Views: 12996 83

ހައިފާގެ އަތުގައި ހިފައިގެން އާޝާ އައިސްވަނީ ޖެހިލުންވެ ހުރެއެވެ. އޭނާ މިހާރު މާހިލާއި ކުރިމަތިލާން ބޭނުމެއްނޫނެވެ. އެހެނަސް ދައުވަތު ދީފައިވާތީ އާޝާ ބޭނުންވީ އަންނާށެވެ. ހުރިހާ ހަގީގަތެއް އެނގުމުން މާހިލާއި ސަޖާ ގާތުން މާފަށް އެދޭށެވެ.

މަމްދޫހާ އައީ އޭނާގެ ހުރިހާ ދަރިންނާއި އެކުއެވެ. އެކުގައި އިސްމާއިލްވެސް ގެނައެވެ. އިސްމާއީލް ގެނައީ ގަދަކަމުންނެވެ. ހުރި ހަމައެކަނި ފިރިހެންދަރިފުޅާއި ކުރިމަތިލާން އޭނާ ލަދުގަނެއެވެ. އެހެނަސް މާޙިލް ކައިރިން މައާފަށްއެދެން އޭނާވެސް ބޭނުމެވެ.

އާޝާ ފެނުމުން މާހިލަށް އުނދަގޫ ގޮތެއްވިއެވެ. އެހެނަސް އާޝާ ކައިރިއަށް އައިސް އެދެމަފިރިންނަށް މަރުހަބާ ކީއިރު މޫނުމަތީގައިވީ ހަމަޖެހޭ ގޮތެވެ. އާޝާ އެކުގައި ހައިފާ ފެނުމުން އިތުރަށް މާހިލްވެސް ހައިރާންވިއެވެ. ދޮންމަންމަޔާއި އާޝާގެ ގުޅުން ކުރީގައި އެހާ ރަނގަޅެއްނޫނެވެ. އެދެމެދުގައި ގުޅުން ބަދަހިވީ އަފީފް ނިޔާވުމަށްފަހުގައި ކަން މާހިލަށް ޔަގީންވިއެވެ.
" މާހިލް ....ސަޖާ އަހަންނަށް މައާފްކުރޭ......މިއަދު އަހަރެންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ...." ސަޖާގެ އަތުގައި ހިފާލަމުން އާޝާ އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.
" ވީކަމެއްވީ ދެމީހުންނަށްވެސް ހަގީގަތް ނޭގި އޮތީމަ.......ދެން އަޅައިނުލާ....." މާހިލް އަޑުގައިވީ ހަމަޖެހޭ ގޮތެވެ. މާޙިލް ބުނި ބަހަށް އެބަސްވުމުގެ ގޮތުން ސަޖާވެސް ހިނިތުންވެލީ އާޝާގެ ކޮނޑުގައި ޖަހާލަމުންނެވެ. އާޝާގެ ފުރަގަހަށް އައިސް ހުއްޓުނު މަމްދޫހާ އާއި އިސްމާއީލް މާހިލްގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.

" މަންމާ.....ބައްޕާ......" ކިތަންމެ ޒަމާނެއް ކޮއްފައި ފެނުނަސް މާޙިލަށް އޭނާގެ ބައްޕައެއް ނޯޅެއެވެ. ބައްޕަގެ ފޮޓޯތައް އޭނާގެ އަތުގައިވެސް އެބަހުއްޓެވެ. އެފޮޓޯތަކާއި މާބޮޑުތަފާތެއް ނެތެވެ. ހަމައެކަނި ކުރީގެ ވަރުގަދަ ކަޅު އިސްތަށިގަނޑު ނުރަޔަށްވެފައިވާކަމެވެ. މޫނުމައްޗަށްވެސް މާބޮޑު ބަދަލެއް ނާދެއެވެ. މާޙިލް މަންމަޔާ ބައްޕައަށް ގޮވާލުމުން އާޝާއަށްވެސް ބޭއިޙްތިޔާރުގައި ފަހަތަށް އެނބުރިލެވުނެވެ. މަމްދޫހާ އަތުގައި ހިފައިގެން އެހުރި ނުދަންނަ މޫނަކީ މާހިލްގެ ބައްޕަކަން އޭނާޔަށް ޔަގީންވިއެވެ. އާޝާ ފެނިފައި މަމްދޫހާ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެއީ އިސްމާއިލްގެ ލޭކަން އެނގުނު ހިސާބުން މަމްދޫޙާގެ ހިތްވަނީ އާޝާ އާމެދު ކިލަނބުވެފައެވެ.

" ބައްޕާ...." މާހިލް ކުރިއަށް ފިޔަވަޅު ނެގުމުން އާޝާ އެއްފަރާތަކަށް ޖެހިލިއެވެ. މާޙިލް ހިފީ އިސްމާއީލްގެ އަތުގައެވެ.

" ބައްޕާ " އެތަށް ޒަމާނެއް ކޮއްފައި ފެނުމުން މާޙިލްގެ އުފާވެރިކަންވަނީ އޭގެ އިންތިހާއަށެވެ. ބައްޕަގެ ލޯތްބަށް އެފަކީރު ތެޅިފޮޅުނުވަރު މަމްދޫހާއަށް ސިއްރެއްނުވެއެވެ. ބޮޑުވެފައި ހުރި ފިރިހެންދަރިފުޅު ފެނުމުން އިސްމާއިލްގެ ދެލޮލުން ކަރުނަ ހިފަހައްޓަނުލެވުނެވެ. މާހިލަކީ އޭނާގެ ޅައިރުގެ ފޮޓޯކޮޕީއެކެވެ. އިސްމާއީލްގެ ޅަދުވަހުވެސް ހުރީ ހަމައެހެންނެވެ.

" ބައްޕަޔަށް މައާފްކުރޭ........" މާހިލްގެ ކޮނޑުމަތީގައި މޫނުޖައްސާލަމުން އިސްމާއީލަށް ރޮއެގަނެވުނެވެ. އެމަންޒަރު ފެނިފައި އާޝާ މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އެއީ އޭނާގެ ބައްޕަކަން އެނގުމުން އެތަނުގައި މަޑުކުރަން އޭނާ ބޭނުމެއްނުވިއެވެ. އެއީ އޭނާގެ ބައްޕަ ކަމަށް ވިޔަސް އަފީފްގެ ފަރާތުން އާޝާއަށްވަނީ ހުރިހާ މާނައެއްގައިވެސް ލޯތްބާ ރައްކާތެރިކަން ލިބިފައެވެ. އެވަރުން އާޝާއަށް ފުދެއެވެ. އެގެއިން ނިކުމެގެން ހައިފާގެ އަތުގައި ހިފައިގެން އާޝާ ނިކުތީ ހިތްހަމަޖެހިގެން ހުރެއެވެ.

" ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ......ވެދިޔަކަންތަކާއި މެދު ހިތާމަކުރުމުގެ ބޭނުމެއްނެތް........." މާޙިލް ހިނިތުންވެލީ ގަދަކަމުންނެވެ. ބައްޕަޔާ ނުލާ އޭނާ ހޭދަކުރީ އުނދަގޫދުވަސްތަކެކެވެ.

" ދެން ބައްޕަ އަހަރެމެންނަށް ނުފެންނަ ހިސާބަށް ގޮސްގެން ނުވާނެ......ބައްޕަޔާ ވަކިން އުޅޭކަން އަހަރެމެން އެކަކަށްވެސް ފަސޭހައެއްނޫން......" އިސްމާއިލާއި މާހިލާއި ދެމެދު އެތަކެއް ވާހަކައެއް ދެކެވެމުންދިޔައެވެ. މަމްދޫހާ ކުޑަ އެނދާ ގާތްވެލިއެވެ. އޭރު ސަޖާ ހުރީ ކުޑައެނދު ކައިރީގައެވެ.

" ދަރިފުޅާ ސަޖާ މަންމަޔަށް މާފްކުރޭ........ތަންދޮރު ބަލައިނުލައި މަންމަޔަށް ވަރަށް އެއްޗެހި ކިޔުނު...." މަމްދޫހާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ސަޖާ ފޮހެލަދިނެވެ. ހިނިތުންވެފައި މައިދައިތައަށް މައާފުކުރީ ހިތުގެ އެންމެ ފުނުންނެވެ. ހަފްލާ ނިމެންދެން މާހިލްގެ އާއިލާ އެގޭގައި މަޑުކުރިއެވެ. ތުއްތު ތުއްތު އިސްމާއިލް އެކަކު އަތުން އަނެއްކަކު އަތުން ގެންގުޅުނު އިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ގިނަދުވަސްތަކަކަށްފަހު އަލުން އަނބުރާ އެއާއިލާއަށްވަނީ އުފާވެރިކަން އައިސްފައެވެ.

******

ޖޫލީ އާއި ނަވީން ގެއަށް އާއިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ޖޫލީ ފުރަތަމަވެސް ބޭނުންވީ ދަރިފުޅު ކޮބައިތޯ ބަލާށެވެ. ރޭވެސް އިރާކޮޅު ގެންދިޔަ ގޮތަށް އެސޮރު ގެންގުޅުނީ ލައިބާ ކައިރީގައެވެ. ކޮންމެ ރެއަކު އެހެންވާން ޖޫލީ ނޭދެއެވެ. ލައިބާ ކައިރީ ކޮންމެ ރެއަކު ބާއްވަން އާދަކޮއްފިނަމަ އެސޮރު ޖޫލީ އާ ދުރުވެދާނެ ކަމުގެ ބިރު ޖޫލީއަށް ދިޔައީ ކުރެވެމުންނެވެ. ޖޫލީ ،ލައިބާ ކޮޓަރީގެ ދޮރުގައި ހިފިއިރު ދޮރު ހުރީ ތަޅުލައިފައެވެ. މާބޮޑު ވިސްނުމަކަށް ނުގޮސް ޖޫލީއަށް އެކޮޓަރި ދޮރުގައި ޓަކިދެވުނެވެ.

" ކީއް ތިކުރަނީ......." ޖޫލީގެ އަތުގައި ހިފަމުން ނަވީނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. މަނާ ކުރެވުނީ ޖޫލީ ދޮރުގައި ޓަކިދޭން ފެށުމުންނެވެ
.

" ނިދާފައިވެސް އޮވެދާނެ....ހިނގާދާން އެސޮރު ގެންނާނީ ފަހުން.........ނިދާފައި ކަންނޭގެ އެއޮތީ އަޅައިނުލާ...." ޖޫލީގެ އަތުގައި ހިފައިގެންހުރެ ނަވީން އެދުނީ ލައިބާއަށް އުނދަގޫނުކޮށް ދިއުމަށެވެ.

" އެކަމަކު....." ނަވީނާއި އެކު ދާން އުޅިފައިވެސް ޖޫލީއަށްހުއްޓެވުނެވެ.

" އެކަމަކު ކިހިނެތްވީ......."

" އަހަރެން ބޭނުން ބޭބީ އަހަރެން ކައިރީ ބާއްވަން....." އަނެއްކާވެސް ޖޫލީ އުޅުނީ ދޮރުގައި ޓަކިދޭށެވެ. އެހެންނަމަވެސް ނަވީން ޖޫލީ އަތަށް ދަމާލި ގޮތުން ޖޫލީއަށް މަޖްބޫރުވީ އެނބުރި ނަވީނާއި އެކު ދިއުމަށެވެ.

" ކޮންމެ ރެއަކު ލައިބާ ކައިރީ އެސޮރު ބާއްވަންޏާ ކިހިނެތް އަހަރެންނާ އެސޮރު ގާތްވާނީ.....އަހަރެންނަށް ކަންކަން ކުރަން ފުރުސަތު ދިނީމަ ދޯ އަހަންނަށްވެސް އެނގޭނީ........ދަސްވާނީ....." ކޮޓަރިއަށް ވަދެވުމާއި އެކު ޖޫލީ ޝަކުވާތައް ބަންޑުންކޮއްލިއެވެ.

" މިރޭ ބޭބީ ގެނެސްދޭންވާނެ........" ނަވީން ބަސްމަދުވެފައި ހުރުމުން ޖޫލީ ހިފީ ނަވީންގެ އަތުގައެވެ. މޫނު އަނބުރާލަމުން ނަވީނަށް ދެލޯ މަރާލެވުނެވެ. ބައެއްކަންކަމުގައި ޖޫލީ ބޭނުން ކޮންމެ ކަމެއް ކޮއްދޭން ނަވީނަށްވެސް އުނދަގުލެވެ. ލައިބާ ކައިރީގައި އެސޮރު ނުނިދާ އޮތަސް އޮންނާނީ ވަރަށް ބަސްއަހައިގެންނެވެ. ޖޫލީ ކައިރިއަށް ގެންނައިރަށް ގަދަ ހަދާލާފައި ރޯވަރުން އެހެން މީހުން ބިރުގަންނަވަރުވާނެއެވެ. އެންމެފަހުން ނަވީން އެކަމަށް އާބަސްބުނީ އިތުރު ގޮތެއް ނެތިގެންނެވެ.

******

ފެންވަރައިގެން ފާހާނާ ނިކުތްއިރު ކޮޓަރި ދޮރުގައި ޓަކިދެއެވެ. ނިދާފައި ތިބި ދެކުދިންނަށް ބަލާލާފައި އަވަހަށް ގޮސް ލައިބާ ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ޖޫލީ ހުއްޓާފެނުމުން ލައިބާ މާޔޫސްވިއެވެ. ހީކޮށްގެން ހުރީ ނަވީން ކަމަށެވެ. ލައިބާއަށް އެއްޗެއް ނުބުނެވެނީސް ޖޫލީ އެތެރެއަށް ދެމިގަތެވެ.

" ކި....ކިހިނެތް ވީ ....؟ " ދޮރު ލައްޕާލާފައި އެނބުރުނު އިރު ޖޫލީ ގޮސް އެނދުކައިރިއަށް ހުއްޓެނީއެވެ.

" ރޭވެސް ބޭބީ ބޭއްވީ ލައިބާ ކައިރީ.....ކީއްވެތަ އޭނަ ފަހުން ނުގެންދިޔައީ .....؟ " އެސޮރުގައިގާ ފިރުމާލުމަށްފަހު ޖޫލީ ބަލާލީ ލައިބާއަށެވެ. ހިތްހަމަނުޖެހުން ޖޫލީގެ އަޑުގައިވިއެވެ.
" ނިދާފަ އޮތީމަ ނުގެންދިޔައީ......" ލޯގަނޑުކުރިމަތީ ހުއްޓެމުން ޖޫލީއަށް ލައިބާ ޖަވާބުދިނެވެ. އެނދުގެ މަގަތުގައި އިނދެފައި ޖޫލީ ތެދުވެތެވެ.

" ނިދާފަ އޮތަސް ހޭލައި އޮތަސް މީގެފަހުން އަހަރެން ދަރިފުޅު ރޭގަނޑު އޮންނާނީ އަހަރެން ކައިރީ.........." ލޯގަނޑުގެ އެއްކައިރިން ޖޫލީގެ މޫނު ލައިބާއަށް ފެންނަން ހުއްޓެވެ. ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުން އެމޫނުމަތި ފެންނަނީ ވަރަށް ނުރައްކާތެރިކޮންނެވެ. ލައިބާ ޖޫލީއަށް ބަލަން ހުރީ ލޯގަނޑުންނެވެ.

" އެކަމަކު ބައްޕަ ..........." ލައިބާ ބުނަން އުޅުނީ އޭނާ ކަންތައް ކުރަމުން އެދަނީ ނިޒާރު ބުނެފައިވާ ގޮތަށް ކަމަށެވެ.

" ބައްޕަ ލައިބާ މިގެއަށް ގެނައީ އަހަރެންނަށް އެސޮރު ގެންގުޅެން ނޭގޭތި.......ހުރިހާ ކަމެއް ލައިބާ ލައްވާ ކުރުވަންޏާ އަހަރެންނަށް ކިހިނެތް އެސޮރުގެ އެއްވެސް ކަމެއް ކުރަން އެނގޭނީ........." ޖޫލީގެ ނޭވާ ހުރީ އަވަސްވެފައެވެ. ހުރިހާ ކަމެއް ލައިބާ ލައްވާ ކުރުވާތީ ޖޫލީއަށް ހީވަނީ އެސޮރު އޭނަޔާ ދުރުކުރުވާހެންނެވެ.

" އެސޮރުގެ ކަންތައް ކުރަން ފުރުސަތު ދިނީމަ ދޯ އަހަރެންނަށްވެސް ދަސްވާނީ .........." ޖޫލީގެ ކޮންމެ ޖުމްލައެއްގައި ހަރުކަށިކަންވިއެވެ. އެއިން ކޮންމެބަހަކުން ލައިބާގެ ހިތުގައި އެތަކެއް ޒަޙަމްތަކެއް އުފެދެމުންދިޔައެވެ.

" މިއަދު ކުދިންގެ ކަންތައް ކުރާނީ އަހަރެން......ލައިބާ ދޭ ބަދިގެއަށް ........" ލައިބާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.

" ދޭދޭ ....އަވަސް ކޮއްގެންދޭ......ރޮށިފިހެ ސައިތައްޔާރު ކުރަން ދޭ " ހަރަމްބަނދެލަމުން ޖޫލީ ކޮއްލީ އަމުރެވެ. ލައިބާ ހިތުގައި ޖެހުނު ވަރުން އަވަސްއަވަހަށް ޖޫލީގެ ކުރިމަތިން ދުރަށް ދިޔައެވެ.

ފަތިސްނަމާދުން އައިސް ނިޒާރު އިނީ ސިޓިންގރޫމްގައި ޤުރުއާން ކިޔަވާށެވެ. އޭރު ބަދިގޭގައި ހެނދުނުގެ ނާސްތާއަށް ތައްޔާރުކުރަން އުޅެނީ ލައިބާއެވެ. ސިޓިންގރޫމް ސޯފާގައި ނިޒާރު އޮތް އިރު ބަދިގޭގައި އުޅެނީ ކާކު ކަމެއް ނިޒާރަކަށް ނޭގެއެވެ.

" ޖޫލީ ކޮފީތައްޓެއް ގެނެސްދީބަލަ........" ނިޒާރު ހީކުރީ ބަދިގޭގައި އުޅުނީ ޖޫލީ ކަމަށެވެ. އެހެން ދުވަސްދުވަހުވެސް ޖޫލީ އުޅޭތީއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ލައިބާ އާވިއަރައަރާ ހުރި ކޮފީތައްޓެއް ހިފައިގެން އައެވެ. ނިޒާރު އޮށޯވެއޮތް ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި ކުޑަ މޭޒުމަތީ ކޮފީތަށި ބެހެއްޓިއެވެ. ހައިރާންވެފައި އޮތް ތަނުން ތެދުވެތެވެ.
” މިއަދު ދަރިފުޅުތަ ބަދިގޭގަ.........." ނިޒާރު އަޑުގައިވެސް ހުރީ ހައިރާންކަމެވެ. ލައިބާ ހިނިތުންވެލާފައި ކޮފީ ގެނައި ހުސްތަބަށް ގަޔާ ކައިރިކޮއްލައިގެން ހުއްޓެވެ. އެތެރެއިން ކުޑަކުއްޖަކު ރޯންފެށީ އެވަގުތުއެވެ. ލައިބާ ހުރި ފިޔަވަޅުމަތީ ހުރީ ކޮޓަރިއަށްދާން ނުކެރިފައެވެ. މިއަދު އޭނާގެ މަސައްކަތަކީ ހެނދުނުގެ ސައިތައްޔާރު ކުރުމެވެ. ނިޒާރު ބަލާލީ ގޮތުން އެބުނަން އުޅުނު އެއްޗެއް ލައިބާއަށް އެނގުނެވެ

" ޖޫލީ ވެއްޖެ އެކޮޓަރީގައި........... އެކުދިން ކައިރީގައި ...." ލައިބާ އެނބުރިވަނީ ބަދިގެއަށެވެ. އަވަސްވީ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ލޮނުކަމެއް ހަދާށެވެ.
ކުޑަމީހާ ރޯވަރުން ޖޫލީ ނަގައިގެން ދެކޮޅަށް ހިނގާ ހިނގާވެސް ހުއްޓައިނުލިއެވެ. ކުޑަމަންޖެވެސް ހޭލައިގެން ރޯންފެށީ އެވަގުތުއެވެ. ޖޫލީ ހަދާނެ ގޮތް ހުސްވިއެވެ. ކުޑަ ސޮރު ގޮވައިގެން ބޭރަށް ނިކުތެވެ.

" ހާދަ ވަރަކަށޭ މީނަ މިރޮނީ ........." ސޯފާގައި އިނދެފައި ނިޒާރު ފަސްއެނބުރި ބަލާލީ ޖޫލީގެ އަޑަށެވެ. ކަންބޮޑުވަފައި ޖޫލީ ވާހަކަދައްކަމުން އައީ ސޯފާ އާ ދިމާލަށެވެ.
" ލައިބާ ލައިބާ ....." ނިޒާރު ގޮވާލީ ބޯއަރިކޮއްލަމުން ލައިބާ ކޮބައިތޯ ބަލާލަމުންނެވެ. ލައިބާ ނިކުތީ ކުޑަކޮން ދުވެލާފައެވެ. ނިޒާރު ގޮވާއަޑާއި ދަރިން ރޯއަޑަށެވެ. ނިޒާރު އެއްޗެއް ނުބުނަނީސް ޖޫލީ އަތުގައި ރޮއެ ރޮއެއޮތް ދަރިފުޅު ނަގާ މެޔާ ގާތްކޮއްލެވުނެވެ. މަންމަގެ ހޫނާއި ބީހުން އެތުއްތު ދަރިފުޅުވެސް ދެނެގަތްފަދައެވެ. ލައިބާ އަތުގައި ޖެހުމުން ރުއިން ހުއްޓާލިއެވެ. ތުއްތު ދަރިފުޅަށް ބަލާލާފައި ލައިބާއަށް ހިނިތުންވެވުނެވެ.

" ލައިބާ ބަދިގެއަށް ނުވަދެ އެކުދިން ބަލަން ހުރޭ..........ޖޫލީ ބަދިގޭގެ ކަންތައްތައް ކުރާނެ......" ނިޒާރުގެ ވާހަކަ އިވިފައި ޖޫލީއިސްޖަހާލަން މަޖްބޫރުވިއެވެ. ދަރިފުޅުގެ ކަންތައް ކިތަންމެ ކުރަން ބޭނުންވިޔަސް އެކުއްޖާ ހުއްޓާލަވަން ޖޫލީއަކަށް ނޭގެއެވެ. ލައިބާގެ ކުރިމަތިން އިސްޖަހާލައިގެން ހުރެ ޖޫލީ ބަދިގެއަށްވަނެވެ. ޖޫލީގެ ދެލޮލަށްޖަމާވި ކަރުނަތައް އޮހިގަތީ ބަދިގެއަށްވަންފަހުންނެވެ. ބޭބީގެ ހުރިހާ ކަމެއް ކުރަން ބޭނުމީ ޖޫލީގެ ދެއަތުންނެވެ. އެހެންމީހެއްގެ ހިޔަނިވެސް އެދަރިފުޅަށް އެޅެން ޖޫލީ ބޭނުމެއްނޫނެވެ.

ދެކުދިން ގޮވައިގެން ލައިބާ އުޅުނީ ކޮޓަރީގައެވެ. ބަންޑުހައިވާކަމެއް ވަރުބަލިވާކަމެއް އޭނާޔަށް އިޙްސާސްނުވާފަދައެވެ. ނަވީން ބޭރުން އަންނަމުން އައީ ލައިބާއަށް ޕާރުސަލަކާއި ރަތްފިނިފެންމާ ބޮނޑިއެއް ހިފައިގެންނެވެ. ލައިބާގެ ހެދުންތައް ބާވެފައި ހުރުމުން ހެދުންކޮޅެއް ގެނެގެންނެވެ. ލައިބާއަށް ޕާރުސަލާއި މާބޮނޑި ދިނުމުން އެބޭއްވީ އެނދުމަތީގައެވެ.

ކުޑަދެބެން ބަނޑުފުރާލައިގެން އޮތީ ނިދަން ބޭނުން ނުވެފައެވެ. ދެލޯ ބޮޑުކޮއްގެން އަތާއި ފައި ހަލުވަމުންދިޔައިރު ނިދީގެ އެއްވެސް އަސަރެއް ދެލޮލުގައި ނެތެވެ. ދެކުދިންނާއި ވާހަކަދައްކަމުން ދިޔައިރު އެނދުގެ ހެޑްބޯޑްގައި ލެނގިލައިގެން ލައިބާ އިނެވެ.

ދޮރުހުޅުވާލާފައި އެތެރެއަށްވަން ޖޫލީ ސިހުނީ އެނދުމަތީގައި އިން ނަވީންފެނިފައެވެ. ނަވީންގެއަށް އައިކަމެއް އޭނާޔަކަށް ނޭގެއެވެ. އޮފީސްގަޑީގައި ނަވީން ބޭރަށް ނިކުންނާނީ ވަރަށް ބޮޑުކަމެއް ދިމާވެގެންނެވެ. ގެއަށް އައި ގޮތަށް ޖޫލީއަށް ނުވެސް އެނގި ލައިބާގެ ކޮޓަރީގައި އިނުމުން ޖޫލީ ހިތަށް އުނދަގޫވިއެވެ. ޖޫލީ ފެނިފައި ނަވީނަށްވެސް ތެޅިގަނެވުނެވެ. އަބަދު ސިހި ސިހުހުންނަ ނަވީނަށް މިފަހަރުވެސް ހީވީ ޖޫލީއަށް ކަމެއް ޝައްކުވީހެންނެވެ.

" ކޮންއިރަކު އައީ.....؟ " ނަވީނާއި ދިމާލަށް ހިނގާގަތް އިރު ޖޫލީގެ ހައިރާންކަން އެމޫނުން ނުފިލައެވެ. އެވަގުތު އެނދުމަތީގައި އޮތް މާބޮނޑިއާއި ޕާރުސަލް ފެނިފައި ޖޫލީއަށް ވަރަށް ފަރުވާތެރިކޮން ނަވީންގެ މޫނަށް ބަލާލިއެވެ. ބަހެއްވެސް ބުނެނުލާ ގޮސް އެއެއްޗެހި ނެގިއެވެ.

" ގިފްޓެއް ހިފައިގެންދޯ ތިއައީ......... ޔޫ ނެވަރ ފެއިލް ޓު ސަޕްރައިޒް މީ...." ޖޫލީ އުފަލުން ހުރެ ބުނެލިއެވެ. ނަވީނަށް އިންތަނުން ތެދުވެވުނެވެ. ނަވީން ބުނަން ބޭނުންވީ އެއީ ޖޫލީއަށް ގެނައި އެއްޗެހި ނޫންކަމެވެ. އެހެނަސް އެހިތްވަރު ނަވީނަކަށް ނުލިބުނެވެ. ގަދަކަމުން ހިނިތުންވެވުނެވެ. ޖޫލީ އައިސް ނަވީންގެ އަތުގެ މުލައްދަނޑީގައި ހިފާ ގާތް ކޮއްލިއެވެ.
" ތޭންކުސް ލަވް....." ލައިބާއަށް ދެލޯ މަރާބާރު ކޮއްލެވުނެވެ. ލައިބާއަށް ހީވަނީ ލައިބާގެ ނިކަމެތިކަމާއި ދެރަކަން އަންގަން ނަވީންވެސް ބޭނުންވެގެން އުޅޭހެންނެވެ. އެއީ ލައިބާއަށް ގެނައި އެއްޗެކޭ ނުބުނެވުނުތާ އޭނާގެ ކުރިމަތީ ދެމީހުން އެހާ ގާތްވެގެން " ރޮމް" ވެގެން އުޅޭތަން ބަލަން ލައިބާއަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟

ލައިބާއަށް އޭނާގެ ކަރުނަތައް ހިފަހައްޓާލެވުނީ އެމީހުން ނިކުމެގެންދަންދެންނެވެ. އެމަންޒަރުތައް ކޮންމެ ދުވަހަކު ބަލަން އޭނާޔަށް ޖެހޭނެއެވެ. ކެތްކުރެވޭނީ ކިހާވަރަކަށް ކަމެއް ޙުދު ލައިބާއަށްވެސް ނޭގެއެވެ. ބާލީސްމައްޗަށް ވެއްޓިގަނެވުނެވެ. އެކަރުނަތައް ދެކޭނެ އެހެން މީހަކު ނުވާނެކަން އެނގޭ ހާލުގައެވެ.

ޖޫލީ ހެވިފައި އިނދެ ޕާރުސަލް ކަނޑާލިއެވެ. އޭގައި ހުރީ ހުސް ހެދުމެވެ. އެއީ ޖޫލީ ލާ ސްޓައިލްގެ ހެދުންތަކެއްވެސް ނޫނެވެ. މުޅިންވެސް އަތްދިގު ކުރުތާއެވެ. ފަހަރަކު ހެދުމެއްނަގާ ލޯގަނޑުކުރިމަތީ ހުރެ ގައިގާ ޖައްސާލައެވެ. ނަވީނަށް އިނީ އުނދަގޫވެފައެވެ. އެހެދުންތަކާއި ބެހޭ ގޮތުން ސުވާލެއް ކޮއްދާނެތީއެވެ. އަދި ނަވީނަށް އެންމެ އުނދަގޫވީ ލައިބާއަށް ދީފައި އޮއްވާ އެއެއްޗެހި ޖޫލީ ގެނައިމައެވެ.

" ޖޫލީއަށް ކުރުތާ އެހާ ކަމަކު ނުދޭދޯ ...." ނަވީން ފެށީ ދުރުން ދުރުންނެވެ.

" އަސްލު އެހާ ކަމަކު ނުދޭ ....އެކަމަކު މިހާރުގެ ފެޝަންދޯ މި....... " ޖޫލީ ވާހަކަދެއްކި އިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލޯގަނޑަށެވެ.

" ޖޫލީއަށް ކަމު ނުދަންޏާ.....ލައިބާއަށް ދޭން ވިއްޔޭނުން......." ނަވީން ގެ އަޑަށް ޖޫލީ ބަލާލިއެވެ. ނަވީން އިނީ ޖެހިލުންވެ ކަންބޮޑުވެފައެވެ. އެހެން ބުނީވެސް ނިކަން އުނދަގުލުންނެވެ.

" އަސްލުވެސްދޯ ..........އޭނަ ލާ ހެދުންތައް ވަރަށް ބާ .........ލަނީވެސް ދެތިން ހެދުމެއް ........މިހެދުންތައް އޭނަޔަށް ކަމުދާނެ މުޅިންވެސް ލަނީ ކުރުތާ ފާޑު އެއްޗެއްސެއްނު........" ޖޫލީ އައިސް އިށިއިނީ އެނދުގައެވެ. ނަވީންގެ ކުރިމަތީގައެވެ. ނަވީން ކަރުގައި އަޅާފައި އޮތް ޓައީ ދޫކޮޢްލައިގެން ނިތްކުރިމަތީ އަތް ބާއްވާލައިގެން އޮތެވެ.
" ކޮބާތަ އޭނަގެ ފިރިމީހާ.........؟ " ޖޫލީ ކޮއްލި ސުވާލުން ނަވީނަށް ތެޅިގަނެވުނެވެ. ނަވީނަށް ޖަވާބު ނުދެވިގެން އުޅޭތަން ފެނިފައި ޖޫލީ ޖަހާލީ ހިނގަނޑެކެވެ.
" ކިހެނެތްދޯ ނަވީނަށް އެނގޭނީ........."

" އެކަމަކު އެހާ ކުޑަކުއްޖަކާ އަންހެނުން ދޫކޮއްލާފަ އެއުޅެނީ ހާދަ ރަޙްމުކުޑަ ފިރިހެނެކޭދޯ ....." ނަވީނަށް ބޭޢިހްތިޔާރުގައި އޮތްތަނުން ތެދުވެވުނެވެ.

" ކީއްވެ ތިހެން ތި ބުނީ.........؟ "

" މިހެން މިބުނީ ލައިބާ ބޭނުމެއް ނުވޭ އޭނަގެ ފިރިމީހާގެ ވާހަކަ ދައްކާކަށް........ ލައިބާ ވަރަށް ލޯބިވޭ އޭނަގެ ފިރިމީހާ ދެކެ އަހަރެން ކައިރީ ބުނީ އެވަރަށް ދެން ފިރިމީހާގެ ވާހަކަ ނުދައްކާށޯ.....އޭނަޔާ އޭނާގެ ކުޑަ ދަރިފުޅަށް އަދި ފިރިމީހާގެ ލޯބިލިބޭނެޔޯ....." ލައިބާ ދައްކާފައިވާ ވާހަކަތައް ހަނދާންކުރަމުން ޖޫލީ ކިޔައިދިނެވެ. އެވާހަކަތައް އަޑުއަހަން ނަވީނަށް ވަރަށް އުނދަގޫވިއެވެ. ނަވީން ނިކުމެގެން ދިޔައީ ކުއްލިއަކަށް ކަމެއް ހަނދާންވެއްޖެ ކަމަށް ބުނަމުންނެވެ.

*****

އުޑުމަތި ބަނަކޮން އޮތް ހެނދުނެކެވެ. ޖެހޭ ވައިރޯޅީތަކުގައިވެސްވީ ތެތްފިނިކަން އެކުލެވިފައެވެ. ދެންމެ ދެންމެ ހީވަނީ ވާރޭވެހިގަނެ ދާނެހެންނެވެ. ބަދިގޭގައި އުޅެނީ ލައިބާއެވެ. ކުދިންވެސް ނިދާފައި ތިބުމުން ލައިބާ ބޭނުންވީ ސައިތައްޔާރުކުރާށެވެ. އޭނާގެ ދެއަތުން އެއްޗެއް ތައްޔާރުކޮއްފައި ނަވީނަށް ކާންދޭށެވެ.

ނަވީން ފަތިސްނަމާދުން އާއިރު އުނދުން ދޮށުގައި ރޮށިފިހަން ހުރި ލައިބާފެނުނެވެ. އެއާއެކު ނަވީން ހަނދާނަށް އައީ އިއްޔެ ޖޫލީ ދެއްކި ވާހަކައެވެ.

"ލައިބާ ބޭނުމެއް ނުވޭ އޭނަގެ ފިރިމީހާގެ ވާހަކަ ދައްކާކަށް........ ލައިބާ ވަރަށް ލޯބިވޭ އޭނަގެ ފިރިމީހާ ދެކެ އަހަރެން ކައިރީ ބުނީ އެވަރަށް ދެން ބުނީ ފިރިމީހާގެ ވާހަކަ ނުދައްކާށޯ.....އޭނަޔާ އޭނާގެ ކުޑަ ދަރިފުޅަށް އަދި ފިރިމީހާގެ ލޯބިލިބޭނެޔޯ....." އެބަސްތަކުން ނަވީންގެ ހިތަށްވަނީ އެތަށް ގިނަ އަސަރުތަކެއް ކޮއްފައެވެ.

ނަވީން މަޑުމަޑުން ގޮސް ލައިބާގެ ފުރަގަހުން ބައްދާލިއެވެ. ސިހުނުވަރުން ލައިބާއަށް ތެޅިގަނެވުނެވެ. ލައިބާއަށް ހަޅޭލަވައިގެނެވުނެވެ. އެހެނަސް ނަވީން ހަމަޖެހެން ބުނުމުން އޭނާ ނިކަން އަވަހަށް ހިމޭންވެލިއެވެ. ނަވީންގެ ދަތްދޮޅި ލައިބާގެ ކޮނޑުގައި އަޅުވާލިއެވެ. ދެމީހުންގެ މޫނާއި މޫނު ޖެހޭނޭހެން ގާތްވެލިއެވެ. ލައިބާއަށް ދެލޯ މަރާލެވުނެވެ. ލައިބާ ވަނީ ނަވީންގެ ލޯތްބަށް އިންތިހާއަށް ބޭނުންވެފައެވެ.

" ނަވީން.....ޖޫލީ އައިސްދާނެ......." ލައިބާ ވާހަކަދެއްކީ ދެލޯ މަރާއިގެން ހުރެއެވެ. ނަވީންގެ ނޭވާގެ ހޫނުކަން ލައިބާގެ ހިތުގެ އެންމެ ހިމަނާރާއި ހަމައަށްދިޔައީ އަސަރުކުރަމުންނެވެ. ނަވީންވެސް ބައިވަރު ވާހަކަދައްކަން ބޭނުންވިއެވެ. އެހެން ނަމަވެސް ހެނދުނުގެ އެހިތްގައިމު ވަގުތުގައި ނަވީންގެ އަމިއްލަ ނަފްސަށް ބާރުފޯރުވުންވީ ދަތިކަމަކަށެވެ.
" ނަވީން....." ފަހަތުން އިވުނީ ޖޫލީގެ އަޑެވެ. ޖޫލީގެ އަޑު ބާރުވެފައި އެއަޑުގައިވި ހަރުކަށިކަމުން އަޑުއަހަން ހުންނަ މީހަކުވެސް ބިރުން ރޫރޫ އަޅައިގެންދާނެއެވެ.

ނުނިމޭ

 1. Avatar

  Vaahaka varah reethi. Ekamu maa lahy genes dheyleh. Week aky 3 days Vaahaka genes dheyn feney. Sunday Tuesday and Friday. Mihen mibuny Vaahaka mihaaru genes dhey iru ves konme part eh ves eha Dhigu Nun kan faahaga vaathy. Type kuran time nuvanya angaalaba eyrah help eh veveynee. Hehe. So unmeedhu kuran Vaahaka genes dhey dhuvas ithuru kohlaane kamah. Mariyam ge Vaahaka varah ves reethi. Mihaaru v faahaga kurevey ehaa haasaru bodu nukoh Genna kan.

  11
 2. Avatar

  މި ވާހަކަ ވަރަށް ހަބޭސް…… މިވާހަކަ ފޮތަކަށް ހަދަން ފެންނަ ކުދިން ފެނޭ ޖަހާފަ ކޮމެންޓުކުރަން ހިނގާ
  ވާހަކަ.ކޮމް އިން މިކަމާމެދު ވިސްނާލާނެ ކަމަށް ހީކުރަން
  ފެނޭ (:

  12
 3. Avatar

  Alhey kn dhuvahakun tha dhn vaahakaige aneh bai up vaany .. kiya hithun keii nuvey mihaaruvx .. haadha furihama ey mi vaahaka.. v v v v habeys .. vrh milhu vaahaka liyun therieh ..maashaa allah ..can’t wait for the next part dear .. avahah up khdheeba ..pls pls

 4. Avatar

  Hoon. Anehka aneh break negy tha mariyam. Anehka Vaahaka kiyun therein thalhuvan feshy dhw. Dhen neyge mi aharu ga Vaahaka kiyaalan libeyne kameh ves. Boe halaaku

 5. Avatar

  އަސްލުވެސް މިކަހަލަ މީހުން ވާަހަކަ ނުލިޔުނިއްޔާ ވަރަށް ރަނގަޅު… ވަރަށް ހީވާގި މީހުންނަށް ކުރެވޭނެ ކަމެއް މީ.. ކިޔުންތެރި މާޔޫސްކުރުވާ މިހުންދެކެ ވަރަށް ފުހިވޭ… ކޮންޒަމާނަކު ލިޔަންފެށި ވާހަކައެއްތޯ މީ.. ވާހަކަ ނުނިއްމި 02 އަހަރުވީމަ ތަންކޮޅެއް ބޮޑުވަރުދޯ… ވާހަަކަ ކިތަމް،ެ ރީއްޗަސް ލިޔުންތެރިޔާ ކަޑަވިއްޔާ ވާހަކަ ކުރާނެ ގަދަރެއް ނޯންނާނެ.. ވަރަށް ބޯރިންގ މީހެއް ދެން މި ވާހަކަ މި ލިޔަނީ.. ރިއަލީ ހެޓް

  13
  2
 6. Avatar

  މިހާރު ހަފްތާއެއް މިވީ ދެން އަޕް ކޮށްދީބަ.. ތިހާވަރަށް ކިއުން ތެރިން ތަޅުވާކަށްނުވާނެ އެއްނު

ޚިޔާލު ފޮނުއްވާ