އަހަންނަކީ ކޮރޯނާ ވައިރަހެވެ. ކަލޭމެންގެ ލޮލަށް ނުފެނި އަހަރެން މިދަނީ ކަލޭމެންގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖަހަމުންނެވެ. އިންސާނާގެ ހަށިގަނޑު ތެރެއަށް ވަދެ އަހަރެން ހިންދެމިލާ ހަމަޖެހިލާއިރު ހަމަ ރެއަކާވެސް ނުލައެވެ.
ކަޅެއް ދޮނެއް ކަލޭމެނަށް ތިޔަ ވަކިވަނީ ކަލޭމެންގެ ވަރުގަދަ ހަށިގަނޑުތަކަށް އަހަރެން ހެދި އެއްޗެއް ހަދާ ނިންމާ ފަހުންނެވެ. ބޮޑާކަންމަތީ ގުންފައި ޖަހަމުން ހިނގާ އިންސާނާއެވެ! މިހާވަރުން ވެސް ކަލޭމެންގެ ނުކުޅެދުންތެރިކަން ނުވިސްނޭ ހެއްޔެވެ؟. އެންމެ ކުޑަމިނުން އަހަރެން އުފެދުނު ގޮތްވެސް ކަލޭމެން ތިޔަ އުޅެނީ ހޯދައި ނުގަނެވިގެނެވެ.
ކީރިތި ވަންތަ ﷲ ގެ ކޯފާއަކީ ކަނޑުން ހިއްލާލާ ބިޔަ ރާޅެއް އެކަންޏެއްނޫނެވެ. މިއަދު އެކަން އަހަރެން މިދަނީ ސާބިތު ކޮށްދެމުންނެވެ. ގަދަ ބަސްބުނުމުގައި ކަލޭމެން ފުކެއް ދޫނުކުރިއެވެ. ﷲ ކުރުން ހަރާމް ކުރެއްވި ކަންކަމުގައި ހައްދު ފަހަނަ އަޅައި ހިނގައްޖެއެވެ.
ޖަމަލުގެ ގޮންގަނޑުތަކެއް ފަދައިން އިސްތަށިގަނޑު ކޮޅަށްޖަހައި ބާރު ފޮތިގަޑެއް އޮޅާލެވުނީމަ އެއޮތީ އަންހެން ވެރިންނަށް ބުރުގާ އެޅިފައެވެ. ފިއްތި ހަރުވާޅުލައި ކަށިމައްޗަށް އަރުވާލުމުން އެއޮތީ ހިޖާބު ވެވިފައެވެ. މީހަކު ހެޔޮ ނަސޭހަތެއް ދީފިނަމަ ފާޑުކިޔާ މީހުނަށް ޝުކުރިއްޔާ ބުނެލުމުން އެއޮތީ އިސްލާހު ވެވިފައެވެ. ކަލޭމެން މޭ ނަގާފައި ތިޔަ ބަނޑިބަނޑި ލައްވަނީ ކާކަށް ގޮންޖަހަމުން ހެއްޔެވެ.
ނޫނެކެވެ. ކަލޭމެންގެ މަގުސަދަކީ ދުނިޔެ ފަސާދަ ކުރުމެވެ. ހަލާލު އަނބި ދަރިންނަށް މަކަރާ ހީލަތް ހަދަމުން ފިރިހެނުން އެތިބަ ދުވަނީ ކަލޭމެންގެ އުނގުން ހަރާމް ލައްޒަތު ހޯދައިގަތުމަށެވެ. އުފަލާ މަޖަލުގައި ޒިނޭ ކުރުމުގައި ހައްދުފަހަނައަޅައި ކަލޭމެން ދެޖިންސު މަސްހުނިވެ ނިމިއްޖެއެވެ. ރެއާ ދުވާލު ފަސް ފަހަރު އެގޮވާލާ ބަންގީގެ އަޑު ކަލޭމެންގެ ކަންފަތަކަށް ނުފޯރައެވެ.
މިހާވަރުން ކަލޭމެންގެ ޖާހިލުކަން ނިމުނީއަކީ ނޫނެެވެ. ތުބުޅިއާއި ނިގާބަކީ ކަލޭމެންގެ މުޑުދާރު އަމަލުތަށް ފޮރުވަން ބޭނުން ކުރާ ހަތިޔާރަކަށް ވެސް ކަލޭމެން ތިތިބީ ހަދައިގެނެވެ. ހަރާމްކުރެއްވި ބަނގުރަލާ އޭތި މީތި ބޮއެގެން ކަލޭމެންގެ ވަހުޝީކަމުގެ ދަލުގައި ތަނެއް ދޮރެއް ވަކިނުވާ ތުއްތު ޅަދަރިން ޖައްސައި ޝިކާރަ ކުރަމުން ތިޔަ ދާދިޔުން ހެކިކޮށްދެނީ ކަލޭމެން ބިރު ފަހަނަ އަޅާ ގޮސްފައި ތިބިވަރެވެ.
ލޯތަަކަަށް ސިއްރުން އިންޓަނެޓުން ތިޔަ ބަލާހާ މުޑުދާރު މަންޒަރުތަށް ކަލޭމެން ހެއްދެވި ފަރާތަށްވެސް ވަންހަނާވެފައި އޮވެދާނޭ ކަލޭމެނަށް ހަމަ ހީވަނީ ހެއްޔެވެ؟. ކައިބޮއެ ހެދުމުގައި ވެސް ކަލޭމެން ހަރާމެއް ހަލާލެއް ބެލުމެއްނެތެވެ. އަލިފާން ކެވުނަސް ވަރިހަމަ ވެއްޖެއެވެ. ހައްގު ބަސް އިއްވަން ތިބި އިއްޒަތް ތެރިން ފައިސާއަށް ވިކި ނިމިއްޖެއެވެ.
ﷲ އަށް ޝިރުކު ކުރުމާއި ކީރިތި ރަސޫލާއަށް ޖޯކުޖަހައި ބަދުބަސް ބުނުމުގައި ވެސް އެތައް ބަޔަކު ހައްދުފަހަނަ އަޅައިގޮސްސިއެވެ. މުސްލިމުންނަށް ހިތުހުރި އަނިޔާ ދެމުންދިޔަ ކާފަރުންގެ ހިޔަނި މަތިން ހިނގަމުން ކަލޭމެން ދުވަނީ އެެއީ ކިހާ ގަދަފަދަ ބައެއް ކަމަށް ހެއްޔެވެ. އެމީހުންގެ ގާބިލުކަން ހުރިވަރު މިއަދު އެއޮތީ ފެންނާށެވެ. ހޭބޯ ނާރައި އެމީހުން އެހޯދަނީ އަހަރެން މިބިމުން ފޮހެލާނެ ހަތިޔާރެކެވެ.
އެންމެ ތިންމަސް ދުވަހުން އެ ބައިގަނޑު ހަފުސްވެއްޖެއެވެ. ގަދަ ފަދަ ވަންތަ ﷲ ގެ އިރަދަފުޅާ ނުމެލާ ނިކަން އަހަރެން މަރާލާނެ ހަތިޔާރެއް ހޯދަ ބަލާށެވެ. ހަމަ ހިލާ އެއީ ވާނެ ކަމެއްނޫނެވެ.
ﷲ އަށް ބިރުވެތިވެ ތައުބާވުމަށް ވުރެ މޮޅު ގޮތެއް ދެން ނިކަން ބުނެބަލާށެވެ. އަހަރެން ފަދަ ކުޑަކުޑަ މަހުލޫގެއް މިދުނިޔެއިން ފޮހެލުމަށް ނުކުޅެދިފައި ތިބި ބަޔަކު ފަސްބައިގަ އެލިގެން ތިބުމުން ދޭހަވަނީ ކަލޭމެންގެ ސިކުނޑީގެ އުނިކަން ނޫން ދެން ކޮންކަމެއް ހެއްޔެވެ. ވިސްނާށެވެ.
( އުންމު ކައިފް )
China ge raees, qur'an badhalu kuran ulhunyma aharenge hithah eri, mimeehunah Allah fonuvvaany konkahala 'azaabeh baaey. Maa gina dhuvaheh nuvey mi virus fethurenfeshi iru. Emeehun hithun kaakah gonjahan baa??
Thuthu kudhinnah jinsee aniya dhemun dhivehin dhiya iru aharenves hithah eri allahge kofaain salamaih vevidhane ba?
Varah vez iburaitheri vaahakaeh.
Varah iburaiytheri vaahaka eh. Maaiy Allah ge iraadha fulhaa minwaru fulhun mi Kuda Kuda dhivehi raajje mi balin salaamaiy kurahvaashi, Aameen! ?
ވަރަށްވެސް މުހިންމު އިބުރަތްތެރި ލިޔުންކޮޅެއް..ސިފަކުރުންތައް ވެސް ވަރަށް ފުރިހަމަ..
Coronavirusun Mi Dhivehi raajeh salaamai kohdhehvaachi... Ameeeen????
Saabahey. Salhi liyun kolheh.
Hehe varah iburahtheri vaahakaeh ??
Anonymous can u plx tell ur real name eagerly wana know ur real name plx bunedhyba
A GIRL INTRESTED TO UR COMMENTS#
I AM ONLY 13
KUDA KUHJAKAHTAKAA NAME BUNELABA
Mi vaa hakain ibrai libi meehakah islaahu vevey tho aameen
I like it a lot it was very interesting
އެކި ޒާތްޒާތުގެ ރޯގާ އާއި ބަލިމަޑުކަމާއި ތަދުމަޑުކަމަކީ އިންސާނުން މި ބިންމަތީގައި އުޅެން ފެށީއްސުރެ ޠަބައީ ގާނޫނުގެ ދަށުން ހިގަމުން އަންނަ ޠަބައީ ކަންކަން! އެއީ ކަލާނގެ ކޯފާ ކަމަށް ބަލަންވެއްޖިއްޔާ ކޮބާ ސަލާމަތެއް! ހޭލުންތެރިވޭ!~
eii hama allah1 ge koafa..nannei meehaa...china meehun quran badhal kuran ulhumuge sababun allah dhevvi koafaa....kuda koh namavex mi kanthakaa medhu visnaalaa nama
thiya beyfulhuaa ahvex engigendhaane
This was a moal story for all. Mi nurahkaatheri balin mi kuda dhivehi raajje salaamaiy kurahvaashi. Aameen!
Moral***
Asluves vv salhi vahakaeh dho kahala habarakah mi vahka labaa may Allah save us all from all the bads Allah Akbar???
Iburai theri vaahaka eh
Moral v salhi
Covid 19 inn dhivehi raahjjeh salaamai khhdhehvvaashi aameen
??
kaakutha buny koafa akey neygey vahaka nudha'ka. mimeehun me mathinfaibain thibi baeh tha huriha vahaka eh yageen kama eku thidha'kany
Vv iburaytheri
ތީތެދެއް ?????
Haadha iburaytheriyey
Mihaaruves iburah haasil vejje??
sukun dhaskuran jehey.
Hadha iburah theriey mi vahaka nus thakahves lanvee mikahala nubai bayakun alhugandumen rahkatherikohdhevaadhey???
Wow varah reethi
Allah ge mi koafa ah biruvehthivey. Lobuvethi muslim ahunnaa ahuthun. Gina ginain mifadha kankamun rahkaatheri kurahvaathoa e kalaange hazrathah dua kurey. Allah iraadha kurehvi kameh menuvee nuvaane. Allah ekameh vaashey vahee kurehvumun ekameh vaane. Enmehaa meesthakun. E kalaange ah biruvethivey. Avahah thaubaa vey. Mee keerithi vantha allah ge koafaa.
Covid 19 in mi kuda kuda gaumaai muslimun salaamai kohdheh vaan dhey.. Ameen
ވަަރަށް އިބުރަތްތެރި...
Kaaku
aharen dekeny miee dhuniyeah la'vavaa faivaa musybatheh imthihaaneh kamah.
ވަރަށް އިބުރަތްތެރި ވާހަކައެއް މިއީ.????
maasaaallh mi vara ragalh vaahakaey
މިއީ ހަމަ ތެދު.ﷲގެ ރަހުމަތުން މިވަބާ ދުނިޔެއިން ފިލާނެ
މާޝާ ﷲ ވ ރީތި އަދި ޢިބުރަތްތެރި.... 😉
ވަރަށް ވެސް އިބިރަށްތެރި👍👍👍މިވާހަކަ އަދި އެހާމު ސަޅި އިގޭ އަދި މިވަބާއިން 😷😷😷މުޅި ދިވެހި ރާއްޖެ ސަލާމަތް ކޯއް ދެއްވާށި އާމީން!!
މިވާހަކަ އަދި އެހާމު ސަޅި އިގޭ އަދި މިވަބާއިން 😷😷😷މުޅި ދިވެހި ރާއްޖެ ސަލާމަތް ކޯއް ދެއްވާށި އާމީން!!
މިވަބާއިން 😷😷😷މުޅި ދިވެހި ރާއްޖެ ސަލާމަތް ކޯއް ދެއްވާށި އާމީން!!