2145 27

ސުކޫލުގެ ބްރޭކް ގަޑި ކަމުން ކުދިން ހޭލަ މޭލަވެ އުޅެޔެވެ. އަހަރެން ކާހިތްވެސް ނެތުމުން މޭޒުގައި ބޯޖަހާލައިގެން އޮތް އިރު އެތައް ހިޔާލުތަކެއް ސިކުޑިއައް ވެރިވަމުން ދިޔައެވެ. އަހަރެން ހަމަ އެބުނާހެން ހަރާން ދަރިޔަކަށް ވެދާނެބާއެވެ؟ އަހަރެންގެ އާއިލާ މީހުން އަހަރެން ބަލައި ނުގަންނާނެބާއެވެ؟ އަފޫ ނެތި އަހަންނަށް ހަމްޒާގެ ކިބައިން ސަލާމަތް ވެވޭނެބާއެވެ؟ ހިޔާލީ ދުނިޔެއިން އަހަންނަށް ނިކުމެވުނީ މީހެއްގެ ހިލަމެއް ވިހެންހީވެގެންނެވެ. "މާޔާ އައި އެމް ސޮރީ. އަހަންނަށް އެދުވަހު ބުނިއެއްޗެއް ބުނެވުނީ ރުޅީގަ. ކޭން ޔޫ ފޯގިވްމީ އެން ގިވްމީއަ ޗާންސް. ދިސްޓައިމް އައި ވޯންޓް ޑިސެޕޮއިންޓްޔޫ އައި ޕްރޮމިސް" ޝަމްމޫންގެ އާދޭސްތައް އަހަރެންގެ ލޭ ކައްކުވާލި ކަހަލައެވެ. އައި ރުޅިން ގޮޑީގައިވެސް ނީދެވުނެވެ. " ކަލެޔާ ކަލޭގެ ބޭބެ ހިކުރާ ކަހަލަދޯ ކަލޭމެން ބޭނުންހާގޮތެއް ހެދޭނެޔޭ، އަހަރެން ހަރާން.... ސޮރީ ކަރެކްޝަން ވަގު ތިއްކަކަސް ކަލޭމެން ދެމީހުން އުފާކޮއްދޭން ގެންގުޅޭ މުދާގަނޑަކަށް މަ ނުވާނެ. އަހަރެން ގައިގަ މީގެފަހުން އަތްލާން އުޅުނަސް މަގޭ ފުރާނަ ނެތް މަސްގަނޑު ފެންނާނީ ހަދާންކުރާތި ކަލޭގެ ބޭބެ އައްވެސް އަންގާލާތި" އަހަރެން އިންޒާރެއް އަޅާލިއިރު ޝަމްމޫންގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ. " ކީކޭ މާޔާ މީގެ ފަހުންނޭ، ކާކު މާޔާގައިގަ އަތްލީ، ހަމްބެތަ، މާޔާ ކާކުހޭ އަތްލީ އަހަރެން މިއަހަނީ، އެ ހަމްޒާތަ" އަހަރެންގެ ކޮނޑުގައި ބާރަށް ހިފަހައްޓައިގެން ޝަމްމު ހުރިއިރު އޭނާގެ ސުވާލަށް ޖަވާބު ނުދީ ގިނަވަގުތު ވާވަރަކަށް ރުޅިގަދަ ވަމުންދިޔައެވެ. އަހަންނަށް އެސުވާލުތަކަށް ޖަވާބުދޭކަށް ނުކެރުނެވެ. ޝަމްމު ކުއްލިއަކަށް އޭނާގެ މެޔާ އަހަރެން ކައިރި ކޮއްލިއެވެ. " ސޮރީ މާޔާ އައި އޭމް ވެރީ ސޮރީ މާޔާއައް ހުރިހާ ކަމެއް ދިމާވާން ޖެހެނީ އަހަންނާހެދި. ބަޓް ޑޯންޓް ވޮރީ ހަމްޒާ އިޒް ގޮނަ ޕޭ ފޯ ވަޓް ހީ ޑިޑް" ވެއްޓިފައި އޮތް ދަބަސް ނަގަމުން އަހަރެން ދުރުކޮއްލާފައި ޝަމްމު ނިކުމެގެން ގޮއްސިއެވެ. އޭނާގެ ރުޅިގަނޑު އަހަންނަށް އެގެޔެވެ. އޭނާއަކީ އެރުޅީގައި މީހަކު މަރާލަން ވެސް ފަސްޖެހޭނެ މީހެއްނޫނެވެ. އަހަންނަށް އެކަން ވިސްނުނީ މާފަހުންނެވެ. ކިތައްމެ ނުބައި މީހަކަސް މަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ކަމުން ޝަމްމުގެ ފަހަތުން އަހަރެންވެސް ދިޔައިމެވެ. އޭރު ސުކޫލުގެ ގޭޓުން ނިކުމެގެން އޭނާ ގޮއްސިއެވެ. ދުވެފައި ކަހަލަ ގޮތަކައް އަހަރެން އެގެކައިރިޔައް ދެވުނު އިރު ޝަމްމު ފެންނާކައް ނެތެވެ. އެންމެ އަވަހަށް ދެވެން އޮތް ގޮތަކަށް އަހަރެން އެ އެޕާރޓްމެންޓްއަށް ވަނީމެވެ. " ސްޓޮޕް އިޓް ޝަމްމު. ލީވް ހިމް. އައި ސެއިޑް ލީވް ހިމް" ޝަމްމު ހަމްޒާގެ ކަރުގައި ހިފައިގެން ހުރި އިރު އެތައް ޒަހަމުތަކެއް ހަމްޒާގެ ގައިގައި ހުއްޓެވެ. އޭރުވެސް ޝަމްމުގެ އަތުގައި އޭނާ ގެންގުޅުނު ވަޅިއޮތެވެ. އެހެންކަމުން އެދޭތެރެޔައް ވަނުން ނޫންގޮތެއް އަހަންނަށް ނުފެނުނެވެ. އެވަގުތު ޝަމްމު އަހަރެން ފާރާދިމާލައް ހޫރާލި އިރު އޭނާގެ އަތުގައި އޮތް ވަޅިއަތުލުމުގައި އަހަރެން ކާމިޔާބު ވެއްޖެއެވެ. ނަމަވެސް އެދިޔަ ބާރުކަންމަތީ އަހަރެން ފާރުގައި ޖެހުނު އިރު ވަޅީގެ ސަބަބުން އަހަރެންގެ އަތައްވެސް ޒަހަމުތަކެއް ލިބިއްޖެއެވެ. ލިބުނު ފުރުސަތުގައި ހަމްޒާ އަވަހަށް ކޮޓަރިޔައް ވަދެއްޖެއެވެ. ޝަމްމުއަށް ކުރެވުނު ކަންތައް އިހުސާސްވީދެނެވެ. އަހަރެން ނަގައިގެން ގެންގޮސް ބޭސްއަޅައިދިނެވެ. އަދި އެތައް ފަހަރު އަހަރެން ކައިރިން މާފަށް އެދުނެވެ. އަހަންނަށް ޝަމްމު ކަމުދަނީ އެހެންވެޔެވެ. އަމިއްލަކުށް ގަބޫލުކުރާނެއެވެ. އަދި މާފަށްވެސް އެދެން ފަހެއްނުޖެހޭނެޔެވެ.

ޝަމްމުގެ ހިމާޔަތް އަހަންނަށް ލިބެން ފެށުމުން އަފޫމަތިން އެއްކޮށް ހަނދާން ނެތިއްޖެއެވެ. ހަމްޒާއާއި ޝަމްމު، އެމީހުން އުޅެމުން އައި އެޕަރޓްމެންޓް ދޫކޮއްލަން ޖެހުމުން ރަޔާންގެ އެދުމުގެ މަތިން ކުޑަމަންމަ ގެޔަށް ބަދަލުވިއެވެ. އަހަރެންނަށް އެކި ޒާތްޒާތުގެ މަސްތުވާތަކެތި ހަމްޒާ ގެންގުޅޭތަން ފެނެޔެވެ. ނަމަވެސް އެވާހަކަ އަހަރެން ދައްކާނެ މީހެއްނެތެވެ. ޝަމްމުވެސް އެވަބާގައި ޖެހި މަސްތުވާތަކެތި ބޭނުންކުރަން ފެށިއެވެ. ޝަމްމުގެ ރުޅީގެ ސަބަބުން އަހަރެން އޭނާގާތު އެވާހަކަ ދައްކަން ބިރުގަނެޔެވެ. އެހެންކަމުން ނޭގޭކަމަށް ހެދިގެން ހުރުން ނޫންގޮތެއް އަހަންނަކަށް ނުފެނުނެވެ. ދުވަސްތައް ފާއިތު ވަމުންދާވަރަކަށް އަހަރެންވެސް މަސްތުގެ ތެރެޔަށް ވަންނަމުމްދިޔައެވެ. ޝަމްމުއާއެކު ނޫންނަމަ ރަޔާންއާއެކުއެވެ. ހަމްޒާވެސް މަޑުމަޑުންގޮސް އެކުވެރިޔަކަށް ވެއްޖެއެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާކަންތަށް ކުރިގޮތް ހަނދާންނެތުނު ކަހަލައެވެ. ސުކޫލަށް ދާދުވަސްތައް މަދުވެ، މަސްތުވާތަކެތީގެ ދަޅައިގައި އަހަރެންވެސް ޖެހިއްޖެއެވެ. މި ދިރިއުޅުން މާ ކަމުގޮއްސިއެވެ. މިއޮއްހާދުވަހު ނުލިބުނު އުފާތައް ލިބެންފެށިހެން ހީވިޔެވެ. ނޭގިހުރެ ނުބައި އޮއިވަރެއްގައި އަހަރެން ޖެހި އޮޔާލައިގެން ގޮއްސިއެވެ.

ދުވަސްތަށް ފާއިތުވެގެން ދިޔައީ ނޭގި ހުއްޓައެވެ. 2016 ވަނަ އަހަރު އަހަރެންގެ ސާނަވީ އިމްތިހާނުގެ ދުވަސްކޮޅެވެ. ފާއިތުވި ދުވަސްތަކުގައި އަހަރެން އުޅުނީ ހަމަޖެހިލައިގެންނެވެ. ޝަމްމުގެ ރުޅިވެރިކަމާ ބައެއްފަހަރު ކުރިމަތިލާން ޖެހުނެއްކަމަކު، އެކިކަހަލަ މަސްތުތަކުން އަހަރެންގެ ބޯހަމަޖައްސާލަމެވެ. ޓެސްޓުތައް ފެށުނު އިރު ޝަމްމުގެ އެހީތެރިކަން އަހަންނަށް ވަރަށް ލިބުނެވެ. އެހެންކަމުން ޓެސްޓުތައް ނިމިގެން ދިޔައީ ވަރަށް ފަސޭހަ ކަމާއެކުއެވެ. ނަތީޖާލިބުނު ދުވަހު އެކަމުގެ އުފަލުގައި ޕާޓީކުރަން ޝަމްމު ރާވާލިއިރު އެއީ ކޮންކަހަލަ ޕާޓީއެއްކަން އަހަންނަށް އެގެޔެވެ. އެރޭ ނުވައެއް ޖެހިއިރު ޝަމްމު އަހަރެން ބަލާއައިސް ހުއްޓެވެ. ތުނފަތުގެ ރަތްކުލަ ގަދަކޮއްލަމުން އަހަރެން ނުކުތްއިރު ސައިކަލު މަތީގައި ޝަމްމު އިނެވެ. މަޑު ރީދޫ ކުލައިގެ ގަމީސްލީ އަހަންނަށް އެންމެ ކަމުދާކުލަ އެއީ ކަމުގައި ވާތީއެވެ. އަހަރެން ސައިކަލު ފަހަތައް އެރުމާއެކު މޮޅުވައްތަރެއް ޖައްސާލަމުން ބާރަކަށް ސައިކަލު ދުއްވާލިއިރު ބިރުގެ ކަންފުޅެއްވެސް އިހުސާސެއް ނުވެއެވެ. ނަމަވެސް އަހަންނަށް ސިހުންލިބުނީ ހިސާބަކުން ސަކަލެއްގައިޖެހި އަހަރެމެން ތިބި ސައިކަލު ބުރައިގެން ދިއުމުންނެވެ. އަހަރެން ޖެހުނު ގޮތަށް ބޯފަޅައިގެންގޮސް ބުނެދޭން ނޭގޭ ރިހުމެއް އުނަގަނޑުގައި ހުއްޓެވެ. އިރުކޮޅެއްނުވެ އަހަރެން ހޭނެތިއްޖެއެވެ. ޝަމްމުގެ ހާލު އޭރަކު އަހަންނަކަށް ނޭގެއެވެ.
ނުނިމޭ

  1. Avatar

    ……..Alhe plx vaahaka up kohba
    Sarah dhuvas vehje mivaahakaah inthizaaru kuraa that .. plx up kohba…. Hehdhevefaraathahtakaiviyas thankolheh avavahah up kohba. Vaild reason eh othyaamun plx bunelaba

    1. ނިންނި

      Sorry for the long delay guys ..job ge gothun i did not get enough time but insha allah dhn varah avahah baakee baithah genesdheynan n aakko kiuntherin inthizaaru kuruvaakah noon hama job aa hedhi time nuvee …sorry again

  2. Avatar

    ..Alhe plx upkohdhyba mi vaahaka kiyaabithunhalaakuvany atleast up nukurevey sababu bunedhyba o continueu nukuranyaa evaahakaves buneba alhe plx up kohdhyba
    Shahaadhahhama miliyuntherin kiyuntherin lahvaa inthizaaru kuruvany ey ekam midhen boduvaru alje plx upkohdhyba….

ޚިޔާލު ފޮނުއްވާ