2305 73

މާހިލްގެ މޫނު ނޫރްގެ މޫނާއި ކައިރިވަމުން ދިޔައިދުގައި ނޫރްގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މާހިލްއަށް ވެސް ނޫރްގެ ހިތުގެ ތެޅުން އިވޭނެކަން ގައިމެވެ. ނޫރްއޮތީ ލަދުން އިސްއުފުލައިލަންވެސް ނުކެރިފައެވެ.
“އުހުމް…..އުހޫމް…..”
މީހަކު ކަރުކެހިލިއަޑަށް ނޫރްއާއި މާހިލްއެކު އެކީގައިހެން ބަލައިލިއިރުގައި ނުއުމާން ހުރީ ދޮރުމަތީގައި ލޯމަތީގައި އަތް އަޅައިގެނެވެ. ނޫރް ތެޅިގަންނަމުން އަވަސްއަވަހަށް ތެދުވި އިރުގައި މޫނުވަނީ ރަތްވެފައެވެ. މާހިލްވެސް ތެދުވަމުން ނޫރްއަށް ބަލައިލިއެވެ. ނޫރް ހީވަނީ ލަދުންގޮސް އެތަނަށް ވިރިގެން ފައިބައިފާނެ ހެންނެވެ. އިސްއުފުލައި ބަލާވެސްނުލާ ހުއްޓެވެ.
“ސޮރީ ނޮކް ނުކޮށް ނުބާ ގަނޑިއެއްގަ ދޯ މިއާދެވުނީ…..ދޮންބެ ދައްތައަށް ނޫރްއެބަ ގޮވާ….”
ނުއުމާންއަށް ރަގަނޅަށް އެހެން ނުބުނެވި އުޅެނިކޮށް ނޫރް ވައިރޯޅިއެއްހެން އެތަނުން ނިކުމެގެން ދިޔައެވެ. ނުއުމާން ހިފަހައްޓައިލައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައީ ނޫރްދިޔައީމައެވެ. ނޫރް ހުރިގޮތް ފެނިފައި އެގަނޑީގައި ހޭން ނުކެރުނީއެވެ.
“ދޮންބެއަށް ނޫރްގެ މޫނު ފެނުނުތަ؟….ސީރިއަސްލީ ޝީވޯޒް ބުލަޝިން…..ދޮންބެ އެކަމް ދޯ….މެރީ ނުކުރެވިގެން އުޅެނިކޮށް ކޮންހާ ރޮމާންސެއް ކުރާކަށްތަ؟….”
ނުއުމާން ހެމުންހެމުން ގޮސް މާހިލްގެ ކޮޑުގައި ޖަހައިލިއެވެ.
“ސާބަހޭ…..މީސް މީހުންގެ ކޮޓަރިއަށް ވަންނައިރު ނޮކް ކުރުމެއްވެސް ނެތީތަ؟….އެއްވެސް މެނާސްއެއްވެސް ހަދާނެއް ނެތްދޯ މިހާރު….”
ނުއުމާންގެ ކަންފަތް އަބުރައިލަމުން މާހިލް ބުނެލީ ސަމާސާ ރާގެއްގައެވެ.
“”އައުޗް……ދޮންބޭ…..”
!ހޫމް…..ހޫމް….ދެން މެރީ ކުރީމަ ކަންފަތައް އުނގުރި ޖަހާފަ….ލޮލުމަތީގަ ފޮތި އައްސާފަ ނޮކް ކޮއްފަ އައިސް ވަންނާނީ…..އެހެން ނޫނިއްޔާ ނޭންގެ ދެން ފެންނާނެ މަންޒަރެއްވެސް….”
ނުއުމާން ބާރަށް ހީގަންނަމުން ދުއްވައިގަތީ މާހިލްއާއި ދިމާއަށް ދޫނެރެލަމުންނެވެ.
“މާން…..ޔުއާ ޑެޑް…..”
މާހިލް ނުއުމާންގެ ފަހަތުން ދުއްވައިގަތެވެ. ކަން ދިމާކުރި ގޮތުން މާހިލް ލައިގަތީ ސިޑިންއަރަމުންއައި ނޫރްގައިގައެވެ. އެކަމުން ސިހުނު ނޫރްގެ ހަށިގަނޑު މާހިލްއަށް ބެލެންސް ކޮށްލެވުނީ ހަމަކިރިޔާއެވެ. ނޫންނަމަ ސިޑިންވެއްޓި އަނިޔާއެއްވީސްކަން ގައިމެވެ. އެވަގުތުކޮޅުވެސް ދިގުދެމިގެން ދިއުމަށް މާހިލްގެ ހިތް އެދެމުން ދިޔައެވެ.
“ކެއާފުލް ލަވް…..އާ ޔޫ އޯކޭ؟….”
މާހިލްއަށް އަދިވެސް ހުރެވުނީ ނޫރަގެ އުނަގަނޑުގައި ހިފަހައްޓައިލައިގެނެވެ.
“ހޫމް…..”
ނޫރްގެ ޖަވާބު ކުރެވެެ. ނޫރް ހުރީވެސް އިސްޖަހައި ލައިގެނެވެ. ނޫރްގެ ހިތުގެ ތެޅުން މާހިލްއަށް އަޑުއިވުނު ފަދައެވެ.
“”ތިވަރަށް ހިތް ތެޅެންޔާ އޮބިނޯވެގެން ނިކުމެފާނެ…..އެހެންނޫނިއްޔާ ފެއިންޓް ވެއްޖެއްޔާ ކިހާދެރަ….”
މަހިލްގެ ކޮންމެ ޖުމްލައަކުން ނޫރްއަދި ބޮޑަށް ލަދު ގަންނަ ގޮތްވިއެވެ. ފައިގެ ހުޅުން ވާގިގޮސް ނުވެއްޓުނިއްޔާ ރަގަނޅެވެ. ނޫރްއަށް ވީގޮތްފެނި މާހިލްއަށް ހިނިތުންވެލެވުނެވެ. މާހިލް ނޫރްގެ އުނަގަނޑުން އަތްދޫކޮށްލަމުން ސިޑިންފެއިބީ ނޫރްގެ އަތުގައި ހިފައިލައިގެން ހުރެއެވެ.
“މާޝަ ﷲ…..”
ޝާމެގެ އަޑު އިވުމުން ނޫރްއަވަސް އަވަހަށް މާހިލްގެ އަތް ފޮޅުވައިލިއެވެ. ނޫރްއަށް ވީގޮތްފެނި މާހިލް ކައިރިއަށްއައީ ނުލަފާ ހިންޔެކެވެ. އާއިލާގެ އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. އެންމެންވެސް އިންތިޒާރު ކުރަމުންދަނީ އެކައިވެނި ވެވޭނެ ދުވަހަކަށެވެ. މާހިލްގެ ސަބަބުން ނޫރްގެ ހިތަށް ގޮތްތަކެެއް ވާކަންވެސް ގައިމެވެ. ނަމަވެސް އެހާ ފަސޭހައިން އެކަން ގަބޫލުކުރާކަށް ނޫރް ބޭނުމެއް ނޫނެވެ. އެކި ކަންކަމުގައި ދުވަސްތައް ފާއިތުވަމުން ދިޔައީ ދާދި އަވަހަށެވެ. އެންމެ ފަހުން ކައިވެނި ކުރެވޭ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ކައިވެނި ހަފްލާ އޮތީ އަނިލްގެ ރިސޯޓެއްގައެވެ. އެހެންކަމުން ކައިވެނީގެ އެއްދުވަސްކުރިން ނޫރްގެ އާއިލާ މީހުންނާއި މާުހިލްގެ އާއިލާގެ މީހުންނާއި އަދި ރައްޓެހިން ރިސޯޓަށް ދިޔައެވެ. ކައިވެންޔަށް ރިސޯޓް ތައްޔާރު ކޮއްލައިފައިވާލެއް ވަރަށްވެސް ފުރިހަމައެވެ.
“ވާވް…..އަހަރެންގެ ވާން އުޅޭ ޅިޔަންބެ ހާދަ ކިއުޓް އޭ ދޯ…..”
ޝެޒާއަށް އެންމެ އިރުކޮޅަކަށްވެސް އަނގަމަޑުން ލައިގެނެއް ނީންދެވެއެވެ. ނޫރްއަށް ހިނިތުންވެލެވުނެވެ. ޝެޒާގެ އަނގަގަޑު މައިތިރި ނުވާނެކަން މާކުރިންވެސް ނޫރްއަށް އިނގެއެވެ. ރިސޯޓަށް އާދެވުމުން ލާންޗުން ފައިބަން ނޫރްއަށް އެހީތެރިވެދިނީވެސް މާހިލްއެވެ. މާހިލްގެ ފަރާތުން ލިބެމުންދިޔަ ގާތްކަމުން ނޫރްހުރީ ނިކަން އުފާވެ ހިތްހަަމަޖެހިފައެވެ. އާދުވަހަކަށް އިރުއެރި އިރުގައި ނޫރްހުރީ އަތިރިމަތީގައި ރާޅު ބީއްސާ ހިސާބުގައެވެ. ހިތްބިރުގަންނަ ވަރުން ނިދަންވެސް ނޯވެވުނީއެވެ. އަނެއްކާ ޝެޒާމެން ދިނާކުރާވަރުން ނޫރްގެ ހިތްތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މިއަދުން ފެށިގެން ނޫރްގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދާނެއެވެ. މިކުރެވެނީ ރަގަނޅު ކަމެއްބާއޭ އަދިވެސް ނޫރްގެ ހިތަށް އަރަމުން ދިޔައެވެ.
”މޯނިން ލަވް…..”
ނޫރް ބަލައިލި އިރުގައި މާހިލް އައިސް ނޫރްގާތުގައި މަޑުކޮށްލަނީއެވެ.
“މިގަނޑީގަ މިތާ ކިހިނެއް ވެފަ؟…..”
ނޫރްގެ މޫނަށް ނިކަން ފަރުވާތެރި ކަމާއިއެކުގައި ބަލައިލަމުން މާހިލް ބުނެލިއެވެ. ނޫރް ދިގު ޓީޝާޓްއަކާއި އެކު ޖެކެޓެއްލައިގެން ހުރި އިރުގައި ލައިގެން ހުރި ސްކިނީގެ ފައިކުރި ވަނީ އޮޅާލެވިފައެވެ. އެއްވެސް ހުރަހެއްނެތި އެދޮން ދޮން ފައިތިލާގައި ރާޅު ބީއްސަމުން ދިޔައިރުގައި ވަރަށްވެސް ރީއްޗެވެ. މާހިލް ބަލަން ހުރިކަން އިނގުމުން ނޫރް ލަދުން އިސްޖަހައިލިއެވެ. މާހިލް އެހެން އެންމެނާއި ހާދަ ތަފާތެވެ. މުނާޒްއާއި އެކުގައި އުޅުނު އިރުގައިވެސް ނޫރްއަށް މިކަހަލަގެ އިހްސާސެއް ނުކުރެވެއެވެ.
“ނިދިނައިސްގެން ނިކުމެލީ ހަމަ….ސަންރައިސް ބަލާލަން…….”
”ބިރުގަންނަނީ ދޯ؟….”
މާހިލްގެ އަޑުއިވި ނޫރްއަށް ބަލައިލެވުނީ ސިހިފައެވެ. މާހިލްހުރީ ހިނިތުންވެލައިގެނެވެ. ނޫރް މަޑުމަޑުން ‘ހޫމް’ އޭ ބުނެލިއެވެ.
”ހެހެ…..އަހަރެންވެސް…….މިއަދުން ފެށިގެން އަހަރުމެންގެ ދިރިއުޅުން އާ ފެށުމަކުން ފެށެނީ އެ….އިންޝާ ﷲ ހުރިހާ ކަމެއްވެސް އޯކޭވާނެ…..ޑޯންޓް ވޮރީ…..”
މާހިލް ހަދިޔާ ކޮށްލީ ނިކަން ހިތްގައިމު ހިނިތުންވުމެކެވެ. ނޫރްއާއި މާހިލް ދިޔައީ އިރުއަރާ މަންޒަރު ބަލަން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައެވެ. ކޮޓަރިއަށް ދިޔައިރުގައި ނޫރްހުރީ ކުރިއަށް ވުރެން ހަމަޖެހިލައިފައެވެ. ނަމަވެސް ކައިވެނީގެ ވަގުތު ކައިރިވަމުން އައި ވަރަކަށް ނޫރްގެ ހިތުގެތެޅުން ބާރުވަމުން ދިޔައެވެ. ކައިވެންޔަށް ނޫރް ތައްޔާރުވަމުން ދިޔައިރުގައި ނާހިދާވެސް ހުރީ އެތާގައެވެ. ނޫރް ތައްޔާރުވެ ނިމުނުތަނާއިހެން ރިޔާޒްވެސް އައިސް އެތަނަށްވަނެވެ.
”މާޝަ ﷲ….ބައްޕަގެ ޕްރިންސެސް….ބައްޕަ މިހުރީ ވަރަށް އުފަލުން…..ބައްޕަ އަބަދުވެސް ދަރިފުޅަށް ހެޔޮދުޢާ ކޮށްދޭނަން….”
ރިޔާޒްއަށް ކަރުނަތައް އިތުރަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ނާހިދާއަަށްވެސް މި މަންޒަރުފެނި ރޮވުނެވެ. ނަމަވެސް ނޫރް އިނީ ނުރޯން ހިތްވަރު ކޮށްލައިގެނެވެ. ޝެޒާ މޭކަޕްހަޑި ވާނެ އޭ ކިޔާވަރުންވެސް ނޫރްއަށް ރޯންނުކެރުނެވެ. އެވަގުތު ރާއިންވެސް އެތަނަށް އައިސް ނޫރްއަށް ތައުރީފް ކުރަމުން އާއިލާ އެއްކޮށް ސެލްފީނަގާ އެ ރައްކާކޮށްލިއެވެ.
”ހިނގާ ދަމާ ދަރިފުޅާ….ކައިވެނި ކުރާ ވަގުތު ޖެހިއްޖެ…..”
އެންމެން އެކީގައި ދެން ދިޔައީ ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނަށެވެ. ނޫރް ފެނުމުން ޝާމާއަށް ދުރުގައެއް ނުހުރެވުނެވެ.
”މާޝަ ﷲ….މަންމަގެ ދަރިފުޅު….މާތް ﷲ ދަރިފުަޅު އެސްފީނާއިން ސަލާމަތް ކުރައްވާށި….”
އަނިލްވެސް އައިސް ނޫރްގެ ބޮލުގައި ފިރުމައިލީ ނިކަން ލޯބިންނެވެ. އެވަގުތު މާހިލްހުރީ ނުއުމާންއާއި އެކީގައި ތަންކޮޅެއްދުރުގައެވެ.
”ދޮންބޭ…..ފަހަތް ބަލާލާފަ ފެއިންޓް ނުވަށްޗޭ…..ވާންއުޅޭ ފަހަރި އިޒް ލުކިން ގޯޖަސް…..ކުރީ ބައިގަ ވާނިންއެއް އިނގޭ މިދިނީ….””
މިހަރު މާހިލްއާއި ސަމާސަ ކޮށްލީ ނަވީލްއެވެ. ހިނިގަނޑެއް ޖަހައިލަމުން ފަހަތް ބަލައިލި މާހިލްގެ އަތުން ފޯނުވެސް ދޫވެގެން ބިންމަށްޗަށް ވެއްޓުނެވެ.
ނޫރްއަށްވެސް މާހިލްއާއި ހަތަރުކަޅި ހަމަވުމުން އެހެން ދިމާއަކަށް ބަލައިލަންވެސް ނޭންގުނެވެ.
(ނުނިމޭ)

ޚިޔާލު ފޮނުއްވާ