kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ކައިވެނި

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ޒުވާންވަމުން އަންނަ ކޮންމެ އަންހެން ކުއްޖަކުވެސް ކައިވެނި ކުރުމާއި ދަރިން ހޯދުމާއި ދޭތެރޭގައި ޚިޔާލުކުރެއެވެ. އަހަރެންގެ އުމުރުން 18 އަހަރު ފުރުނުއިރު އަހަރެންގެ ބޮޑަށް ތިބި ދައްތަމެންނާއި ބޭބޭމެންވެސް މީހުންނާއި އިނދެ ނިމިއްޖެއެވެ. ކައިވެންޏާއި މެދު އަހަރެންވެސް ފޮނި އުންމީދުތަކެއް ކުރީމެވެ. އޭރު އަހަރެންގެ ހިތަށް އަރައެވެ. އަހަރެން އިންނާނީ ކޮންކަހަލަ މީހަކާ ހެއްޔެވެ؟ ހަމަ ގައިމުވެސް އެމީހަކީ އަޚްލާގް ރަނގަޅު މީހަކަށްވާން ވާނެއެވެ. އޭގެ އިތުރަށް އަހަރެންގެ ފިރިމީހާގެ ހުންނާނީ ކޮންކޮން ސިފަތަކެއް ހެއްޔެވެ؟ އޭނާ ކަޅު ވާނެ ހެއްޔެވެ؟ ނޫނީ ދޮން ވާނެ ހެއްޔެވެ؟ ހުންނާނީ ބޯ ދިގު ކޮށްފައި ހެއްޔެވެ؟ ގައިމެވެ. ސްމާޓް މީހަކަށް ވާންޖެހޭނެއެވެ.
އަހަރެންގެ ސިކުނޑީގައި އޮތީ ވާން އުޅޭ ފިރިމީހާގެ ޚިޔާލީ ތަސްވީރެކެވެ. ދުވަހަކުވެސް އެމީހަކާއި އަހަންނާއި ބައްދަލު ވާގޮތެއްނުވިއެވެ. ނަމަވެސް، އަހަރެންގެ އުންމީދު ކަނޑައެއް ނުލަމެވެ. އިރާދަކުރެއްވިއްޔާ އަހަރެންގެ ހިތުގެ ރަސްގެފާނު އަހަންނާއި ހަމައަށް އަންނާނެއެވެ. އޭނާއާއި އެކީ ލޯބިވެތި ދިރިއުޅުމެއް އަހަރެން ވޭތުކުރާނަމެވެ. ހެޔޮލަފާ ދަރިން ބޮޑު ކުރާނަމެވެ.
އަހަރެމެން ޢާއިލާގެ އެއްވެސް ކުއްޖަކު މީހަކާއި ރައްޓެހިވުމަކީ ބައްޕަމެން ރުހޭ ކަމެއް ނޫނެވެ. ބައްޕަ ބުނި ގޮތުގައި އެއީ އަހަރެމެންގެ މާތްވެގެންވާ އިސްލާން ދީނުގައި ހަރާމްކަމެކެވެ. ލޯބިވާ މީހަކު ހުރިނަމަ އަވަހަށް ކައިވެނި ކުރަންވީއެވެ. ނޫނީ ރަނގަޅު މީހަކު ހޯދައިގެން ކައިވެނި ކުރަންވީއެވެ.
އަހަރެންގެ އުމުރުން 19 އަހަރު ފުރުނު އެކި އުމުރުފުރައިގެ އެކި މީހުންނާއި ބައްޕަ އަހަރެން ބައްދަލުކުރުވިއެވެ. ނަމަވެސް، އެއިން އެއްވެސް މީހަކު އަހަންނަކަށް ކަމަކުނުދިއައެވެ. މައްސަލައަކަށްވީ އަހަރެންގެ ސިކުނޑީގައި ވާ ތަސްވީރާއި އެމީހުންނާއި ވައްތަރުނުވުމެވެ. އަހަރެން ތައްޔާރުކޮށްފައި އޮތް ތައްގަނޑަށް އެމީހުން ނުފެތުމެވެ.
އެއްވެސް މީހަކާއި އަހަރެން ރުހޭ ގޮތް ނުވާތީ، ލޯބިވާމީހަކު ހުރީތޯ ބައްޕަ އަހަންނާއި ސުވާލުކުރިއެވެ. އަދި އެފަދަ މީހަކު ހުރިނަނަ ޖެހިލުންނުވެ ބުނުމަށްވެސް ބައްޕަ އަހަރެންގެ ގާތުން އެދުނެވެ. ނަމަވެސް އަހަރެންގެ މައްސަލަ ތަފާތެވެ. ބުނާކަށް ނުކެރެނޭއެވެ. އެހެންކަމުން، އަހަރެން ހަމަ އެކަނި ބުނީ އެފަދަ މީހަކު ނެތް ކަމަށެވެ.
އޭގެ ހަފްތާއެއް ފަހުން ބައްޕައާއި އެކު ރޭގަނޑުގެ ވަގުތުގައި މެހްމާނެއް ގެޔަށް ގެނައެވެ. ބަލާ ބެލުމަށް 25 ހަކަށް އަހަރުގެ މީހެކެވެ. އެޒުވާނާއަކީ އަހަރެންގެ ކައިވެންޏަށް އެދިގެން އައި މީހެއްކަން އެނގުނީ ބައްޕަ ބުނީމައެވެ. ބައްޕަ ބުނި އެއީ އަޚްލާގް ރަނގަޅު ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ ވަރަށް ރަނގަޅު ޒުވާނެއް ކަމަށެވެ. އަދި އެ މީހާއާއި މެދު އަހަރެން ރުހޭތޯ އެހުމުގެ ބަދަލުގައި ބައްޕަ ބުނީ ކައިވެންޏަށް ތައްޔާރުވުމަށެވެ.
އަހަރެން ވަރަށް ހިތް ހަމަނުޖެހުނެވެ. އެ ޒުވާނާއަކީ ބައްޕަ ގެނައި އެންމެ 'ހުތުރު' ޒުވާނާއެވެ. އޭނާ މާ ފަލައެވެ. މާ ކަޅެވެ. އަހަރެންގެ ޗެކްލިސްޓުން އޭނާއަށް ލިބުނީ އެންމެ ދިހަ ޕޮއިންޓެވެ. ނަމަވެސް ދުވަހަކުވެސް ބައްޕަގެ އެދުމެއް ބޮލާލާ ޖަހައި، އަޑު ގަދަ ކުރުމަކީ އަހަރެން ކުރާ ކަމަކަށް ނުވާތީ ދެކޮޅަށް ޗުއްޕުވެސް ނުބުނަމެވެ.
ސީދާ ސަބަބު ނުބުނެ އަހަރެންގެ ޝަކުވާތައް ހުށައެޅީ މަންމައަށެވެ. ނަމަވެސް، މަންމަގެ ފަރާތުން ލިބުނީ އަހަރެން ބޭނުންވި ކަހަލަ ޖަވާބެއް ނޫނެވެ. އެއީ ވަރަށް ރަނގަޅު މީހެއްކަމަށާއި ކައިވެންޏަށްފަހު އަހަރެންގެ ހިތުގައި އޭނާގެ މައްޗަށް ލޯބި ޖެހިދާނެކަމަށް މަންމަ ބުންޏެވެ. އަދި ހިތްތަކުގައި ލޯބި ލައްވަނީ އަހަރެމެން އެންމެން ހެއްދެވި އިލާހުކަމަށް މަންމަ ބުންޏެވެ.
ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔައިރު އަހަރެން ހުރީ ފޫހިވެފައެވެ. ނަމަވެސް، އެއް ރެއަކު ކުއްލިއަކަށް ނަސީބު އަހަރެންގެ އަތުގައި ހިފައިފިއެވެ. ފޭސްބުކް މެސެންޖަރއިން 'ހައި' ޖަހާފައި އިން މީހާގެ ޕްރޮފައިލް ބަލާލިއިރު އެއީ އަހަރެންގެ ހުވަފެނީ ބައިވެރިޔާގެ ހުރިހާ ސިފަތަކެއް ލިބިފައިވާ މީހެކެވެ. އަދި ކުޑަކޮށް ވާހަކަދައްކާލުމުން އެއީ ޕްރައިމަރީގައި އެއް ކުލާހެއްގައި އުޅުނު ކުއްޖެއްކަންވެސް އެނގުނެވެ. ނަމަވެސް، އެންމެ ބޮޑު ނަސީބަކީ އޭނާއަށް އަހަރެން ކަމުދިއުމާއި އޭނާ އަހަރެންގެ ކައިވެންޏަށް އެދުމެވެ.
ލިބުނު އުފަލާއި އެކު ކަމުދާ މީހަކު ފެނުނު ވާހަކަ އެންމެ ފުރަތަމަ ހިއްސާކުރީ އާއިލާގައި އަހަންނާއި އެންމެ ގާތްކޮށް އުޅޭ ދައްތައާއިއެވެ. އެއީ އަހަރެންގެ ތިއްތައެވެ. ތިއްތަ ފުރަތަމަ ނަސޭހަތް ދިނީ އެކަން އެ ހިސާބުން ނިންމާލުމަށެވެ. ނަމަވެސް، އަހަރެން ކުރު ނުކުރުމުން މަންމަ މެންނާއިވެސް އެ ވާހަކަ ހިއްސާކުރިއެވެ. މަންމަ އާއި ބައްޕަ އަހަންނާއި ބައްދަލުކޮށް ރިސްފާން އާއި ގުޅޭގޮތުން ސުވާލުކުރިއެވެ. ހީކުރި ގޮތާއި ޚިލާފަށް މަންމަމެން ނުރުހުން ފާޅެއް ނުކުރެއެވެ. ނަމަވެސް، ދެ ދުވަސްފަހުން ބައްޕަ އަހަންނާއި ބައްދަލުކޮށްފައި ބުނީ ރިސްފާން އާއި ބެހޭގޮތުން ބައްޕަ ވަރަށް ހޯދައިފިންކަމަށާއި އަދި އޭނާއާއި ގުޅޭގޮތުން ވަރަށް ނޭދެވޭ ވާހަކަ އަޑުއިވުނު ކަމަށެވެ. އަދި ހަސަން އާއި ކައިވެނި ކުރަން ތައްޔާރުވުމަށެވެ.
އަހަރެން ވަރަށް ރުޅިއައެވެ. ބައްޕަގެ އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. ބައްޕަމެން ހަމަ ބޭނުންވަނީ އަހަރެން ހަސަންއާއި ދެވާށެވެ. މައްސަލައެއް ނެތެވެ. ހަސަންގެ ފަތިފުށް އަހަރެން ހޯދާނަމެވެ. ކްލާހުގައި ވަރަށް ގާތް ކޮށް އުޅުނު އަޒްމާ އަކީ ކްލާހުގެ 'ނިއުސްކާސްޓަރެވެ'. މިހާރުވެސް ހުރިހާ ދިމާލަކުން ހުރިހާ ޚަބަރެއް ބަރާބަރަށް އަޒްމާއަށް ލިބެއެވެ.
ވަރަށް ފޮނި އުންމީދާއި އެކު އަހަރެން އަޒްމާއަށް ގުޅީމެވެ. ވަކި ސަބަބެއް ނުބުނެ އަހަރެން އެދުނީ ހަސަންގެ މަޢުލޫމާތު ހޯދައި ދިނުމަށެވެ. އަޒްމާގެ މަސައްކަތް އަވަހެވެ. ނަމަވެސް އަހަރެން ބޭނުންވާ ނަތީޖާއެއް ނުލިބުނެވެ. "ވަރަށް ރަނގަޅު، މީހުންނަށްވެސް ވަރަށް ހެޔޮ މީހެކޯ އެއީ." ވާހަކަ ނިންމާލަނުން އަޒްމާ ބުނެލިއެވެ. އަހަރެން ވަރަށް މާޔޫސްވިއެވެ. "އޭ އަނެއްކާ ނުހާ އޭނާޔާ އިންނަންވީތަ؟ ނުވެސް ގުޅެޔެއްނު ތީނަޔާ. ބޮޑު ބަޑެއްލާފަ. ހިވަނީ.." އަޒްމާގެ ޖުމްލަ ނުނިމެނީސް އަހަރެން ފޯނު ކަނޑާލީމެވެ. ރުޅިއައިވަރުން ދެ ލޮލުން ހުރީ ކަރުނަ ހިލިފައެވެ.
މާގިނަ ދުވަހެއްނުވެ އަހަންނާއި ހަސަންގެ ކައިވެނި ކުރެވުނެވެ. ކައިވެންޏަށްފަހު ދެ މީހުން ދިރިއުޅެމުން ދިޔައީ ހަސަންގެ އެޕާރޓްމަންޓްގައި އާއިލާއާއި ވަކިންނެވެ. އަހަރެން އަޒުމް ކަނޑައަޅައިގެން ހުރީ ކޮންމެ ގޮތަކުންވެސް ހަސަންގެ ގޯސް ސިފަތައް ހޯދައިގެން އޭނަގެ ނުބައިކަން ސާބިތުކޮށްދޭށެވެ. ނަމަވެސް، ހީކުރެވުނު ގޮތާއި ޚިލާފަށް އޭނާ އަހަންނަށް ވަރަށް ރަނގަޅެވެ. ހީކުރިވަރަށްވުރެވެސް އޯގާތެރިއެވެ. ވަރަށް އަޅާލައެވެ. ފިރިހެނަކަށްވީތީ ބާރެއް ނުދައްކައެވެ. ނަމަވެސް، އަހަރެންގެ ނަޒަރުގައި އެއީ ދެއްކުންތެރި ކަމެވެ.
އަހަރެންގެ ހިތަށް އެރިއެވެ. ރަނގަޅަށް އަހުވަ ދައްކާލާނަމެވެ. އަހަރެންދެކެ ފޫހިވެގެން ވަރިކުރާވަރު ކޮށްލާނަމެވެ.
އަހަރެން ހަސަން އަށް އެކި އުނދަގޫތައް ކުރަން ފެށީމެވެ. ހަސަންގެ ކަންކަމުގައި ފަރުވާ ކުޑަކުރަންފެށީމެވެ. ޖެއްސުން ކުރަން ފެށީމެވެ. ސައި ތައްޓަށް ލޮނު އެޅުމާއި، ގަސްތުގައި ކާއެއްޗެހި ނުކެވޭހާ ނުބައިކޮށް ކެއްކުމާއި، ހަސަންގެ ބައެއް އަންނައުނުތައް ހަލާކު ކުރުމާއި ގޭތެރޭ ތަކެއްޗަށް ގެއްލުން ދިނުން ފަދަ އެތައް އެތައް ކަމެއް އަހަރެން ކުރީމެވެ. ނަމަވެސް، ހަސަންގެ ފަރާތުން އެއްވެސް ޝަކުވާއެއް ނުލިބެއެވެ. އޭނާ އުޅުނީ މާ ކެއްތެރި މީހަކަށް ހެދިގެންނެވެ.
އެއް ދުވަހެއްގެ ހަވީރު ވަގުތެވެ. ޓީވީ ހުޅުވާލިއިރު ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިއެއް ދަރުސް ދެއްވަމުން ގެންދަވަނީއެވެ. "ޒަވާޖީ ޙަޔާތުގައި އަނބިމީހާގެ ދައުރާއި ފިރިމީހާއަށް އަދާ ކޮއްދޭންޖެހޭ ހައްގުތައް" އެ މަޢުޟޫގެ ދަށުން ޝެއިޚް ދައްކަވަމުން ގެންދެވި ވާހަކަތައް ހީވަނީ ސީދާ އަހަންނަށް އަމާޒު ކުރެވިފައިވާހެންނެވެ.
"އިސްލާމް ދީނުގައި ފިރިންނަށް ވަރަށް މަތީ ދަރަޖައެއް ދެއްވާފައިވޭ. ރަސޫލާ ﷺ ހަދީޘް ކުރަށްވާފައިވޭ. " ﷲ ނޫން އެހެން ފަރާތަކަށް ސަޖިދަކުރުން ހުއްދަވީނަމަ، އަނބިމީހާ އޭނާގެ ފިރިމީހާއަށް ސަޖިދަ ކުރުމަށް ތިމަން ކަލޭގެފާނު އަމުރު ކުރެއްވީމުހެވެ".....
އަދިވެސް އެހެން ހަދީޘެއްގައިވަނީ، "ފިރިމީހާގެ އޭނާގެ އަނބިމީހާއަށް އެއްދާން ކުރުމަށް ގޮވާލާ ހިނދުގައި އެކަމަށް އެކަމަނާ ފުރަގަސްދިނުމުގެ ސަބަބުން ނުވަތަ އެކަމުން މަނާވެގަތުމުގެ ސަބަބުން ފިރިމީހާ ރުޅިއައިސްގެން ހުރެ ނިދައިފިނަމަ އަނެއްދުވަހުގެ ހެނދުނުވަންދެން މަލާއިކަތުން އެކަމަނާއަށް ލަޢުނަތް ދޭނެތެވެ.".... އަދި ފިރިމީހާގެ މުދާ ރައްކާތެރި ކުރުމާއި ފިރިމީހާއާއި އެކު ރިވެތި އުޅުމަކުން އުޅުން އަނބިމިހާގެ މައްޗަށް ވާޖިބުވެގެންވޭ...
ފިރިމީހާގެ ހައްގުތަކަށް ރައްކާތެރި ނުވުމަކީ ތިމާ ވަރަށް ބޮޑަށް ފާާފަވެރިވާނެ ކަމެއް......"
މިނޫންވެސް އެފަދަ އެތައް އެތައް ވާހަކައަކުން ޝެއިޚް ނަޞޭހަތްތެރިވަމުން ދިޔައިރު އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ.
ދަރުސް ނިމުނުތަނާ އަޒްމާގެ ކޯލެއް އައެވެ. ދެ ލޯ ފުހެލާފައި ކަރު ކެހިލުމަށްފަހު އަހަރެން އެ ފޯނު ނެގީމެވެ. " އޭ ކިހިނެއްތަ؟ ޚަބަރެއްވެސް ނުވަމެއްނު.."
" ރަނގަޅު އަލްޙަމްދުލިއްލާހި. އަޒްމާ ކިހިނެއް؟ ދަރިފުޅު ރަނގަޅުތަ މިހާރު؟" އަހަރެން ޖަވާބު ދިނީމެވެ.
"ހޫމް. މިހާރު އެއްކޮށް ހުންގަނޑު ފިލައިފި. އޭ.. ޚަބަރެއް ދެންތަ؟ އަހަރެމެންނާ އެއްކޮށް ގްރޭޑް ހަތެއްގަ އުޅުނެއްނު ސޮރެއް، ރިސްފާން. އޭނަގެ އަންހެނުން ނުޒޫ ބުނީ ވަރަށް ރުޅިގަދަ މީހެކޯ އެއީ. ވަރަށް އަނިޔާވެސް ކުރެޔޯ. އޭނަ މަށަށް ދައްކަންވެސް ދެއްކި އަތުގަޔާއި ތަންތަން ނޫފައިގެންފަ ހުރީ. ކިހިނެއް ހެޔޮވާނީ. ނުޒޫ ކަހަލަ މާތް ކުއްޖަކާއި އިނދެވުނީމަވެސް... އެ ރިސްފާނަށް ބަލާފަ ހިވޭތަ އޭނަޔަކީ އެކަހަލަ މީހެއްހެން. ނުލާހިކު މަޑުން އިންނަ ސޮރެއް އެއީ ކްލާހުގަ ވެސް. އެކަމަކު މަށަށް ޔަގީން މިހާރު. ނުޒޫ އަކީ އެކަހަލަ ވާހަކައެއް ދައްކާނެ މީހެއްވެސް ނޫން. ހަމަ ކެތް ނުވެގެން އޭނަ އެކަހަލަ ވާހަކައެއް ދައްކާނީ. މިހާރު ވާރިވާންށޯ މި އުޅެނީވެސް ނުޒޫ ބުނީ"
އަޒްމާ ފޯނު ބޭއްވިއިރު އަހަރެންގެ ސިކުނޑީގައި ވެސް ތޫފާނެއް އުފެދިއްޖެއެވެ. ރިސްފާން ކިތަންމެ ސްމާޓްވިޔަސް އޭނަޔާއި ކައިވެނި ކުރިނަމަ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވީހެވެ. އަހަރެން ކަހަލަ ހިތް ބަލި މީހަކަށް އެންމެ ހަފްތާއެއްވެސް ކެތް ނުވީހެވެ. ސުބުޙާނައް ﷲ. އެ ކައިވެނި ނުކުރެވުމަކީ އަހަރެންނަށް ލެއްވި ރަޙްމަތެކެވެ. އަހަރެންގެ ވެރި ރަސްކަލާންގެ އިރާދަކުރެއްވީ އެކަހަލަ ފިރިހެނެއްގެ ވަކިތަކުން އަހަރެން ސަލާމަތް ކުރެއްވުމަށެވެ.
ހަސަން އަކީ ކިހާ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ އެހާ ރަނގަޅު ފިރިއަކު ލިބޭނީ ވަރަށް މަދު މީހަކަށެވެ. އަމިއްލަ ނަސީބަށް ކަނުވެ ހުރެ ބޭކާރު ކޮށްލެވުނީ ކިހާ ދުވަހެއް ހެއްޔެވެ؟ ޖިސްމާނީ އަނިޔާއެއް ނުދިނަސް، ހައްގުނުވާ އެތައް އަނިޔާ އެއް އަހަންނަށް ހަސަންއަށް ދެވިއްޖެއެވެ. އަހަންނާއި ރިސްފާން އާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟..
ފާހާނާއަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ދެ ރަކުޢަތުގެ ނަމާދެއް ކުރީމެވެ. އަހަރެންގެ ކުށަށް ތައުބާވެ ފާފަ ފުއްސަވާދެއްވާތޯ ދުޢާ ކުރީމެވެ. އަހަރެންގެ ފިރިމިހާއަށް ދިގު އުމުރެއް ދެއްވައި ލޯބިވެތި ދަރިން އަހަރުމެންނަށް ދެއްވާތޯ ދުއާ ކުރީމެވެ.
ހަސަން އަންނަވާއިރަށް ގޭތެރެ ފޮޅާލައި ފުރަތަމަ ފަހަރަށް އަހަރެންގެ އަތުން އަހަރެންގެ ފިރިމީހާއަށް ލޯތްބާއިއެކު ކެއުމެއް ތައްޔާރު ކުރީމެވެ. އަދި ފެންވަރާލައި ތާޒާވެލައިގެން އައިސް ކޮންމެވެސް ވަރަކަށް ގޭތެރެ ޒީނަތްތެރި ކޮށްލީމެވެ. އަލަށް އަހަރެންގެ ފިރިމީހާއަށް އިންތިޒާރު ކުރަން ފެށީމެވެ. އެއީ އުފާވެރި އިހްސާސެކެވެ.
ތަޅުވަޅަށް ތަޅުދަނޑި ޖެހި އަޑު އިވުމުން އަހަރެން ފިނިވާގޮތްވިއެވެ. ކަޅި ޖަހާނުލައި ބޭރު ދޮރަށް ބަލަހައްޓައިގެން ހުއްޓައި ދޮރު ހުޅުވާފައި ހަސަން ވަނެވެ. އޭނާ ވަރަށް ބޮޑަށް ހައިރާންވެފައި ހުއްޓެވެ. ފުރަތަމަ ފަހަރަށް ހަސަންގެ ލޯ ކައިރީވާ ކަޅު ދާއިރާއާއި އުޖާލާކަމެއް ނެތް އެ މޫނު އަހަންނަށް ފާހަގަވިއެވެ. އަދި ފުރަތަމަ ފަހަރަށް އަހަންނަށް ހަސަން ރީތިވިއެވެ. ކަމުދިޔައެވެ.
ދުވެފައިގޮސް އަހަރެންގެ ފިރިމިހާގެ ގައިގައި ބައްދާލީމެވެ. "ހަސަން. އައިއެމް ސޯ ސޮރީ. އަހަންނަށް ހަސަން އާމެދު ކަންތައް ކުރެވުނީ ވަރަށް ވަރަށް ގޯސްކޮށް. އަހަންނަން މައާފުކުރޭ. ދެން އަހަރެން އެގޮތަކަށް ނޫޅޭަނަން. ޕްލީޒް ހަސަން. ޕްލީޒް އައި.." އަހަންނަން ރޮވެނީއެވެ.
"ޝޫޝް. އިޓްސް އޯކޭ. އަހަންނަން ކުރިންވެސް އެނގޭ ނުހާ އަށް އަދި ވިސްނޭނޭކަން." ހަސަން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އޯގާތެރިކަމާއި އެކު އަހަރެންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ނުފެނުނަސް އޭނާވެސް ރޮނީކަން އަހަންނަށް އިހްސާސްވިއެވެ.
އެދުވަހަށްފަހު، ހަގީގި މާނައިގައި އަހަރުމެން ދެމަފިރިންގެ ގޮތުގައި ދިރި އުޅެން ފެށީމެވެ. ކައިވެންޏަށް މިހާރު ދެ އަހަރު ފުރެން ކައިރިވެފައިވާއިރު ލޯބި ލޯބި ދަރިއަކުވެސް އެބަ އޮތެވެ. އަދި ﷲ ގެ ރަޙްމަތްފުޅާއެކު އަހަންނާއި ހަސަންއާއި ދެމެދުގައި ވަރަށް ވަރުގަދަ ލޯތްބެއް ވަނީ އުފެދިފައެވެ. އަހަރެމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ ދެމަފިރިން އެކުގައި ޖަންނަތުގައިވެސް ވުމެވެ.
އަހަރެން ތި އެކުވެރިންނަށް ދޭން އޮތް ނަސޭހަތަކީ މީހަކާއި އިންނައިރު ސްމާޓް މީހަކު ނޫނީ ފަންމިންޏަކު ހޯދުމަށް ނޫޅޭށޭއެވެ. އަދި ﷲ އަށް ބިރުވެތިވާ އަޚްލާގް ރަނގަޅު މީހަކު ހޯދާށެވެ. އިރާދަކުރެއްވިއްޔާ ދިރިއުޅުން ކާމިޔާބުވާނެއެވެ. އަދި ހަނދާން ކުރާށެވެ. ތިބާއަށް ދެއްވާނީ ތިބާއަށް އެންމެ ރަނގަޅު ބައިވެރިޔާއެވެ. އަބަދުވެސް އޯގާތެރި، ހެޔޮލަފާ މީހަކު ދެއްވުން އެދި ދުޢާކުރާށެވެ. އަދި އެއްކަމެކެވެ. ނަމަ ނަމަ ފިރިމީހާއަށް ނުކިޔަމަންތެރި ނުވާށެވެ. އަނބިމީހާއަށް އަނިޔާވެރިނުވާށެވެ. ކޮންމެހެންވެސް، ފިރިމީހާ/އަނބިމީހާގެ ހައްޤުތަކަށް ރައްކާތެރިވާށެވެ.

    Please log in or register to bookmark.
    5k

    34 ޚިޔާލު

    1. ގިނައިން މިކަހަލަ ދީނަށް ލޯބިޖެހޭ ކަހަލަ ވާހަކަ ލިއުމަށް އެދެން. މާތް ﷲ ތިބާއަށް ރަހުމަށް ލައްވާށި ....އާމީން...♥️

      43
    2. ތިޔަ އުންމު ކައިފް ކޮއްކޮ ނޫނީ ދައްތަ ތަ؟ ވާހަކަވަރަށް ރީތި އަދި ތަފާތު. ތިގޮތުގައި ކުރިއަށް ގޮސްފިނަމަ ވަރަށް މޮޅު ލިޔުންތެރިޔަކަށް ވެވޭނެ. އަދި ކައުޡަރުގެ ވާހަކަ އަކަށް އިންތިޒާރު ކުރަން. މާތްﷲ ތިބާއަށް ހެޔޮ ރަހްމަތް ލައްވާ ތިގޮތުގައި ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކޮށްދެއްވާފާނދޭވެ! ޢާމީން!

    3. ވާހަކަ ކީ ކުދިންނަށް، ކޮމެންޓް ކުރި ކުދިންނަށް، އަދި ވާހަކައަށް ލައިކް ދިން ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ 😊⁦😊🥰❤️⁩⁦❤️⁩⁦❤️⁩⁦❤️⁦❤️⁩
      އިންޝާ ﷲ. އިތުރު ވާހަކައެއް ވަރަށް އަވަހަށް އަޕްލޯޑް ކުރެވޭނެ.⁩⁦

    ޚިޔާލު

    Your email address will not be published. Required fields are marked *

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy