kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobetbeylikdüzü korsan taksi

ދަތުރު

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އަރާމު ނިންޖަކުން ނިދާފައި އޮތް ޔާއިން ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ވަރަށް ބާރަށް ތަޅާގަތް އަޑަށެވެ.
”ދޮންބޭ! ދޮންބޭ! އޭ ދެން ހޭލަން ވީއޭ! ގަޑިން މިހާރު ނުވަގަޑި ބައިވީ! އަވަސް ކޮއްގެން އާދެ ސައި ބޯން... ދޮންބޭ!ލަސް ވެއްޖާ ދެން ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވާފަ މޫނަށް ފެން އަޅާނި! ޔާއިންގެ ކޮއްކޮ ޔައިޝާ ހަޅޭލަވަމުން ދިޔައެވެ.
” ހޫމް ހޫމް ޔާއްކޮއަށް ތިޔަ ދެއްވާފައި އޮތް އަޑު ނުގެއްލޭ ކަމާއި މެދު ވެސް ދޮންބެ ޝުކުރު ކުރަން! ޖަންބޯ ހަޅޭނުލެވިޔަސް އޯކޭޔޭ!“ޔާއިން ދޮރު ހުޅުވަމުން ޔައިޝާއަށް ޖެއްސުންކޮށްލިޔެވެ.
”ދެން ދޮންބެ ގަނޑާ! މި ޖަންބޯ ވެއްޖާ ތިީ ބަރަބޯ!ދެންވެސް އަވަހަށް އަންނަގަ! “ ޔައިޝާ ވެސް ހުރީ ދޫކޮއްލާގޮތަކަށްނޫނެވެ.
” ހެހެހެ...އޯކޭ ދޮންބެ މިދަނީ ފްރެޝް ވެލައިގެން“......
******
ކާކޮޓަރިއަށް ވަދެގެން އައި ޔާއިން ކަޅުކުލައިގެކުލައިގެ ޓީޝާޓަކާއި އައިސް ބުލޫ ޖިންސެއް ލައިގެން ހުރި އިރު ނުހަނު ހިތްގައިމެވެ. ރީތި ފަން އިސްތަށިގަނޑެއް ލިބިފައިވާއިރު އަބަދު އޮންނަނީ ވަރަށް ފުރިހަމައަށް ސްޓައިލް ކޮށްލެވިފައިއެވެ.
” މަންމަ އަދި މިއުޅެނީ ޔާނުއަށް ގޮވަން ދާންވެގެން.. އާން އެހެންނެއްނު ވާނީވެސް ރޭގަ ދިހަ ގަޑި ފަރަނާއިގަ ވަދެފި ވިއްޔަ ނިދާށޯ ކިޔާފަ.. އެކަމް އެދުމަތިން ތިޔާ ފޫ ހިއްލާލީ ހެނދުނު ނުވަގަޑި ބައިވީ ފަހުން “ނައިރާ ޔާއިން އާއި މުޚާތަބުކޮށް ވާހަކަ ދެއްކި އެވެ.” ދެން އެއްކަލަ މަންމަ! ބަންދު ދުވަސް ކޮޅެއް ވީމަ ކުރިން ނުހޭލީ! އާން ދެން އެޔެއް ނޫނޭ ކޮބާތަ ޔާއްކޮ؟“ޔާއިން ވާހަކަ ބަދަލު ކޮއްލިއެވެ.” އާން.. ޔާއްކޮ ގޮއްސި ކޮޓަރިއަށް.. ދޮންބެ އައީމަ ގޮވާށޯ ކިޔާފަ..ދޭ ގޮސް ގޮވައިގެން އާދެ...“” ހޫމް އޯކޭ މިދަނީ! “ ޔާއިން ހިގައި ގަތީ ޔައިޝާއަށް ގޮވަން ދިޔުމުގެ ބޭނުމުގައެވެ.
”ދޮންބެގެ ޖަންބޯޔާ ދޮންދޫންޔާ ސައިމަލާ ސައިބޯން އަންނާށޯ! ޔާއިން ކޮޓަރިއަށް ވަދެވުމާއި އެކު ބުނެލިއެވެ.” ދެން ދޮންބޭ.. ތިހެން ނުކިޔަބަލަ ދޯ!! ޔާއްކޮގެ ނަމަކަށް މަންމަމެންކީ ޖަންބޮލާ ދޮންދޫންޔާ ސައިމަލާ އެއް ނޫނޭ.... “ޔައިޝާ މަޖާވެލާފައި ޔާއިންއާ ދިމާލަށް ބަލާލިއެވެ.” ހޫމް އޯކޭ އެކަމް އާދެ ސައި ބޯން.. ޖަންބޯ!! “ޔާއިން ދުއްވައިގަތެވެ.
******
ޔާއިން އާއި ޔައިޝާ ސިޓިންރޫމުގައި ޓީވީ ބަލަންތިބި އިރު ނައިރާ އަވަދިނެތި އުޅެމުން ދިޔައީ ސިޓިންގް ރޫމް ތެރެ ފޮޅުލުމުގައެވެ.”އާން އަދި ހަދާންނެތިފައޭ މީދި.. މާދަމާ މިއުޅޭނީ ރައްޓެހި ކުދިންކޮޅަކާއި އެއްކޮށް ދަތުރު ދާންވެގެން! ތިންދުވަހުގެ އޯވާނައިޓަކަށް! މަންމާ އޯކޭތަ ދިޔަޔަސް..“ޔާއިން ކުއްލިޔަކަށް ހަދާންވެގެން ހަޅޭއްލަވައި ގަތެވެ.” ދަރިޔާ! މަންމަ ދިޔައީ ސިއްސައިގެންނެ... ހޫމް އޯކޭ ދިޔަޔަސް އެކަމް ބައްޕަކާރީވެސް ބުނެލައްޗެ އިނގޭ ދިޔުމުގެ ކުރިން “ނައިރާ ނުހަނު ފަސޭހަކަމާއެކު އެއްބަސްވިއެވެ.” ދެން ދޮންބެ ޔާއްކޮ ނުލާތަ ދާނި... އައި އޯލްސޯ ވޯންޓު ގޯ ޕްލީޒް.. ޕްލީޒް.. ދޮންބޭ ޕްލީޒް!! “ޔައިޝާ އާދޭސްކުރަމުންދިޔައެވެ.” ހޫމް އޯކޭ ގެންދާނަން.“ޔައިޝާ ހުއްޓާ ނުލައި ކިޔާތީވެގެން ޔާއިން އެއްބަސްވިއެވެ.” އެހެންވީރު ބީ ރެޑީ އިނގޭ.. “ކޮޓަރިއަށް ވަންނަމުން ޔާއިން އިތުރު ކޮއްލިއެވެ.
**********
” ދޮންބޭ!!.. ޔާއްކޮ ކައިރީ ބީ ރެޑީ އޭ ބުނެފަ ނުވެސް ތެދުވަމެއްނު އަދި... “
”ހޭލާފީމޭ“ޔާއިން ކަންނެއްރާގަކަށް ބުންޏެވެ. އަދި އަވަސް އަވަހަށް ގޮސް ތައްޔާރު ވަން ފެއްޓި އެވެ.
****
” ސޯ ބްރޯ އެއްކަލަ މަ ދެއްކި މިސްޓީރިއަސް ރަށަށް ދޯ މި ދަނީ ؟ ކޮންނަމެއް ތަ ކިޔަނި... “މައިޝަން އެހިއެވެ.
” އޭ މޭން! މަށަކަށް ވެސް ނޭނގޭ އެއީ ކޮން ރަށެއް ކަމެއް..“އެންމެން ވެސް ވާހަކަ ދައްކަމުން ދިޔައީ ވަރަށް މަޑުމައިތިރި ކަމާއެކުއެވެ.
މައިޝަންގެ އިތުރުން ޝައިމް އާއި ކައިލް ޔާއިން އަދި ޔައިޝާގެ ރަޙުމަތްތެރިޔާ ޝަހުމާ މި ދަތުރުގައި ބައިވެރިވިއެވެ.
ތިރީސް މިނެޓް ފަހުން އެ ރަށަށް ދެވުނެވެ. ބަލާލަން ނުހަނު ހިތް ގައިމެވެ. މުޅި މާހައުލުގައި ވަނީ ތެތްފިނިކަމެށް ހިފައިފައެވެ. ހުރިހާ ކުދިން އެކި ތަންތަނަށް ނަޒަރު ހުއްޓަމުން ދިޔައީ އެފަދަ ދެވަނަ އެއް ނުވާނޭ ބުނާފަދައަކުންނެވެ.
*******
” ގާއިޒް ލުކް އެޓް ދިސް؟“ޝަހުމާ ގޮވާލި އަޑަށް، ތިބޭނެ ތަނެއް ހޯދުމުގައި މަސްއޫލުވެތިބި ދެން ތިބި ކުދިންވެސް އެދިމާލަށް ދުއްވައި ގަތެވެ.”ވަޓް ދަ! “ހުރިހާ އެންމެންނަށް އެއްފަހަރާ ބުނެވުނެވެ. ކުރިމަތިން ފެންނަމުން ދިޔައީ ބޮޑު ގެއެކެވެ. ހީވާ ގޮތުންނަމަ އެއީ ވަރަށް ފަހުން މީހަކު ދިރިއުޅެފައި ހުރި ގެއެކެވެ.
” ޝުޑް ވީ ސްޓޭ ހިޔަރ! މިބުނީ ވަރަށް އޮބި ވާނެ މިތަން ދޯ؟“ޔާއިން ޝައިމް އަށް ދޯ ދެމުން ވާހަކަ ދެއްކިއެވެ.”ޔަރ!މިތަން ރަނގަޅު ވާނެ...މަށަށް ވެސް ފެންނަނީ މިތާ މަޑުކުރަން!“ޝައިމް ވަރަށް ވަރުބަލި އަޑަކުން ވާހަކަ ދައްކަމުން ދިޔައެވެ.”އެހެންވީރު ހިނގާ ވަންނަން މީޗިތި ބަހައްޓަން ވެސް ޖެހޭނެއްނު! “ޔާއިން ގެނައި ސާމާނަށް އިޝާރާތް ކުރަމުން ބުނެލިއެވެ.
ގޭތެރެއަށް ވަދެގެން ދިޔައިރު އެންމެންވެސް ތިބީ ހައިރާންވެ އަންތަރީސް ވާހާލުގައިއެވެ.އެ ގޭގައި2 ކޮޓަރި އަދި ކޮންމެ ކޮޓަރިއެއްގައި ފާހަނައެއް ހުއްޓެވެ.” އޭ މިތާކު ކަރަންޓް އެއް ނެތެއްނު... ސޯ ވީހޭވްޓު ޔޫޒް ކޭންޑްލްސް!! “ޝައިމް ގޭތެރެއަށް ފަރުވާތެރި ކަމާއެކު ބަލާލައިފައި ބުނިއެވެ. ”ހޫމް... އޯކޭ ވާނެ!... ޔާއްކޮއަށާ ޝަހޫ އަށް މިކޮޓަރި.. ދެން ދޮންބެމެންނަށް އެކޮޓަރި! “ވާތް ފަރާތުގައި ހުރި ކޮޓަރިއެއް ދައްކަމުން ޔައިޝާ ބުނިއިރު ހީވަނީ ބޮޑުސިންގާ މީހަކު ވާހަކަ ދެއްކިހެންނެވެ.” ދެން ދޭ ފްރެޝް ވެގެން އަންނަން! “ޔައިޝާ އިތުރުކޮއްލިއެވެ.
**********
ހަވީރުގެ ވަގުތެވެ. އެންމެންވެސް ހަވީރުގެ ސައިބޮއެގެން ދިޔައީ ރަށު ތެރެ ބަލާލާށެވެ. ގަސްތަކުގެ ތެރެއިން ހިގައިފައި ދިޔައިރު ކުރިމަތީ ހުރެގެން މައިޝަން ދިޔައީ ހިގާނެ މަގު ހަދަމުންނެވެ. ހިސާބަކަށް ދެވުނު ތަނާހެން ފެނުނީ ބޮޑު ކާނި ގަހެކެވެ. ހީވާގޮތުން ނަމަ އެއީއެރަށުގެ މެދެވެ. އެގަހުގައި ކޮންމެވެސް އެއްޗެއް އަޅުވާފައި ހުރިހެން ހީވި ނަމަވެސް އެހާ ސާފު އެނޫނެވެ.
އެންމެންވެސް ހައިރާން ވެފައި ހުރެ އެ ގަހަށް ބަލަމުން ދިޔައިރު ހީވަނީ ނޭގޭ ބާރަކުން އެކުދިންގެ ނަޒަރުތައް ގަހަށް ހުއްޓުވާފައި ވާހެންނެވެ. ކަޅުކަން ގަދަ ބޯ ވިލާތަކަކުން އުޑުމަތި ކަޝްފުކޮށްލި އިރުވެސް އެކަކަށް ވެސް އެކަމުގެ ހިލަމެއް ނުވާފަދައެވެ. އެކިއެކި ފަނިފަކުސައިގެ އަޑުން މުޅި މާހައުލައް އިތުރު ނާމާންކަމެއް ފެތުރެންފެށިއެވެ.
” ގާއިޒް! އޭ ބަލަ ހިނގާ ދާން ދެން! ލުކް.. އެޔޮއްތީ އުޑުމަތި ވެސް ވަރަށް ބަނަކޮލާފަ! “ ޔައިޝާ ބޯ ހޫރުވާލުމައް ފަހު އެ އާދަޔާ ހިލާފް ގަހުން ނަޒަރު ވަކިކޮށްލިއެވެ. އަޑު ތުރުތުރު އަޅަމުން ދިޔައީ ބިރުން ކަމައްވެސް ވެދާނެއެވެ. އޭރުވެސް އެންމެން ތިބީ އެ ގަހަށް ބަލާށެވެ.
”ޔާއްކޮ ހާދަ ބިރުން ތިއުޅެނި! ހޫމް އޯކޭ ގާއިޒް ލެޓްސް ގޯ! “ޔާއިން ވެސް ގަހުން ނަޒަރު ވަކިކޮށް ލަމުން ބުންޏެވެ.
ހުރިހާ ކުދިން ވެސް އަލުން ތިބެން ހަމަޖެހިފައިވާ ގެއަށް ދިއުމަށް ހިގައިގަތެވެ. އެކަމު ހިސާބަކަށް ދެވުނު ތަނާ އެންމެން ވެސް އަޅަން އުޅުނު ފިޔަވަޅު މަޑުޖެހުނީ ފަހަތުން ކުޑަކުޑަ ކުއްޖެއްގެ ގިސްލުމުގެއަޑު އިވުމުންނެވެ. އެންމެން އެކުއެކީހެން ފަހަތަށް އެނބުރުނެވެ. އެވަގުތު ހިވީ އެންމެންގެ ހިތް އަގަތެރެއިން ނިކުމެގެން އޭތީގެ ސަލާމަތަށްޓަކައި ދުވެ ރައްކާވެފާނެހެންނެވެ. އެންމެން ހުރިތަނަށް ގަނޑުވި ކަހަލައެވެ.
”ކޮ.. ކޮ.. ކޮން... ކު.. ކު.. ކުއް.. ޖެ.. އެ.. އް؟“ ކައިލް ބިރުން ހުރެވެސް އިސްވެ ސުވާލު ކުރުމާއެކީހެން އެކުއްޖާ އިސްއުފުލާ ބަލައިލިއެވެ. އެވަގުތު އެންމެންނަށް ލިބުނީ ކުއްލި ސިހުމެކެވެ.
އެ ކުއްޖާގެ މޫނުމަތިން ރެދުލާފައި ހުރިއިރު ، ރަތްކުލައިން ދިއްލާ ލެވިފައިވާ ދެލޮލައް
އެންމެންނަށް ބަލަހައްޓައިގެން ހުރެވުނީ ބިރުން ރޫ ރޫ އަޅާހާލުގައެވެ.
”އާރްރްރްރްރް“ކުއްލިއަކަށް އެކުއްޖާ ހަޅޭއްލަވައި ގަތުމަށް ފަހު އެންމެންނާ ދިމާލައް ދުއްވައިގަތެވެ. ހުރިހާ ކުދިންނަށް ވީގޮތެއް ވެސް ނޭގުނެވެ. ސަލާމަތައްޓަކައި ގައިގައި ހުރި ބާރެއްލައިފައި ދުއްވައިގަތެވެ. އެމީހަކާއި އެމީހަކު ވަރިހަމަައޭ ބުނާ އުސޫލުންނެވެ. ނަމަވެސް
ނިކަ ގަހާއި ދުރަކަށް ނުދެވުނެ ތާނގައި ދުރަށް ދުވުމުންވެސް އާދެވެނީ ހަމަ އެ ނިކަ ގަސް ކާރިއަށެވެ. އެންމެން ވެސް ވަރުބަލިވެގެން ނިކަ ގަސް ބުޑުގައި މަޑުކޮއްލިއެވެ. އެކި ފަރަތް ފަރަތް ހޯދަމުން އެންމެން ދިޔައީ ކުރިން ފެނުނު ކުއްޖަކަން ކަށަވަރެވެ.
ކުއްލިއަކަށް މަތިން ތިކި ތަޅަން ފެށިއެވެ. އެންމެންވެސް ފުރަތަމަ ހީކުރީ ވިއްސާރަ ކެރި ޖަހަނީ ކަމަށެވެ. ޔައިޝާއަށް އެންމެ ފަހުން ނުހުރެވިގެން މަތި ބަލާލިއެވެ. ”މަންމާ“ ޔައިޝާއަށް ބިރުން ރޮއިގަނެވުނެވެ. މަތިން ވިއްސާރަ ތިކި ޖަހަނީއެއްނޫނެވެ. އެއީ އިންސާނުންގެ ގުނަވަންތަކަކުންއަންނަ ލޭތަކެކެވެ.ހުރިހާ ގުނަވަންތައް ވަކި ވަކިން ބުރި ކޮއްފައިވީއިރު އެއެއްޗިހި ވަނީ ގަހުގައި ޗޭނު ޖަހައި އެލުވިފައިއެވެ.
*************
ނައިރާ ދިޔައީ ހިތްނުތަނަވަސް ވަމުންނެވެ. ކޮންމެސް ނުބައެއް އެބަ އުޅެއޭ އޭނާގެ ހިތް ބުނަމުން ދިޔައީ ކީއްވެކަމެއް ޙުދު އޭނާ އަކަށް ވެސް ނޭނގެއެވެ.
”އަޅޭ އިޔާޝް! އެދެކުދިން ކުރިން ނުފޮނުވުނުނަމަ! ހިތް ބިރުގަންނީ! “ނައިރާ ދިޔައީ އޭނާގެ ފިރިމީހާއަށް އޭނާގެ އިޙްސާސްތައް ހިއްސާކުރަމުންނެވެ.” ނައި އެހާ ވަރަށް ނުވިސްނަބަލަ! މާތްﷲގެ އިރާދަފުޅުން އެ ކުދިންނަށް އެއްވެސް ދެރަގޮތެއްނުވާނެ!“ އިޔާޝް ދިޔައީ ނައިރާއަށް ވިސްނައިދެމުންނެވެ.
************
”ފެނޭއެބެ ދޯ؟“ދެން އިވިގެން ދިޔައީ ކުޑަކުއްޖެއްގެ އަޑެވެ. އެއަޑަށް ހުރިހާ ކުދިން އެއްފަހަރާ އެދިމާލަށް ބަލާލިއެވެ. ކަމަކު ދާކަށް ނެތެވެ. ކުރިމަތީ މިހުރީ ދާދި ދެންމެއަކު އެންމެންގެ ފަހަތުން ދުވި ކުއްޖައެވެ.” މި...އީ..އީ..އީ ކޮ..ކޮން..ޗެއް..“މިފަހަރު އެކުއްޖައާއި މުޙާތަބުކޮށް ވާހަކަ ދެއްކީ ޔާއިންއެވެ.” ކޮންޗެއްހޭ؟“އެކުއްޖާގެ އަޑު ބާރުކަމުން ހީވަނީ ކަންފަތު ހިދޮޅި އިރުކޮޅަކު ނަޝާލިހެންނެވެ.”ތިއީ މަށާ މަގޭ މަންމަގެ ގުނަވަންތައް! ކަލޭމެން އިންސާނުންގެ ހުންނަ ނުބައިކަން ނިކަން ދެކިބަލަ! ރަޙުމެއް ހަމްދަރުދީއެއް ތިބި ބައެއް ނޫން ތިއީ!“އެކުއްޖާގެ އަޑު ދިޔައީ ހިނދަކަށް ވުރެ ހިނދެއް މަޑުވަމުންނެވެ. ދެން އެކުއްޖާ ފެށީ ގިސްލަގިސްލައިފައި ރޯށެވެ. އެވަގުތު އެންމެންގެ ހިތް ހަމްދަރުދީއިން ފުރިގެންދިޔައެވެ.” ކި.. ހި.. ނެ.. އް.. “މައިޝަން ބިރުންގޮސް ތުރުތުރު އަޅާ ހާލުގައި އެކުއްޖާ އާއި މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ.”މަޑުންހުރޭ އަހަރެން މިއުޅެނީ ކަލޭމެންނަށް ހަގީގަތް ކިޔާދޭން! އުހުން ދައްކަދޭނި... އޭރުން އިނގިދާނެތާ ދޯ ރަނގަޅަށް! “އެހެންބުނެފައި އެކުއްޖާ ގެއްލުނެވެ.
**ޖިންނި ދައްކާ މަންޒަރު**
”ހެޔޮނުވާނެ ތިހެން ނުހަދާ އަހަންނަށް!!.......އާދެސްކޮށް ދެފައިގައި ހިފާފަ މިބުނަނީ.. ހެޔޮނުވާނެ“ އިވެން ފެށީ އަންހެނެއްގެ ވޭނީ ގިސްލުމުގެ އަޑެވެ. ދުރުން ޖާނުންވަރުގަދަ ފިރިހެނަކު އަންހެނެއް ދަމާފައި އަންނަތަން ފެނުނެވެ. އޭރުވެސް ދިޔައީ އެއަންހެން މީހާ އާދޭސްކުރަމުންނެވެ.” ޝްޝްޝް.. މަޑުން އިނދޭ! އެހެންނޫނީ....... “ފިރިހެންމީހާ ވާހަކަދައްކާނުނިމެނީ މުސްކުޅިފުރައިގެ އަންހެނެއްގެ އަޑުއިވުނެވެ.” ހައްހައްހައްހާ! މަޑުން އިންނާށޭ؟ހެހެ! މަޑުން ނީދިޔަސް މިއަދު ކުރަންއައި ކަންތައް ކޮއްފަ ދޫކުރާނި! އަދި މިތާ އުޅޭ ކުޑަ އެތި ރައްކާވެއްޖެ! އެތީގެ ދުވަސް ވެސް ދުއްވާލަންޖެހޭނެ އަދި! މަމި ދަނީ އޭނާ ހޯދަން“ އެއަންހެންމީހާ ހީވަނީ ރުޅިއައިސް ރަތްވެފައި ހުރި ހެންނެވެ.”ނޫން ނޫން އަހަރެންގެ ދަރިފުޅަށް އެއްވެސް ގޮތެއް ނުހަދާތި.. ހެޔޮނުވާނެ އޭނަ މިކަމުގެ ތެރެއަށް ނުވައްދާ! “ އޭރު ވެސް އެ އަންހެންމީހާ ދިޔައީ ރޮއެ ހޭރެމުންނެވެ. ”ކަލެއަށްތަ ނޫނީ މަށަށް ތަ އިނގޭނީ؟ “ މުސްކުޅި އަންހެން މީހާ އެހެން ބުނެ ހިގައި ގަތެވެ.
ދެން ފެނިގެން ދިޔައީ ބޮޑު ކަތިވަޅިއަކުން ފިރިހެންމީހާ ރޯންއޮތް އަންހެންމީގެ އެއްފައި ބުރިކޮއްލިތަނެވެ.”އާހްހްހް“އެއާއެކު އެ އަންހެންމީހާ ވޭނުން ފުރިގެންވާ އަޑަކުން ހަޅޭއްލަވައި ގަތެވެ.
”ހައްހައްހައްހާ!“ ފިރިހެން މީހާ ދިޔައީ ހެމުން އަންހެން މީހާގެ ގުންވަންތައް ކޮށާ ނަގަމުންނެވެ. އޭރު އަންހެން މީހާގެ ފުރާނަ މި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ.
އިރުކޮޅަކުން ކުޑަ ކުއްޖަކު ގޮވައިގެން އެއްކަލަ މުސްކުޅި އަންހެން މީހާ އައިސް އެފިރިހެންމީހާ އަށް ހަވާލު ކުރިއެވެ. އެއަށްފަހު ފެނިގެން ދިޔައީ އެކުއްޖާގެ ގުންވަންތައް ވެސް ބުރިބުރި ކޮއްފައި، ހުރިހާ ގުނަވަންތަކެއް ޗޭނު ޖަހާފައި ނިކަގަހުގައި އެލުވިތަނެވެ. ކުޑަ ނަމަވެސް ރަހުމެއް އެމީހުންގެ ހިތުގައި ނެތީތާއެވެ.
********
ހުރިހާ އެއްޗެއް ބަލައި ނިމުނު އިރު އެންމެންވެސް ތިބީ ގަބުވެފައިއެވެ. އެހެންތިބެފައި އެންމެންވެސް ތިބި ތަނައް ހޭހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ.
ޔާއިންއަށް ހޭވެރިކަންވީ އިރު އޭނާ އޮތީ ގޮނޑުދޮށުގައިއެވެ. ދެން ތިބި ކުދިން އަދިވެސް ހޭނާރައެވެ. މިއީ ހަމަގައިމުވެސް ކުރިން ތިބި ތަނެއް ނޫނޭ ޔާއިންގެ ހިތަށް އެރިއެވެ. އަދި އަވަސް އަވަހަށް ތެދުވެ އެހެންކުދިން ހޭއެރުވޭތޯ ޔާއިން އުޅުނެވެ. ގާތްގަނޑަކަށް 5 މިނެޓް ތެރޭ އެންމެންވެސް ހޭއެރިއެވެ. ހޭއެރުމާއި އެކު ޔައިޝާ އެންމެ ފުރަތަމަ ވެސް ފެށީ ރޯށެވެ.” ދޮންބޭ! ލާރާ... “ޔައިޝާއަށް ރޮވޭވަރުން ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ.” ޔާއްކޯ! ހަމަޖެހިގެން ތި ބުނަން އުޅޭ އެއްޗެއް ބުނާނި އިހަށް ހިނގާ ދާން އެއްކަލަ ގެއަށް...“ޔާއިން ޔައިޝާ ގޮވައިގެން ހިގާގަތީމައި ދެން ތިބި ކުދިންވެސް އެމީހުން ގެ ފަހަތުން ހިގައިގަތެވެ.
ގެއަށް ދެވުނު އިރު ވެސް ޔައިޝާ ރުއުމެއް ނުހުއްޓައެވެ.” ޝްޝްޝް! ޔާއްކޯ..ދެން ހުއްޓާލަބަ! “ޔާއިން ދިޔައީ ޔައިޝާ މަސްލަހަތު ކުރެވޭތޯ ބަލަމުންނެވެ. ނަމަވެސް ޔައިޝާ ދިޔައީ ހުއްޓުމެއްނެތި ރޮމުންނެވެ. ”ދޮ.. ދޮންބޭ... ލާރާ.. “ޔައިޝާއަށް ބުނެވުނީ އެހިސާބަށެވެ. އެނެއްކާ ވެސް ރޯން ފެށިއެވެ.” ޔާއްކޯ ކޮން ލާރާ އެއްތަ؟ ކޮބާތަ ލާރާ؟ކިހިނެއްވީތަ؟ބަލަ ޔާއްކޯ!“ޔާއިން ވާހަކަ ދައްކާ ނުނިމެނީސް ޔައިޝާ ވާހަކަ ދައްކަން ފެށިއެވެ.” އެއީ ލާރާއޭ ދޮންބޭ! ލާރާއޭ! ހަމަ އެލާރާއޭ! ޝަހޫ ސްކޫލް އަށް ޖޮއިން ނުވާއިރު ޔާއްކޮގެ ބެސްޓީ...........ހަމަ އެ ލާރާ އާ އޭނަގެ މަންމައޭ މީގެ ދެއަހަރު ކުރިން ކުއްލިޔަކަށް ގެއްލިގެން ނުފެނުނީ! ކިހިނެއްތަ ޔާއްކޮއަށް އޮޅެންވީ..އެންމެ ކުޑައިރުއްސުރެ އެކީގައި އުޅެމުންއައީ ހަމަ އެ ލާރާއާ އެކުއޭ ދޮންބޭ!އެކަމް ކީއްވެ؟ކީއްވެ އެމީހުން އެހެން އެހެދީ ؟ކޮން ކުށެއް އޮވެގެން ބާ؟“ޔައިޝާ ހިތްވަރު ކޮށްފައި ބުނަން ބޭނުންވި ހުރިހާ އެއްޗެއް އެއްނޭވާއިން ބުނިއިރު ޔާއިން އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ.
”ޔާނޫ އާދެބަލަ“އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ޔާއިން ޝައިމް ގޮވާލިއަޑަށް ސިހިފައި އެދިމާލަށް ހިގައި ގަނެވުނީ އަމިއްލަ އިޙްތިޔާރުން ބޭރުގައި އެވެ.”ޔާނު މިހާރު ކިހިނެއް ހަދަން ތި ވިސްނަނީ؟“ޝައިމް ކޮއްލީ ސުވާލެކެވެ. ޔާއިން ކޮނޑުއަރުވާލީ ދެން ހަދާނެ ގޮތެއް ނޭނގެޔޭ ބުނާ އުސޫލުންނެވެ. ”އޭ.. މަށަށް ފެންނަނީ ރަށަށް ދާން!! އެހާ ސޭފް ހެނެއް ހިޔެއް ނުވޭ މިރަށެއް.. “ކައިންގެ ހިޔާލަށް އެންމެން އާބަސް ބުނިއިރު މައިޝަން އިނީ ފުން ވިސްނުމަކަށް ގެއްލި ހުސްވެފައިއެވެ.” އޭ މޭން ކައެ ތީނި ކިހިނެއް ވެފަ؟“ކައިން މައިޝަންގެ ކޮޑުގައި ހިފައި ތަޅުވާލަމުން އަހާލިއެވެ. ”އެ.. އޭން ނުކަން“މައިޝަން ވަގުތުން ބުނެލިއެވެ.”އޭން؟ނުކަމޭ؟މިތާކު ކާ ވާހަކައެއް ނުދައްކަމެ! އޭ ބުނޭ އިނގޭ! ކޮން ކަމަކާ ތިޔާ ވިސްނަނީ؟“ޝައިމް ބުނެލިއެވެ.”ރ.އަތޮޅު ވާދޫ ކައިރީގަ އިންނަ މި ގޮތްނޭނގޭ ރަށުގެ މެޕެއް މާމަ ކަބަޑުގައި އޮންނަން ވީ ކީވެހެއްޔޭ މަގޭ ހިތަށް އަރަނީ؟“މައިޝަން ބުނަން ނުބުނަން އިދެފައި އޭނާ ހިތުގަ އޮތް އެތި އެންމެންނާ ހިއްސާކުރިއެވެ.”އޭން؟ކީއްވެގެންބާ؟“ޝައިމް ވާހަކަ ދެއްކީ ސީދާ މައިޝަންގެ ލޮލަށް ބަލަން އިނދެއެވެ.” ތިއޭ ނޭނގިގެން އެ އުޅެނީ!“ކައިލް ޝައިމް ބުރަކަށީގައި ޖަހަމުން ބުނެލިއެވެ.” މައީ، ކިހިނެއް އެ މެޕް ނެގީ؟މައީގެ މާމަ ނިޔާވިފަހުން މިހާރު އަހަރެއް ވަނީ... އެ ކޮޓަރި ހުންނަނީ ތަޅުލާފައެއްނު؟ދެން ކިހިނެއް؟“ޔާއިން ހިތުގައި ވާ ސުވާލުތައް މައިޝަންއަށް އަމާޒުކޮއްލިއެވެ. މައިޝަން އޭނާ އެ މެޕް މާމަ ކޮޓަރިން ނެގި ގޮތް އޭނާގެ ރައްޓެހިންނަށް ކިޔާ ދިނެވެ.” އޯވްވްވް... ގާއިޒް މައެ ވަރަށް ނިދި އާދޭ އެބެ..... ނިދަން އޮއްތަން ވީނު ދެން އެންމެން!“ޝައިމް އިރުކޮޅަކު މަޑުން އިނުމަށްފަހު ބުނެލިއެވެ.
ގަޑިން މެންދަމު ދޭއްޖެހިއިރުވެސް މައިޝަން އަކަށް ނުނިދުނެވެ.ކުއްލިއަކަށް މައިޝަން އަށް މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. އެ އަޑު އަންނަނީ ވަރަށް މަޑުން ކަމުން މައިޝަން އަޑަށް ވަރަށް ބޮޑަށް ސަމާލުކަން ދިނެވެ.” މައިޝަން އަހަންނަށް އިންސާފު ހޯދާދޭނަން ދޯ... އިންސާފްފްފްފްފް.....“އެއާއެކު ގިސްލުމުގެއަޑު މުޅި ކޮޓަރި ތެރޭގައި ގުގުމާލައިގެން ދިޔައެވެ. މައިޝަންއަށް ހީވީ އޭނާ ލައިލައި ހުރި ނޭވާ އެތެރެއަށް ލެވުނު ހެންނެވެ.
އޭގެ އެނެއް ދުވަހު އެންމެން ވެސް އަވަދިނެތި އުޅެމުން ދިޔައީ މެންދުރުފަހު ފުރުމަށް ތައްޔާރުވުމަށެވެ. ރަށަށް ދާ ވާހަކަ މަންމަމެންނަށް އެންގުމަށް ޔާއިން ފޯނު ހޯދާހޯދާ ނުފެނުނެވެ.” އޭ! މަގޭ މިތާބޭއްވި ފޯނު ކޮބާތަ؟“ޔާއިން އެދު މައްޗަށް އިޝާރާތް ކުރަމުން ބުންޏެވެ.” އޭ މަވެސް ފޯނު ގެއްލިގެން މި ތެޅެނީ.. ދެން ތިބި މީހުންގެ ފޯނު ވެސް ނުފެނުނޯ! ދެން ކިހިނެއް ކައްޕިއަށް ބަލާއަންނަން ގުޅާނި؟“ކައިލް އެއްނޭވާއިން އަގައިގަ ހުރިނަމަ ހުރި ހުރިހާ ބަހެއް ބޭރު ކޮއްލިއެވެ.”ވަޓް؟އެކިހިނެއް؟“ޔާއިން ގެ ހިތުގައި ކުޑަކޮށް ބިރުވެރި ކަން އުފެދުނެއް ކަމަކު އެކަން އަމަލުން ނުދެއްކުމަށް ވަރަށް މަސައްކަތް ކުރިއެވެ.
އިރު އޭގެ ވާޖިބު ފުރިހަމައަށް އަދާ ކުރުމަށް ފަހު އޮއްސެން ދިޔަ ވަގުތު ޔާއިން މޫދު ކައިރިއަށް ދިޔައީ ހިތްހަމަޖައްސާލުމުގެ ނިޔަތުގައި އެވެ.”ދޮންބޭ“ ޔާއިން އަށް އިވުނީ ޔައިޝާގެ އަޑުކަން ހަމަ ކަށަވަރެވެ. ޔާއިން ފަހަތް ބަލާލި އިރު ޔައިޝާ ޔާއިން އާއިދިމާލަށް އަންނަނީ އެވެ. ޔައިޝާ ޔާއިން އާއި އަރާ ހަމަވުމުން ދެމީހުން ވެސް އެރީތި ދޮންވެލިގަނޑު މަތީ އިށީދެލިއެވެ.” ޔާއްކޮ ކީއްކުރަން ދޮންބެ ފަހަތުން ތިއައީ“ޔާއިން ސުވާލު އަމާޒު ކޮއްލީ ޔައިޝާ އަށް ނަމަވެސް ޔައިޝާ އަކަށް އެބުނި އެއްޗެއް އަޑެއް ނީވުނެވެ.”ކީއްކުރަން ދޮންބެ ފަހަތުން ތިއައީ“ޔާއިން ސުވާލު ތަކުރާރު ކޮއްލިއެވެ.” ވާހަކަ އެއް ބުނަން“ޔައިޝާ ޔާއިން އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.”ކޮން؟؟؟“ޔާއިން ވެސް ޔައިޝާއަށް ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޔާއިންނަށް ތަފާތު އިހްސާސެއް ކުރެވުނެވެ. ޔައިޝާ އަކީ ނުހަނު ރީތި ކަޅިރަވައެއް ލިބިފައިވާ ކުއްޖެއް ނަމަވެސް މިރޭ ޔައިޝާ ތަފާތޭ ޔާއިންގެ ހިތް ބުނަމުން ދިޔައެވެ. ޔާއިން އަށް ނޭނގުނު ކަމަކީ މިހާރު ޔާއިންގެ ކާރީގައި އެއިދީ ޔައިޝާ ނޫން ކަމެވެ.”ފޮތް!! ނިކަ ގަސް ކައިރީ ވަޅުލާފަ އޮތް ފޮތް!!! “ޔާއިޝާ ޔާއިން ކަންފަތް ބުޑުގައި އެހެން ބުނެ ހިގައިގަތީ ގަސްތަކާއި ދިމާލަށެވެ. ޔައިޝާ ގަސްތަކާއި ހަމައަށް ނުދެވެނީސް ގެއްލުނެވެ.ޔާއިންގެ ހިތް ބިރުން ރޫޅުނު ކަހަލަ އެވެ.ވަގުތުން ގައިގައި ހުރިބާރެއް ލައިފައި ދުއްވައިގަތެވެ.
ކައިލް ޝައިމް މައިޝަން ތިބީ ގޭ ކައިރީ އޮތް ރުއް ބުޑެއްގެ މަތީގައި އިށީނދެ ލައިގެން ނެވެ. ތިން މީހުންގެ މޫނު މަތީގައި ވަނީ ނުތަނަވަސް ކަމެވެ. އިރުއޮއްސުނީ އިރު ބޭރަށް ދިޔަ ޔާއިން ގެ ހަބަރެ ނުވާތީ ތިން މީހުންގެ ހިތް ތައް ވަނީ އަވަސްވެފައިއެވެ.” އަޅެ ކޮބާތަ އެ ޔާއިން ގަނޑު!! ދާތަނެއް ބުނެލާފަ ދިޔަނަމަ އެއްނު ހޯދަން ދެވެނީވެސް... އެނެއްކޮޅުން މިތާ ތިބި އަންހެންވެރިން ބައިތިއްބާފަ ލާހިކެއްނޫން މަށަކަށް ދާކަށް!! “ކައިލަށް ނުހިރެވިގެން ވާހަކަ ދައްކަން ފެއްޓިއެވެ.” އޭ މޭން އެހެރަ އަންނަނީ ކަންނޭނގެ ޔާނު....“ދުރުން ދުވެފައި އަންނަ ޔާއިންއަށް އިޝާރާތް ކުރަމުން ޝައިމް ބުނިއެވެ. އަދި އެދިމާއަށް ހިގައިގަތެވެ.” ޔާނު ކައެ ކޮންތާކަށް ގޮއްސަ ތިޔައީ ؟ކައިލް އެހިއެވެ. ޔާއިން އޭނާއަށް ދިމާވި ކަންތައްތައް ތިން މީހުންނަށް ހިއްސާ ކުރިއެވެ.”އޭ ކޮން ފޮތެއްބާ؟ޔާނު ކީކޭތަ ތިބުނީ؟ ނިކަ ގަސް ކައިރީގަ އޭ ދޯ ބުނީ؟އެއްކަލަ ނިކަ ގަސް ވާހަކަތައް ތިބުނީ؟“ގޭތެރެއަށް ވަންނަމުން ޝައިމް ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ.”ހޫމް ހީވަނީ އެ ނިކަ ގަސް ހެން! .... “ޔާއިން އެހެން ބުނި ތަނާހެން މައިޝަން ބުނެލިއެވެ.” މަށަށް ފެންނަނީ އެކިޔާ ފޮތެއް ހޯދަން.. މިބުނީ މަށަށް ހީވަނީ އެ ފޮތެއްގަ ފޮރުވިފައި ވާ ސިއްރުތަކެއް ވާހެން... “” ހޫމް މަވެސް ބުނަން އުޅުނީ ތިހެން!!!! “ކައިލް ބުންޏެވެ.
އޭގެ އެނެއްދުވަހު އެންމެންވެސް މެންދުރު ކައިގެން ނިކަގަސް ކައިރިއަށް ދިޔައެވެ.” ދޮންބޭ! އަދިވެސް ޔާއްކޮ ކައިރީ ނުބުނަމެއްނު މިތަނަށް އައި ސަބަބެއް!! “ޔައިޝާ ޔާއިން އާއި ސުވާލު ކުރިއެވެ.” އެއްޗެއް ހޯދަން ވެގެން “ޔާއިން ވާހަކަ ދައްކާ ނުނިމެނީސް އެނެއްކާ ވެސް ޔައިޝާ އެހިއެވެ.” ކޮން އެއްޗެއް ތަ؟“”ކިހާދެރަކަމެއްތަ؟ތި ސުވާލުތައް ބަހައްޓަބަލަ ފަހުން އަހަން، މިގަޑީ ކުޑަ ކޮށް ބިޒީ!! “ޔާއިންއަށް މިފަހަރު ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.އެއީ ވަރަށް މަދު ފަހަރަކު ޔާއިންގެ ފަރާތުން ފެންނަ ސިފައެއްކަމުން ޔައިޝާ އެއްކޮށް ހިމޭންވިއެވެ.
ކައިލް މައިޝަން ޝައިމް އަދި ޔާއިން ނިކަގަހުގެ ހަތަރު ފަރާތުން ކޮންނަމުން ދިޔައިރު ޔައިޝާއާއި ޝަހުމާ ތިބީ ދުރުގައި ޝައުގުވެރިކަމާއެކު އެ ކުރާ ކަމެއް ބަލަންށެވެ.
އޭގެ އެއްގަޑިއިރު ފަހުން މައިޝަންއަށް އޭނާ ކޮންނަން ހުރި ދިމާލުން ފޮތެއް ފެނުނެވެ.” އޭ މިއޮތީ!! “މައިޝަން ހަޅޭލަވައިގަތް އަޑަށް އެންމެން އެދިމާލަށް ދުއްވައި ގަތެވެ. އެންމެންނަށް އެހިސާބަށް ދެވުނު އިރު މައިޝަން އެ ފޮތް ވަޅުގަނޑު ތެރެއިން ނަގައިފިއެވެ. އެ ފޮތަކީ ވަރަށް ޒަމާން ވެފައި އޮތް ފޮތެއްކަން އެންމެ ފުރަތަމަ ވެސް އެކުދިންނަށް އިގުނެވެ.” މިއީތަ ދޮންބެމެން ހޯދަން އުޅުނު އެއްޗަކީ؟“ޔައިޝާ ވަރަށް ޖެހިލުންވެ ހުރެ އެހިއެވެ.” ހޫމްމް“ޔާއިން އެއްޗެކޭ ނުބުނުމުން ކައިލް ޔައިޝާއަށް ޖަވާބުދިނެވެ.”ދެން ހިގާ ގެއާ ދިމާލަށް ދާން.. ވަރަށް ލަސް ވެއްޖެ އެއްނު! އިރުއޮއްސިއްޖެޔާ ލާހިކެއްނޫން މަށަކަށް މިތާ މަޑުކުރާކަށް..... “ ޝައިމް އެހެންބުނެ ހިގާގަތް ތަނާ ދެން ތިބި ކުދިން ވެސް އެކަމާއި އެއްބަސްވެ ޝައިމްގެ ފަހަތުން ހިގައިގަތެވެ.
ގެއަށް ދެވުމާއިއެކު އެންމެންވެސް އަވަސްވެ ގަތީ އެ ފޮތުގައިވާ އެއްޗެއް ބެލުމަށެވެ. ޝައުގުވެރިކަމާއެކު އެފަޮތް ހުޅުވާލި ވަގުތު ވަރަށް ފިނި ވައި ރޯޅިއެއް އެންމެން ގައިގައި ބީހިލިއެވެ. ބިރުގަތް ނަމަވެސް ފޮތުގައި ލިޔެފައިވާ އެއްޗެއް އެންމެން ކިޔަން ފެށިއެވެ.

"އޭ މިހާރު މިފޮތް ކިޔަމުން ތިދާ އިންސާނާ! މިހާރު ހަމަގައިމުވެސް ކަލޭއަށް އިގިފަ ހުންނާނި ހުރިހާ އެއްޗެއް... މިތަނުން ސަލާމަތްވާން ބޭނުން ނަމަ ޖެހޭނި ހަމަ އެންމެ ކަމެއް ކުރަން...... އެއީ މިރަށުގެ ދެކުނު ފަރާތުގަ އޮންނާނެ ކޯރެއް... އެ ކޯރަށް މިފޮތް ގެންގޮސް އެއްލާލާ.. ހަދާން ކުރާތި ފޮތް ކޯރަށް އެއްލާލަމުން”ޕާރެއި ޕަރޮލްސަންގް ނައިތު ވަ ދިސްރާމީ ކިޔަލްމަ ވަ ސިރާތުން “މިހެން ކިޔާފަ ނޫނީ ކޯރަށް މިފޮތް ނޭއްލާލާތި! އަދި އެއްކަމެއް ހަދާންކޮއްލަދޭން ބޭނުން... އެ ކޯރު ކައިރިއަށް ދާއިރު ތަފާތު އަޑާއި ތަފާތު މަންޒަރުތައް ފެންނާނެ.. އެކަމް އެއީ ވަހުމެއް.............."

ފޮތުގައި ލިޔެފައި ހުރި އެއްޗެއް ކިޔަމުން ދިޔައިރު މައިޝަން އަށް ތަފާތު އުނދަގޫ ތަކެއް ވަމުން ދިޔައެވެ.”ޕާރެއި ޕަރޮލްސަންގް ނައިތު ވަ ދިސްރާމީ ކިޔަލްމަ ވަ ސިރާތުން“މި ލަފްޒު ތަކަކީ މައިޝަން އަށް ކުރިން އިވުނު އެއްޗެކޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. ކުއްލިޔަކަށް މައިޝަންގެ ހަދާނަށް އައީ އޭނާގެ މާމަ އަބަދުވެސް ކިޔާ އުޅޭ ބަސްތަކެއްގެ މަތިންނެވެ.” ހޫމްމް.. ހޫމްމް.. ޕާރެއި ޕަރޮލްސަންގް ނައިތު ވަ ދިސްރާމީ ކިޔަލްމަ ވަ ސިރާތުން.... ންންންން.. ނައުމުއަދިއްޔަ ވަ ލާރާން ޝަޔާނީޔާ... “މިއީ އަބަދު ވެސް މާމަ އެކަނި ހުންނަ އިރު ކިޔާ އެއްޗެކެވެ. ނަމަވެސް އޭގެ މާނައެއް މިހާތަނަށް އައި އިރުވެސް މައިޝަން އަކަށް ނޭނގެއެވެ.
ޖެހިގެން އައި ދުވަހު ހުރިހާ ކުދިންވެސް ރަށުގެ ދެކުނު ފަރާތަށް ދިޔައެވެ. އެހެންނަމަވެސް އެބުނާ ކޯރެއް ނުފެނުނެވެ.”އޭ ކޮބާތަ އެބުނާ ކޯރެއް ؟މަގޭ މިހާރު ވަރުބަލިވެއްޖެ...ހިނގާ ދާން..“ޝައިމް ބުނެލިއެވެ.”ނޫން.. ޝައިމް މަށަކަށް ނުފެނޭ އެބުރި ދާކަށް..“ މައިޝަން ކުއްލިޔަކަށް ހުރެ ބަހައްޓާފައި ބުންޏެވެ. މައިޝަންގެ ނިންމުމަށް އެންމެން އެއްބަސްވިއެވެ. އަދި ކުރިއަށް ހިގައި ގަތެވެ. ދުރަށް ދެވުނުހެން އެކިއެކި ވައްތަރުގެ މަޙުލޫގުން ފެންނަން ފެށިއެެވެ.އެއްބައި އެއްޗިހިނުގެ ބޮލެއް ނެތެވެ. އެނެއް އެއްޗިހިނުގެ ލޯ އޮންނަނީ ކޮނެލާފައެވެ. ދެން ތިބި އެއްޗިހީގެ ގޮހޮރުވަނީ ބޭރަށް ނިކުމެފައެވެ. ޔައިޝާ އާއި ޝަހުމާ ބިރަށްފޮށެނީއެވެ.
ޔާއިން ،މައިޝަން ،ޝައިމް އަދި ކައިލް ބިރުގަތް ނަމަވެސް އެހުރިހާ އެއްޗެއްސަކީ ވަހުމެކޭ ހިތަށް އަރުވައިގެން ތިބީއެވެ.
ކޮންމެއަކަސް ވަރަށް އުދަގުލުން އެކޯރާ ހަމައަށް ދެވުނެވެ.”އޭ ޔާނު އެއްކަލަ ވޯޑްސް؟“ޔާއިން ފޮތް އެއްލާލަން އުޅެނިކޮށް ޝައިމް ވަރަށް ބާރަށް ބުނެލިއެވެ.” އޯނޯ! ކާކު ހަދާން...!! “”މަގޭ“ ޔާއިންއަށް ރަނގަޅަށް އެހެން ނުބުނެވެނީސް މައިޝަން ކުރިއަށް ޖެހިލާފައި ބުނެލިއެވެ. ޔާއިން ވަގުތުން މައިޝަން އަތަށް ފޮތް ދިނެވެ.”ޔޫ ޝުއާ ޔޫ ނޯދަ ވޯޑްސް؟މިބުނީ ރަނގަޅަށް އެގޭނެހޭ؟“ފޮތް ދެމުން ޔާއިން މައިޝަންއަށް ސުވާލުކޮއްލިއެވެ. މައިޝަން ޖަވާބު ދިނުމުގެ ގޮތުގައި ބޯޖަހައިލިއެވެ. އަދި ކޯރު ކައިރިއަށް ގޮސް މަޑުކޮއްލިއެވެ.” ޕާރެއި ޕަރޮލްސަންގް ނައިތު ވަ ދިސްރާމީ ކިޔަލްމަ ވަ ސިރާތުން“މިހެން ބުނުމަށް ފަހު މައިޝަން ފޮތް ކޯރަށް އެއްލާލިއެވެ. އެއާއެކު އެފޮތުގައި ހުޅުރޯވެ މުޅި ތަނުގައި ވައިބާރު ވެގެން ދިޔައެވެ.ވައިގެ އަޑާއި އެކު އެކި މީހުންގެ ހޭއަޑާއި ވާހަކަ ދައްކާއަޑު ވެސް އިވެއެވެ. އަޑު ގަދަކަމުން ހުރިހާ ކުދިނަށް ވެސް ބޭއިޚްތިޔާރުގައި ކަންފަތުގައި އަތްއަޅައި ލޯ މަރާ ބާރު ކޮއްލެވުނެވެ. އޭގެ ފަސްވަރަކަށް މިނެޓު ފަހުން އަޑުއެއްކޮއް ކެނޑުނެވެ. އަޑުއެއްކޮއް ކެނޑުނުކަން ޔަގީން ކޮއްފައި ހުރިހާ ކުދިން ވެސް ލޯ ހުޅުވާލި ވަގުތު އެންމެންނަށް ވެސް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ.ހުރިހާ ކުދިން ތިބީ އެކުދިން އެ ރަށުގައި ދިރިއުޅެން ހަމަޖެހިފައިވާ ގޭތެރޭގައިއެވެ.
އެންމެން ވެސް އެކި ތަންނަން ބަލަމުން ދަނިކޮށް ހުރިހާ ކުދިންގެ ލޮލުގައި އަޅައިގަތީ އެއްކަނެއްގައި ހުދު ހެދުމުގައި ތިބި ދެމީހުންނެވެ. ކުޑަ އަންހެން ކުއްޖަކާއި ބޮޑު އަންހެން މީހެކެވެ.ޔައިޝާއަށް އެދެމީހުންގެ މޫނު ފެނުނު ވަގުތު ހީވީ ޔައިޝާގެ ހިތަށް ތޫނުއެއްޗެއް ކޮއްޕާލިހެންނެވެ. އެއްވެސް އިޚްތިޔާރަކާނުލައި ކަރުނަތައް ލޮލަށް ޖަމާވަމުން ދިޔައެވެ. ” ލާ.... ރާ... “ޔައިޝާއަށް މަޑުމަޑުން އެތާ ހުރި ކުޑަ އަންހެން ކުއްޖައާއި ގޮވާލިއިރު އަޑުގައި ތުރު ތުރެއް އުފެދިފައި ވިއެވެ. އެހެންނެއް ނުވާނެއެވެ. އެތާއެހުރީ ލާރާ ހެއްޔެވެ؟ދެން އެހުރީ ލާރާގެ މަންމަ ޝަޔާނީ ހެއްޔެވެ؟ޔައިޝާގެ ހިތް ދިޔައީ އޮބިނޯންނަވަރަށް ތެޅެމުންނެވެ.
”ވަރަށް ބޮޑަށް ޝުކުރިއްޔާ!!އަހަރެންމީ ޝަޔާނީ ދެން މިއީ އަހަރެންގެ ދަރިފުޅު ލާރާ.... ތިކުދިން މިޔަދު ތިޔައީ އަހަރެމެން މިނިވަންކޮއްފަ..“ވާހަކަ ދައްކަން އެންމެ ފުރަތަމަ ފެށީ ޝަޔާނީ އެވެ. އެވަގުތު، "ޝަޔާނީ" އެ ނަން އިވުމުން މައިޝަންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ."ނައުމުއަދިއްޔަ ވަ ލާރާން ޝަޔާނީޔާ... " މާމަ އެކިޔާ ލަވައިގައި ލާރާން ޝަޔާނީޔާ ނިސްބަތް ކުރަނީ މި ދެމައިންނަށް ތާއޭ މައިޝަންގެ ހިތް ބުނެލިއެވެ. ޝަޔާނީ އެހެން ބުނުމަށްފަހު ލާރާ އާއި އެއްކޮށް ގެއްލުނެވެ. އެވަގުތު ޔައިޝާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހޮރިގަތެވެ. އެކުޑަކުޑަ ވަގުތު ކޮޅަށް ވެސް ކުރީގެ އެކުވެރިޔާ ފެނުމުން ޔައިޝާއަށް ކުޑަކޮށް ނަމަވެސް ހިތްހަމަޖެހުން ލިބުނެވެ.
އެންމެންވެސް ސިއްސައިގެން ދިޔައީ ފޯނެއް ރިންގުވާ އަޑު ޔާއިންމެން އުޅޭ ކޮޓަރިން އިވުމުންނެވެ. އަވަސް އަވަހަށް ގޮސް ކޮޓަރި ތެރެއަށް ވަދި އިރު އެންމެފަހުން ޔާއިން ފޯނު ބޭއްވިތަނުގައި ހުރިހާ ކުދިންގެ ފޯނުތައް ހުއްޓެވެ. އުފަލުން ގޮސް ޔާއިން ފޯނުނަގައި ބަލާލި އިރު މަންމަ 20 ފަހަރު ގުޅާފައި އިނެވެ. ޔާއިން އަވަހަށް މަންމަ އަށް ގުޅަން ޑައިލް ކޮއްލިއެވެ.”ޔާނޫ! މަންމަ ކިޔައް ފަހަރު ގުޅާފިންތަ ދެކުދިންގެ ފޯނަށް؟ވަކި ވަކިން ގުޅީމަވެސް އެކަކަށް ވެސް ފޯނު ނެގޭ ކަމަކަށް ނުވޭ!!ކީއްތަ ތި ކުރަނީ މިއޮއް ހުރިހާ ދުވަހު ފޯނު ނުނަގަ؟ނޭގެތަ މަންމަ ހާސް ވާނެ ވަރެއް... ދިޔަ ރަށެއް ވެސް ބުނެނުލާ ދިޔައީ.. ދެން ކޮންއިރަކުން މިކޮޅަށް އަންނާނީ؟ދަރިފުޅާ......ކޮބާ ޔާއްކޮ ؟އެކުގައި ދިޔަ ކުދިންގެ ހާލު ރަނގަޅު ތަ؟“މަންމަ ފޯނު ނަގުމަށްފަހު ފުރަތަމަ ވެސް ޝަކުވާ ބޮޑި އޮއްސާލިއެވެ.”ރިލެކްސް މޯމް... އެންމެންގެ ހާލު ވެސް މާތްﷲ އިރާދަ ކުރެއްވީތީ ރަނގަޅު!!ދެން ރަށަށް ވެސް ދާންވީ އޭ ދޯ... ހޫމް ތިކަމާ ވެސް އުޅެންވީ ދެން..“ޔާއިން މަންމަ ކުރި ފަހު ސުވާލުތަކަށް ޖަވާބު ދިނީ ފުރަތަމަ ކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭގުމުންނެވެ. ވަރަށް ގިނަ ވާހަކަ ދެއްކުމަށް ފަހު ޔާއިން ފޯނު ބޭއްވިއެވެ. އަދި ދެން ތިބި ކުދިން ކޮބާތޯ ބެލުމުގެ މަގުސަދުގައި ބޭރަށް ނުކުމިއެވެ.”އޭ ޔާނޫ... މާދަން ފަތިހު އަންނާނެ ކައްޕި.. އަހަރެމެން ބަލާ.. “އިވުނު އުފާވެރި ހަބަރުން ޔާއިން ހިތަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ލިބުނެވެ. ތަންކޮޅެއް ދުރުގައި ތިބި ޔައިޝާމެންނަށް ވެސް އެއަޑު އިވިގެން ހަޅޭލަވަމުން މުޅި ތާނގައި ދުވިއެވެ.
*******
ފަތިހުގެ ހިތްގައިމު ވަގުތެވެ. ހުރިހާ ކުދިން ވެސް ގޮނޑުދޮށުގައި ތިބީ ކައްޕި އެ ކުދިން ބަލާ އަންނަން ދެކަށް އެކިއެކި ވާހަކަ ދެއްކުމުގައިއެވެ.”ޝަޔާނީ ދައްތަ އިންނަން އުޅުނު އަހަރެންގެ ދޮންބެއާ.. ވަރަށް ލޯބިން އުޅުނީވެސް..ދެން އޭރު އެއީ އަހަރެން ތަންކޮޅެއް ކުޑައިރު...އެއްދުވަހަކު މާމަ ދޮންބެ ކާރީ ބުނި އެހާ ހިތްހަމަ އެއް ނުޖެހެއޭ ޝަޔާނީދައްތަ އާއި މެރީކުރަން.. އެއަށްވުރެ ރީތި މާ ރަނގަޅު ކުއްޖަކު އެބަހުއްޓޭ..ކީކުރަންހޭ އެއްފަހަރު މީހަކާއި އިނދެފައި ހުރި މީހަކާ އިންނަނި.. އެނެއްކޮޅުން ޝަޔާނީ ދައްތަގެ ދަރިއަކުވެސް ހުރެއްނުހޭ މާމަ ބުނި އެދުވަހު.. މާމަ އެހެން ބުނީމަ ދޮންބެ ރުޅިއައިސްގެން މާމަ އާ ދިމާލަށް ވަރަށް އެއްޗެހި ކީ!!! އޭގެ ހަފްތާއެއް ފަހުން އުޅުނީ ޝަޔާނީ ދައްތަ ގެއްލިގެން... ދެން ހޯދާ ހޯދާވެސް ނުފެނުނު.... ޝަޔާނީ ދައްތަ ގެއްލުނުތާ މަހެއް ފާއިތުވެގެން ދިޔަތަނާ ދޮންބެ ކުއްލި ގޮތަކަށް މަރުވެގެން ދިޔައީ!! ޑޮކްޓަރު ބުނީ ހާޓްއެޓޭކެއް ޖެހުނިއްޔޯ ދޮންބެއަށް!! އަހަރެން ދުވަހަކު ވެސް ނުއެއްދެކެން ޝަޔާނީ ދައްތައެއް... “މައިޝަން އޭނާގެ މާޒީގެ ވާހަކައެއް އެކުވެރިންނާއި ހިއްސާކުރަމުން ދިޔައެވެ.” އޮހްހް..މަގޭ އަދި އެބައޮތެ ސުވާލެއް ..އެއްކަލަ ކޯރު ކާރިއަށް ދިޔަ ދުވަހު ކިހިނެއް އެބަސްތައް އިނގުނީ؟؟؟ މިބުނީ އެ ފޮތްކީރޭ މައިޝަން އެހާ ވަރަށްކަށް އެ ބަސްތަަކެއް ނުކިޔަ.. އަހަރެމެން އެއޮށް ވަރަށް ކީއިރުވެސް ދަސްނުވި އެއެއް... “ޝަހުމާ އޭނާގެ ހިތުގައި އުފެދިފައޮތް ސުވާލު މައިޝަންއަށް ކޮއްލިއެވެ.”މާމަ އަބަދުވެސް ކިޔާނެ ފާޑެއްގެ ލަވައެއް.. އެކަމް އެކަނި ހުންނަ ތަންތަނުގަ ކިޔާނީވެސް..ކީކޭތަ ކިޔަނީ.... އާ މިހެން ކިޔާނި... "ޕާރެއި ޕަރޮލްސަންގް ނައިތު ވަ ދިސްރާމީ ކިޔަލްމަ ވަ ސިރާތުން.... ންންންން.. ނައުމުއަދިއްޔަ ވަ ލާރާން ޝަޔާނީޔާ" ސްޓްރޭންޖް ދޯ.. އެންމެ ފުރަތަމަ މާމަ މިކީއެތި ކީފަހުން އަހަރެން މާމަ އެކަނި ހުންނަ ވަގުތު ބަލާފަ މާމަ އަށް ނޭނގޭ ގޮތަށް އެ ކިޔާއެއްޗެއް އަޑުއަހަން.... ބައެއް ދުވަސް ދުވަހު އެ ލަވަ ކިޔާފަ ހޭންވެސް ހޭނެ...“މައިޝަން އެނެއްކާވެސް މާޒީ ހަދާންކޮއްލުމަށްފަހު ދެން ތިބި ކުދިންނާއި ހިއްސާކުރިއެވެ.
”އޭ އެއޮއްއައީ ކައްޕި... “ޝައިމް ހަޅޭއްލަވައި ގަތުމަށް ފަހު އެދިމާލަށް ދުއްވައިގަތެވެ. ޝައިމްގެ ފަހަތުން ދެން ތިބި ކުދިންވެސް އެދިމާލަށް ދުއްވައިގަތެވެ.
ލޯންޗަށް އެރުމަށްފަހު ހުރިހާ ކުދިންވެސް ހަމަޖެހިލިއެވެ.ލޯންޗު ނައްޓާލުމުން މައިޝަން ފަހަތަށް އެބުރި ލާފައި އެރަށާއި ދިމާލަށް ބަލާލިވަގުތު ފެނުނު މަންޒަރުން ހިތް އަގައިން ނުނިކުތީ ކިރިޔާއެވެ. އަވަސް އަވަހަށް ދެންތިބި ކުދިންނަށް ގޮވާލުމަށް ފަހު ރަށާއި ދިމާލަށް އިނގިލި ދިއްކޮއްލިއެވެ. ސުބުޙާނައްﷲ އެންމެންނަށް އެއްފަހަރާ ބުނެވުނެވެ. ގޮނޑު ދޮށުގައި ވަރަށް މުސްކުޅު މީހަކު ހުއްޓެވެ. އެމީހާގެ އިސްތަށިގަނޑު އޮތީ އެއްކޮށް ހާވައިލައިފައެވެ. އެއްއަތުގައި ބޮޑު ކަތިވަޅިއެއް އޮތް އިރު އެނެއް އަތެއް ނެތެވެ.އެ މަސްކުޅި މީހާ ހުރީ ސީދާ އެކުދިންނާއި ދިމާލަށް ބަލަހައްޓައިގެން ނެވެ.

....ނިމުނީ....

    Please log in or register to bookmark.
    5k

    71 ޚިޔާލު

    1. ވަރަށް ރީތި.. ޒިއާގެ އެދެނީ އެކުގައިވާށޭ އާއި ވައްތަރު ގޮތެއް އެބަހުރި.. އެކަމު އަހަރެން ނުބުނާނަން ކޮޕީ ކުރުމެކޭ.. ކޮންމެ ލިޔުންތެރިއެއްގެ ވެސް އަމިއްލަ ޚިޔާލާއި ސްޓައިލު ހުންނާނެދޯ... ކީޕް އިޓް އަޕް ޔޫހާ.. ޔޫހާގެ ދެން އޮތް ވާހަކައަކަށް އިންތިޒާރު ކުރާނަން.. އަދި މި ވާހަކައިގައި ލިޔެވިފަ ހުރި ކުށްތަކަށް ވިސްނައިގެން އަނެއް ވާހަކަ ލިޔާތި އިނގޭ. ކީޕް އިޓް އަޕް ކީޕް އިޓް އަޕް...

    2. މިހަމަ ޔޫހާ ލިޔެފަތަ .... އައި ކާންޓް ބިލީވް

    3. ވާހަކަ ވަރަށް ރީތި🙂 އަދި ބިރުވެރި 😱😱

    4. ހާދަ ބިރުވެރި އޭ😲😣.... ވަރަށް ރީތި މި ވާހަކަ ވެސް ❤️😊
      އެހެން ވާހަކަ އަކަށް އިންތިޒާރު ކުރަން 🙂...

    5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
      ވާއު ވާއު ވާއު. ޔޫ އާ ސޯ ޓެލެންޓެޑް. މާޝާ ﷲ. އައި ހޭވ ނޯ ވަރޑްސް ޓު ޑިސްކްރައިބ މައި ފީލިންގް ނައު. ދިސް ސްޓޯރީ އިޒް އައުޓް އޮފް ދިސް ވޯލްޑް. ތޭންކްސް ފޯރ ދިސް އޯވްސަމް ސްޓޯރީ. ކޭން އައި ކޮންޓެކްޓް ޔޫ ވިއާ މެއިލް.

    6. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ލަވް ދިސް ސްޓޯރީ އެންޑް ޔޫ. ސްޓޭ ހޯމް އެންޑް ސްޓޭ ސޭފް ޑިއަރ

    7. 👏👏👏👏👏
      ދި ބެސްޓް ސްކެއަރީ ސްޓޯރީ އައިވް އެވަރ ރެޑް😍😍😍
      ވވވވވވވވވވވވވ.ރީތި

    8. ކަޝްފުވުމަކީ ފާޅުވުން، ފަރުދާވުމަކީ ފޮރުވުން ، ބދވ ނައިސް ސްޓޯރީ

    9. ވަރަށް ރީތި ވާހަކަ އެއް!!! ކީޕް އިޓް އަޕް ގާރލް!!! 🦋🦋🦋
      ވާހަކަ ނިމުނުއިރު ބުނެފަ އެބޭނެއްނު ގޮނޑުދޮޮށުގަ ކަތިވަޅިއެއް ހިފައިން ހުރި މުސްކުޅި އަންހެނެއްގެ ވާހަކަ!!! ަަަަަަަަަަަަަަަަަަަަަަަަަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
      މަަައިޝަން މާމަ ތަ އަނެއްކާ؟؟؟ 😱

      3
      1
    10. ވަރަށް ރީތި މިވާހަކަ. މާޝާ ﷲ
      😘😘😘❤️

    11. ވަރަށް ރީތި
      ކުޑަ މިސްޓޭކެއްވެސް ނެތް
      ކީޕް އިޓް އަޕްް
      ވަރަށް ރީތި

    12. ވަރަށް ރީތި މާޝާ ﷲ
      އަދި ޕުލީސް ސަބުސުކުރައިބް ކުރައްޗޭ ޔޫ ޓިއުބުން އާޓް އެންޑު ސައިންސު އެޓް ހޯމް އައް...
      ވަރަށް ރީތި ވާހަކަ އެއް 😍

    ޚިޔާލު

    Your email address will not be published.

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy