2202 22

އިރުއޯއްސީ ހަތެއް ޖެހީއެވެ. "ސަނާ ކޮބާތަ މަގޭ ނޫކުލައިގެ ގަމީސް." "އޮންނާނެ އިސްތިރިކޮއްފަ އަލަމާރީގައި" " ހޯލް ޑެކަރޭޝަން އެއްކޮއް ނިމިއްޖެ ދެންއޮތީ އަހަރުމެން ރެޑީވުން" ޝީން އައިސް ބުނެލީވަރަށް އުފަލުންހުރެއެވެ. އެންމެން އެބައެއްގެ ކޮޓަރިޔައް ރީތިވުމަށް ދިޔައެވެ. އަހަރެންވެސް އަޒާންއާއެކީ ދިޔައީކޮޓަރިއަށެވެ.
"ސަނާ އަހަރެން މިއަދު ވަރަށް އުފާވެއްޖެ ސަނާ ތިވަރުގެ ކަމެއް އަހަންނައް ކޮއްދޭތީ. އެކަމަކު މީ ބުނަންޕާޓީއެއް މީހަކުއެއްޗެކޭ ކިޔާފިއްޔާ ބުނާތި ވަރަށް ފާޑުފާޑުގެ މީހުން އަންނާނެ އެކިއާއިލާ ތަކުން." އަޒާންގެ އެބުނުން ވީއަހަރެންނައް ކުރިއައްއޮތް ނުރައްކަލަކަށެވެ.
20 މިނުޓްފަސް... މެހެމާނުން ގިނަވެގޭތެރެ ފުރިއްޖެއެވެ. "ސަނާ ކޮންގްރާ" "އޭ ޝާން ހާދަދުވަހެއް ކޮއްލާފައޭ. ކޮބާ އަންހެނުން." އެވަގުތު އަހަރެން ކާރި އަޒާންހުރިކަން އަހަރެންނަށް ހަދާންނެތުނު ކަހަލައެވެ. "އޭ އަހަރެންވެސް އެބަހުރީމޭ އޭނަގޮވާގެން ދުއްވާގަންނަންތަ ތިއުޅެނީ" އަޒާންގެ އަޑުއައީ ވަރަށް ހަރުކަށިކޮށެވެ.
"އަޒާން އަސްލު އެހާދުވަސް ކޮއްލާފަ ބެސްޓީ އާދިމާވީމަ ސޮރީ" ޝާން ވަރަށް ބިރުންހުރެ އަޒާން ކާރީގައި ބުނެލިއެވެ. ''އެއީ މަސަމާސާއަކައް ބުނިއެއްޗެކޭ ބިރުގަންނާނެ ކަމެއްމެތް" އަޒާން މޫނުމަތިން ފެނިގެންދިޔަ ކުލަވަރު ޝާން އައްނޭގުނަސް އަހަރެންނައް މާރަގަޅައައްވެސް އެގިއްޖެއެވެ. ޕާޓީނިމި ހުރިހައި މެހެމާނުން ހުސްވުމާއެކު މަސައްކަތު މީހުން ގޭތެރެ ސާފުކުރަންފެށިއެވެ. "ސަނާ ހިގާބަ ދުއްވާލަންދާން މަށާއެކީ މިރޭ" އަޒާންއެހެން އެބުނީދުއްވަން ދާކަށެއްނޫނެވެ. އަހަރެންނައް އަޒާންގެ މަގުސަދު މާރަގަނޅަށްވެސް އެގިއްޖެއެވެ.
ކިތަންމެ ދާންބޭނުން ނުވިޔަސް ދެކޮޅުހަދާކައް ނުކެރެއެވެ. އެއްގަޑިއިރު ކާރުދުއްވިއިރުވެސް އަޒާން ބަހެއް ނުކިޔައެވެ. ކުއްލިޔަކައް އަޒާންގެ ދުއްވުން ބާރުވާންފެށިއެވެ. އެދިޔަބާރުމިނުގައި ގޮސް އަޒާން ކާރުހުއްޓާލީ ގޭގެގަރާޖްތެރެއަށެވެ. "ސަނާ......" އަޒާންގެ ގޮވާލުންވީ އަހަރެންގެ ކަންފަތްކާރިން ވަރަށް ބާރަށް ގުގުރާލިއަޑަކަށެވެ. ހީވެސްނުކުރާހާ ބާރަށް އަހަރެންގެ ހިތް ތޮޅެމުންދިޔައެވެ. '' ސަނާއައް އިގޭތަ މިރޭ ސަނާ ތިކުރީ ކޮންކަހަލަ ކަމެއްކަން އެޝާން އަހަރެންނައްވުރެ ރީތީ ވަކިކޮންތަނެއް."
އެހެންބުނެ އަޒާން އެއްއަތުން އަހަރެންގެ ބޮލުގައި ހިފައި ކާރުގެދޮރުފަތުގައި ޖެހިއެވެ."
ސަނާ އަހަރެން ސަނާއައް ކޮއްނުދެނީ ކޮންކަމެއް މަސަނާ އައްކޮއްދީފަ ހުރިކަން ތިފެންނަނީ ބަޑުން. މިރޭކޮއްދޭނަން މަކޮއްދިން ވަރައްވުރެއް ބޮޑައްކަންތައް އެވެސް އެޝާން އައްކޮއް ނުދެވޭނެ ކަންތައް" " ނޫންއަޒާން ހެޔޮނުވާނެ އަހަރެން ބަޑުބޮޑޭ" "ބަޑުބޮޑުކަން އޭރަކު ނޭގުނެއްނު އެޝާން ގައިގަ
އޮޅުލައިގަތްއިރު" އަޒާން އައިސްހުރި ރުޅީގައި އަހަރެންގެ އިސްތަށިގަނޑުގައި ހިފައި ކޮޓަރިއާ ދިމާލަށް ދަމަމުން ގެންދިޔައެވެ. އެވަގުތަކީ ނަސީބަކުން މަންމައާއި ޝީންއާގޭގައިނެތް ވަގުތެވެ. " އަޒާން ޕްލީޒް އަހަރެންނައް މާފުކުރޭ އަހަރެން ދެން އެހެން ނުހަދާނަން އަޒާން ޕްލީޒް" އަހަރެންކިތަންމެ ވަރަކައް އާދޭސްކުރިޔަސް މިރެއަކު އަޒާން އަކައް އަޑެއްނީވޭނެއްވެ.
ހިތްފުރޭވަރު ކޮއްލާފައި އަޒާން ނިކުމެގެން ހިގައްޖެއެވެ. އަހަރެންނަށް އެވީތަދުގައި ރޮއެލަރޮއެލާ އޮއްވާ ނިދުނީއެވެ. މާގިނައިރު ތަކެއްނުވަނީސް އަހަރެންނައް ހޭލެވުނީ ބަޑަށް ތޫނުތަދެއްވެގެނެވެ. އިރުއިރުކޮޅާ ތަދުވާލެއްވަނީ ބޮޑެވެ. އިޙްތިޔާރަކާނުލައި އަހަރެންގެ ގައިގައި ހުރިބާރުމިނައް އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ.
"މަންމާ......." އަހަރެން ހަޅޭއްލަވައިގަތް އަޑަށް މަންމައާއި ޝީން އައިސް ކޮޓަރިއައްވަނެވެ. އެއިރު އަހަރެން ބަޑުން ލޭހުއްޓުމެއްނެތި އޮހޮރެމުން ދިޔައެވެ. އަހަރެންނައް މަންމައާއި ޝީންގެ މޫނު ފެނުނީ ފަޅިސިކުންތު ކޮޅަކަށެވެ. އެއައްފަހު އަހަރެންގެބޯ ވަރަށް ބާރައްބިންމަތީގައި ޖެހުނެވެ.
އަހަރެންނަށް ހޭލެވުނީ އަހަރެން ހޮސްޕިޓަލް އެދުމަތީއޮއްވައެވެ. މަންމަ އާއި ޝީންއަދި އަޒާންގެ މޫނުމަތިން ފެންނަނީ ހިތާމަވެރިކަމެވެ. އަހަރެންގެ ބަޑުވެސް ވަނީފުދޭވަރަކަށް ކުޑަވެފައެވެ. އެއިން އަހަންނަށް ވަރަށް ގިނަ މާނަނެގެއެވެ.
"މަންމާ ކޮބާތަ އަހަރެންގެ ދަރިފުޅު... ކޮބާތަ އެސޮރު؟ ...." އަހަރެންގެ ސުވާލައް އެކަކުވެސް ޖަވާބެއްނުދިނެވެ. "ޝީން އަޒާން ކޮންމެވެސް އެކަކު ބުނެބަ ކޮބާތަ އަހަރެންގެ ދަރި ކޮބާހޭ؟....."
"ސަނާ" އެވަގުތު ޑޮކްޓާރ އަހަރެން ކާރިއައް އައިސް ހުއްޓުނެވެ. " ޑޮކްޓާރ ކޮބާތަ އަހަރެންގެ ދަރިފުޅު އެސޮރު ގެނެސްދީބަ އަހަރެން ކާރިޔައް..... އެސޮރު ކޮބާތަ؟" އަހަރެންގެ އަޑުތުރުތުރު ލާންފެށިއެވެ. އެކަކުވެސް އަގައިންބަހެއްކިޔާކައް ބޭނުންނުވާނީހެއްޔެވެ. "ސަނާ ސަނާގެ ދަރިފުޅު.........."

ޚިޔާލު ފޮނުއްވާ