ނޯޓް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން ލިޔެފައިވާ ވާހަކައެކެވެ. ވާހަކައިގައި އުޅޭ މީހުންގެ ނަންތައް ވާނީ ބަދަލު ކުރެވިފައެވެ.
އެއީ 1990ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ތިލަދުންމަތި ދެކުނުބުރީގެ ރަށްތަކުގެ ތެރެއިން އާބާދީ ކުޑަ ރަށެކެވެ. ރަށުގައި ވަޒަންވެރިވެގެން ދިރިއުޅެމުން ދަނީ ގާތްގަނޑަކަށް 400 ވަރަކަށް މީހުންނެވެ. އިޝާ ނަމާދުގެ ފަހުން މަގެއްގެ މަތިން މީހެއް ފެންނާނީ މަދު ފަހަރަކުއެވެ. ގިނަ މީހުންނަކީ ގޭގެޔަށް ވަދެ އަވަހަށް ނިދާ މީހުންނެވެ. އެކަމަކު މަދުމަދުން ބޭރުތެރޭގައި މީހުން އުޅެޔެވެ. އޭގެ ތެރޭގައި ރޭގަނޑު މަސްވެރިކަން ކުރާ މީހުންނާއި އަމިއްލަ ބޭނުންތަކުގައި ބޭރުގައި އުޅޭ މީހުން ހިމެނެއެވެ.
ރޭގަނޑު 11:30ވާން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ބައިސްކަލު ހިފައިގެން ހަސަނު ގެއިން ނުކުތީ މިރޭ އިންޖީނުގޭގައި ދަންވަރު ޑިއުޓީ ކުރަން ހަމަޖެހިފައިވަނީ އޭނައަށް ކަމަށް ވާތީއެވެ. މަގުތަކުގައި ތަންކޮޅެއް ދުރުދުރުގައި ހޮޅިދަނޑިވެސް ޖަހާފައި ހުރެއެވެ. އެ އެއްޗެހިން އަލިކަމެއް ވާނީ ވަކި ހިސާބަކަށެވެ. ހަސަނު ޑިއުޓީއަށް ދާން ނުކުތް އިރުވެސް މަގުމަތި އޮތީ ނުލާހިކު އަމާން ކޮށެވެ. އަޑެއްބަޑެއް ނީވި ހަމަ އެކޮށް ހިމޭންވެފައެވެ. މަޑުމަޑުން ބައިސްކަލު ދުއްވަމުން ދިޔަ ހަސަނުގެ މިސްރާބު ހުރީ އިންޖީނުގެޔާއި ދިމާއަށެވެ. އިންޖީނުގޭގެ ބިއްދަށަށް ހެދިފައި އޮންނާނީ ބޮޑު ގަސްބޯ ޖަންގައްޔެކެވެ. އެ ދިމާލަށްވެސް އަލިވާނެހެން ހޮޅިދަނޑިއެއް ޖަހާފައި ހުރެޔެވެ. އޭގެއިންވެސް ކޮންމެވެސް ވަރަކަށް އަލިކަމެއް ވެޔެވެ. ބައިސްކަލުގައި ދިޔަ ގޮތަށްގޮސް އިންޖީނުގޭގެ ފޫޓު ތެރެއަށް ހަސަނު ވަދެގެން ދިޔައެވެ. އޭރު ޖޭމުގަހުގައި އެލުވާފައި ހުރި އުނދޯލީގައި މިރޭ ކުރިން ޑިއުޓީގައި ހުރި އަދުނާނު ސިނގިރޭޓެއް ޖަހާލައިގެން އޮތެވެ. މުޅި ހިސާބުގަނޑުގައި އެއް އަޑަކަށް އިވެނީ ބާރުބާރަށް މަސައްކަތް ކުރަމުންދާ ޖެނެރޭޓަރުގެ އަޑެވެ.
ހަސަނު އައިސް އެތެރެއަށް ވަނުމުން އިރުކޮޅެއްގައި އަނގަތަޅާލަން އޮވެފައި އަދުނާނު ގެޔަށް ދާން ބައިސްކަލުގައި ނުކުތް އިރު 12 ޖަހާ ބޮޑުވެދާނެއެވެ. އަދުނާނު ދިޔުމުންވެސް ހަސަނު އަދި އިރުކޮޅެއްވަންދެން އެތަނުގައި ހަދާފައިހުރި ޖޯއްޔެއްގައި އޮށޯވެލައިގެން އޮތެވެ. ރެޔަކީ އުޑުމަތި ސާފު ރެޔެކެވެ. ބުރު ފުރިހަމަ ހަނދު ދިޔައީ އުޑުމަތީގައި ރަސްކަންކުރަމުންނެވެ. އިންޖީނުގޭގެ ގޯތިތެރެއަށް އެޅިފައިވަނީ ހަނދުގެ އަލިކަމެވެ. ދުރުދުރުގައި އިންދާފައި ހުރި ޖޭމުގަސްތަކުގެ ފަތްތަކުން ފުރޭނިގެން ބިންމައްޗަށް އަލިއެޅިފައި ހުންނަގޮތް ބަލައިލަން ހިތްގައިމެވެ.
ޖޯލިން ތެދުވެގެން ހަސަނު އިންޖީނުގެޔާއި ދިމާއަށް ހިނގައިގަތީ 1 ޖެހީމައެވެ. ރަށުގައި އިންނަނީ 2 ޖެނެރޭޓަރެވެ. އެކެތިން އަނެއް އެއްޗަށް ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހެޔެވެ. މިހާރު ޖައްސާފައިން ޖެނެރޭޓަރަށް ރެސްޓުދޭން ހަމަޖައްސާފައިންނަ ގަޑިއަކީ 1 ޖަހާއިރެވެ. އެއް ޖެނެރޭޓަރުން އަނެއް ޖެނެރޭޓަރަށް ބަދަލުކޮށްލާ ގަޑީގައި ހިނދުކޮޅަކަށް ކަރަންޓުކެނޑިގެން ދާނެއެވެ. މިސަބަބަށްޓަކައި ޖެނެރޭޓަރު ބަދަލުކުރާ ގަޑި އޮންނާނީ ހުރިހާ ރައްޔިތުންނަށްވެސް އަންގާފައެވެ. އެއީ މީހުންގެ ކަރަންޓު ސާމާނަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފައެވެ.
ޖެނެރޭޓަރު ބަދަލުކޮށްލުމަށްފަހު ބޭރަށް ނުކުމެ ހަސަނު ހިނގައިގަތީ ބައިސްކަލާއި ދިމާއަށެވެ. މި ޑިއުޓީ ކުރާ ރޭރެޔަށް ޖެނެރޭޓަރު ބަދަލުކުރުމަށްފަހު ހަސަނު ގެޔަށްދަނީ ކޮފީތައްޓެއް ބޯލަންވެގެންނެވެ. ބައިސްކަލަށް އަނބުރަމުން މަޑުމަޑުން ހަސަނު މިސްރާބުޖެހީ ގެޔާއި ދިމާއަށެވެ. ގެޔަށް ވަދެ ކޮފީ ތައްޓެއް ބޯލައިގެން ދުފާލައިގެން އަނެއްކާވެސް ބައިސްކަލުގައި ނުކުތީ އިންޖީނުގެޔާއި ދިމާއަށް ދާށެވެ. އޭރު މެންދަމު 2 ޖަހަން ގާތްވެދާނެއެވެ.
ޖީބުގައި އޮތް ސިނގިރޭޓް ފޮއްޓާއި ލައިޓަރު ނެގުމަށްފަހު ހަސަނު އަނެއްކާވެސް ޖޭމުގަސްދަށުގައި ޖޯއްޔެއްގައި އޮށޯވެ ހަމަޖެހިލިއެވެ. ސިނގިރޭޓްގައި ރޯކޮށްލުމަށްފަހު ދުންތައް ބޭރުކުރަން ފެށިއެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި އެހެން އޮއްވާ މީހާ ސިއްސުވާލީ ރަށުގެ ދެކުނު ފަރާތުން ކާޅުތަކެއް ގޮވާ އަޑު އިވެން ފެށުމުންނެވެ. ގޮވަނީ އެންމެ ކާޅެއް ނޫނެވެ. ބޮޑު ބައިގަނޑެކެވެ. އަދި އަޑު އިވެމުން އައި ގޮތަށް ވިސްނާލުމުން އެ ކާޅު ބައިގަނޑު އެ ދަނީ ރަށުގެ ދެކުނު ފަރާތުން އުތުރު ފަރާތާއި ދިމާއަށް އުދުހެމުންކަން އެނގުމުން ހަސަނު އަވަހަށް އިންޖީނުގޭގެ އެތެރެއަށް ވަންނަން ދުއްވައިގަތެވެ. އިންޖީނުގެވެސް އިންނަނީ ރަށުގެ އުތުރު ފަރާތުގައެވެ. އޭރު ކާޅުބައިގަނޑު އުދުހިފައި އަންނަތަން ހަސަނަށް ފެނެޔެވެ.
އަވަސްއަވަހަށް އެތެރެއަށްވަދެ ދޮރުލައްޕާލުމަށްފަހު ހަސަނު އެތެރޭގައި މަޑުކޮށްލިއެވެ. އޭރު ކާޅުގޮވާވަރުން ހީވަނީ އިންޖީނުގެ ނަގައިގަނެފާނެހެންނެވެ. އެހާވެސް އަޑުފައްގަނޑު ގަދައެވެ. ކުޑަދޮރުތަކާއި ދިމާއަށް ބަލައިލުމަށްފަހު ހަސަނު ހިތަށް އެރިޔެވެ. މިވެގެން އުޅޭ ގޮތެއް ކޮންމެހެންވެސް ބަލައިލަން ޖެހޭނެއެވެ. މަޑުމަޑުން ކުޑަދޮރު ހުޅުވާލުމަށްފަހު ހަސަނު ބޭރަށް ނަޒަރު ހިންގާލިއެވެ. އެވަގުތު މީހާގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. ހަސަނު ސިނގިރޭޓް ބޯން އޮށޯވެގެން އޮތް ޖޯލި ކައިރީ އެހުރީ ބޮޑުސިންގާ އެއްޗެކެވެ. ދިގުކަމުން ގޮސް އެ އެއްޗެއްގެ ބޯ ވީހިސާބެއްވެސް ފެންނާކަށްނެތެވެ. ހަސަނު ގުދުވެގެންވެސް އޭގެ ބޯ ފެނޭތޯ ބެލިއެވެ. އެކަމަކު ބޯ ހުރި ހިސާބެއްވެސް ފެންނާކަށް ނެތެވެ. ކާޅު ގޮވާ ވަރުން ހީވަނީ ހަސަނުގެ ބޯ ފަޅައިގެން ހިނގައިދާނެހެންނެވެ.
އަވަސްއަވަހަށް ކުޑަދޮރު ލައްޕާލުމަށްފަހު އެ ތަނުގައި އިން ގޮނޑިއެއްގައި ހަސަނު އިށީނދެލިއެވެ. އޭގެ ފަހުން އިރުކޮޅެއްވީތަނާ މަޑުމަޑުން ކާޅު ގޮވާ އަޑު މަޑުވަމުން ގޮސް އެއްކޮށް ކެނޑިއްޖެއެވެ. ދެވަނަ ފަހަރަށް އަނެއްކާ ކުޑަދޮރު ހުޅުވާލުމަށްފަހު ހަސަނު ބޭރު ބަލައިލިއެވެ. އޭރު އެއްވެސް އެއްޗެއްގެ ހިލަމެއް އެތާކުން ނުވެއެވެ. އެކަމަކު ގަނެފައި ހުރި ބިރުގެ ސަބަބުން އިތުރަށް ބޭރަށް ނުކުމެ އޮންނާކަށް ހަސަނަކަށް ލާހިކެއްނޫނެވެ.
ދަންވަރުގެ މި ގަޑީގައި އެގޮތަށް ބައިގަނޑަކަށް ކާޅު ގޮވާނީ އެ އެއްޗެއްސަށްވެސް ކޮންމެވެސް އެހެން މަހުލޫގެއް ފެނިގެންނޭ ކިޔާ އަޑު ހަސަނުވެސް އަހަޔެވެ. އެގޮތަށް ކާޅު ގޮވަމުން އެ އެއްޗެއްގެ ކުރިން އުދުހިފައި އެ އަންނަނީ އެހެން މީހުންނަށް އެއްޗެއް އެބަ އުޅޭކަން އަންގައިދިނުމުގެ ގޮތުންނެވެ. އެރޭ ހަސަނު އިންޖީނުގެއިން ނުކުތީ ފަތިސް ނަމާދަށް ބަންގިގޮވީމައެވެ. މިސްކިތަށް އަރާ ފަތިސް ނަމާދު ކުރުމަށްފަހު އިންޖީނުގެޔަށް ގޮސް މަޑުކޮށްގެން އިނީ ދެން އިން ޑިއުޓީއަށް ލަތީފު އަންނަންދެނެވެ. ލަތީފު އައުމުން ރޭގައި ހަސަނަށް ދިމާވި ކަންތައް ވަރަށް ސާފުކޮށް ކިޔައިދިނެވެ. ލަތީފަށް އަޑު އިވިފައި އޮންނަ ގޮތުގައި އެ އެއްޗަކީ ހަނދާއި ދިމާއަށް ބަލަހައްޓައިގެން ހުންނަ އެއްޗެކެވެ. އޭގެ ވާހަކަ އެކި މީހުން ދައްކަނީ އެކި ގޮތަށެވެ. އެކަމަކު ހަމަ ޔަގީނުންވެސް އެއީ ހަސަނު ހޭލާ ހުއްޓާ ހަމަލޮލުން ދެކުން އެއްޗެއްކަން ހަސަނަށް ޔަގީން ކަށަވަރެވެ.
އެހެން މީހުންނާއި މި ވާހަކަ ހިއްސާ ކުރުމުން ލަފާ ދިނީ އިންޖީނުގޭ ގޯތިތެރޭގައި އިންދާފައި ހުރިއްޔާ ހުރި ޖޭމުގަހެއް ކަނޑާލާށެވެ. ގިނަ ޖޭމުގަސް ހުންނަ ތަންތަނަކީ އަބަދުވެސް ނާމާން ތަންތަން ކަމުގައި މީހުން ކިޔާ އުޅެއެވެ. އެދުވަހުމެ އެތަނުގައި ހުރި ޖޭމުގަސްތައް ކަނޑާލައިފިއެވެ. އެ ހާދިސާއަށް ފަހުން ހަސަނު ދަންވަރު ޑިއުޓީއަށް ދާއިރު ދަނީ ކުޑަ ހޫނުފެން ތަރުމޯޒަކާއި ޖޯޑާއި ކޮފީ އަދި ސަމްސަލެއްވެސް ހިފައިގެންނެވެ. އެއީ ކޮފީ ބޯންވެސް ގެޔަށް ދާން ނުނުކުންނަން ވެގެންނެވެ. އެ ހާދިސާ ހިނގި ފަހުން ދަންވަރު ޑިއުޓީއަށް ދިޔުމަށް ފަހު ފަތިސް ނަމާދަށް ބަންގި ގޮވަންދެން ހަސަނު ބޭރަށް ނުނުކުމެ އިންނަނީ އިންޖީނުގޭ އެތެރޭގައެވެ.
(ނިމުނީ)
Vaahaka hama habeys. Dhigu vaahaka akah affa mihàaru liyanee kon vaahaka eh
ޝުކުރިއްޔާ
ޒަޚަމްވެފައި ލިޔަނީ ދިގު ވާހަކައަކަށް.
Biru ganehjje ???
ވާހަކަ ކަމުދިޔަކަމަށް އުންމީދުކުރަން.
ޝުކުރިއްޔާ ވާހަކަ ކިޔާލީމަ.
????? love it v reethi
Shukuriyyaa ??️
Great work as always love the story and Afaa ge story zahamvefai is my favorite always looking forward to the uploads i love youre storys youre very talented?????
Shukuriyyaa ???
?Means a lot
Varah salhi??
Shukuriyyaa ♥️✨
Wow...v reethi..just love it
Shukuriyyaa ??
Varah reethi masha Allah
Shukuriyyaa ??
??Not bad
ޝުކުރިއްޔާ
Maa shaa allah varah reethi
ޝުކުރިއްޔާ
Masha allah vrh reethi
Shukuriyyaa ??
ވަރަށް ރީތި ވާހަކަ އެއް??❤️
varah reethi maasha allah
Wow... Hama bunaa ne ehchei ves neyngunu??you are so talented...
Varah reethi
Varah reethi
ވަރަށް ރީތި
ޥަރަށް ރީތި💓
ޝުކުރިއްޔާ ހުރިހާ ކިޔުންތެރިންނަށް.
ވަރަށް ރީތި މިވާހަކަ 😘😘😘😘😘😘
ވަރަށް ރީތި...
މާ ކުރު ތި ވާހަކަ... ޥަރަށް ފޭކު😂😅🙄
ރީތި އަދި ބިރުވެރި. މިރޭ ނުނިދޭނެ އެވެ.މިއަދު ބޭރަށްވެސް ދާކަން ނުކެރޭނ ެ.! 😨😨😱😱😱😱😶
ކަލޯގަޔާ ވަރަށް ސަޅި ވާހަކައެއް އިނގޭ ،ބައެއް މީހުންނަށް ނުފެންނަނީ 'ކުރުވާހަކަ' ޓެގް ، ތިއާތުން ހިތާ ހަމަނުވަންޏާ ވާހަކަ ނުކިޔާ ތިބެބަލަ،އެހެން މީހުންގެ މަސައްކަތައް ބޯވިއްސާ ކުޅުތިލަޑަނީ ތިބެގެން ، ލަދުގަނެބަލަ
ހީވަނީ ހަމަ ޙަޤީޤަތުގައި ވެސް ވީ ކަމެއް ހެން. ވަރަށް ރީތި ވާހަކައެއް 😍
ހަބޭސް އަފާ
Vrh reethi ❤️