އޭނާގެ ހިނިގަނޑާއެކު ފޯނު ކެނޑުނެވެ. އަލުން ގުޅަން އުޅެ އުޅޭ އެ ނަންބަރަކަށް ނުގުޅުނެވެ. ރަޒީން އަށް ވީ ނުވީ އެއް ނޭގުނެވެ. މިއީ ހުވަފެނެއްތޯ ނުވަތަ ހަޤީޤަތެއް ތޯ ވެސް އޮޅިއްޖެއެވެ. ރަޒީން ލިފްޓުން ތިރިޔަށް ފޭބި ތަނާހެން، ދޮރުން ނިކުމެ ކަކޫ މައްޗަށް ވެއްޓި ހޮޑު ދުއްވާލިއެވެ.
"އައްދޭ، ދޮން ކަލޯ" ލިފްޓުން އަރަން މަޑުކޮށްލައިގެން ހުރި މީހަކު ރަޒީން އައް އެހީތެރި ވެދިނެވެ.

"މިއާއު" އެމީޙާ ފައި ކައިރީ އޮތް އަޅި ކުލައިގެ ބުޅާ ފެނިފައި ރަޒީން ސިހުނެވެ. އިސް އުފުލާ ބަލާވެސް ނުލާ ރަޒީން ނިކުމެގެން ދިޔައެވެ.

ބޭރަށް ނިކުތް އިރު ގުގުރާ ބޯކޮށް ވާރޭ ވެހެނީއެވެ. ވިއްސާރަ ތެރޭގައި މިސްރާބެއް ނެތި ރަޒީން ދުއްވައި ގަތެވެ. ވިއްސާރަ ތިކިތައް ރަޒީންގެ ދެ ލޮލުން ފަބަމުންދިޔަ ކަރުނައިގެ ކޯރު ކަށްފު ކޮށްދިނެވެ. މި ވާރެއިން ރަޒީން ގައިގާ ހުރި ލޭތައް ދޮވެވި ސާފު ވިޔަސް، ފުރާނައިގައި ޖެހިފައިވާ ފާފައިގެ ލައްގަނޑެއް ނުފިލާނެއެވެ. ރަޒީން ހޭވެރިކަން އައިސް ދުވުން ހުއްޓާލިއެވެ. ދަބަހުގަ އޮތް ފޯނު ރިންގް ވާ އަޑު އިވުނެވެ.

"ހަލޯ، ދަރިފުޅާ ކޮންތާކު ތި އުޅެނީ، ދަރިފުޅު ޙަބަރެއް ނުވެގެން މަންމަ މިއޮތް ފިކުރު ކޮށް ކޮށް ހަލާކު ވަނީ" ރަޒީން ކަންފަތުގައި ޖެހުނު އަޑުން ހިތް ރޯން ފެށިއެވެ.

"ރަޒީ؟ ކީއްވެތައް ތި ރޮނީ. ހުއްޓާލާފަ ގެއައް އާދެބަލަ. ވަރަށް ސުންޕާ ދުވަހެއް މިއީ، މާލެ ދިޔަ ތަނުން ފޯނު ހަލާކުވެ، އިރު އޮއްސެންދެން ބްރިޖް ބަނދުވެ.... ޕިސް ޕިސް" ރަޒީން މަންމަ ހުއްޓާނުލައި އަގަތަޅަމުން ދިޔައެވެ. އެ ތޫފާން ތެރޭ މަގު މެދުގައި ފޯނު ކަންފަތުގައި ޖަހައިގެން އިނދެ ރަޒީން ގިސްލަ ގިސްލާފައި ލޮލުން ކަރުނަ އޮހޮރަމުން ދިޔައެވެ.

( ތިން ދުވަސް ކުރިން ގއ.ދާންދޫ)

"އައްސަލާމް އަލައިކުމް، ޕޯސްޓް" ބޭރުގައި ހުރި މީހާ ގޮވާލިއެވެ.

"ކާކަށް؟" ރީނާ ދޮރުމައްޗަށް ނުކުމެ އަހާލިއެވެ.

"ރީނާ މުޙައްމަދު އަށް" އެމީޙާ ޖަވާބު ދިނެވެ.

އުފަލުން ފޮޅިފައި ހުރެ ޕާރިސަލް ހިފައިގެން ގޮސް ކާ މޭޒު ދޮށުގައި ރީނާ އިށީނދެ ފޮށިގަނޑު ކަނޑާލިއެވެ. ފޮށިގަނޑު ތެރޭ ކުޑަ ނޯޓް އަކާއި ކުޑަ ލަކުޑި ފޮއްޓެއް އޮތެވެ. ރީނާ ފޮށި ހުޅުވާލިއެވެ. ފޮށި ތެރޭގައި އޮތީ ލިޔެލާ ޖަހާ ޖަރީ ކޮށްފައިވާ ގަލަމަކާއެކު ނޫ ކުލައިގެ މަލެއް ގޮތަށް އޮތް ކުޑަ ކުއްޖެއްގެ ބޮލުގަ ޖަހާ ދައްޗެއް ފާޑު އެއްޗެއް އޮތެވެ.

"ކާ އެއްޗެއް ތަ؟" ރީނާ ބޭބެ އައިސް ކައިރީ އިށީނދެލަމުން އެހިއެވެ.

"ނޫން މީ ވާހަކަ.ކޮމް އަށް ވާހަކަ ލާ ޔޫޒާ އެއް އޭނަ ދެން ލިޔާ ވާހަކައަށް ހިޔާލު ހޯދަން ޝެޔާރ ކޮށްފައި އިން މުބާރާތަކަށް ވާހަކަ އެއް ސަބްމިޓް ކޮށްގެން އެއްވަނަ ލިބުނީމަ ފޮނުވާފައި އިން ގިފްޓް" ރީނާ ބޭބެ އަށް ކިޔައިދިނެވެ.

"އާއްޗާ. ސަޅި. ލޯބީގެ ވާހަކަ އެއް ތަ؟" ރީނާ ބޭބެ ހިނިގަނޑެއް ޖަހާލާފައި އަހާލިއެވެ.

"އޯ ޕްލީސް ނޯ. ސީރިއަލް ކިލާ ވާހަކައެއް. އޭނަ މަރާލަނީ އެކަނި އުޅޭ މަންމަ އަކާ ދަރިފުޅާ..... މަރާލާފަ އާޓްވޯކް ހެން ޑިސްޕްލޭ ކޮށްފަ ހުއްނަނީ" ބަދިގޭގައި ޖަހާފަ ހުރި ރޭޑިއޯ އިން އައްނަމުން ދިޔަ "ޒުވާން ޒުވާން ލޯބިވާ ބެކްގްރައުންޑް މިއުޒިކާ އެކު ރީނާ ވާހަކަ ބޭބެ އަށް ކިޔައިދެމުން ދިޔައެވެ.

  1. Avatar

    އަސްލު ރަޒީމް އެއުޅެނީ ވާހަކއިގެ ތެރެއިން އެހެން ވާހަކަ އެއްގަދޯ!!
    އެ ދެމީހުން މަރާލިތަންކޮޅު ވަރައް ސަޅި އަދި އިސްކުރުގެހިގޮތްވެސް ވ ފައްކާ
    ވވ ސަޅި

  2. Avatar

    ނިންމުން ވަރަށް ސަޅި 😍

  3. Avatar

    ވަރަށް ސަޅި. އެކަމް ރަޒީ އަށް ހާދަ ފާފަ އެއް ލިބޭނެ އޭ މައުސޫމް މަންމަ އަކާ ދަރި އެއް އެއްވެސް ހައްގަކާ މަރާލާފަ. ދެން އޯކޭ މި ވާހަކަ

  4. Avatar

    ސަޅި. މަންމަ ވީތަނެއް ނޭނގިގެން ވަރަށް ހާސްވި 😂

  5. Avatar

    ހާދަ ތަފާތޭ…. ޔުނިކް 😍 އަދި މީގެ ބައިވަރު ވާހަކަ ބޭނުން

  6. Avatar

    So it was a written story for whole time 😞

  7. Avatar

    ސަޅި ކީޕް އިޓް އަޕް

ޚިޔާލު ފޮނުއްވާ