ޒުވާނެކެވެ. އިންޓަރނެޓަށް ވަރަށް ފަރިތަ ޒުވާނެކެވެ. އެއްފަހަރަކު އެޒުވާނާ ފާޙިޝް މަންޒަރުތައް ހިމެނޭ ވެބްސައިޓަކަށް ވަނެވެ. އަދި އޭނާގެ އީމެއިލްއަށް ކޮންމެ ހަފުތާއަކު އެފަދަ މަންޒަރުތަކުގެ ފައިލެއް ފޮނުވާގޮތަށް ފައިސާދެއްކުމަށްފަހު، ފަސްއަހަރު ދުވަހުގެ ޕެކޭޖެއް ނެގިއެވެ.
ކޮންމެ ހަފުތާއަކުވެސް އީމެއިލް އައުމުން އެޒުވާނާގެ ފޯނަށް އެއްޗެހި އަޅައެވެ. އަދި އޭނާގެ އެކުވެރިންނާއި އެކު އެއްތަންވެއްޖެނަމަ މިމަންޒަރުތައް ދައްކައި ފޮނިކަނޑައެވެ. އެފަދައިން އެމަންޒަރުތައް ދައްކަން ފެށުމުން އެޒުވާނާގެ ގާތުން އެމީހުންނަށްވެސް އެއެއްޗެހި ދިނުމަށް އެދުނެވެ. އެޒުވާނާ ބުންޏެވެ.
”ނުލިބޭނެއެވެ. އަހަރެން މި ގަތީ 500 ރުފިޔާއަށެވެ. ކަލޭމެންވެސް ގަންނާށެވެ!“
އެމީހުން ބުންޏެވެ.
”އެހެންވިއްޔާ ތި ވެބްސައިޓެއްގެ ނަމާއި ތިކަން ކުރަން ޖެހޭގޮތް ކިޔައިދީބަލާށެވެ.“
އެޒުވާނާ ބުންޏެވެ.
”ކަލޭމެން އެކަމާ އުޅޭނެކަމެއް ނެތެވެ. ކަލޭމެން ކޮންމެ މީހަކު އަހަންނަށް 100 ރުފިޔާ ދޭށެވެ. އޭރުން މަށަށް އީމެއިލް އައުމުން ކަލޭމެން އެންމެންނަށް ފޮނުވާނަމެވެ.“
އެމީހުން ބުންޏެވެ.
”އެންމެ ރަނގަޅެވެ.“
އެހެން ކިޔައި އެމީހުންގެ އީމެއިލްތައް އެޒުވާނާއަށް ދިނެވެ. ދެން އެޒުވާނާއަށް ކޮންމެ ހަފުތާއަކު އަންނަ އީމެއިލް އޭނާގެ ރައްޓެހިންނަށް ފޮނުވަމުން ދިޔައެވެ. މިހެންގޮސް ފޮނުވަންޖެހޭ އަދަދު ގިނަވުމުން މިޒުވާނާ ’އޮޓޯ ފޮރވާޑް‘ ވާނެހެން ހެދިއެވެ. ކޮންމެ މަހަކު އެޒުވާނާއަށް އީމެއިލް އައުމާއިއެކު އޭނާގެ ހުރިހާ ރައްޓެހިންނަށްވެސް ދާގޮތަށެވެ. އޭނާއާއި އޭނާގެ ރައްޓެހިން މިމަންޒަރުތަކުގެ ލައްޒަތު ހޯދަމުންދިޔައެވެ.
އޭގެ ހަމަސްދުވަސް ފަހެވެ. އެޒުވާނާއާއި އޭނާގެ ރައްޓެހިންނާއިއެކު ދިޔަ ދަތުރެއްގައި އެކްސިޑެންޓުވެ އެޒުވާނާ މަރުވެއްޖެވެ. އޭނާގެ ރައްޓެހިން އޭނާގެ މައްޗަށް ކަށުނަމާދުކޮށް އޭނާ
ވަޅުލުމުގެ ކަންކަމުން އަވަދިވެ ގެއަށްދިޔައެވެ.
އޭގެފަހުން އޭނާގެ ރައްޓަސަކަށް އީމެއިލް އެއް އައެވެ. އެމަރުވި ޒުވާނާގެ އީމެއިލް އެކެވެ. އީމެއިލް ހުޅުވާލިއިރު ފާޙިޝްމަންޒަރު ތަކުން ފުރިފައެވެ. އޭނާ ހިތަށް އެރިއެވެ.
”މިވާނީ މާކުރީގެ އީމެއިލް އަކަށެވެ.“ އެހެން ހިތައި އެ އީމެއިލް ޑިލީޓްކޮށްލިއެވެ.
ޖެހިގެން އައި ހަފުތާވެސް ހަމަ މިފަދައިން ހަމަ މީގެ އީމެއިލް އެއް އައިއްސިއެވެ. ރަނގަޅަށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. އެއްކަލަ ޒުވާނާގެ އީމެއިލް އެކެވެ. އޭނާ ވީ ކަށްވަޅުގައެވެ. މިހިސާބުން މިކަންތަށް ވާގޮތް ރޭކާލިއެވެ.
އަވަހަށް ’އެ ޕެކޭޖު ނަގާފައިވާ ޒުވާނާ މަރުވެފައިވާކަމަށް‘ ލިޔެ އެވެބްސައިޓަށް މެސެޖުކުރިއެވެ. އަދި އެކަން ނިންމައިދިނުމަށް އެދުނެވެ. އެވެބްސައިޓުން ޖަވާބުގައި އޭނާގެ ޕާސްވޯޑް ދިނުމަށް އެދުނެވެ. އެހެންނަމަވެސް އޭނާއަށް އެޕާސްވޯޑު ނޭގޭކަމުގައި ބުންޏެވެ. އެވެބްސައިޓުން ޖަވާބުގައި އައި މެސެޖުގައި ވަނީ އެހެންކަމަށް ވާނަމަ އަދި އެ ޕެކޭޖުގެ މުއްދަތު ހަމަވުމަށް 4 އަހަރާއި 6 މަސް އެބައޮތްކަމުގައެވެ.
މިކަމާއި މެދު ކަންތައް ބޮޑުވެގެން އެރައްޓެހިން ގޮސް ޝެއިޚަކަށް މިވާހަކަ ކިޔައިދިނެވެ. އަދި ބުންޏެވެ. ”މިހާރު އޭގެފަހުންވެސް ދެއަހަރު ވެއްޖެއެވެ. އެޒުވާނާ ވީ ކަށްވަޅުގައެވެ. އެހެންނަމަވެސް ކޮންމެ ހަފުތާއަކު އީމެއިލް އާދެއެވެ.“
———————-
ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އަޅުގަޑުމެންގެ ތެރޭގައި ވެސް މިފަދަ ނުބައި އާދަތައް ވަކި ހިއްޕާލައިފައިވާއިރު މީސްމީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް މިފަދަ މަންޒަރުތައް ހިއްސާކޮށް ހަދަނީ މަދެއްކޮށެއް ނޫނެވެ. ވިސްނާށެވެ! ހަނދާން ބަހައްޓާށެވެ! އެތަކެއްޗަކީ ތިބާ މަރުވުމަށްފަހުވެސް ދައުރުވެ ދައުރުވެ ހުންނަ އެއްޗެހިކަމުގައި ވެސް ވެދާނެއެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ.
إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ ﴿١٢﴾ (ސޫރަތު ޔާސީން 12)
“ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންއިލާހެވެ. އަދި އެއުރެން އިސްކޮށްފައިވާ ޢަމަލުތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ އަޘަރުތައް ތިމަންއިލާހު ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންއިލާހު ހިމެނުއްވީމެވެ”.
އެހެންކަމުން ﷲއަށް ބިރުވެތިވެ މިފަދަ ޢަމަލުތަކާ ދުރުވަމާ ހިނގާށެވެ! މާތް ﷲ އަޅަމެން އެންމެންނަށް މިފަދަ ގޯސް ޢަމަލުތަކުން ދުރުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ!
(މިއީ އައްޝައިޚް މުޙައްމަދު އަލްޢަރީފީ ދެއްވާފައިވާ ދަރުސްއެއްގައި ކިޔައިދީފައިވާ ވާހަކައެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.)
. Masha Allah! Mikahala jburahtheri vaahakaeh genesdhineethee Allah thibaa ah heyo jazaa dhevvaashi! Mikahala ithuru manfaa libenivi vaahathah liumuge thaufeeq Allah thibaa ah dhevvaashi, amen
ވަރަށް އިބްރަތްތެރި ވާހަކަޔެއް.
Maasha allah varah iburahtheri
Allah Thibaaah heyo jazaa dhehvaashi
varah rangalhu vaahaka eh.. mashah ves porn varah beley.. ekun vaagothakee snapchat ga ulhey anhen kudhin dhakkaa kaafaru vaahaka thakunna fonuvaa ehchehinun .. zuvaan hiy obi noannanee..
Dhen kaaku mahssala eh eii? Aharun ge? ?
Maa allah ah biruvethive kurevunu kushah iuthiraafuve
Ekahalakameh nukurumah azumkada alhaa thaubaa vey furusathu gehlumuge kurin. thaubaage dhoru nulehpenis
Maasha allah
Nubaa shaathaanunge vassvaasthakun alhamen enmmen dhurukurahvaashi e Nubaa Faahish amaluthakun alhamen minjukurahvaashi
Iburathun furifa
❤️👍
އާމީން
އާމީން....
Good job
އާމީން
އައިމް ހޯނީ
މަށައް ލިބުނު ރައްޓެހިން ގެ ސަބަބުން މުޅި ދިރިއުޅުން. ހަލާކު ވެއްޖެ