《މީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ލިޔެވޭ
ކުއްތަކަށް ނިހާޔަތަށް ކިޔުންތެރިންގެ ކިބައިން
ނިހާޔަތަށް މާފަށް އެދެމެވެ》
މަންމައެއްގެ ލޯތް ބަކީ ކޮންމެ މީހަކަށްވެސް ލިބޭ އެންމެ އަގުބޮޑު ހަދިޔާއެވެ. ނަމަވެސް މީގެ ދެރަ ތަންކޮޅަކީ ބައެއް މީހުންނަށް މި ހަދިޔާ ނުލީބޭކަމެވެ. އެ ގޮތުން އަހަރެންނަކީވެސް އަހަރެން އެންމެ 2 އަހަރުގައި އެ ހަދިޔާ އަތުން ބީވެގެން ދިޔަކަމެވެ.
އޭގެ ފަހުން އަހަރެންގެ ހުރިހާވެސް މީހަކީ އަހަރެންގެ ބައްޕައެވެ. އަހަރެންގެ ދިރިއުޅުން އިތުރަށް އުޖާާލާ ކުރުމައްޓަކައި ބައްޕަ އެހެންމީހަކާ އިނެވެ. އަހަރެންގެ ދޮން މަންމަ އަބަދުވެސް އަހަރެންނާއި އަޅާލައެވެ.
މި ހުރިހާ ލޯތް ބަކާއި އަޅާލުން ބަދަލުވީ އަހަރެންގެ ދޮން މަންމަ ބަނޑުބޮޑުވި ހިސާބުންނެވެ. އަހަރެންގެ ބައްޕަ މަަހަށް ދާތީ އަހަރެން އުޅެނީ ވަރަށް ދަތި ހާލުގައެވެ. ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ބައްޕަ ރަށައް އާދެއެވެ. އަހަރެންގެ ދޮންމަންމަ މިހާރު ކުޑަމިނުން އަހަރެން މިހުރީ ކައިގެންހޭވެސް ނާހައެވެ.
އެހެން ކަމުން އަހަރެން އަމިއްލައައް އުޅޭން ވިސްނީމެވެ. އަހަރެން އެއްދުވަހު ސިޓިން ރޫމްގަ އިންދާ ދޮންމަންމަ ދިޔައީ ޓެސްޓު ހަދާށެވެ. ޓެސްޓު ހަދަން ގޮސްސަ ދޮންމަންމަ އައީ ފިރިހެން މީހެއްް ގޮވައިގެނެވެ.
ދެން އަހަންނަށް އިވުނީ ކޮޓަރިތެރެން ހޭ އަޑެވެ. އަހަރެން ބައްޕަ އައުމުން މި ވާހަކަތަށް ބުނަން ނިންމީމެވެ. ނަމަވެސް ދޮންމަންމަ އަހަރެންނަށް ބިރުދެއްކިއެވެ. ދޮންމަންމަަ ބުނީ މި ވާހަކަ އެކެއްގެ ކައިރީބުންޔަސް އަހަރެން މަރާލާނެ ކަމުގައެވެ.
އަހަރެން ބައްޕަ ރަށައް އައުމުން ބިރުން ހުރެ މަންމަ ކައިރީ އެވާހަކަތެއް ބުނީމެވެ. ނަމަވެސް ބައްޕަ އެހީ ދޮންމަންމަގެ ބަހެވެ. ބައްޕަ ބުނީ މިހާރު އަހަރެމެންގެ ދަރިޔައް 7 މަސް ވެއްޖެކަމަށާއި ދޮންމަންމަ އެކަހަލަ ކަމެއް ނުކުރާނެކަމަށެވެ. އެހެންބުނުމުން ދޮންމަންމަ ނުލަފާ ވައްތަރަކަށް ހިނިތުން ވެލިއެވެ.
އަދި ފުރަތަމަ ފަހަރަށް އަހަރެންގެ ބައްޕަ އަހަރެންގެ ގައިގައި ޖެހިއެވެ. އެދުވަހުގެ ފަހުން ބައްޕަ މަހަކަށް ނުދެއެވެ. އަބަދުވެސް ދޮންމަންމައަށް އެއްވެސް ކަމެއް ނުޖައްސާ ދޮންމަންމަގެ ކަންތައްތައް ކުރެވޭތޯއެވެ.
އޭގެ ފަހުން ބައްޕަގެ ހޫނު ބަސްތަކާއި ހަމަލާތައް ކޮންމެ ރެއަކު އަހަންނަށް ލިބެއެވެ. މީ އަހަރެންގެ ހަޔާތުގެ ސޮފްހާތަކުގެ ތެރެއިން ސޮފްހާއެކެވެ.
ސޮފްހާ އެއް ނޫން ސަަފުހާ ހެން ހީވަނީ،ޔަގީނެއް ނޫން
އިތުރަށް ދިގުކޮށްލިނަމަ ރީތި ވާނެޕ.
ފުރަތަމަ ވާހަކަ އާއި ބަލާއިރު ރީތި ފާޑަކަށް 🤭🤭
ވާވު
ހަގީގީ؟
not bad but still u can do more better.... u have the talent 😁
ވަރަށް ރީތި ވާހަކައެއް ކީޕް އިޓްއަޕް
ސަޅި ވާހަކަ އެއް 😊
އަފުއްކޮގެ ސްޓޯރީ ނުވަތަ ޕްލޯލޮޓް ރީތި. އެކްސްޕްރެޝަންތައް ނުވަތަ އިހުސާސާއި ޝުޢޫރުތައް އިތުރަށް ފުޅާކޮށް ސިފަކޮށްދޭންވީ. އިހުސާސް ކޮށްދޭންވީ. މިސާލާކަށް "އޭގެ ފަހުން އަހަރެން އުޅުނީ ވަރަށް ދަތި ހާލުގައެވެ" މިހެން ނުބުނެ ދަތި ހާލޭ ތި ބުނީ ކޮންކަންކަމަކަށްކަން ސާފުކޮށް ބުނެދޭންވީ. މިސާލާކަށް ބަލިވެ އޮތް ވަގުތެއްގައި
އަޅައި ނުލި ގޮތާއި ބަލިވެގެން ވީ ވަރު. ސްކޫލަށް މައިންބަފައިންދާން ބުނުމުން ނުދިއުން. ދިޔަ ނަމަވެސް އެންމެންގެ ކުރިމަތީގައި ދޮގު ހަދައި ލަދުގަންނަވާލުން. އެހެން ހެދުމުން ކުރި އިހުސާސް ބަޔާންކޮށް ސިފަކުރަންވީ. އޭރުން ވާހާކަ ދިގުވެފައި އަސަރު ގަދަވާނެ. ކުލަތަކާއި ވަހާއި ރަހަ އާއި އިހުސާސާއި އަޑުތައް އިއްވަންވީ. ދޮންމަންމަ ކިޔާ އެއްޗެއް ސީދާ ބުނަންވީ. އިނގޭ.
އިމްލާކުށްތައް ރަނގަޅު ކުރަން ގަވައިދު ކިޔަންވި..ގަވައިދު ފޮތްތައް ކިޔައި ލިޔުންތައް އެ ގޮތަށް ލިޔަން މަސައްކަތްކުރަންވީ. ސުކުންތައް ވެސް ހުންނާނެ ގޮތް ކިޔައި ބަލަންވީ.
މިސާލަކަށް ފިރިހެން މީހެއް. މިހެން ނުކިޔާނެ. ފިރިހެނެއް ކިޔާނީ. މި ޒާތުގެ ކަންކަން ހުންނަ ހަމަ ދަސްކުރަންވީ. އޭރުން ބަރާބަރުވާނެ. ހިތްވަރު ކުރަނިކޮށް ލިޔެވޭނޭ.
ގުޑް 😁😁😁😁