Views: 3367 102

ވާހަކައިގެ ނަން: ފަދަމްދަމް
މާނަ: މިބަހަކީ އަރަބި ބަސް "ފަދަމްދަމަ" އިން އަޅުގަނޑު ވާހަކައަށް އެކުލަވާލި ނަމެކެވެ. ބަސް އައިސްފައިވަނީ ޝަމްޝު ސޫރަތުގައެވެ. މާނަ ކޮއްފައިވަނީ ބަރުބާދީ އާއި ގުޅުވާފައެވެ. ވާހަކައިގައި ބަސް ބޭނުންކޮއްފައިވާނީ ފަރުބަދައެއްގެ ނަމުގެ އިތުރުން ބަރުބާދީ އަށް މާނަ ކޮއްފައެވެ. އަދި ވާހަކައިގެ މެއިން ކެރެކްޓާރ "އާދަމް" ގެ ނަން ވާހަކައިގެ ނަމުން ދޭހަވާ ގޮތަށެވެ.
ބާވަތް: ފެންޓަސީ / ސްޕަރނެޗްރަލް

****

2000 ވަނަ އަހަރު

އާދައިގެމަތިން ކޮންމެރެޔަކުވެސް ރޭގަނޑު ނިދުމުގެކުރިން އެރޭވެސް ހަނާ އޭނާގެ ކޮއްކޮ އާދަމް ނިދައިފިތޯ ބަލާލަން އާދަމްގެ ކޮޓަރިއާދިމައަށް ހިނގައިގަތެވެ.

ހަނާގެ އުމުރުން އޭރު 15 އަހަރެވެ. އާދަމްއަށް 10 އަހަރެވެ. އެހެންވެ އާދަމްގެ ގިނަކަންކަން މަންމަގެ ބަދަލުގައި ކޮއްދީ އުޅެނީ ހަނާއެވެ.

ހަނާ މަޑުމަޑުން ހިނގާފައިގޮސް އާދަމްގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އެއާއެކު ހަނާއަށް ހަޅޭލަވައިގަނެވުނެވެ. އެ އަޑަށް ހާމިދާ އާއި އާރިފު ވެސް ކޮޓަރީގައި ތިބެފައި ދުވެފައި އައެވެ. އޭރު އާދަމް އެނދުމަތީގައި އިށީންދެގެން އިނެވެ. ހަނާ މާނޭވާ ލަނީއެވެ.

"ކިހިނެއްވީ؟؟ ހަމީދާ އަހާލިއެވެ. "ނޭންގެ. އަހަރެން މިހޭލީ ދޮންތަ ހަޅޭލަވައިގަތަ އަޑަށް" އާދަމް ބުނެލިއެވެ. ހަނާ އަވަސް އަވަހަށް އާދަމްގެ ކޮޓަރީގެ ދޮރުލައްޕާފަ އޭނާގެ މަންމަ އާ ބައްޕަ ގޮވައިގެން ސިޓިންރޫމް އަށް ދިޔައެވެ.

"އާދަމް ބިރުގަނެފާނެތީ އާދަމް ހުއްޓާ ބުނަން ބޭނުން ނުވީ. އެކަމަކު އަހަރެން އާދަމްގެ ކޮޓަރިއަށް ވަންއިރު އާދަމް އޮތީ އެނދުން މަތީގައި ކޮޓަރީގެ ސީލިންގްއާ ހިސާބު އެއްވެސް އެއްޗެއްގައި ނުޖެހި. އޮތީ ނިދާފައި އެކަމަކު މައްޗަށް އަރަމުން ދިޔައީ. އަހަރެން ހަޅޭއްލަވައިގަތުމާއެކު އާދަމްގެ ލޯ ހުޅުވާލިއިރަށް އެނދުމައްޗަށް ވެއްޓުނީ" ހަނާ ވަރަށް ބިރުންހުރެ ބުނެލިއެވެ. ހަމީދާ ފުންކޮށް ވިސްނާލިއެވެ.

"ތިއީ ދަރިފުޅަށް ހީވިގޮތެއްކަން ނޭންގެ." ހަމީދާ ބުނެލިއެވެ. "ނޫން މަންމާ. މިއީ ހީވިގޮތެއްނޫން. މިގޭގެ ތެރޭގައި ރޫހާނީ ކަމެއް އުޅެނީ ނޫންބާ؟" ހަނާ ބުނެލިއެވެ. "ދަރިފުޅު މާގިނައިން ފިލްމް ބަލާތީ ތި ބިރުގަންނަނީ. އިއްޔެ އެއްނު ކޮންމެސް ހިންދީ ފިލްމެއް ބަލާފައި ބިރުން އުޅުނީ" އާރިފް ވެސް އެއީ ހަނާއަށް ހީވި ހީވުމެކޭ ބުނެފައި ކޮޓަރިއަށް ފޮނުވާލިއެވެ. އަދި އަވަސް އަވަހަށް ހަމީދާ އާ ދެމީހުން އާދަމްގެ ކޮޓަރި އަށް ވަނެވެ.

"ދަރިފުޅާ. ހަނދާން ކޮއްފައި ބުނެބަލަ. ކިހިނެއްވީ އަސްލު؟" ހަމީދާ ސުވާލް ކޮއްލިއެވެ. "ނޭންގެ މަންމާ. ހޭލުވުމާއެމު ހީވީ ވަރަށް ބާރަށް އެނދުގައި ޖެހުނުހެން. އެނދުމައްޗަށް ވެއްޓުނީކަން ނޭންގެ. އެނދުން މަތީގައި އޮވެވުނުހެން ހީވަނީ. ދެން ކުއްލިޔަކަށް ވެއްޓުނީ" އާދަމް ބުނެލިއެވެ. ހަމީދާ އާއި އާރިފް އެއީ އާދަމްއަށް ފެނުނު ހުވަފެނެކޭ ބުނެ ނިންދަވާފައި އެމީހުންގެ ކޮޓަރިއަށް ދިޔައެވެ.

"ހަމީދާ.. އަހަރެންނަށް މިހީވަނީ ރަނގަޅައްތަ؟ " އާރިފް ސުވާލް ކޮއްލިއެވެ. "އާނ.. އެކަމަކު މިކަމަށް ލިބޭނެ ޖަވާބެއް ނެތް. އަހަރެން ބޭނުމެއް ނޫން އާދަމް ސިހުރުވެރިއެެއްކާރިއަށް ގެންދާކަށް" ހަމީދާ ބުނެލިއެވެ. "އާނ.. މިއީ ރޫހާނީ ކަމެއް ހެނެއް ހިޔެއް ނުވޭ. އެކަމަކު ކިހިނެއް އަހަރެމެން އާދަމް ހިމާޔަތް ކުރާނީ؟؟؟ ނޫނީ އަހަރެމެން ހިމާޔަތް ކުރާނީ ކާކު؟؟.." އާރިފް ހާސްވެފައި އަހާލިއެވެ. "އަހަރެމެން ހިމާޔަތް ކުރާނީ އާދަމް. އެއީ ވަރަށްވެސް ހާއްސަ ކުއްޖެއް. އަހަރެމެންގެ ނަސީބް. އާދަމްއަށް އެއްވެސް ދެރަކަމެއް ދިމައެއް ނުވާނެ. ގޮތްނޭނެގޭ ގޮތަކަށް އާދަމްއަށް ހިމާޔަތް ލިބޭނެ. އެކަން އަހަރެމެންނަށްވަނީ ޔަގީންވެފަ." ހަމީދާ ހިނިތުންވެލަމުން ބުނެލިއެވެ. "އާން އަދިވެސް އެހަނދާންތަށް އާވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އާދޭ... އެދުވަސް އެގޮތަށް ނައިނަމަ އާދަމްވެސް އަހަރެމެންގެ ހަޔާތަށް ނައީސް." އާރިފް އާއި ހާމިދާ ހަނދާން ކުރަން ފެށިއެވެ.

1989 ވަނަ އަހަރު.

އެއީ މީގެ 10 އަހަރު ކުރިއެވެ. ރޭގަނޑު 8 ޖަހަނީއެވެ. ހާމިދުއާއި އާރިފްވެސް އާދައިގެ މަތިން ހަނާ ނިންދަވާފައި ނިދަން ދިޔައެވެ. ކުއްލިޔަކަށް ވަރަށްބާރު އަޑުފަށްގަނޑެއްއިވެންފެށުނެވެ. މަޑުމަޑުން އެއަޑުގަދަވާން ފެށިއެވެ. އެއާއެކު ބޭރުން މީހުން ރޯއަޑުއިވެންފެށިއެވެ. އާރިފުއާއި ހާމިދާ ދެން ދިޔައީ ސިއްސައިގެންނެވެ. ހީވީ ބިންހެލުމެއް އައި ހެނެވެ. ކޮޓަރިތެރޭގައި ހުރި ހުރިހާ އެއްޗެއް ވެއްޓެން ފެށުމުންނެވެ.

އަވަހަށް ދުވެފައި ނިކުމެ ހަނާ ގޮވައިގެން ހާމިދާއާއި އާރިފް ގެއިން ބޭރަށް ނިކުތެވެ. އެޔާއެކު އެމީހުންގެ ގެ ކުދިކުދިވެ ބިމާހަމަވިއެވެ. ހާމިދާއާއި އާރިފް ހަނާ އުރައިގެން ދުއްވައިގަތެވެ. ޢޭރު އެ ސަރަހައްދުގެ ހުރިހާ ގެޔެއް ދިޔައީ ބިމާހަމަވަމުންނެވެ. ބިންގަނޑު ހީވަނީ އެތެރެއަށް ދަމައިގަންނަހެނެވެ. ލޯމައްޗަށް ސިފަވަމުންދިޔައީ ގިޔާމަތެވެ.

އޭގެ އަނެއްދުވަސް

އެ އަތޮޅުގެ ވެރިކަން ކުރާރަށުން ހެނދުނުވުމާއެކު ބޯޓްތަކުގައި ސިފައިންނާއި ފުލުހުންގެޓީމް ފުރިއެވެ. އެރަށަށް އެރި ބިންހެލުން އެރަށުގެ އެހެން ރަށްރަށަށްވެސް ޅޮލުން އިހުސާސްވިއެވެ. ނަމަވެސް އޭރު ކަނޑުގައި ގަދަވެފައިހުރި ސުނާމީގެ އޮއިވަރުގެ ސަބަބުން އެރަށާ ކައިރިއެއްނުވުވެނުނެވެ.

އެއީ 351 މީހުންގެ އާބާދީއެއް އޮންނަ ކުޑަ ރަށެކެވެ. ރަށް އޮންނަނީ އަތޮޅުގެ ހުރިހާ ރަށަކާވަރަށް ދުރުގައެވެ. ސިފައިން އެރަށަށް އަރައިގެން ދިޔައިރު ރަށް އެއްކޮށް އޮތީ ސުންނާފަތި ވެފައެވެ. ދިރިހުރި ފުރާނައެއްވޭތޯ އަތްފުނާއަޅަން ފެށުނެވެ.

މުޅިރަށްހޯދާބެލިއިރުވެސް ދިރިހުރިއެެއްވެސް ފުރާނައެއްނެތެވެ. ރަށުގެ ހުރިހާ ރައްޔިތުން އެ ބިންހެލުމުގައި ދުނިޔެދޫކޮށް ދިޔައީއެވެ. އެވަގުތު ފުލުސް އޮފިސަރަކު ރަށުގެ ވަލުތެރޭން ހޯދާބަލަނިކޮށް ބިންގަރާހެއް ކަހަލަ ތަނެއްގެ ދޮރު ފެނުނެވެ. ޢަވަސް އަވަހަށް ދޮރު ހުޅުވާ އަލިކޮށް ބަލާލިއެވެ.

"މިހިތާމަވެރި ހާދިސާގައި އެރަށުން ސަލާމަތް ވެފައިވަނީ އެންމެ އާއިލާއެއް. ދެމަފިރިއަކާއި އެދެމެހީންގެ ދެ ދަރިން ބިންހެލުމުން ސަލާމަތްވެފައިވަނީ ވަލުތެރޭގައި ހުރި ކުޑަ ބިންގަރާހެއްގެ ތެރެއަށްވަދެ." ޓީވީއެމް 8ގެ ހަބަރު ގައި އެ ހިތާމަވެރި ހާދިސާ ރާއްޖޭގެ ހުރިހާ ކަންކޮޅަކާ ހިއްސާ ކުރިއެވެ.

ނުނިމޭ

  1. Avatar

    ވާހަކަ ލިޔުމުގެ ހުނަރު ހުރި ފަރާތެއްކަން ފާހަގަ ކުރެވިއްޖެ. ވ.ޝައުގުވެރިކަން އުފެދިއްޖެ މި ވާހަކަ ކިޔަން. އުންމީދު ކުރަން ވާހަކަ އަދިވެސް ގެނެސްދޭނެ ކަމަށް.

    7
    1
  2. Avatar

    ފަދަމްދަމް ކިޔާ އަރަބި ބަހެއް ނޯންނާނެ. މިގޮތަށް ވަކި ބަހަކަށް ނިސްބަތްކޮށް މާނަވެސް ލިޔާއިރު, އަދި ގިނަ ބަޔަކު ކިޔާ އެއްޗަަަަަކަށް ވާތީ ދިރާސާ ވަރަށް މުހިންމުވާނެ. އެހެންނޫނީ ޖޯކަކަށް ވާނީ. ސޫރަތުއްޝަމްސުގައި “ފަދަމްދަމަ” އައިސްފައިވާއިރު އެއީ ދެ ބަހެއް. އަބަފިލިޖަހާފައިވާ “ف” އަކީ ދެން, ފަހެ, އެހެންކަމުން, އެހެންވީމާ މިކަހަލަ މާނައެއްގައި އަރަބި ބަަަަަހުން ބޭނުންކުރާ އަކުރެއް.

    1. Avatar

      I did research for this name. In this story Fadamdam is name of a mountain Adam creates which leads to a major catastrophe. The name i took from Arabic word Fadamdama which means Destroyed. I didn’t exclusively used it for Arabic meaning rather I meant it by name of a mountain which has name of Adam itself in it. It has been revealed in part 10 now. Thanks for the comment.

      1. Avatar

        ފަދަމްދަމަ އަކީ ވޯޑެއް ނޫން. އެއީ ޓޫ ވޯޑުސް. ދަމްދަމަ މާނައަކީ ޑިސްޓްރޯއިޑް., އާޔަތުގެ މާނައަކީ
        In response they belied him, and hamstrung the she camel – so Allah put ruin over them because of their sins and flatened their dwellings.
        މިތާނގައި “ފަ”ގެ މާނައިގައި އެވަނީ “So” ދެން ފަހަތުން އެއަންނަނީ “ދަމްދަމަ” ގެ މާނަ. ޖޯކެއްގަނކިޔާ… ތަންކޮޅެއް ކުރިން މީހަކު ކުއްޖަކަށް ކިޔޯ “ޖުކަލް” އޭނާ ބުންޏޯ އެއީ އަރަބި ނަމެކޭ. ގުރުއާނުގައިވެސް އޮވެޔޭ. ދެން ހަތިމުން ދެއްކި އިރު މި އޮންނަނީ وزوجك الجنة ޒައުޖުކަ (ކަލޭގެފާނުންގެ އަނބިކަނބަލުން) އަލްޖަންނާ (ސުވަރުގެ) މި ދެބަސް ގުޅޭތަނުން ޖުކަލް جك ال ނަގައިގެން އަރަބި ނަމަކަށްވީ

        1. Avatar

          Again, Fadamdam is name of a mountain in this story.

          As a writer you can change words to fit into story.

          In Hindi movie Good Newwz the word news was changed to newwz cos it has two wives.

          In Ozark the letter S was removed, the town name is ozarks actually.

          Similarly I changed
          Fadamdama to Fadamdam cos it rhymes with Adam and has 8 letters. This story talks about infinite universe fantasies and symbol of infinite universe is 8.

          Additionally Fadamdama in full meaning is So Destroyed as it is meant in Shams Sura. So it makes perfect sense and there other better name than Fadamdam to this story.

          Thank you for clarifying and hope the above explains

ޚިޔާލު ފޮނުއްވާ