Views: 2199 66

ވަރަށް ހިތްވަރު ކޮއްފައި ކައިރާ ކޮނޑުގައި ދަބަސް އަޅުވަމުން ގެއިން ނުކުތެވެ. ޓެކްސީ އެތް މަޑުކުރުވައިގެން އަރާ މަގުކޮޅަށް އޮބާލަންދެކާ ފަރީޝާ އޭނާގެ ދަރިފުޅަށް ބަލަހައްޓައިގެން ގޭ ދޮރުމަތީގައި އިނެވެ. ހިތަށް ވަނީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެރިކަމެއްގެ އަސަރެއް ކޮއްފައެވެ. ނަމަވެސް ކައިރާ ކޮލެޖަށް އެދިޔައީ އަމިއްލަ ނަފްސަށް އޮތް ޔަގީންކަމެއްގެ ސަބަބުންކަން ފަރީޝާއަށް ގަބޫލުކުރެވެއެވެ. ހިތްހަމަ ޖައްސާލަމުން ގެޔަށް ވަދެ ބަދިގެއިން ހަނޑޫ ދޮލަނގަކަށް ހަނޑޫ އަޅައިގެން އައިސް ޖޯލި ފަތީގައި ހުރި ޖޯއްޔެގައި ހަމަޖެހިލަމުން ހަނޑޫ ހޮވަން ފެށިއެވެ. ހަގީގަތުގައިވެސް މިއަދު ފަރީޝާއަށް ވަނީ ބުނެދޭން ނޭގޭފަދަ އުފާވެރި އިހުސާސުތަކެވެ. އޭނާ މިއޮތްހައި ދުވަހު ކުރި އުއްމީދުތަކާ ދުއް ހުވަފެންތަކުގައި ކުލަ ޖެހޭހެން ހީވާތީއެވެ.

ކޮލެޖައް ވަދެގެން ދިޔައިރު ހުރިހާ ލޯތައް އަމާޒުވެފައިވަނީ ކައިރާއަށެވެ. ބައެއްފަހަރު ކައިރާއާ ދިމާލަށް ހީގަނެއެވެ. ކައިރާއަށް މަލާމާތްކޮއް އިގިލިދިއްކޮއް ހަދައެވެ. އިސާހިތަކު ހިތުގެ ތެރޭގައި އޮތް ޔަގީންކަން މޮޅިކަމަކައް ބަދަލުވާންފެށިއެވެ. ހިތުގެ ތެޅުން ބާރުވަމުންދިޔަ ވަަރަކަށް ހުނުމުގެ އަޑުދިޔައީ ގަދަވަމުންނެވެ. މލާމާތުގެ އެކި ބަސްތައް ދިޔެއީ ކައިރާއާ ދިމާލައް އުކެމުންނެވެ. ހޫނު ކަރުނަތައް ލޮލަށް ޖަމާވެ މީހާގެ އަރު ބެދި ނޭވާކުރުވެ ހާސްވާހެން ހީވުމުން އަަވަސް ފިޔަވަޅު އަޅަމުން ގޮސް ފާހަނައަށް ވަދެ ލޯގަނޑު ކުރިމައްޗަށް ހުއްޓި މޫނުގައި ފެން ހާކާލިއެވެ. ހަމައަކައް އެޅޭތޯ މަސަތްކަތް ކުރަމުން އަނެއްކާވެސް ފަހަނައިން ނިކުމެ ކިލާހާ ދިމާލައް ހިގައިގަތެވެ. މީ ގިނަމީހުންގެ ތެރެއަށް ނުކުމެއްޖެޔާ ކައިރާ އަށްވާ އުދަގޫތަކެވެ. އަބަދުވެސް މީހުން އޭނާއާ ދިމާލަށް ބަލާހެން ހީވަނީއެވެ. ގޮތް ކިޔާހެން ހީވަނީއެވެ. މަލާމާތްކޮއް ޖޯކުޖަހާހެން ހީވަނީއެވެ. މިކަމުގެ ސަބަބުން މީހުންނާ ވާހަކަދެއްކުމުގެ އިތުރުން ހީލާ ހެދުންވެސް އޭނާއަށްވަނީ އުދަނގޫކަމަކައްވެފައެވެ. ބުނެވިދާނެ އެއްޗަކުން މަލާމާތް ރައްދު ވެދާނެހެން ހީވާތީ ފަސްޖެހެނީއެވެ.

ކަލާހައް ވަދެވުމާއެކީ ކައިރާ ގޮސް އިށީނީ އެންމެ ފަހަތު ބަރީގައި ކަނެއްގައި ހުރި ސީޓެއްގައެވެ. ބޭނުމަކީ ވީހާވެސް އެހެން މީހުންނާއި ދުރުގައި ހުރުމެވެ. ކިލާހުގެ ހުރިހާ އެންމެން ކަހަލަ ގޮތަކައް
ސަކަރާތް ޖަހައި އޮލަވާހަކައިގަ ޖެހިފައި ތިބިއިރު އެއީ އަލަށް އޭނައަށް މީނައަށް ފެނިފައިވާ މމީހުން ހެނެއްވެސް ހީނުވެއެވެ.

މުޅި މާހައުލު ހިމޭންވީ ކިލާހުގެ ލެކްޗަރާ ވަދެ ސަލާންގޮވާލުމުންނެވެ. ރައިޒާން އާދަމް ގެ ނަމުން ތައާރަފްވެލި އެ ޒުވާނާ ވަރަށްވެސް ސްމާޓެވެ. "މިއަދު މީ ފުރަތަމަ ދުވަސްވީމާ ހިގާދޯ ހުރިހާ އެންމެން ދެނެގަންނަން.؟ އެންމެ ކުރިން ފަށާ." ފުރަަތަމަ ބަރިއަށް އިޝާރާތް ކޮއްލަމުން ރައިޒާން ބުނެލިއެވެ.
ފަހަރަކު މީހެއް އަމިއްލައަށް ތައާރަފް ވަމުން ގޮސް އެންމެ ފަހަކަށް އައިސް ކައިރާއަށް ޖެހުނެވެ. ހުރިހާ ލޯތައް ކާއިރާއަށް އަމާޒުވީ ހިތްހެޔޮކަމާ އެކުވެރިކަމުގެ ތީރުތައް އުކަމުންނެވެ. ނަމަވެސް އެ ބެލުންތަކުން ކައިރާގެ ބަލިކަށި ހިތަށް ސިފަވީ މަލާމާތާއި ހަޖޫޖެހުމުގެ ތަސްވީރުތަކެވެ. މުޅި މީހާ ދާހިއްލާ ފޯވެ ހިތުގެ ވިންދު އަވަސްވަމުން ދިޔަވަރަކަށް އަރުބެދި ތަލިން ކުޅު ހިކޭހެންވެސް ހީވިއެވެ. މަޑުމަޑުން ގޮނޑިން ތެދުވެ ލަސްލަހުން ދޫ ހަރަކާތް ކުރަމުން ނަން ބުނެލިއެވެ. ވައިރޯޅިއަށްވެސް ނީވޭނެހާ ސިިއްރުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. "އަދި ބާރަށް. އަޑެއް ނީވޭ" . ރައިޒާން ހީލާފައި ކާއިރާ ގާތު ނަން ތަކުރާރު ކުރުމަށް އެދުނެވެ.
މިފަހަރު ހީވީ ކޮންމެސް މީހެއް ކާއިރާގެ ކަރުގައި ހިފާ ވާން ކޮއްލިހެންނެވެ. ދުލުގައި ގޮށެއް ޖެހިފައި އިން ގޮތައް ހުއްޓުން އަރައި ހުރެވުނީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭގެއެވެ. އިސާހިތަކު ކިލާސްތެރެއިން ބަޔަކު ހޭއަޑު އިވިގެންދިޔައެވެ. ގަތް ލަދެއްގެ ބޮޑުކަމުން ކައިރާ ދުއްވައިގަތީ ކިލާހުން ނުކުންނާށެވެ. ރައިިޒާން ގޮވަ ގޮވާ ހުއްޓާވެސް މަޑުޖެހުމެއްނެތި ދުވެފައި ނުކުތް ކައިރާ އަނެއްކާވެސް ފާހަނަޔަށް ވަދެ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. މިފަހަރު އަތުން ބިއްލޫރިގަނޑުގައި ތަޅައިގަތެވެ. އަދި އަމިއްލަ މީީހާ ކުއްވެރިކުރަމުން ޓައިލްސް ގަނޑު މަތީގައި އިށީދެ ގިސްލަންފެށިއެވެ.
"ކީއްވެތަ އަހަރެންނަށް މިހެންމިވަނީ؟ ކީއްވެތަ އަހަރެން އެހާ ލަނދުގަންނަނީ؟ އަހަރެންގެ ކުށަކީ ކޮބާ.؟" އަހަރެންވެސް ބޭނުން އެހެން މީހުންގޮތައް ރައްޓެހިން ހޯދާ އަގަތަޅާ މަޖާކުރަން. " އަމިއްލަ ނަފުސާއި ވާހަކަދައްކަމުން ހިތުގައިވާހާ ޝަކުވާތައް ބަންޑުންކޮއްލިއެވެ.

ކޮލެޖުގައި ކިޔަވައިދޭއިރު ރައިޒާން ހާއްސަ ފަރުވާތެރި ކަމެއް ކައިރާ އަށް ދެއެވެ. އެ ރީތި މައުސޫމު މޫނު އަބަދުވެސް ހުންނަނީ މިލާ މޯޅިވެފައެވެ. އެއެވެސް އުފާވެރިކަމެއްގެ އަސަރެއް އެމޫނުމަތިން ފެންނާކަށް ނުހުރެއެވެ. ރައިޒާން ކިލާހުގެ ގިނަ އަންހެންކުދިންގެ ހިތް ފަތަހަ ކޮއްފައި ވީނަމަވެސް އޭނާގެ ހިތުގައިވަނީ ކައިރާގެ ސޫޫރަ ބިންވަޅުނަގާ ކުރަހާލެވިފައެވެ.

"އައްސަލާމު އަލައިކުމް" . ބަދިގޭގައި ފިޔާކޮށަން ހުރި ފަރީޝާ އަތް ދޮވެލައިގެން ހެދުުމުގެ ފަސްބައިގައި އަތް ފޮހެލަމުން ނިކުތީ މީހެއް ސަލާމް ގޮވާލި ައަޑަށެވެ. "ވާލައިކުމުއްސަލާމް . ރައިހާން .. އިށީންނަންވީނުން." ސަލާންބަލައިގަންނަމުން ފަރީޝާ ސޯފާއަށް އިޝާރާތް ކޮއްލިއެވެ. ކައިރާގެ މުދައްރިއްސެއް ގެއަށް އައުމުން ފަރީޝާ އިނީ ވަރަށް އުފަލުންނެވެ.

ޖޫސް ތައްޓެއް ތަބަކަށް ލުމަށްފަހު ރައިޒާންއާ ވާހަކަ ދެއްކުމައް ފަރީޝާވެސް ސޯފާގައި ޖައްސާލިއެވެ.
" ކޮބާ ކައިރާ.؟ " ރައިޒާން ގޭތެރެ ވަށައިގެން ހޯދާލިއެވެ. "ބޯހަމަ ޖައްސާލަންށޭ ކިޔާފަ ހިގައްޖެ އަތިރިމައްޗަށް... އެމަންޖެ ވަރަށް ގިނައިން އެތަނައްދާނެ. އަބަދު ބޭނުންވާނީ މީހުންނާ އެކަހެރިވެގެން އުޅެން. ރައްޓެހިންނެއް ނުތިބޭނެ. ކޮލެޖައްވެސް ދާންފެއްޓީ އަހަރެން ކިޔާވަރުން."
ރައިޒާން ޖޫސް ތަށި ހުސްކޮއްލުމައްފަހު ތެދުވިއެވެ." ދެން ދަނީ އަދި އަންނާނަން. ވަރަށް އުފާވެއްޖެ ކައިރާގެ މަންމައާ ބައްދަލުވީތީ." ލުއި ހިނިތުންވުމެއް ފަރީޝާއަށް ދިނުމައްފަހު ސަލާންކޮލަމުން ގެއިން ނުކުމެ ރައިޒާން މިސްރާބުޖެހީ ރަށު އަތިރިއާ ދިމާލަށެވެ.

ކައިރާ ސިހިފައި ފަހަތް ބަލައިލީ މީހެއް އޭނާއާ ދިމާލަށް އަންނަހެން ހީވުމުންނެވެ. ރައިޒާން ފެނުމުން ކައިރާ މޭޖެހޭ ގޮތް ވިއެވެ. އޭނާވެސް އަދި ދުވަހަކުވެސް އެފަދަ ރީތި ޒުވާނެއް ދެކެފައިނުވެއެވެ. ކަސްރަތީ ހަށިގަނޑެއް ލިބިފައިވާއިރު ފަން އިސްތަށިގަނޑާއި ލައިގެންހުންނަ ޗާލު ގަމީސް ފަރުލޫނުން އިތުރު ފުރިހަމަ ކަން ގެނެސްދެއެވެ. އަމިއްލަ މުދައްރިސް އަކާއިމެދު މިފަދަ ނަޒަރަކުން ވިސްނޭތީވެސް ކާއިރާ ލަދުގަނެއެވެ. ނަމަވެސް ހަގީގަަތަކީ ރައިޒާންއަކީވެސް ހުދު އެހެން ކޮލެޖެއްގައި ކިޔަވަމުން ގެންދާ ދަރިވަރެކެވެ. އަދި ޕާޓް ޓައިމްކޮއް ކައިރާމެންގެ ކޮލެޖުގެ ލެކްޗަރާއަކަށް އުޅެނީއެވެ.

"ކީއްވެ މާ މަޑުން ކްލާހުގަ ހުންނަނީ؟ . ރައްޓެއްސެއް ނުހުރޭތަ؟ " . ރައިޒާން ކުރީ ސުވާލެވެ.
ހިނދުކޮޅަކަށް ކައިރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި ރައިޒާންއާ ހަތަރު ކަޅި ހަމަވީ ވަގުތު އިސްދަށަށް ޖަހާލެވުނެވެ.
ދޮންވެލިގަނޑުމަތިން ތެދުވަމުން ފުން ނޭވާއެއް ދޫކޮއްލިއެވެ." އަޅުގަނޑު ލަދުގަންނަނީ ... ގިނަ މީހުންގެ ތެރޭގައި ހާސްވަނީ... އަބަދު ހންނަނީ މާޔޫސްވެފަ" ....
ރައިޒާން މަޑުމަޑުން ކައިރާގެ އަތުގާ ހިފާލިއެވެ. "އެއީ ކީއްވެތަ" .؟
ކައިރާއަށް ހީވީ ކަރަންޓު ޝޮކެއް ލިބުނު ހެންނެވެ. ވަގުތުން އަތް ފޮޅުވައިލިއެވެ.
"ސޮރީ.." .. ރައިޒާން ފަހަތަށް އެބުރި ހިގައިގަތެވެ. ކޮންމެ ގޮތެއް ހަދާފަވެސް ރައިޒާން ބޭނުންވަނީ ކައިރާއަށް އެހީތެރިވާށެވެ.
ރައިޒާންގެ އެދުމުގެ މަތިން ފަރީޝާ ކައިރާ ނަފްސާނީ ޑަކްޓަރަކަށް ދެއްކިއެވެ. އަދި ޑަކްޓަރުގެ ފަރާތުން ކައިރާގެ ހުންނަ މި ނަފްސާނީ ކަމެއްގެ މައުލޫމާތު އިގިގެންދިޔައެވެ. އިތުރަށް ހޭލުންތެރިވިއެވެ. މިކަހަލަ އެއްވެސް ކަމެއް ކުރިން ފަރީޝާއަށް ނޭގުމުގެ ސަބަބުން ކުޑައިރުއްސުރެން ކައިރާ ތަހައްމަލު ކުރީ ވަރަށް ހިތި ދުވަސްތަކެކެވެ. ގެޔައް މީހެއް ވަނަސް އޮންނާނީ ފިލައެވެ. އަދި ބައެއްފަހަރު އަމިއްލަ ހަށިގަނޑަށް އަނިޔާކުރުގެ އިތުރުން ފުރާނަ އަމިއްލައަށް ނަގާލާނަމޭވެސް ހިތައް އަރާފައި ހުންނަ ދުވަސްދުވަސްވެސް މަދެއްނޫނެވެ. މިއިން ކަމެއް ފަރީޝާއަށް ރޭކާނުލީތީ އޭނާ މިއަދު ހިތާމަކުރެއެވެ.

މަޑުމަޑުން އަމިއްލަ ނަފްސަށް އިތުބާރުކުރެވި މީހާ ހަމައަކަށް އޅެން ފެއްޓިއެވެ. މަދުމަދުން ރައްޓެހިންލިބެން ފެށިއެވެ. ކޮންމެވެސް ވަރަކަށް މީހުންގެ ތެރެއަށް ނުކުމެ އުޅުމުގެ ހިޠްވަރު ލިބެންފެށިއެވެ. ތެރަޕީ ސެޝަންތައް ނިންމާލީ ވަރަށްވެސް ކާމޮޔާބުކަމާއެކުގައެވެ.
ކައިރާ ރައިޒާންއާއި ކައިވެނި ކުރީ ކޮލެޖުނިމި އެއްމަސްވީ ފަހުންނެވެ. އަބަދުވެސް ކައިރާގެ އާ ހިތްވަރާއި ކުރިއެރުމުގެ ފަހަތުގައިވަނީ ރައިޒާންކަން އޭނާ ގަބޫލުކުރެއެވެ. އޭނާ ގެނބެމުންދިޔަ ފުން ކަނޑުގެތެރެއަށް ފީނައިގަނެ އަތުގައި ހިފައިގެން ސަލާމަތުގެ އަތްސޭރިއަކަށް ގެންގޮސްދިނީ ވެސް ހަމަ ރައިޒާންއެވެ.

ނިމުނީ

 1. Avatar

  ވާއު… ވަރަށް ރީތި މިވާހަކަ…. ކުރު ވާހަކައެއް ދޯ… އެކަމް ވެސް ހަަމަ ވަރަށް ހަބޭސް..

  16
 2. Avatar

  އެންޒައިޓީ ޑިސްއޯޑާ ހުންނަ މީހުންގެ އިހްސާސްތައް މި ވާހަކައިގަ ގެނެސްދިފައިވާ ގޮތް ވަރަށް ފުރިހަމަ.ވާހަކައިގެ ނިމުން އަދި އިތުރަށް ރޫތި ކުރެވުނިސް. ގުޑް ލަކް.

 3. Avatar

  ޥާހަކަ ވ ރީތި…ޑދެމީހުންގެ އޭޖު ހިމަނާލިނަމަ ސަޅިވީސް… ޢަދި ވާހަކަ ދިގުދައްމާލި ނަމަ ވަރަށް ރަނގަޅުވީސް..ކައިރާއަށް ވެފައިވާ ގޮތްވެސް އިތުރުކޮށްލުން ރަނގަޅު…

 4. Avatar

  އައި ލަވްޑް އިޓް!!!! ސާބަހޭ ދޫންޏާ!!! .♥️💖😘💋🌟💥💞💟💘💕⭐😂👍⚡😀✨✨

  1. Avatar

   ތީނަގެ ވެސް ކުށެއް އެބައިން. ‘ކުއް’
   މި ލަފުޒު އަސްލު އިންނާނީ ‘ކުށް’ މިހެން!
   ލ😂ލ
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   ލޮލް
   😂😂😂😂😂🤣🤣🤣🤣🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣🤣😂🤣🤣😂🤣😂😇😇😇😇😇😎😎😎😎😎😎😎😛😛😜😜😜😝😝🤓🤗

ޚިޔާލު ފޮނުއްވާ