2257 35

އެއްފަރާތަކަށް މޫނު އަނބުރާލަމުން ސިނގިރޭޓް ރޯކޮށްލަމުން ދުންތައް ބޭރުކޮށްލިއެވެ. އާދައިގެ ކަޅު ހަންގަނޑެކެވެ. ބަލާބެލުމަށް ހުތުރެއްނޫނެވެ. އެހެނަސް ނުލަފާގޮތެއް އޭނަގެ ބޮޑު ނިއްކުރިމަތިން ފެންނަމުންދިޔައެވެ. ކަންފަތުގައި އިން ހެޑްސެޓް ރަނގަޅުކޮށްލިއެވެ. ކަަނައަތުން ކުރިމަތި ޖީބުގައި އަތް ޖަހާލަމުން ފޯނު ނެގިއެވެ. ކޮންމެވެސް މީހަކު އޭނައަށް ގުޅަނީއެވެ. ފޯނާއި ކުޅެލަމުން ކަންފަތުގައި އިން ހެޑްސެޓް ރަނގަޅުކޮށްލީ ޖަވާބުދިނުމަށެވެ.

” ހަމަ ދެންމެ މި ވައްޓާލީ… ގޭމް ފެށުނީ…” ފޯނަށް ޖަވާބުދެމުން އެޒުވާނާ ބުންޏެވެ.

***

“އަދިވެސް މަ ދަހިކުރަންދޯ ތިއުޅެނީ…” ކައިފް ގޮސް ލަންޒާގެ ކުރިމަތީގައި މަޑުޖެހިލަމުން އޭނަގެ އަތުގައި ހިފާލަމުން ދަމާފައި ގެނެސް ގަޔާއި ކައިރިކޮށްލިއެވެ. ދެމީހުންގެ ޖިސްމު އެކަތިގަނޑަކަށް ވެގެންދިޔައެވެ. ލަންޒާ އިންޖަހައިލިއެވެ. ކައިފް މަޑުމަޑުން ހަލްކާގެ ދަތްދޮޅީގައި ހިފައިލިއެވެ. އޭރުވެސް ލަންޒާ ހުރީ ލަދުން ކަހަލަގޮތަކަށެވެ.

“ލަދުގަންނަންވެސް އެނގޭތަ؟” މޫނު ތިރިކޮށްލަމުން ކައިފް ބުންޏެވެ. މަޑުމަޑުން މޫނުކައިރިކޮށްލިއެވެ. އޭނަގެ ހިކި ތުންފަތް ތެއްމާލުމަށް އިޝާރާތްކުރަމުންދިޔައެވެ. ލަންޒާ މަޑުމަޑުން އިސްއުފުލާލަމުން ކައިފްގެ މަސްތީ ދެލޮލަށް ބަލަންފެށިއެވެ. އެދުންވެރިކަމެއް އޭނަގެ ދެލޮލުން ފެންނަމުން ދިޔައެވެ. ދެއަތް އުފުލާލަމުން ކައިފްގެ ކަރުގައި އަތް އަޅުވާލަމުން ތުންފަތުގައި ދަތްއެޅިއެވެ.

ކައިފުގެ ހިއްސުތައް ހޭލައްވައިލިއެވެ. ބަލަން ނުހުރެ ލަންޒާގެ ތުންފަތުގައި ބޮސްދޭންފެށިއެވެ. ކުއްލިއަކަށް އެރި ވަރުގަނޑާއެކު އައިސްއަލަމާރީގައި ޖެހިގަތެވެ. ލަންޒާ ނަގައި އުރާލަމުން ކޮޓަރިއާއި ދިމާއަށް ދެވެންފެށިއެވެ. ނަގޫރޯޅިއެއް ފަދައިން ދެމީހުން އެނބުރެމުން ދިޔައިރު ތުންފަތުގެ ފޮނިމީރުކަން ލިބިގަންނަމުން ދިޔައެވެ. ދޮރު ހުޅުވާލަމުން އެނދާއި ދިމާއަށް ދިޔައެވެ. ލަންޒާ ނަގައި އެނދުމަތީގައި ބައިންދަމުން ބެލުމެއް ނެތި އޭނަ ލައިގެން އިން ހެދުން ބޯމަތިން ނަގަމުން އޭނަގެ ގައިމައްޗަށް ޖެހިގަތެވެ. އެނދަށްވެސް ހީވީ ބިންހެލުމެއް އަރައިގެން ދިޔަހެންނެވެ. މަސްތުގައިތިބެ ދެ ޖިސްމު ފޯވަމުންދިޔައެވެ. ބީހުންތަކާއި ހޫނު ނޭވަތަކުން ރޯވަމުންދިޔައެވެ. ހަށިގަނޑުން އަންނައުނުތައް ބެހިގެން ދިޔައެވެ. އެނދުގެ ބެޑްޝީޓާއި ބާލީސްތައްވެސް އެމީހުންގެ ހުރަހަކަށްވާކަށް ނޭދުނެވެ. އިސާހިތަކު އެނދުމަތިން އެމީހުންގެ ޖާގަވެސް ގެއްލުނެވެ. ޖިސްމުގައި އަނދަމުންދިޔަ ހޫނު އަލިފާނުގެ ދަރުތައް ގަދައަށް އަނދަމުންދިޔައެވެ. ހަހުރަވެތުންތަކާއި ބޮސްދިނުންތަކުން ދެމީހުންގެ ފިދާވެ ހަނާވަމުން ދިޔައެވެ. ކައިފްގެ ހަށިގަނޑުގެ އަރާމާއި ލައްޒަތުން ލަންޒާގެ ހަށިގަނޑަށް ދިރުމެއް ލިބެމުންދިޔައެވެ. ކައިފަކީ އާދަޔާ ޙިލާފު މީހެކެވެ. ލަންޒާގެ އަނގައިން ބޭރުވަމުންދިޔައީ “އާހް” ގެ އަޑުތަކެވެ. ކައިފްގެ މޮޅުކަމާއި ދާނުގެ ހުނަރުވެރިކަމަށް ލަންޒާއަށް ކެތްތެރިވަމުންދިޔައެވެ. ފޮޅެމުންދިޔަ މަލުގެ ކަރުގަނޑަށް މާނބުރުގެ ކަށި ހެރިގެން ދިޔައެވެ.

***

އާމްނާ ހިނގައިގަތެވެ. އޭނަގެ ފަސްފަހަތުން ފިރިހެންމީހާ ވެސް ހިނގައިގަތެވެ. ނިކީ ހުރީ ފާރައަށެވެ. އާމްނާ ގޮސް މަޑުޖެހުނީ ގެސްޓު ހައުސްގެ އެތެރޭގައި ކައްކަން ހާއްސަ ކުރެވިފައިވާ ހިސާބުން ޖެހިގެން ހުރި ދޮރެއްގެ ކުރިމަތީގައެވެ. ފަސް އެނބުރި ބަލައިލަމުން އެ ދޮރު ހުޅުވާލަމުން އާމްނާ ފުންނޭވާއެއްލިއެވެ. ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކޮށްލަމުން މޫނު އެއްފަރާތްކޮށްލިއެވެ. އާމްނާ ބޮލުގެ އިޝާރާތެއް ދިނެވެ. އެމީހާ އަވަސްއަވަހަށް އެތެރެއަށް ދެމިގަތެވެ. ދޮރު ޖަހާލުމުގެ ކުރިން އާމްނާ ދެލޯ ހަނިކޮށްލަމުން ނިކީއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

އާމްނާ އެތެރެއަށް ވަންނަމުން ދޮރުޖެހިއެވެ. އެއީ އެއްވެސް ފަރުނީޗަރެއް ނެތް ހުސްކޮޓަރިއެކެވެ. ދިއްލާފައިހުރީ ރަތްކުލައިގެ ފަނޑު އަލީގެ ބޮތްކެކެވެ. އެތެރެއަށް ވަތް ފިރިހެންމީހާ އެތެރޭގައި ހުރީ ފުރަގަސްދީގެންނެވެ. އޭނަގެ ބެލުންތަށް ކޮޓަރިތެރެއަށް ދައުރުވަމުންދިޔައެވެ. އާމްނާ ގޮސް އެމީހާގެ އަތުގައި މަޑުމަޑުން ހިފާލަމުން ތަންކޮޅަކަށް ހިނގައިގަތެވެ. މާދުރަކަށް ނުގޮސް މަޑުޖެހުނެވެ. އެމީހާގެ ތުންފަތުގައި އިނގިލިން ކުޅެލިއެވެ. ބޮލުގައި އައްސާފައި އިން ވޫލްކޮޅު ނައްޓާލަމުން އިސްތަށިގަނޑު ނިއުޅުވައިލިއެވެ. އެއްމިޔަކަނުން ހީލިއެވެ. މަޑުމަޑުން އެމީހާގެ މޫނުގައި އަތް އުނގުޅާލަމުން ކުރިއަށް ފިވަޅެއް ނަގަމުން އެތަނުގައި ފަތުރާލާފައި އޮތް ކާޕެޓްގަނޑު ހިއްލައިލިއެވެ. އެމީހާއަށްވެސް ބަލައިލެވުނީ އާމްނާ ކުރަން އުޅުނު ކަންތައްތަކަށެވެ.

“ބަން ބަން….” ކޮޓަރިތެރެއިން އެއްޗެއް ޖެހުނު އަޑެއް އިވިގެންދިޔައެވެ. ނިކީ ހުރީ ފާރައަށެވެ. އެ އަޑު ކަންފަތުގައި ޖެހުމުން ލާނެއްގޮތަކަށް ހިނިތުންވެލަމުން އެނބުރިލިއެވެ. ސިއްސައިގެން ކަހަލަގޮތަކަށް ނިކީ ފަހަތަށް ޖެހުނެވެ. ދެލޯ ބޮޑުކޮށްލަމުން ބަލަމުންދިޔައިރު ހީވަނީ ބިރުން ހުރިހެންނެވެ.

“ވަޓް ވޯސް ދެޓް…” ކުރިމަތީގައި ހުއްޓިލައިގެން ހުރީ އެތަނުގައި ކައްކަންއުޅޭ ލަންކާ މީހާއެވެ. އޭނަގެ އަތުގައި ވަޅިއެއްވެސް އޮތެވެ. ޖާނުން ވަރުގަދަ ފިރިހެނެކެވެ. ބޮލުގައި ހުދު ފޮތީގެ އެއްޗެއް ބޯ ނިވާކޮށްލާފައި އޮތެވެ. ލައިގެން ހުރީ “ޗެފުން” ލާކަހަލަ އަންނައުނެކެވެ. އެމީހާވެސް ކައްކަން އުޅެފައި ނުކުތީ އެ އަޑު ކަންފަތުގައި ޖެހިގެންނެވެ. އެކަން އޭނަގެ ސުވާލުންވެސް ހާމަވެގެންދިޔައެވެ.

“ނަތިން…” އެތެރެއަށް ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލަމުން ނިކީ ބުންޏެވެ. އަނގަޔަށް ވައްތަރުތަކެއް ޖައްސާލަމުން ކައްކާ ހިިނގައިގަތީ ބަދިގެ ފަރާތަށެވެ. ނިކީ ގޮސް ކައުންޓަރު ކައިރީގައި މަޑުޖެހިލަމުން ދެލޯ މަރައިލިއެވެ. ހީވީ ބޮޑު ބަރެއް ބޯމަތިން ނަގައި އެއްފަރާތްކޮށްލެވުނުހެންނެވެ. ވަގަށް ކަމެއް ކުރަން އުޅޭފަދަ މީހަކު ސަލާމަތްތެރިކަމެއް ލިބުމުން އުޅޭފަދަ މޭރުމަކުން ނިކީގެ އަމަލުތައް ހުރިކަން ފާހަގަވާނެއެވެ. މޭގައި އަތް އަޅާލަމުން އަނގައިން ނޭވައެއް ބޭރުކޮށްލިއެވެ.

“ތޭންކް ގޯޑް…..” މޭގައި އަތް އުނގުޅާލަމުން ނިކީ ބުންޏެވެ. ކައުންޓަރުގައި ކުރަން ޖެހޭ މަސައްކަތާއިގެން ނިކީ އަވަސްވެގަތެވެ.

***

ގަޑިން ރޭގަނޑު އަށްގަޑި ބައިވަނީއެވެ. އަލަމް ހުރީ ހުޅުވާލެވިފައިވާ ބެލްކަނީގައެވެ. ބޭރަށް ނަޟަރު ހުއްޓާލައިގެންނެވެ. އަތުގައި ކޮފީޖޯޑެއް އޮތެވެ. އަތުގައި ރޯކޮށްލާފައި އޮތް ސިނގިރޭޓްގެ ދުންތައް ވަޔާއި ސަމާސާކުރަމުންދިޔައެވެ. އޭނަގެ ނަޟަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުންދިޔަ ރަށުގެ ހިތްގައިމު ޤުދުރަތީ މަންޒަރުތަކަށެވެ. ކޮފީޖޯޑުން ކޮފީފޮދެއް ބޯލަމުން ސިނގިރޭޓުވެސް ތުންފަތުގައި ޖައްސާލަމުން ދުންތައް ފޮނުވާލައެވެ.

“އާލޫ…” ކޮފީ ޖޯޑު ތުންފަތުން ނައްޓައިލި ވަގުތު އިވުނީ އޭނަގެ ހިތުގެ ރާނީގެ އަޑެވެ. އަތުގައި އޮތް ކޮފީ ޖޯޑު ފާރުބުރިމަތީގައި ބަހައްޓާލަމުން ސިނގިރޭޓްގެ ފަހު ދަމާލުންގަނޑު އެތެރެހައްޓަށް ދަމާލަމުން ފާރުމަތީގައި ބަހައްޓާލާފައި ހުރި އަޅިކަނޑީގެ ތެރެއަށް ފިލްޓަރު ނިއްވައިލިއެވެ. އޭނަގެ ފްރެންޗު ތުނބުޅީގައި އަތް އުނގުޅާލަމުން ބެލްކަނިން އެތެރެއަށް ބަލައިލިއެވެ.

ޖެހެމުންދާ ފިނިފިނ ވައިރޯޅިއާއި ދޮރުގެ ފޮތިގަނޑު ސަމާސާ ކުރަމުންދިޔައެވެ. އަލަމް ހުރީ ކަޅި ހުއްޓިފައެވެ. އެސްފިޔައެއްވެސް ޖަހާނުލައި ބަލަންހުއްޓެވެ. ހީވަނީ ދުވަހަކުވެސް ދެކެފައިނުވާފަދަ ރީތި އެއްޗަކަށް ބަލަމުންދިޔަހެންނެވެ. އޭނަގެ ތުންފަތަށްވެރިވަމުންދިޔަ ފަނޑު ހިނިތުންވުމާއެކު ކުރިއަށް ފިޔަވަޅެއް ނެގިއެވެ. ވަޔާއި ސަމާސާ ކުރަމުންދާ ދޮރުފޮތިގަނޑު ދޭތެރެއިން ފެންނަން ހުރީ އޭނަގެ ހިތުގެ ތަސްވީރެވެ. އޭނަގެ ހިތްހަމަޖެހުމެވެ.

ވަޔާއެކު ހަލްކާގެ ފަން އިންތަށިގަނޑުވަނީ މޫނުވެސް ނިވާވެފައެވެ. ހަށިގަނޑުގައި އެއްވެސް ނިވާކަމެއްނެތެވެ. ބުރުސޫރަ ރީތި ވަނާތައް ހެޔޮވަރު ހެދި ހުރި އިސްކޮޅެކެވެ. ވިހުރެމުންދާ ދޮރުފޮތިގަނޑުން ހަލްކާގެ ޖާދުވީ ހަށިގަނޑުވަނީ ފޮރުވިފައެވެ.

“ހަލްކާ……” އަލަމްގެ ތުންފަތަށް ހަލްކާގެ ނަމުގެ އަކުރުތައް ފާޅުކޮށްލިއެވެ. ކަޅި ޖަހާނުލައި އަލަމް ބަލަމުންދިޔައެވެ. އަލަމްގެ މަތިހަށީގައި އެއްވެސް އަންނައުނެއް ނެތެވެ. އާދައިގެ ހިނގުމެއްގައި ސިޓިންރޫމަށް ނުކުންނަމުން ދޮރުފޮތިގަނޑު އެއްފަރާތްކޮށްލިއެވެ. އެވަގުތު ހަލްކާ ފަސް އެނބުރުނެވެ. އޭނަގެ ފަރި ހަށިގަނޑަށް އަލަމްގެ ދެލޯ ހުއްޓުނެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން އެ ޖިސްމަށް އަލަމްގެ ދެލޯ ހުއްޓިފައިވަނީ ސަބަބެއްވެސް ނެތިއެއްނޫނެވެ. ބޮލުގެ ފަން އިންތަށިގަނޑު އަތުން އެއްފަރާތްކޮށްލަމުން ހަލްކާގެ އަތް އުފުލާލަމުން ޝަހާދަތް އިނގިލން އަންނާށޭ ބުނާފަދަ އިޝާރާތެއް ދިނެވެ. ހަލްކާގެ އިޝާރަތާއެކު ލަސްފިޔަވަޅުތަކެއް ނަގަމުން އަލަމް ހިނގައިގަތެވެ.

ހަލްކާ ހިނގަމުން ގޮސް ކޮޓަރީގެ ދޮރުމަތީގައި މަޑުޖެހުނެވެ. ދޮރުގެ ތަޅުގައި ހިފާލަމުން އަނެއް އަތުން ފިރުމައިލިއެވެ. ހަލްކާގެ އަމަލުތަކަށް އަލަމް އެދަނީ ފިދާވަމުންނެވެ. ދޮރުގެ ތަޅުގައި ހިފާލަމުން ދޮރު ހުޅުވާލަމުން ހަލްކާ ކޮޓަރިތެރެއަށް ވަދެގެން ދިޔައެވެ. މޭގައި އަތް އުނގުޅާލަމުން އަލަމް ހިނގައިގަތެވެ.

“ޓޮއް ޓޮއް………………….” އަލަމްގެ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނައީ ދޮރުގައި ޓަކިޖެހުމުންނެވެ. އަލަމްގެ މިސްރާބުހުރީ އެޕާރޓްމަންޓުގެ މައިދޮރާށި ހުރި ދިމާއަށެވެ. ދޮރު ކައިރީގައި މަޑުޖެހިލަމުން ދޮރު އެތެރެއަށް ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ. އެތަނުގައި މަސައްކަތްކުރާ ކުއްޖެއްކަން އޭނަ ލައިގެން ހުރި ފޭރާމުން އެނގޭނެއެވެ. ޒުވާންސޮރެކެވެ. ތަބަކެއްގެ ތެރޭގައި ރޭގަނޑުގެ ނާސްތާ ހުއްޓެވެ.

“އަހަނ.. ކާމިލް… މިރޭ ހާދަ ވަރެއްކޮށްލާފަ..” ތަބަކަށް ބަލަން ހުރެފައި އަލަމް ބުންޏެވެ. ދޮރު އެތެރެއަށް ހުޅުވާލަމުން އަލަމް އެދުނީ އެތެރެއަށްވަނުމަށެވެ. ކާމިލް އެތެރެއަށްވަނެވެ. ތަބަށް ހިފައިގެން ކާމިލް ހިނގައިގަތީ ކާމޭޒާއި ދިމާއަށެވެ. މޭޒުމަތީގައި ތަބައް ބަހައްޓަމުން ގެނައި ސާމާނު މޭޒުމަތީގައި އަތުރައިލިއެވެ.

“މިރޭ ނާސްތާއަށް އޯޑަރު ދެއްވީ ހަލްކާ…” އަލަމްގެ މޫނަށް ބަލަން ހުރެފައި ކާމިލް ބުންޏެވެ. އަލަމްގެ ތުންފަތަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. ކާމިލް ތަބަށް ނަގަމުން ހިނގައިގަންނަން އުޅުނެވެ.

“މަޑުކޮށްބަލަ….” އަލަމް އެދުނެވެ. އަދަބުވެރި ގޮތަކަށް ކާމިލް މަޑުޖެހުނެވެ. އޭނަގެ ތުންފަތަށްވެސް ވެރިވީ އާދައިގެ ހިނިތުންވުމެއްނޫނެވެ. ތަބަށް ގެނެސް ފުރަގަހަށްލަމުން އަލަމް ހުރި ދިމާއަށް އެނބުރުނެވެ. އަލަމް އަތުގައި ސަތޭކަ ޑޮލަރުގެ ނޫޓެއް އޮތެވެ. ކާމިލް ހިނިތުންވެލިއެވެ. ކުރިއަށް ހިނގައިގަތެވެ. އަލަމްގެ ކުރިމަތީގައި މަޑުޖެހިލުމުން އަލަމް އެނޫޓު ކާމިލަށް ދިއްކޮށްލިއެވެ. އެއްވެސް ވިސްނުމެއް ފިކުރެއްނެތި އޭގައި ހިފިއެވެ.

“މިރޭވެސް…؟” އާދައިގެ ރާގެއްގައި ކާމިލް ކުރީ ސުވާލެކެވެ. އަލަމް ބޯޖައިލިއެވެ.

“މިރޭވެސް.. ހަލްކާވެއްޖެ ރޫމުގަ… ކާމިލް ދޭ ކޮޓަރިއަށް…” ތުނބުޅިއާއި ކުޅެލަމުން ލާނެއްގޮތަކަށް އަލަމް ބުންޏެވެ. ކާމިލް އަތުގައި އޮތް ތަބަށް މޭޒުމަތީގައި ބަހައްޓަމުން ކާމިލް އައިސް އަލަމްއާއި ދާދި އެއްހަމައެއްގައި މަޑުޖެހުނެވެ.

“ދޭ އަވަހަށް…” ކަނދުރާ އެއްފަރާތްކޮށްލަމުން އަލަމް ބުންޏެވެ. ކާމިލް ހިނގައިގަތެވެ.

***

“މީ ރާއްޖޭގަ އަހަރެމެންގެ ފުރަތަމަ ނައިޓް ދޯ…” ފާހަނާއިން ނުކުންނަމުން ކައިފް ބުންޏެވެ. ކައިފް ނުކުތީ ފާހަނާއިންނެވެ. ފެންވަރާލައިގެންނެވެ. މޫނުމަތިން ތާޒާކަމާއި އާރޯކަމެއް ހުއްޓެވެ. ތުވާލިވަނީ އުނަގަނޑުގައި ކަންނެތްގޮތަކަށް އަނދެލާފައެވެ. ފިރިހެންވަންތަ ބިޔަ ހަށިގަނޑުގައި ފެންތައް ތާޒާކަމާއެކު އޮހެމުންދިޔައެވެ. ނުހިކި ހުރި ފެންތައް އޭނަގެ ހަށިގަނޑުގައި ވިދަމުން ދިޔައެވެ. ލަންޒާ ހުރީ ލޯގަނޑުކުރިމަތީގައި އިން ގޮނޑީގައި އިށީންދެލައިގެން ބޮލުގައި ފުނާއަޅާށެވެ. އަތުގައި އޮތް ފުނާ ޑްރެސިންޓޭބަލް މަތީގައި ބާއްވަމުން ކައިފްގެ ރީތި ހަށިގަނޑަށް ބަލަންފެށިއެވެ.

“ފަސްޓް ނައިޓްވެސް ދޯ…” ގޮނޑިން ތެދުވަމުން ފަރިގޮތަކަށް ލަންޒާ ހިނގައިގަތެވެ. ކައިފް ހުރި ދިމާއަށެވެ. ކައިފްވެސް އާދައިގެ ގޮތަކަށް ގޮސް ލަންޒާގެ ކުރިމަތީގައި މަޑުޖެހުނެވެ. ލަންޒާގެ ބުޅި އިސްތަށިގަނޑުގައި އިނގިލިތަކުން ކުޅެލިއެވެ. އިހުނަށްވުރެއް ކައިރިވެލަމުން އިނގިލިތަކުން އޭނަގެ މޫނުގައި ފިރުމައިލިއެވެ.

“ވަރަށް ވަރުވެފަ ދޯ ހުރީ…” ކައިފް ބުންޏެވެ.

“ވަރުކޮށްލީމަ ވާނެ ދޯ..” ލަންޒާގެ ވާހަކަތަށް ހުރީ އެދުންވެރިގޮތަކަށެވެ. ހީވަނީ އަދިވެސް އަރާމާއި ލައްޒަތުގެ ފޮނި މީރުކަމަށް ޖިސްމު އެދެމުންދިޔަހެންނެވެ. “ދެން މިރެއަކު ނޫން.. ވަރަށް ބަނޑުހައި.. ލެޓްސް އޯޑަރ ސަމްތިން ޓު އީޓް..” ފަރުވާކުޑަގޮތަކަށް ލަންޒާ ބުންޏެވެ. ބަނޑުހައިވެފައި ހުރިކަން އަންގާލަމުންނެވެ.

“ތިރިއަށްދޯ ކާންދާނީ.. އަވަސްކޮށްލައިގެން ހިނގާ ދާން…” ލަންޒާގެ ތުންފަތުގައި ބޮސްދެމުން ކައިފް ބުންޏެވެ. ކައިފް ހިނގައިގަތީ އަލަމާރިއާއި ދިމާއަށެވެ. ލަންޒާ ގޮސް ޑްރެސިންޓޭބަލްކައިރީގައި މަޑުޖެހިލަމުން ކުޑަގޮތަކަށް ތައްޔާރުވެލިއެވެ.

“ކާފް.. ހޫޒް ހަލްކާ؟” އެނދާއި ދިމާއަށް މިސްރާބު ޖަހަމުން ލަންޒާ ބުންޏެވެ. އޭރު ކައިފް ހުރީ ބޮކްސާއެއް އަތަށް ނަގައިގެންނެވެ. ހަލކާ އަކީ ކާކުކަން ނޭންގޭތީ އެކަމާއި ގުޅޭގޮތުން ލަންޒާ ސުވާލުކުރިއެވެ.

“ތިވާހަކަ ދައްކާނީ ތިރިއަށް ގޮސް.. ބޭބް ރެޑީ ދޯ..” ސާދާ ހިނިތުންވުމަކާއެކު ކައިފް ޖަވާބު ދިނެވެ. ދެމީހުން އެކުގައި ތައްޔާރުވެލައިގެން ނުކުތީ ރޭގަނޑުގެ ނާސްތާއަށެވެ.

****

އެރަށަށް ޒިޔާރަތްކުރި ޒުވާނާ އިނީ އެރަށުގެ ރެސްޓޯރަންޓުގައި ކޮފީއެއް ބޯލުމަށެވެ. އޭނަ ގެނައި ދަބަސް ކައިރީގައި ހުރި ގޮނޑިމަތީގައި ބަހައްޓާފައި ހުއްޓެވެ. ކޮފީޖޯޑުގައި ހުރި ކޮފީ ފޮދު ބޯލަމުން އަތުގައި އޮތް ސިނގިރޭޓް އަޅިކެނޑީގެ ތެރެއަށް ނިއްވާލަމުން ރެސްޓޯރަންޓުގައި މަސައްކަތް ކުރަން އުޅުނު ފިރިހެން ވެއިޓަރަކަށް ގޮވާލަމުން ބިލް ގެނައުމަށް އެދުނެވެ. ބިލަށް ފައިސާ ދެއްކުމަށްފަހު ދަބަސް ނަގައި ބުރަކަށީގައި އަޅުވާލަމުން އެތަނުން ނުކުތެވެ. ކުރުނޭވާއެއް ލަމުން ހިނގައިގައިގަތެވެ.

“ވިއާން..” މީހަކު އެ ޒުވާނާގެ ނަމުން ގޮވާލުމުން ދެކޮޅުހޯދައި ބަލައިލިއެވެ. އެހިސާބު ކޮންމެވެސް ވަރަކަށް އަނދިރިކަމުން މީހަކު ފެންނަ ވަރެއްނުވިއެވެ. ދެވަނަ ފަހަރަށްވެސް އެހިސާބަށް ނަޟަރު ހިންގައިލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ހިނގައިގަތެވެ.

“ވިއާން….” އަނެއްކާވެސް އޭނަގެ ނަމުން މީހަކު ގޮވާލުމުން މަޑުޖެހުނެވެ. ދެކޮޅު ހޯދާ ބަލައިލިއެވެ. އަޑު އައީ ދާދިގާތުންނެވެ. އެތަނުގައި ހުރި ގަހެއް ކައިރިން މީހަކު ހުރިހެން އޭނައަށް ހީވިއެވެ. ހުރި ފިޔަވަޅުމަތީގައި މަޑުޖެހިލައިގެން ހުރީ އެމީހަކު އޭނަގެ ލޮލަށް ފެންނަންދެންނެވެ. އެމީހަކު މަޑުމަޑުން ހިނގާލާފައި ގަހުގެ ނިވަލުގައި ހުރެފައި ނުކުންނަން އުޅުނެވެ. ދިއްލާފައި ހުރި ހޮޅިބުރީގެ އަލިކަމުގެ ތެރެއިން ނުކުމެގެން އައީ ބުރުގާ އަޅާއިގެން ހުރި އަންހެން ކުއްޖެކެވެ. ވިއާންގެ ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިވިއެވެ. ދަންނަ މީހެއްކަން އެނގުނީ އޭނަގެ އަމަލުތަކުންނާއި މޫނަށް ވެރިވަމުން ދިޔަ ކުލަވަރުތަކުންނެވެ.

“ވިއާން.. ކިހިނެއް ހާލު؟” އެ އަންހެން ކުއްޖާކޮށްލީ ސުވާލެކެވެ.

(ނުނިމޭ)

(އަޅުގަނޑުގެ ލޮބުވެތި ކިޔުންތަރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..)

ޚިޔާލު ފޮނުއްވާ