826 78

ޔަޝްމީ އާއި ރުޝްދާން ވަކިވިތާ ދެތިން އަހަރު ވެދާނެއެވެ. އެކުގައި ހޭދަކުރެވުނު ދުވަސްތައް މަތިން ދެމީހުންވެސް ވަނީ ހަނދާން ނެތިފަ ކަހަލައެވެ. ދިގުލަމުން ދިޔަ ފޮނިމީރު ހަޔާތުގެ ފަލްސަފާ މުޅިން ތަފާތު ދިރިއުޅުމަކަށް މިސްރާބު ބަދަލުކޮށްލީ ތަޤުދީރޭ ބުނެ ނިންމާލެވިދާނެ ހެއްޔެވެ؟ ނޫނީ އެއީ ދެމީހުންވެސް ބޭނުންވެގެން ނިންމި ގޮތެއްކަމަށް ބެލިދާނެހެއްޔެވެ؟ ޔަޝްމީއާއި ރުޝްދާން ދިމާވީ ކިހިނެތް ހެއްޔެވެ؟ އެކަކު އަނެކަކާއި ބައްދަލުވިއިރު ކުޑަމިނުން ނަންވެސް ނޭނގެއެވެ. ރުޝްދާންއަކީ ރަށުން ބޭރުން ޔަޝްމީގެ ރަށަށް ވަޒީފާއަދާކުރުމަށް އައިސްހުރި މީހެކެވެ. އެއްރަށެއްގައި އުޅޭނަމަ ކޮންމެވެސް ގޮތަކުން ދިމާވާނެ ނޫންހެއްޔެވެ؟ ފުރަތަމަ ފެނިލުމުންވެސް އެކަކުއަނެކަކަށް ހިތް ކިޔާފިއެވެ. ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވެ ކުރި ޖަހަމުން ދިޔައެވެ.
ޔަޝްމީ ދެކެމުން އައި ހުވަފެންތަކުގައި ކުލަޖައްސަމުންދަނީ އުމުރުން 26 އަހަރުގެ ޒުވާން ރުޝްދާންއެވެ. އެނާގެ ފިރުމުންތަކުން ޔަޝްމީއަށް ނުހަނު އުފާވެރިކަން ގެނެސްދެއެވެ. އެފަދަ ލޭފަވެތި ލޯތްބެއް އެދެމެދުގައި މީގެ ކުރިން ތަޖުރިބާ ކުރެވިފައެއް ނެތެވެ. އެ ހަންހާރަ ލޯބި ފަތަޙަ ކުރުމަށް ކިތަންމެ ހަނގުރާމައެއް ކުރަންވެސް ރުޝްދާން ފަހެއް ނުޖެހެއެވެ. އޭނާއަކީ ޙަޤީޤަތުގައިވެސް ރީތީގެ ލާމަސީލު ނަމޫނާއެކެވެ. އެއީ ހަމައެކަނި ޔަޝްމީއަށް އޭނާ ސިފަވާ ގޮތެއް ނޫނެވެ. ދުވަސްތައް ވަގުތާއި އެކު ފާއިތުވެދަނީ އެކިއެކި ވަޢުދުތަކާއި އެކުގައެވެ.

ޤުދުރަތުން ރުޝްދާނަށް ލިބިފައިވާ ރީތި ސިފައިގެ ސަބަބުން އޭނާގެ ހިތް އެކިދިމަދިމާއަށް އެނބުރެމުން ދިޔައެވެ. އޭނާގެ ހިތްދެނީ އެންމެ ކުއްޖެއް ނުވަތަ ދެކުއްޖަކަށް ނޫނެވެ. އެތައް އަންހެން ކުދިންނެއްގެ ފަރާތުން ސިއްރުން ލޯބި ހޯދަމުން ދިޔައެވެ. ޔަޝްމީއަށް ވީ ވަޢުދުތައް މަތިން ހަނދާންވެސް ނެތް ފަދައެވެ. ރުޝްދާންގެ ބޭނުމަށް އޮތީ އޭނައަށް ލިބޭ ހަމައެކަނި ހުސް ވަގުތުތައް ފޫހިކަމެއް ނެތި މަޖާކޮށް ހޭދަކޮށްލުމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކޮންމެ ކުއްޖަކަށްވެސް އެތަށް ހުވަފެންތަކެއް ދައްކަމުން ދިޔަ އިރު ޔަޝްމީގެ އިހްސާސްތަކާއި މެދު އޭނާ ކުޑަކޮށްވެސް ފިކުރުކޮށް ނުލައެވެ. އަންހެން ކުދިންގެ ހިތް ހޯދުމުގައި އޭނާގެ މޮޅު އުކުޅުތައް ދައްކަމުން ދިޔައެވެ. މާ ޝަކުވާ ބޮޑުވާނަމަ ނޫނީ ފޫހިވާ ގޮތަކަށް އުޅޭނަމަ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އެކުއްޖަކާއި އޭނާ ގުޅުން ކަނޑާލައެވެ. ޔަޝްމީއަށް މިއިން އެއްވެސް ކަމެއް އޭރު ރެއަކާވެސް ނުލައެވެ.
ދުވަސްތައް ވަގުތާއި އެކު ފާއިތުވެދަނީ އެކިއެކި ވަޢުދުތަކާއި އެކުގައެވެ.
ޤުދުރަތުން ރުޝްދާނަށް ލިބިފައިވާ ރީތި ސިފައިގެ ސަބަބުން އޭނާގެ ހިތް އެކިދިމަދިމާއަށް އެނބުރެމުން ދިޔައެވެ. އޭނާގެ ހިތްދެނީ އެންމެ ކުއްޖެއް ނުވަތަ ދެކުއްޖަކަށް ނޫނެވެ. އެތައް އަންހެން ކުދިންނެއްގެ ފަރާތުން ސިއްރުން ލޯބި ހޯދަމުން ދިޔައެވެ. ޔަޝްމީއަށް ވީ ވަޢުދުތައް މަތިން ހަނދާންވެސް ނެތް ފަދައެވެ. ރުޝްދާންގެ ބޭނުމަށް އޮތީ އޭނައަށް ލިބޭ ހަމައެކަނި ހުސް ވަގުތުތައް ފޫހިކަމެއް ނެތި މަޖާކޮށް ހޭދަކޮށްލުމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކޮންމެ ކުއްޖަކަށްވެސް އެތަށް ހުވަފެންތަކެއް ދައްކަމުން ދިޔަ އިރު ޔަޝްމީގެ އިހްސާސްތަކާއި މެދު އޭނާ ކުޑަކޮށްވެސް ފިކުރުކޮށް ނުލައެވެ. އަންހެން ކުދިންގެ ހިތް ހޯދުމުގައި އޭނާގެ މޮޅު އުކުޅުތައް ދައްކަމުން ދިޔައެވެ. މާ ޝަކުވާ ބޮޑުވާނަމަ ނޫނީ ފޫހިވާ ގޮތަކަށް އުޅޭނަމަ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އެކުއްޖަކާއި އޭނާ ގުޅުން ކަނޑާލައެވެ. ޔަޝްމީއަށް މިއިން އެއްވެސް ކަމެއް އޭރު ރެއަކާވެސް ނުލައެވެ.
“މިދުވަސްކޮޅު މިއުޅެނީވަރަށް ބިޒީކޮށް ފްރީވީމަ ގުޅާނަން.” އެ ބުނާ ބަހުގެ އިންތިޒާރުގައި އެތަށް ދުވަސްތަކެއް އެކުދިން ހޭދަކުރުމަށްފަހު ރުޝްދާން ޚަބަރެއް ނުވުމުން އެކުދިން އޭނާއާއި ގުޅުން ކަނޑާލައި އެހެން ބިޓެއް ހޯދައެވެ.
އޭނާ އެކަމަކާ ނުވިސްނައެވެ. ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ އެނާ ދެކެ ހެސްކިޔާފަ ލޯބިވާ ބިޓެއް އެބަހުއްޓެވެ. އޭނާ އެގޮތަށް އުޅެމުންވެސް، އުންމީދު ކުރަމުން ދިޔައީ ޔަޝްމީއާއި އެކު އުފާވެރި ހަޔާތެއް އުޅެވޭނެ ކަމަށެވެ. ރުޝްދާން ހުރީ ޔަޝްމީއާއި ކައިވެނި ކުރެވުމުން އޭނާގެ އެ އުޅުން ބަދަލުކޮށް ތެދުވެރިކަމާއެކު އުޅުމަށް އަމިއްލައަށް ވަޢުދު ވެގެންނެވެ.
އަންހެން ކުއްޖެއްކަށް ދެރައެއް ދިނުމަކީ ރުޝްދާނަށް މާބޮޑު ކަމެއް ނޫނެވެ. ހަޔާތުގެ ކޮންމެ ދުވަހަކާއެކު ޔަޝްމީ ދިޔައީ އޭނާގެ ލޯބިވެރިޔާއަށް ކުރާ އިތުބާރު ބޮޑުވަމުންނެވެ. ރުޝްދާނަކީ ނިކަން ބުރަކޮށް މަސައްކަތް ކުރާ މީހެކެވެ. އެހެނަސް އޭނާ ޔަޝްމީއާއި ޗެޓް ކުރުމުގައި ވަގުތުތަށް ހޭދަކުރަމުން ގެންދިއައެވެ.
ރޭދުވާ މިފަދަ އުފާވެރި ގޮތެއްގައި ފާއިތުވަމުން ދިޔައެވެ. ކައިވެނީގެ ގޮށް ޖަހާލެވުންވީ، ދެމީހުންގެ ހުވެފެންތައް ޙަޤީޤަތަކަށް ބަދުލުވި ކަމަކަށެވެ. އެއީ ޔަޝްމީއާއި ރުޝްދާންގެ ހަޔާތުގައި އައި އުފާވެރި ރޭތަކުން ރެއަކަށް ވެގެންދިޔައެވެ. ހެނދުނު ހޭލެވުނުއިރު ޔަޝްމީ ހުރީ ސައިތައްޔާރުކޮށް ނިންމާފައެވެ. ގެވެހި އަންބެކެވެ. ނަމަވެސް އެނާއަށް ސަމާލުކަންނުދީ ތެދުވެގެން ގޮސް ރުޝްދާން އިށީނީ އޭނާގެ ލެޕްޓޮޕް ކައިރީގައެވެ. ފިލްމެއް ބަލާލަން ބޭނުން ވާހަކަ ބުނަމުންނެވެ. ނަމަވެސް ބަލަން ފެށުނީ ފިލުމެއް ނޫނެވެ. ފޭސްބުކުން އަންހެންކުދިން ފޮނުވާފައި ހުރި މެސެޖުތަކަށެވެ. ފުރަތަމަ އެނާ ޖަވާބުދޭން ޖެހިލުންވިއެވެ. ނަމަވެސް ޔަޝްމީ އޮފީހަށް ދާ ވަގުތުތަކަކީ މިހާރު ރުޝްދާންއަށް އޭނާގެ ކުރީގެ އުޅުން އަނބުރާ އިޔާދަ ކުރަން ލިބުނު ފުރުޞަތެއް ކަމުގައި އޭނާގެ ހިތް އެނާއަށް ވިސްނައިދިން ކަހަލައެވެ. ދުވަހެއް ދުވަހަކަށް އޭނާގެ އުޅުން ދިއައީ ބަދަލުވަމުންނެވެ. ރޭގަނޑު ގެއަށް އައުން ލަސްވުމާއި ބޭކާރު ހަރަދުކުރުން ގިނަވެގެން ދިއުމުން ޔަޝްމީއަށް ޝަކުވާ ކުރެވެން ފެށުނެވެ. ނަމަވެސް އޭނާ ދައްކާ އެއްވެސް ވާހަކައަކީ މިހާރު ރުޝްދާންނަށް މާ މުހިންމު ވާހަކަތަކެއް ނޫނެވެ.
ޔަޝްމީގެ ދެލޮލުން ހިތާމައިގެ އަސަރު ފިލާގެންނުދެއެވެ. އެ މައުސޫމް މޫނުގެ ހިނިތުންވުން ވަނީ ގެއްލިފައެވެ. ނަމަވެސް އެކަން ރުޝްދާނަކަށް މައްސަލައަކަށް ނުވެއެވެ. ޔަޝްމީގެ ހިތުގައި ޖައްސަމުން ގެންދިޔައީ އިންތިހާއަށެވެ. އެންމެ ފަހުން ފާޅުގައި ހިލޭ އަންހެންކުދިން ގޮވައިގެން އުޅޭ ތަން ޔަޝްމީއަށް ފެންނަން ފެށިއެވެ. އޭނާ ނިކަން އާދޭސްވެސް ކުރިއެވެ. އިސްލާހުވެ ރީތި ދިރިއުޅުމެއް އުޅެވޭތޯ ނަޞޭހަތްތެރިވިއެވެ. ނުހަނު އޯގާތެރިކަމާއިއެކުގައެވެ. އެހެނަސް ކުރި އާދޭސްތަކާއި ވާހަކަތަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.
އޭގެ ދުވަސްތަކަކަށް ފަހު ނޭނގި ހުއްޓާ ކުއްލިއަކަށް ރުޝްދާނަށް ޔަޝްމީ ގެއްލިޖެއެވެ. ވީނުވީއެއް ނޭނގުނެވެ.
އެހެންމީހުންނާއެކު ވޭތުކުރެވޭ ވަގުތުތަށް އެއީ މިހާރު ފޫހި ވަގުތު ތަކެއްގެ ގޮތުގައި އޭނާއަށް އިހްސާސްކުރެވެން ފެށީ އޭނާ ގެއްލުމުންނެވެ. އިންތިހާއަށް ރުޝްދާނަށް އޭނާ ދޭތެރޭ ވިސްނެން ފެށިއެވެ. އުނދަގޫކުރާނެ މީހަކު ނެތުމުން ވާގޮތެއް ކަމަށް ގަބޫލު ކުރެވެއެވެ.

ގޮތުގައި ހިފަހެއްޓުމުގެ ގޮތުން ރުޝްދާން މަސްދުވަސް ވަންދެން އަޅާވެސް ނުލާ ހުރީއެވެ. މާގިނަ ދުވަހެއްނުވެ އަންނާނެކަން އޭނާއަށް އެނގޭތީ ކަމަށް ވެދާނެއެވެ. އެހެނަސް ވީ އެހެންނެއް ނޫނެވެ. ޔަޝްމީ ދިޔަފަހުން 3 މަސް ވީއެވެ. އެއްވެސްޚަބަރެއް ނުވެއެވެ.
މިހާރު ރުޝްދާނަށް އިތުރު އެއްވެސް އަންހެން ކުއްޖަކާދޭތެރޭ ނުވިސްނެއެވެ. އޭނާގެ އުޅުމަށް ބަދަލު އަންނަމުން ދިޔައެވެ. ގުނައި އަދަދު ނުކުރެވޭ ވަރަށް ގެންގުޅުނު ބިޓުންތައް ދެކެ ފޫހިވާ ގޮތްވިއެވެ.

އެންމެ ފަހުން ރުޝްދާން ޔަޝްމީ ހޯދަން މަސައްކަތް ފެށިއެވެ. ޔަޝްމީ އޭނާއަށް ފެނުނީ އޭނާ ހޯދަން ދިޔަތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ޔަޝްމީ ރުޝްދާނާއި ދުރަށް ދިއުމަށް އޭނާގެ މަންމަގެ ރަށަށް ބަދަލުވިއެވެ. އޭރު ގަޑިން ރޭގަނޑު އެގާރަގަޑި ފަންސާސް ވެދާނެއެވެ. ޔަޝްމީ ފެނުމުން ރުޝްދާނަށް ދުރަކު ނުހުރެވުނެވެ. ނިކަން ބާރު ހިނގުމުގައި ގޮސް ޔަޝްމީއާއި އަރާ ހަމަކުރިއެވެ. މަގުމަތީ ވަނީ އެދެމީހުންނަށް މިނިވަންކަން ދީފައެވެ. ރުޝްދާން ވަރަށް އަސަރާއެކު އޭނާއާއެކު އެނބުރި މާލެދިއުމަށް އެދުނެވެ. އެހެނަސް އޭނާއަށް ރުޝްދާން ފެންނަކަމަކަށްވެސް ނުހެދިއެވެ. އޭނާ ދެއްކި އެއްވެސް ވާހަކައެއް އަޑުއިވުނު ކަމަކަށްވެސް ނުހެދިއެވެ.

ޔަޝްމީ ފަސްއެނބުރި ބަލާވެސް ނުލާ ހިނގަމުން ދަނީ ކުރިއަށެވެ. ރުޝްދާނަށް ކެތެއް ނުކުރެވުނެވެ. އޭނާ ޔަޝްމީގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ. އެހެނަސް ރުޝްދާނުގެ އަތް ޔަޝްމީގެ އަތުގެ ތެރޭން އެއްވެސް ހުރަހެއް ނެތި އޭނާގެ އަތް ނިކުތުމުން ހައިރާންކަމެއް ލިބުނެވެ. އިރުކޮޅަކުން ޔަޝްމީ ފަހަތަށް އެނބުރި ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. ނަމަވެސް އެހިނިތުންވުމާއެކު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ރުޝްދާނަށް ހުރިހާ ކަމެއް ސާފުވީ މާފުންނެވެ. ޔަޝްމީގެ ހަށިގަނޑުގެ ތެރެއިން އެއްވެސް ހުރަހެއްނެތި ހިނގާފައި ރުޝްދާނަށް ވަކިހިސާބަކަށް ދެވުނު ފަހުންނެވެ. ކުއްލިއަކަށް އޭނާ އެނބުރުން އަރާގަނެގެން ވެއްޓިއްޖެއެވެ.
ޔަޝްމީގެ ޙަޤީގަތް އެނގުނު އޮތީ ވާނެ އެއްޗެވެ ނިމިފައެވެ. އާއެކެވެ. މިއަދު ޔަޝްމީއެއް ރުޝްދާނަށް އާދޭސްކުރާކަށެއް މިދުނިޔެއަކުނެތެވެ. އޭނާ ވަނީ މީގެ އެއްމަސްކުރިން ހިތުގެބަލީގައި އުމުރުގެ ފަހު ދުވަސްތައް އެކަނިވެރިކަމުގައި ވޭތުކޮށްފައެވެ. ހަމައެކަނި ހުރި މަންމަގެ އޯގާތެރިކަމުގެ ތެރޭގައި އޮވެ މިކެހިވެރިކަމުގެ ދުނިޔެއަށް ލޯމަރާލި އިރުވެސް އޭނާގެ ހިތުގައި ވަނީ ރުޝްދާންގެ ހިތިލޯތްބެވެ. (ނިމުނީ)

  1. Avatar

    މިވާހަކަ ވަރަށް ރީތި.. އަސްލު މިވާހަކަ ކިޔާލަން ޝައުޤު ވެރިވީ ކަވާގައި އިން ނަކުލް އާއި ސުރްބީ ގެ ފޮޓޯ އިނީމަ..

ޚިޔާލު ފޮނުއްވާ