މިއީ ދެ ހާސް ފަނަރަވަނަ އަހަރު އަހަންނަށް ދިމާވި ހާދިސާއެކެވެ. އަހަންނަކީ ދިވެއްސެކެވެ. ވަރުގަދަ ކަސްރަތީ ހަށިގަނޑެއް ނެތް ނަމަވެސް، ބަރުހެލި ފިރިހެނެއް ނޫނީމުވެ. ފުރަތަމަ މި ކިޔައިދެނީ، މި ހާދިސާއިން އަހަންނަށް ކުރެވުނު ތަޖުރިބާއެވެ. ޖިންނީންނާ ބެހޭގޮތުން އަހަ ރެންނަށް އެނގިފައިވަނީ މުއުމިން ޖިންނިއަކު އަހަންނަށް ކިޔައިދިން އެއްޗެއްސެވެ. ކާފަރެއް ގޮތުގައި އުޅުނުއިރު، އިންސާނުންނަށް ކެހިދޭން އޭނަ ކުރި ކަންތައްތަކާ، އެ އިން އެ ސޮރަށް ކުރި ފައިދާތަކެވެ. އަހަންނަށް އެ ވާހަކަތައް ކިޔައިދިނީ، އަހަރެންގެ ލޯ ޅުވައިދިނުމަށްޓަކައެވެ. ރައްކާތެރިވުމަށްޓަކައެވެ. ޖިންނީންނަކީ، އިންސާނުންގެ ހަށިގަނޑުގައި ލޭ ދައުރުވާހެން ހަރަކާތްތެރިވެ އުޅޭ މަޚްލޫޤެކެވެ. ބޮޑުކަމުން ގޮސް ފަރުބަދައެއް ވަރުގެ ޖިންނި އުޅެއެވެ. ހަށިގަނޑުގެ ތެރެއަށް ވަނުމަށްޓަކައި، ޒައްރެއްގެ މިންވަރަށް ޖިންނި ކުޑަވާ ތަން ވެސް އަހަރެން ދުށީމެވެ. ހަށިގަނޑުތެރެއަށް ގިނައިން ވަންނަނީ ނިޔަފަތިތަކުގެ ދަށުންނެވެ. އިންސާނުންގެ މުޅި ގައިގައި، ގަލުގަ ހުންނަ ކަހަލަ ލޯވަޅުތަކެއް ހުރެއެވެ. އީމާތްތެރިކަން ބޮޑުވާ ވަރަކަށް އެ ލޯވަޅުތައް ކުދިވެއެވެ. އޭގެތެރެއިން ދެމިގަންނަން ޖިންނީންނަށް އުނދަގޫވެއެވެ. ބޮޑެތި ހޮހަޅަހެން ހުންނަނީ އީމާންތެރިކަން ކުޑަ މީހުންގެއެވެ. އެ ފަދަ މީހުން ކޮންޓުރޯލުކުރުމަކީ ޖިންނީންނަށް ދާދި ފަސޭހަ ކަމެކެވެ. ގޭގެ ދޮރުން މީހުން ވަދެނުކުންނަހެން އެ ފަދަ މީހުންގެ ހަށިގަނޑު ތެރެއަށް ޖިންނި ވަދެނުކުމެ ހަދައެވެ. އާފުރޭ ވަގުތު އަނގައިގެ ތެރެއިން ވެސް ދެމިގަނެއެވެ. އައޫޒު ކިޔަމުން އަނގަ މަތީގައި އަތް އަޅަންޖެހެނީ އެހެންވެއެވެ. ޙަޤީޤަތުގައި ދުޢާތަކާއި ޒިކުރުތަކުން ވަރަށް ބޮޑު ރައްކާތެރިކަމެއް އަހަރުމެންނަށް ލިބެއެވެ.

ކެޓެގަރީ:

3957

 1. Avatar
  0.0

  ހަމަ ހިތަށް އެރީ އަހަރުމެންނަށް މިފަދަ މަޚްލޫގުންނާއި ބެހޭ އެއްޗެސް ހަމަ މަދީއޭ…..🤔🤔

 2. Avatar
  0.0

  ތަޚުޞީޞް ކުރުމަކީ ކޮބާ؟
  ހުކުރު ވިލޭރޭ ވާހަކަ އަކީ ޙަޤީޤީ ވާހަކައެއްތަ؟

 3. Avatar
  0.0

  Attach kurevifa inee hukuru vileyrey vaahaka

ކިޔުންތެރިންގެ ހިޔާލު

Your Rating