ތިޔަ ލޯބީގައި - 4

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އެންމެފަހުން ޝަޔަމް ބުނެލި ވާހަކަތައް ޖިޔާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައިރު، އެމޫނުން ފައުޅުވަމުންދިޔައީ ހައިރާންކަމެވެ. އެއްގޮތަކަށްވެސް އެބަސްތަކުގެ ފަހަތުގައި ފޮރުވިފައިވި މާނައެއް ޖިޔާއަށް ވިސްނައިގަންނާކަށް ނޭނގުނެވެ.

*****

"ވެލްކަމް ބެކް" ޝަޔަމްގެ ގައިގައި އޮޅުލައިގަންނަމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ބުނެލީ ހިނިތުންވެފައިހުރެއެވެ. ދުވަސްގަނޑަކަށްފަހު ޝަޔަމް ފެނުމުން މައިކްގެ ހިތުގައި ޖަހަމުންދިޔަ ވިންދުވެސް އަވަސްވެގެންދިޔައެވެ. ހިތާހިތުން ޝަޔަމްގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ. އުފެދުމުގައިވެސް މަޑު މުށިކުލައެއްހުރި ފަންދިގު އިސްތަށިގަނޑަކީ ޝަޔަމްގެ އެންމެ ރީތި ސިފަކަމުގައި އަބަދުވެސް މައިކް ބުނެއެވެ. މަޑު ފެހިކުލައަކަށްދާ އެދެލޮލުގެ ޖާދޫގައި ނުޖެހޭނެ އެއްވެސް ފިރިހެނެއް ހުރެދާނެކަމަށް އޭނާގެ ހިތް އެއްބަހެއްނުވެއެވެ. ސްކޫލް ދައުރުގައި ޝަޔަމްއާއި ބައްދަލުވެ އެދެމެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނީއްސުރެ މައިކް ގެ ނަފުސްދިޔައީ ޝަޔަމް އަމިއްލަކުރުމުގެ ފޮނި ހުވަފެންދެކެމުންނެވެ. އެއްވެސް މާބުރެއް އެމަލަށްތިރިކުރުމުގެކުރިން އެމަލުގެ ފޮނިކަން ލިބިގަތުމަށްއެދި އޭނާގެ ހިތްވަނީ ބޭގަރާރުވެފައެވެ. އެހެނަސް މިއިން އެއްވެސްކަމަކީ އޭނާގެ އަމިއްލަ ނަފުސްފިޔަވައި އެހެން ފަރާތަކަށް އެނގޭ ކަންކަމެއްނޫނެވެ. އެއްވެސް މީހެއްގެ ގާތުގައި ޝަޔަމްއަށް ނިސްބަތްކޮށް އޭނާ އެފަދަވާހަކައެއްވެސް ނުދައްކައެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ހިތުގެ މުރާދު އޭނާ ހާސިލްކުރާނެއެވެ. ޝަޔަމް އެކަމަށް ރުހުނަސް ނުވަތަ ނުރުހުނަސްއެވެ.

ގާތުގައި ގަޔަށްބާރު މަޑު ފިޔާތޮށި ކުލައިގެ ހެދުމުގައިހުރި ޝަޔަމްއަށް މައިކް ނަޒަރުހިންގައިލިއެވެ. ޝަޔަމްއަށް ނޭނގޭނޭހެން އޭނާގެ ބޮލުންފެށިގެން ފަޔާހަމައަށް މައިކްގެ ދެލޯ ދަތުރުކޮށްލިއެވެ. އެއާއެކު ޝައިތާނީ ނުބައި ވަސްވާސްތަކުން އެހިތްފުރިގެންއައެވެ. ހިންދިރުވައިލަމުން އޭނާ އެހެންދިމާލަކަށް ނަޒަރު ސީދާކޮށްލީ އެސިކުނޑީގައި ހިގަމުންދިޔަކަންތައްތައް ފަޅައިއަރައިފާނެކަމުގެ ބިރުހީވުމުންނެވެ.

ޝަޔަމްގެ ދެލޯހުޅުވިފައިވީ ހުޅަނގުގެ ވައްޓަފާޅިއަށް ނަމަވެސް ޝަޔަމްއަކީ މައިކްދުށް އެހެންއަންހެންކުދިންނާ ތަފާތު ކުއްޖެއްކަން މިވީ އަހަރުތަކުތެރޭ އޭނާއަށްވަނީ ޔަގީންވެފައެވެ. އެމީހުނާއިއެކު ކްލަބަށް ގޮސްހެދިއެއްކަމަކު ދުވަހަކުވެސް ރަލުގައި ޝަޔަމް އަތްލިތަނެއް އޭނާ ނުދެކެއެވެ. އެކަމާގުޅޭގޮތުން ޝަޔަމްއާއި ސުވާލުކުރުމުންވެސް އޭނާ ބުނީ އެއީ އެއްގޮތަކަށްވެސް އޭނާ ކުރާހިތްވާކަމެއްނޫންކަމަށެވެ. އަދިއަދަށް ދާންދެންވެސް ޝަޔަމްގެ ހަޔާތަށް ބައިވެރިއަކު ގެނެސްފައެއްނެތެވެ. މައިކް އެހައިހަމަޖެހިފައި ހުރީވެސް އެހެންވެއެވެ. އެހެނަސް އެގޮތުގައި ދުވަސްތައް ބޭކާރު ކުރަނިކޮށް އޭނާގެ އެދުންހާސިލްނުވެދާނެކަމުގެ ބިރު އަބަދުވެސް ހިތުގައި އޮވެއެވެ.

ސިކުނޑީގައި އުފެދެމުންއައި ޚިޔާލުތަކާ ދުރުވެލުމުގެ ގޮތުން މައިކް ދެފަރާތަށް ބޯހޫރުވައިލިއެވެ. އަދި ގާތުގައިހުރި ޝަޔަމްއަށް ބަލައިލައި ދެއްކުންތެރި ހިނިތުންވުމެއްދިނެވެ.

"ކިހިނެއްވެފަތަ ތިހުންނަނީ؟ އަހަރެން މިދައްކާ ވާހަކަ އަޑުއިވޭތަ؟" މައިކް ބަލައިލުމާއެކު ޝަޔަމް އަހައިލިއެވެ. މިއޮށްހުރިހައިއިރު އަމިއްލަ ދުނިޔެއެއްގައި ހުރެވުނުކަންވެސް އޭނާއަށް އިހުސާސުވީ ޝަޔަމް ވާހަކަދެއްކުމުންނެވެ. "އަހަރެން ބުނީ އަހަރެން ވަރަށް ބޮޑު ނިންމުމެއް ނިންމައިފީމޭ. އެކަމު ބައްޕައާ މިކަމާ ގުޅޭގޮތުން ވާހަކަ ދައްކާފަ މައިކް ގާތު ބުނާނަން." މައިކް ހުރިގޮތުން ޝަޔަމް ދެއްކި އެއްވެސް ވާހަކައެއް އަޑުނީވޭކަން އެނގި ޝަޔަމް ބުނެލިއެވެ. "އަނެއްކާ ކޮންކަމެއް؟" ނިތްއަރުވައިލައި ހަމަޖެހޭގޮތް ދައްކައިލަމުން މައިކް ސުވާލުކޮށްލިއެވެ. ދެމީހުންވެސް ވާހަކަދައްކަމުން ދިޔައީ ސާފު އިނގެރޭސިބަހުންނެވެ. "ކެށްކޮތްލާ. ބުނާނަން. ވަރަށް ދުވަހު ދެކެމުންއައި ހުވަފެނެއް ހަގީގަތަކަށް ހަދަން މިއުޅެނީ. ހީވަނީ ބައްޕަވެސް މިކަމާ ރުހޭނެހެން. އެކަމު މިއީ ސަޕްރައިޒްއެއް. ޔަގީންވާއިރަށް އެންމެ ފުރަތަމަވެސް ބުނާނީ މައިކް ގާތު. ދެން ތިހެންބަލަން ނުހުރެދާން ހިނގާ. ވަރަށް ލަސްވެއްޖެ." ޝަޔަމްގެ ވާހަކަ ނިންމައިލީ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުންނެވެ. ބުނާނެ އެއްޗެއް ނުވިސްނިފައިހުރި މީހަކުފަދައިން ހަމައެކަނި ބޯޖަހައިލަމުން ޝަޔަމްގެ ފަހަތުން މައިކް ހިނގައިގަތީ އެމީހުންއައިސްތިބި ކްލަބުން ނުކުތުމަށެވެ.

*****

"ކޮބާ ޒައިދު ފުރީތަ؟" ނުހައިކްގެ ފަހަތުން އޮފީހުން ނުކުންނަން އަންނަމުން ހިޔާމް އަހައިލިއެވެ. "އާން މިއަދު މެންދުރު ފްލައިޓުން ފުރައިފި." ނިތްކުރިން ފެށިގެން މޫނުގައި އަތް ހިންގައިލަމުން ނުހައިކް ބުނެލިއެވެ. "ކޮންތާކަށޯ މިފަހަރު މާ އަވަސްއަރުވައިލައިފަ މިދިޔައީ؟" ހިޔާމް ދެންވެސްކޮށްލީ ސުވާލެކެވެ. "އޮސްޓްރޭލިއާއަށޭ ބުނީ." ހަނދާންކޮށްލަމުން ނުހައިކް ބުނެލިއެވެ.

"ޕިސް ޕިސް. އޭނަވެސް ކިހިނެއްތަ އެހަދަނީ؟ ބިޒްނަސް މިދަނީ އެއްދުވަހުން އަނެއްދުވަހަށް ދަށަށް. ތެދަށް ބުނާނަމަ މިހާރު މިތަނުގަ މަސައްކަތްކުރާހިތެއްވެސް ނުވޭ. އެކަމު ކީއްކުރާނީ. ވަޒީފާގަނޑެއް ހޯދުމަކީވެސް އެހައިދަތި ކަމެއް." ހިޔާމްގެ ވާހަކަތަކަށް ނުހައިކްވެސް އެެއްބަސްވިއެވެ. "ނުހައިކްތީ އޭނަގެ ޕީއޭ އެއްނު. ނިކަން މިވާހަކަ ދައްކަބަލަ. ބޮސްއެއްކަމަކު އެހާ ފަރުވާކުޑަވީމަ ހިތުގަ ނުރުހުންތެރިކަންވެސް އުފެދޭނެ ދޯ." ދެފަރާތަށް ބޯހޫރުވައިލަމުން ހިޔާމް އޭނާގެ ވާހަކަ ކުރިއަށްގެންދިޔައެވެ. ހިޔާމްގެ ވާހަކައާ ވިދިގެން ނުހައިކް އެއްވެސް އެއްޗެއް ނުކިޔައެވެ.

"އޭ. އަހަރެންއަދި ފާޑެއްގެ ވާހަކައެއްވެސް އަޑުއަހައިފީމޭ. ޒައިދު އުޅެނީ މިއޮފީސް ވިއްކާލަންށޯ. އެއީ ތެދެއްތަ؟" އޮފީހުގެ ދޮރުމަތީގައި މަޑުކޮށްލަމުން ނުހައިކްގެ މޫނަށް ބަލައިލައިފައި ހިޔާމް އަހައިލީ އެވާހަކައިގެ ތެދުދޮގު އެނގެން ބޭނުންވެފައި ހުރިފަދަގޮތަކަށެވެ. "ތިކަހަލަ ވާހަކައެއްއަޑު އެހިން. އެކަމު ޔަގީންކޮށް ސީދާ ބުނާކަށް ނޭނގެ. އެންމެ ރަނގަޅުވާނީ ނޭނގޭ ކަންކަމުގެ ވާހަކަ ނުދެއްކުން. ފަހަރެއްގަ ދެންވާންއޮތްގޮތަކީ އެންމެ ރަނގަޅުގޮތްކަމަށްވެސް ވެދާނު." ނުހައިކްގެ ވާހަކައަށް ހިޔާމް ބޯޖަހައިލިއެވެ. އަދި މަގުމައްޗަށް ނަޒަރުހިންގައިލަމުން ދަނީއޭބުނެ ނުހައިކްގެ ކޮނޑުގައި ޖަހައިލިއެވެ.

ހިޔާމް ދިޔަދިމާލަށް ބަލަންހުރެފައި ނުހައިކްވެސް ގެއަށް ދިއުމަށްޓަކައި އޭނާގެ ސައިކަލް ޕާރކްކޮށްފައިހުރި ދިމާލަށް މިސްރާބުޖެހިއެވެ. "ހޭއި ނުހައިކް. އަހަރެން ގެއަށް ގެންގޮސްދެވިދާނެތަ؟" ކުއްލިއަކަށް އައިނައިތަނެއް ނޭނގި އޭނާގެ ކުރިމަތީގައި އައިސް ހުއްޓެމުން ޖިޔާ އަހައިލިއެވެ. ސިހިފައި ނުހައިކްއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ވަގުތުން މޫނުމައްޗަށް ނުރުހުމުގެ އަސަރުވެރިވިއެވެ. " ޕްލީސް ނުހައިކް. އަހަރެންބަލައި އަންނަން ގުޅީމަ ފޯނެއްވެސް ނުނަގާ. ވަރަށް ލަސްވެސްވެއްޖެއެއްނު. އެންމެން އޮފީހުންވެސް ގޮއްސި." އާދޭހާއެކު ޖިޔާ ނުހައިކްއަށް ބަލަންހުއްޓެވެ. އެއްޗެއްބުނަން ނުހައިކް އަނގަހުޅުވައިލި ވަގުތު އެމީހުންތިބި ހިސާބަށް ކާރެއް މަޑުކޮށްލުމުން އެދިމާލަށް ދެމީހުނަށްބަލައިލެވުނެވެ. އެއީ ކޮންމެ ދުވަހަކުވެސް ޖިޔާ ބަލައިއަންނަ ކާރުކަން އެނގި ނުހައިކްގެ ހިތަށް ހަމަޖެހުންލިބުނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޖިޔާގެ އުނދަގުލާހެދި އޭނާއަށް އޮފީހުގައި އުޅެންވެސް ބައެއްފަހަރު ދަތިވެއެވެ.

ކާރުފެނުމާއެކު ޖިޔާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. އާދިލްއަށްވެސް އޭނާ ބަލައި އަންނަން އެނގުނީ ހަމައެވަގުތު ހެއްޔެވެ؟ ނުހައިކްގެ ކުރިމަތީގައި ބޭޒާރުވީކަމުގެ އިހުސާސުވެ ޖިޔާއަށް ރުޅިއާދެވުނީ ކުށެއްނެތް އާދިލްދެކެއެވެ. މޫނަށްވައްތަރެއް ޖައްސައިލަމުން އޭނާ ނުހައިކްއަށް ބަލައިލިއެވެ. ޖިޔާއާއި ދިމާލަށް އެއްވެސް އެއްޗެކޭ ނުބުނެ ނުހައިކް ހިނގައިގަތުމުން އޭނާއަށް ދަތްކުނޑިވިކައިލެވުނެވެ. ނުހައިކްގެ ސަމާލުކަން އޭނާއަށް ހުއްޓޭނީ އޭނާ ކިހިނެއްހެދީމައިހެއްޔެވެ؟ ކިތަންމެ ރީތި ހެދުމެއްލައިގެންއަޔަސް ނުވަތަ ރީތިގޮތަކަށް މޭކަޕްކޮށް އިސްތަށިގަނޑު ސްޓައިލް ކުރިއަސް ނުހައިކް އޭނާއަށް ޝައުގުވެރިކަން ފާޅެއްނުކުރެއެވެ. އޮފީހުގައި ދެންއުޅޭ ފިރިހެނުންގެ ފަރާތުން އޭނާއަށް ތައުރީފުތައް އޮހެމުން ދިޔަނަމަވެސް ނުހައިކްގެ ފަރާތުން އޭނާ ބޭނުންވާފަދަ އެއްވެސް އިޝާރާތެއް ނުފެނެއެވެ. މާޔޫސްވެފައި ޖިޔާއަށް ތިރީތުންފަތުގައި ދަތްއަޅައިލެވުނެވެ.

*****

ކޮފީތަށިން އެތިފޮދެއް ބުއިލަމުން ނާޒް ބަލައިލީ އޭނާގެ ކުރިމަތީގައި ވިސްނުމަކަށް ގެއްލިފައިއިން ތޮއިބާއަށެވެ. ހަމަހިމޭންކަމާއެކު އޭނާ އިންއިރު އެމޫނުމަތިން ހިތްދަތިކަން ފައުޅުވަމުންދިޔައެވެ. "އިބާވެސް މާބޮޑަށް ދޫދޭތީއޭ ތިހެންތިވަނީ. ޒާއިން ތީ މިހާރު އަހަރެންގެ ދަރިއެއްނަމަ ރަނގަޅު ފިލާވަޅެއް ދަސްކޮށްދިނީމުސް." އިރުކޮޅަކު ތޮއިބާގެ މޫނަށް ބަލަން އިނުމަށްފަހު ނާޒް ވާހަކަދެއްކިއެވެ. "ބޮޑުވެފައިހުރި ފިރިހެންދަރިއެއްގެ ފަހަތުން އަހަރެން ދުވާނީ ކިހިނެއްތަ؟ އެހެންނޫނަސް ޒާން އެދިރިއުޅުން ޚިޔާރުކުރީ އަހަރެންގެ ސަބަބުން. މިއަދު.. މިއަދު އެދަރިފުޅު އެހެންއުޅޭތަން ފެނުނީމަ އަހަރެންގެ ހިތަށް ތަދުވިއަސް އަމިއްލަ ނަފުސް ކުށްވެރިކުރުން ނޫންހެންކަމެއް ނުކުރެވޭ. އަހަރެން އެދަރިއަށް ވިސްނަދޭން ހާދަ މަަސައްކަތެއް ކުރަމޭ. ހަމަޖެހިފައި ހުންނަ ވަގުތުތަކު އަހަރެންގެ ބަސް ގަބޫލުކުރިޔަސް ނަޒީމްގެ ވާހަކަފަށާއިރަށް އޭނަ ހިތްހަމަނުޖެހި ރުޅިގަދަވޭ. އެހިސާބުން އަހަރެން ދައްކާ ވާހަކައެއްވެސް އަޑެއްނާހާނެ. އަހަރެން މިހާރު ހަދާނެގޮތް ހުސްވެއްޖެ." ލޮލުންވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ތޮއިބާ ފުހެލިއެވެ. އޭނާގެ މޫނުމަތިން އެކަނިވެސް އެވާހަކަތަކުގައިވި ތެދުކަން ހާމަވެއެވެ. އެކުވެރިޔާގެ ދެލޮލަށް ބަލަހައްޓައިގެން ނާޒްއަށް އިނދެވުނީ ހަދާނެގޮތަކާއިމެދު ވިސްނާށެވެ.

"އޭބަލަ. އަދި ރޮއެ ގޮތްހުސްވެ ހަތަރު އުދަރެސް ފެނުޖެހޭވަރެއް ނުވެއެއްނު. އަހަރެން ދީފާނަން ހިޔާލެއް." އިސްޖެހިފައިއިން ތޮއިބާ ނާޒްގެ އަޑަށް އިސްއުފުލައިލައި ބަލައިލީ ކޮންހިޔާލެއްހޭ އަހައިލާފަދަ ގޮތަކަށެވެ. "ޒާއިންގެ ކައިވެނި ކުރުވަންވީނު. ރިވެތި އަޚްލާގެއްގެވެރި، ރަނގަޅު ކުއްޖަކާ. ފަހަރެއްގަ އޭރުންވެސް އެހުންނަ ކޫސަނިގޮތްގަނޑާ އެއުޅޭ އުޅުން ބަދަލުވެދާނު. އަނެއްކާ އިބާވެސް ފޫހިފިލާނު. މިއޮއްބޮޑު ގޭގަ އެކަނި ތިހެން އުޅުމަށްވުރެ ގާތުގައި އެއްކޮށް އުޅޭނެ ކުއްޖެއް އައީމަ އަބަދު ތިކުރެވޭފިކުރުތަކުންވެސް ދުރުވެވިދާނެ." ތޮއިބާ ދޭނެ ޖަވާބެއް ނޭނގޭތީ ކުޑަކޮށް ފަސްޖެހިފައި އިނދެވެސް ނާޒް އޭނާގެ ހިތުގައިއޮތްގޮތަށް އޭނާގެ ހިޔާލު ހާމަކޮށްލިއެވެ. ހައިރާންވީވަރުން ދޭނެ ޖަވާބެއް ތޮއިބާގެ ސިކުނޑިއަކަށްނައެވެ. ނާޒްގެ މޫނަށް ބަލަހައްޓައިގެން އިންގޮތުން ދެތިންފަހަރަށް ނާޒް ތޮއިބާއަށް ގޮވައިލީ ހިޔާލުކަމުނުދަނީތޯ އަހައިލަމުންނެވެ.

"ނޫން. ރަނގަޅު ހިޔާލެއް. އެކަމަކު.. ޒާން.. ޒާން ވަރަށް ހީނުވޭ ރުހޭނެހެން. އަނެއްކޮޅުން އަހަރެންގެ އެދަރީގެ އުޅުން އެނގިހުރެ ތިފަދަ އަންހެންކުއްޖަކު އޭނާއާ ކައިވެނިކުރަން ރުހޭނެބާއޭ މިހިތަށް އަރަނީ؟" ފުންނޭވާއެއްލަމުން ތޮއިބާ ބުނެލިއެވެ.

"އިބާ ތިކަން އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ. އަހަރެން މިބުނިފަދަ ކުއްޖަކު ހޯދާނަން. އެކަމަކު ޒާއިން މިކައިވެންޏަށް ރުއްސަންޖެހޭނީ އިބާ. ބުނެބަލަ އެކަން ވާނެތަ؟" ނާޒް ބޭނުންވީ ޔަގީންކަމެވެ. އެސުވާލަށްދޭނެ ޖަވާބެއް ނުވިސްނުމުން ތޮއިބާ ހިޔާރުކުރީ ހިމޭންކަމެވެ. އެގޮތް ނާޒްއަކަށް ކަމަކުނުދިޔައެވެ. "އިބާ ބޭނުމެއްނުވޭތަ ޒާއިން ރަނގަޅުވެ އިސްލާހުވާކަށް؟ އަހަރެންގެ ހިތްބުނޭ އެސޮރަށް ހެޔޮލަފާ ރަނގަޅު ބައިވެރިއެއް ލިބިއްޖެނަމަ އޭނާގެ އެގޮތްގަނޑު ދޫކޮށް ބަދަލުވާނޭ." ތޮއިބާގެ އަތުގައި ހިފައިލަމުން ނާޒް މަޑުމަޑުންބުނެލީ ތޮއިބާއަށް ވިސްނައިދޭފަދަ ގޮތަކަށެވެ.

"ބޭނުން. ވަރަށް ބޮޑަށް ބޭނުން. އަހަރެން.. އަހަރެން ބަލާނަން ޒާން ރުއްސޭތޯ. ކައިވެންޏަށް ކުއްޖަކު ހޯދުމުގެ ޒިންމާ އަހަރެން މިހަވާލުކުރަނީ ނާޒްއަށް. ވަރަށް އިތުބާރުކޮށްފަ. ފަހަރެއްގަވެސް އަހަރެންގެ ސަބަބުން އެހެން މީހެއްގެ ދިރިއުޅުން ބަރުބާދުވާކަށް ނޭދެން. އެހެންވީމަ ތިބުނާފަދަ ކުއްޖަކު ލިބިއްޖެނަމަ އޭނާއަށް ޒާއިންގެ އުޅުންހުންނަގޮތުގެ ހަގީގަތް އަންގަންވާނެ. އޭގެފަހުން އެކުއްޖަކު ރުހިއްޖެނަމަ އަހަރެންނަށް އަންގާ. އޭރުން އަހަރެން ޒާން ގާތު ތިވާހަކަދައްކާނަން. އެންމެ ރަނގަޅެއްނު." ނާޒްއަށްކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ތޮއިބާ އެކަމާ އެއްބަސްވިއެވެ. ތޮއިބާގެ ވާހަކަތަކާ މާގަޔާނުވިނަމަވެސް އެގޮތާ ރުހުނުކަން އަންގައިދިނުމުގެގޮތުން ނާޒް ބޯޖަހައިލިއެވެ.

*****

ސްޑަޑީ ރޫމްގެ މޭޒުދޮށުގައި މުހިންމު ލިޔުމެއްބަލަންއިން އަޒްހަރު އިސްއުފުލައިލަމުން ދޮރާ ދިމާލަށް ބަލައިލީ މީހަކު ޓަކިޖަހައިލުމުންނެވެ. ވަންނާށޭބުނެ އަތުގައިއޮތް ލިޔުން އޭނާ މޭޒުގެ އެއްފަރާތުގައި ބާވައިލިއެވެ. މަޑުމަޑުން ހުޅުވުނު ދޮރުތެރެއިން ވަދެގެންއައި ޝަޔަމް ފެނުމުން އަޒްހަރު ހިނިތުންވެލިއެވެ.

އަޒްހަރުގެ ކުރިމައްޗަށްވާގޮތަށްހުރި ގޮނޑީގައި އިނށީދެ ހަމަޖެހިލަމުން އޭނާއައީ މުހިންމު ވާހަކައެއް މަޝްވަރާކޮށްލުމަށްކަމަށް ޝަޔަމް ބުނުމުން އޭނާ ބޯޖަހައިލީ ކުރިއަށްގެންދާށޭ ބުނެލުމުގެ ގޮތުންނެވެ. އެއާއެކު ޝަޔަމް އޭނާ ކުރަން ގަސްދުކޮށްފައިވާ ކަންތައް އަޒްހަރާއި ހިއްސާކޮށް އެކަމުގައި އަޒްހަރުގެ ވިސްނުންހުރިގޮތެއް އެއްސެވެ.

"ރަނގަޅު ވިސްނުމެއް. ދަރިފުޅުގެ ބިޒްނަސް ކުރިއަށްގެންދާނެ ގޮތެއް އެނގޭނީ ދަރިފުޅަށް. ބައްޕައަށް ޔަގީންކަންއޮވޭ ދަރިފުޅު ގޯސްނިންމުމެއް ނުނިންމާނެކަމުގެ. އެހެންވީމަ ބައްޕައަށް ފެންނަނީ ތިކަމާއިގެން ކުރިއަށްދާން." ހީލަމުން އަޒްހަރު ލޯތްބާއެކު ބުނެލިއެވެ. ޝަމަޔްގެ ހިތަށްލިބުނު ހިތްހަމަޖެހުމާއެކު އަވަސް އަވަހަށް ދަނީކަމަށްވުނެ އިންތަނުން ތެދުވިއެވެ. ޝަޔަމްގެ ހަރަކާތްތަކަށް ބަލަންއިން އަޒްހަރު އަޑުވީއްލައި ހީގަންނަމުން ދެފަރާތަށް ބޯހޫރުވައިލިއެވެ.

ސްޑަޑީ ރޫމުން ނުކުތް ޝަޔަމް އަތުގައިއޮތް ފޯނުން މައިކްއަށް ގުޅައިލަމުން އުފަލުންހުރެ ވާހަކަދައްކަމުން އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ކުރަން ނިންމައިފައިހުރި ކަންތަކުގެ ވާހަކަތައް މައިކްއާ ހިއްސާކޮށްލަމުން އެއީ އޭނާ ދޭންބޭނުންވި ސަޕްރައިޒް ކަމުގައި ބުނެލިއެވެ. ޝަޔަމްގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުން އެކަނިވެސް މައިކް އޭނާގެ ނިންމުމަށް ތާއީދުކުރާކަން އެނގެއެވެ. އުފަލުންހުރެ ފޯނު ބޭއްވި ޝަޔަމްގެ ތުންފަތްމަތީގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

*****

"އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން ޒަައިދު މިކޮމްޕެނީ ވިއްކާލަފާނެ ކަމަށް. ގޯޑް. މިއަންނަންއުޅޭ އާ ބޮސްގެ ހުންނާނެ ވަރެއްވެސް އަދި ނޭނގެ." ހޭބޮއިނާރާ އޮފީސްތެރެ ތައްޔާރު ކުރުމާއިގެންއުޅުނު ހިޔާމް ނުހައިކް ގާތުގައި ބުނެލީ އަދިވެސް އޭނާއަށް އެކަން ގަބޫލުނުކުރެވިގެންނެވެ.

"އައި ނޯ. އަހަރެންވެސް މިހުރީ ތިކަމަށް ބުނާނެ އެއްޗެއް ނޭނގިފަ. ވިއްކާލީ ކޮންތަނެއްގެ ކާކަށް ކަމެއްވެސް ނޭނގެ. އަހަރެންނަށްވެސް އޭގެ އެއްވެސް މައުލޫމާތެއް ނުދޭ. އަހަރެންނަށްވެސް އެނގުނީ ކުރިންދުވަހު ބޭއްވި ބައްދަލުވުމުގަ ޒައިދު އެހެންބުނީމަ" ނުހައިކްވެސް ހުރީ ޝޮކެއްގައެވެ.

"އާރގް.. ޒައިދުއަށްވުރެ މިބޮސް ރަނގަޅުވެއްޖެއްޔާ ކިތަންމެހައިވެސް ރަނގަޅު. އެހެންނޫނީ މިތަނުން ކެނޑެން ކަންނޭނގެ ޖެހޭނީ. އެނީވޭސް އަންހެން ބޮސްއެކޭ ބުނީމަ އަހަރެން އެންމެ ހައިރާންވީ." ނުހައިކްއާ އެކުގައި އެންމެފަހުގެ ތައްޔާރީތައް ރަނގަޅުތޯ ބަލަމުން ހިޔާމް ދިޔައެވެ. އަތުގައިއޮތް ގަނޑުން އެއްޗެއް ޗެކްކުރަމުން ނުހައިކްވެސް ބޯޖައިލިއެވެ.

"އޭތް. ހުރިހާ ކަމެއް ރެޑީތަ؟ މެޑަމް އަންނަގަޑި ޖެހިއްޖެކަމަށް ޒައިދް ސަރ ބުނުއްވީ. ހުރިހާ އެންމެން އޮފީސް ދޮރު ކުރިމައްޗަށް ހާޒިރުވާން އެންގީ." އޮފީހުގައި އެމީހުނާއި އެކުގައި މަަސައްކަތްކުރާ އަންހެންކުއްޖަކު އަވަސްއަރުވައިލައިފައި އައިސް ބުނެލިއެވެ. އެކުއްޖާގެ މޫނުމަތިންވެސް ނުތަނަވަސްކަން ފައުޅުވަމުން ދިޔައެވެ. އޮފީހުގެ އެކިދިމަދިމާވަކިން ބަލައިލަމުން ހުރިހައިކަމެއް ރަނގަޅުކަމަށްބުނެ ހިޔާމާއި ނުހައިކްވެސް ހުރިހައި މުއައްޒިފުން އެއްވެތިބި ދިމާއަށް އައިސް އެމީހަކު ހުންނަންވާތަނެއްގައި ހުއްޓިލިއެވެ.

ގަޑިން 10 ޖެހުމާއެކު އޮފީސްކުރިމައްޗަށް އައިސް މަޑުކޮށްލި ކާރުފެނި އެއްފަރާތުގައިހުރި ޖިޔާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ވާނުވާ ނޭނގިފައި ބަލަންހުއްޓައި އާދިލް ކާރުންފައިބައިގެން އައިސް ފަހަތު ދޮރުފަތް ހުޅުވައިލިއެވެ. އެއާއެކު އަންހެންކުއްޖެއްގެ އުސްފައިވާނުން ތަންކޮޅެއް ހާމަވެގެންދިޔައެވެ. ލޯހަނިކޮށްލަމުން އެދިމާލަށް ބަލަންހުއްޓައި އެކާރުން ފޭބި ޝަޔަމްފެނި ޖިޔާގެ ނޭވާ އެތެރެހަށީގައި ތާށިވިކަލައެވެ. ދެލޯބޮޑުކޮށްލަމުން އެދިމާލަށްބަލަން އޭނާއަށް ހުރެވުނީ މިވަނީކިހިނެއްހެއްޔޭ އަމިއްލަ ނަފުސާ ސުވާލުކުރާހާލުއެވެ.

ކަޅުކުލައިގެ ގަމީހަކާއެކު ހަމައެކުލައިގެ ފިއްތި ސްކާރޓެއް ޝަޔަމް ލައިފައިވާއިރު އެހެދުން އޭނާގެ ބައްޓަންރީތި ހަށިގަނޑާ ނުލާހިކު ގުޅެއެވެ. އަތުގައި އަޅުވައިލެވިފައިވަނީ މިޒަމާނުގެ އެންމެ އަގުބޮޑު ބްރޭންޑްގެ އަތްދަބަހެކެވެ. އެފަންދިގު އިސްތަށިގަނޑު މައްޗަށްނަގައި ރީތިގޮތަކަށް ހުޅިއެއްޖަހައިލައިފައިވީއިރު އަޅައިފައިވާ އަވިއައިނުގެ ސަބަބުން ދެލޮލުގެ ރީތިކަންވަނީ ފަރުދާވެފައެވެ. ބަސްހުއްޓި އާނގަމަވެފައި ޝަޔަމްގެ ރީތި ސޫރައަށް އެންމެން ބަލަމުންދިޔައިރު ޝަޔަމްގެ ދެލޯ އަމާޒުވެފައިވީ އޭނާ ފެނުމާއެކު ދެލޯބޮޑުކޮށްލަމުން އަވަސް އަވަހަށް އިސްޖަހައިލި ނުހައިކްއަށެވެ. ވަގުތުން އެތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

(ނުނިމޭ)

    Please log in or register to bookmark.
    6k

    4 ޚިޔާލު

    1. ވަރަށް ރީތި ވާހަކައެއް ❤️❤️ މާޝާ ﷲ ❤️❤️

    ޚިޔާލު

    Your email address will not be published. Required fields are marked *