ސޯފީ - 28

2 އަަހަރު ފަސް..
ފެހި ވިނަތަކާއި ފެހިކަން ގަދަ ހިޔާދޭ ބޮޑެތި ގަސްތަށް ވައިރޯޅިތަކާއި މިއަދު ނަށަމުން އެ ގެންދިޔައީ އުފާވެރިކަމާއެކުގައެވެ. ނޫއުޑު މަތީގައި ވިލާތައް ބައިބަޔަށް ބެހި މުޅި އުޑަށް ފެތުރިފައިވަނީ އިލާހީ ޤާނޫނުގެ ދަށުން އެންމެ ފުރިހަމަކަމާއެކީގައެވެ. ކަފަ ވިލާތަކުގެ ފަހަތުގައި އިރު ނިވާވެފައިވީނަމަވެސް މާހައުލުގައިވަނީ އަލި ނޫރެކެވެ. ހިތަށް ހަމަޖެހުން ގެނުވާފަދަ ތެތްފިނިކަމެކެވެ. ވިނަތައް މަތިން ކުރިޔަށް ދެވޭއިރު މާ ދުރު ނޫން ހިސާބެއްގައި ހުރި ގޭގައި ޝާހީކަމަށް ދައްކާ ގޮތްގަނޑެއް ހުއްޓެވެ. އެއީ ދެބުރިއަށް ނަގާފައި ގާތްގަނޑަކަށް ފަސްހާސް އަކަފޫޓުގެ ބިމެއްގައި ބިއްލޫރިއާއި ސަންގުމަރުމަރު ހިލައިން އަޅާފައި ހުރި ހިތްގައިމު ގެޔެކެވެ. ބިއްލޫރިގަނޑުގެ އެހީގައި ގޭގެ ސިޓިންގް ރޫމުގައި ހުރި ވަގުންގެ ލޮލުން ތަރިބުރާނެހާ ފުރިހަމަ ބޮޑު ފަތި ޓީވީއާއި ދިގު ކަޅު ސޯފާގެ އިތުރަށް އެހެެނިހެން ހުދު ފަރުނީޗަރު ބޭރަށް ނުފެނުނު ކަމުގައިވިޔަސް އެތެރޭގައި ހުންނަ މީހަކަށް ގޭގެ ވަށައިގެންވާ ފެހިކަންގަދަ މާހައުލު ސާފުކޮށް ފެންނާނެއެވެ.

ކުރުގޮތަކަށް ބުނާނަމަ އެެއީ ބޮޑު ދަނޑެއްގެ ތެރޭގައި އަޅާފައި ހުރި ގެޔެކެވެ. ގެޔާ އިންވެގެން ކަނާތްފަރާތުގައި ކުޑަވަރެއްގެ ޕޫލެއް އޮތެވެ. ނަމަވެސް ގޭގެ ވާތް ފަރާތް ޙާއްސަކޮށްފައިވަނީ އެ ދަނޑުގެ އަސްލު ބޭނުމަށެވެ. ނޫނެކެވެ. ތިޔަ ހީފުޅުކުރެއްވީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ދަނޑުން ފެންނަމުން ދިޔައި ތަފާތު މޭވާއި ތަރުކާރީގެ އިތުރުން ގޮވާމުގެ ބާތްވަތްތައް ވިދަމުން ދިޔަ ގަސްތައް އެކަންޏެއް ނޫނެވެ. ހުދާއި ކަޅުގެ އިތުރަށް މުށި ކުލައިގެ އަސްތަކާއި އެހެނިހެން 'ފާރމް އެނިމަލްސް' ވެސް ދުވެ ކުޅެ އުޅޭތަން ފެނެއެވެ. ހަތަރު އަހާއި ދެ ހުދު ކަނބަޅީގެ އިތުރަށް ދެ ކުކުޅާއި އެއް ގެރި ގަސްތަކުގެ ހިޔަލުގެ ދަށުގައްޔާއި އެ އެއްޗިއްސަށް ޙާއްސަކޮށް ފިލައިން ދަނޑު ތެރޭގައި ހަދާފައިވާ ކުދި ކުދި ގެތަކުގައި ދިރިއުޅެމުން ދިޔައި ވަރަށް އަރާމުގައިކަން ކަށަވަރުވަނީީ މޫނުމަތީ ކުލަވަރުންނެވެ. އިތުރަށް ހިތަށް ތަސްވީރުކުރަށްވަން ބޭނުންފުޅުނަމަ ކުޑަކުއްޖެއް ގާތު އައްސަވާށެވެ.

"ބޮއިންގް ބޮއިންގް.!! އޭ ދެލޯފުޅާ ދެން ނުދުވެބަލަ.." އަތުގެ މުށުތެރެއަށް ވިނަތަކެއް އަޅައިގެން ބާރަށް ދުވެފައި ދިޔަ ހުދު އަހެއް ފަހަތުން ދުވަމުން ދިޔައީ އެ ބަތަލަކަށްޓަކައި ތިޔަ ބޭފުޅުން މި ވާހަކަ ވިދާޅުވި ބަތަލާއެވެ. ރާއްޖޭގެ މާހައުލާ ދުރުގައި ދެ އަހަރު ދުވަސް ވޭތުކުރި އިރު އޭނާގެ ސޫރައަށް ކުޑަވަރެއްގެ ބަދަލެއް އައިސްފައިވާކަން ފާހަގަވެއެވެ. ލައިގެން ހުރި ހުދު ކުލައިގެ އަތްކުރު ޓީޝާރޓާއި ކަޅުކުލައިގެ ޑަންގަރީގެ އިތުރަށް ކަޅާއި ހުދުގެ ސްނިކާރސް އޭނާއާ ނިކަން ގުޅެއެވެ. ދެލި ކަޅު އިސްތަށިގަނޑުން ބޮޑު ހުޅިއެއް ބޮލު މެދަށް ޖަހާފައިވީނަމަވެސް މިހާރު އެ ވަނީ ވީރާނާ ވެގެން ވޫލްކޮޅު ނެއްޓި ބޯ ނިއުޅުވޭ ހިސާބަށް ގޮސްފައެވެ. ކުރިއަށްވުރެ މޫނު އަލިވެފައި ކޮލުގައި މަސްޖަހާލާފައި ފަލަ ކަމަށް ދެއްކިޔަސް އެއީ ހަމަ އޭނާގެ ހަށިގަނޑު ތެރޭގައި ޖަހަމުން ދިޔަ ދެވަނަ ވިންދުގެ ބާރެވެ. "މީ ސަހާދެއް މި ބުނީ..!! ބޮއިންގް ބޮއިންގަށްވުރެ ޕޫޗީވެސް މާ ބަސްއަހާނެ..އެހެންނު." ދުވެފައި ދިޔަ ހުދު އަހަށް ދެލޯ އަޅާލަމުން އުނަގަނޑުގައި އަތް ވިއްދާލައިފައި ބާރު ހިނގުމެއްގައި ގޮސް ބިންމަތިން ވިނަކާން ހުރި ކަޅު އަހުގެ ބޮލުގައި ފިރުމާލިއެވެ. އެ އަސްތަކާއި ކުކުޅުތަކުގެ އިތުރަށް ގެރިޔާއާއި ކަންބަޅި ތަކަކީ އޭނާގެ ދިރިހުރުމެވެ. ސޯފީގެ ދިރިއުޅުމެވެ.

އާރކިޓެކްޗަރިންގް އޮފީހުގައި ކުރެވުނު ދުވަހުގެ މަސަތްކަތް ނިންމާލުމަށްފަހު 'ސޯކިން.' ގޭގެ ކުރިމަތީގައި އިން ކުޑަ ގަރާޖުގައި ޕްރައިވެޓް ކާރު ޕާރކް ކޮށްލުމަށްފަހު ކަޅު ސޫޓެއްގައި ގެޔާ އިންވެގެން އޮތް ދަނޑު ތެރެއަށް ވަތް ރާކިން އޭނާގެ ލޮލުގައި އަޅާފައިވާ އަވިއައިނު ތިރިކޮށްލިއެވެ. ޖީބަށް އަތް ޖަހާލަމުން ދަނޑު ތެރޭގައި އަހެއް މައްޗަށް އަރައިގެން އެހެން އަސްތަކާއެކު ދުއްވަމުން ދިޔަ ސޯފީއަށް ނަޒަރު ހުއްޓާލައިގެން ހުރީ ޝާރުކު ޙާންގެ ލަގަބު ހޯދަންކަން ޔަގީނެވެ. "ދޫންޏާ..މޮންޓަނާ..!!!ދުރަށް ނުދާތި އިނގޭ.!!! އަސްމަތީގައި އިނދެފައި ކުއްލިއަކަށް އޭގެން ފުންމާލަމުން ސޯފީ ދުއްވައިގަތީ މާ ދުރަށް ދުވަމުން ދިޔަ މުށި ކުލައިގެ އަހާ ދިމާލަށެވެ. މުޅި ސަރަހައްދު ވަށައިގެން ފެންސު ޖަހާފައި ހުއްޓަސް އެއްވެސް ޖަނާވާރެއް އަތުން ބީވެގެން ދާކަށް ސޯފީ ނޭދެއެވެ. އެ ދަނޑާއި ޖަނާވާރުތަކާއި ބޮޑު ގެޔަކީ އޭނާ މާޒީ އިން އަރައިގަނެ ގްރީސްގެ ނަލަ މާހައުލުގައި އާ ދިރިއުޅުމެއް ފެށުމަށް ލެއްވި ނަސީބެވެ. ރާކިންގެ ނަން ފާހަގަނުކޮށް ފުރިހަމަ ނުވާނެކަން ޔަގީނެވެ. އެއީ ރާކިން އެންމެ ތުއްތު ދުވަހުއްސުރެއް އެއްކުރި ފައިސާ ވިއްޔާއެވެ. ނަމަވެސް މިހާރު ސޯފީ ކުރާ ދަނޑުވެރިކަމުގެ މަސަތްކަތުންވެސް ހާހުން ލާރި އޮހެއެވެ. ގިނަ ބަޔެއްގެ ލޮލަށް އަދިވެސް މިއީ ދަށު ވަޒީފާއެއް ނަމަވެސް ހިތުގެ ހަމަޖެހުމާއި ގުޅިފައިވާކަމެއް ކޮށްގެން ބަނޑު ފުރާ މުއްތިކުރެވޭހާ ހިނދަކު އެއީ ކިހާ ބޮޑު ރަހުމަތެއްތޯއެވެ.

"ހުރިހާ ބައްޗާތަކަށް ނަން ކިޔާ ނިމުނީތަ؟" ފުރަގަސްދީގެން ހުރީ ސޯފީގެ އުނަގަނޑުގައި އަތް ވަށާލަމުން ރާކިން އެއްސެވެ. މޮންޓަނާއާއި ޕޫޗީގެ އިތުރުން ބޮއިންގް ދުވަމުން ދިޔަތަން ބަލަން ގެއްލި ހެވިފައި ހުރި ސޯފީ ދިޔައީ ސިއްސައިގެންނެވެ. "އާން..ސާބަހޭ..ސިއްސައިގެންނޭ ދިޔައީ." ކޮނޑުމަތީގައި އަޅުވާލެވިފައިވާ ރާކިންގެ މޫނަށް ވަށްކަޅިން ބަލާލަމުން ސޯފީ ބުންޏެވެ. "ތިހިރަ ނަންތަކެއް ދޯ އެކަމު..ބޮއިންގާ ޕޫޗީއަކާ މޮންޓަނާޔާ..ދެން ގެރިޔަށް ކީ ކީކޭތަ؟ މިލްކްފޮދު؟" ސޯފީއަށް ޖޯކު ޖަހާ ޢާންމު އުސޫލުން ރާކިން ހޭންފެށިއެވެ. "ރާކިން ތިހެން ބުނީތީވެސް އެޔަށް ކިޔާނީ މިލްކްފޮދު ދެން." ދެލޯ އަޅައިގަންނަމުން ސޯފީ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. "މިގެޔަށްވެސް އެހެރަ ކިޔާލި ނަމެއް...ސޯކިން އޯ..ސޯކިން ވެޓް.ހައްހައްހައްހައްހައް." ރާކިން ހުއްޓާކަށް ނޫޅުނެވެ. އޭނާ އަނެއްކާވެސް ބަނޑު ހިނދޭވަރަށް ފެށީ ހޭށެވެ. "ރާކިން ބުނި ނަން ކީ ނަމަ އަދި މާ ޗީޑިވީސް..ރާފީ އޯ..ޗީޑި.!! ސޯކިން މާ ރީތި.." ކޮނޑުމަތީގައި އޮތް ރާކިންގެ ބޮލުގައި ސައްޕެއް އަޅާ ދުރަށް ކޮށްޕާލަމުން ސޯފީ ރައްދު ދިނެވެ. ނަމަވެސް ރާކިންގެ ބޯ ދުރަށް ދިޔަތާ ސިކުންތުކޮޅެއްވެސް ނުވެ އައިސް ލައްގާލީ ސޯފީގެ ކޮނޑުމަތީގައެވެ. "ދެން މި ދަރިޔަށް ކިޔަނީ ކީކޭ.؟ޕޮއިންގް؟" ވަގުތާ ހާލަތުގެ ގޮތުން ސޯފީ ރުޅިއައިއްސިއްޔާ އަވަހަށް އިރު ނާރާނެކަން އިނގިހުރެ ވާހަކަ އޮމާންކޮށްލަމުން ރާކިން އަތް ވަށާލަމުން ކޮއްޓާލީ ފަސްމަހަށް އަޅަން ގާތްވެ އުފުލިފައިވާ ސޯފީގެ ބަނޑުގައެވެ.

"ނޯ.!! ނައިލީ..!" ތޫލި އަޑަކުން ސޯފީ ގޮވާލިއެވެ. "ދެން ފިރިހެން ކުއްޖަކަށްވެސް ކިޔަނީ ނައިލީ..؟" ރާކިންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އޭނާ ހުންނާނީ ޖޯކު ޖެހޭ ޒާތުގެ އެއްޗެއް ސޯފީ ކިޔުން ލަސްވެފައެވެ. ބަނޑުގަނޑު ހިނދި ކަށިތައް ހަންގަނޑުމަތިން ފާޅުވެ ލޮލުން ކަރުނަ އަންނަ ވަރު ވަންދެން ރާކިން ކޮޅަށް ހުރެ ހެމުން ދިޔައެވެ. "ނައިލީ..މައި ސަން ނައިލީ..!!" ރާކިނެކޭ މޮޔައެކޭ އެއްވަރެވެ. އުނަގަނޑުގެ ދެފަރާތުގައި އަތްވިއްދާލައިގެން އަނގަ ފޭކޮށްގެން ހުރި ސޯފީ އައި ނައިތަނެއް ނޭނގުނެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާފައި ދުވެފައި އައި ގޮތަށް އައިސް ފުންމައިގެން އަރާ ރާކިންގެެ ބުޑުގައި ފައިން ޖަހާލި ޖަހާލީނުން އޭނާ ބޯޅައެއްހެން ބިންމަތީގައި ބުރެއް އަޅާ ގުޅަ ޖެހުނެވެ. މާބަނޑެއް އެހެން ބަނޑެއް ސޯފީއަކަށް ނެތެވެ. އޭނާގެ ހަލަނިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

"އާހް.." ބިންމަތީގައި ބޯ ޖެހުނު ގޮތަށް އޮތް ރާކިން ކުއްލިއަކަށް ބޮލުގައި އަތް އަޅައިގެން ހޭރެންފެށިއެވެ. މޭ ފުއްޕާފައި ހުރި ސޯފީގެ ދެލޯ ކުޑަވިއެވެ. އޭނާގެ ހިތް ބުނީ އެއީ ރާކިން ޖައްސާ އެކްޓެއް ކަމަށެވެ. ކުއްލިއަކަށެވެ. ރާކިންގެ އެކްޓު ހެސްކިޔާފައި މޮޅީއެވެ. މަރަށް ތެޅޭ ރޯމަހެއްހެން ރާކިން ރޯން ފެށިއެވެ. ސޯފީ ބޯ އަރިކޮށްލިއެވެ. އޭނާ ކަކޫ ޖައްސާލަމުން ބިންމަތީގައި އިށީނދެލިއެވެ. "އޯމައި.." ރާކިންގެ ބޮލުގެ ކަނެއް ކަނޑައިގެން ގޮސްފާވާތަން ފެނުމުން ސޯފީގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ކުރެވުނު ކަންތަކާ މެދުގައެއް ނޫނެވެ. އެ ސޮރު އޭނާގެ ޗާލު ނަންތަކައް އެހެން މަލާމަތް ކުރާކަށް ނުޖެހޭނެ ނޫންހެއްޔެވެ. ނަމަވެސް ރާކިން ހާލާމެދުގައެވެ.

އަނިޔާވެގެން އުޅޭ ކުޑަކުއްޖެއްހެން ރާކިން ނަގާ ބިންމަތީގައި ބައިންދަމުން ސޯފީ އޭނާގެ ޑަންގަރީގެ ޖީބުން ނެގި ޓިޝޫކޮޅުން ރާކިންގެ ނިއްކުރީގައިވާ ދެތިން ލޭތިކި ފޮހެލަދިނެވެ. "ވާހް..ވެރީ ރޮމާންޓިކް." ދާދި ދެންމެއަކު ރޮއެ ހޭރުނީ ކާކުކަމެއް ނޭނގެއެވެ. މިހާރު ރާކިން އިނީ ހެވިދިލިފައެވެ. "ދެން މަލާމަތް ނުކޮށް އިނދޭ..އެހެންނޫނީ ބޮލުގެ އަނެއްފަޅި ފަޅައިގެން ދާނީ." ސޯފީ ދިނީ ވަރުގަދަ އިންޒާރެއް ނަމަވެސް ރާކިން ހިތް އޭގެ މައްޗަށް ލެނބިގަތީ ބުޅަލަކަށް މަސްދަޅެއް ފެނުނީމައި ވާހެންނެވެ. "އަސްލު ވަރަށް ލޯތްބޭ އެ ނަންތައް..ލޯބި އެއްޗެހި ފެނުނީމަ ހެވޭނެއެއްނު.." ރާކިން ހެދީ ދޮގެއް ނޫނެވެ. ސޯފީ ކުރާ އެއްވެސް ކަމެއް އޭނާއަށް ހުތުރު ސިފައެއްގައި ނުފެންނާނެއެވެ. "އަސްލު.؟." ރާކިންގެ ރާގު ހުރި ގޮތުން ސޯފީ އެ ވާހަކަ ގަބޫލުކުރާ ހިތްވިއެވެ. ރާކިން ނިއް އަރުވާލަމުން ބޯ ޖަހާލިގޮތުން އޭނާއަށް ލިބުނީ ޔަގީންކަމެވެ. ސޯފީ ރައްދުކޮށްލީ މާނަފުން ހިނިތުންވުމެކެވެ. މިއީ ހަމަގައިމުވެސް ހުރިހާ ރަހައެއް އެކުލެވޭ ގުޅުމެކެވެ. ދެންވެސް ފެނުނީ ތަފާތު މަންޒަރެކެވެ.

ޖީބުން ނެގި ބޭސްމަލަން ރާކިންގެ ނިއްކުރީގައި ތަތްކޮށްލި ސޯފީ ދިޔައީ ރަނގަޅަސްވެސް ސިހިގެންނެވެ. އޭނާ ދެފައި ވަށްކޮށްގެން އިން އިރު އޭނާގެ ފަހަތުގައި ދެފައި ދަމައިގެން އަރިއަކަށް އިން ރާކިންގެ ބާރުގަދަ ދެއަތުން ގިލިގިލި ކޮއްޓާލި ކޮއްޓާލީނުން ސޯފީގެ އަނގަޔަށް ހޮޑުނައީ ކިރިޔާއެވެ. ރާކިން ގިލިގިލި ކޮއްޓީ ކިތަންމެ ބަލައިގެން މަޑުން ނަމަވެސް ސޯފީއަށް ނުހީ ނުހުރެވުނެވެ. "އޭ..!!!" ސޯފީ ތޫލި އަޑަކުން ގޮވާލިއެވެ. ރާކިން ވަގުތުން ދެއަތް ކަންފަތާ ހިސާބަށް ނަގަމުން ހުއްޓާލީ އޭނާއަށް ތަދުވީ ކަމަށް ހިތައެވެ. އިރުގަނޑަކު ހުއްޓުން އަރާފައި ރާކިނަށް ބަލަހައްޓައިގެން ހިނިގަނޑު މަތަކުރަން އިން ސޯފީ ބޭރުކޮށްލީ ބާރު ވަޔަކެވެ. ރާކިން ނޭފަތް މަތީގައި އަތް އަޅާލަމުން ދެލޯ އަޅާލިއެވެ. "ގިލިގިލި ކޮއްޓީމަ ވާނީ އެހެން." އޯކަށް ދެމިގަންނަމުން ރާކިން ޗީޑިއޭ ބުނެފައި ތެދުވެ ހިނގައިގަތުމުން ސޯފީ ދޫނެރެލިއެވެ. "ވައި އާރ ޕްރެގްނަންސީ ފާރޓްސް ސޯ ސްމެލީ." ރާކިން ފޯނު ނަގާ އަނގަބަހުން ސުވާލުކުރީ ސިރީއާ ނަމަވެސް ޖަވާބުދިނީ ސޯފީއެވެ. "ރާކިންގެ ނޭފަތަށް އެކަނި ސްމެލީ ވަނީ."

އެއީ ކަޅު އަނދިރިކަން ވެރިވެފައިވާ ބޮޑު ކޮޓަރިއެކެވެ. ޖަހާފައި ހުރި މަޑު ރެޕް ލަވައިގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމަމުން ދިޔައެވެ. ޖަހާލާ ގުގުރިތަކާއި އެ ލަވައިގެ އަޑާ އެއްވަމުން ދިޔައީ ފިލްމީ ގޮތަކަށެވެ. އެނދުގެ ކަނެއްގައި އާދައިގެ ގޮތަކަށް އިށީނދެގެން އިނީ ފާފަވެރިއެކެވެ. ޤާތިލެކެވެ. މަސްތުވެރިޔެކެވެ. ވަގެކެވެ. ކެހިވެރިއެެކެވެ. ބޭވަފާތެރިޔެކެވެ. ކުރުގޮތަކަށް ބުނާނަމަ މުނާފިގެކެވެ. އޭނާގެ ހޭވިފައިވާ ދިގު އިސްތަށިގަނޑުން މޫނުގެ ބޮޑުބައެއް ވަނީ ނިވާވެފައެވެ. ކުރީގައި މަލަމަތި ރީތިކުރުމަށް ދައްކާ ހަރުދަނާ ގޮތްގަނޑުވެސް ކެނޑި އަނަރޫފަކަމާއި ހިތުގެ ކަޅުކަން ސޫރައިންވެސް މިހާރު ދައްކައިދިނެވެ. އޭނާގެ ކަރުގައްޔާއި އަތުގައި ދެތިން ޗޭނުވަނީ އަޅާފައެވެ. ބޮލުގެ އެކިތަންތަނުގައި ހުރި ރީނދުލަކަށް ދާ ކުލައިން ބްލީޗު އެއްޗެއް އޮއްސާލާފައިކަމެއް ނުވަތަ އެ ހާކަން ކުރިން މަސަތްކަތް ފެނަށް ގޮސްފައިކަމެއް ޔަގީނެއްނޫނެވެ. ދެލޮލާއި މޫނުމަތިން ފެންނަނީ ހަމަހޭގައި އެ ނަފްސު ނެތް ކަމެވެ.

އެނދުގެ ހެޑްބޯޑުގައި ބޯ ޖައްސާލި ރަޒީމް ހިންދިރުވާލިއެވެ. އޭނާގެ ދުނިޔެއަކީ މިހާރު މިއީއެވެ. ބަނަކަމާއި ކަޅު އަނދިރިކަމެވެ. ދާއިމަށް އެއްވެސް ކަމެއް ދެމި ނޯންނާނެކަމުގަ ހެއްކަކީ މިއީއެވެ. މި ދުނިޔެ މިއީވެސް ވަގުތީ އުފަލާއި ހިތާމަތަކުން ފުރިފައިވާ ވަގުތީ ތަނެއް ވިއްޔާއެވެ. ކުރެވުނު ފާފައިގެ ހިތި ނަތީޖާ ދެލޯ ކުރިމައްޗަށް ފެނި ހަރުވެފައިވާ ހިލަ ހިތަށް މިއަދު އިހްސާސްކުރެވުނު ނަމަވެސް އެއްވެސް ކުަށަކަށް އެއްބަސްވުމެއް ނުވަތަ އެންމެ ކުޑަމިނުން އެކަލާނގެ ހަޟްރަތަށް ކުއްތަވުމުގެ ނިޔަތުގެ ކަންފުޅެއްވެސް އޭނާގެ ހިތުގައި ނެތެވެ. ޖާހިލުކަން މަތީ ނިމިދާން ޖެހުނަސް ރަޒީމް ހުރީ ތައްޔާރަށް ކަހަލައެވެ. މިއަދު އޭނާ ވެއްޓިފައި މިވާ އަނދަވަޅަކީ މި ދުނިޔެމަތީގައި އޭނާގެ މައްޗަށް އެކަލާނގެ ފޮނުވި ޢަޒާބެއްކަން ނުދެނެހުރެ ރަޒީމްގެ ސިކުނޑި ފުރިފައިވަނީ އަދިވެސް އެ ވޭނުން ސަލާމަތްވުމަށް ފާފައިގަ މައްޗަށް ފާފަކުރުމަށެވެ. މަސްތުގެ ދުނިޔެއަށް ބޯކޮަށް ނަފްސު ކީ މަރުހަބާގެ ފަހަތުގައިވެސް ވަނީ މި ހަޤީޤަތެވެ. ވަށްކަމާއި ފޮށުމުގެ ފެޝަނަށް ހިތް އާދަވެ ލޯބިޖެހިގެން ދިޔައީ އިންތިހާއަށެވެ. މިއީ އެކުވެރިންގެ ބާރުން ހިނގި ކަމެކޭ ނުބުނެވޭނެއެވެ. ވަޅުގަނޑަށް ވެއްޓިގަތީ އަމިއްލަޔަށެވެ. ލުގުމާނުމެން ކަހަލަ ހިތްބަލި މީހުންވެސް އެ ވަޅުގަނޑުތެރެއަށް އަތުގައި ހިފާ ދަމައިގަތީވެސް އަމިއްލަޔަށެވެ. ދެން ތިބިއްޔާ ތިބި ރައްޓެހިންނަކީ ވަޅުގަނޑު ތެރެއިން ދިމާވި ނަފުސުތަކެކެވެ.

ޢާއިލާގެ އެއްވެސް ފަރާތެއްގެ ސަމާލުކަން ނުލިބޭތާނގައި އޭނާއާއި އެކު އުޅޭ 'އެކުވެރިން' ފިޔަވާ އިތުރު ބަޔަކު އަނގައިންވެސް ބުނާކަމަކަށް ނުވިއެވެ. ރަޒީމްގެ އުނދަގޫ އޮންނަނީ ގޭތެރޭގެ އިތުރުން މަގުމަތީގައިވެސް ބޮޑުވެފައި ވިއްޔާއެވެ. ނަމަވެސް ހައިކަލްގެ ދެމަފިރިންނާއި ރިޔާޝް ގަބޫލުކުރީ އެ ހުރިހާ ކަމެއް ހިނގައިގެން ދިޔައީ އަންހެނުންނާއި ދެކުދިންގެ މަރާ ކުރިމަތިލާން ޖެހުމުން ކަމަށެވެ. ހަޤީޤަތް ކުޑަކޮށްވެސް ދަންނަ މީހަކީ ރާޔާ ކަމުން ރަޒީމް މިހާރު އިންތިޒާރުކުރަމުން އެ ދަނީ ރާޔާ އިންނަން އުޅޭ ހުސޭނާައިއެކު އެހެން ފުރާޅެއްގެ ދަށަށް ދާން ނިކުންނާނެ ދުވަހަކަށެވެ.

ރަޒީމްގެ ޙިޔާލު ދަތުރުކުރީ މީގެ 2 އަހަރު ކުރީގެ އެ ހިތި ދުވަހަށެވެ. ހަޔާތުގައި އެއްޗެއް އަތުން ބީވި ކަމުގެ އިހްސާސް އަލަށް ކުރެވުނު ބަނަ ދުވަހަށެވެ. ކުށެއްނެތް ފުރާނައެއް ދުއްވާލުމުގެ ބަދަލުގައި އޭނާގެ ދެއަތުން، އޭނާގެ ކުށުން ވަކިވެގެން ދިޔައީ އަމިއްލަ ލެޔާ، ވިންދާ ގުޅިފައިވާ ދެ ތުއްތު ފުރާނައެވެ.

ރަޒީމަށް ނޭނގުނުނަމަވެސް އެނދުމަތީގައި އޮށޯވެގެން ނިއް މަތީގައި އަތް ބާއްވާލައިގެން ލޯގަނޑު ކުރިމަތީގައި ބޮލުގައި ފުނާއަޅަން ހުރި ސޯފީއަށް ގެއްލިފައި އޮތް ރާކިންގެ ވިސްނުންވެސް ދަތުރުކުރީ ހަމަ އެ ދުވަހަށެވެ. ހާދިސާގެ ދެފަޅިއެކުވީ މި ދެ ސިކުނޑީގައިވާ ތަސްވީރުތަށް ގަތާމެހިލުމުންނެވެ.

2 އަހަރު ކުރި.
"ބައްޕާ..އަހަރުމެން ދެން ދަނީ..ހަފްތާއެއް ފަހުން ފުރަން މިއުޅެނީ ގްރީސަށް.ކައިވެންޏަށް އައިސް ނުދިނަސް..ހިތްހެޔޮ ކުރާތި.." އަމިއްލަ ގެޔަށް ވަތްތާ ދެތިން މިނެޓްވެސް ނުވެ ހައިކަލްގެ ރުޅިވެރި ބަސްތަކާއެކު ނިކުންނަ މަޖުބޫރުވި ރާކިން ސޯފާގައި އިން ސޯފީއާއެކު ބޭރަށް ނިކުންނަން ހިނގައިގަތެވެ. ޝެހެނާޒުގެ ލޮލުން ކަރުނަ ވިދަމުން ދިޔައެވެ. ފިރިމިހާއާ އެއްކޮޅެއްގައި ހުރުމަށްޓަކައި ރާކިނަށާއި ސޯފީއަށް މާފު ނުދިންނަމަވެސް ފަރުދާގެ ފަހަތުގައި ކޮންމެވެސް ހަޤީޤަތެއްވާނެޔޭ ޝެހެނާޒުގެ ހިތް ބުންޏެވެ. ނިކަން ލޯބިން ގެންގުޅުނު އަދި ވޭން ދެނިވި ދިގު މާޒީގެ ހާދިސާއަކަށްފަހު އެންމެ ހަގު ފިރިހެން ދަރިފުޅުގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަހުގެ އުފަލުގައި ބައިވެރިނުވެވޭނެތީ ޝެހެނާޒުގައި ހިތުގައި އުފެދުނީ ޝަކުވާއެވެ. މައެއްގެ ހިތަކީ މިއީއެވެ. ކިތަންމެ ކުށެއް އެ ދަރިފުޅު ކުރިޔަސް އެންމެ ފުރުތަމަ އެ ދަރިފުޅުގެ ހައްޤުޤައި ކަރުނަ އަޅާނީ ހަމަ އެ މައިމީހާއެވެ.

"ހުއް..ހުރިހާ އިލްޒާމެއް އަމިއްލަ ބޭބެގެ ބޮލުގަ އަޅުވާފަ އެ ދެމީހުންނަށް މިގެޔަށް ވަންނަން ކެރުނުކަންވެސް ވާ ރަނގަޅު..ރާކިން އެއީ އަސްލު އެކަހަލަ ކުއްޖެއް ނޫން..ސޯފީއާ ހެދި އޭނަ އެހެރީ ހަލާކުވެފަ.." ނިކުމެެގެން ދިޔަ ރާކިނާއި ސޯފީއަށް ތޫނު ނަޒަރަކުން ބަލަން އިން ހައިކަލް ރައްދުކޮށްލި ބަސްތަކަށް ޝެހެނާޒު މުޅިން އެއްބަސް ނުވިނަމަވެސް އޭނާގެ ހިތް އެދެމުންދިޔައީ ޤަބޫލުކުރުމަށެވެ. ނަމަވެސް، ޝެހެނާޒުގެ ހިތް ބުނަނީ ސޯފީއާއި ރާކިނާ ދެމެދު ވާ ގުޅުމަކީ އެއަށްވުރެ މާތް ގުޅުމެއް ކަމުގައެވެ. އޭނާ ދިން ވަރުގަދަ އަދި އެހާމެ ހަރުދަނާ ތަރުބިއްޔަތުގެ ދަށުން ބޮޑުވި ދަރިޔަކީ ތާކުން ފެންނަ ކޮންމެ ކޮންމެ މީހެއްގެ ބަހަށް ހެއްލޭނެ ދަރިޔެއް ނޫންކަމަށް އެ ހިތް ބުންޏެވެ.

"އޭ ކޮންކަހަލަ ހެދުމެއްތަ މަ ލާންވީ ވެޑިނަށް؟" ހައިކަލާއި ޝެހެނާޒަށް ވަށްކަޅިން ބަލާލުމަށްފަހު ވަރަށް ވަގުވަގަށް ރާކިނާއި ސޯފީގެ ފަހަތުން ސިޑިން ފައިބައިގެން ދިޔަ ރާޔާ ވައި އަޑުން ސޯފީގެ ކަންފަތް ބުޑުގައި ބުނެލިއެވެ. "ވަކި ކުލައެއް ނެތޭ..ހަމައެކަނި ނޫކުލައިން މުޅިތަން ދިއްލާލަނީ..ފިރިހެނުން ލާންވީ ހުދު ގަމީސް ކަމަށް ވަނީ ފާޒިލްގެ ނިންމުމެއް އެއީ..ފިރިހެނުން ހުދު ނުލައިފިއްޔާ ހެކިވެރިޔަކަށް ނުވާނަމޯ އޭނައެއް..އެހެންވެ ރާކިންވެސް ހުދު ގަމީހާ ކަޅު ޖިންސުލަަނީ..ދެން އަންހެނުން ހުދާ ކަޅު ހިމެނޭ ހެދުމެއް އޯކޭވާނެ.." ސޯފީ އަންގާލިއެވެ. މާ ބޮޑު ގޮތަކަށް ޕާރޓީ ބާއްވަން ސޯފީއާއި ރާކިން ނިންމާފައި ނެތަސް ފާޒިލާއި ނައިނާގެ ނުފޫޒުން ޕާރޓީ ކުލަގަދަ ކުރަން ވަނީ މަޖުބޫރުވެފައެވެ. "ވަރަށް ސަޅިވާނެ އެއްކޮށް ކަޅު ވިދާ ވައްތަރެއްގެ ހެދުމެއް.." ވިސްނާލަން ހުރެފައި ރާކިން ސިފަކޮށްދިނެވެ. ރާޔާގެ ކަޅި އޭނާއަށް ވަގުތުން އަމާޒުވިއެވެ. "ދޮންބޭ.!!" ރާޔާ ހަޅޭއްލަވައިގަތެވެ. ރާކިން އަވަސްއަވަހަށް އޭނާގެ އަނގަ މަތީގައި އަތް އަޅާ ނިވާކުރިއެވެ. "ކިހިނެތްވީ؟" ރާކިނާއި ރާޔާ ވާހަކަ ދެއްކި ކަން އިނގިއްޖެއްޔާ އަނެއްކާ އަނެއް ހަ ކަންތައް ވިއްޔާއެވެ. "ޔޫ އާރ ވެރީ ސްމާރޓް.!" ހިނިގަނޑެއް ޖަހާލާފައި ރާޔާ ދުއްވައިގަތުމުން ބުމަ ހިއްލިފައި ހުރި ރާކިން ކޮނޑު އަރުވާލިއެވެ.

"ނަސީބެއްނު ތިއްތިބެ ތިރިޔަށް ނުފޭބިކަން އެގަޑީގަ..ކޮންމެސް ކަންތައްގަނޑެއް ހިނގާނެ ފޭބިނަމަ." ރާކިން ގެޔަށް ވަނީއްސުރެއް ނިކުންނަންދެން ކީ ހުރިހާ އެއްޗެއް އަޑުއަހަން ކާމޭޒު ކައިރި ލެޕްޓޮޕް ހިފައިގެން އިން ރިޔާޝް ހައިކަލަށް އިވޭވަރަށް ބުނެލިއެވެ. "އާން..މިއަދު ނުވެސް އާދޭ ތިރިޔަށް ލައްޔިނާ ލަޔާންވެސް..އައިޝާވެސް ކައްކަން ފައިބަނީ ނުލާހިކު މަދުން..ދެން މަންމަޔަށް ކިހާ އުނދަގޫވާނެ.
ރާޔާއަށްވެސް ރަހައެއް ލާގޮތަށް ކައްކަން އިނގެނީކީ ނޫން ވިއްޔަ.." ކުދިކިޔަން ފެށީ ޝެހެނާޒެވެ. "ދެން މާޝާވެސް އެހެރީނު..އޭނަ ކައިރިވެސް ބުނީމަ ވަންނާނެ." ލޮލުގައި އަޅާފައި އިން ނަންބަރު އައިނު ނަގަމުން ރިޔާޝް ކަޅިއެއް އެއްލީ ބަދިގެ ތެރޭގައި ފެންބޯ ހުރި މާޝާއަށެވެ. "އެ މަންޖެ ދެން ދުވާލު ހަތަރުދަމު ޑިއުޓީގަ އުޅޭތީ އުނދަގޫ ކުރަން ނުކެރެނީ މަންމަޔަށް..ސޯފީ ބެހެއްޓުނު ނަމަ ކިހާ ރަނގަޅު..ހަލަނި ވެފަ އެހާ މުރާލިވާނެ." ޝެހެނާޒު ހާމަކޮށްލުމުން ރިޔާޝް ބޯ ހޫރާލީއެވެ. "ދަރިފުޅާ ރާޔާ!!ދޭބަލަ ތިއްތިބެޔަށް ގޮވަން..ބުނޭ އެންމެން ކާން އަންނާށޭ ތިރިޔަށް.!" ރިޔާޝްގެ ފަރާތުން ވާހަކައަށް އެއްބާރުލުމެއް ނުލިބުމުން ރާޔާއަށް ގޮވާފައި ޝެހެނާޒު އެންގިއެވެ.

އެވަގުތު މޭޒުމަތީގައި އޮތް މާޝާގެ ފޯނަށް މެސެޖެއް އައުމުން ރިޔާޝްގެ ކަޅި ހުއްޓުނީ އެ ފޯނަށެވެ. މާޝާއާއި ރިޔާޝްގެ ހީނަރުވެފައިވާ ގުޅުމުގެ ސަބަބަކަށް އެ ފޯނު ވެދާނެކަމަށްޓަކައި އޭނާގެ ހިތް ބުނީ ފޯނު ބަލާލުމަށެވެ. މާޝާ ހުރީ ފުރަގަސްދީގެން ފެންބޯން ކަމުން ސަލާމަތް އެބައޮތް ވިއްޔާއެވެ. ފޯނު ނަގާ ހުޅުވާލުމުން ސްކްރީނަށް އަރާފައިވާ މެސެޖު ފެނުމުން ރިޔާޝްގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. އެ ފޯނުގައި އަދިވެސް އޭނާގެ ފިންގާރ ޕްރިންޓް ސޭވް ވެފައި އިންނަންޖެހޭނެކަމުގެ އުންމީދުގައި ބޮޑުވާއިނގިލިން ފޯނު ހުޅުވާލިއެވެ. މާޝާއާއި އައިޝާގެ ޗެޓު ލޮގް ކިޔާ ނިމުން އިރު ރިޔާޝްގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ބޮނޑިވެ ފައިބަން ފެށިއެވެ. އޭނާވީ ތެދުވެރި ލޯބީގެ ނަތީޖާ މި ފަދަ ގޮތަކަށް އައިސްދާނެކަމަށް ދުވަހަކުވެސް އުންމީދު ކުރެވިފަކައެއް ނެތެވެ. މާޝާގެ ހުރިހާ އަނދިރި އަދި މަސްލަހަތު ހިފާއްޓަން އުނދަގޫ ސިފަތަކާއެކުވެސް އޭނާ މާޝާ ޤަބޫލުކުރީ ހެޔޮހިތުންނެވެ. މުސްތަގުބަލަށް ރިޔާޝް ދުށީ ފޮނި ހުވަފެންތަކެކެވެ. ނަމަވެސް އެ ހުރިހާ ކަމެއްގެ ނަތީޖާ މި ފަަދަ ގޮތަކަށް އަންނަންވީ ކިހިނެތް ހެއްޔެވެ. ކޮންމެއަކަސް އެ ވަގުތުކޮޅުވެސް ރިޔާޝް ހިތް ޤަބޫލުކުރީ އެކަލާނގެ އެއްވެސް އިންސާނަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެކަމެވެ. އަދި އެކަލާނގެ އޭނާގެ އަތުން އެއްޗެއް ގެންދަވައިފިނަމަ އެއަށްވުރެ ހާސްގުނަ ރަނގަޅު އެއްޗެއް ދެއްވަވާނެކަމެވެ.

ލޯ ކައިރި ފޮހެލަމުން ދެވަނަ ފަހަރަށް ރިޔާޝް އެ ޗެޓް ލޮގުގައި ޑިލީޓް ނުކޮށް ހުރި ކަމަށް ފެންނަ ދެތިން މެސްޖު ކިޔާލިއެވެ.
އައިޝާ: ދެން ކިހިނެތް ހަދަނީ؟
މާޝާ: ރާއްޖެއިން ބޭރުން ގެޔެއް ގަނެވޭވަރަށް ފައިސާ އެބަހުރި މިހާރު.ވަޒީފާއިން ކެނޑިގެން ރާއްޖެއިން ބޭރަށް ދާން މި ވިސްނަނީ..
އައިޝާ: ސަޅި..ދެން ރިޔާޝޯ؟
މާޝާ: ވަރިކުރަން ފޯރމް ލާނީ..އިތުރަށް ރާއްޖޭގަ ހުރެއްޖެއްޔާ ފުލުހުން ހިފާއްޓާނެ..މާދަން ކަމެއް ނޭނގެ ފަޅާއަރާނީ..
ރިޔާޝް ފޯނު ދުރަށް ހޫރާލިއެވެ. ބިންމައްޗަށް ވެއްޓި އެ ތެޅުނު އަޑަށް މާޝާ ދުވެފައި ބަދިގެއިން ނިކުމެގެން އައެވެ. "ރިޔާޝް." މާޝާ ރުޅި އައިސްފައި ގޮވާލިއެވެ. "ޔޫ އާރ ޑިވޯރސްޑް.!" މާޝާ އެ ކަމަކަށް އެދުމުގެ ކުރިން އެންމެ ޖުމްލައެއް އިއްވާލަމުން އެކަން ފުރިހަމަކޮށްދީފައި ސިޓިންގް ރޫމުން ނިކުމެގެން ރިޔާޝް ދިޔައީ އޭނާގެ ކަރުނަތަށް ހިފާއްޓައިގެން ހުރެއެވެ. ފައިސާގެ ބާރަކީ މިއީއެވެ. އެއްވެސް ކުށެއް ނެތް މީހުންނަށްވެސް އޭގެ އަވައިގައި ޖެހިފައި ތިބޭ އިންސީންގެެ ފަރާތުން ލިބޭ ގެއްލުން އަންދާޒާވެސް ނުކޮށްލެވެއެވެ. ކޮންމެއަަކަސް މާޝާގެ އަޑި ހާވާފައި އިތުރަށް އަމިއްލަ ނަފްސަށް އަނިޔާ ކުރާކަށް ރިޔާޝް ބޭނުމެއް ނުވިއެވެ. މާޝާ ބޭޒާރުކުރުމަށްވެސް އެ ހިތް ނޭދުނީ އޭނާގެ އަގުވެސް ވެއްޓޭނެތީއެވެ.

ބިންމަތީގައި އޮތް ފޯނު ނެގި މާޝާގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ. ރިޔާޝް ކައިރީގައި މިރޭ ވަރިއަށް އެދެން އޭނާ ނިންމައިގެން ހުރިނަމަވެސް މި ފަދަ ގޮތަކަށް ރިޔާޝްގެ ކުރިމަތީގައި ހުރިހާ ކަމެއް ބޭޒާރުވެދާނެކަމަކަށް އުންމީދު ކުރެވިފަކައެއް ނެތެވެ. މޭގަނޑު ގުޑުގުޑު އަރަމުން ދިޔައިރު އެއަތުން މޭމަތީ ޖަހާލަމުން މާޝާ އަވަސްވެގަތީ ރިޔާޝަށް އޭނާއާއި ރަޒީމް ހެދި ޑީލް އެނގުމުގެ ކުރިން ރާއްޖެއިން ފިލުމަށް ޓިކެޓު ނަގާށެވެ.

"މަންމާ..!!!!" ރާޔާގެ ތޫލި އަޑު މުޅި ގޭ ތެރޭގައި ގުގުމާލީ ކުއްލިއަކަށެވެ. ގޭގައި އެވަގުތު ތިބިއްޔާ ތިބި ހުރިހާ ބަޔަކު ރަޒީމްގެ ކޮޓަރި ދޮށަށް އެއްވިއެވެ. އޭރު އެ ކޮޓަރިތެރޭގައި ލޭގެ ދިގު ކޯރެއް ހެދެމުން ދިޔައެވެ. އައިޝާއާއި ދެކުދިންގެ ގައިން ހުއްޓުމެއް ނެތި ލޭ އަންނަމުން ދިޔައިރު އެ ކޯރު މަތީގައި ދެމިފައި ރަޒީމްވެސް އޮތެވެ. މާޝާގެ ހިތް އުފަލުން ނަށައިގަތެވެ. ރަޒީމަށް ދެރަގޮތެއް ވުމަކީ އޭނާއަށް މިއަދު ލިބޭނެ އެންމެ ބޮޑު އުފަލެކެވެ. އޭނާގެ އަޑ އިނގޭ ހަމައެކަނި ރަޒީމަށް ވީއިރު ރަޒީމް ނެތް ދުނިޔެއެއްގައި ހަޤީޤަތް ހާމަކުރާނެ މީހަކު ނުހުންނާނެއެވެ. މާޝާ ދިޔައީ އޭނާގެ ހިތުތެރޭ އެތަށް ރޭވުމެއް ރާވަމުންނެެވެ. ނަމަވެސް ހަތް އުޑު މަތީ އެކަލާނގެ ޢަރުޝުކޮޅުގައި ވޮޑިގެންވާ ރަސްކަލާނގެ ރޭވުންފުޅުގެ މައްޗަށް ކުރިހޯދޭނެ އިތުރު އެއްވެސް ރޭވުމެއް ނުވާނެކަން ޔަގީނެވެ.

ހުއްޓުން އަރާފައި ތިބި ޝެހެނާޒާއި ރާޔާގެ ދެލޯ މަތީގައި އެޅުނީ ފަހަތުގައި ހުރި ރިޔާޝް ދެއަތެވެ. ހިނދުކޮޅެއްގެ ތެރޭގައި ޝެހެނާޒު އަނބުރައިގަނެގެން ދެމުނީ ރިޔާޝްގެ އަތުތެރެއަށެވެ. ދޮރު ކުރިމަތީގައި ހުރި ރާޔާއަށް ރޯންވީކަމެއް ނުވަތަ އެތެރެއަށް ވަދެ ވާނުވާ ބަލަންވީކަމެއް ނޭނގުނެވެ.

ކޮންމެއަކަސް މާގިނައިރުތަކެއް ނުވެ ސައިރަންތަކުގެ އަޑު އެއް އަޑަކަށް މުޅި މަގުގައި އިވެން ފެށިއެވެ. ހަތަރު ސްޓްރެޗާރއެއްގައި ހަތަރު ހަށިގަނޑު ނެރެވި އެންބިއުލާންސްތަކުގައި ހޮސްޕިޓަލަށް ގެންދެވުނުއިރު މާޝާގެ ހިލަމެއް ކުޑަކޮށްވެސް ނުވިއެވެ. ރިޔާޝްގެ ސައިކަލު ފަހަތުގައި ދިޔައީ ރާޔާއެވެ. އިތުުރު އެންބިއުލާންސެއް ގެނެވެން ނެތުމުން ޝެހެނާޒުގެ ހޭނެތިފައިވާ ހަށިގަނޑު ގެންދަންޖެހުނީ ހައިކަލްގެ ކާރު ފަހަތު ސީޓުގައެވެ. ރާކިން ނެތްކަމުގެ ފަޅުކަން އެންމެންނަށްވެސް އެންމެ ބޮޑަށް އިހްސާސްވީ މިފަދަ ހާސްކަން ބޮޑު ދަނޑިވަޅެއް އައުމުންނެވެ. އޭނާއަކީ ގޭގެ އިރުވިއްޔާއެވެ. ކަރުނައިގެ ތެރޭ ގެންބިފައި އިންނަ މީހެއްވެސް ރާކިން އެހެންމީހުން ހިތްހަމަޖެއްސުމަށް ދައްކާ ހަމަނުޖެހޭ ވާހަކަތަކަށް ހޭނެއެވެ.

ހޮސްޕިޓަލަށް ގެންދިޔުމާއެކު ފުލުހުންވެސް މައްސަލަ ތަހުގީގު ކުރުމަށް އައެވެ. ކަން ހިނގައިދިޔަގޮތް ކިޔުންތެރިންނަށް ވަރަށް ރަނގަޅަށް އިނގިލައްވާނެއެވެ. ނަމަވެސް އަޅުގަނޑު ތަފްސީލުކޮށްދޭނަމަވެ.

އައިޝާއާއި އޭނާ ބަނޑުއަޅާ ވިހޭ ތިން ދަރިންގެ ހަށިގަނޑުން ފުރާނަ ގޮސްފައިވާތާ ތިން ގަޑިއިރު ވެއްޖެކަމަށް ޢިއުލާންކުރުމުން އެންމެންގެ ހައިރާންކަންވެސްވީ ދެގުނައެވެ. "މިއީ ކިިހިނެތް ހިނގާފައިވާ މަރެއްތޯ؟" ރާޔާ ގުޅުމުން އެވަގުތު އީ.އާރް ދޮރުމައްޗަށް އައިސް ހުރި ރާކިން ޑޮކްޓަރުން ކުރެއް އެއްސެވެ. ހައިކަލްގެ ކޮނޑުމަތީގައި ރޯން އަޮތް ޝެެހެނާޒާއި ހައިކަލްގެ ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ. ރިޔާޝް ކައިރީގައި އިން ރާޔާގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. އައިޝާގެ ނުބައިކަމާއި ނުލަފާކަން އިނގިފައި އޮތަސް ދުނިޔެ ދޫކޮށް ދިޔަ ތުއްތު ދެ ފުރާނާއަށްޓަކައި ކަރުނަ އަޅަން ޖެހުނީއެވެ. ރާކިން ސުވާލުކުރުމުން ހައިކަލްގެ ދެބުމަގޮށްޖެހުނެވެ. ރާކިން ފަހަތުގައި ދެއަތް މޮޑޭލަ މޮޑެލަ ހުރި ސޯފީއަށް ހައިކަލް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ސޯފީގެ ހަނދާނަށް އަންނަމުން ދިޔައީ އައިޝާ މިއަދު އޮތް ހާލުގައި ރާކިން ގެނެވުނު ދުވަހެވެ. ޝެހެނާޒުގެ ހަނދާނުގައި އެ ދުވަސް ފިރުކެމުން ދިޔަނަމަވެސް އޭނާ ހުރީ އެކަން އިތުރަށް ޙިޔާލު ކުރެވޭ ފަދަ ހާލަތެއްގައި ނޫނެވެ.

"ރަޒީމް އަނބުރައިގަނެފަ ވަނީ ޑްރަގް އޯވާރޑޯސަކުން ކަމަށް ރިޕޯރޓުތަށް ދައްކަނީ..އެހެންވީމަ ހޭ އެރުމާއެކު ފުލުހުންނާ އޭނަ ހަވާލުކުރެވޭނެ..އައިޝާ ނިޔާވެފަވަނީ ހަށިގަނޑަށް ބިއްލޫރީގެ ސަބަބުން ލިބުނު އަނިޔާތަކުން..ކަރުބުޑަށްވެސް ބިއްލޫރިގަނޑެއް ގޮސްފަ ވަނީ..ދެން ދެކުދިން.." ޑޮކްޓަރަށް ވެސް ވާހަކަ ދައްކަން އުނދަގޫވިއެވެ. އައިލާ އެންމެންގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުގެ ސަބަބުންނެވެ. "މަރުގެ އަދަބު ލިބެން ޖެހިފަ ހުރި މީހެއް ތި މަރުވީ...ރަނގަޅު" ސޯފީގެ ހިތް ބޭ އިޙްތިޔާރުގައި ބުނެލިއެވެ. އެ ވޭންދެނިވި މަރަކީ އައިޝާއަށް ހައްޤު އަދަބެއް ކަމުގައި ސޯފީއާއި ރާކިންގެ އިތުރުން ހަޤީޤަތް މި ވަގުތު ދަންނަ އެންމެން ދުއްޓެވެ. "ކުދިން.؟" ހިތް އަވަސްވެފައި ހުރި ރާކިންގެ އަޑު ކުރެހުނެވެ. ސޯފީ ފެނުމުން ރުޅި އައިސްފައި ހުރި ހައިކަލްގެ ހިތަށް ހަމަޖެހުމެއް ލިބުނީ ރާކިން އައުމުންނެވެ. ރާކިން ނެތްނަމަ ޑޮކްޓަރާ ހަތަރު ކަޅި ހަމަކޮށްގެން ވާހަކަ ދައްކަން ކެރޭ އެހެން އެކަކުވެސް ނުހުންނާނެއެވެ.

"ލައްޔިން މަރުވީ ހާރޓް އެޓޭކެއް ޖެހިގެން..ފެނުނު ސީންގެ ގޮތުން އަސްލު..ހިތުގެ މައްސަލަ ހުންނަ ކުއްޖަކަށްވެސްވީމަ..ދެން ލަޔާންއަށްވެސް ވީ އައިޝާއާ ދާދި އެއްގޮތެއް..ބިއްލޫރީގެ އަނިޔާ..ފުލުހުންނާ ކުރި އިންވެސްޓިގޭޝަނުން އެނގުން ގޮތަ ރަޒީމް މަސްތު ހާލުގަ ހުރެގެން ތިން މީހުނަށް ތިން ނަފްސާނީ އަދި ޖިސްމާނީ އަނިޔާގެ ސަބަބުން ތިން ފުރާނަވެސް ދުނިޔެ ދޫކުރީ..." ވަރަށް އުނދަގުލުން ޑޮކްޓަރުގެ ދުލުން ނިކުތް ވާހަކައަށްފަހު ގޮޑިން ފުންމައިގެން ހައިކަލް ތެދުވިއެވެ. މައިންބަފައިން މިހާރު ދުނިޔޭގައި ނެތް އައިޝާގެ އާއިލާގެ ބައެއް މެމްބަރުން ހިމެނޭހެން އެހެން އެންމެން އަޑުގެ ނެތްކޮޅަށް ރޮމުން ދިޔަނަމަވެސް ހައިކަލް ހުރީ ރުޅި އައިސް ރަތްވެފައެވެ.

"މީ ކަލެޔާ ހެދި ވާ ކަންތައް..ހަމަ މި ސޯފީގެ ކަންތައް!!! ކަލޭ އަހަރުމެންގެ އާއިލާއަށް ނުވަތްނަމަ މި ހާލެއް ނުޖެހުނީސް..ކަލޭ ފެތުރި ދޮގު ވާހަކަޔާ ރަޒީމަށް ދެއްކި ބިރުގެ ސަބަބުން އެދުވަހަށްފަހު އޭނައަކީ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުން ގެންދިޔަ މީހެއް..!! ކަލޭ އޭނަގެ ހަޔާތުގަ އަލިފާން ނުޖެހިނަމަ ކުރިން އުޅުނު ހަރުދަނާ ޒިންމާދާރު ރަޒީމް އަހަރުމެންނާއެކީ..ހުންނާނެ.!! ވިސްނާލަބަލަ..ކަލެޔާ ހެދި ތިން ފުރާނައޭ ވަކިވެގެން އެ ދިޔައީ.!!" ހަމައިން ނެއްޓީ ހަޅޭއްލަވަމުން އައި ހައިކަލް ސޯފީގެ މޫނުމަތީ ޖެހުމަށްޓަކައި މަޅާލި އަތުގައި ހިފޭއްޓީ ރާކިންއެވެ. ހައިކަލް ރާކިންގެ އަތް ފޮޅުވާލުމަށް ކުރި މަސަތްކަތްވީ ބޭކާރެވެ. ހައިކަލަށް އެހިތުގައި އޮތް ކުޑަނަމަވެސް އިޙްތިރާމް ދެމެހެއްޓުމަށް ރާކިން ދޫ ރައްކާތެރިކޮށްގެން ހުރިނަމަވެސް އޭނާގެ އެތެެރެ ހަށި ދިޔައީ އަނދަމުންނެވެ. ހުރިހާ ވާހަކައެއް އިވި ފެނުމަށްފަހުވެސް ހައިކަލް އޭނާގެ ފިރިހެން ދަރި ކުރި ކުށް ގަބޫލު ނުކުރުމުން ސޯފީ ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ޢާންމު އުސޫލުގެ ދަށުން ސޯފީ ފެއްޓީ ހޭށެވެ. ހައިކަލް އިތުރަށް ކައްކުވާލާށެވެ.

"ތިޔަށްވުރެ ބޮޑު މޮޔައެއް މަ ދުވަހަކުވެސް ނުދެކެން..މަ ވެސް ވަރަށް ދެރަ ވެއްޖައިން އެކަމު.." ރާކިންގެ ބައްޕައެއްކަމަކު ތެދެއްވާނީ ތެދަކަށް ނޫން ހެއްޔެވެ. ރާކިނަށް ރުޅި އައުމުގެ ހައްގު ލިބިގެން ނުވާކަމަށް ސޯފީ ދުއްޓެވެ. ވާހަކަ ދެއްކެވުމުން ދިޔައީ ހައިކަލާއި ސޯފީއާ ދެމެދު ވިއްޔާއެވެ. "ދެރަވާން އިނގިއްޖެއެއްނު އެންމެފަހުން..މަރުވެ ދިޔަ ތިން ފުރާނައިގެ ބަދަލު ދޭނީ ކިހިނެތް؟" ޖައްސާލާފައި ހައިކަލް ބުނެލިއެވެ. "އުހޫން..މަރުވެ ދިޔައިމަކާ ނޫނޭ..އަސްލު މަރުވާން ޖެހޭ ޤާތިލްގެ ބަދަލުގަ ތުއްތު ދެކުދިން މަރުވީމަ ދެރަވަނީ..ރަޒީމާއި އައިޝާއެއީ މަރުގެ އަދަބު ލިބުން ހައްޤު ދެމީހުން..އެކަމު އޭގެން އެކަކު މަރުވެފަ ދެން އެދިޔައީ ކުށެއް ނެތް ދެ ފުރާނަ ވިއްޔަ..ކީއްކުރާނީ ތަގުދީރު ދޯ..އެކަމު އެއްގޮތަކުން އެވެސް ރަނގަޅަކަށް..މަންމަޔާ ބައްޕަގެ ނުލަފާ ހިޔަނި ދެން އެކުދީންނަށް ނޭޅޭނެ އެއްނު..ރަޒީމަށްވެސް އިރާދަކުރެއްވިޔާ ކޮންމެސް ދުވަހަކުން ކޮންމެސް ގޮތަކުން އަދަބު ލިބޭނެ..ނުލިބިއްޖެއްޔާ މަވެސް މިހިރީ ހަމަ ދޭން ތައްޔާރަށް..މި ދުނިޔޭގަ ނުލިބުނަސް ދެން އޮތް ދުނިޔޭގަ ލިބޭނެ..ގޮސްލިއްޔޭ..!!" ހެވިފައި ހުރެ އަތުން ހަނާ އަޅަމުން ސޯފީ ހިނގައިގަތީ ރާކިންގެ ކަންފަތް ބުޑުގައި ކަށުކެމީގެ ކަންތަށް ނިމުމުން ނޫނީ ނައުމަށް އަނގާފައެވެ. ސޯފީ އެ ކަންތަކުގައި ބައިވެރިވުމުން މާހައުލު ގޯސްވާނެތީ އޭނާ ދިޔައިރު މާހައުލު އޮތީ ގޯސްވާނެ ވަރަކަށް ވެފައެވެ. ސޯފީގެ ހިތްވަރާ މެދު އާޝޯޙްވެ އަނގަތަށް ހުޅުވިފައިވީނަމަވެސް ހިތުގެ އަޑިން އެންމެންވެސް ދިޔައީ ކަރުނަ އަޅަމުންނެވެ.

އެ ދުވަހުގެ އިރު އޮއްސިގެން ދިޔައިރު އައިޝާއާއި އޭނާގެ ދެކުދީންގެ ފުރާނަ ތާ އަބަދަށް ފަސް އަޑީގައި ފޮރުވާލެވުނެވެ. ވަކިވެ ދިޔަ ތުއްތު ދެ ހިނިތުންވުން ކޮންމެ ހިތެއްގައިވެސް ބިންވަޅު ނެގިފައިވާނެއެވެ. ނަމަވެސް ހިތާމައަކީ އައިޝާ މަތިން ހަނދާންވާނެ އެއްވެސް މީހުން ނެތްކަމެވެ. ޢާއިލާގެ މީހުންނާވެސް ގާތްގުޅުމެއް ނެތެވެ. އޭނާ ދޫކުރި ރީތި ހަނދާނެއްވެސް ނެތެވެ. ދޫކޮށްލެވުނީ ސޯފީގެ ހިތަށް ކުޑަ ހަމަޖެހުމެއް އެކަންޏެވެ. އެވެސް އޭނާގެ މަރުންނެވެ.

ރަޒީމް ހޭ އެރުމާއެކު އޭނާ ހައްޔަރު ކުރެވުނެވެ. އެއީ ރަޒީމެވެ. އޭނާ ފަޅާއަރާއިރު އެހެން މީހެއްގެ ބޮލުގައިވެސް ކުށް އެޅޭނޭކަން ޔަގީނެވެ. މިފަހަރު ބެދުނީ ލުގުމާނެއް ނޫނެވެ. މާޝާއެވެ. ރަޒީމަށް މަސްތުވާތަކެތި ފޯރުކޮށްދިނީ މާޝާކަމަށް އޭނާ ބުނުމުން ދެމީހުނަށްވެސް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ. ހެކި ހުރީ އައިޝާއާ ދެކޮޅަށް ކަމުން ވަޒީފާއިން ވަކި ކުރެވުނު އިރުވެސްއެއްޗެއް ނުބުނެވުނެވެ. ރިޔާޝް މާޝާ ވަރިކުރި ސަބަބު މާ ބޮޑަށް ތަފްސީލުކޮށްދޭން ނުޖެހުނީ މަސްތުވާތަކެތީގެ މައްސަލަޔާ ގުޅިގެން އޭނާއަށް އިއްވުނު ހުކުމުގެ ސަބަބުންނެވެ. އެންމެވެސް ގަބޫލުކުރީ ރިޔާޝަށް އެކަން މާ ކުރިޔާލާ އިންގިފައި އޮތުމުން ވަރިކުރީ ކަމަށެވެ.

އޭގެ ހަފްތާއެއްފަހުން ކައިވެންޏަށް ޖެހުނު ގޮށް ބާރުކޮށްލަމުން ސޯފީއާއި ރާކިން ގްރީސަށް ފުރައިގެން ދިޔައީ އެތަށް ހަނދާނަކާއި ވޭނެއް ރާއްޖެއަށް ދޫކޮށްލާފައެވެ. އާއިލާ ތެރޭގައި އެތަށް ކަމެއް ހިނގަމުން ދިޔައިރުވެސް ނިކަން ހަމަޖެހިލާފައި ތިބެ ފުރައިގެން ދިޔައީ އާއިލާއިން އެ ދެމީހުން ވަކިވެގަތީ އަމިއްލަޔަށް ނޫންކަމުންނެވެ. ނަމަވެސް، ކޮންމެވެސް ދުވަހަކުން އަދި އެނބުރި އަންނަޖެހޭނެ ކަމަށް ސޯފީގެ ހިތް ބުނަމުން ދިޔައެވެ. ރާކިނަށް ސޯފީ ވިސްނަމުން ދިޔަ އެއްވެސް ކަމެއްގެ ހިލަން ނުވީ ރާއްޖެއަށް ބަދަލުކުރެވުނު ދިރިއުޅުމަށްފަހު ދެމީހުންގެ ތުންފަތް މަތީގައިވެސް ދެމެހެއްޓުނު އުފާވެރި ހިނިތުންވުމުގެ ސަބަބުންނެވެ.
___________________________________________________________________
"ތީގެ މާނައަކީ ކޮބާ." ފާހަނަ ތެރޭގައި ބޮލުގައި ސިކުނޑި ނެތް ބަޔަކު ފަދައިން ހުއްޓި ތިބީ ފާޒިލާއި ނައިނާއެވެ. ސިންކު ބަހައްޓާފައިވާ ކަބަޑު މައްޗަށް އަރާ އިން ނައިނާ އޭނާގެ އަތުގައި އޮތް ކިޓަށް ބަލަހައްޓައިގެން ދެފައި ހަލުވާލަ ހަލުވާލަ އިނީއެވެ. ކައިރީގައި ކޮޅަށް ހުރި ފާޒިލް ބޮލުން ޑޭންޑްރަފް ފައިބަންދެން ކަހަނީއެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަަކަމެއް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނީ ކިޓުގައިވާ އެއްޗެއް ކިޔަން ނޭނގުމުންނެވެ. ބައްޕަ މަޖީދު ކައިރި އަހާކަށް ލާހިކެއް ނޫންވިއްޔާއެވެ. އަނެއްކާ ސްކައިޕުން ސޯފީއަށާއި ރާކިނަށް ގުޅައިފިއްޔާ މަލާމަތްކުރާނެ ވަރު އަންދާޒާ ނުކުރެވެއެވެ. "ގޫގުލްގަ އަޅެ ސާރޗްކޮށްބަލަ..ދެ ރަތް ރޮނގު އެރީމަ ވަނީ ކިހިނެތްތޯ." ޖެހިލުންވެފައި އިނދެ ނައިނާ އެއްސެވެ. އޭނާ އިނީ ފާޒިލާއެކު މިކަން ކުރަން އުޅެވުމުގެ މޮޔަ ހިތަށް އަރާފައެވެ. ފާޒިލަށް ނާންގާ ޑޮކްޓަރަކަށް ދެއްކުނުނަމަވެސް މިހާ ހާސްވާކަށް ނުޖެހޭނެ ވިއްޔާއެވެ.

ކުއްލިއަކަށެވެ. ފޯނުން ގޫގުލަށް ވަދެ އިން ފާޒިލް ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން ދެއަތް ފުޅާ ކޮށްލީ ނައިނާއާ ދިމާލަށެވެ. "ކިހިނެތްވީ؟ ގޫގުލް ބުނީ ކީކޯ" ނައިނާ ހިތުން އުންމީދުތަކުގެ މައްޗަށް ފެން އެޅުނީއެވެ. ނަމަވެސް ފާޒިލް އޭނާއަށް ފޯނުގެ ސްކްރީން ދައްކާލުމުން ބައްތިރީސް ދަތްޕިލަ ވަގުތުން އިސްތިހާރުކޮށްލެވުނެވެ. ދެއަތް ފުޅާކޮށްގެން ހުރެފައި ނައިނާއާ ދިމާލަށް ފުންމައިގެން އެރި ފާޒިލާ ދުރަށް ނައިނާ ޖެހިގަތެވެ. "މަ ބުނީމެއްނު ތި ސެންޓުން ދުވަނީ ރޯ މަސްވަހޭ.!!" މޫނު ކުނިކޮށްލަމުން މީގެ އިރުކޮޅެއްކުރިން ފާޒިލް ކައިރި ބުނި ވާހަކަ ނައިނާ ތަކުރާރުކޮށްލިއެވެ. "ނޭވާ ހިފާއްޓައިގެން އިނދޭ ތިހެންވީރު." ފާޒިލް މިފަހަރު ދުލެއް ނުކުރިއެވެ. ނައިނާ ގައިގައި އަތްވަށާލަމުން އޭނާ ފިއްތާލީ ކަންނެޔޮލެއް ހެންނެވެ. ނޭވާ ހިފާއްޓާލައިގެން ނައިނާއަށް ޖެހުނީ އިންނާށެވެ. ހިތާ ހިތުން ލައްކަ އުފާކުރަމުންނެވެ. "އޯ ލޯޑް ވީ އާރ ޕްރެގެސްސްސް..!!" ބަދިގެ ތެރޭ ކެއްކުމުގެ ކުޅިގަނޑުން އަވަދިނުވެ އުޅުނު ސޯފީއާއި ރާކިނަށް ވީޑިއޯ ކޯލުން ގުޅާލި ފާޒިލްގެ އަޑުގައިވީ ތުއިކަން މިއަދު ދެގުނަ ވެއްޖެއެވެ. "ނޯ..!! މަށޭ..ފާޒިލެއް ނޫން.!" ފާޒިލް ހުތް ކޮށްލުމަށް ނައިނާ ދޫ ނެރިލިއެވެ. "ހެވޭ.!" އޭނާގެ މޫނަށް ކައިރިން ބަލަހައްޓައިގެން ހުރި ފާޒިލް ތުން އަނބުރާލީއެވެ. ދެން އިވިގެން ދިޔައީ ކައްކާފައި ހުރި ކާއެއްޗެހީގެ ފޮޓޯނެގުމަށް ގޭގެ މޭޒުމައްޗަށް އަރާހުރި ސޯފީ އުފަލުން ފުންމައިގަތް އަޑެވެ. އަޑު އައީ ފޯނުން ނަމަވެސް ކަންފަތް ބުޑުގައި ހުރެ ހަޅޭއްލަވައިގަތުމެކޭ ތަފާތެއް ނެތެވެ.

"ކޮން ޙިޔާލެއްގަ؟" ގައިގައި ރަޖާ އަޅައިގެން ސީލިންގަށް ބަލަހައްޓައިގެން އޮތް ރާކިން ކައިރީގައި އައިސް ދެފައި ދަމާލައިގެން އޮށޯވެލި ސޯފީ އޭނާގެ މޫނުމަތީގައި އަތް ހޫރާލިއެވެ. "އޭނނ..ޙިޔާލެއް ނުކުރަން." ސޯފީއަށް ސަމާލުކަން ހުސްކޮށްލަމުން ރާކިން މާޒީއާ ދުރުވެލިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ މާޒީއެވެ. ސޯފީ އުފަލުގައި ހުރިހާ ހިނދަކު އަލުން އަނބުރާ އެ ދުނިޔެއަކަށް ރާކިނެއް ނުދާނެއެވެ. "ދޮގު ހުންނާނީ ދޯ" ސޯފީ ވާހަކަ ދެއްކީ ކަމެއް ޔަގީންވެގެންހެން ހީވެއެވެ. "ސޯފީ ނިދަން އަރާތޯ ދުޢާކުރިއްޔޭ.!" ރާކިން ފަޅާލީ ދޮގެއްކަން އިނގިހުރެވެސް ނިދި ބޮލަށް ބަރުވެފައި ހުރި ސޯފީ އޭނާގެ އަތުތެރޭގައި ހަމަޖެހިލަމުން ދެލޯ މަރާލިއެވެ. އޭނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮތް ރާކިންގެ ދެލޯވެސް މެރޭކަށް މާ ގިނަ އިރެއް ނުނެގިއެވެ.

މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައީ ރޭގަނޑުގެ ރަނީއެވެ. ތަރިތަށްވެސް ވަށާ ބަބުޅަމުން ދިޔައީ އެ ކަމަނާގެ ޙިދުމަތުގައެވެ. ގްރީސްގެ މަގުތަކުން ފެންނީ ހަމަހިމޭންކަމެވެ. ނަމަވެސް ރާއްޖޭގެ މަގުތަކުގައި ދަންވަރު ދޭއް ޖެހިއިރުވެސް ދުއްވާ އެއްޗެހި ބާރު ސްޕީޑުގައި ދުއްވަމުން ދިޔައެވެ. ނައިނާއާއި ފާޒިލް ދިއިރުޅެމުން ދިޔަ އެޕާރޓްމެންޓް ތެރެ އަޑުގަދަކޮށްލާފައިވަނީ އެ ދެމީހުންގެ އަޑުންނެވެ. ލިބުނު އުފާ ފާހަގަ ކުރުމުގެ ގޮތުން ފުމެ ނަގާ ދެ މީހުން ޕިއްޒާ ކަމުން ދިޔައިރު ޙިޔާލެއް ފިކުރެއް ނެތެވެ. ސޯފީއާއި ރާކިން ކައިރީގައި ނެތްކަމުގެ ފަޅުކަން އިހްސާސްކުރެވުނު ނަމަވެސް ވީޑިއޯ ކޯލަކުން ހަތަރު މީހުން ގުޅާލާ ނައިނާއާއި ފާޒިލްގެ އުފާ ދެގުނަ ބޮޑުކޮށް ފާހަގަކޮށްލީ ދެ ޖޯޑުންގެ ދަރީންގެ މެދުގައިވެސް އެފަަދަ ވަރުގަދަ ގުޅުމެއް ލެއްވުމަށް އެދި ދުޢާކުރަމުންނެވެ.

ރާކިންގެ މުލައްދަނޑީގައި ބޯ އަޅައިގެން ނިދާފައި އޮތް ސޯފީ ފުންމައިގެން ތެދުވީ ކުއްލިއަކަށެވެ. އަވަސް ނޭވާތަކަކާއެކު އެ މޫނުމަތީ ފާޅުވީ އޮއްދާ ތިކިތަކެވެ. ދެލޯ ބޮޑުވެފައި ހުރިއިރު ދާދި ދެންމެއަކު ނިދިން ހިއްލާލި މީހެކޭ ބުނަން ދަތިވިނަމަވެސް އޭނާ އެ ތެދުވީ ނިދީގެ ކަނޑުގައި ޢަރަގުވެފައި އޮވެއެވެ. މޭމަތީގައި އަތް އަޅާލި ސޯފީއަށް އޭނާއަށް ފެނުނު ހުވަފެން އަދިވެސް ލޯ ކުރިމައްޗަށް ސިފަވާކަހަލައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ރާއްޖެ ދޫކޮށް އައީސްުރެއް ނުވަތަ ތަފްސީލީ ގޮތެއްގައި ބުނާނަމަ ސޯޅަ އަހަރު ކުރީގެ އެ ދުވަހަށްފަހު ކޮންމެ ރެއަކު ކަހަަލަ ގޮތަކަށް އޭނާއަށް ފެނިފެނި އެ ހުވެފެން ވަނީ ހިތުދަސްވެފައެވެ. ލެއިން ތަތްތެޅިފައި އޮތް މަންމަ ޝަހުދާގެ ފުރާނަ ނެތް މަސްގަނޑެވެ. ހަމަ ލޮލަށް އެ ދުވަހު ނުފެނުނު ކަމުގައިވިޔަސް ޙިޔާލީ އަދި އެހާމެ ނާމާން ގޮތެއްގައި ރަޒީމް އެ މަންމަ ޤަތުލުކޮށްލި މަންޒަރު ހުވަފެންތަކުން ތަސްވީރުވެއެވެ. އަލުން އަނބުރާ އެނދުގައި އޮށޯވެލަމުން ސޯފީ ދެލޯ މަރާލިއެވެ. އޭނާގެ ހިތަށް ގޮތްނޭނގޭ ގޮތްތަކެއް ވަމުން ދިޔައެވެ. އެކަމުގެ އަސްލު އިނގުނުނަމަވެސް ކަން ކުރަންވީ ގޮތެއް ސޯފީއަކަށް ނޭނގުނެވެ.

"އާހް.." ބޮލަށް އެރި ތޫނު ތަދާއެކު ސޯފީއަށް ބާލީހުގައި ދަތް އަޅާލަމުން ދެލޯ ތަގުޅިކޮށްލެވުނެވެ. އޭނާ ދެން ބަލާލީ އަރާމު ނިންޖެއް ތެރޭގައި އޮތް ރާކިނަށެވެ. "ކޮންމެސް ގޮތަކުން މިކަން ނިންމަން އެބަޖެހޭ.!" ދެ އަހަރު ދުވަހުގެ ވިސްނުމަށްފަހު އެންްމެ ފަހު ނިންމުން ސޯފީ ގޮތް ނިންމިއެވެ. އޭނާގެ ހަޔާތަށް ހަމަޖެހުން އައިސް އިންސާފު ލިބޭނެ ހަމައެކަނި ގޮތަކީ އެއީ ކަމުގައި ވިސްނުނީތީއެވެ.

ރާކިން ގައިގައި އަޅާފައި އޮތް ހުދު ރަޖާގަނޑު ރީތިކޮށްލަމުން އޭނާގެ އިސްތަށިގަނޑު ރީތިކޮށްލާފައި ހިނދުކޮޅަކު އެ މޫނަށް ބަލަހައްޓައިގެން ސޯފީ އިނެވެ. ހިތުގައި ހިނގަމުން ދިޔައީ ކޮންފަދަ ޖަޒުބާތުތަކެއް ކަމެއް އޭނާއަކަށް ނޭނގުނެވެ. ވާންވީ ފަޙުރުވެރިކަމެއް ނުވަތަ ހިތުގައި އުފެދިފައިވަނީ ހަމްދަރުދީ ކަމެއް ކުޑަކޮށްވެސް ޔަގީނެއްނޫނެވެ. "ޔޫ ވިލް ބީ ސޭފް.." ނިދިފައި އޮތް ރާކިންގެ ނޭފަތުގައި ހިފާ ދަމާލަމުން އެއްމިޔަކުން ހިނިތުންވެލި ސޯފީ ހިތާހިތުން ބުނެލިއެވެ. ކުރިމަތިލާން މިއުޅެނީ ކަންތައްގަނޑުން އޭނާއަށް ކިތަންމެ ބޮޑު ހަމަލާއެއް އަޔަސް ރާކިންގެ ރައްކާތެރިކަން ކަށަވަރުކުރަމުންނެވެ. ފާއިތުވީ ދެ އަހަރު ދުވަހު އޭނާއަށްޓަކައި ރާކިންވީ ގުރުބާނީގެ އަގު އެންމެ ފުރިހަމަގޮތުގައި އަދާކޮށްދިނުމުގެ ގޮތުން، ހިލަމެއް ނުވިނަމަވެސް އެ ހަޔާތަށް އެޅިފައިވާ ކަޅު ބޯ ވިލާގަނޑު ދުރުކުރުމަށްޓަކައި ސޯފީ ދަތުރުފަށައިގަތެވެ.

"ނައިނާ.!" ކަޅު ކުލައިގެ ގަޔަށް ދޫ އަދި އެހާމެ ބޮޑު ހޫޑީއެއް ވައްޓާލަމުން ޓްރެކްޝޫޓުގައި ފާހަނަތެރޭ ހުރި ސޯފީ އޭނާގެ ފޯނު ކަންފަތުގައި ޖަހާލިއެވެ. ސޯފީ ވައި އަޑުން ވާހަކަ ދެއްކުމުގެ ބޭނުމަކަށްވީ ކޮޓަރިތެރޭގައި އޮތް ރާކިންގެ ނިންޖަށް ހުރަސްއެޅިއްޖެއްޔާ އޭނާގެ މިޝަނަށްވެސް ހުރަސް އެޅޭނެތީއެވެ. "ހޫން..ކިހިނެތްވީ؟" ނިދި އަޑަކުން ކުކުރާލަމުން ނައިނާ އެއްސެވެ. ކައިރީގައި ނިދި ތާއްޔާ ޖެހިފައި އޮތް ފާޒިލަށް ބަލާލަމުން އޭނާ އެނދުން ތެދުވެ ބެލްކަންޏަށް ހިނގައިގަތީ ހިނދުކޮޅަކަށް ފާޒިލް ދުރަށްލާށޭ ސޯފީ ބުނުމުންނެވެ. "ސޯފީ...!!!ކަލޭގެ ނާނަތަށް ވަރަށް މިސްވޭ.!" ނައިނާ ބެލްކަނީގައި ހުރުމުން ފޯނު މެދުވެރިކޮށް ސޯފީއަށް އަޑު އިވޭނޭހެން ދެބަދޭތެރޭގައި އޮތް ފާޒިލް ގޮވާލިއެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ހަތަރު މީހުން އެކުގައި ހޭދަކުރި ދުވަސްތަކެވެ. ސޯފީއާއި ރާކިން ރާގެއް ނެތް އަޑުން ކިޔާ ބައިތުތަކެވެ.

ސްޕީކަރު އަނގަ ކައިރީގައި ޖަހައިގެން ހުރެ ސޯފީ އޭނާގެ ޕްލޭން ނައިނާއަށް ވަރަށް ފުރިހަމަޔަށް ތަފްސީލުކޮށްދިނެވެ. ނައިނާ ހުރީ އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭގިފައެވެ. ނަމަވެސް ލައްޕާލަން މަޖުބޫރުވީ އަނގަޔަށް ކުޅު ގިނަވެ ބިންމައްޗަށް ވެރޭ ހިސާބަށް ދިއުމުންނެވެ. "މީ ކަލޭ ކޮންއިރަކު ރޭވި ރޭވުމެއް.؟" އާޝޯޙުވެފައި ހުރި ނައިނާ އެއްސެވެ. "އެ ރަޒީމަކާ ދުރުގަ ހުއްޓަސް މެންޓަލީ އޭނަގެ އުނދަގޫ ވަރަށް ބޮޑޭ..ރާކިންވެސް އޭނަ ކަމެއް ކޮށްފާނެތީ ސިހިސިހި ހުންނަކަން ފާހަގަވޭ ނުބުންޏަސް..އެހެންވީމަ ދެން އެއް ބުރުން މަ ހުރިހާ ކަމެއް ނިންމާލީމަ އަހަރުމެން ދެމީހުނަށް ހަމަޖެހިލައިން އުޅެވޭނެއެއްނު." ސޯފީ ބުންޏެވެ. "ވަރަށް ރިސްކީ ދޯ އެކަމު..ކަލޭ ޖަލަކަށް ނުދާނެތަ؟" ނައިނާ ހުރީ ސޯފީއަށް ވެދާނެގޮތަކާ މެދު ހާސްވެފައެވެ. "އާން..މަރަށް މަރު ހިފުމަކީ އޮންނަ ކަމެއްނު..ތަންފީޒު ކުރަން ކެރޭ ބައެއް ނޫޅޭ ވިއްޔަ..ބޮޑެތި ފިނޑިން އިސްވެރިންނަށް ބޭތިއްބީމަ ވާނީ މިހެން." ސޯފީ ކުދިކިޔައިގަތެވެ. އޭނާގެ ވާހަކަތަށް ނައިނާވެސް ގަބޫލުކުރިއިރު މޫނުމަތިން އޮއްދާ ހިއްލަމުން ދިޔައީ ވާނެ ގޮތް ތަސައްވަރު ނުކުރެވޭތީއެވެ.

"ދެން ރާކިންއޯ؟" ނައިނާގެ ހިތުގައި އުފެދި އުތުރި އަރަމުން ދިޔަ ފަހަރަކު ސުވާލެއް އޭނާ ބޭރުކުރިއެވެ. "އޭނަ ކައިރި ނުބުނާތި ކޮންމެސް...އޭރަށް ޖަލަށް ދާންޖެހުނަސް ދާނީ މަށެއްނު..ރާކިނަށް ގޮތެއް ނުވަނިކޮށް އޯކޭ..ރާކިން ހޭލުމުގެ ކުރިން ނައްޓާލެވޭތޯ މިއުޅެނީ..ރާޔާއަށްވެސް ކިޔައިދީފިން ކުރުކޮށް..އޭނަވެސް ފާޑަކަށް އޯކޭ..ދޮރުވާނަކަށް ވެދޭނެމޭ ބުނީ" ވައި އަޑުން ސޯފީގެ ވާހަކަ ކުރިޔަށް ދިޔައިރު ފާހަނަ ދޮރު ހުޅުވާފައި ރާކިން ވަދެދާނެތީ އޭނާ ހުރީ ނިކަން ހުށިޔާރު ވެގެންނެވެ.

"މަށަކަށްވެސް އަސްލު ނޭނގޭ ތިކަމާ މެދު ބުނާނެ އެއްޗެއް..ވަރަށް ރިސްކީ ކަމެކޭ ބުނެވޭނީ..މަ ހުންނާނަން ރާޔާއާއެކީ ދޮރުވާނަށް ވެގެން..މި ފާޒިލަށް ވަގަށް ނިކުމެއްވިއްޖެއްޔާ އިނގޭ އެކަމު..ކަލޭ ތީ ދެން ސޯފީއެއްނު..ކަލެޔަށް އެކަނި ނުވާނީ ކީއް ދޯ." ކަންބޮޑުވެފައި ހުރިނަމަވެސް ނައިނާ ބޭނުންވީ ހިތްވަރަކަށް ވާށެވެ. އޭނާގެ ހިތްވަރު ނުވަތަ އެހެން އެއްވެސް މީހަކު ތާއީދު ނުލިބުނުނަމަވެސް ސޯފީ އޭނާ އެދޭ ކަންތައް ކޮން ނިންމާނޭކަން އެނގި ހުރެއެވެ. "އާން ރާޔާވެސް ކީ ތިކަހަލަ އެއްޗެއް..އެކަމު މަށަށް ވަރިހަމަ..އޭނަ މިދުނިޔޭގަ ހުރެގެން ނޭވާ ލާ ހިނދަކު މަށަކަށް ނުނިދޭނެ. މަންމަޔަށް ޖެއްސި ހާލުގެ ދެގުނަ އަރުވާނަން.!!" ސޯފީގެ ޢަޒުމު ހާމަވެގެން ދިޔުމާއެކު ނައިނާގެ ހިތުގައިވެސް ކޮންމެސް ވަރެއްގެ އުންމީދެއް އާވިއެވެ. އެކުވެރިޔާއަށް ނަސްރު ލިބުމަށް އެދޭ ހާލު ނައިނާ ފޯނު ކަނޑާލިއިރު އޭނާގެ ފޫބުޑުގައި ޖައްސާފައި ފާޒިލް ހުރީ ދެއަތް ފުރަގަހަށް ލައިގެންނެވެ. ނައިނާ ދެލޯ އަޅާލިއެވެ. "މަށަށް އަޑުއިވުނިއްޔޯ.!!!" ބައްތިރީސް ދަތްޕިލަ ދައްކާލަމުން ފާޒިލް ބުނެލީ ކުޑަކުއްޖެއް ހެންނެވެ. "ނުބުނާތި ރާކިން ކައިރި.!!" ދެލޯ ވަށްކޮށްލަމުން ފާޒިލްގެ ލޯ ތެރެއަށް އިނގިލި ކޮށްޕާލަން އުޅޭ މީހެއް ފަދައިން ނައިނާ އިނގިލި ދިއްކޮށްލިއެވެ. "ބުނެފިއްޔާ." ފޮނިވެލާފައި ފާޒިލް ދޫ ނެރިލިއެވެ. "މީ ހަމައެކަނި މަގޭ ދަރިޔެއް." އަމިއްލަ ބަނޑުގައި ފުއްޓަތްކެއް ޖަހާލަމުން ނައިނާ ދުރަށް ހިނގަައިގަތީ ދެލޯ އަޅާލަފައެވެ. ފާޒިލް ހުރީ ރަނގަޅަށްވެސް އަނގައިތެރެއަށް ލުނބޯ ފިތިފައެވެ.

ކުޑަ ސޫޓް ކޭހަކަށް ދެ ޓީޝާރޓާއި ބައެއް ޒަރޫރީ ސާމާނު އަޅާލަމުން ފޮށި ދަމަމުން ސޯފީ ގެއިން ބޭރަށް ނިކުތެވެ. ގަޑިން މެންދަމު ތިނެއް ޖެހީ ކަމުން ދަނޑުގައި ނިދާފައި ތިބި ހުރިހާ 'ދަރިން' ތަކަށް ބަލާލަމުން ހިނިތުންވެލާފައި ސޯފީ އޭނާގެ އަތުގައި އޮތް ތަޅުދަނޑި ފަތި އަނބުރަމުން ގަރާޖުގައި އޮތް ކާރަށް އެރުމަށް މިސްރާބުޖެހިއެެވެ. ކާރުގައި އިށީނދެ ހަމަޖެހިލަމުން 'ސޯކިން ޕެލެސް' އަށް ސޯފީ ބަލާލިއެވެ. އަނބުރާ އެތަނަށް އާދެވޭނެކަން ޔަގީންނުވާތީއެވެ. ނަމަވެސް ހިތުގައި އޮތް ޢަޒުމާއި އުންމީދަކަށް ބަދަލެއް ނާދެއެވެ. "ލެޓްސް ޑޫ ދިސް." ހިތާހިތުން ބުނެލަމުން ބޮޑު ހުޑީ މަތިން ކިރިޔާ އިނގެން ހުރި ބަނޑުގައި ސޯފީ އަތްޖައްސާލިއެވެ. ދޫކޮށްލާފައި އޮތް އިސްތަށިގަނޑު ބޮލު މެދަށް އައްސާލަމުން ބޮލުގައި ހުޑީއަޅާލީ ދަންނަ މީހަކަށް އޭނާ ފެނުނަސް ފާހަގަ ނުވާނެހާ ފުރިހަމައަށެވެ. ދުއްވޭ އެންމެ ބާރު ސްޕީޑުގައި ސޯފީ ކާރު ދުއްވާލިއިރު ހިތް ދިޔައީ ގުޑުގުޑު އަޅާފައި ތެޅެމުންނެވެ.

އެއާރޕޯޓު ތެރޭގައި ފެންނަ މީހުންގެ އަދަދު މަދީ ވަގުތުގެ ގޮތުން ކަމަށް ލަފާކުރެވެއެވެ. އެއްއަތަށް ޕާސްޕޯރޓު ލައިގެން އަނެއް އަތުން ސޫޓް ކޭސް ދަމަމުން ހިނގާފައި ދިޔަ ސޯފީއަށް ، ކުރާނެ ކަމެއް ނެތި އާފުރެން ތިބި އެތަށް މުއައްޒަފުންތަކެއްގެ ސަމާލުކަން ހުއްޓުނެވެ. "ގްރީސުން ރާއްޖެއަށް ދާ ޑައިރެކް ފްލައިޓެއް އިނީ އެންމެ އަވަހަށް ކޮން ގަޑިއެއްގަ؟" ކައުންޓަރު ކައިރީގައި އިން އަންހެން ކުއްޖާއާއި ސޯފީ ސުވާލުކުރީ އިނގެރޭސި ބަހުންނެވެ. އެ ކުއްޖާ ބުނި ގޮތުން ނަމަ އެންމެ އަވަހަށް ދެން ދަތުރު ކުރަން ހަމަޖެހިފައި އޮތް ފްލައިޓު ހެނދުނު ހަތެއް ޖަހާއިރު ނައްޓާލާނެއެވެ. އޭނާގެ ނަސީބު ރަނގަޅީއެވެ. އެހެންނަމަވެސް ވަގުތުން ވަގުތަށް ސީޓެއް ހޯދަން ޖެހުމުން އަގު އެރީ ދެގުނަ މައްޗަށެވެ. ސޯފީ ޖެހުނީ ވިސްނާލާށެވެ. ކުރިޔާލާ ވިސްނުމަށްފަހު ފްލައިޓެއް ކުރީކޮޅު ބުކް ކުރެވުނު ނަމަ މިހާލެއް ނުޖެހުނީހޭ ހިތަށް އެރިއެވެ. ނަމަވެސް ނަމަ ނަމައިން ރިހަ ނުކެއްކޭނެކަމަށް އަމިއްލަ އަނގައި ދީފައި ބޭންކް އެކައުޓުން އެތަށް ހާސް ޑޮލަރެއް ޙަރަދުކޮށްލީ ހަމަ އެންމެ ބޭނުމެއްގައެވެ.

"ކޮބާ ކިހާ ހިސާބެއްގަ؟ މާދަންތަ ތިކަން ކުރަން ތިއުޅެނީ." މަތިންދާ ބޯޓަށް އެރުމަށް އަދި ހަަތަރު ގަޑިއިރު އިނުމުން ބެންޗެއްގައި ހެޑްސެޓް ޖަހާލަމުން ހަމަޖެހިލި ސޯފީއަށް އައީ ނައިނާގެ މެސެޖެކެވެ. ސޯފީގެ ފަރާތުން ޖަވާބެއް ނައުމުން ނައިނާ ޖެހުނީ ގުޅާށެވެ. "އާން މާދަން ދަންވަރު އެންމެ ރަނގަޅު ގަޑިއަކީ..މިކޮޅަށް ހެނދުނު ހަތެއް ޖަހާއިރު ބޯޓު ނައްޓާލަނީ..އަށް ގަޑިއިރުގެ ދަތުރެއް ކަމަށްވަނީ..އެހެންވީމަ ތިކޮޅަށް ހަވީރުގަ ބޯޓު ޖައްސާނީ.." ހިތުތެރޭގައި ރާވާލި ރޭވުމާއި އެއްގޮތަށް ކަން ހިނގާތަން ސޯފީގެ ލޯ ކުރިމައްޗަށް ސިފަވި ކަހަލައެވެ. އޭނާގެ ހިތް އޮތީ އުފަލުން ނަށަނަށައެވެ. ނަމަވެސް ކުރިއަށް އޮތް ހަތަރު ގަޑިއިރު ކުރެ ގަޑިއެއްގައި ރާކިން އޭނާ ހޯދަން ނާދޭތޯ އެދި ދުޢާކުރުމަށް ނައިނާ ކުރެން އެދެން ޖެހުނީ ރާކިނަށް ވައިވެސް ނޭޅޭހާ ހިސާބުގައި ހުރިހާ ކަމެއް ކޮށް ނިންމާލުމަށް ހިތް އެދެމުން ދިޔަ އެދުމުގެ ސަބަބުންނެވެ.

ރާއްޖެ ގަޑިން ހެނދުނު ދިހައެއް ޖެހިއްޔެވެ. ނިދިފައި އޮތް ރަޒީމް ދެފަރާތަކަށް ފުރޮޅިލަމުން އެނދުން ތެދުވެ އާފުރިލިއެވެ. ހޭވިފައި އޮތް ދިގު އިސްތަށިގަނޑުން އަތުން އެއް ފަރާތް ކޮށްލި ކޮށްލީނުން ޖެހުނީ ދެލޯ މަރާ ތަގުޅިކުރާށެވެ. ކުޑަދޮރު ނިވާކުރުމަށް އަޅާފައި އިން ދޮރު ފޮތިގަނޑުން ނެއްޓިފައި އިން ތަންކޮޅެއްގެ ސަބަބުން ކުޑަދޮރު ތޮރުފާލުމަށްފަހު ކޮޓަރިތެރެއަށްވަނީ އަވި އެޅިފައެެވެ. އިރު އަލިކަން ލޮލަށް އެޅުނީ ދުވަސްގަނޑަކަށްފަހު ކަމުން ރަޒީމްގެ ބޮލުގައި އެ އަލީގެ ސަބަބުން ރިއްސާ ގޮތްވިއެވެ. އައި ރުޅީގައި އެނދުމަތީ ހުރި ހުރިހާ އެއްޗެއް ބިންމައްޗަށް ހޫރާލަމުން ދެލޯ މަރައިގެން ހުރެ ގޮސް ދޮރުފޮތިގަނޑު ރީއްޗަށް ލައްޕާލިއެވެ.

"އޭ ކޮބާ ރަޒީމޫ..؟ ރޭގަވެސް ނާންނަމެންނު ގޯޅިގަނޑަށް." އެންމެ ރިންގަކުން ފޯނު ނެގި ރަޒީމުގެ ކަންފަތުގައި ޖެހުނީ ލުގުމާނާއި އާދަނުގެ އަޑެވެ. އެއީ އޭނާ އުޅޭ ހިސާބުގަނޑުގައި ހިމެނޭ ނުވަ ވަރަކަށް މީހުންގެ ތެރެއިން އެންމެ ގާތް ދެމީހުންނެވެ. "އާން މި ދެ ތިން ދުވަހަށް ވާ ވަރަށް ސްޓަފް އެބަހުއްޓޭ މިތާނގަ..ކޮޕުން ވަރަށް ގިނަ އަހަރުމެން ވަންނަ ގޯޅިގަނޑުގަ.. ކަލޭމެން ގޯޅިގަނޑު ބަދަލުކުރި ދުވަހަކުން މަ ދެން ބޭރަށް ނިކުންނާނީ.." ރަޒީމް ހުރީ ހިތްހަމަނުޖެހިފައިކަން އަޑުން ދޭހަކޮށްދިނެވެ. ލުގުމާނާއި އާދަނު ޖަހާލީ ހިނިގަނޑެކެވެ. އެމީހުން ތިބީ އަތުވިޔަސް ހެޔޮކަމަށެވެ. ފުލުހުންގެ ވަޒީފާ ދޫކޮށްލި ލުުގުމާނުވެސް ރަޒީމާއިއެކު މަސްތުވާތެކިތީގެ ވަބައިގައި ޖެހި މޮޔަވަމުން ދިޔައީ ޙިޔާލެއް ފިކުރެއް ނެތެވެ. އާދަމަކީ އަދި މާ މޮޅު މީހެކެވެ. އޭނާއެއީ ރާއްޖެއިން ބޭރުން މަސްތުވާތެކި ގެނެސް އޭގެ ވިޔަފާރި ރާއްޖޭގައި ފުޅާ ގޮތެއްގައި ކުރަމުން ދާ ޑީލަރެކެވެ.

ރާއްޖޭގެ ފަސްގަނޑުގައި ފައި ބީއްސާލެވުމުން ސޯފީއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ކުރިޔަށް އޮތީ އޭނާ މި ހަޔާތުގައި ކުރާނެ އެންމެ ބޮޑު ހަނގުރާމަކަން އެނގި ހުރެ ޓްރެކްޝޫޓު ޖީބަށް އަތް ޖަހާލަމުން ތާރު އަޅާފައިވާ ރަންވޭ މަތީގައި ހިނގާފައި އޭނާ މިސްރާބުޖެހީ އެއާރޕޯޓަށް ވަންނާށެވެ. އެއާރޕޯޓު ތެރޭގައި މީހުން ގިނަކަންވެސް އެއީ އޭނާގެ ނަސީބެވެ. ދަންނަ މީހަކަށްވެސް އޭނާ ވަކިކުރަން ނޭނގޭނެ ވިއްޔާއެވެ. "އޭ..!! ކަޅު ބޮޑު މާސްކާ ހޫޑީއާ އަޅައިގެން ހުއްޓަސް އަހަރުމެންނަށް ވަކި ކުރެވެޔޭ އިނގޭ.!" ސޯފީ ސިއްސައިގެން ދިޔައީ އެއާރޕޯޓުން ނިކުންނަން ދިޔަ މަގުމަތީގައި އޭނާގެ ދެފަރާތުން ދެމީހަކު އައިސް ގައިގައި އެލިގަތުމުންނެވެ. ތިޔަ ހީފުޅު ކުރެއްވީ ރަނގަޅަށެވެ. ރާޔާއާއި ނައިނާވެސް ތިބީ ސޯފީ ފަދައިން މޫނުމަތީގައި މާސްކު އަޅާ ބޮލުގައި ހޫޑީ އަޅާ ތައްޔާރުވެގެންނެވެ. "ކަލޭމެން ތިހެން ތިި ތިބިއްޔޯ؟" ސޯފީ ބުމަ ކައިރިކޮށްލިއެވެ. "މިރޭގެ ދެ ދޮރުވާނުންނޭ މީ..ހާމަޔަށް މޫނު ދައްކައިގެން ތިބީމަ ސަކަރާތްވާނެ އެއްނު...އިރު އޮއްސުމުގެ ކުރިން އަހަރުމެން ނިކުމެގެން ނުވާނެ މަގުމައްޗަށް ދެން." ހުޅުލެއިން މާލެ ދިޔުމަށްޓަކައި ލޯންޗަށް އެރި ތިމް މީހުންގެ ދެމެދުގައި ދެން ދެކެވެން ފެށުނީ މިއަދަށްޓަކައިވާ ތައްޔާރީ ތަކުގެ ވާހަކައެވެ.

އެސްފިޔަތަށް ތަޅުވާލަމުން ދެލޯ ހުޅުވާލި ރާކިން އެނދުގެ އެއްފަރާތަކަށް ފުރޮޅިލަމުން ބާލިހުގައި އޮޅުލައިގަތީ އެއީ ސޯފީ ކަމަށް ހިތައެވެ. "ސޯފީ.." ރާކިން ތުން ތަޅުވާލުމުން ބާލިހުގައި މޫނު ފޮރުވާލިއެވެ. ނަމަވެސް މާ ގިނައިރެއް ނުވެ ބޯ ހިއްލާލަން ޖެހުނީ ނޭވާހާ އަޑެއް ނުވަތަ ވިންދުގެ އިހްސާސެއް ނުކުރެވުމުންނެވެ.

އެނދުމަތިން ސޯފީގެ ހިލަމެއް ނުވުމުން ފުންމައިގެން ރާކިން ތެދުވެ ދެކޮޅު ހޯދާލިއެވެ. ސޯފީއަކީ ރާކިނަށް ވުރެ ލަހުން ހޭލާ މީހަކަށް ވުމުން މިއަދު އޭނާ ނެތުމުން ރާކިން ހާސްވިއެވެ. ރާކިން ގޮވާ ނެގީމައި ނޫނީ ސޯފީ ނުހޭލާނެ ވިއްޔާއެވެ. ދެން ފެށުނީ ވަރަށް ފިލްމީ ސީނެކެވެ. އެނދުން ތެދުވެ މުޅި ކޮޓަރިއާއި ގޭތެރޭގައި ރާކިން ދުވީ ސޯފީއަށް ގޮވަމުންނެވެ. އެންމެ ފަހުން ގޮތް ހުސްވެގެން އިށީންނަން ޖެހުނީ ވިނަގަނޑުމަތީގައެވެ. ހުރިހާ ޖަނަވާރެއް ކައިރިވެސް އެހިއްޖެއެވެ. އަޑެއް ލައްވާލުން ނޫން ކަމެއް އެ އެއްޗެހި ނުކުރިއެވެ. ގްރީސްގައި ސޯފީ ދަންނަ ދެތިން އެކުވެރީންނަށްވެސް ގުޅިއްޖެއެވެ. އެކަކަށްވެސް އިނގޭ ކަމަކަށް ނުވިއެވެ. ކިތަންމެ ދުރުގައި ހުއްޓަސް ރާކިންގެ ހިތަށް އެންމެ ފުރަތަމަ އެރި ނަމަކީ ފާޒިލްގެ ނަމެވެ. އެއީ އޭނާ ދެވި ހިފާފައިވާ އެކުވެރިޔާ ވިއްޔާއެވެ.

"ދެލޯ ފުޅާ..!!!" ފާޒިލް ފޯނު ނެގި ހާއިރުން ރާކިން ރޮއެގަތެވެ. "މަގޭ ދޫންޏާ...!!!" އަނެއްކޮޅުން އިވުނީ ފާޒިލްވެސް ރޮއެގަތް އަޑެވެ. "މަގޭ އަންހެނުން ފިލައިފި.!!" ހޭރެމުން ދިޔަ ރާކިނަށާއި ފާޒިލަށް ބުނެވުނީ އެކުއެކީގައެވެ. "މިއަދު ހޭލިއިރު ނެތް ކައިރިއަކު." ދެންވެސް އިއްތިފާގެކެވެ. "ހޫން،..ނޭނާ ވަނީ ކޮންތާކަށޭ.؟" 'ރިލޭޓް' ވެވޭނޭ ފަރާތެއް ހުރުމުން ކުޑަކޮށް ހަމަޖެހިލާފައި ރާކިން އެއްސެވެ. "ނޭނގެ. މަ ހޭލިއިރު ނެތް ގޭގައެއް...އޭނަ ބައްޕަޔަކަށްވެސް ނޭނގުނު..ކަލޭމެން ގެޔަށް ދިޔައިމަ ރިޔާޝްވެސް ބުނި އޭނާ ރޭންސުރެއް ސިޓިންގް ރޫމް ގަ އިނީމޭ ނައިނާ އެއް ނާދެޔޭ..ރާޔާއެއްވެސް ނުފެނެޔޯ ރޭގެ ފަހުން." ފާޒިލް އޭނާ ކުރި ތަހުޤީޤަށް ލިބުނު މަޢުލޫމާތު ހާމަކޮށްލިއެވެ. "ކަލެޔަށް ވާ ރަނގަޅެއްނު އަހާނެ ބަޔަކު ތިބިކަން..މަ މިތިބަ ދަރިންކޮޅު ކައިރި އެހީމަ ދޭތިން ކުރެ އެކައްޗަކަށްވެސް ނޭނގުނު ސޯފީ ވަތްތަނެއް..ދެން ކިހިނެތް މި ބޮޑު ގްރީސް ހާވާނީވެސް.." ރާކިން ކަންބޮޑުވެފައި ހުރެ ކިޔައިދޭން ފެށުމުން ހަޤީޤަތް ދަންނަ ފާޒިލްގެ ހިތް ގުޑުގުޑު އަޅަންފެށިއެވެ. އޭނާގެ ހިތްބުނީ ނައިނާ ގެއްލުމާއި ސޯފީ ގެއްލުމާ ގުޅުމެއް ވާ ކަމެވެ. އަދި އޭނާއަށް އިއްޔެ އަޑުއިވުނު ވާހަކަތަކާއި ދެމީހުން ގެއްލުމުގެ 'ހާދިސާ' އާއި ގުޅިފައިވާ ކަމެވެ.

"ރާކިން.." ހިމޭންވެލަމުން ފާޒިލް ބުނެލުމާއެކު ރާކިންގެ ބުމަ ހިއްލުނެވެ. ފާޒިލް ސީރިއަސްވުމަކީ ދަމަކުން ބަޑިއެއް ޖަހާހެން ވާ ކަމެއް ވިއްޔާއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ނައިނާއާއި ސޯފީގެ ރައްކާތެރިކަން އޭނާގެ ދަރި މިލްކުވުމުގެ މައްޗަށް އިސްކޮށް ފާޒިލް ވާހަކަ ފަށައިގަތެވެ. އޭނާގެ ވާހަކަ ނިމިގެން ކިޔައިދޭން ފަނަރަ މިނެޓު ނެގިނަމަވެސް މިނެޓަކު އެއްފަހަރު ރާކިންގެ އަނގަ ހުޅުވިފައި ލެއްޕެއެވެ. "މަށަށް މި އިނދެވުނީ ކޮންކަހަލަ މޮޔަޔަކާ..ކީކޭ ހިތައް އަރައިގެން އޭނަ އެ ނައްޓާލީ." ރާކިން ސުވާލުކުރީ ފާޒިލާއެވެ. "ކަލޭގެ ހައްގުގަ." ފާޒިލް ބުނެލި ޖުމްލައިން ރާކިން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. "އެކަމު ދެން އެވަރު ކަމެއް އެކަނި ކުރަން ދާއިރު މަގޭ ކައިރި ބުނަންވާނު..އަދި އެވެސް މި ދުވަސްކޮޅު.." ބޯ ހޫރާލަމުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ގޭތެރެއަށް ވަންނަން ރާކިން ދުއްވައިގަތެވެ. ސޯފީއަށް ވެދާނެ ގޮތަކާއި މެދު ކެނޑިނޭޅި އޭނާ ވިސްނަމުން ގެންދިޔައިރު ހިތް ނެގިނެގިފައި ޖަހާއަޑު އިވި އިވި ހުއްޓެވެ. ތެދެކެވެ. އޭނާގެ ބެލުމުގެ ދަށުން މި ފަހަރު ދޫވި ސޯފީއަށް ގޮތެއް ވެއްޖެއްޔާ ދުވަހަކުވެސް އަމިއްލަ ނަފްސަށް އޭނާ މައާފު ނުކުރާނެކަން ޔަގީނެވެ. އެއްފަހަރު ރަޒީމާއި ދެކޮޅަށް މީގެ ސާދަ އަހަރު ކުރިން ބަސްބުނި ދުވަހު އޭނާއަށް ވީ ގޮތް ސޯފީއަށް ތަކުރާރުވާން ކުޑަކޮށްވެސް ނޭދެވުނެވެ.

"ފާޒިލް މަށަށް ކަމެއް ކޮށްދީ." ފޯނު ކަނޑާލުމުގެ ކުރިން ރާކިން އާދޭހުގެ ރާގަކަށް ބުނެލިއެވެ. ފާޒިލް ހުރީ ހޭވައްލާ ތައްޔާރަށެވެ. "ޔެސް.! ޓިކެޓު ނަގަނީ މި." ފާޒިލަށް މާ ކުރިންވެސް ރާކިންގެ ސިކުނޑީގައިވީ އެއްޗެއް އިނގުނު ފަދައެވެ.

ކެތް މަދުވެފައި ތިބި ސޯފީއާއި ރާޔާގެ އިތުރުން ނައިނާ ވަގުތު ގުނަމުން ގެންދިޔައީ މެންދަމު ބާރަ ޖަހަންދެކަށެވެ. ތިން މީހުން ދެފައި ވަށްކޮށްލައިގެން އިށީނދެ ތިބީ ރާޔާ އިންނަން އުޅޭ ސޮރު ހުސޭނުގެ ގޭގެ ފެންޑާގައެވެ. ހުސޭނަކީ ދުވާލު ހަތަރު ދަމު ވަޒީފާގައި އުޅޭ މީހެއްކަމުން ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. "އޭ..ލުގުމާނޯ." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް ނައިނާ ތެދުވިއެވެ. ސޯފީގެ ބަނޑުގައި ކަންފަތް ޖަހައިގެން އިން ރާޔާވެސް ބޯ ހިއްލާލިއެވެ. "ރަޒީމްގެ ދުވަސް ދިޔައިމަ އޭނަވެސް މާޝާވެސް ޖަލަށް ލާނެ. ރަޒީމް ލައްވާ ފުރަތަމަ ކޮންފެސް ކުރުވާނީ.." ސޯފީ ވަރަށް ހަމަޖެހިލާފައި ރާވަމުން ދިޔައެވެ. ނަމަވެސް، އޭނާއަށް ނޭނގުނުކަމަކީ ކުރެވެން އުޅޭ ޢަމަލުގެ ނުބައިކަމެވެ. ބަދަލު ހިފުމުގެ ރޫހަކީވެސް ފައިސާއާއި ހަސަދަ ފަދައިން ތިމާގެ އެތެރެ ހަށި ހަލާކު ކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ.

ގޯލްޑަންހޯމްގެ ދޮރުމަތީގައި ހުދު ހުޑީގައި މަޑުކޮށްގެން ތިބި ތިން މީހުންނަށް މަގުމަތީގައި އެވަގުތު އުޅުނު ގިނަ ބައެއްގެ ނަޒަރު ހުއްޓުނެވެ. ތިން މީހުން މާސްކު އަޅައިގެން ތިބުމުން ކަމަށް ލަފާ ކުރެވެއެވެ. ރާޔާ އަތުގައި އޮތް ތަޅުދަނޑި ފަތިން ގޭގެ މައިދޮރު ހުޅުވުމާއެކު ސޯފީ ދޫންޏެއްހެން ގޭތެރެއަށް ދުވައިގަތެވެ. "ކަލޭމެން ތިބޭނީ ކޮޓަރި ދޮރުމަތީގަ...މަ ވަންނާނީ ކޮޓަރި އެތެރެއަށް." ރާޔާއާއި ނައިނާގެ ކަންފަތް ބުޑުގައި ބުނެލަމުން ސިޑިތައް ގިރާކޮށްފައި ސޯފީ އަރަންފެށިއެވެ. ދެ ސެކިއުރިޓީ ގާޑުން ފަދައިން ފަހަތުން ނައިނާއާއި ރާޔާ އަރައިގެން ދިޔައިރު ދެ މީހުން ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ.

"އިބިލީސް..!! ދޮރު ހުޅުވާލައްވާ..." ދޮރުގައި ތަޅައިގަންނަމުން ސޯފީ ގޮވައިގަތެވެ. އެނދުމަތީގައި އޮތް ރަޒީމުގެ ދެބުމަ ގޮށްޖެހުނެވެ. އޭނާ އޭރު އޮތީ މަސްތުވާތެކީގެ ދުނިޔޭގައި މޮޔަވެފައެވެ. ދެކޮޅަށް ކިރެމުން ގޮސް ރަޒީމް ދޮރުހުޅުވާލިއެވެ. އޭނާގެ ކުރިމަތީގައި މާސްކު އަޅައިގެން ހުރި މީހާއަށް ބަލާލަމުން ލޯ އަޅާލީ ދަންނަ މީހެކޭ ހިތް ބުންޏަސް ކާކުކަން ނޭނގުމުންނެވެ. "ކަލޭ ތީ ކާކު." ރަޒީމް އެއްސެވެ. "ކަލޭގެ ޤަތުލުވެރިޔާ." ރަޒީމްގެ މޭގައި އަޅާ ކޮޓަރި ތެރެއަށް ކޮށްޕާލަމުން ސޯފީ ދޮރު ލައްޕާލިއެވެ.

"އައި އެމް ގެޓިން ނާރވަސް ފާރޓްސް." ރަޒީމްގެ ކޮޓަރި ދޮރުމަތީގައި ރާޔާއާއެކު ހުރި ނައިނާގެ ފައި ބިމުގައި ހަރުނުލައެވެ. "އޭ މަވެސް..ނަސީބެއްނު މާސްކު އެޅުންކަން." ނޭފަތް ދަމާލަމުން ރާޔާ ބުނެލިއެވެ. "ކަލޭ ދެރައެއްވެސް ނުވޭތަ." ނައިނާ އެއްސެވެ. "މަ ކޮން ދެރައެއް ވާނީ..ވެގެންވަންޏާ މަގޭ ދެއަތުންވެސް އޭނަ މަރާލާނަން." ރާޔާ ޖަހާލި ބާރު ހިިނިގަނޑެކެވެ.

ތަޅުގަނޑު މަތީގައި ބުރަކަށި ޖެހުމުން ރަޒީމްގެ އަނގައިން ބޭރުވީ ބާރު އާހެކެވެ. "ޗީޑި." އަދިވެސް މާސްކު އަޅައިގެން ހުރި ސޯފީއަށްވެސް ރަޒީމްގެ އަނގައިން ވަސްދުވިއެވެ. "ތީ،،ތީ..ކާކު.؟" ތުރުތުރު އަޅަމުން ދިޔަ އަޑަކުން ރަޒީމް އެއްސެވެ. "ނޭނގުނަސް ރަނގަޅުވާނެ..ރަޒީމެން ކަހަލަ މީހުނަށް އެއްޗެއް އިނގުމެކޭ ނޭނގުމެކޭ ވާނީ އެއްވަރެއްނު ދޯ." ސޯފީ އެއްމިޔަކުން ހިނިތުންވެލަމުން ރަޒީމްގެ ބޮލުގައި އަޅާ ބިންމައްޗަށް ބޯ ޗިސްކޮށްލިއެވެ. ސޯފީގެ ބާރުގަދަ އަތުތެރޭގައި ހައްޔަރުވެފައި އޮތް ރަޒީމަށް ހަރަކާތް ކޮށްލުމުގެ ހައްގެއްވެސް ބާރެއްވެސް ލިބިގެންނުވިއެވެ. "ތި..ތިހެން..ނަހަދާ.." ރަޒީމްގެ ސިކުނޑި ވަށާލީ އޭނާގެ ދެދަރިން ނިމިގެން ދިޔަ ދުވަހެވެ. އޭނާގެ އަތުން އެ ދުވަހު ހެދުނު ގޯހާއި ކުދިން ރުއި ރުއިމެވެ. ނަމަވެސް މިއަދު އޭނާއަށް ލިބޭ ކޮންމެ އަދަބަކީވެސް އޭނާއަށް ހައްޤު އަދަބެއްކަން ޔަގީނެވެ.

"ކަލޭ ހަނދާންވޭތަ މި ހެން މަރާލި އަންހެންމީހާ..؟ ހަމަ މިގޮތަށް ހަދާ ބޯ ފަޅާލާފަ..ކީކޭތަ އެ އަންހެން މީހާއަށް ކިޔަނީ..މަވެސް ހަނދާން ނެތިއްޖެ" ސޯފީ އޭނާގެ ޖުމްލަ ނިންމާލަމުން ކުޑަކޮށް ހިއްލިފައިވީ ރަޒީމްގެ ބޯ އަނެއްކާވެސް ބާރަކަށް ބިންމަތީގައި ޖެއްސެވެ. ބޮލުގެ އެއްފަޅި ދިޔައީ ރަނގަޅަށްވެސް ފަޅައިގެންނެވެ. "ޝަ..ހު..ޝަހުދާ،." ދެލޯ މަރާ ތަގުޅިކޮށްލި ރަޒީމްގެ އަނގައިން ބޭރުވިއެވެ. ބަނޑުން ވިހެއިތާ ދެ ގަޑިއިރު ނުވާ ކުޑަކުއްޖަކަށްވުރެ ރަޒީމްގެ ނަފްސާނީ ހާލަތު މިހާރު ދަށެވެ. އޭނާ ހުންނަނީ ކިރިޔާ މީހަކު އިނގިލި ޖައްސާލިޔަސް ރޮވޭ ވަރުވެފައެވެ. ކިރިޔާ މީހަކު ހަޅޭއްލަވައިގަތަސް ބިމަށް ތިރިވާ ވަރުވެފައެވެ. ސައިކޮލަޖީއިން ބަޔާންކުރާނަމަ އެއީ އެ ދުވަހުގެ ހާދިސާގެ ސަބަބުން އޭނާއަށް ދިމާވެފައިވާ 'ޓްރައުމާ' އެކެވެ. އެ ހާލުގައިވެސް ގައްޑާވެގެން މަގުތަށް މަތީގައި ދުވަންވޭ ވިއްޔާއެވެ.

"އެއްބަސްވީ ދޯ ތި..ޝަހުދާ މަރާލިކަމަށް.." ބިންމަތީގައި ކުރުގެޅިގެން އޮތް ރަޒީމް ކައިރީގައި އެއްފައި މައްޗަށް އިން ސޯފީ ލިބެމުން ދިޔަ ކުރިއެރުމާއި މެދު އުފާވިއެވެ. ޖީބުގައި އޮތް ވަޅި ނަގާ އަތަށް ހެޔޮވަރުކޮށްލަމުން އެ ވަޅި، ސޯފީ ރަޒީމާއި ދިމާކޮށްލިއެވެ. އަނެއް އަތުގައި އޮތް ރިކޯރޑަރުން ރަޒީމް ކީ ހުރިހާ އެއްޗެއް ވަނީ ރިކޯރޑުވެފައެެވެ. ރަޒީމްގެ މެޔާ ދިމާލަށް ވަޅި ހެޔޮވަރުކޮށްލުމާއެކު ރަޒީމް ހަޅޭއްލަވައިގަތެވެ. "ހެޔޮ..ނުވާނެ....މަ އެއްބަ..ސް.. ވާނަމޭ.." ރަޒީމްގެ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އޭނާގެ ދަރިން އެ ދުވަހު އުޅުނު ހާލު ހިތަށް ތަސައްވަރު ކުރެވެން ފެށުމުން މޭގައި ރިއްސަން ފެށީ އިންތިހާއަށެވެ.

"ސްސްސް...އެއްބަސް ވެގެން ނުވާނެ އެއްނު..މަރަށް މަރު ހިފުން ކިޔާ އެއްޗެއް ދަންނަތަ." ދުލުގައި ދަތް އަޅާފައި ސޯފީ މާސްކު ތިރިކޮށްލަމުން އެއްސެވެ. ރަޒީމްގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. އަނދިރިކަން ވެރިވެފައި އޮތް އެކޮޓަރީގައިވެސް ރަޒީމަށް އެއީ ކާކުކަން ފާހަގަވިއެވެ. "ނޫން..ސޯ..ފީ.." ރަޒީމް ބިރުން ތުރުތުރު އަޅަނިއްޔެވެ. "ކިހިނެތްތަ ޝަހުދާ މަރާލީ؟ މިގޮތަށް.؟ އުހުނ މިހެން ދޯ." ބޯ އަރިކޮށްލަމުން ރަޒީމްގެ ގައިމައްޗަށް އަރާ ހަމަޖެހިލި ސޯފީ ވަޅި ރަޒީމްގެ ބޮލަށް އަމާޒުކޮށްލާފައި މެޔާ ދިމާލަށް ގެންދިޔައެވެ. ދެތަނުން ކުރެ އެ ހަރާލަންވީ ތަނެއް ޙިޔާރުކުރަން ނޭނގުމުންނެވެ. ތުރުތުރު އަޅަމުން ދިޔަ އަތް ނަގާ ސޯފީގެ ބަނޑުގައި އަޅާ ކޮށްޕާލަން ރަޒީމް އުޅެގަތެވެ. އަރިއަޅާލި ސޯފީއަށް ހިފޭއްޓުނީ ރަޒީމްގެ ކަރުގައެވެ. އަތުގައި ހުރި ބާރެއްލާފައި އޭނާ ރަޒީމްގެ ކަރަށް ފިތާލިއެވެ. "ކަލޭ ތިއުޅެނީ ކަލޭގެ ދަރިންހެން މަގޭ ދަރިވެސް މަރާލަންތަ؟" ހިިނިގަނޑެއް ޖަހާލަމުން ސޯފީ އެއްސެވެ. ރަޒީމްގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އެނގިހުރެއެވެ. އޭނާ ނޭވާ ނުލެވިގެން ރޯ މަހެއްހެން ތެޅެނީ ވިއްޔާއެވެ. ރަޒީމްގެ ކަރުން އަތް ދޫކޮށްލަމުން ސޯފީ ބަނޑުގައި ފިރުމާލިއެވެ. "ދަރިފުޅާ!.ކޮންތާކަށް ހަރާލަންވީ.؟މެޔަށްތަ؟ ސިކުނޑިއަށްތަ؟" ބަނޑުގައި އުފެދެމުން ދިޔަ ފުރާނަ ކުރެން ސޯފީ އެހީ ރަޒީމަށް ބަލަހައްޓައިގެން އިނދެއެވެ.

ބަނޑުގައި އޮތް ތުއްތު ކުއްޖާ ފައިން ޖަހާލުމުން ޖަވާބު ލިބުނީކަމަށް ސޯފީ ދެކުނެވެ. އޭނާ އެއްއަތުން ވަޅި މައްޗަށް ނަގާލަމުން ރަޒީމްގެ މޫނު އަނެއް އަތުން ނިވާކޮށްލިއެވެ. ބާރު ސްޕީޑުގައި ރަޒީމްގެ މެޔަށް އަރާލުމަށް އަތުގައި ހައްޔަރުކުރެވިފައިވާ ވަޅި ގެންދެވުނެވެ. ރަޒީމްގެ ދެލޯ ތަގުޅިވެފައިވާއިރު އެހީއަށް އެދި ގޮވާލާނެ އެކަކުވެސް ނެތެވެ.

ކޮޓަރި ދޮރު ބާރަކަށް ހުޅުވުނީ ހަމަ އެވަގުތެވެ. ފައިގައި ހުރި ބާރެއްލާފައި ދުވެފައި އައި ރާކިން ފަހަތުން ސޯފީގެ ހަށިގަނޑުގައި އަތް ވަށާލަމުން އޭނާގެ އަތުގައި ހިފެއެއްޓިއެވެ. ރާކިންއަށް ފުންނޭވާއެއް ދޫކޮށްލެވުނު އިރު ސޯފީ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ އަތުގައި ހިފެއެއްޓިފައިވާ އަތުގެ ވެރިޔަކީ ރާކިންކަށް ފަސް އެނބުރުމެއްނެތި ޔަގީންވީ ރާކިންގެ އިނގިލީގައި އިން އަގޮޓީގައި ސަބަބުންނެވެ. ސޯފީގެ އަތުގައި އޮތް ވަޅި އަތުލަމުން ރާކިން އޭނާގެ ކޯޓުގެ ޖީބު ތެރެއަށް އެ ކޮށްޕާލިއެވެ. "ރާކިން.!!ކީއްތިކުރަނީ.." ހައިރާންވެފައި އިން ސޯފީއަށް އަހާލެވުނެވެ. އަނގައިން ބަހެއް ބޭރުކޮށްލުމެއްނެތި ރާކިން ސޯފީގެ އަތުގައި ހިފާ ނެގިއިރު ރަޒީމް އަދިވެސް އޮތީ ދެލޯ މަރާ ތަގުޅިކޮށްގެންނެވެ.

"މޮޔަވެފަތަ ތިހިރީ..އަދިވެސް ބޭނުންވަނީ މި އެތިގަނޑު ސަލާމަތްކުރަންތަ؟ މީހަކު ހިތްހެޔޮވިޔަސް ތީ ބޮޑުވަރު." ކޮޅަށް ތެދުވި ސޯފީ ރާކިނާ ދިމާލަށް ހަޅޭއްލަވައިގަތެވެ. އެއްޗެއް ނުބުނެ ސޯފީއާ ދިމާލަށް ބަލަހައްޓައިގެން ހުރި ރާކިންގެ ލޮލުގައި ކަރުނަ ބަބުޅަމުން ދިޔައެވެ. ނަމަވެސް ސޯފީ ދިޔައީ އޭނާގެ ހުވަފެނާ ގުޅިފައިވާ އެ އުންމީދީ ވަގުތުކޮޅު ރާކިން ހުއްޓުވީތީ ދުލަށް އައިހާ އެއްޗެއް ގޮވަމުންނެވެ. "ހިނގާބަލަ." ސޯފީގެ ކޮނޑަށް އަތް ވައްޓާލަމުން ރާކިން އޭނާ ގޮވައިގެން ކޮޓަރިން ނިކުންނަން އުޅެގަތެވެ. އޭރު ކޮޓަރި ދޮރުމަތީގައި ފާޒިލާއި ނައިނާގެ އިތުރުން ރާޔާ ހުއްޓެވެ. "ކީއްކުރަން..ރަޒީމަށް ބޭސްމަލަން ހޯދަންތަ." ރާކިން ދުރަށް ކޮށްޕާލަމުން ސޯފީ އޭނާގެ އަތުތެރެއިން ރެކިގަތެވެ. "ސޯފީ ބޮލުގަ އިންނަނީ ސިކުނޑިއެއްތަ. މަރަށް މަރު ހިފަންށޭ ކިޔާފަ އައިސް މީހަކު މަރާލަން އެޓްމްޕްޓް ކުރާއިރު ދެންވާނެ ގޮތެއް ކުޑަކޮށްވެސް ނޭނގެނީ.؟" ރާކިން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ބިންމަތީގައި އޮވެ އަމިއްލަ މޭގައި ތަޅަމުން ހެމުން ގެންދިޔަ ރަޒީމަށް ބަލާލަމުން ސޯފީއަށް ކަޅިއެއް އެއްލިއެވެ. "ރާކިނެއް ނޫންތަ މަގޭ ކައިރީގަ ބުނީ ކުރާ ކޮންމެ ކަމެއްގަވެސް ރާކިންއަށް ޑިޕެންޑްވާށޭ..؟ އެެހެންވީމަ ދެން މި ވަގުތު މަށާ އެއްކޮޅަކަށް ނޫންތަ އަރަންވީ." ދެބުމަ ގޮށްޖެހިފައި ހުރި ސޯފީއަށް ވިސްނުނީ ރާކިން އޭނާގެ ބޭބެގެ ކޮޅު ނެގީކަމަށެވެ.

"އެހެންވެގޭނޭ ރާކިން ކައިރީގަ އެންމެ ފުރަތަމަ ދުވަހުވެސް މަ ބުނީ މަގޭ ހަޔާތަށް ވަދެއްޖެއްޔާ މި ކަހަލަ ކަމެއްގަ ތާއްޓޭ ވާނީ.!!މަށަށް އެކަނިވެސް ކުރެވެން އޮތް ކަމެކޭ މީ..ރާކިން ވެއްޖެ ހަމަ ވަދެގަންނަން..އޭނަ މަރާލާފަ ގޮސް އަހަރުމެންނަށް ކިހާ ރީއްޗަށް އުޅެވުނީސް." ސޯފީ ކިޔަން ބޭނުންވި ހުރިހާ އެއްޗެއް ކިޔާ ނިންމާލިއިރު ރާކިން ހުރީ ބޮލުގައި ރިއްސާ ހިސާބަށް ގޮސްފައެވެ. "މީހަކު މަރާލާފަ ގޮސް އުފަލުގަ އުޅޭވޭނެހެން ހީވޭތަ. މަރަށް މަރު ހިފުމަކީ އޮންނަ ކަމަކަސް މި ދުނިޔޭގެ ޤާނޫނު ހިންގަނީ އަހަރުމެން ބޭނުންވާ ގޮތަށްތަ..؟ޤާތިލެއްގެ ޤާތިލު ޖަލަށް ނުލާ ހުންނާނެހެން ހީވޭ؟ އޭރަށް މީހަކު މަރާލާ ކޮންމެ ފަހަރަކު އެ ޤަތުލުވެރިޔާ މަރާލާ ދެން އެ މަރާލާ މީހަކު މަރާލާ ހަމަ މެރުން ކުރިޔަށް ގެންދާނީނު..އެހެން ވަންޏާ މުޅި މަގުމަތީގަ ގިނަވާނީ ހުސް ގާތިލުން ދޯ. ތި ގޮތަށް ކަން ހިނގަން ވެއްޖެއްޔާ އެއްވެސް ކަހަލަ ހަމަޖެހުމެއް އޮންނާނެހެން ހީވޭތަ. ވަށްކަން ކުރާ މީހުންގެ އަތް ބުރި ކުރަނީ ހަމަ މަގުމަތީގަ އުޅޭ ރޭންޑަމް މީހެއް ވެއްޖެއްޔާ ސްކޫލު ތަކުގެ އުޅޭ ކުދިން އެކަކު އަނެކަކުގެ އެއްޗެހި ވަގަށް ނެގީމަ އެކަކު އަނެކަކު އަތް ބުރިކުރަންވީ؟މީހަކާ އިނދެގެން ހުރެ ޒިނޭ ކުރާ ކޮންމެ މީހަކު ގަލުން ތަޅާ ރަޖަމު ކުރުމުގެ ހައްގު ކޮންމެ ކޮންމެ މީހަކަށް ލިބިގެން ވަންޏާ ދުނިޔޭގެ އާބާދީއިން ކިހާ ބޮޑުބައެއް އުނިވާނެ ކޮންމެ ދުވަހަކު..މުއައްސަސާތަކުގެ ޒިންމާދާރުކަން ކުޑަވިޔަސް ވަކި ވަކި ފަރުދުން މިހެން ނިކުމެ މީހުން މަރާ، ރަޖަމުކޮށް އަތް ބުރި ކުރަން ފަށައިފިއްޔާ ކޮބާ ސަލާމަތެއް؟" ރާކިން ކުރި ސުވާލުން ގޮށްޖެހިފައިވީ ސޯފީގެ ބުމަ މޮހުނެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަން ބިންމަތީގައި އޮތް ރަޒީމް ބޮލުގައި ހިފާއްޓާލިއެެވެ. ރާކިން ކިޔަމުން އެ ގެންދަނީ ހުސް އޭނާ ކޮށްފައިވާ ކަންތައް ވިއްޔާއެވެ. އޭގެ އަދަބުތަކާއެކު މި ފަދަ ދަނޑިވަޅެއްގައި މީހަކު ކިޔަމުން ދިޔައީތީ ރަޒީމަށް އެ ހުރިހާ ވޭނެއް ތަސައްވަރު ކުރެވުނު ކަހަލައެވެ.

"ދެން އަނެއްކާ އަނެއްކަންތައް..ރަޒީމް މަރާލައިގެން ސޯފީއަށް އެއްވެސް ގެއްލުމެއް ނުވާނަމަ މަ އޮތީމުސް ގްރީސްގަ ދެފައި ދަމަން ސޯފީ އޭނަގެ މުޅަ މަސް މަގޭ އަތް މައްޗަށް ގެންނަންދެން..ގޯސްކޮށް ދާނެތީއޭ މި ހުއްޓުވީ" ސޯފީގެ މޫނުގެ ދެފަރާތުގައި ހިފާއްޓާލަމުން ރާކިން ސާބިތުކަމާއެކީ ބުނެލީ އޭނާ ބުނި ވާހަކަ ސޯފީ ގަބޫލު ކުރާނެކަމުގެ އުންމީދުގައެވެ. "އެކަމުވެސް ހެވޭ..ރަޒީމް ހުރި ދުނިޔެއެއްގަ މަށެއް ނުހުންނާނަން." ވައި އަޑުން ސޯފީއަށް ބުނެވުނެވެ. އޭނާގެ ލޮލަށް ކަރުނަ ބޮނޑިވީ އިތުރު ގޮތެއް ނެތި ފެއިލްވީ ކަމުގެ އިހްސާސް ކުރެވުމުންނެވެ. "މަށަށްވެސް ވަކި ފަސޭހައެއްނޫނޭ." އެއްމިޔަކުން ހިނިތުންވެލަމުން ރާކިން ސޯފީ ގަޔާ ކައިރިކޮށްލިއެވެ. ސޯފީއަށް ހިތާހިތުން ދުޢާ ކުރެވުނީ ކޮންމެސް ގޮތަކުން އަލިމަގެއް ދައްކަވާތޯއެވެ.

ކުއްލިއަކަށެވެ. އެކަލާނގެ އަމުރުފުޅު ތަންފީޒުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ތަގުދީރު ނިޔާ ނިކަން ދެކިބަލާށެވެ. ރަޒީމްގެ އަރުތެރެއިން ބޭރުވީ ތޫނު ހަޅޭއްކެއްގެ އަޑެވެ. ނައިޓް ސްޓޭންޑް މަތިން އަތުޖެހުނ،ް ކޮށާފައިވާ އާފަލުތައް ކައިރީގައި އޮތް ވަޅި ނަގާ އޭގައި ހިފާއްޓާލިއެވެ. "ދަރިފުޅާ ރަޒީމް." ދޮރުމަތީގައި ހުއްޓިހުރި ޝެހެނާޒު ގޮވާލިއެވެ. ގޭގައި ތިބިއްޔާ ތިބިހާ ބަޔަކު ކޮޓަރި ތެރެއަށް އެއްވީ އަޑުގަދަ ކަމުންނެވެ. ރިޔާޝް ގުޅުމުން ފުލުހުންގެ ބައެއް އޮފިސަރުންވެސް އައިސް ތިއްބެވެ. ރަޒީމް ހުއްޓުވުމަށްޓަކައި އެމީހުން ވަންނަން އުޅެގަތެވެ. ނަމަވެސް އޭނާ ވާހަކަ ދައްކަން ފެށުމުން ފިޔަވަޅުތައް މަޑު ޖައްސާލީއެވެ. "އާން..!!! ޝަހުދާޔާ..އައިޝާޔާ..މަގޭ ދެދަރިންގެ ގާތިލަކީވެސް ހަމަ އަހަރެން..!!! އެ އެންމެން މަރާލީ އަހަރެން..ހަމަ މަގޭ ދެއަތުން...މަގޭ ދެއަތުން އެ އެންމެން މަރާލީ..!!ލުގުމާނާއެކީ..!!މަށޭ އެމީހުން މަރާލީ..!! ކީއްކުރެވޭނީ ކަލޭމެނަށް،!!" ރޯމަހެއްހެން ތެޅެމުން ހެމުން ރޮމުން ބިންމަތީގައި އޮވެ ރަޒީމް ކިޔަމުން ގެންދިޔައެވެ. އޭނާގެ ނޭވާތައް ދިޔައީ ކުރުވަމުންނެވެ. އެންމެ ފަހު ވަގުތު ކޮޅުވެސް ލޮަަލަށް ސިފަވީ މަރާލެވުނު ކުށެއް ނެތް ތުން ފުރާނައިގެ ތަސްވީރެވެ. އަމިއްލަ ކުށް އިހްސާސްވީކަމެއް ނޭނގެއެވެ. ނުވަތަ ނަފްސާނީ ގޮތުންނާނީ މަސްތުވާއެއްޗެހީގެ ސަބަބުން ޖިސްމާނީ ގޮތުން ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުވެގެން އަތުގައި އޮތް ވަޅި ހުރި ބާރެއްލާފައި މެޔަށް ހަރާލުމާއެކު ހަށިގަނޑު އެކީހެން ވަރުދޫވީއެެވެ. މުޅި ސަރަހައްދު ލެއިން ފޯކޮށްލިއެވެ. އޭނާގެ ފުރާނަ އުފުލިގެން ދިޔަ ވަގުތު ބާރު ރުއިމާއި އެތަށް ހަޅޭއްކެއްގެ އަޑު ގުގުމަ ގުގުމާ ހުއްޓެވެ. ރާކިންގެ އަތުތެރޭގައި ހުރި ސޯފީ ދެލޯ މަރާ ތަގުޅިކޮށްލަމުން ދުރުބަލާލިއެވެ. އޭނާ އަމިއްލަޔަށް ރަޒީމް މަރާލެވުނު ނަމަ ކޮންފަދަ ހެއްޔެވެ. ރާކިންއަކީ ހަޤީޤަތުގައިވެސް އޭނާގެ ނުފޫޒުގަދަ ހިތަށް ލެއްވި ނަސީބެކެވެ.

ވާރޭގެ ކެރިގަނޑުވެސް އެވަގުތު ހުއްޓާލިއެވެ. ރަޒީމް ނުލަފާ ޖައްބާރު ފުރާނަ ވަކިވެގެން ދިޔުމުން އުޑުމަތި އަމާންވެލިއެވެ. ޝެހެނާޒާއި ހައިކަލްގެ ލޮލުން ކަރުނަ ނުހިކުނުނަމަވެސް އެއީ ތަގުދީރެވެ. ގަބޫލުކުރަން ބޭނުން ނުވި ކަމުގައިވިޔަސް އަލަތު އަދި ދޮށީ ފިރިހެން ދަރިފުޅަކީ ހަތަރު މީހުންގެ ގާތިލެވެ. ރަޒީމްގެ ފުރާނަ ނެތް ހަށިގަނޑު ފުލުހުން ގެންދިޔައީ އެތާ ތިބި އެންމެންގެ އަތުން ބަޔާން ނެގުމަށްފަހުގައެެވެ. ސޯފީގެ ދިފާޢުގައި ރާކިން ބުނަންޖެހުނީ އެ ދެމީހުން ކޮޓަރިއަށް އައީ ރަޒީމް ގާތުން ގަތުލުތަކުގެ ތެދު ހޯދުމަށެވެ. ލުގުމާނާއި މާޝާގެ މަޢުލޫމާތާއެކު ފުލުހުން ނިކުމެގެން ދިއުމުން ރާކިނާއި ސޯފީގެ ހިތި މާޒީއަށް އިންސާފު ލިބުނީކަން އެ ދެމީހުންނަށް ޔަގީންވެގެން ދިޔައެވެ. ހައިކާލާއި ޝެހެނާޒުގެ މައާފުވެސް އެ ދެމީހުންނަށް އެންމެ ފަހު ވަގުތު ހައްގުވީ، ދެ ޒުވާނުންގެ ފަހަތުގައި ފޮރުވިފައިވާ ހިތި މާޒީއާއި މެދު އުފެދުނު ހަމްދަރުދީގެ ބޮޑުކަމުންނެވެ.

ފަސް މަސް ފަސް..
"ދެން ނިމުނީއްޔޭ..!!!!" ދެލޯ މަރާ ތަގުޅިކޮށްލަމުން ތުން ފިއްތާލި ސޯފީގެ ބާރު އަޑު ދިޔައީ ގުގުމަމުންނެވެ. އޭނާގެ ފައިން ނަރުސް ކުއްޖާގެ މޫނުގައި ޖަހާ ދުރަށް ކޮށްޕާނުލީ ކިރިޔާއެވެ. ސޯފީގެ މޫނަށް ރަތް ކުލަ އަރާފައިވާ އިރު މުޅި މީހާ ވަނ ދާހިއްލާ ފޯވެފައެވެ. "ރާކިން..!! އައި ހޭޓް ޔޫ..މީ ރާކިނާ ހެދި ވާ ކަންތަކޭ އޯމައިގޯޑް." އަރުތެރެއިން ހަޅޭއްލަވަމުން ދިޔަ ސޯފީ އެއް އަތުން ރާކިން އަތުގައި ބާރަށް ހިފާއްޓާލަމުން އޭނާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. "އެ ނިމެނިއްޔޭ..މަަށަށް ބަލަހައްޓައިގެން އޮވެބަަލަ." ސޯފީގެ އިސްތަށިގަނޑު އައްސާއިދެމުން ރާކިން ހިނިގަނޑެއް ޖަހާލިއެެވެ. ސޯފީ މޫނު އަނބުރާލަމުން ރާކިނަށް ބަލާލީ ދެންމެދެންމެ އޭނާ ކާލަން އުޅޭހެންނެވެ. "އިޓްސް އޯކޭޔޭ.!!" ސޯފީގެ ކޮލުގައި ހިފާ ރާކިން ދަމައިގަތުމުން ސޯފީ ދަތްކުނޑި ވިކައިގަތެވެ.

މާ ގިނަ އިރެއް ނުވެއެވެ. ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު މުޅި ލޭބާރ ރޫމުގެ ތެރޭގައި ގުގުމާލުމާއެކު ދެން އިވުނީ ރާކިން ރޯން ފެށި އަޑެވެ. "ރާކިން..!! މީ އަނެއްކާ އަނެއް ދަރި.!" ރާކިން ބޮލުގައި ޖަހާ ދުރަށް ކޮށްޕާލަމުން ނަރުސް ކުއްޖާ ހުދު ފޮތިގަނޑަކަށް ލާފައި ދިއްކޮށްލި ދަރިފުޅު ސޯފީ މޭމަތީގައި ބާއްވާލިއެެވެ. "މަންމިގެ ފުއްގަނޑު." ރޮމުން ދިޔަ އެ ކުއްޖާގެ މޫނުގައި ތުންފަތް ޖައްސާލަމުން ސޯފީ ހިނިތުންވެލިއެވެ. އޭނާގެ ހަޔާތަށް ވުރެ ފުރިހަމަ ހަޔާތެއް މިހާރު ނުވާ ފަދައެވެ. ކައިރީގައި ކޮޅަށް ހުރި ރާކިން ފޯރމުގައި ސޮއިކޮށްލަމުން ސޯފީގެ ނިއްކުރީގައި މޫނު ޖައްސާލިއެވެ. "އުރާނަން؟" ހިނިތުންވެލަމުން ސޯފީ އެއްސެވެ. "ކިިހިނެތް އުރަނީ؟" ރާކިން ބޯ ކަހާލިއެވެ. ހަޤީޤަތުގައިވެސް ނޭނގިގެންނެވެ. ސޯފީގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެވަގުތު ކޮޓަރިތެރެއަށް ވަދެގެން އައި ފާޒިލާއި ނައިނާގެ ކަންފަތުގައިވެސް އެ އަޑު ޖެހުނީކަން ޔަގީނެވެ. އިވިގެން ދިޔައީ މަލާމާތުގެ ހުނުމުގެ އަޑެކެވެ.

"ދައްކަބަލަ މަށަށް ތި ދަރި..ދަސްކޮށްދޭނަން." ފާޒިލް ރާކިން ދުރަށް ލަމުން ސޯފީގެ އަތުތެރޭގައި އޮތް ފުރާނަ އަތަށް ނެގިއެވެ. "މަ މީ ޕްރޮފެޝަނަލް ޑޭޑް އެކޭ." ރާކިނަށް ދޫ ނެރެލަމުން ފާޒިލް ބުންޏެވެ. "ކޮންތާކު..ކެލަޔަށް ވުރެ ކުރިން މަށަކަށްނު ލައްވާލީ.." ފާޒިލް ކައިރީގައި ހުރި ނައިނާއަށް އިޝާރާތްކޮށް ރާކިން ބުންޏެވެ. ކޮންމެއަކަސް ފާޒިލަށް އެ ނަސީބު ލިބެން ދެން އޮތީ އެންމެ މަހެއް ވިއްޔާއެވެ.

ބޭރުގައި ތިބި ހައިކަލާއި ޝެހެނާޒުގެ އިތުރުން ރާޔާ އާއި ރިޔާޝް އިންތިޒާރު ކުރަމުން ދިޔައީ އެތެރެއަށް ވަދެވޭނެ އިރަކަށެވެ. ނައިނާއާއި ފާޒިލް ފޫކޮޅަށް ހިނިއަރައިގެން ވަދެގަތަކަސް އެ ހަތަރު މީހުނަށް ނުކެރުނިއްޔެވެ. ރިޔާޝްގެ ލޯބިވެރިޔާ ޒައުމާއާއި ރާޔާގެ ފިރިމީހާ ހުސޭނުވެސް އެތާނގައި ބުދު ތަކެއްހެން ހުއްޓި ތިއްބެވެ. ސޯފީއާއި ރާކިންގެ އިތުުރުން ނައިނާއާއި ފާޒިލް ޖަހާލާ ބާރު ބޮޑެތި ހިނިގަނޑު ތަކުގެ އަޑު އިރު އިރުކޮޅާ ބޭރަށް އިވެމުން ދިޔައެވެ. އެއީ ގްރީސްގެ ހޮސްޕިޓަލެއްކަންވެސް ނަސީބެކެވެ. ތުން ތަޅުވާ މީޙުން ރާއްޖެއަށްވުރެ މަދުވާނެކަން ގައިމެވެ.

"ނާއިކް އަހްމަދު ރާކިން؟ ނާއިކް ރާކިން؟ އަހުމަދު ނުލާ؟ކީކޭތަ ކިޔަންވީ އޭތް.!!! ރާކިންގެ ދަރިޔަށް ނަން ނުކިޔިގެން އުޅޭ އިރު މީނަ އަދި ކުޑަކުއްޖެއްހެން ރޮއެ އެބަ.!" ބޯ ގޮވާފައި އެނދުމަތީގައި އިން ސޯފީ ރާކިންގެ ގައިގައި ހިފާ ތަޅުވައިގަތެވެ. އޭރު ހަތް ދުވަސް ފުރިފައި އޮތް ނާއިކް ދިޔައީ ހުއްޓާނުލާ ރޮމުންނެވެ. ރާކިންގެ އުކުޅަކީ އެއީއެވެ. ނާއިކް ރޯން ފަށާ އިރަށް އޭނާ ރޯން ފެށުމުން ނާއިކް ހުއްޓާލައެވެ. "އަހުމަދޫ..އަހުމަދޫ..!!" ނާއިކް އެނދުމަތިން ނަގާ މޫނާ ކައިރިކޮށްލަމުން އޭނާގެ ކޮލުގައި ބޮސްދިން ރާކިން ހެމުން ދިޔައީ ނާއިކް ރުއިން ހުއްޓާލީތީއެވެ. ދުރުގައި އަނގަ ޗޭވެފައި އިން ސޯފީ ބޯ ހޫރާލިއެވެ. "އަހުމަދު ލައިގެން ކިޔަންވީ؟" ސޯފީ އެއްސެވެ. "އާން އަހުމަދޫ..!!" ރާކިން އަހުމަދޭ ގޮވާފައި އެ ކުއްޖާގެ މޫނުގައި ބޮސްދޭ ގޮތުން ހީވަނީ އޭނާއަށް ކިޔަނީ އަހުމަދުހެންނެވެ. ނަމަވެސް އެއީ ނާއިކެވެ. ރާކިނާއި ސޯފީގެ ނިޝާނެކެވެ.

ސޯފީ ރުޅި އައީކަން އިނގުމުން ރާކިން އޭނާއާ ދިމާލަށް ވަށްކަޅިން ބަލާލިއެވެ. އޭރު ސޯފީވެސް އޮތީ ރާކިނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. "ރުޅި އައިސްފަ އޮވެގެންވެސް ބަލަން ވޭ ވިއްޔަ." ޖެއްސުމަށް ރާކިން ހޭންފެށިއެވެ. ލޯ އަޅާލަމުން ރާކިނާއި ދިމާލަށް ސޯފީ ބާލީސް ހޫރާލިއެވެ. ދެން އިވުނީ ތިން މީހުންގެ ހުނުމުގެ އަޑެވެ. ދެ ހިތުގައި އަދިވެސް ވަނީ އެއް ހުވައެކެވެ. އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ރާކިނަކީ ސޯފީގެ އައްޑަނަ ކަމުގައި ވުމެވެ.

މިއީ ސޯފީގެ ހަޔާތުގެ ވާހަކައެވެ. ނޫނެކެވެ. ރާކިނާއި ސޯފީގެ ވާހަކައެވެ. ❤️
(ނިމުނީ)

ވާހަކަ ކިޔުއްވި ހުރިހާ ކިޔުންތެރިންނަށްވެސް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..!! ތިޔަ ލޮބުވެތި ކިޔުންތެރިންގެ ހިތްވަރާ ނުލާ މި ހިސާބަށް ނާދެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން..ހުރިހާ ކިޔުންތެރިންނަށްވެސް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދުކުރަން..!! "ސޯފީ" މި ވާހަކައަށް ތި ދެއްވީ ތަރުހީބާއި ޝައުގުވެރިކަމާއި ވަގުތަށް ފަށް ފަށުން ޝުކުރު ދަންނަވަން.!!🥺❤️

  Please log in or register to bookmark.
  3k

  25 ޚިޔާލު

  1. ވވ ސަޅި
   ރާކިނާ ސޯފީއާ ފާޒިލާ ނައިނާއާ އެއްވަރު ބޮޑެތި މޮޔައިން😂😂
   އެހެންވާހަކައެއް ކޮންދުވަހަކުންބާ

   15
  2. ހުރިހާ ކިޔުންތެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.!!! ވާހަކައިގެ ނިމުން ކަމުދާނެ ކަމަށް އުންމީދުކުރަން..!! މި ވާހަކައާ މެދު އޯވަރޯލްކޮށް ދެކޭ ގޮތް ކޮމެންޓްކޮށްލަ ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.!! މަޗް ލަވް.!!❤️

   18
   1
  3. މާ ބޮޑެތި ޕެރެގްރާފެއް ލިޔާކަށް ނޭނގެ އެކަމް އައި ލަވް ދިސް ސްޓޯރީ ސޯ މަޗް. މިކަހަލަ އިތުރު ވާހަކައެއް އަދި ގެނެސް ދޭނެ ކަމަށް އުއްމީދު ކުރަން. ކީޕް އިޓް އަޕް ❤️❤️❤️ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  4. އަަަަވްްވްވްވްވް.... އެންމެފަހުން ނިމުނީއެ އަޅޭ ވަރަށް މިސް ވާނެ މިވާހަކަ މަތިން ހަމަ ހުވާ😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
   މިސް. ރައިޓާރ ގެ އެހެން ވާހަކައެއް ކިޔާލަން ލިބޭނެކަމަށް އުންމީދުކުރަން😘😘😻😽💓💓🖤💕💖

  5. ވާއު އެންމެ ފަހުން ސޯފީ އަށް ދަރިއަކު ވެސް ލިބުނީ ދޯ ❤️👶
   މާޝާﷲ ވވ ރީތި ނިންމުން 💕😍

  6. އޯ ޔެސް ވަރަށް ސަޅި ހަމަ ހަބޭސް...... މިސް ރައިޓަރ ގެ ތިހިރީ ހަމަ ގްރޭޓް ސެންސް އޮފް ހިއުމާރ....... އައި ހަމަ ލަވް އެޓް މިހާތަނަށް ކިޔުނު އެއްމެ ސަޅި ވާހކަ ހަމަ ހުވާ މި ބުނީ..... މާޝާﷲ.... އެހެން ވާހަކަ އަކަށް އިންތިޒާރު ކުރަން... ވަރަށް ރީއްޗޭ އަލޭ..... ހަމަ ސަޅި..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😁😁😁😁😁😁😁😁😀😀😀😀😊😊😊😊😅😅😅😅😅😅😅😅😅👍👍👍👍👍👍💖👍💖👍💖💖👍💖👍💖👍💖💋💋💋💋💋💋💋💋

   10
  7. ލަވް ޔޫ މިސް ޔޫ ރައިޓަރ.......... އައި ވިލް މިސް ދިސް ވާހަކަ އެންޑް ޔޫ ވެރީ ވެރީ ވެރީ ވެރީ މަޗް..... ލަވް ޔޫ....... ޔޫގެ ވާހަކަ އެއްމެ ސަޅީ.... 😳😳😘😘😘😍😍😍😌😌😌😍😍😋😋😜😜💋💋💋💋

   5
   1
  8. ތިހާ ޅަޒުވާން ލިޔުންތެރިއެއްގެ(ލަފާކުރެވޭ ގޮތުގައި ސޯޅަ،ސަތާރަ، އަށާރަ ފުރައިގެ)
   ސައިޓެއްގައި ޝާއިޢުކުރެވޭ ފުރަތަމަ ވާހަކަޔާ ބަލައިފައި ބުނެވޭނީ މީ ހަމަ ވަރަށް ރީތި ވާހަކައެކޭ! އަދި ތިޔައީ ފުރަތަމަ ވެސް ބުނަމުން އައިހެން ވަރަށް ވެސް ހުނަރުވެރި ލިޔުންތެރިއެކޭ! ބައެއް ބައިތަކުގައި ހާސަރު ތަންކޮޅެއް ގިނަކަން ފާހަގަކުރަން! އަދި 'ކަލާ' ގެ ނަޒަރުގައި މި ވާހަކައިގެ ފިލްމީގޮތްގަނޑު ވެސް އެއީ ދެން ތަންކޮޅެއް ބޮޑު ވަރެއް! އެހެންނަމަވެސް މިއީ ތިޔަ ފަރާތުން ކުރިއްސުރެ އިޝާރާތްކުރަމުން އަދި އިއުތިރާފުވަމުން އައި ކަމަކަށް ވާތީ މި ރޮނގުން ކޮންމެހެން ވާހަކަ ދިގުކޮށް ޝަކުވާކުރާކަށް ނެތިން! ފެއްޓި ގޮތަށް އެއް ވާނެއްގައި ކަހަލަ ގޮތަކަށް ވާހަކަ ގެންގޮސް ނިންމައިލީތީ ހައްގު ޝުކުރާއި މުބާރިކުބާދީ އަދާކުރަން!

   • ވަރަށް އުފާވެއްޖެ ކަލާ123 ގެ ތި ކޮމެންޓް ކިޔާލާފަ.!! މި ވާހަކަ ފަށައިގެން ނިމެންދެން ކިޔާލުމަށްފަހު ތިހާ ފުރިހަމައަށް ދެކޭގޮތް ހާމަކޮށްލީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.!! ކުރިއަށް ހުރި ވާހަކަތައް ލިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ތިއީ.!!ކިޔުންތެރިޔާއަށް އަޅުގަނޑުގެ ލިޔުމުގެ ސްޓައިލް ފާހަގަވީމަވެސް ވަރަށް އުފާވެއްޖެ.!!ޝުކުރިއްޔާ.✨❤️

  9. އަޅޭ ފައިނަލީ ނިމުނިއްޔޭ ދޯ 😭😭😭😭 ވަރަށް ވަރަށް ރީތި ވާހަކައެއް.. އައި ނެވަރ އެކްސްޕެކްޓް މި ގޮތަށް ނިމިދާނެ ކަމަށް.. ބަޓް އެއީ ހަމަ ޕާރފެކްޓް އެންޑިންގ އޭ ދޯ 🥰🥰 މިސް ރައިޓަރ.. އަޅެ އައި ލަވް ޔޫ ސޯ ސޯ ސޯ މަޗް އިނގޭ.. ވަރަށް ލޯބިވޭ ސިސް ދެކެ ❤ ޔުއަރ މައި ފޭވް އޯތަރ އެންޑް އައި އެންޖޯއި ރީޑިންގ ޔުއަރ ސްޓޯރީސް ސޯ މަޗް 😍😍 ސޯފީ ކަހަލަ ކަނބަލުން މަދުވާނެޔޭ ދޯ.. އޯވް އަޅެ ޖާނަތަންގެ ފަރާތުން ސޯފީ އަށް ސަލާމް ބުނައްޗޭ އިނގޭ.. އައި ލަވް ހާރ އަ ލޮޓް!!! 💗💖💘💟❤❤🥺😥... ސިސް އަދި އެހެން ވާހަކައެއް ލިޔާނަންތަ؟ ލިޔަންޏާ އައި ވިލް ވެއިޓް އިނގޭ.. އަސްލުވެސް އުއްމީދު ކުރަން ލިޔާނެ ކަމަށް.. 😅😅😂 މާޝާ ﷲ މާޝާ ﷲ!! އަދި އުމުރުގައި ވެސް މިހާ ރީތި ވާހަކައެއް ނުކިޔަން.. ސިސް ޔުއަރ ސޯ އެމޭޒިންގ!! އިންޝާ ﷲ ކުރިއައް އޮތް ތާނގައި ވެސް ސިސް އަށް އަބަދުވެސް ޖާނަތަންގެ ސަޕޯޓް ލިބޭނެ.. ޑޯންޓް އެވަރ ސްޓޮޕް އެންޑް އޯލްވޭސް މޫވް އޮން.. ލަވް ޔޫ އަ ލޮޓް އިނގޭ މައި ޑިއަރ ސޯ ދެޓް ޔޫ އޯލްވޭސް ވިލް ބީ ސަކްސެސްފުލް!!
   🥰🤩💟💋💗💖❤❤❤

   • ވާއު..ވަޓް އަ ލޯންގް ކޮމެންޓް.!! ފަހުބައިވީމަ އަޅުގަނޑުވެސް ވަރަށް ދިގުކޮށް ޝުކުރު އަދާކުރަން ގަސްތުކުރަން.!! ވާހަކައިގެ އެންމެ ފުރަަތަމަބައި މީގެ ދެމަސް ކުރިން އަޕްކުރެވުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ކޮންމެ ބައެއްވެސް ކިޔާލާފަ ދެން އޮތް ބައި ލިޔުމަށް ހިތްވަރު ދިނުމަށްޓަކައި ކޮށްލި ހުރިހާ ސަޕޯރޓިވް ކޮމެންޓްސަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.!! ވާހަކައިގެ މެދުތެރެއިން ބައެއް މެދުކެނޑުންތައް އައިނަމަވެސް ވަރަށް ކެތްތެރިކަމާއެކު ވާހަކަ ކިޔުން ހުއްޓާނުލާ އެންމެ ފަހުބަޔާ ހިސާބަށްވެސް ކިޔާލީތިއްޔާއި ވާހަކައިގެ ކޮންމެ ބައެއްވެސް ކަމުދާކަން އަނގާލަދިނީތީ ވަރަށް އުފާވެއްޖެ އަދި ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ.!!މަޗް ލަވް.!! އުންމީދުކުރަން ދެން ގެނެސްދޭ ވާހަކައެއްވެސް ހަމަ ތިހާ ޝައުގުވެރިކަމާއެކީ ކިޔާލާނެކަމަށް.!!އަޅުގަނޑު އެދެނީ ޖާނަތަންއަށްވެސް ވަރަށް ބާއްޖަވެރި މުސްތަގުބަލަކަށް.!❤️✨

  10. މިހާރު ސިފަ ވަނީ ސޯފީ އެ ދަރިއާއިގެން އުޅޭނެ ހާލު😂😂

  11. ވވވވ ރީތި އަދި ނުކިޔަން މިހާ ރީތި ވާހަކަ އެއް ސަޗް އަ ހެޕީ އެންޑިންގް،އުންމީދުކުރަން މި ވާހަކައިގެ ސީސަން 2 ކިޔާލަން ލިބޭނެ ކަމަށް.ވިޝް ޔޫ މޯ ސަކްސެސް އިން ފިއުޗަރ ލަވް ޔޫ އަ ލޮޓް ޔޫ އާރ ދަ ބެސްޓް ރައިޓަރ❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😘😘😘😘😘😘😘😘ވިލް މިސް ދަ ސްޓޯރީ އަލޮޓް🙁🙁☹️☹️☹️❤️❤️❤️😟😟😟😟😟😟

  12. އެހެން ވާހަކައެއް ނުލިޔޭނަންތަ؟ޕްލީސް ލިޔައްޗޭ. 🤞🤞މަޗްލަވް❤️💕💞💖❤️💐🌹🥀

  13. 😍This is the best story I've ever read in my life
   "I also asked my friends to read "sophie
   I liked every part from the start to the End
   I would also love to read your next story
   👩‍❤️‍💋‍👨But can you add a kiss scene on the next story
   I think I have tapped" like ❤️" your story from different accounts
   😏So you should thank me
   And I really enjoyed while reading this story
   And the role that you have given to "sophie" is so cool

  ޚިޔާލު

  Your email address will not be published.