2341 67

ނޯޓް: ގައިސް..މި ވާހަކައިގެ ބިރުވެރިބައި ގެންނަން ބޭނުންނުވާތީވެ އެބައި ނުލައި ވާހަކަ ކުރިޔަށްދާގޮތަށް ޕްލޭންކޮށް ރާވާފައި މިހާރުމިވަނީ..ސޮރީ އެހާ ގިނަދުވަސް ކޮއްލާފަ އަޕް ކުރެވުނީމަ..އުންމީދުކުރަން ކަމުދާނެކަމަށް..

“ޝަޓްއަޕް….ޖަސްޓް ޝަޓްއަޕް..” ކުއްލިއަކަށް ކޮޅަށްތެދުވަމުން މޭޒުމަތީގައި މުއްކެވިފައިވާ އަތުން ނިކަން ބާރަށް ޖަހާލަމުން ބުނެލިއިރު ޔުނާން ހުރީ އެ ނުރައްކާތެރި ރުޅީވެރިނަޒަރުން ޒޯހަންއާ ދިމާލަށް ބަލަހައްޓައިގެނެވެ. އެ ރީތި ދެލޮލުން އަލިފާންކަނި ބުރަމުންދާފަދައެވެ. ދެން ޔުނާން ކޮއްލިކަމަކުން އެންމެން ހައިރާންވިއެވެ. ޔައިޝް އާއި ޔާއިން ފިޔަވައެވެ.

ޒޯހަން އާ ހަތަރުކަޅި ހަމަކޮއްލައިގެން ހުރިއިރު އެ ރުޅިވެރިނަޒަރު ފެނި ޒޯހަން ވެސް އެސްފިޔަތައް ތިރިކޮއްލިއެވެ. ދެން ކުއްލިއަކަށް އެއްޗެއް ތެޅިގެންދިޔަ އަޑުފަށްގަނޑަކުން އެންމެން ހައިރާންވިއިރު ދެލޯބޮޑުވިއެވެ. ޔާއިޝް އާއި ޔާއިން ފިޔަވައެވެ. ކާކޮޓަރީ ރެކްމަތީ ބަހައްޓާފައިހުރި ބޮޑު ޓީވީ އާއި ޒީނަތްރެތިކުރުމަށް ބެހެއްޓިފައިވާ ވާސްތައް ބިމައްޖަހާލިއިރަށް ޔުނާންގެ ރުޅި ފިނިވީކަންނޭނގެއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ހިނގާދިޔަ މި ގަބޫލުނުކުރެވޭ މަންޒަރުފެނި ޔުނާންގެ ހުރި ކުޅަދާނަކަމާއި ހަލުހިކަމާއި އެ ބާރުފެނި ހައިރާންވެފައިތިބި އެންމެންގެ ލޮލުގެ ޝިކާރައަކަށް ޔުނާން ވީއިރު ޔުނާން ހުރީ ވަރަށް ހަމަޖެހިލައިގެން ކާކޮޓަރީ ދޮރުގެ ދާރައިގައި އަތް ވިއްދާލައިގެން ހިނިތުންވެލައިގެންނެވެ. ކުރެވުނުކަމަކުން ވަރަށް ހިތްހަމަޖެހިފައިހުރިފަދައެވެ.

“ޔުނާން..އިށީންދޭ…” ކާމޭޒުމަތީ ގޮނޑިއަށް އިށާރާތް ކުރަމުން ޔާއިން ބުނެލުމާއެކު ވަރަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލާފައި ޔުނާން އިށީންދެ ކާންފެށިއެވެ. އެކެއް އެއްވެސް އެއްޗެއް ނުބުނެއެވެ. ކުޑަ ގޮތެއް ހަދައިލައިގެން ޔުނާން ދިއުމުން މިޝެލިންވެސް އަވަސް ގޮތަކަށް ކައި ނިންމާލަމުން ހިނގައިގަތީ ކޮޓަރިއަށެވެ. މިޝެލިން ކޮޓަރިއަށް ވަތްއިރު ޔުނާންއޮތީ ކައުޗްގައި އޮށޯވެލައިގެން ފޯނުކުޅޭށެވެ.

“މިޝެލިން…” މިޝެލިންއަށް ގޮވާލަމުން ޔުނާން ކައިރިއަށް އަންނާށޭ ބުނެ އިށާރާތްކޮއްލުމުން މިޝެލިން ގޮސް ޔުނާން ކައިރީ މަޑުކޮއްލިއެވެ.

“އަން..” މިޝެލިން އަތަށް ފޯނުދެމުން ޔުނާން ބުންޏެވެ.

“މި ކީއްކުރަން؟..އަޅުގަނޑަކަށް ނޭނގެ މި ބޭނުންކުރާކަށް…” އަތުގައި އޮތް ފޯނަށް ބަލާލާފައި ޔުނާންއަށް ބަލާލާފައި މިޝެލިން ބުނެލީ ދެލޯ ބޮޑުކޮއްލާފައެވެ. މިޝެލިންގެ މި ހަރަކާތުން ޔުނާންއަށް ހީލެވުނެވެ.

“އެހެ..ކަމް ހިއަރ…ދަސްކޮއްދޭނަން..” ކައުޗް ގައި އިށީދެފައި ޔުނާން ބުނެލީ މިޝެލިން ކައިރީ އިށީންނަން ބުނެފައެވެ.

“މަންމާ..އަޅުގަނޑު އެހީއެއް ވެދެންތޯ؟..” ގޭތެރެއިން ނުކުމެވެން ހުއްނަ ބެލްކަނީގައި މާގަސްތަކަށް ފެންދޭންހުރި ޒީހާ ކައިރީގައި މިޝެލިން އަހާލިއިރު އެ މޫނުމަތީގައި ރީތި ހިނިތުންވުމެއްވިއެވެ. މިޝެލިން ހޯދަމުންއައި ޔުނާންއަށް އެ އަޑު ވަރަށް ސާފުކޮށްއިވުނެވެ. ރުޅިއައިސްފައިހުރިވަރު ހާމަވެގެންދިޔައީ އެދެލޮލުން ފެނުނު ރުޅިވެރިކަމާއި ކަތުރުކަށިގަނޑަށް ވާންވެގެންދިޔައިރު އަތް މުއްކަވާލައިގެންހުރި ގޮތުންނެވެ. ދިޔަގޮތަށްގޮސް މިޝެލިންގެ އަތުގައި ހިފައިގެން ޔުނާން ކޮޓަރިއަށްދާން ހިނގައިގަތީ ޒީހާއަށް ބަލާލުމެއްވެސްނެތިއެވެ. ކޮޓަރިއަށް ވަދެވެންދެންވެސް ޔުނާން ހުރީ މިޝެލިން އޭނާގެ އަތުން ދޫކޮށްލަން އެދެމުންދިޔައިރުވެސް އެ އަތުގައި ހިފަހައްޓައިލައިގެންނެވެ. ނަމަވެސް ޔުނާން ރުޅިގަދަވެފައިހުރިވަރުން މި ހުރެވުނީ މިޝެލިންއަތުގައި ނުހަނު ބާރަށް ހިފަހައްޓައިގެންކަމެއް ނޭނގުނެވެ.

ކޮޓަރިއަށް ވަދެވުމާއެކު ބަންލާފައި ދޮރުޖަހާލިއިރު ޔުނާން މިޝެލިންގެ އަތުން ދޫކޮށްލައިފިއެވެ. އަދި މިޝެލިންއާ ގާތައް ފިޔަވަޅު އަޅަމުން ދިޔުމުން މިޝެލިންވެސް ދިޔައީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުންނެވެ. ފާރުގައި ގޮސް ބުރަކަށި ޖެހުމާއެކު މިޝެލިން ޔުނާންއަށް ބަލާލީ ދެލޯ ބޮޑުކޮއްލާފައެވެ. އޭރުވެސް ޔުނާން ހުރީ އެ ކަޅުކަންގަދަ ދެ ބުމަ ގޮއްޖަހާލައިގެން އެ ދަމާބާރުގެ އަސަރުއެކުލެވޭ ދެލޯ ހަނިކޮއްލައިގެން މިޝެލިންއާ ދިމާލަށް ބަލާންށެވެ. މިޝެލިންގެ ބޮލާދިމާލުން ތަންކޮޅެއްތިރީގައި ދެއަތް ވިއްދާލަމުން ޔުނާން މިޝެލިންއާ އެއްހަމައަކަށް ގުދުވެލަމުން މިޝެލިންގެ އަޅިކުލައިގެ ދެލޮލާ ހަތަރުކަޅި ހަމަކޮއްލިއެވެ.

” އޭނައާ ދިމާލަށް މަންމަ އޭ ނުކިޔާތި ދެން…” ރުޅިވެރިކަމާއެކު މިޝެލިންގެ ދެލޮލަށް ބަލަހައްޓައިގެންހުރި ޔުނާން ބުންޏެވެ. މިޝެލިން ހައިރާންވިއެވެ. އެ ހައިރާންކަމުތެރޭގައި ހުރެ ހިތުގައި އޮތް ސުވާލު ދުލާއިހަމަޔަށް ގެނެވުނުއިރުވެސް މިޝެލިންއަށް ނޭނގުނުފަދައެވެ.

“އެ ކީއްވެ؟…” މިޝެލިން އަހާލިއިރު ސުވާލުގައިވި ސިހުމާއި އެ މޫނުމަތިން ޔުނާންއަށް ފެނުނީ ވާނުވާ ނޭނގިފައިވާ ފަދަ ކުލަވަރެކެވެ. ޔުނާންގެ ހިތްބުނީ މިޝެލިން ކައިރީގައި އެ ވާހަކަތައް ކިޔާދިނުމަށެވެ. އެއީ އޭނާގެ އަލަތު އަނބިމީހާއެވެ. އިތުބާރުވެސް ކުރެވެއެވެ. އެހެން ނޫނަސް މިހާރު އޭނާގެ ހިތުގައި މިޝެލިންއާ ދޭތެރޭގައި ތަފާތު އިހުސާސްއެއް އުފެދެމުންދެއެވެ. އާވިންދެއް ޖަހަން ފެށިއެވެ. އެހެން އަންހެންކުދިންނަށް ނުދޭ ސަމާލުކަމެއް މިޝެލިންއަށް ދެވެންފެށިއެވެ. ޔުނާންއަށް މި އިހުސާސްތަކަށް ދޭންވީ ކޮން ނަމެއްކަމެއް އަދި ނޭނގެއެވެ. މިއީ ލޯބިކަމެއް އެހެން އެއްޗެއް ކަމެއް އޭނައަކަށް ނޭނގެއެވެ.

“އެއީ..އެއީ އަހަރެންގެ މަންމައެއް ނޫން..” އިސްތިރިކޮށްލާފައި ޔުނާން ބުނެލިއިރު އެއަޑުގައިވީ ވޭންކަމެއް ރުޅިވެރިކަމެއްގެ އަސަރުކަމެއް ދެނެގަންނާކަށް މިޝެލިންއަކަށް ނޭނގުނެވެ. މިޝެލިންއަށް އިހުސާސްކުރެވުނީ އެ އަޑުގައިވި ހުސްކަމެވެ. މިޝެލިންގެ ދެފަރާތުން ފާރުގައި ވިއްދާލާފައި އިން ދެއަތަށް ކުޑަ ދޫކަމެއް ގެނަންނަމުން ޔުނާން ގޮސް އެނދުގައި އިށީތީ ދުރަށްބަލަހައްޓައިގެން އިނދެއެވެ. މިޝެލިންއަށް ޔުނާންއާ އޭނާއާ މެދުގައިވި ހިމޭންކަމުން އުނދަގޫކުރަމުންދިޔައެވެ. އެ ހަމަހިމޭންކަން ކަމަކުނުދިޔައެވެ. ނަމަވެސް އެ ހަމަހިމޭންކަން ފޫއަޅުވާލައި ބުނާނެއެއްޗެއް މިޝެލިންގެ ސިކުނޑިއަކަށް ނައެވެ. ކުރާނެކަމެއް ނޭނގިފައި އެތާ ހުރެވުނީއެވެ. އެހެނަސް ޔުނާން އެ ހަމަހިމޭންކަމަށް ނިމުމަކަށް ގެނައެވެ.

“އަހަރެންގެ އުމުރުން ދިހަ އަހަރުގަ ޑޭޑް ޒީހާއާ އިނދެގެން އައީ..އަހަރެންގެ މަންމަވީ ތަނެއްވެސް ނޭނގޭ..ޑޭޑް ކައިރީ މަންމަގެ ވާހަކަދެއްކިޔަސް ޑޭޑް ހުންނަނީ ރުޅިދުރުވެފަ…އެ ވިޗްއާ ހެދެ ޑޭޑް މަންމަ ދޫކޮއްލީ..އައި ހޭޓް ހާރ…” ވާހަކަދައްކަން ފެށިއިރު އެއަޑުގައިވި ހުސްކަން ފަހު ތަންކޮޅު ބުނިއިރު ރުޅިވެރިކަމުގެ އަސަރަށް ބަދަލުވެގެންދިޔައެވެ. ދެއަތް މުއްކަވާލައިގެން ހުރިއިރު ކަތުރުކަށިގަނޑަށް ވާންވެގެންދިޔައިރު އެދެލޮލުން އަލިފާންކަނި ބުރާލިކަހަލައެވެ. މިޝެލިންއަށް ބުނާނެއެއްޗެއް ނޭނގުނެވެ. ހަމައެކަނި ގޮސް ޔުނާން ކައިރީގައި އިށީންނަމުން އެ އަތުގައި ހިފަހައްޓާލެވުނީއެވެ. ޔުނާން މިޝެލިންއަށް ބަލާލާފައި އެހެން ދިމާލަކަށް ނަޒަރުބަދަލުކޮއްލިއެވެ. ކުއްލިއަކަށް ޔުނާން މިޝެލިންގެ އަތުގައި ހިފަހައްޓާލިއެވެ.

”ޑޭމްއިޓް..އައިމް ސޯ ސޮރީ މިޝެލިން..އަހަންނަކަށް ނޭނގުނު މިހާ ބާރަށްކަމަށް ހިފެހެއްޓުނީ..ވަރަށް ތަދުވޭތަ؟..” މިޝެލިންގެ އަތުގައި އިން ފަސްއިނގިލީގެ ނިޝާން ފެނުމާއެކު ޔުނާންއަށް ބުނެލެވުނީ މިޝެލިންގެ އަތުގައި ހިފަހައްޓާލަމުންނެވެ.

“އިޓްސް އޯކޭ..އެހާ ތަދެއްނުވޭ…” ޔުނާން މިޝެލިންގެ އަތުގައި ހިފެހެއްޓުމުން މިޝެލިން ލަދުގަތްވަރުން ކޯތާފަތަށް ޖަންބުކުލަވެރިވިއެވެ. ޔުނާންއަށް މިކަން ފާހަގަކުރެވުމާއެކު މުޅި ކޮޓަރިތެރޭގައި ފެތުރިގެންދިޔައީ ޔުނާންގެ ފިރިހެންވަންތަ ހުނުމުގެ އަޑެވެ. މިޝެލިންގައިން ހީބިހިނަގައިގެންދިޔައެވެ. އެ ހުނުމުގެ އަޑު މިޝެލިންގެ ކަންފަތަށް މާމުއިފަދައިން ވިރުވައި އަޅަމުންދާފަދައެވެ. މިޔުޒިކަށް ވުރެ އެ ހުނުން މިޝެލިންއަށް އަޑުއަހާލަން ކަމުދިޔައެވެ. ހިނދުކޮޅެއްފަހުން މިޝެލިންއަށް އެއްޗެކޭ ބުނެލާނެ ހިތްވަރުލިބިގެންދިޔައެވެ.

“ކީއްވެތޯ ތި ހެނީ؟..” ޔުނާންގެ ހުނުން ހުއްޓުމުން މިޝެލިން ސުވާލުކޮއްލީ ލަދުގެންފަހުރެއެވެ.

“އެހެ..ރިމެމްބަރ..އަހަރެމެން އެންމެ ފުރަތަމަ މީޓްވި ދުވަސް….އޭރު ހާދަ ކެރެއޭ..އައިމީން އެއްވެސް މީހެއް ދުވަހަކުވެސް އަހަންނަށް އަމުރެއް ނުކުރޭ..ބަޓް ޔޫ ޑިޑް..އެވެސް އަދި ގާލްއެއް..އެންޑް..މިހާރު މިޝެލިން ހީވަނީ ލަދުގަހެއްހެން..އަހަރެން އެއްޗެކޭ ބުނެލާއިރަށް މޫނު ހުންނަނީ ރަތްވެފަ..އައި ލައިކް ދެޓް ޗެލެންޖިންގ ގާލް އައި މެޓް ފަސްޓް..” އެދިވެސް ހެމުންކަހަލަގޮތަކަށް ޔުނާން ބުނެލީ މިޝެލިން އިތުރަށް ލަދުގަންނަވާލަން ބޭނުންވުމުންނެވެ. އެ ހުނުން އިތުރަށް ފުންވެގެންދިޔައީ މިޝެލިންގެ މޫނު ބީޓްރޫޓްކޮޅެއްހާ ރަތްވެގެންދިޔަތަންފެނުންނެވެ.

“އައި ހޭޓް ޔޫ…” މިޝެލިން ބުނެލީ ވައިއަޑުންނެވެ. ނަމަވެސް ޔުނާންއަށް އެއަޑު ވަރަށް ރީތިކޮށް އިވުނެވެ.

“ޔޫ ލަވް މީ..” މިޝެލިންގެ މޫނާ ނުރައްކާތެރިދަރަޖައަކަށް ކައިރިވެލަމުން ޔުނާން ބުނެލިއިރު އެ ދެލޮލުގައިވި ލާނެތްވިދުވަރެކެވެ. އެ އަޑުގައިވި ޔަގީންގަކަމަކުން މިޝެލިންއަށް އޭނާގެ އިހުސާސްތައް ޔުނާންއަށް އެނގެއްޖެކަން އެނގުމުން އެ ހިތް ތެޅިލައިގެންދިޔައެވެ. މިޝެލިންގެ ސިކުނޑި އެވަގުތު ބުނަމުންދިޔައެވެ. ހިތްވަރުކޮއްފައި ތި ހިތުގައިވާ އިހުސާސްތައް ބުނާށޭވެ. ލަދަކާހުރެ ތަދެއް ނުފިލާނެއޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އަދި ވަރަށް ހިތްވަރުކޮށްފައި ނޭވާހިފަހަށްޓާލަމުން ބުންޏެވެ.

“އައި ލަވް ޔޫ.. ” މިޝެލިން އެހެން ބުނެލުމާއެކު ޔުނާންގެ ހުނުން ހުއްޓުނުއިރު އެ މޫނުމަތިން ފެނިގެންދިޔައީ ގަބޫލުކުރަންދަތި އަސަރެކެވެ. ނަމަވެސް އޭނަގެ ހިތުގައިވެސް މި ނާޒުކު އަންހެންކުއްޖާއަށް ވަނީ މި އިޙުސާސްތައް ކަން އޭނާއަށް ދެނެގަނެވުނީ މިޝެލިން އެ ތިންބަސް ބޭރުކޮއްލިއިރު އޭނާގެ ހިތްތެޅިގެންތިޔަގޮތުންނެވެ. ކުރެވުނު އިހުސާސަކުންނެވެ. ލިބުނު ހަމަޖެހުމަކުންނެވެ. އެވަގުތު ޔުނާންގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއްވެރިވެގެންދިޔައެވެ.

“ޔޫ އާ ޑިފަރެންޓް..ބަޓް ޔޫ ނޯ ވަޓް..” މިޝެލިންގެ ކަންފަތާ ދިމާލަށް ގުދުވެލަމުން ޔުނާން ބުންޏެވެ. މިޝެލިންއަށް ނޭވާ ހިފަހައްޓާލެވުނީ ޔުނާން އޭނައާ އެހާ ކައިރީގައިހުރުމުންނެވެ.

“އައި ލަވް ޔޫ ޓޫ……” އެ ތިންބަސް ޔުނާންގެ ދުލުން ބޭރުވިއިރު މިޝެލިންގެ ގައިން ހީބިހިނަގައިގެންދިޔައީ ޔުނާން ބުނެލިއިރު އެ އަޑުގައިވި އަސަރަކުންނެވެ. ދެމީހުންގެ އަތް ލާމެހިގެން ދިޔައިރު ޔުނާން މިޝެލިންގެ އަޅިކުލައިގެ ދެލޮލަށް ނަޒަރުހުއްޓާލަމުން ހިނިތުންވެލުމާއެކު މިޝެލިންއަށްވެސް އެ ކަޅުކުލައިގެ ސިހުރެއްފަދަ ދަމާބާރުއެކުލެވޭ ދެލޮލުގެ އެންމެ އަޑިއަށް ފީނައިގަންނަމުން ހިނިތުންވެލިއެވެ. އެރެއިން ފެށިގެން ދެމީހުންގެ ހަޔާތުގެ އާ ބާބެއް ފެށިގެންދިޔައެވެ.

އާ ދުވަހަކަށް މަރުޙަބާކިޔަމުން އިރު ފެނުންތޮޅިލިއިރު ޔުނާންއާ މިޝެލިންގެ ދިރިއުޅުމަށް ބަހާރު މޫސުމެއް އައިސްފައިވާފަދައެވެ. ފަތިސް ނަމާދުކޮށްލައިގެން ދެމަފިރިން އަތުގުޅުވާލައިގެން ބަގީޗާގައި ހިނގާލަންދިޔައިރު ދެކެވެމުންދިޔައީ ދެމީހުންގެވެސް ދިރިއުޅުމުގެ ވާހަކަތަކެވެ.

“އަސްލު މަންމަ ނިޔާވި ދުވަހު ވަޅުލެވުމާއެކުހެން ގެއަށްވެސް ނުދެވެނީސް އަވައްޓެރިއަކު އައިސް ބުނީ އެރޭ ފުރާ ދޯނިން މާލެ ދާން ޓިކެޓު ނަގާފަ އޮތް ވާހަކަ..ދެން އަޅުގަނޑު ޙައިރާންވެގެން ކާކުތޯ މަލެދަނީ އެހީމަ ބުނީ އަޅުގަނޑޭ…އެ އަންހެން މީހާ އަކީ ވަރަށް ހެޔޮ މީހެއް..އަޅުގަނޑާ މަންމަށް ހެޔޮހިތުން އެހީވި ހަމައެކަނި މީހަކީ އެކީ..ފުރަތަމަ އަޅުގަނޑު ވަރަށް ދެކޮޅު ހެދިން..އެކަމަކު އެ އަންހެންމީހާ ވަރަށް ވިސްނާދިނީމަ އަޅުގަނޑު އެއްބަސްވިން ދާން..އޭރު މަންމަ ނިޔާވުމަށްފަހު އަޅުގަނޑަށް މިދުނީޔޭގައިވެސް އަޅާލާނެ ހުރި މީހަކީ އެއީ..އެ ދައްތަ ގެވެސްބަލަހައްޓާ ހުރިހާ ކަމެއް ކުރާނެކަމަށްވެސް ބުނި..އެކަމު އަޅުގަނޑު މާލެ އަންނަން ބޭނުންނުވީ މަންމަގެ ހަދާންތަކާ ދުރަށްދާން ހިތްނޭދޭތީވެ..ދައްތަގެ ހިތްވަރާ އެކީ މިކޮޓަޅަށް އައީ..” އެ ދުވަހުގެ ހިތި ހަންދާންތައް އާކުރަމުން މިޝެލިން ބުނެލިއިރު އެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް ނިކަން އަވަހަށް ކަރުނަތައް ހިންދާލަމުން ހީނލީ ގަދަކަމުންކަހަލަ ގޮތަކެށެ. ޔުނާންވެސް ވާހަކަ ބަދަލުކޮށްލީ އިތުރަށް އެ މަޢުލޫއަށް ވާހަކަ ނުދެއްކުމަށެވެ. އޭނަވެސް މިޝެލިންގެ ހިތްވަރުގަދަކަން ފެނި އަންތަރީސްވެއެވެ.

ހެނދުނު ކެއުމަށް އިންސާފުކުރި ދަނޑިވަޅުގައި އެންމެންގެ ހާޒިރުގައި ޔުނާން ދުވަސްކޮޅަކަށް ބްރޭކެއް ނަގައި މި މާޙައުލާ ދުރައްދާން ބޭނުންވާ ވާހަކަ ބުންޏެވެ. ހަމަ އެ ވަގުތުގައި ޔާއިން އޭނާ އެކަން ހަމަޖައްސާނަން ކަމަށް ބުނެލީ ހިނިތުންވަމުންނެވެ.

“ދަރިފުޅު މިޔަދުން ފެށިގެން ދެ ހަފްތާގެ ބްރޭކެއް ނެގިޔަސް ބައްޕަގެ މައްސަލައެއް ނެތް..ޔައިޝް ވެސް އެ ހުރީނު..އެއްޗެހި ޕެކުކޮށްފަ ބަހައްޓާ..މާދަމައަށް ބައްޕަ ހުރިހާކަމެއް ހަމަޖައްސާނަން…” ޔުނާންއަށް ބަލާލަމުން ޔާއިން ބުންޏެވެ. ޔުނާން ބައްޕައަށް ޝުކުރުއަދާ ކުރިއެވެ.

****
“ޔަޝާ..ޔޫހާ…ދެން ތިހާވަރަށް ދިމާ ނުކޮށްބަދަ…ފަހަރި އެޔޮށް ރަތް ފިނިފެންމަލަކަށް ވަނީއޭ..އެހެ…” ޔަޝާ އާ ޔޫހާ މިޝެލިންއާ ދިމާކުރަމުން ދިޔުމުން މިޝެލިން ލަދުން މަރުވާ ވަރުވެފައި ހުރިއިރު ޔައިޝް ވެސް ބޭރަށް ގޮސްފައި ގެޔަށް ވަންނަމުން ބަގީޗާ ކައިރިޔަށް ދިޔަތަނާހެން އެ ދެމީހުންގެ ކުޅިގަނޑު ފެނި ޔަޝާގެ ކޮނޑަށް އަތްވައްޓާލަމުން ބުނުމާއެކުހެން މިޝެލިންގެ މޫނު ލަދުން ރަތްވިއެވެ. އެވަގުތު ފޯނަށް މީހަކު ގުޅުމުން މިޝެލިން ކޯލު ނަގަން އުޅުމާއެކުހެން ވަރަށް ހުޝިޔާރުވެހުރި ޔައިޝް މިޝެލިންއަތުން ފޯނު ދަމައިގަތީ ޔުނާންގެ ނަން އަރާފައި އިނުމުންނެވެ. އަދި ފޯނު ކަނޑާލިއެވެ. މިޝެލިންއަށް ޔައިޝްއާ ދިމާލަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އޭރު ޔައިޝް ހުރީ ކޮންމެސް އެއްޗެއް މިޝެލިންގެ ފޯނުގައި ލިޔާށެވެ.

“ޔައިޝް..ކީއްތިކުރަނީ؟ ފޯނު ދީ..އަވަސް..” ޔައިޝްއަތުން ފޯނުއަތުލަން އުޅުނު މިޝެލިންއަށް ކާމިޔާބުވާ ގޮތް ނުވީ ޔައިޝް މިޝެލިންގެ އަތު ނުޖެހޭނެހެން މައްޗަށް އަތް ދަމާލުމުންނެވެ. ޔައިޝް ކުރާނެކަމެއް ކުރުމަށްފަހު ފޯނު ސްކްރީން ނިއްވާލާފައި މިޝެލިންގެ އަތަށް ފޯނުލައިދިންއިރު އެދެލޮލުން ފެނުނީ ލާނެތްވިދުވަރެކެވެ. ޔައިޝްއާ ދިމާލަށް ދެބުމަގޮތް ޖަހާލާފައި ބަލާލަމުން މިޝެލިން އޭނާގެ ފޯނު ބަލާލިއެވެ. ނަމަވެސް ޔައިޝް ކަމެއް ކޮއްފައި ނެތުމުން ފުން ނޭވާއެއްލިއެވެ.

“އޫޕްސް..އަހަރެމެންގެ ފަހަރިއަށް ރުޅިވެސް އަންނަން އެނގޭތަ..ހަމަ އެހާވެސް ޔުނާންގެ ކޯލް ނެގުން މުހިންމީތަ..” ލާނެތް ގޮތަކަށް މިޝެލިންގެ ކޮލުގައި ހިފާލަމުން ޔައިޝް ބުނެލިއިރު ޔަޝާ އާ ޔުހާވެސް އަނެއްކާ މިޝެލިންއާ ދިމާކޮށްލިއެވެ. އެވަގުތު އެތަނަށް ވަރަށް ހަލުވިކަމާއެކު އައިސްމަޑުކޮށްލި ޔުނާން މިޝެލިންގެ އަތުގައި ހިފާ ގަޔާ ކައިރިކޮށްލާފައި ކިހިނެއްތޯ އަހާލީ މިޝެލިންގެ ނިތުގައި ބޮސްދީފައެވެ. މިޝެލިން ލަދުގަތްވަރުން ނިކަން އަވަހަށް ޔުނާންއާ ދުރައްޖެހިލިއިރު އެތަނުގައި ގުގުމާލައިގެން ދިޔައީ ޔަޝާއާ ޔޫހާގެ އިތުރުން ޔައިޝްގެ އަޑެވެ. ޔުނާން ދެބުމަގޮށްޖަހާލަމުން އެމީހުނަށް ބަލާލުމާއެކު ޔަޝާ އާއި ޔޫހާގެ ހުނުން ހުއްޓުނެއްކަމަކު ޔައިޝް ދިޔައީ ބަނޑުގައި އަތްއަޅައިގެން ގުދުވެގެން އޮވެ ހެމުންނެވެ. މިޝެލިންއަށް ޔައިޝް އޭނަގެ ފޯނުން ކަމެއް ކުރިކަން އެނގުމާއެކު ޔައިޝް އޭކިޔާފައި ގޮވާލިއެވެ. އޭރު ޔުނާން ހުރީ ވާނުވާގައެވެ.

“އެހެ..އަހަހަ..ޔާން..އެއީ އޭނައެއް ނޫނޭ..އަހަރެން ދެންމެ ކުރި އެއްޗެއް…” އަދިވެސް ހެމުންކަހަލަ ގޮތަކަށް ޔައިޝް ބުނުމާއެކު ޔުނާންއަށް ދެލޯ ބޮޑުކޮށްލާފައި އިރުކޮޅަކުން އެހެން ރުރެފައި ޔައިޝްވެސް ކުރާ ކަންތަކޭ ބުނެލީ އިސްތަށިގަނޑުގައި އަތް ހިންގާލަމުންނެވެ. ކުޑަކޮށް ލަދުގަތީ ކަންނޭނގެއެވެ.

“ޔުނާން..ޔައިޝް ކީއްކުރީތަ؟..” ކަންބޮޑުވެފައިވާ މޫނަކާ އެކު މިޝެލިން އެހެން ބުނުމުން ޔުނާން ކުޑަ ހުނުމަކާއެކު އޭނާގެ ފޯނު މިޝެލިންއަތަށް ދިނެވެ. ޔައިޝް އޭނާގެ ނަމުގައި ވަރަށް ހަނދާންވާ ވާހަކައާ އި ލޯބިވާ ވާހަކަ ބުނެފައި ބަގީޗާ ކައިރިއަށް އައުމަށް ބުނެފައި އޮތެވެ. އަދި ވަރަށް ބޮލުގައި ރިއްސާވާހަކަވެސް ބުނެފައި އޮތެވެ. މެސެޖު ކިޔާލުމާއެކު މިޝެލިން ގަތް ލަދުން މޫނު ރަތްވިނަމަވެސް ޔައިޝް އާ ދިމާލަށް ބަލާލާފައި ދެބުމަ ގޮއްޖަހާލީ އެ އަސަރުތަށް މޫނުމަތިން ފޮރުވަމުންނެވެ.

“އަހަ…ފަހަރި ތިހާ ލަދުގަންނާކަށް ނުވާނޭ…ތިއްތިބެ ވެސް ފަހަރި ދެކެ ލައިކް ވީ މާ ލަދުގަންނާތީވެ ދޯ..” ހީލާފައި ޔަޝާ ބުނެލުމާއެކު ޔައިޝް ޔަޝާގެ ނިތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން މަޝުމަޑުން ކޮއްޕާލިއެވެ.

“ކޮޔާ ލައިކް އެއް ނޫނޭ..ލޯބިން..” އެހެން ބުނެލުމާއެކު މުޅި ތަނުގައި ގުގުމާލާއިގެން ދިޔައީ އަނެއްކާވެސް އެމީހުންގެ ހުނުމުގެ އަޑެވެ. ޔުނާންއާ މިޝެލިން ފިޔަވައެވެ. ދެމީހުންވެސް ތިބި ދެލޯ ހަނިކޮށްލައިގެން އެ ތިންމީހުނަށް ބަލާށެވެ.

“އައްޗާ..ދެމީހުން ބަލާނީވެސް އެއް ގޮތަކަށް ދޯ…ވާއު..ސޯ ސްވީޓް..”

“ޔައިޝް..ޔަޝާ..ޔޫހާ..ދެން ކޮންކަމެއް..ކުޑަ ކުދިން ތަކަކަށްވުރެ ތި ތިންމީހުންގެ ކަންތައް ބޮޑޭ..އަހަރެންގެ މިޝެލިން ލަދުގަންނަވާކަށް ނުވާނޭ ރިވަރަށް…ބަލާބަލަ..މިހާރުވެސް އެއޮށް ލަދު ގަހެއްހެން ވިރެނީ..ދެން އަހަރެން މޮޔަވެދާނެއްނު ތިވަރަށް މިޝެލިން ލަދުންނަވަންޏާ..ދޯ ބިއުޓިފުލް؟..” މިޝެލިންގެ ކޮނޑަށް އަތް ވައްޓާލަމުން ޔުނާން ބުނެލީ މިޝެލިން ލަދުގަންނަވާލަން ބޭނުންވުމުންނެވެ.

“ޔުނާންން..” އޭ ކިޔާފައި މިޝެލިން ގެއަށް ވަންނަން ހިނގައިގަތުމުން އެ ހަތަރު ބެއިންގެ ހުނުމުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ.
****
ދެ ހަފްތާ ފަސް

އެއަރ ޕޯޓުން ނުކުމެގެން އައި ދެ ޒުވާނުންނަށް އެތައް ބައެއްގެ ނަޒަރެއް ހުއްޓެމުންދިޔައެވެ. އެ ދެމަފިރިންގެ ރީތިކަންފެނި ބައެއް މީހުންގެ ހިތް ތައުރީފުކުރަމުން ދިޔައިރު އަނެއްބައި މީހުންގެ ދެމުންދިޔައީ ހަސަވެރިކަމުގެ ނަސަރުތަކެވެ. އެތަނުން ނުކުންނަމުން ދިޔަ އެހެން އަންހެން ކުދިން އެ ފިރިހެންވަންތަ ޒުވާނާގެ ސަމާލުކަން އަތުލެވޭތޯ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން ވީ ފޫނެއްފަޔަށް ފެން ފުރުންފަދަ ކަމަކަށެވެ. ސަމާލުކަން ނުލިބުނުތާގައި ނަޒަރެއްގެ ހިސާބުވެސް ނުދިނެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވީ އޭނާ ކައިރީގައި ހުރި ލޯބިވާ އަނބިމީހާއަށެވެ. އެ އަޅިފެހިކުލަ އަރަމުންދިޔަ ދެލޮލުގެ ވިދުން ގަދަވެފައި ކަޅިރަވައިގެ ރީތިކަމާއެވެ. އެ ބޮޑު ދެލޮލުގެ ބިއްލޫރިކޮޅެއްފަދަ ކަޅި ހިމާޔާތްކުރުމުގައި ބޯ އެސްފިޔަތަށް ހަރަކާތްތެރިވަމުންދިޔައެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައިވާ ކަޅުރޭގަނޑެއްފަދަ ފަން އިސްތަށިގަނޑު ވައިގެ ސަމާސާތަކާއެކު ލޮލަށް ނިވާ އަޅާލުމާއެކު އެ ހިމަ ހޯލިކޮޅެއްފަދަ އިނގިލިތަކުން އެއްފަރާތް ކޮއްލައެވެ. އެ ޒުވާނާ ލާނެތް ހިނިތުންވުމަކާއެކު އެއްޗެކޭ ބުނެލުމާއެކު އެ އަންހެންކުއްޖާގެ ތުންފަތަށް ވީ ގޮތަކުންނާއެކު އެސްފިޔަތަށް ތިރިކޮށްލިވަގުތު މޫނުމައްޗަށް ވެރިވި ޖަންބުކުލައިން އެ އަންހެންކުއްޖާގެ މޫނުމަތިން އަމީރާއިންގެ ރީތިކަން ފެންނަން ހުއްޓެވެ.

“ޔުނާން…” މިޝެލިން ގޮވާލީ ‘ ދެން ތި ކިޔާއެއްޗެއް ހުއްޓާލާށޭ ‘ އެހެން ބުނާ ގޮތަކަށެވެ. ކުޑަ ހުނުމަކަށްފަހު ޔުނާން އެއްބަސް ވުމުން މިޝެލިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

ހިސާބަކަށް ދެވުނުތަނާހެން ޔުނާންގެ ގައިގައި އަޅައިގަތް ފުދޭވަރަކަށް ދުވަސްވެފައިވީ އަންހެނަކު އަރިއަޅާލިއެވެ. މުސްކުޅިއެކޭ ނުބުނެވޭނެއެވެ. ގާތްގަނޑަކަށް ސާޅީސް ދެއަހަރުވެދާނެއެވެ. އެ އަންހެންމީހާގެ ކޮނޑުގައި ހިފައްޓާލުމާއެކު ޔުނާންއަށް ލިބުނީ ސިހުމެކެވެ. މޫނުގެ އެއްފަޅި ވަނީ ހަލާކުވެފައެވެ. އަނދާފައިކަން ނޭނގެއެވެ. ނަމަވެސް އެ އަންހެން މީހާގެ މޫނުގެ އަނެއް ފަޅިއަށް ބަލާލުމުން އެއީ ނުހަނު ރީތި މީހެއްކަން އެނގޭނެވެ. އެ އަންހެން މީހާއާއި ހަތަރުކަޅި ހަމަކޮށްލެވުމާއެކު ޔުނާންގެ ހިތް ތެޅިލައިގެންދިޔައީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ. ހަރަކާތެއް ގެންނަން ނޭނގިފައި އެ އަންހެން މީހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
އެ އަންހެންމީހާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއެކު ޝުކުރުއަދާކޮށްފައި އެތަނުން ދިޔައިރުވެސް ޔުނާންއަށް ވިސްނަން ހުރެވުނެވެ.

“ޔާން! ކިހިނެއްވީތަ؟ ޔާންއަށް އެ ދައްތަ އެނގެނީތަ؟ ..” ޔުނާންގެ މޫނަށްވެރިވެރިވެފައިވާ ކުލަވަރުފެނި މިޝެލިންއަށް ބުނެލެވުނެވެ.

“ނޭނގެ މިޝެލިން..އެކަމު ނޭނގެ ކީއްވެކަމެއް..ހިތުގެ ކަނަކުން ބުނާހެން ހީވޭ އެއީ ދައްނަ މީހެކޭ..ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކޭ އަހަރެންނާ…އެކަމު އެއީ އަހަރެން ދަންނަ މީހެއް ނޫން…އަދި އަލަށް އެ ސޫރަމި ފެނުނީވެސް..” ދެބުމަ ގޮއްޖަހާލައިގެން ހުރެ ޔުނާން ބުނެލީ އެއީ އޭނާ ދަންނަ މީހެއްތޯ އޭނަގެ ހަނދާނަށް އާދޭތޯއެވެ. އެކަމަކު ކާމިޔާބުވާގޮތެއްނުވިއެވެ. އެއަންހެން މީހާ ފެނިފައި ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. މުޅި މީހާ ފިނިވިއިރު ކުރެވުނީ ބަޔާންކުރަންދަތި އަސަރެކެވެ.

“ވެދާނެއްއެއްނު ތީ ހީވި ހީވުމަކައްވެސް..” ކަންބޮޑުވުމާއެކު މިޝެލިން އެހެން ބުނުމުން ޔުނާން ހީލާފައި ދެން އަޅާނުލުމަށް ބުނެލީ މިޝެލިން އިތުރަށް ހާސްކުރަން ބެނުން ނުވުމުންނެވެ. އަދި ދެމީހުންވެސް އީދަންގެ ކާރުގައި ‘އޯޝެން ގްލޮސް’ އަށް ދާން މިސްރާބުޖެހީ ގޭ އެންމެންނަށް ސަޕްރައިޒެއް ދިނުމަށެވެ ނަހީކްވެސް ކާރުގެ ކުރީ ސީޓުގައި އިނެވެ. އަނގަހުއްޓާނުލައި ވާހަކަދައްކަމުން ދިއުމުން އެންމެ ފަހުން ޔުނާން ނަހީކްގެ ބޮލުގެ ފުއްކިބައިގައި ޖަހާލަމުން މައިތިރިވާށޭ ބުނެލިއެވެ.

“އައްދޯއި ޔާން…ތަދުވެއްޖޭ..” އިސްތަށިގަނޑުގައި އަތް ހިންގާލަމުން ނަހީކް ބުނެލީ ޔުނާންއަށް ލޯ އަޅާލަމުންނެވެ. އެވަގުތު މިޝެލިންގެ ހުނުމުގެ އަޑު މުޅި ކާރުތެރޭގައި ގުގުމާލައިގެންދިޔައެވެ.

****
“ސަޕްރައިޒް…” ގެއަށް ވަދެވުމާއެކުހެން ޔުނާންގެ ބަދަލު އިވުނީ އީދަންއާ ނަހީކްގެ އަޑެވެ. ޔުނާން ދެފަރާތަށް ބޯހޫރާލަމުން މިޝެލިންގެ އަތުގައި ހިފައިގެން ކާބަޔަށްދިޔައީ މިގަޑީގައި އެންމެން ތިބޭނީ ކެއުމަށް އިންސާފުކުރުމުގައިކަން އެނގޭތީއެވެ. ނަމަވެސް ޔުނާންގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ.

“މިޝްކާ؟ ޒިއްކު!!..” ހައިރާންކަން އުފާވެރިކަމަށް ބަދަލުވެގެންދިޔަ ވަގުތު ޔުނާންއަށް ބުނެލެވުނެވެ. އަދި ޔައިޝް ކައިރީގައި މަޑުކުރަމުން އޭނާގެ އަންހެނުން މީޝްކާ އާއި އެދެމީހުންގެ ތިން އަހަރުގެ ދަރިފުޅު ޔަޒްކާން ފެނިފައި ޔުނާންއަށް ބުނެލެވުނެވެ.

“އެހެ..އެސް ޔާން..ސޮރީ އެނގެ ވެޑިންގއަށް ނާދެވުނީމަ..މާމަ ބަލިވެއުޅޭތީވެ ނުދެވުނީ..” އިސްޖަހާލަމުން މިޝްކާ ބުންޏެވެ. ކަޅިރަވަ ޗާލު ހިމަތޮޅި ހަށިގަނޑެއްގެ ވެރި ފތްމިންޏެއްފަދައެވެ. ދެލޮލުގައިވީ ތަފާތުވިދުމެކެވެ. ބޯ އެސްފިޔަތަކުގެ ނިވަލުގައިވީ ކަޅުކަންކަންގަދަ ކަޅިއެކެވެ. ކަޅުކުލައިގެ ދިގު އަބާޔާއެއް ލާފާއިވާއިރު ކްރީމްކުލައިގެ ޝޯލެއްއަޅާފައިވުމުން އެ ވަށްމޫނުގެ ރީތިކަން އިންތިހާއެވެ.

“އެއީ މއްސަލައެއްނޫނޭ މިޝޫ…ޒިއްކު..” މިޝްކާގެ އުނގުގައި އިން ޔަޒްކާން އުރާލަމުން ޔުނާން ގޮވާލިއެވެ. މަޢުސޫމު ދެލޮލަކާއެކު ޔުނާންއަށް އެބަޑު ބޮޑު ދެލޮލުން ބަލަހައްޓައިގެންހުރި ޔަޒްކާންގެ ކޮލުގައި މިޝެލިން ހިފާލިއެވެ. މިޝެލިން ފެނުމާއެކު ޔަޒްކާން ކުއްލިއަކަށް މިޝެލިންއާ ދިމާލަށް އަތް ދިއްކޮށްލުމުން ހީލާފައި މިޝެލިން ޔަޒްކާން އުރާލިއެވެ. އެވަގުތު އެ ކުޑަ ކުޑަ އަތުން މިޝެލިންގެ މޫނުގައި ނުހަނު މަޑުން ފިރުމާލާފައި ދެލޯބޮޑުކޮށްލާފައި މިޝެލިންއަށް ބަލާލިއެވެ. އަދި އަނގަ ވައްކޮށްލިގޮތުން އެބުނީ ވާއު އޭކަން އެންމެންނަށް ނަގައިގަނެވުމާއެކު މުޅި ކާކޮޓަރީގައިވެސް ގުގުމާލައިގެން ދިޔައީ ހުނުމުގެއަޑެވެ.

***
“ފައިއްޓޭ…ކައެ މޮޅުއެއްޗެއް ހަދާބެ ނިކަން…އޭނައަށް އެހެން އުފަލުން ހުންނަތަން ދެކޭކަށް މައެ ބޭނުމެއް ނޫން…އެއީ އަހަރެންމެ މީހެއް..ހަމަ އެކަނި އަހަރެންގެ..މިޝެލިން އަހަރެންގެ މީހަކަށް ނުވެއްޖިއްޔާ އެ ޔުނާންގެ މީހަކަށްވެސް ނުވެވޭނެ..” ރުޅިވެރިކަމުން ފުރިގެންވި ގޮތަކަށް ފާރުގައި އެތިފަހަރެއް ވީއްލާލަމުން އެ ޒުވާނާ ބުނެލިއެވެ. ދިގު އިސްކޮޅެކެވެ. އިސްތަށިގަނޑު ކޮނޑާ ހަމަޔަށް ދިގުކޮށްލާފައި އޮތްއިރު އަތުގައި ދެތިން ޗޭނުފަށް އަޅާފައިވެއެވެ. އިސްތަށިގަނޑު ރީތިކޮށް ކޮށާލާފައި ތަންކޮޅެއް ހަރުދަނާކަން ހުރިހަމަ ހުރިނަމަ ރީތި މީހަކަށް މި ޒުވާނާ ވާނެކަން ގައިމެވެ.

“ބޮސް..އޭނަ އެ އުޅެނީ ޔުނާންއާ އިނދެގެނެއްނު…”

“އެއީ ކަލޭ ބަލަންޖެހޭ ކަމެއް ނޫން..ވީހާވެސް އަވަހަކަށް އެ ދެމީހުންގެ ތެރެއިން އެކެއްގެ ދުވަސްދުއްވާލަންވީ..މިޔޮތީ ފޮޓޯ..ތިން ދުވަސްތެރޭ މިކަން ވާންޖެހޭނެ..އޭރުން ކައޭގެ ފައިސާ ކައެއަށް ދޭނަން..” އެޒުވާނާގެ މޫނުމައްޗަށް ފޮޓޯގަނޑެއް އެއްލަމުން އެ ޒުވާނަކު އެހެން ބުނެފައި ދިޔައީއެވެ.
***
“ޔުއިން..އަހަންނަށް ކީއްތަކުރެވުނީ ޔުނާންއަށް؟ އޭނާ ރަނގަޅަށް ނުބެލުނީތަ؟ އަހަރެންދެކެ އެހާ ނަފްރަތުއެކުރަނީ ހައިރާ ދިޔައީމަރަ؟ ހައިރާ މިޔަދު ދުނިޔޭ ހުރިނަމަ…އެބިރުވެރި ހާދިޘާ މިޔަދުވެސް ލޯމައްޗަށް ފެންނަކަހަލަ…ޔުނާން ސަލާމަތްކުރަން އެ ދުވަހު އުޅުނުގޮތް މި ދެލޮލުން އަހަރެން ދުށީން..އެދެލޮލުން ފޭބިކަރުނަތަކާއި އެވޭނީ ރުއިމުގެ އަޑު މިޔަދުވެސް އަހަރެންގެ ކަންފަތަށް އިވޭ ކަހަލަ..ހައިރާގެ އަނދާފައި އޮތް މަސްގަނޑުފެނިފައި އެދުވަހު އަހަރެން ހާދަ ދެރައެއްވިއޭ..އެދުވަހު އަހަރެންގެ ފިރިމީހާވެސް ނިޔާވީ..ހައިރާ މިޔަދު ހުރިނަމަ…ޔާއިން އަހަރެންގާތު އިންނަން އެހީ އެކުދިންނަށް މައެއްގެ ލޯބި ބޭނުންވާނެތީކަން އެނގޭ..އެކަމު އަހަންނަށް އެކަމެއް ނުވި..އަހަންނަށް މަޢާފުކޮއްދީ..” ޔުނާންގެ އަމަލުތަށް ހުންނަގޮތުން ދުވާލެއްގެ މަތިން އެތައްފަހަރެއްގައި ޒީހާގެ ހިތުގައިޖެހެއެވެ. ޔުނާން އެހާވަރަށް އޭނާއަށް ނަފުރަތުކުރާތީވެ އޭނާ ނުހަނުދެރަވެއެވެ. ޔަޝާ އާއި ޔައިޝް އޭނާއަށް އެންމެ ކުޑަމިނުން މަންމާއޭ ކިޔާލާފައި ގޮވާލައެވެ. ނަމަވެސް ޔުނާން މަންމަ ކީއްކުރަން ދޮންމާންމާއޭ ކިޔާލާފައި ގޮވާލި ހަނދާނެއް އޭނާގެ ހަނދާނަކުނެތެވެ.

މީގެ ސަތާރައަހަރުކުރިން ދިމާވެފައިވާ އެ އަލިފާނުގެ ޙާދިޘާ އިއްޔެވީކަމެއްހެން މިޔަދުވެސް ޒީހާގެ ދެލޮލަށް ފެންނަފަދައެވެ. ހައިރާގެ އަންދާފައިވާ މަސްގަނޑާއެކު ނެރުނު އޭނާގެ ފިރިމީހާގެ މިސްގަނޑެވެ. އޭރު ދިހަ އަހަރުވެފައިވާ ޔުނާންއަށް ބޮލަށް ލިބުނު ގެއްލުމެއްގައި ތިންމަސްދުވަހުގައި ކޯމާއެއްގައި އޮވެފާ ހޭއެރިގޮތަށް ހަނދާނުގެ ބޮޑުބައެއް ފޮހެވިފައިވާކަން އެނގުމުން ޔާއިންއަށް ރޮވުނުގޮތެވެ. ޒީހާކައިރިން ޔާއިން ކައިވެންޏަށް އެދުނުގޮތެވެ. އެ ހުރިހާކަމެއް ހަނދާންވުމުން ޒީހާއަށް ވޭނީ ގިސްލުމަކުން ގިސްލެވެންފެށުނެވެ.

“ޒީހާ..އެއީ ޒީހާގެ ކުށެއްނޫނޭ…ޒީހާއަށް އަހަރެން މިޔަދުވެސް ޝުކުރުވެރިވަން..ހައިރާ ނިޔާވުމަށްފަހު އަހަރެންނަށް ހިއްވަރުދިން ހަމައެކަނި ފަރާތަކ ތީ..އެކަމަކު އަހަންނަށް ދުވަހަކުވެސް ހައިރާ ނޫން ދެވަނަ މީހަކުދެކެ ލޯތްބެއް ނުވެވޭނެ..” މަޑު އާހަކާއެކު ޔާއިން ބުންޏެވެ.

“އަހަންނަށްވެސް..” ޒީހާ ބުންޏެވެ.

*********

ޔުނާންއާ މިޝެލިންގެ އިތުރުން ޔައިޝް ، މިޝްކާ އަދި ޔަޒްކާން ހަވީރު ހިނގައިލަން ނުކުމެ އުޅުނީ ޔަޒްކާން މާވަރަކަށް ފޫހިވެގެން ރޯތީއެވެ. ޔައިޝް އާ މިޝްކާ ޔަޒްކާން ގޮވައިގެން ޕާކަށް މިސްރާބުޖެހުމުން ޔުނާންއާ މިޝެލިން ހިނގައިގަތީ ތަންކޮޅެއްދުރުގައިހުރި ޖުގޯ ވިއްކާ ތަނަކަށް ދިއުމަށެވެ. ހަވީރުގެ ވަގުތުކަމުން ގިނައީ ކުޑަކުދިން ގޮވައިގެން ނުކުމެއުޅޭ މީހުންނެވެ. ހުރަސްކަނޑަން ދިޔަ ވަގުތުގައި ވަރަށް ބާރަށް ދުއްވާފައި އައި ކާރެއް އައި ހަމަ ސީދާ މިޝެލިންމެންނާ ދިމާލަށެވެ. ޔުނާންއަށް ހަރަކާތެއް ކޮއްލެވުމުގެ ކުރިން މިޝެލިން ޔުނާންގެ ބުރަކަށީގައި އަތް އަޅާ އަތުހުރި ބާރެއްލާފައި ޔުނާން ކޮއްޕާލިއެވެ. އެވަގުތު އެ ކާރުގައި ޖެހިފައި މިޝެލިން ވިއްސައިގެން ގޮސް މަތަވީ ޕާކުކޮއްފައި އޮތް ޕިކަޕެއްގައި ޖެހިފައެވެ. އެވަގުތު ޖެހުނުގޮތަކުން ބިންމައްޗަށް ވެއްޓުނުއިރު މިޝެލިންގެ ބޮލުން ލޭގަނޑު އޮހިގަތެވެ.

ކުއްލިސިހުމެއްގެ ތެރޭގައިވީ އެންމެންނަށްވެސް މި ހިނގާދިޔަ މަންޒަރު ބަލަން ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ. އޭރު އެކާރު ބާރު ސްޕީޑުގައި އަނބުރާލާފައި މަގަކަށް އަޅައިފިއެވެ. ހިތް ނެގިނެގިފައި ޖަހަމުންދިޔައިރު ދުވެފައިކަހަލަ ގޮތަކަށް ޔުނާންއަށް ގޮސް މިޝެލިންގެ ކައިރީގައި މަޑުކުރެރިއެވެ. ޑޮކުޓަރެއް ނަމަވެސް މިޝެލިންއަށް ވެފައި އޮތްވަރު ފެނިފައި ޔުނާންއަތް “ނޫން” އެހެން ކިޔާފައި ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު އެދެލޮލުން ކަރުނަހިލުނީ މިޝެލިން އޭނާއާ ވަކިވެދާނެއޭ ހިތަށް އެރުމުންނެވެ.

“އެކްސްކިއުޒް..އަވަހަށް އެ އަންހެންކުއްޖާ ކާރަށް އަރުވާ..ވަގުތެއް ނެތް..” ކައިރިން ހާސްކަން އެކުލެވިފައިވާ ފިރިހެނެއްގެ އަޑުއިވިފައި ޔުނާން އިސްއުފުލާބަލާލިއެވެ. އެއީ ޒުވާން ފިރިހެނެކެވެ. އޭނާގެ ކައިރީގައި ހަތްވަރަކަށް މަހުގެ ބަނޑަކާއެކު ހުރީ އަންހެންކުއްޖެކެވެ. ޔުނާން ހިތްވަރުކޮށްފައި ބޯޖަހާލަމުން މިޝެލިން އޭނާގެ އަތްދަނޑިމައްޗަށް ނަގަމުން އަވަސް ހިނގުމެއްގައި ގޮސް އެތާގައި އޮތް ކަޅުކުލައިގެ ބީ.އެމް.ޑަބްލިއު ޕްރައިވެޓު ކާރުގެ ފަހަތަށް އެރިއެވެ.

“ބްލޫމްސް ހޮސްޕިޓަލަށް…” ކުރެހިފައިވާ އަޑަކުން ޔުނާން ބުންޏެވެ. އޭރު އޭނާލައިގެންހުރި އަޅިކުލައިގެ ގަމީސް މިޝެލިންގެ ބޮލުން ފައިބަމުންދިޔަ ލޭތަކުން ފޯވަމުންދިޔައެވެ. އަވަސް އަވަހަށް ފޯނުނަގަމުން ޔައިޝްއަށް ގުޅުމަށްފަހު ޙަބަރުކިޔައިދޭން އުޅުނުނަމަވެސް ޔުނާންއަށް ކިޔައިދެވޭގޮތެއްނުވިއެވެ.

“ޔައިޝް..މިޝެލިން…މިޝެލިން…..” އެންމެ ފަހުން ޔުނާންއަށް ކިޔައިނުދެވުމުން ކުރީ ސީޓުގައި ދުއްވަން އިން ޒުވާނާއާއި ޖެހިގެންއިން ސީޓުގައި އިން އަންހެންކުއްޖާ ފަހަތަށް އެނބުރިފައި ޔުނާންގެ އަތުން ފޯނުނެގިއެވެ.

“އައްސަލާމު ޢަލައިކުމް..މީ ‘ބްލެކްރޯޒް’ ކުންފުނީގެ ވެރިމީހާގެ ދަރި އައިޝަމްގެ އަންހެނުން އައިލީން..މި އުޅެނީ ދެންމެ މިތަނުގައި ހިނގި އެކްސިޑެންޓެއްގައި މިޝެލިން ކިޔާ އަންހެންކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެގެން..އޭނާގެ ހެޔެއްވެސް ނެތް..ބޯ ފަޅައިގެން ގޮސްފައިވާއިރު ލޭ މަނާނުވާވަރަށް ލޭ ބޭރުވަމުންދޭ އެބަ..” ހާސްކަންއެކުލެވިފައިވާ އަޑަކުން އައިލީން ބުންޏެވެ.

“ވަޓް..މިޝެލިން އެކްސިޑެންޑްވީ އޭ؟!!..އަހަރެމެން މިދަނީ ބްލޫމްސް ހޮސްޕިޓަލަށް..ޔުނާންއަށް ހިތްވަރުކުރުމަށްބުނޭ..ބުނޭ ވަގުތެއްނެތޭ..އަވަހަށް މަސައްކަތް ފަށާށޭ….” ހާސްކަން އެކުލެވިފައިވާ އަޑަކުން އެކޮޅުން ބުނެލުމާއެކު ފޮނުކަނޑާލީއެވެ.

“ޔުނާން..އޭނާބުނީ ހިތްވަރުކުރުމަށް…ވަގުތެއްނެތޭ..އަވަހަށް މަސައްކަތްފަށާށޯ…” ފަސްއެނބުރި ހުއްޓުންއަރާފައިވާ ޔުނާންއަށް ބަލާލަމުން އައިލީން ބުންޏެވެ. މިޝެލިންއަށް ބަލާލާފައި އައިލީންއަށް ބަލާލަމުން ޔުނާން ބޯޖަހާލިއެވެ. އައިލީންގެ އަޅިފެހިކުލައިގެ ކަޅިފެނުމުން އޭނާގެ ލޯކުރިމަތިން ފެނިލީ މިޝެލިންގެ އަޅިފެހިކުލައިގެ ކަޅިއެވެ. އެވަގުތު އެހިތް ތެޅިލައިގެންތިދައެވެ. އަވަސް އަވަހަށް މަސައްކަތްފެށީ ވަގުތު ކުޑަތަންވަމުން އަންނަކަން ޙުދު އޭނާއަށްވެސް އިޙުސާސްކުރެވުމުންނެވެ. ގެއްލިގެންދާ ކޮންމެ ސިކުންތުކޮޅަކީވެސް މިޝެލިންގެ ފުރާނަ ނުރައްކަލަކަށް ހުށއަޅައިލެވޭ ފުރުސަތެކެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. މިޝެލިން އޭނާއާ އުމުރަށް ވަކިވާތަން ބަލަން ޔުނާންގެ ހިތަށް ކެތެއްނުވާނެއެވެ.

މިޝެލިންގެ އަތުގައި ހިފަހައްޓާލަމުން ވިންދުހުރިވަރު ބަލާލިއިރު ވިންދުޖަނީ ވަރަށް މަދުންނެވެ. އޭރު މިޝެލިންގެ ބޮލުން ފައިބަމުންދިޔަ ލޭތަށް މަދުވުމުން އެ މޫނުގެ ފިޔާތޮށިކަން ކެނޑި ހުދުކުލައަކަށް އަރަން ފެށިއެވެ.

“ނޫން!!!!..” މުޅި ކާރުތެރޭގައި ގުގުމާލައިގެންދިޔައީ ޔުނާންގެ ހަޅޭކުގެ އަޑެވެ. އޭރު ބްލޫމްސް ހޮސްޕިޓަލުކައިރިއަށް އައިޝަމް ކާރު މަޑުކުރަނީއެވެ. އައިޝަމްއާއި އައިލީންވެސް ދިޔައީ ސިއްސައިގެނެވެ. ފަސްއެނބުރި ޔުނާންއާ ދިމާލަށް ބަލާލެވުމާއެކު އެދެމީހުންވެސް ދެލޯ ބޮޑުކޮށްލެވުނީ ހާސްކަމާއެކުގައެވެ.

“ނޯ ނޯ ނޯ..ދިސް ކާންޓް ބީ ހެޕަނިންގް..ޔައިޝް..މިޝެލިން..ހިތް މަސައް……” ކާރުގެ ދޮރުހުޅުވާލާފައި މިޝެލިން ޔައިޝްގެ އަތްދަނޑި މައްޗަށް ނަގުމުން ޔުނާން ބުނަންއުޅުނެވެ. ނަމަވެސް ޔުނާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިނ އެ ބުނަން އުޅެނީކީކޭކަން އެނގުމާއެކު ދެފަރާތަށް ބޯހޫރާލާފައި ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ.

ޔުނާން އެދިޔަ ބާރުމިނުގައި އައިސީ ޔޫ އަށް ވަދެގެން ދިޔައިރު އޭނައަށް ފެނުނީ އާ މަންޒަރެއްނޫނެވެ. މިއީ ކިތަންމެ ފަހަރަކު އޭނަ އަށް ފެނިފައިވާ އިމަރޖެންސީ ރޫމެކެވެ. ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އޭނަވެސް ކިތަންމެފަހަރަކު މި މަސައްކަތްކުރިއެވެ. ޔުނާންއަށް ޑޮކުޓަރުންފެނުނީ ރަހުމުކުޑަ ބައެއްގެގޮތުގައެވެ. ހުރިހާވެސް ސަބަބަކީ އެތާގައި އެ އޮތީ އޭނާގެ ފުރާފަދައިން ލޯބިވާ އަނބިމީހާ ކަމަށްވުމުންނެވެ. ސީ ޕީ އާރ ދީގެންވެސް ހިތް މަސައްކަތް ނުކުރުމުން ޑިފިބްރިލޭޓަރ އިން ޑީސީ ޝޮކް ދިންވަގުތު ޔުނާންއަށް ހެޔަށް ގިތެއްވިއިރު ހަޅޭއްލަވައިގަނެވުނެވެ.

އޭނާގޮސް އެތަނުން ޑޮކްޓަރެއްގެ ގައިގައި ޖަހަން މަޅާލި އަތުގައި ޔައިޝް ހިފެހެއްޓިއެވެ. ޔުނާން އެހާ ދެރަވެފައި ސަބަބުން ވިސްނާނުލައި ކުރަން އުޅުނު ކަމެއްކަމަށް ބުނެ ޔައިޝް އެމީހުންކައިރީގައި ކުރިޔަށް ގެންދިޔުމަށްބުންޏެވެ. ކޮއްކޮގެ ހާލުފެނިފައި އޭނާ ދެރަވިއެވެ.

“ޔުނާން..ހަމަޖެހިބަލަ..ދޭއާރ ޓްރައިއިންގް ދެއަރ ބެސްޓް އޭ..މިޝެލިން ކާރޑިއެކް އެރެސްޓަކަށް ގޮސްގެން…” މިޝެލިންގެ ހިތް މަސައްކަތް ނުކުރުމުން އަދިވެސް ޑޮކުޓަރުން އެކަމާއިގެން އަވަދިނެތިއުޅެމުންދިޔައެވެ.

“ޔައިޝް..ޕްލީޒް…ސޭފް ހަރ…ޕްލީޒް…މޭކް ހާރ ބްރީތް…” ޑޮކުޓަރުންގެ މަސައްކަތްތައް ނާކާމިޔާބުވާތަންފެނި ޔުނާންއަށް ހަޅޭއްލަވައިގަނެވުނެވެ. ހީވަނީ އޭނާއަށް އޭނާގެ މަރު ކުރިމަތިން ފެންނަމުންދިޔަހެނެވެ.

ޑޯންޓް ލެޓް ހާރ ޑައި..ޕްލީޒް..ޕްލީޒް..މޭކް ހާރ ބްރީތް…” ރޮއިގަންނަމުން ޔައިޝްގެ ގައިގައި ހިފައިގަންނަމުން ޔުނާން ބުންޏެވެ. މިޝެލިންއާއި ވަކިވެދާނެކަމުގެ ބިރު އޭނާ ވަށާލާފައިވާފަދައެވެ.

*****

ޔުނާންގެ އެ ހަރަކާތުގެ ސަބަބުން ޔައިޝްގެވެސް ލޯތެމުނެވެ. ބުނާނެ އިތުރު އެއްޗެއްނެތުމުން ޔުނާންގެ ގައިގައި ބައްދާލަމުން ޔުނާން އެތަނުން ނުކުއްދުވާފައި އައިސީޔޫ ކުރިމަތީގައި ހުރި ގޮނޑިއެއްގައި ބައިނދުމަށްފަހު ޔައިޝް އައިސީޔޫއަށް ވަންނަންދިޔައީ އޭނާއަށް މިވަގުތު އެތާގައިހުރުން މުހިއްމުވެފައިވާތީއެވެ. ޔުނާންފަދައިން ޔާއިޝްއަކީވެސް ސާރޖެންއެކެވެ. އަނބިމީހާއާ ދަރިފުޅުގޮވައިގެން މެލޭޝިޔާއަށް ބަދަލުވިތާ ދެ އަހަރުފަހުން އަނެއްކާވެސް މާލެއައީއެވެ.

ޔައިޝް ގޭމީހުންނަށް އެކަން އެނގުމުން އެންމެންހެންވެސް އައިސްތިބީ އެ ޙަބަރުއިވިފައި ލިބުނު ސިހުމެއްގެތެރޭގައެވެ. މީޑިއާގައިވެސް ދެންމެ ހިނގާދިޔަ ކުއްލި ޙާދިޘާގެ ސަބަބުން ބްލޫމްސް ހޮސްޕިޓަލުގެ ވެރިމީހާގެ ދަރިފުޅުގެ އަނބިމީހާ އެކްސިޑެންޓްވި ޙަބަރުދިޔައީ ޙޫނުކަމާއެކުގައި ދެކެވެމުންނެވެ.

އާއިލާގެ އެހެން އެންމެންހެން ޔުނާންއާ ވާހަކަދައްކަން މަސައްކަތްކުރަމުންދިޔަ ނަމަވެސް ޔުނާންއަށް އެތަނުގައި ކަމެއްވާހެންވެސް ހީނުވާކަހަލައެވެ. ކަކުލުގައި އަތްވިއްދާލައިގެން އިންއިރު މޫނު ދެއަތުން ފޮރުވާލާފައިވީއިރު ހޯސްލާފައި ވެރެމުންދިޔަ ކަރުނަތިކިތަކުން ދެއަތްތިލަ ފޯވަމުންދިޔައެވެ.

ޙަބަރުލިބިގެން ދުވެފައިކަހަލަގޮތަކަށް އައި އީދަންއާ ނަހީކްއަށް ޔުނާންގެ ހާލުފެނުމުން ވަރަށް ދެރަވިއެވެ.

“ޔާން..އެވްރީ ރިންގް އިސް ގޮނަ ބީ ފައިން..އިންޝާ ﷲ..” ޔުނާންގެ ކައިރީގައި އިށީނދެފައި ކޮނޑުގައި ފިރުމާލާފައި އީދަންބުނެލީ ޔުނާންއަށް ހިތްވަރުލައިދިނުމުގެ ބޭނުމުގައެވެ. އޭނާވެސް ހުރީ މިހިނގި ކަންތަކެއްގެ ސަބަބުން ސިހުމެއްގެތެރޭގައެވެ.

ޔުނާންއަށް އީދަން ގައިގައި ހިފައިގަންނަމުން ރޮވުނީއެވެ. ލޯބިވާފަރާތެއް އޭނާއާ ވަކިވެއްޖެނަމަ ނުވަތަ ގެއްލުމެއްލިބިއްޖެނަމަ އޭނާގެ ބަލިފަޔަކީ އެކަހަލަ ގަޑިއެއްގައި ދެރަވުމެވެ. ނުވަތަ ރުޅިއިސްކުރެވުމެވެ. ސަތާރަ އަހަރުފަހުން އޭނާއަށް މީހެއްގެ ކުރިމަތީގައި އޭނާގެ އިޙުސާސްތަކެއް ނުހިފެހެއްޓުނެވެ. މަންމަ ނެތިގެން އޭނާ ރުއިރުއިމަށްފަހު އޭނާގެ އިޙުސާސްތަށް އޭނާވަނީ އަމިއްލައަށް ތަޅުލާފައެވެ. ނަމަވެސް އެ އިޙުސާސްތަކުގެ ދޮރު ހުޅުވާލަދިން މީހަކީ މިޝެލިންއެވެ. މިޝެލިން އޭނާއާ ވަކިވެއްޖެނަމަ ދެން ވާނެގޮތް ހިތަށްވެސް އަރުވާލަން ޔުނާންއަށް ދަތިވިއެވެ.

“ޕްލީޒް..ޕްލީޒް…ސޭވް ހާ..ޑޯންޓް ލެޓް ހާރ ޑައި…މޭކް ހާރ ބްރީތް…” މާޔޫސްވެފައިވާ މޫނަކާއެކު ނިކުމެފައި ވަންނަމުންދިޔަ ޑޮކްޓަރުންނާއި ނަރުހުންފެނިފައި ޔުނާންއަށް ބުނެވުނެވެ.

“ދަރިފުޅާ..ހިތްވަރުކުރޭ..ﷲ ގެ އިރާދަފުޅާއެކު މިޝެލިންއަށް ދެކަގޮތެއް ނުވާނެ..” ޒީހާއަށް ޔުނާން އުޅެމުންއައި ގޮތްފެނިފައި ކެއްނުކުރެވިގެން ޔުނާންގެ އަތުގައި ހިފަހައްޓާލަމުން ބުނެލެވުނެވެ. ދޮންދަރިއެއްކަމަކު ޔުނާން އުޅެމުންއައި ގޮތްފެނިފައި އޭނާއަށްވެސް ރޮވިއްޖެއެވެ. ޔާއިންވެސް ހުންނެވީ ހިތްހަލާކުވެލައްވާފައިވާފަދަ ނަޒަރަކުން ލޯބިވާ ދަރިފުޅަށް ބަލަހައްޓައިގެނެވެ. ޔަޝާ އާއި ޔޫހާވެސް ހުރީ ނުހަނު ދެރަވެފައެވެ. ކުއްލިއަކަށް މުޅިތަނަށް ހަމަހިމޭންކަން ވެރިވެގެން ދިޔައީ ޔުނާންކޮއްލި ކަމަކުންނެވެ.

“މަންމާ…މަންމާ..އެމީހުންކައިރީ ބުނޭ މިޝެލިން ސަލާމަތްކޮށްދޭށޭ..ފޯރ ގޯޑްސޭކް މޭކް ހާރ ބްރީތް..ޕްލީޒް..މަންމާ..މިޝެލިން އަހަންނާ ވަކިވެގެން ގޮސްފިނަމަ އަހަރެން މޮޔަވެދާނެ…” ޒީހާގެ ގައިގައި އޮޅުލައިގަންނަމުން ޔުނާން ބުންޏެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތަކުން ޒީހާގެ ކޮނޑު ތެމެމުންދިޔައެވެ. ސަތާރަ އަހަރުފަހުން ޔުނާން އޭނާއަށް މަންމާއޭ ކިޔާފައި ގޮވުމުން ޒީހާގެ ހިތަށްވީ ބަޔާންކުރަންދަތި އުފަލެކެވެ. ނަމަވެސް މިއީ ވަގުތީ ކަމަށް ވެދާނެކަމުގެ ބިރު އޮތެވެ. ޒީހާއަށްވެސް ރޮއިގަންނަމުން ޔުނާން ގައިގައި ބައްދާލެވުނީ މަންމަ އެބަ ހުރީމުއޭ ބުނާފަދަ ގޮތަކަށެވެ. ޔާއިންގެ ލޮލުންވެސް ކަރުނަނިރާލިއެވެ. ޔަޝާމެންނާއި އީދަންއާ ކަނީކްއަށްވެސް ޔުނާންގެ އެ ޢަމަލުފެނިފައި ލޯތެމުނެވެ. މިޝެލިން އާއި ޔުނާންގެ ޙަޔާތް ފެށުމުގެ ކުރިން އެދެމީހުންގެ ލޯބީގެ ދިރިއުޅުން ނިމިގެންދާތަން ބަލަން އެމީހުންނަކަށް ކެތެއްނުކުރެވޭނެއެވެ. އެންމެންނަށްވެސް ދުޢާ ކޮއްލަ ކޮއްލަ ތިބެވުނީއެވެ.

ހަތަރުގަޑިއިރު ފާއިތުވެގެންދިޔަ ފަހުން އައިސީޔޫ އިން ނުކުތް ޔައިޝްއަށް ޔުނާން އިން ޙާލުފެނިފައި ލޯތެމުނެވެ. ޔުނާން ޒީހާ ގައިގައި އޮޅުލައިގަނެގެންއިނދެ ރޮމުންދިޔަ މަންޒަރުފެނުމުން އޭނާވެސް ދެރަވީ އިންތިޙާއަށެވެ.

“ޔާން..” ޔުނާން ކައިރީގައި އިށީންނަމުން ޔައިޝް ގޮވާލިއެވެ.

“މިޝެލިން..މިޝެ…..” ކުއްލިއަކަށް ޒީހާގެ ގައިން ދޫކޮށްލަމުން ޔައިޝްއާ ދިމާލަށް ބަލާލާފައި ޔުނާން އަހަން އުޅުނެވެ. ރޮއިފައި ހުރުމުގެ ސަބަބުން ދެލޮލަށް ރަތްކަމެއް ވެރިވެފައިވާއިރު އަދިވެސް ކޯތާފަތްމަތިން ތެއްކަމެއްގެ އަސަރުފާޅުވެއެވެ. އިސްތަށިގަނޑު ތަރުތީބެއްނެތި ހޭވިފައިވާއިރު އެމޫނުމަތީގައިވީ ހިތްކުދިކުދިވެފައިވާފަދަ އަސަރެކެވެ.

“ޝީ އިސް ސްޓޭބަލް ނައު…މިހާރު ހަމައެކަނި މައްސަލައަކީ ކޯމާއަކަށް ދިޔުން..ނޭނގެ ބުނާކަށް ކޮންއިރަކުކަމެއް ދެން ލޯހުޅުވާލާނީ..އަދި ނޭނގެ ލިބިފައިހުރި ގެއްލުމެއްވެސް..މެމަރީ ލޮސް ވުމަކީވެސް އެކަށީގެންވާކަމެއް..ދަށްބޮލުން އިނީ ވަރަށް ބޮޑަށް ފަޅައިގެންގޮސްފަ..މާ ގިނައިން ލޭބޭރުވެފައިވުމުގެ ސަބަބުން ލޭއަޅަންވެސް ޖެހޭ..އެކަންތަށްތައް މިހާރު ހަމަޖެހިއްޖެ…މާޔޫސްނުވެ އުންމީދުކަނޑާނުލާތި ޔުނާން..އިންޝާ ﷲ އަދި މިޝެލިން ރަނގަޅުވާނެ..” ލޯބިވާ ކޮއްކޮގެ ގައިގައި ބއްދާލަމުން ޔައިޝް ޔުނާންއަށް އެތައް ވާހަކައެއްބުނެދީ ހިތްވަރުކުރުމަށް ބުންޏެވެ. ޑޮކްޓަރުންނަށް އޮތީ މަސައްކަތް ކުރުންކަމާއި ޝިފާދެއްވާނީ މާތް ﷲ ކަމަށް ބުންޏެވެ.

ޔައިޝް ޔުނާން ގޮވައިގެން މިޝެލިންގާތަށް ގެންދިޔައެވެ. ވެނޓިލޭޓަރ މޮނިޓަރ އަދި ހޮޅިތަށް ގުޅާފައި އޮތްއިރު މިޝެލިންގެ މޫނުމަތީގައިވާ ހުދުކަން ކެނޑި ޕިޔާތޮށިކުލަ އަރަން ފަށާފައިވެއެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް މަސައްކަތްކުރަމުންދިޔައީ ހަމައެކަނި މެޝިނުތަކުގެ އެހީގައެވެ. އެންމެ ކުޑަމިނުން އަމިއްލަ ބާރުގައި ނޭވާވެސް ނުލައެވެ. ވެންޓިލޭޓަރު ކަނޑާލީމަވެސް އެހިސާބުން އެ ނިމުނީއެވެ. މިހާރު މިޝެލިންއަކީ ވައިގެ ތެރޭގައި ހޫރެމުންދާ ރީތި އުށްބައްތިއެކެވެ. ކޮންމެ ވަގުތަކުވެސް އެ ހުޅުކޮޅު ނިވިދާނެއެވެ. މިޝެލިން އެހެން އޮތްތަން ފެނުމުން ޔުނާންއަށް ކެތެއްނުކުރެވުނެވެ. ހިތަށް ތަދުވިނަމަވެސް ކެއްތެރިވާން މަސައްކަތްކުރިއެވެ. ނަމަވެސް އަނެއްކާ މިޝެލިންއޭ ކިޔާފައި ރޮއިގަނެވުނީއެވެ.

ކެއުމެއް ބުއިމެއް ތާޒާވެލުމެއްނެތި ޔުނާންގެ ކަމަކީ މިޝެލިންގެ މޫނަށްބަލަން އިނުމެއްވެ. އުންމީދާއެކު މިޝެލިންގ އެސްފިޔަތަށް ބަލަހައްތައިގެން އިންނނީ އެސްފިޔަތަށް ތަޅުވާލާފައި ލޯހުޅުވާލާނޭކަމުގެ އުންމީދާއިއެކުގައެވެ. ޔައިޝް އާއި އީދަންމެން ކިތަންމެ ވަރަކަށް ކިއަސް އޭނާ އެތަނުން ގުޑިވެސްނުލައެވެ. މިޝެލިންގެ މޫނަށް ބަލާލާ ކޮންމެ ވަގުތަކު އެކުގައި ހޭދަކުރި މަޖާ ވަގުތުތައް ލޯކުރިމަތިން ސިފަވުމާއެކު އެ ބޯއެސްފިޔަތަށް ތެންމާލަމުން ކަރުނަތަށް ހޯސްލާފައި ފައިބައިގަނެއެވެ. އެންމެފަހުން ޔުނާން އެތަނުން ގެންދަންޖެހުނީ ޔާއިން އައިސްގެންނެވެ. ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހަންބޭނުންވިނަމަވެސް އިޙުތިރާމުކުރަމުން ބައްޕައާ އެކުގައި ހިނގައިގަތީ ޔައިޝް ކައިރީގައި އޭނާ އަންނަންދެން މިޝެލިންއާ ދުރަށްނުދިއުމަށް އެދިފައެވެ.

ކޮޓަރީދޮރުމަތީގައި ޔުނާންއަށް ހުއްޓިލެވުނީ އެ ކޮޓަރީގެ ކޮންމެ ދިމާލަކުންވެސް މިޝެލިންގެ ހަނދާންތައް އާވުމުންނެވެ. އިރުގަނޑަކު ކުރިއަށް ނުދެވި ހުރެފައި ޔުނާން ގަސްތުކުރީ ފެންވަރާލުމަށެވެ. ތިރީހަކަށް ގަޑިއިރު މިޝެލިން ކައިރީގައި އިނދެފައި އައުމުން ޔުނާންހުރީ ކުދަކޮށް ވަރުބަލިވެފައެވެ. ތާޒާވެލައިގެން ނުކުމެ ހުދުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން ކާބަޔަށް ދާން މިސްރާބުޖެހީ ބަނޑުފައިކަން އިޙިސާސްކުރެވުމުގެ ސަބަބުންނެވެ.

ނަމަވެސް ކޮޓަރިން ނުކުމެ ކާބަޔަށްދާން މިސްރާބުޖެހި ޔުނާންގެ ފިޔަވަޅުތަށް ގަނޑުވީ އިވުނު އަޑަކުންނެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. އިރުކޮޅަކު އެހެން ގަނޑުވެފައި ހުރެފައި ކުއްލިއަކަށް އެދެލޮލުންފެނުނު ރުޅިވެރިކަމާއި ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައިރު އަތް މުއްކަވާލިއިރު އެންމެ ތަނަކަށް އެ ނަޒަރުހުއްޓުނުއިރު އޭނާ ހުރީ ހަމައިންނައްޓާލާފައެވެ. އެދިޔަ ބާރުމިނުގައި ގޮސް……………………….
– ނުނިމޭ –

    1. މަލް

      އަހަ..ނޮޕް..ވަރަށް ތަފާތުވާނެ..އަލިފާނުގެ ޙާދިސާއަކަށްވިޔަސް ކިޔަމުންދާއިރު އެނގޭނެ ބުނެދޭށޭ ރުހެމޭ އެ ވާހަކައާ ވަރަށް ތަފާތުަކަން..ޝުކުރަން!

  1. މަލް

    ކިޔުންތެރިންގެ ސަމާލުކަމަށް…މި ވާހަކަ ދެން ކިޔުންތެރިންނާއި ހަމަޔަށް ފޯރުކޮށްނުދެވޭނެކަން ހިތާމަޔާއެކު ދަންނަވަން..ދެން މި އެކައުންޓް އިން ވާހަކަ އަޕް ނުކުރާނެ ވާހަކަވެސް ދަންނަވަން..ނަމަވެސް ވަރަށް އަވަހަށް އާ އެކައުންޓް އަކުން ‘އެންމެފަހު ވިންދާޖެހެންދެން’ ކިޔާ އާ ވާހަކައެއް ކިޔުންތެރިންނާއި ހަމަޔަށް ފޯރުކޮށްދެވިގެންދާނެ..އަދި މެދުކަނޑާނުލައި އެ ވާހަކަ ނިމެންދެން ގެނެސްދޭނަން ކަމަށް ވަޢުދުވަން..ހިތާމަޔާއެކު މާޢާފަށްއެދެން..

    3
    2

ޚިޔާލު ފޮނުއްވާ