7497 117

ލިބުނު ކުއްލި ބޮޑު އުފަލުން ބަލާކަށް ނުހުރެ ތާނިޔާއަށް ނާޒިލްގެ ގައިގައި ބައްދައިގަނެވުނެވެ. ނުހަނު ބާރަށެވެ. ދެން ދުވަހަކު ވެސް ނާޒިލްގެ ގައިން ދޫ ނުކުރާ ނަމޭ ބުނާފަދަ ގޮތަކަށެވެ. ތާނިޔާގެ ބުރިކަށީގައި ފިރުމަމުން ނާޒިލްގެ ވަރަށް ލޯބިކޮށް ތާނިޔާގެ ކަންފަތް ކައިރީގައި ބޮސް ދިނެވެ. މިއީ އަދި ތާނިޔާ ދެކެ ލޯބިން ނާޒިލް އޭނާއަށް ދިން ފުރަތަމަ ކިސްއެވެ. ތާނިޔާގެ ހިތް އުފަލުން ދިޔައީ ބަންޑުން ވަމުންނެވެ. ނާޒިލް ގެ ކަޅި ތާނިޔާގެ ލޮލާއި އަމާޒު ކޮށްލަމުން އޭނާ ހީނލިއެވެ.

“ތާނިޔާ… ތާނިޔާގެ ތި ހިތްހެޔޮ ކަމުން އަހަރެންގެ ހިތުގައި ތާނިޔާއަށް ވަރަށް ޙާއްޞަ މަޤާމެއް ދެވިއްޖެ… އަހަރެންނަށް ވެސް ތާނިޔާ ދެކެ ލޯބި ވެވިއްޖެ… މި ހިތުގައި މައިކާއަށް ޓަކައި ފިދާވެ ޤުރުބާން ވަމުން ދިޔަ އެތަކެއް އިޙުސާސެއްގައި މިއަދު ދިރުމެއް ނެތް ފަދަ… މި ހިތާއި ސިކުނޑި އެދި ގޮވަނީ މިހާރު ތާނިޔާއަށް… އަހަރެންގެ ދިރިއުޅުން ވެސް ތާނިޔާ މުޅިން ބަދަލުކޮށްލައިފި… އެކަމު… އަހަރެން އަދިވެސް މައިކާ ދެކެ ލޯބިވޭ… ނޭނގެ އެއީ ކީއްވެ ކަމެއް… މި ހަށިގަނޑުގެ ހުރިހާ ނާރެއް، މައިކާއާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ދާއިރު ވެސް.. އަހަރެން އަދިވެސް މައިކާ ދެކެ ލޯބިވަން.. އެކަމު…. ތާނިޔާ ގެ ތި އޯގާތެރި ކަމުން އެކަން އެބަ ބަދަލުވޭ.. އަހަރެންނަށް އެކަން އެބަ އިޙުސާސް ކުރެވޭ… ތާނިޔާ.. އަހަރެންގެ ޙަޔާތް އުޖާލާ ކޮށްދީ..” ތާނިޔާގެ މޫނަށް ބަލަހައްޓައިގެން އިން ނާޒިލްގެ ދެލޮލުން ކަރުނަ ތިކިތައް ވެއްޓެން ފަށައިފިއެވެ.

“ހަމަ ހުވާ ކޮށްފަ މި ބުނީ…. އަހަރެން ނާޒިލްގެ މުޅި ޙަޔާތް އުޖާލާ ކޮށް ދޭނަން.. މުޅި ދިރިއުޅުން އުފާވެރި ކޮށް ދޭނަން.. ނާޒިލް ދެކެ އަހަރެން މިވަނީ ހަޤީޤީ ލޯބި…” ތާނިޔާގެ ދެއަތުން ނާޒިލްގެ އަތް މަތީގައި ފިރުމާލިއެވެ.

ރޭގަނޑުގެ އަނދިރި ކަމުން މުޅި ދުނިޔެ ބައްދާލައިފިއެވެ. މައިކާ ތައްޔާރު ވެލައިގެން އިނީ ނާޒިލްގެ އެންމެ ގާތް ރަޙުމަތްތެރި އެއްގެ ގޮތުގައި ހުރި އީނާ އާއި ބައްދަލުކުރާށެވެ. ފަރީދާ ނިދަން ކޮޓަރިއަށް ވަންނާނެ އިރެއްގެ އިންތިޒާރުގައި މައިކާ ވަގުތުތައް ގުނަމުން ދިޔައެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އީނާ އާއި ބައްދަލު ކުރަން މައިކާ ނުހަނު ބޭނުން ވެއެވެ. މިވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އީނާ އާއި އެކު މައިކާއަށް ވަނީ ވަރަށް ބޮޑު، ވަރުގަދަ ގުޅުމެއް އުފެއްދިފައެވެ. ދެމީހުން ދެމީހުންނަށް އިތުބާރު ކުރެވޭ ހިސާބަށް ގުޅުން ވަނީ ފުޅާވެފައެވެ. މައިކާ ނިންމައިގެން ހުރީ މިރޭ ހުރިހާ ވާހަކައެއް އީނާއަށް ކިޔާދޭށެވެ. މާލެ ގޮސް އެތައް ޕްލޭނެއް އީނާ އާއި އެކު ހަދަން މައިކާ ދިޔައީ ވިސްނަމުންނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލަމުން މައިކާ ވަރަށް ސިއްރުން ސިޓިންގރޫމް ބަލައިލިއެވެ. ފަރީދާގެ ހިލަވަޅެއް ފެނޭތޯއެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް ނިޝާނެއް ޚަބަރެއް ވެސް ނެތެވެ. މަޑުމަޑުން ކޮޓަރިން ނުކުމެ ފަރީދާގެ ކޮޓަރީގެ ދޮރުގެ ތަޅުގައި މަޑުމަޑުން މައިކާ ހިފައިލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ލަސްތަކެއް ނުކޮށް މައިކާ އަވަހަށް އީނާއަށް ގުޅައިގެން އޭނާ މައިކާގެ ގެއަށް ގެނައެވެ.

“ދަރިފުޅާ ރައިހާން.. ދަރިފުޅުގެ ކޮއްކޮ ރިއާން މިރޭ ގުޅި މަންމަ އަށް… ދަރިފުޅަށް ވަރަށް ސަލާމް ބުނި.. ވަރަށް ރާއްޖެ އަންނަން ބޭނުމޯ ބުނީ… މަންމަ ބުނީ އަވަހަށް ކިޔަވައިގެން އަންނާށޭ..” ހިނިތުންވެލަމުން ނަޒްރާ ބަލައިލީ ރައިހާން ގެ މޫނަށެވެ. ރައިހާންގެ ގާތުގައި އޭނާގެ ބައްޕަ ފާއިޒު ވެސް އިނެވެ.

“އެހެންތަ؟؟ ކޮއްކޮ އެއީ ވަރަށް ބިޒީކޮށް އުޅޭ ކުއްޖެއް.. އަޅުގަނޑު ގުޅާލީމަ ވެސް ގިނަ ފަހަރު ކޮންމެ ވެސް ކަމެއްގަ އުޅޭނެ.. އަޅުގަނޑު ވެސް ރިއާން ކޮއްކޮ މަތިން ވަރަށް ހަނދާންވޭ..” ރައިހާން އޭނާގެ 20 އަހަރުގެ ކޮއްކޮ ރިއާން ގެ މަތިން ހަނދާންކޮށްލަމުން ބުނެލިއެވެ.

“އަދި އެނގޭތަ؟؟ ރިއާން މިހާރު ހުސް ވަގުތު ރުޤްޔާ ހަދަން ދަސްކޮށް ދޭ ކޯހަކަށް ވެސް ދަމޯ… މަންމަ ބުނިން ފުރަތަމަ ލޯޔަރަކަށް ވެވޭތޯ ބަލާށޭ… ދެން ހުސް ވަގުތު ކުރަންވެސް އަނެއްހެން ހަމަ ރަނގަޅު ކަމެއްނު ދޯ އެއީ..؟” ނަޒްރާ ދޯ ދިނީ ރައިހާންއަށެވެ.

“މަންމަ ތިބުނީ ރަނގަޅަށް… ރުޤްޔާ ކުރަން ދަސްކޮށް އެކަން ކުރުމަކީ ހަމަ ރަނގަޅު ކަމެއް.. ކޮންމެ ކަމެއްވެސް އެކަމެއް ކުރަން އޮންނަ ހެޔޮ ގޮތުގައި ކުރީމަ ﷲގެ ރުއްސެވުން ލިބޭނެ..” ފާއިޒް އާއި ނަޒްރާއަށް ބަލައިލަމުން ރައިހާން ސޯފާއިން ތެދުވިއެވެ.

“މަންމާ.. ބައްޕާ.. އަޅުގަނޑު މިދަނީ ނިދަން.. މާދަމާ ފުރަން ވެސް ޖެހޭނެ..” ރައިހާން ހިނގާފައި ގޮސް އޭނާގެ ކޮޓަރި ތެރެއަށް ވަނެވެ.

“އީނާ ވަރަށް ބޮޑަށް ތޭންކްސް… މިގަޑީގަ އައީމަ.. އަހަރެން އެބަ ހުރި ވަރަށް ވާހަކަ ދައްކަން..” ވަރަށް ސިއްރުން މައިކާ ވާހަކަދައްކަމުން ގެންދިޔައީ އީނާ އަށެވެ. މައިކާގެ ކޮޓަރީގައި އެ ދެމީހުން ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ.

“ކޮން ވާހަކައެއްތަ؟؟ މައިކާ ފުރަނީތަ؟؟” ކޮޓަރީގައި ތައްޔާރުކޮށްފައި ހުރި ފޮއްޓަށް ބަލައިލަމުން އީނާ ޙައިރާން ކަމާއި އެކު އަހައިލިއެވެ.

“އާނ.. ބުނީމެއްނު؟ ވަރަށް އަވަހަށް ދާން ޖެހި ދާނޭ.. މާދަމާ ފުރަން މިއުޅެނީ… ” މައިކާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އަޅޭ… ދެން… އަހަރެންނާއި އެކު ދާ ނަމަ…. ވީކެއް ފަހުން އަހަރެން ވެސް ދާނަން..” އީނާ ޝަކުވާ ކުރާ ރާގެއްގައި ބުނެލިއެވެ.

“އީނާ… މާދަމާ ރައިހާން އާދޭ…. އަހަރެން ބަލާ.. އެހެން ވީމަ ދާކަށްނު ޖެހޭނީ..؟ އީނާ… އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަންތަ؟ މީ ވަރަށް ބޮޑު ސިއްރެއް..” މައިކާގެ މޫނު މަތިން ވަގުތުން ހާސްކަން ވެރިވެގަތެވެ.

“މައިކާ.. ކޮން ވާހަކައެއް؟؟ އަހަރެންނަށް އިތުބާރު ކުރޭ..” އީނާ ހިފީ މައިކާގެ އަތުގައެވެ.

“އީނާ…. އީނާ.. އަހަރެން ބަނޑު ބޮޑު..” މައިކާގެ ދެލޯ މަރައި ތަގުޅިކޮށްލިއެވެ.

“ވާވް…. ކޮންގްރާޓްސް… އެއީ ތަ ވާހަކަ އަކީ؟؟ ނާޒިލަށް ވަރަށް ދެރަ ޚަބަރަކަށް ވާނެ.” ވަގުތު ކޮޅަކު ހުއްޓުން އަރާފައި އިނުމަށް ފަހު އީނާ ބުނެލިއެވެ.

“އީނާ… އަހަރެންގެ ބަނޑުގަ މިއޮތީ ރައިހާންގެ ދަރިއެއް ނޫން…” މައިކާ ބުނި ވާހަކައިން އީނާއަށް ކުއްލިއަކަށް އެނދުން ތެދުވެވުނެވެ.

“ކީކޭ؟؟ ދެން ކާކުގެ؟؟ ހޫމް… ނާ.. ނާޒިލްގެ؟؟” އީނާގެ ދެލޯ ބޮޑުވެ، އޭނާއަށް ވަނީ ބޮޑު ކުއްލި ޙައިރާން ކަމެއް ލިބިފައެވެ. އާނ އެކޭ ބުނާފަދަ ގޮތަކަށް ބޯ ޖަހައިލަމުން މައިކާއަށް ރޮވޭ ގޮތްވިއެވެ.

“މައިކާ.. ނުރޮއި…. ދެން އަހަރެން ކީއްތަ ކުރަންވީ؟؟” މައިކާގެ ދެލޮލުން ކަރުނަ ފޮހެލަމުން އީނާ މައިކާ އާއި އިތުރަށް ގާތް ވެލިއެވެ.

“އީނާ.. އަހަރެން ބޭނުމެއް ނޫން މިކަން ރައިހާންއަށް އެނގޭކަށް… އަހަރެންގެ މަންމަ…. މި ހިތާމައިގަ މިދުނިޔެއިން ވަކި ވާކަށް އަހަރެން ނޭދެން… އީނާ… އަހަރެންނާއި ރައިހާންގެ ކައިވެންޏަށް އަދި 4 ވަރަކަށް މަސް ވާނީ.. އެކަމު…. އެކަމު އަހަރެންގެ ބަނޑަށް ވެސް މިހާރު މޯރދެން 4 މަންތްސް.. އީނާ ޕްލީޒް.. ތީ ޑޮކްޓަރެއްނު؟؟ އަހަރެން މި ލަދުން ސަލާމަތް ކޮށްދީ.. އަހަރެންގެ ޙާއްޞަ ޑޮކްޓަރަކަށް ވެގެން އަހަރެންގެ ޑިޔު ޑޭޓް ޗޭންޖް ކޮށްލަދީ.. އަހަރެންގެ ކައިވެންޏަށް ފެތޭ ގޮތަށް ރިޕޯޓް ބަދަލުކޮށްލަދީ.. ޕްލީޒް… އީނާ ޕްލީޒް.. ހެޔޮނުވާނެ..” އީނާގެ ދެއަތުގައި ހިފައި އާދޭސް ކުރަމުން މައިކާ ވެއްޓިގަތީ އީނާގެ ފައިބުޑަށެވެ.

“މައި.. މައިކާ.. ބަލަ މައިކާ..”

އީނާގެ ފައިބުޑަށް ވެއްޓިގަނެ ރޮމުން ގެންދިޔަ މައިކާ ކޮޅަށް ނަގަމުން އީނާ ބަލައިލީ މައިކާގެ މޫނަށެވެ. އަދި އީނާގެ ދެ އަތުން މައިކާގެ ކޯތާފަތުން ދުވަމުންދާ ކަރުނަ ތިކިތައް އީނާ ފޮހެން ފަށައިފިއެވެ.

“މައިކާ ނުރޮއި ބަލަ… މައިކާއަށް ޓަކައި… އަހަރެން ތިކަން ކޮށް ދޭނަމޭ.. އެންމެ ރަނގަޅެއްނު؟؟” އީނާ ލުއި ހިނިތުން ވުމަކާއި އެކު ބުނި ޖުމުލައިން މައިކާއަށް ކުއްލިއަކަށް ރުއިން ހުއްޓާލެވުނެވެ. އަދި ހަމަޖެހުމުގެ ނޭވާ އެއް ދޫކޮށް ލެވޭތޯ މައިކާ މަސައްކަތް ކުރިއެވެ.

ބުންކަރުގެ ހަމަހިމޭން ވަގުތެވެ. ހޮސްޕިޓަލްގައި އެޑިމިޓް ކޮށްފައިވާ ނާޒިލް އޮތީ ގަދަ ނިދީގައެވެ. ވާރޑްގައި އެކަނި މާއެކަނި ނާޒިލް އޮތް އިރު އޭނާގެ ސިކުނޑިއަށް ދިޔައީ ހިމޭންކަން އިޙްސާސް ވަމުންނެވެ. އެހެނަސް އެ ހިމޭންކަން ނާޒިލްގެ ސިކުނޑި އަށް ވެރިވީ ކުޑަ ވަގުތު ކޮޅަކަށެވެ.

ކޮންމެވެސް މީހަކު ނާޒިލްގެ ގާތުގައި ހުރެ އޭނާގެ ގައިގައި ފިރުމަމުން ދާ ކަމުގެ އިޙްސާސް އޭނާއަށް ކުރުވަން ފަށައިފިއެވެ. މިހާރު އެމީހަކު އެނދުމަތީގައި އޮށޯ ވެއްޖެއެވެ. ލޯ ހުޅުވަން ނާޒިލް ބޭނުން ނުވުމުން އޭނާގެ މެރިފައިވާ ދެލޯ އިތުރަށް ފިއްތާލިއެވެ. ހިތުގެ ހިނގުން އަވަސް ވާން ފެށިއެވެ. އެނދުމަތީގައި އޮތް މީހާ މަޑުމަޑުން ނާޒިލްގެ ކަންފަތް ދޮށުގައި ފުމެލިއެެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތުގައި ވަރަށް ސިއްރުން ތަމުސީރާ ގެއިން ނުކުމެ ޓެކްސީއަށް އެރިއެވެ. އޭނާގެ ހިތް ބާރަށް ދިޔައީ ތެޅެމުންނެވެ. ޓެކްސީގައި އިން އިރު ވެސް ތަމުސީރާގެ ނިތް ކުރިން ދިޔައީ ދާތިކިތައް ހިލެމުންނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ތަމުސީރާ ބޭނުން ވީ އޭނާގެ ހިތުގެ ބަހަށް އިޖާބަ ދޭށެވެ. ޓެކްސީ އޭގެ ބާރު ދުވެލީގައި ގޮސް މަޑުކޮށްލީ އައިޖީއެމްއެޗް ގެ މައި ދޮރުގެ ކުރިމަތީގައެވެ.

“ދަރިފުޅާ.. މަންމަ ގެ ފުރާނަ ތީ…. މަންމަގެ ހުރި ހަމަ އެކަނި ލޯބި ދަރި ތީ… މަންމަ ކައިރިއަށް އަވަހަށް އާދޭ…” ނާޒިލްގެ ކަންފަތުގެ ހިނދުރި ތޮރު ފަމުން ދިޔައީ އަންހެން މީހެއްގެ ހިތްދަތި އަސަރުގަދަ އަޑަކުންނެވެ. އެ އަޑަކީ ނާޒިލް އަށް އާ އަޑެއް ނޫނެވެ. އެ އަޑު ނީއްވެ، ރޭތަކެއް ވޭތުވުމަށްފަހު މިރޭ އަނެއްކާ ވެސް އެ އަންހެން މީހާގެ އާދޭސްތައް ނާޒިލަށް އިވެން ފެށީއެވެ.

ހޮސްޕިޓަލްގެ ތެރޭގައި ލަސްލަހުން ފިޔަވަޅު ނަގަމުން ތަމުސީރާ ހިނގާފައި ދިޔައިރު އޭނާގެ މުޅި ގައި ދިޔައީ ތުރުތުރު އަޅަމުންނެވެ.

“ދަރިފުޅާ… ދެލޯ ހުޅުވާލަބަލަ… ވަރަށް އަވަހަށް ދަރިފުޅަށް ހުރިހާ ކަމެއް ވެސް އެނގޭނެ…. މަންމަގެ ހަޤީޤަތް ފައުޅުވާނެ…. ދެން ދެލޯ ހުޅުވާލަބަލަ ދަރިފުޅާ….” ނާޒިލަށް އިވެމުން ދިޔައީ ގިސްލަމުން އާދޭސް ކުރަމުންދާ އަޑެވެ.

“ފަރީދާ… ފަރީދާ..” ކުއްލިއަކަށް ނިދާފައި އޮތް ފަރީދާއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ.

“ކާކު؟؟ ތީ ކާކު؟؟” ފަރީދާ އާއި ފުރަގަސް ދީފައި ހުރީ ދެބައި އުމުރުގެ ފިރިހެނެކެވެ.

“ކާކުހޭ ތީ؟؟” ފަރީދާގެ އަޑު ބާރުވާ ގޮތްވިއެވެ. މޭ ޖެހޭ ހާލުގައި ފަރީދާ އެނދުން ތެދުވެ އެމީހާ އާއި ދިމާލަށް ހިނގައިގަތެވެ.

“ތީ… ތީ.. ތީ ކާކު؟؟؟” ފަރީދާގެ އަޑުގައި ވަނީ އިންތިހާއަށް ބިރުވެރިކަމެވެ. ފަހަރަކު ފިޔަވަޅެއް ނަގަމުން ގޮސް ފަރީދާ އެމީހާގެ ކުރި މައްޗަށް އެރިއެވެ.

“މީ ބަޑި ސަކީނާ” އެ ފިރިހެން މީހާގެ މޫނު ރަނގަޅަށް ސާފު ނުވިޔަސް، އޭނާގެ އަރު ތެރެއިން ނުކުތީ އަންހެން އަޑެކެވެ. އެހެން ބުނުމާއި އެކު ފަރީދާގެ ދެލޯ ހުޅުވި، ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ދާހިތްލާ ތެމި ފޯއްވެފައިވާ ފަރީދާއަށް ދިޔައީ ކުރުކޮށް އަވަސް ކޮށް ނޭވާ ލެވެމުންނެވެ. އެނދުމަތިން ތެދުވެ ފެން ފޮދެއް ބޮއިލަމުން ހަމަ އަކަށް އެޅޭތޯ ފަރީދާ މަސައްކަތް ކުރިއެވެ. ފެނުނު ބިރުވެރި ހުވަފެނުން ސިކުނޑި ހަމައަކަށް އެޅުވޭތޯއެވެ.

ތެޅިތެޅި އޮތް ހިތަކާއި ވާރޑަށް ވަދެ ތަމުސީރާ އެކި ތަންތަނަށް ނަޒަރު ހިންގަމުން ދަނިކޮށް ނާޒިލް އޮތް އެނދު ފެނުނެވެ. ވަރަށް މަޑުމަޑުން ފިޔަވަޅު ނަގަމުން ތަމުސީރާ ގޮސް ނާޒިލްގެ އެނދު ގާތުގައި ހުއްޓުނެވެ. ހަމަ އެއާއި އެކު ތަމުސީރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފަހަތަށް ފިޔަވަޅެއް ތަމުސީރާއަށް އެޅުނީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ.

ނުނިމޭ

.

  1. Avatar

    ޒެލް ހާދަ ކުރޭ .. އެކަމް ވާހަކަ ހަބޭސް އިނގޭ ދެން ތަންކޮޮޅެއް އަވަހަށް އަޕްލޯޑު ކުރަން ވެއްޖެއްނުން ދޯ…

  2. އިބްރާހިމް ޒިހުނީ

    މިވާހަކައިގެ ސޮފްޓް ކޮޕީ ފައިލަށް ދިމާވެފައި އިން މައްސަލަ އަކާއި ގުޅިގެން ވާހަކަ ގެނެސްދިނުން ލަސްވަމުން ދާތީ ހުރިހާ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން. މައްސަލަ ހައްލު ވުމާއި އެކު، ވާހަކަ ގެނެސްދެވޭނެ.

    13
    1
  3. Avatar

    Ey zel mivaahakaiga total kithah episode indhey… and yeah btw maikaa and nazil keehve vaki thi kohlani haadha dhera veyey edhe meehun vaki vma and e thaaniya haadha goahey vrh foohi vey dhn

    4
    3
  4. Avatar

    Raihan aai maika be sexy gulhumuge thankolhu kiyaalaahithu maruvany mihira
    Maika Raihan ge budu boane kanneynge
    Adhi Raihan heeskolhu pull push kohfa fada nereynehen heevanee
    Maika ge heeslaathan haavaafa loveladheyne raihan??

    3
    5

ޚިޔާލު ފޮނުއްވާ