ހައްލު

އަހަރެންނަށް ގަބޫލު ކުރެވިފައިވާ ގޮތުގައި ޑިޕްރެޝަންއަކީ ހަގީގަތެއް ނޫނެވެ. އެހެން މީހުންގެ ވާހަކަތަކުގެ ސަބަބުން އެނޫން ގޮތަކަށް ވިސްނަން އަހަރެން ބޭނުންނުވީއެވެ. މިހިތުގެ އެދުމަކަށްވީ އެގޮތަށް ވިސްނައިގެންވެސް މިވޭނުން އަހަރެން ސަލާމަތްވުމެވެ.

ލޮލުގައި ނިދީގެ އަސަރެއް ނެތި، ދެއަތަށް ފުރޮޅި ފުރޮޅި އޮންނަންޖެހޭ ރޭތައް ގިނަވެ، ނިދީގެ އަރާމަކީ ކޯއްޗެއްކަން ނޭނގޭ ހިސާބަށް ދިޔައިރުވެސް ޑިޕްރެޝަނަކީ އަސްލެއް ނޫނެވެ. ކިތަންމެ ބޭނުންވިޔަސް ހެނދުނު އެނދުން ތެދުވާނެ ހިތްވަރެއް ނެތި ގަޑި ދެގަޑިއިރު އޮންނަނީ ހަމަ އަހަރެންގެ ކަންނެތްކަމުންނެވެ.

އެކަމަކު ޑިޕްރެޝަނަކީ ހަގީގަތެއް ނޫންނަމަ މިހިތުގައި އަބަދު މިވާ ހުސްކަމަކީ ކޯއްޗެއް ހެއްޔެވެ؟ އަބަދު ރޯން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ގޮތް ނޭނގޭ މާޔޫސްކަމަކުން މި ހަޔާތް އަނދިރިވެފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ މުޅި ދުވަހު ކޮޓަރީގެ މުށިތައް މަތީގައި ރޮއެ ރޮއެ ވަރުބަލިވެގެންގޮސް ވާނުވާ ނޭނގިފައި މިއޮންނަނީ ހަމަ ފިލްމެއްގެ މަންޒަރުތަކެއް ކުޅެލަން ހެއްޔެވެ؟ މިއީ ހަމަ އަހަރެން ކުރާ "އެކްޓެއް" ހެއްޔެވެ؟

އަހަރެންގެ ހިތުގެ ނުތަނަވަސްކަން އާއިލާގެ ގާތް މީހުންނާއި އެކުވެރިންގެ ކައިރީގައި ހިއްސާ ކުރުމުން އެމީހުން ބުނެއެވެ. "ތިހެން އަބަދު ގޭގައި އޮވެއޮވެ މީހާ ހަލާކުވަނީ. ނިކަން ބޭރަށް ނިކުމެލައި، މީހުންނާއި ވާހަކަ ދައްކާލައި ހަދާބަލަ! އަބަދު މޫޑެއް ނެތޭ ކިޔައިގެން ފޭކް ޖައްސަނީ. ވަރަށް ފޫހި މީހެއް! ތަންކޮޅެއް އެކްޓިވް ވެލާބަލަ!"

އެމީހުންނަށް ނޭނގޭ ކަމަކީ މިކަމުން ސަލާމަތްވުމަށް އަހަރެން ކޮންމެ ދުވަހަކު އަމިއްލަ ނަފްސާއި ދެކޮޅަށް ކުރާ ހަނގުރާމައެވެ. ދިރިއުޅުމާއިމެދު އުންމީދެއް ނެތިވެސް ދިރިހުރުމަށް ކުރާ މަސައްކަތެވެ. އަމިއްލަ ހަށިގަނޑަށް އަނިޔާ ދޭން އިންތިހާއަށް ބޭނުންވާއިރު އަހަރެންގެ މި ދެ އަތް ހުއްޓުވަން ކުރާ މަސައްކަތެވެ. ހަށިގަނޑަށް ލިބޭ ވޭނާއި ހިތްދަތިކަން ކުޑަ ކުރެވޭނެ ހަމައެކަނި ގޮތަކީ މިހަށިގަނޑަށް އަނިޔާ ދިނުން ކަމުގައި އަހަރެން ނިންމީ ކިތައް ދުވަހު ހެއްޔެވެ؟ އެގޮތުގެ މަތިން މިހަށިގަނޑުން އޮހޮރުނު ލޭގެ ކޯރުތައް ތިބާއަށް ފެނުނުނަމައެވެ! ގައިގެ އެތަން މިތާގައި ހުރި ލަކުނުތައް ބަލާލަން އައިސްބަލާށެވެ!

މިކަމުން މިންޖުވާނެ ހިތްވަރު އަހަރެންގެ ގައިގައި ހަމަ ނެތީހެއްޔެވެ؟ އަހަރެންގެ އީމާންތެރިކަން ހަމަ އެހާ ބަލިކަށިވީހެއްޔެވެ؟ ލޮލުން ކަރުނަ އޮހޮރޭ ހާލު މާތް ﷲ ގެ ހަޟްރަތުގައި މަދަދަށް އެދެވޭވަރު އެނގޭނީ އަހަރެންނަށްތާއެވެ! ރޭ އަޅުކަމުގައި މިދެފައިން ވަރުދޫވިޔަސް މަތިވެރި ރައްބުގެ ރަޙުމަތާއި އޯގާވަންތަކަމާއިމެދު އަހަރެން ޝައްކެއް ނުކުރަމެވެ.

މީހުންގެ ފަރާތުން ލިބެމުންދިޔަ ހިތްދަތި ކުރުވަނިވި ބަސްތަކަށް ބީރު ކަންފަތެއް ދީ، ޑިޕްރެޝަނަށް ފަރުވާ ކުރުމަށް އަހަރެން ނިންމީ އަމިއްލަ ފުރާނައިގެ ގާތިލަކީ ހުދު އަހަރެންނަށް ވެދާނެކަމުގެ ބިރުވެރިކަން އަހަރެންނަށް އިހުސާސް ކުރެވުނު ހިސާބުންނެވެ. އެކަން އަހަރެންނަށް ވިސްނުނީތީ މިއަދު އުފާ ކުރަމެވެ. ނޫންނަމަ ނޫސްތަކުގެ ސުރުޙީއަށް ހޫނު ޚަބަރުގެ ގޮތުގައި އަރާނީ "ޒުވާން އަންހެން ކުއްޖަކު އަމިއްލައަށް ދަންޖެހިފައި ހުއްޓާ ފެނިއްޖެ" މިހެން ކަންނޭގެއެވެ. އެ ލިސްޓުން އަހަރެންގެ ނަން ބަލަން ތިބާއަށް ކެތްވާނެ ހެއްޔެވެ؟ ގައިމުވެސް އޭރުން ލޯތްބާއި ހަމްދަރުދީއާއި ކުލުނުން ފުރިގެންވާ އަސަރުގަދަ ޕޯސްޓްތަކުން އަހަރެންގެ ފޭސްބުކް ފުރާލާނެއެވެ. އެކަމަކު އެފަދަ ދުވަހެއް ނުދައްކަވާތޯ އަބަދާއި އަބަދު މަތިވެރި އިލާހަށް އަހަރެން ދުޢާ ކުރާނަމެވެ.

ޑިޕްރެޝަންއަށް ފަރުވާ ކުރަންފެށި ދުވަހު އާއިލާގެ މީހަކު ބުނި ބަސްތައް އަދިވެސް ހަނދާން އެބަ ހުއްޓެވެ. "ބޭކާރު ލާރިތަކެއް ޚަރަދުކޮށްގެން ތިދެން ކޮންކަމެއް؟ އަމިއްލައަށް މޮޔަ ގޮވާ ކުދިން ހައްތާވެސް! އަޅެ ނިކަން ހިތްވަރުކޮށްފައި ރީތި، ހަމަޖެހޭ ދިރިއުޅުމެއް އުޅެން ދަސްކޮށްބަލަ!"

ބުނަން ހެއްޔެވެ؟ ހިތުގެ ބަލީގެ މީހުން އެސްޕިރިން ބޭނުން ކުރަނީ އެމީހުންގެ ހިތްވަރު ނެތީމައެއްނޫނެވެ. ހަކުރު ބަލީގެ މީހުން އިންސިޔުލިން ބޭނުން ކުރަނީ އެމީހުންގެ ކަންފަސޭހަ ކަމަކުންވެސް ނޫނެވެ. މިއަދު އަހަރެން ޑިޕްރެޝަން ބައްޔަށް މެދުނުކެނޑި ހަތް އަހަރު ފަރުވާ ކުރަމުން މިދަނީ އަހަރެންގެ ދެއްކުންތެރިކަމަކުން ނޫނެވެ. އެއީ އަހަރެންގެ ހިތްވަރެވެ. އަހަރެންގެވެސް ހުވަފެންތަކެއްވެއެވެ. އެހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ކުރަމުންދާ މަސައްކަތް އެންމެ ކައިރިން ފެނި، ގަބޫލު ކުރާ މީހަކީ އަހަރެންގެ ކައުންސެލަރ އެވެ.

މިއަދު އަހަރެން ބުނެލަން ބޭނުމެވެ. ޑިޕްރެޝަނަކީ ހަގީގަތެކެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން ޖެހުމަކީ ތިމާގެ ފިނޑިކަމެއް ނޫނެވެ. އަދި އެއީ ދެއްކުންތެރިކަމެއްވެސް ނޫނެވެ. އެފަދަ މީހުން ކުރަނީ އެކްޓެއްވެސް ނޫނެވެ.

މިވޭންތަކުގެ ހައްލަކީ އަމިއްލައަށް މަރުވުމެއް ނޫނެވެ. ހެއްދެވި އިލާހަށް ވަކީލުކޮށް، މާޔޫސްކަމުން މިންޖުވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! އެންމެ ރަނގަޅު ފަރުވާއަކީ ވަރުގަދަ، އީމާންތެރި ހިތެކެވެ. އަދި އޯގާތެރި ބަސްތަކެކެވެ. ޝަކުވާތައް އަޑުއަހާނެ ކަންފަތެކެވެ. ބޯ އަޅާލައިގެން އޮވެ ރޯލާނެ ކޮނޑެކެވެ.

ތިބާއީ އަހަރެންފަދަ މީހަކަށް އެހީތެރިވެދޭނެ މީހަކަށްވާށެވެ! ފަހަރުގައި އެހީތެރިކަމަށް އެދި އަތް ދިއްކޮށްލާނެ ހިތްވަރު އެފަދަ މީހެއްގެ ކިބައިގައި ނެތިދާނެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަބަދުވެސް އެކުވެރިންނާއި އާއިލާގެ މީހުންގެ ހާލު ބަލައި، ގުޅުން ބަދަހި ކުރާށެވެ! ހިތްމަރުވާފަދަ ބަސްތައް އެއްވެސް މީހަކަށް ރައްދު ނުކުރާށެވެ! އޯގާތެރިކަމުގެ ފިޔަތައް ފަތުރާލަދޭށެވެ! އަމިއްލައަށް މަރުވުމަކީ ހުރިހާ ކަމެއްގެ ހައްލު ނޫންކަން އަބަދުވެސް ހިތަށް ވިސްނައިދޭށެވެ!

  Please log in or register to bookmark.
  2k

  15 ޚިޔާލު

  1. އަޅުގަނޑަކީ އެންޒައިތީ ޕޭޝަންޓެއް...ނަފްސާނީ ބަލިމަޑުކަމެއް ކަމަކައް އަދިވެސް ގަބޫލެއް ނުކުރެވޭ....އާއިލާގެ އެއްވެސް އެހީއެއް ނުލިބޭ...ރަހުމަތްތެިނވެއް ފުރަތަމަ ދުވަސްކޮޅު ވަރަށް ސަޕޯޓިވް ބަޓް ނައު ދޭ ތިންކް އައި އޭމް ފޭކިންގް އިޓް.. މީ މުޖުތަމައު ހޭލުންތެރިވާންވީ ކަމެއް..ނަފްސާނީ ބަލިމަޑުކަމަކީ ހަގީގަތެއް..މި މުޖުތަމައުގައި މިއަދު އަޅުގަނޑުފަދަ ކުދިން ވަރަށް ގިނަ.. ބަދުބަސް ނުބުނޭ..އަޅޫގަނޑުމެން ތަހައްމަލް ކުރަނީ ވަރަށް ބޮޑު ވޭނެއް..ތިބާ އަށް މިހެން ނުވަާކަމާމެދު އެކަލާނގެ ހަޞްރަތުގައި ޝުކުރު ދަންނަވާ... ނަފްސާނީ ބަލިމަޑު ކަމުގެ ހައްލަކީ އަޅުކަމާއި ދުޢާ ދެންނެވުން.. ٱلْحَمْدُ لِلَّٰهِ‎, އަޅުގަނޑު الله‎ގެ އިރާދަފުޅާއިއެކު މަޑުމަޑުން ރަނގަޅުވޭ އެބަ..

   19
  2. އަޅުގަނޑަކީ އެންޒައިޓީ ޕޭޝަންޓެއް...ނަފްސާނީ ބަލިމަޑުކަމެއް ކަމަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ....އާއިލާގެ އެއްވެސް އެހީއެއް ނުލިބޭ...ރަހުމަތްތެިންވެސް ފުރަތަމަ ދުވަސްކޮޅު ވަރަށް ސަޕޯޓިވް ބަޓް ނައު ދޭ ތިންކް އައި އޭމް ފޭކިންގް އިޓް.. މީ މުޖުތަމައު ހޭލުންތެރިވާންވީ ކަމެއް..ނަފްސާނީ ބަލިމަޑުކަމަކީ ހަގީގަތެއް..މި މުޖުތަމައުގައި މިއަދު އަޅުގަނޑުފަދަ ކުދިން ވަރަށް ގިނަ.. ބަދުބަސް ނުބުނޭ..އަޅުގަނޑުމެން ތަހައްމަލް ކުރަނީ ވަރަށް ބޮޑު ވޭނެއް..ތިބާ އަށް މިހެން ނުވަާކަމާމެދު އެކަލާނގެ ހަޞްރަތުގައި ޝުކުރު ދަންނަވާ... ނަފްސާނީ ބަލިމަޑު ކަމުގެ ހައްލަކީ އަޅުކަމާއި ދުޢާ ދެންނެވުން.. ٱلْحَمْدُ لِلَّٰهِ‎, އަޅުގަނޑު الله‎ގެ އިރާދަފުޅާއިއެކު މަޑުމަޑުން ރަނގަޅުވޭ އެބަ..

   • އަޅޭ. ޔުއާ ގޮއިން ތްރޫ ސަޗްއަ ބޭޑް ސިޓުއޭޝަން😟. އައިވޮަނަ ހެލްޕް ޔޫ ގެޓް އައުޓް އޮފްއިޓް🤗🙃. ބަޓ އިފް ޔޫ ވޯންޓ🤔.ް.އިންޝާ ﷲ އެވްރިތިން ވިލް ބީ ފައިން ސޫން. 😊☺️☺️☺️

    5
    1
   • އަޅުގަނޑަށް ހީވާގޮތުގައި، އެންޒައިޓީ އަކީ، އަމިއްލަ ބާރެއްނެތި މީހާގެ މޫޑު އެކި ފަހަރު އެކި ގޮތަށް ބަދަލުވުން. އަސްލު މި ކަންކަން މިހެން މި ދިމާވަނީ މާޒީގައި އެމީހަކަށް ދިިމާވެފައި ހުންނާތީހެން ހީވޭ.. އަދިި މި ބަލީގައި ސްޓްރެސް ވެގެން ބޮޑު ވަރުވާ މީހުންވެސް އުޅޭނެ.. ފާޑުފާޑުގެ އަޑުވެސް އިވޭނެ.. މިކަހަލަ މީހުން އުޅޭ ގޮތުން ބައެއް ފަހަރު ހީވެދާނެ އެމީހާ ޖައްސާ ފޭކްއެކޭ ވެސް.. އެކަމު ޙަގީގަތަކީ އެއެއް ނޫން..އަދި މި ބައްޔަކީ ކުރީކޮޅުގައި ފަރުވާ ކުރެވިއްޖެނަމަ މަޑުމަޑުން ރަނގަޅުވަމުން އަންނާނެ އިންޝާ ﷲ..ހުރިހާވެސް އެއްޗަކީ ހިިތްވަރާއި އީމާންތެރިކަން.

    އެންޒައިޓީގެ ބައެއް އަލާމާތްތައް:
    - ކަމަކާއިމެދު ހާސްވެ ކަންބޮޑުވުން
    - އަބަދު ކަހަލަ ގޮތަކަށް ދާހިއްލާފައިި ހުރުން
    - ހާޓްް ރޭޓް ކުއްލިއަކަށް މަތިވާން ފެށުން

    އެންޒައިޓީ އިން ސަލާމަތްވާނީ ކިހިނެއް؟
    *އަބަދުވެސް ކޮންމެވެސް ކަމެއްގައި މަސްޢޫލުވެގެން އުޅުން
    * ފުންކޮށް ނޭވާއެއް ލުމަށްފަހު، ހަމައަކަށް އެޅިިލަން މަސައްކަތްކުރުން
    *ކޮއްޅަށް ތެދުވެ، ސީދާލަށް ހުރުން

    ( ފޫހިވާނަމަ އެއްޗެއް ކުރުހާލާ ޕެއިންޓް ކޮށްލާށެވެ.ނުވަތަ ކުރާ ހިތްވާ ކަހަލަ މަސައްކަތެއް ކޮށްލަބަލާށެވެ. އިންޝާ ﷲ ނަތީޖާ ވަރަށް އަވަހަށް ފެނިގެން ދާނެއެވެ.(

    11
  3. އަސްލު ހަގީގަުގައި މިހާރު މުޖްތަމައުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާންމު ކުދިންނާ ދޭތެރޭ ވަފަށް ގިނަ ތަފާތު ކުރުން ގެންގުޅޭ ކަމަށް ފާހަގަ ކުރެވޭ.😢 ހާއްސަ އެހީއަށް ނުވަތަ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ނުވަތް ޯޯދަންޖެހޭ ކުދިންނަށް އޯގާތެރި ކަމާއި އަޅާލުން ދީގެން އެކަން ކަމުން އެމީހުންނަށް ސަލާމަތް ވާން އެހީވެ ދިނުމަކީ މުސްލިމުންނަށް ވީތީވެ ކުރަންޖެހޭ ކަމެއް.😐 ނަމަވެސް މުޖުތަމަޢުއިން ފެންނަނީ މިފަދަ ކުދިން ބާކީކޮށް އެކުދިންނަށް ފުރައްސާރަ ކުރާތަން.😢 ހެޔޮ ނުވާނެ މި ކުދިންނަށާ މީހުންނަށް އެހީތެރިވެދީ.🙏މިފަދަ އެންމެނަށް އެހީވެ ނުދިނުނަސް ތިމާމީހާއަށް ވީވަރަކުން ގާތް މީހަކު🤗 މިފަދަ ކަމަކާ ކުރިމަތިލާކަމުގައި ވަނީ ނަމަ އެހީތެރިވެލައްވާ.😊 އެންމެން އެއްކޮށް މަސައްކަތް ކޮއްފިނަމަ މި މުޖުތަމަޢުގައި ނަފްސާނީ ބަލި ތަކުގެ ޝިކާރައަށް ވާމީހުން މަދުވާނެ. 🤗😊😊😊😊

   10

  ޚިޔާލު

  Your email address will not be published.