Views: 2304 48

މަންމަތަ ނޫނީ ބައްޕަތަ؟"

އިސްޖަހާލެވިފައިވާ މޫނު ހިއްލައިލީމެވެ. މާޙައުލަށް ރަނގަޅަށް ނަޒަރު ހިންގައިލީމެވެ. ކުރިމަތީ ފެންނަންހުރީ ހުސް ގޮނޑިތަކެކެވެ. އެ ގޮނޑިތައް ފަޅުފިލުވައިދެނީ ކުރިމަތީ ހުރި ވަރުގަދަ ދެ ޝަހުޞިއްޔަތުންނެވެ. އެމީހުން ލާފައިވާ ކޯޓުން ރަނގަޅަށް ވެސް އެމީހުންގެ ޝަހުޞިއްޔަތު ހާމަކޮށްދެއެވެ. ކަޅުކުލައިގެ ވަރުގަދަ ކޯޓަށް އިތުރު ފުރިހަމަކަމެއް ގެެނެސްދެނީ އަރާފައިވާ ބްރޭންޑެޑް ކެޝުއަލް ބޫޓުންނެވެ. މަޑު މުށިކުލައިގެ ބެލްޓުން ބެގީކޮށްފައި ހުރިއިރު އަތުކުރީގައި އެޅިފައިވާ ކަޅުކުލައިގެ އައިވޮޗް އިން އެމީހުންގެ ހައިބަތު ވަރަށް ރަނގަޅަށް ވެސް ހާމަވެއެވެ.

ކުރިމައްޗަށް އަހަރެން ބަލައިލީމެވެ. ކުރިމަތީ ހުރި ވަރުނީސްކުރެވިފައިވާ ބޮޑު ގޮނޑީގައި އިށީދެގެން އިނީ އެޔަށް ވުރެއް މާ ވަރުގަދަ ޝަހުސިއްޔަތެކެެވެ. ބޮލުގެ މެދުގައި ފަތްތައް މަދުކަމުގައި ވިޔަސް މޫނުމަތި ފަޅުފިލުވައިދީފައިވަނީ ދިގު ތުނބުޅިއަކުންނެވެ. އެމީހާ އަޅާފައިނާ ނަންބަރު އައިނުގެ ދަށުން އެއްވެސް ހުރަހެއް ނެތި އެމީހާގެ ލޯ ފެންނާން ހުރިއިރު އެ ލޮލުގެ ނަޒަރު ހުއްޓިފައި ހުރީ އަހަންނާ ދިމާލަށެވެ. އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރާ ކަހަަލައެވެ. ސުވާލު ދެވަނަ ފަހަރަށް ތަކުރާރުކޮށްލިއެވެ.

"ހަމްދާން! މަންމަ ހެއްޔޭ ނޫނީ ބައްޕަ ހެއްޔޭ؟"

އަހަރެން ނަޒަރު މިފަހަރު ހުއްޓުނީ އަހަރެންގެ ކަނާތްފަރާތަށެވެ. ކަނާތްފަރާތުގެ ކަނުގައި ކޮޅަށް ހުރި އަންހެންމީހާ ދިމާލަށް އަހަރެން ބަލައިލީމެވެ. ލާފައި ހުރި މަޑު ނޫކުލައިގެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ތިރިންލާފައިވާ ކަނޑު ނޫކުަލައިގެ އެންމެ ފަހުގެ ޖިންސަކުންނެވެ. އިސްތަށިގަނޑު ފަންކުރެވި މަޑު ޗޮކްލެޓްކުލައަކުން ހައިލައިޓް ކުރެވިފައިވާއިރު 18 އަހަރުގެ ޒުވާނެކޭ އެއްފަދައެވެ. މޫނުމައްޗަށް އިތުރު ތާޒާކަމެއް ގެނެސްދެނީ ކޮށްފައިވާ ލުއިލުއި މޭކަޕުންނެވެ. ފެންކަޅިވެފައިވާ ގޮތަކަށް އަހަރެން ކައިރި ބަލަހައްޓައިގެން ހުއްޓެވެ. އަދި އަހަންނަށް ލުއިލުުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

ދެން އަހަރެންގެ ނަޒަރު ހުއްޓުނީ އަހަރެންގެ ވާތްފަރާތަށެވެ. ވާތްފަރާތުގެ ކަނުގައިވާ ފިރިހެންމީހާ ދިމާލަށް އަހަރެން ރަނގަޅަށް ބަލައިލީމެވެ. ދިހުން އަޅަމުން ދިޔަ ދިގު ފަން އިސްތަށިގަނޑުން އަދިވެސް އެމީހާގެ ޒުވާންކަން އެމީހާއާ އަލްވަދާއު ނުކިޔާކަން ހާމަވެއެވެ. ތޮރުފާލެވިފައިވާ ކަންފަތުގައި އެޅިފައިވާ ތަފާތު ވައްތަރުތަކުގެ ގަހަނާތަކުން އޭނާއީ އެންމެ ފަހުގެ ފެޝަންތަކަށް ލޯބިކުރާ މީހެއްކަން ހާމަވެއެވެ. ލާފައިހުރި ކަޅުކުލައިގެ ސްކިނީގެ ރީތިކަން ހާމަކޮށްދެނީ މަތިން ލާފައިހުރި ރީނދޫ ކުަލައިގެ ބޮޑުބޮޑު ޓީޝާޓުންނެވެ. އަތްދަނޑި ކަޝްފު ކުރެވިފައިވަނީ ތަފާތު ވައްތަރުތަކެގެ ބްރެކްލެޓް ތަކުންނެވެ. އެމީހާ ވެސް ފެންކަޅިވެފައިވާ ގޮތަކަށް އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި ލުއި ހިނިތުންވުމެއް އަހަންނަށް ހަދިޔާ ކޮށްލިއެވެ.

" އެއްވެސް މީހަކު ބޭނުމެއް ނޫން"

ޖަވާބު ސާދާވެފައި ކުރެވެ. އިތުރު ތަފްޞީލެއް ދިނުމަށް އަހަންނަށް މަޖުބޫރު ކުރީ ގާޒީގެ ނުތަނަވަސްކަމެވެ. ކުރިމަތިކުރަމުން ދިޔަ ސުވާލުތަކުންނެވެ.

"އާްން! އަހަރެން އެއިން އެކަކުވެސް ބޭނުމެއް ނޫން! ދެމީހުން އެކުގައި އުޅުނުއިރު ދޭންޖެހުނު ލޯތްބެއް އަޅާލުމެއް ދެމީހުން ވަކިވެ އެކަނިވީމާ ދެވޭނެތަ؟ އެދުވަހު ނުވި ލޯތްބެއް އެދުވަހު ނުދިން ކުލުނެއް ވަކި މިއަދު ދޭނެތަ؟ ދުނިޔޭގެ ލޯމައްޗަަށް މަންމަކަމުގައި ވިޔަސް މައިވަންތަ ލޯތްބަކީ ކޯއްޗެއްކަން އަހަންނަށް ނޭނގޭއިރު އަހަރެން މަންމަ ކައިިރިއަށް ދާނީ ކިހިނެއް؟ މަންމަ އިޚުތިޔާރު ކުރަންވީ ކީއްވެ؟ އެ މަންމައަށް މުހިއްމުވީ ރައްޓެހިންނާއެކީ ވަގުތު ހޭދަކުރުން. ކޮފީތަކަށް އަރާ ފިރިހެނުންގެ ސައިކަލުތަކުގެ ފަހަތް ފަޅުފިލުވައިދިނުން! ގޭތެރޭގެ އެއްވެސް ޒިންމާއެއް އަދާނުކުރާތާ އަހަރެންގެ އެންމެ ކަމެއް ވެސް ކޮށްދިނިންތޯ އެ މަންމަ ކައިރީ އަހާބަލަ! ފިރިހެން ކުއްޖަކަށްވެހުރެ އަމިއްލައަށް ކައްކައިގެން އެއްޗެހި ދޮވެ އިސްތިރިކޮށްގެން ސުކޫލަށް ގޮސް އަހަރެން އުޅުނީ ކޮންހާލަކުންތޯ އޭނާގެ ކައިރީ އަހާބަލަ! ގޭގައި ކާނެއެއްޗެއް ނެތުމުން ހުސް ބަނޑާހުރެެ އަހަރެން ނުނިދިގެން އުޅުނީ ކިތައްރޭ؟ ސުކޫލަށް ބޭނުންވާ އެއްޗެހިތަށް ނުގަނެދީގެން ފިލާވަޅު ނަހަދާ ސުކޫލަށް ދިއުމުން ގަޑި ނިންމާފައި އަހަރެން މަޑުކުރުވާނީ ކިތައް ދުވަހު؟ އަހަރެންގެ މަންމައާއި ބައްޕަ ލޮލަށް ނުފެންނާތީ ކުދިން އަހަންނަށް މަލާމާތްކޮށް ހަދާނީ ކިހާވަރަކަށް؟ ދެން ހުރީ ބައްޕަ! މިހާރުވެސް އެ ހުރީ ހިއްޕަވައިގެން ނޫންކަމެއް އެނގޭނީ ހަަމަ ހެއްދެވި ފަރާތަށް. މާރާމާރީއާއި ވައްކަމާއި އެއްްޗެހި ފޭރިގެން ކައިބޮއި އުޅޭއިރު އަހަންނަށް އަދި ހަރަދު ކުރަން އެ ޖީބުގައި އެއްޗެއް އޮންނާނެތަ؟ އެދުވަހު އަހަންނަށް ވުރެއް ގޭންގުގެ މީހުން މުހިއްމު ވީއިރު މިއަދު ވަކި އަހަރެން މުހިއްމު ވާންވި ސަބަބެއްކޮބާ؟ ބައްޕަގެ ލޯބި އަހަންނަށް އެންމެ ބޭނުންވި ދުވަހު ނުދެވުނު ލޯތްބެއް ވަކި މިއަދު ދެވޭނެތަ؟ ދެމީހުންގެ މެދުގައި މައްސަަލަޖެހި ވަރިފަށަށް އަރާ އެކަކު އަނެއްކަކަށް ޗެެެލެންޖުކޮށް ތިތަނުން މޮޅީ ކާކުކަން އެހެން މީހުންނަށް އަންގަން ކޮންމެހެން އަހަރެން ހޯދާކަށް އުޅޭނެކަމެއް ނެތް! ގާޒީ! އަހަރެން ވަރަށް އާދޭހާއެކު މިބުނަނީ! އަހަރެން މިއިން އެކަކު ކައިރިއަށް ވެސް ދާކަށް ބޭނުމެއް ނޫން! ކުޑަކުދިންގެ ހިޔާވެސް އަހަންނަށް މިޔަށްވުރެއް އެތަށް ގުނައެއް ރަނގަޅު."

ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަހަރެން ފުހެލީމެވެ. ހިތާމައިގެ ކަރުނަތަކާއެކު އުފާވެރި ކަމުގެ ކަރުނަތައް ވެސް އަހަރެންގެ ލޮލުން ފޭއްދެމުން ދިޔައެވެ. ހުރިހާ ދުވަހު އަހަރެން ސިއްރު ކުރަމުންދާ ވާހަކަ އެއްވެސް ފަސްޖެހުމެއްނެތި ހާމަކޮށްލެވުމުންނެވެ. ހިތުގައި އުތުރިއަރަމުންދާ ހުރިހާ އުދާސްތަކެއް ބަންޑުންކޮށްލެވުމުންނެވެ. ގާޒީގެ ނިންމެވުމުންނެވެ. އެދެމީހުންގެ ކިބައިން އަހަރެން ސަލާމަތްކޮށްދިނެވެ. ސަރުކާރުގެ ބެލުމުގެ ދަށަށް އަހަރެން ގެނެސްދިނެވެ.

  1. Avatar

    awwwnn.. so cute… this is the reality of this society… mi hurihaa kameh experience kohfa huri kuhjehge haisiyyathun mi bunaniii… mi ah vure veyndhenivi ihsaaseh mi dhuniye machalu adhi thajuribaa eh nukuran… 9 aharu vx nuvaaniiis mi hurihaa kameh thajuribaa kohfa mihirii…

    15

ޚިޔާލު ފޮނުއްވާ