Views: 9537 246

ނޯޓް: މިއި ހަޤީޤީ ހާދިސާއަކަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަން ތަކެއް ނޫނެވެ.

ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ހިތުގެ ފިނިކަމެވެ. ދެލޮލުގެ ނޫރެވެ. އެކުދިންނަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ވަރަށް ބޭނުން ވާނެއެވެ. ޙިމާޔަތާއި ރައްކާތެރިކަން ނުހަނު ބޭނުން ވާނެއެވެ. އެކުދިންގެ ހައްޤުގައި އަޅުގަނޑުމެން އެންމެން ފަރުދީ ޒިންމާ އަދާކުރުމަށް އަތު ގުޅާލާށެވެ.

-------------------

ހެނދުނުގެ ތެތްފިނިކަން މުޅި ކަނޑުހުޅުދޫއަށް ވަނީ ވެރިވެގެންފައެވެ. އަތިރިމަތީގައި ފެތުރިފައިވާ ދޮންވެލީގެ ދޫލަ ދޫކޮށް މަޑުމަޑުން ފިޔަަވަޅު ނަގަމުން ރަށުގެ ތެރެއަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަގަމުން މުސްކުޅި ފުރާގެ މީހެއް އަރައިގެން ދިޔައެވެ. އިސްކޮޅުން ކުރު، ހަމުގެ ކުލަ ކަޅު މީހެކެވެ. ބޮލުގެ މެދުބައި ވަނީ ހުސްކޮށެވެ. ތަލަވެފައެވެ. އެހެނަސް ބޮލުގެ ދެފަރާތުގައި ކޮންމެ ވެސް ވަރަކަށް ނުރަ ފަޅާފައި ހުއްޓެވެ.

މުންޑު އަރުވައި ޖަހައިގެން ހިނގާފައި ދިޔަ އެމީހާގެ ގަޔަކު އިތުރު އެހެން ފޭރާމެއް ނެތެެވެ. މޭމަތީގައި ނުރަ އިސްތަށިތައް އެއްވެސް ތަރުތީބެއް ނެތި ވަނީ ފެތުރިފައެވެ. ހޮޔޮ ވަރެއްގެ ބަނޑެއް ލާފައި ހުރި އިރު އެމީހާ ހިނގާފައި ދިޔައީ ވަރަށް މަޑުމަޑުންނެވެ. ބަލާބެލުމަށް އޭނާ 80 އަހަރަށް ވުރެށް މަތި ވާނެހެން ހީވެއެވެ. އެއީ ކަނޑުހުޅުދޫ އިބްރާހިމް ދީދީ އެވެ.

"ކޮއްކޯ... ކިހިނެއް؟؟" މަގުމަތީގައި ކުޅެން ހުރި އުމުރުން 6 އަހަރުގެ ކުއްޖަކަށް އިބްރާހިމް ދީދީ ގޮވައިލިއެެވެ.

"ރަނގަޅު..." އެ ކުއްޖާގެ ތުންފަތަށް ހިނިތުން ވުމެއް ވެރިކޮށްލަމުން ބަލައިލީ އެވަގުތު އެތަނަށް އައި އެކުއްޖާގެ މަންމަގެ މޫނަށެވެ.

"ދަރިފުޅާ ވަދޭ އެތެރެއަށް...." މަގުމަތީގައި ކުޅެން ހުރި ކުއްޖާގެ މަންމަ ވަރަށް އަވަހަށް އެ ކުއްޖާ ގެއަށް ވެއްދިއެވެ.

"އަހަރެންގެ ދަރިއަށް ގޮވާނެ ކަމެއް ނެތް... މިގޭ ދޮށުން ރައްކާވޭ...!!" ހަރުކަށި ރާގެއްގައި އެކުއްޖާގެ މަންމަ ބުނެލިއެވެ. ނުލަފާ ފާޑަކަށް ތުންފަތުން ހިނިތުންވުމެއް ވެރިކޮށްލަމުން އިބްރާހިމް ދީދީ ކުރިއަށް ހިނގައިގަތެވެ.

އިބްރާހިމް ދީދީ މަގުމަތިން ހިނގާފައި ކުރިއަށް ދިޔައިރު މަގުމަތީގައި ތިބި ގިނަ ކުދިންތައް ދިޔައީ ފިލާ ރައްކާވަމުންނެވެ. ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. އިބްރާހިމް ދީދީ އެމަންޒަރު ތަކަށް ބަލަމުން ގެންދިޔައީ ހެމުންނެވެ. ބާކީވެފައިވާ ކަމުގެ އިޙްސާސެއް އޭނާގެ ހިތުގެ ތެރޭގައި ނުހިނގައެވެ. އިބްރާހިމް ދީދީ ދިޔަ ގޮތަށް ގޮސް ވަނީ އޭނާގެ ފިރިހެން ދަރި މުހައްމަދުފުޅު ގެއަށެވެ.

"މުހައްމަދުފުޅާ..." އިބްރާހިމް ދީދީ އަޑަށް ކޮޓަރިން ނިކުތީ މުހައްމަދުފުޅުގެ ދަރިއެއް ކަމަށްވާ ލިސާންއެވެ.

"ކޮބާ ބައްޕަ؟؟" އިބްރާހިމް ދީދީގެ މުސްކުޅި އަޑުން އޭނާ އަހައިލިއެވެ.

"ބައްޕަ ނޭނގެ... ބޭރުގަ ވީ..." ލިސާން ބަލައިލީ އޭނާގެ ކާފަގެ މޫނަށެވެ.

"ކޮބާ ކުޑަ މަންޖެ..؟ ނިދާފަތަ؟" އިބްރާހިމް ދީދީ ގޮސް ހުއްޓުނީ ކޮޓަރީގެ ދޮރު ކުރިމަތީގައެވެ.

"އާނ.. ނިދާފަ..." އެނދުމަތީގައި ނިދާފައި އޮތް ކުޑަކުޑަ އަލްޔާއަށް ލިސާން ބަލައިލިއެވެ. ލޯބިލޯބި ކުއްޖެކެވެ. ދޮންދޮން ބަށްޓެއް ކަހަލައެވެ. ކުޑަކޮށް ޗަބީކޮށް އޮތް އިރު ހީވަނީ ފުށް ކޮޅެއް ހެންނެވެ. މާޝާﷲ. އެހާ ވެސް ލޯތްބެވެ. އަޒަލިއްޔަ ޤާނޫނުން އަލްޔާ ވަނީ ކިތަންމެ ހާވެސް ފުރިހަމަކޮށް ހައްދަވާފައެވެ.

އިބްރާހިމް ދީދީ ހިނގައިގަތީ އަލްޔާ އޮތް ކޮޓަރިއަށް ވަންނާށެވެ. ލިސާނަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ.

ދުވަސްތައް މާޒީވަމުން ދިޔައެވެ. ތުއްތު ތުއްތު އަލްޔާ ބަަލައި ބޮޑު ކުރަމުން ގެންދިޔައީ އޭނާގެ ބައްޕައެވެ. ބައްޕަގެ ގޭގައެވެ. އެގޭގައި އެއްވެސް އަންހެނެއް ނޫޅެއެވެ. ލިސާން އާއި އެކު އެގޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ ބައްޕަ އާއި ކާފައެވެ. އަލްޔާގެ ތުއްތު ދުވަސްތައް އޭނާ ގުނަން ޖެހުނީ އޭނާގެ މަންމަ އާއި ވަކިންނެވެ.

މަސްތުވާތަކެތީގެ އަވީގައި ޖެހި އަލްޔާގެ މަންމަ ގެ ނަފުސް ހަލާކުވިތާ މިހާރު ކިތަންމެ ދުވަހެކެވެ. އަލްޔާގެ މަންމަ ރާޔާ ގެ ދިރުއުޅުމުގެ އުފަލަކަށް ހެދީ މަސްތީ އަރާމާއި ހިތްހަމަ ޖެހުމެެވެ. ރަން ދުނިޔެ އެއްގައި އަމިއްލަ ޙިޔާލީ ކަންތައްތަކެއްގެ ތެރޭގައި ރާޔާގެ ސިކުނޑި ކައި ހުސްކުރަމުން ގެންދިޔައީ ބާރުގަދަ ޑުރަގްގެ ބާވަތްތަކެވެ. ރާޔާގެ ދިރިއުޅުމުގައި މަސްތަކީ އޭނާގެ ހިތުގެ އުފާކަމުގައި އޭނާ ދެކުނެވެ. އެ އުފާވެރިކަމުން އޭނާގެ ހިތަށް އެތަކެއް ސަޒާ ތަކާއި ވޭން ތަކެއް ލިބުނެވެ. އެތަކެއް ތުރާ ތަކެއް ލިބުނެވެ. އެ ވޭން ތަކާއި ރިހުން ތަކަށް ރާޔާ އަކަށް ޝިފާއެއް ނުލިބުނެވެ. ޑްރަގު އެޑިކްޓް ވެގެން މުޅި މީހާ ހަލާކު ވީއެވެ. އެންމެ ފަހު ކަމަކަށް އެކަމުން ސަލާމަތް ވެވެން އޮތީ ރިހެބުން ކަމުގައި ދެކި އަމިއްލައަށް އިސްލާހު ވުމުގެ ނިޔަތުގައި ރިހެބިލިޓޭޝަނަށް ދިޔައެވެ. ތުއްތު ތުއްތު އަލްޔާ ދޫކޮށްލާފައެވެ.

ރާޔާގެ އާއިލާއިން އަލްޔާ ބަަލަން ބޭނުންވިއެވެ. ނަމަވެސް ލިސާންގެ އެދުމަށް އަލްޔާ ގެނެވުނީ އޭނާގެ ބައްޕަގެ ގާތަށެވެ. އެދުވަހުން ފެށިގެން އަލްޔާ ބެލުމުގެ ޒިންމާ އާއި ހަވާލުވީ ލިސާނެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި ގެއިން އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. ކުޑަކުޑަ ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑެވެ. ރޮއިރޮއި އަޑު ހިނދޭ ފަހަރު ވެސް އާދެއެވެ. ރޮމުން ގެންދިޔައީ މައުސޫމް ކުޑަކުޑަ ފުރާނައެކެވެ. އަލްޔާއެވެ. އަލްޔާގެ މުޅި ފަޔާއި ބަނޑުމަތީގައި ހުރި ލޭތައް ސާފުކުރަމުން އަލްޔާގެ ކާފަ އާއި މުނިކާފަ ހަރަކާތްތެރިވަމުން ދިޔައީ ނުހަނު އަވަހަށެވެ.

ގޭގެ ބޭރު އުނދޯލީގައި އިން ލިސާންގެ ކަންފަތަށް އެ އާދޭހުގެ ރުއިމުގެ އަޑު ޔަޤީނުން ވެސް އިވޭނެއެވެ.

އެހެނަސް އޭނާގެ ފޫކޮޅު ހިއްލާލައި ކޮޓަރިއަށް ވަދެ ވަނީ ކީއްތޯ ބަލާލަން ވެސް ބޭނުމެއް ނުވިއެވެ. އެ ގޮތުގައި އެ ކުށެއް ނެތް ކުއްޖާ ރޯލަން ދޫކޮށްލީއެވެ. ކީއްވެ ހެއްޔެވެ؟ ހިތޭ ކިޔާ އެއްޗެއް ހަށިގަނޑުގެ ތެރޭގައި ނެތީ ހެއްޔެެވެ؟؟ ބައްޕަގެ މަޤާމުގައި ހުރެ އަމިއްލަ ލެއިން އުފެދުނު ދަރިއެއްގެ ރުއިމުގެ ވޭނީ އާދޭހުން ހަމަ ކުޑަ ވެސް އިޙްސާސެއް ނުވީ ހެއްޔެވެ؟؟

މުޅިން އާދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔައިފިއެވެ. ލިސާން މަޑުމަޑުން ކޮޓަރިއަށް ވަދެ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ކުރިއަށް ދިޔައެވެ. ލިސާންގެ މިސްރާބު ހުރީ ސީދާ ތުއްތު ތުއްތު އަލްޔާ ނިދާފައި އޮތް އެނދާއި ދިމާލަށެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެ ކުޑަކުޑަ ރަނެއް މަލެއް ފަދަ ލޯބިލޯބި އަލްޔާ ވަރަށް ރީތިކޮށް ނިދާފައި އޮތެވެ.

އަލްޔާ އޮތް އެނދާއި ދިމާލުގައި ހުއްޓެމުން ލިސާން ގެ ނަޒަރު ހިންގާލީ އަލްޔާ ޖަހައިގެން އޮތް ނެޕީއަށެވެ. ކުޑަކުޑަ އަލްޔާއަށް ޙިމާޔަތެއް ނެތެވެ. ރައްކާތެރިކަމެއް ނެތެވެ. އަންހެން ދަރިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދޭ އެންމެ ބޮޑު ފަރާތަކީ އެކުދިންގެ ބައްޕައެވެ. އެހެނަސް އަލްޔާގެ ނެޕީއަށް ލިސާން އެ ބަލަނީ ރަނގަޅު ނިޔަތަކު ނޫނެވެ. ނެޕީ ބަދަލު ކުރާކަށް ވެސް ނޫނެވެ. އަލްޔާ ފެންވަރުވައި ރީތި ކުރާކަށް ވެސް ނޫނެވެ. ލިސާން މަޑުމަޑުން ކުށެއްނެތް މަޑު ފުށްކޮޅެއްފަދަ، އަލިފާނާއި ފެނާއި ވަކިނުވާ ވަރުގެ އަލްޔާގެ ނެޕީ ނައްޓާލިއެވެ. އެއާއި އެކި ލިސާން މަޑުމަޑުން އޭނާ ލައިގެން ހުރި ފޭރާން އޭނާގެ ހަށިގަނޑާއި ވަކިކޮށްލިއެވެ.

ސަހަރޯއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ހިތުގައި ބިރުވެރިކަމުގެ ކަންފުކެއް ވެސް ހަމަ ނެތީހެއްޔެވެ؟ މާތް ﷲގެ ކޯފާއަށް ބިރު ވެސް ނުގަންނަނީ ހެއްޔެވެ؟ އަތުން ފައިން ގަދައެއް ދެއްކޭކަށް އެ ކުޑަކުޑަ އަލްޔާއަކަށް ނެތެވެ. އެހެނަސް އަޑުގެ ނެތް ކޮޅަށް ރޮމުން ގިސްލަމުން ދެއަތާއި ދެފައި ތެޅުވޭތޯ އެކުޑަކުޑަ ފުރާނަ މަސައްކަތް ކުރިއެވެ. ހިތްފަޅައިގެން ދާވަރުވެއެވެ.

މެންދުރުގެ ހޫނުން މުޅި ރަށުތެރެ ހުޅުދާން ކުރަނީއެވެ. އަލްޔާގެ ބޮޑުދައިތަ އެގެއަށް ވަދެ އަލްޔާ އޮތް ކޮޓަރިއަށް ވަނެވެ. ލިސާންގެ އެއްވެސް ހިލަވަޅެއް ގޭތެރެ އަކުން ފެންނާކަށް ނެތެވެ. އިބްރާހިމްދީދީ ގޭ ބޭރު ޖޯލީގައި އިނެވެ.

"އަލްޔާ ބޭބީ.... ހިނގާ ފެންވަރަން....." އަލްޔާގެ ބޮޑުދައިތަ ކަމުގައިވާ ނާހިދާ އަލްޔާ އުރާލަމުން ވަނީ ފާޚާނާއަށެވެ. ކުޑަ ކުދިންގެ ލަވަތައް ކިޔަމުން ދިޔައިރު އަލްޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވަމުން ދިޔައެވެ. އެހެނަސް ދޭތެރެ ދޭތެރެއިން ތަނަކަށް ތަދު ވެގެން ކޫސަނި ގޮތަކަށް އަލްޔާ ގެންދިޔައީ ރޮމުންނެވެ.

އަލްޔާ ފެންވެރު ވުމަށް ނާހިދާ އެކުއްޖާގެ ޖަހާފައިވާ ނެޕީ ނައްޓާލިއެވެ. ނާހިދާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނގަ ހުޅުވުނު ގޮތަށް ނާހިދާއަށް އަނގަ ލައްޕަން ވެސް ނޭނގުނެވެ. އަލްޔާގެ އެ ގުނަވަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

"ދަރިފުޅާ.. އަލްޔާ... މީ ކިހިނެއްވެފަ؟؟" ނާހިދާ ވަނީ ބިރުން ހަލާކު ވާން ގާތްވެފައެވެ. ހިތް ތެޅެނީއެވެ. ހިތުގެ ވިންދު އަވަސް ވަނީއެވެ.

"ބަބައްޕި..." އެ ޅަ އަޑުން ބޭރުވީ އެވަރަށެވެ. ނާހިދާއަށް ހީވީ އޭނާގެ ހަތަރު ފަރާތުގައި ހުރި 4 ފާރު އައިސް އޭނާ ފިއްތާލިހެންނެވެ. ލޮލުގެ ތެރެ ކަރުނައިން މުޅިން ތެތްމާލިއެވެ. ހޯސްލާފައި ކަރުނަތައް ނާހިދާގެ ކޯތާފަތް މައްޗަށް އޮއްސައިގަތެވެ.

އެވަގުތު ފެނާއި ކުޅެމުން ދިޔަ އަލްޔާ އުރައި ލަމުން ނާހިދާ ފާޚާނާއިން ނިކުތެވެ. އަދި އެ ކުޑަކުޑަ ހަށިގަނޑުގައި ތުވާލި އޮޅާލަމުން ނާހިދާ އެގެއިން ނިކުންނަން ދުއްވައިގަތެވެ. އެ މަންޒަރު އިބްރާހިމް ދީދީ އަށް ހަމަ ރަނގަޅަށް ވެސް ފެނުނެވެ. އިބްރާހިމް ދީދީ ގެ އަޑުގެ ނެތް ކޮޅަށް ނާހިދާއަށް ގޮވަމުން ގެންދިޔައެވެ. އެހެނަސް ނާހިދާ އެ އަޑަށް ދިނީ ބީރު ކަންފަތެކެވެ. އަލްޔާ މޭގެ ތެރެއަށް ބޮޑިކޮށްގެން ދުވެފައި ގޮސް ނާހިދާ ވަނީ ރަށުގެ ޞިއްޙީ މަރުކަޒަށެވެ.

އަލްޔާ ބެލުމާއި އެކު ޑޮކްޓަރުގެ ދެލޯ ފެންކަޅި ވިއެވެ. ހިތް ރޫޅޭ ވަރުވެފައި ހުރެ ޑޮކްޓަރު ބަލައިލީ ނާހިދާގެ މޫނަށެވެ.

"ހެޔޮނުވާނެ މިހެން ހަދަން... އަލްޔާއަށް މިހެން ހެދީ އިންސާނެއް ނޫން..." ޑޮކްޓަރުގެ ޖުމުލައިން ނާހިދާއަށް ހީވީ އޭނާގެ ބޯ މައްޗަށް ފުރާޅު ވެއްޓުނު ހެންނެވެ.

"ނޫން... ނޫން...." ނާހިދާ އަޑުން އަޑު ނަގައި ވަރަށް ބާރަށް ރޯން ފެށިއެވެެ. ނާހިދާގެ ގައިން ވަރު ދޫވެ ހޮސްޕިޓަލްގެ ތެރެއަށް ނާހިދާ ދެމުނެވެ.

އާނއެކެވެ. އެ ކުޑަކުޑަ ކުށެއްނެތް، މައުސޫމް، އެންމެ 2 އަހަރު ވެސް ނުވާ އަލްޔާ ފަކީރު ރޭޕް ކޮށްލީއެވެ. އެންމެ 2 އަހަރު ނުވަނީސް އެ ކުއްޖާ ފަކީރުގެ އިއްފަތްތެރިކަން ފޭރިގަތީއެވެ. އެ އަތަކުން ޙިމާޔަތް ލިބެން ޖެހޭ އަތްތަކުން ތުއްތު ތުއްތު އަލްޔާއަށް ލިބުނީ އަނިޔާއެވެ. އެ އަތްތަކުގެ އިނގިލިން އަލްޔާގެ މުޅި ޙަޔާތުގައި އެޅުނީ ވަކިތަކެވެ.

އަލްޔާގެ މަންމަ ފަދައިން އޭނާގެ ބައްޕަ އަކީ ވެސް މަސްތުވާތަކެތީގެ ދަންތުރައިގައި ޖެހިފައިވާ މީހެކެވެ. އަލްޔާގެ ކާފަ އާއި މުނިކާފަ ވެފައި ވަނީ މުޅި ރަށަށް ވެސް ކުޑަ ކުދިންނާއި ޖިންސީ އަނިޔާ ކުރުމުގައި އަރާ ހުރި ބަޔަކަށެވެ. ލަސްނުވެ ޞިއްޙީ މަރުކަޒުން އެކަން ފުލުހުންނަށް ރިޕޯޓު ކުރިއެވެ.

ފުލުހުން އައި އިރު ލިސާން ރަށް ދޫކޮށް ފިލައިފިއެވެ. އިބްރާހިމް ދީދީ އާއި މުހައްމަދުފުޅު ފުލުހުން ހައްޔަރުކޮށް ގދ އަތޮޅުގެ އެކި ރަށްތަކަށް ގެންދިޔައެވެ. އެހެނަސް ކޮންމެ ރަށަކުން ވެސް ރައްޔިތުން ދެއްކީ ރީތި މިސާލެކެވެ. ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ދެކޮޅަށް އަޑު އުފުލިއެވެ. އެ އަނިޔާވެރި ދެ މީހުން އެރަށްތަކުން ބޭރުކުރުވިއެވެ.

ލިސާން ފިލަން ހުޅުމާލެ ގޮސް، އޭނާ އޮތް ގޭ ކައިރިއަށް އެތައް ދިވެހިންނެއް އެއްވިއެވެ. އިންސާފަށް ގޮވަމުން ރޮއި އާދޭސް ކުރިއެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކަށް ވީ އެންމެ ބޮޑު އަދަބެއް ދިނުމަށް އެތައް ދިވެހިންނެއް ގޮވިއެވެ. އަލްޔާގެ ހައްޤުގައި މުޅި ޤައުމު އެކައްޗަކަށް ވިއެވެ. މި ހިތްދަތިކަން ދިވެހިންގެ ހިތްތަކުން ފިލައިގެން ނުދާނެއެވެ. މިފަދަ އަނިޔާ ލިބޭ ކިތައް ކުދިން މި މުޖުތަމަޢުގައި އުޅޭނެ ހެއްޔެވެ؟ އިބްރާހިމްދީދީ އާއި މުހައްމަދުފުޅަށް ވެސް ދޭންވީ މަރުގެ އަދަބެވެ. ލިސާން ވެސް ރަޖަމް ކުރަންވީއެެވެ. ކުޑަކުދިންނަށް ޖިންސި ގޯނާ ކުރާ މީހުންނަކީ އިންސާނުންނެއް ނޫނެވެ. އެއީ ޖަނަވާރުންނެވެ. އެބައި މީހުންނަށް ޤާއިމް ކުރަންވީ އިސްލާމީ ޝަރީއަތެވެ.

ނިމުނީ

  1. Avatar

    Mi dhivehin anga fulhaa kohfaa indiaage vaahaka dhahkaa iru heevany thimaamen varu rangalhu baeh neih hen. emme furathama thimaamen dhiriulhey thanuge haalathu dhanegen ehen meehunge vaahaka dhahkaanama kihaa thaahiruvees gaimu insaaniyyathu kameh huri meehaku mivaru nubai nulafaa kameh emme 2 aharuves nuvaa kuda kujjakah nukuraane..islaamee shariah thanfeezu kuranvee mifadha nubai nulafaa meehun kuraa kanthaka. ??

    16
    3
    1. Avatar

      އިސްލާމީ ޝަރީޢަތް ތަންފީޒު ކުރަންވީ ކިތަންމެ ސިމްޕަލް ކަމަކަށްވިޔަސް. އަހަރުމެން ކުރާ ހުރިހާ ކަމެއް ކުރާންވީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް.

  2. Avatar

    . emme furathama thimaamen dhiriulhey thanuge haalathu dhanegen ehen gaumuthakuge vaahaka dhahkaanama kihaa thaahiruvees gaimu insaaniyyathu kameh huri meehaku mivaru nubai nulafaa kameh emme 2 aharuves nuvaa kuda kujjakah nukuraane..islaamee shariah thanfeezu kuranvee mifadha nubai nulafaa meehun kuraa kanthaka. ??

    25
    1
  3. Avatar

    ޒިހުނީގެ ވާހަކަތައް ގެނެސްދޭ ގޮތް ވަރަށް އަސަރުގަދަ. މިވާހަކަ ޚިޔާލީ ގޮތަކަށް ތިގެނެސްދިނީ ވަރަށް ފުރިހަމަކޮށް

    26
    1
  4. Avatar

    Eii alyaage bappaa ey, bunaaney heyye insaaneh,. Hithaai meyah herunu e kashin, zakham kohfiye magey fin’di hiyy.

    Mee alhuganduge amilla lhen baitheh vaguthee gothun hadhaalee. In sha Allah, v avahah lavaeh liyaanan.
    #justiceforthebaby?

    20
  5. Avatar

    އެދަރިފަކީރަށް އެހެން ހެދި މީހަކީ އިންސާނެއް ނޫން….ތާކު ހުރި ޖަނަވާރެއް..ކުއްތާ އެއް..ހަމަ އަސްލަށްވެސް ހިއް ކުދި ކުދި ވެއްޖެ.?????

    18
    2
  6. Avatar

    Maraalaaa Aharemenge loluge finikan kudakudhinnaky … ehen hadhaakah nuvaanehnnu.. Allah ah biruvethi ves nuvey… fahuzamaanuga ulhemun dhaairu thimaamehnge nafsu islaahu nukoh bodethi faafa thah kurumuga hadhadhufahna alhaafa……. Huriha Muslim Uhthunna Heyo magu dhahkka vaashi

    13
  7. Avatar

    އިސްލާމީ ޝަރީޢަތް ޤާއިމް ކުރަންވީ ވަކި ބައެއް، ނުވަތަ ވަކި ކަމެއް ވީމަތަ؟ ހަމަ ކޮންމެ ކަމެއްގައި ކޮންމެ ބައެއްގެ މައްޗަށްވެސް ހިންގޭން ވާނީ އިސްލާމީ ޝަރީޢަތެވެ.

    13
  8. Avatar

    Eiraku veriyakah hunna meehaage zinmaa akee gaumuge rayyithun rakkhaatherikan.eii Yasmin akah viyas nasheedhakahviyas ibu solih akah viyas .mi gaumugaa Islamee shareeai rangalhu gothugaa hingan jeheyne. Ehen bodethi Muslim gaumu thakuha mikahala janavaarun fadha meehunna dheyn jeheynevaruge adhabu dhey.maruge adhabu dhinumun dhen ekhala kushakah ariagannan ehen meehun birugannane.rajjeyge hurihaa enmen mihunnanee body biruveri kamehga .magumathee ga hingaalaafa dhaa iruves dhen vaanee kihinei tho balaa birun.eh faharuves death penalty dheefi nama rajjeyge rape cases thakaai ehen kuhthakah araane meehun madhuvaane.heyo nuvaane adhuge dhareen himaayai kohdhee..

    17
    1
  9. Avatar

    ބޮދުވަރު ދޯ ދެން. ތުއްތު ކުދިންނަށް ދާން ދެން ވެސް ދޫ ނުކުރި!!!! މިހާރު ރާއްޖެ އެކޭ އިންޑިޔާ އެކޭ ނެތް ހަމަ ކުޑަވެސް ތަފާތެއް! އަޅެ ެ ތުއްތު ކުއްޖަގެ ބައްޕަ އަކީ އިންސާނެތްތަ ނޫނީ ހައިވާނެތްތަ!؟!؟!؟!؟ މި ކަމަށް ހަރުދަނާ އަދަބެއް އެބަޔަކަށް ނުދެނީސް މިކަމަކަށް ހައްލެއް އަައުމަކީ ވަރަށް ދުރު ކަމެއް!!

    26
    1
  10. Avatar

    ދެންވެސް ތިބޭ އިސްލާމީ ޝަރީޢަތް ޤާއިމު ނުކޮށް.. ޖަލަށް ލައިފައި ޖަލުން ދޫކޮށްލީމަ އެވީތަ؟ ނޫން.. ޖަލުން ދޫކޮށްލީމައި އެވީ އަނެއްކާވެސް އެ ފާފަ އަށް އަރައިގަންނަން.. سبحان الله!! ??????☹️☹️

    18
  11. Avatar

    Mi kahala janavaarun jalakah noon alhanvy
    Maraafa valhulanvy
    Mahithah araa ekahala kameh kuraairu ehchekey
    hithah ves naaraabaaey
    .???Ekamves mi story v v v v v heart touching

  12. Avatar

    Mi dhivehin anga fulhaa kohfaa indiaage vaahaka dhahkaa iru heevany thimaamen varu rangalhu baeh neih hen. emme furathama thimaamen dhiriulhey thanuge haalathu dhanegen ehen meehunge vaahaka dhahkaanama kihaa thaahiruvees gaimu insaaniyyathu kameh huri meehaku mivaru nubai nulafaa kameh emme 2 aharuves nuvaa kuda kujjakah nukuraane..islaamee shariah thanfeezu kuranvee mifadha nubai nulafaa meehun kuraa kanthaka

ޚިޔާލު ފޮނުއްވާ