8733 52

" މިމަންޖެ ގެނައީ ކޮން އިރަކު .....؟ " ހިނިއައިސްފައި ބަޝީރާ ބަލާލީ ލައިބާއަށެވެ. އިސްޖަހާލައިގެން އިންއިރު ލައިބާގެ ލޮލުންވަނީ ކަރުނަ ހިލިފައެވެ. ލައިބާ ޖަވާބެއް ނުދިނެވެ. ބަޝީރާ " އޫއޫން " ކިޔަމުން ގޮސް ހުއްޓުނީ ކުޑައެނދުކައިރީގައެވެ. ކުޑަ އެނދުހުސްކޮން ހުރުމުން ބަޝީރާއަށް ދެލޯ ބޮޑުކޮއްލެވުނެވެ.

" ކޮބާ؟ އެސޮރު......ކޮންތާކަށް އެސޮރު ގެންދިޔައީ ......؟ " ބަޝީރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

" ނަވީން ގެންދިޔައީ......" ހިތި ބޭސްގުޅައެއް ދިރުވާލަންވެސް އެހާ އުނދަގޫ ނުވާނޭކަން ޔަގީނެވެ. ހަގީގަތަކީ އެހާވެސް ހިތި އެއްޗެކެވެ. އިސްޖަހާލައިގެން އިންނަމަވެސް ލައިބާގެ ދެލޮލުން ފޭބި ކަރުނަ ބަޝީރާއަށް ސިއްރެއް ނުވިއެވެ.

" ލައިބާ " ފިލިތަކަށް ދަމާލާފައި ބަޝީރާއަށް ގޮވާލެވުނެވެ. ނަވީނޭ އެކުޑަސޮރުގެންދިޔައީ ބުނާބަހުން ނޭގޭ މާނަ ފުނެވެ. ބަޝީރާ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް ދަތުރުކޮއްލިއެވެ.
" ކީކޭ ތިބުނީ .....؟ ކީއްވެ އެސޮރު ގެންދިޔައީ....؟" ބަޝީރާ އަޑުގައި އޭނާ ކަންބޮޑުވެފައިވާވަރު ހާމަވޭވޭ ހުއްޓެވެ.މަންމަގެ އެސުވާލާއިއެކު ލައިބާއަށް ރޮވުނެވެ. ގިސްލެވުނެވެ. ބަހެއް ބުނަން ދަތިވިއެވެ. ނިކަން ހިތްވަރުކުރަން ބޭނުން ވިޔަސް އޭނާގެ އެތެރެ ހަށިހީވަނީ ރޫޅިދާނެހެންނެވެ. އެދަރިފުޅާ ނުލާ އޭނާ ކެތްކުރާނީ ކިނިނަކުންބާއޭ ހިތަށް އަރައެވެ. ބަޝީރާ އައިސް ލައިބާގެ ގައިގާ ފިރުމާލުމުން ލައިބާ ސިހިފައި މަންމައަށް ބަލާލިއެވެ. އެއާއެކު އިތުރަށް އޭނާޔަށް ރޮވުނީއެވެ.

" ވެގެން އުޅޭ ގޮތެއް ނިކަން މަންމައަށް ކިޔާދީބަލަ......." ބަޝީރާގެ މޫނަށް އަރާފައިބަމުންދާ ކުލަތަކުން ހަޤީގަތް އެނގެން ބޭނުންވާވަރު ހާމަވެއެވެ.

" ނަވީން ގެންދިޔައީ..... ނަވީން އަހަރެން ނޫނަސް އަންބަކު ހުރޭ...." ބަޝީރާއަށް ދެލޯ ބޮޑުކޮއްލެވުނެވެ. އެއީ އޭނާޔަށް މުޅިން އާ ޙަބަރެކެވެ.

" ކީކޭ ؟ " ބަޝީރާއަށް ގަބޫލުކުރަން ދަތިވިއެވެ.

" އާން މަންމާ......ނަވީން އަހަރެންނާ އިނީ ދެއަންބަށް.....ނަވީންގެ ދޮށީ އަނބިމީހާއަށް ކުދިން ނުލިބޭތީ......"

" ނަވީން ބޭނުންވީ އެދަރިފުޅު އެމީހުން ގެންގުޅެން ...." ލައިބާއަށް ގިސްލާ ރޮވެންފެށިއެވެ. އަރުބެދޭހެން ހީވުމުން ވާހަކަދައްކަން އުނދަގޫވިއެވެ.

" ދަރިފުޅު ކީއްކުރަން އެސޮރު ނަވީނަށް ތިދިނީ......." ބަޝީރާއަށްވެސް ރޮވުނެވެ. ހިތުގައި ޖެހުނެވެ. މަޔަކަށް ކޮންމެފަދަ ހާލެއްގައިވެސް އެމީހެއްގެ ދަރިފުޅު ބެލޭނެއެވެ. އޭގެ ނަމޫނާ އޭނާވަނީ މުޅިދުނިޔެއަށް ސާބިތުކޮށްދީފައެވެ. ލައިބާ ބަލާބޮޑުކުރީ އޭނާ ނިކަން ހާލުގައެވެ. އަމިއްލަ އަތުން ބުރަމަސައްކަތްކޮށްގެންނެވެ.

" ނަވީންގެ އުއްމީދެއް ފުނޑުފުނޑުކޮށްލަން ކެރޭނީ ކިހިނަކުން؟ " އެސުވާލުވީ ލައިބާގެ ހިތުގައެވެ. ދުލާ ހަމަޔަކަށް އެބަސްތައް ގެންނާނެހާ ހިތްވަރެއް ނުލިބުނެވެ.

" ބައްޕައެއްގެ ލޯބި ދަރިއަކަށް މުހިއްމުވާނެ ވަރު އަހަރެންނަށް އިހްސާސްވޭ......އަހަރެން ކައިރީ ހުރެގެން ކިހިނެތް ބައްޕަގެ ލޯބިދެވޭނީ....ދެދަރިން އެލޯބިން މަހްރޫމްކުރަން ނުކެރިގެން އަހަރެން އެދަރިފުޅުދިނީ......." ލައިބާގެ އެބަސްތަކުން ބަޝީރާވެސް ހިތުގައި ޖެހުނެވެ.އެންމެ ކުޑައިރުންފެށިގެން ލައިބާ ބައްޕަގެ ލޯބި އިންތިހާއަށް ބޭނުންވާކަން އޭނާ ފިޔަވައި ދެން އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟

" އެކަމަކު ދަރިފުޅާ......."

" ހަމަ ލައިބާ ކައިރީގައި ހުރެގެންވެސް ބައްޕަގެ ލޯބިދެވޭންނު........އަހަރެން ހަމަ އަޖައިބު ވެއްޖެ ލައިބާއަށް އެސޮރު ދޫކޮށްލަން ކެރުނީތީ.....ތީ ހަމަ އެކުއްޖާގެ މަންމަތަ؟" ބަޝީރާގެ ދުލުން އެބަސްތައް ބޭރުވީ ހިތްހަމަނުޖެހުނުވަރުންނެވެ. ބަޝީރާގެ އެބަސްތަކުން ލައިބާގެ ހިތުގައި ކޫރުން އެޅިގެން ދިޔައެވެ. ބަޝީރާ ރަށްމެދަށް ބަލިވެއިނދެ ވިހޭ އެތައްގިނަ ގޮންޖެހުންތަކާ ކުރިމަތި ލައިގެންނެވެ. މީހުންގެ މަލާމާތާއި ފުރައްސާރައިން އޭނާގެ ދެލޮލުން ކަރުނަ ހިކޭ އެންމެ ދުވަހެއްވެސް ނުދެއެވެ. އެލަދުވެތިކަމާއި ކުރިމަތިލީ ކެރިގެންނެވެ. އަމިއްލައަށް މަރުވާކަށް ބަޝީރާ ހިތަކަށް ނާރައެވެ. އަދި ބަނޑުގައިވާ ދަރިފުޅު ދުއްވާލާކަށްވެސް އޭނާ ބޭނުމެއްނުވިއެވެ. ކޮންމެ ފަދަ ގޮތަކަށް ލިބުނުކުއްޖަކަށް ވިޔަސް އެދަރިފުޅު ދެކެ އިންތިހާއަށް އޭނާ އެކުއްޖާ ދެކެ ލޯބިވިއެވެ. ލައިބާ ބޭނުންވެގެން ރަށަށް އައި ބީރަށްޓެއްސަކު އޭނާގެ ގާތަށްވެސް އައެވެ. އެމީހުންނަށް ކުދިންނުލިބޭތީއެވެ. އެދުވަހު ބަޝީރާ އެދަރިފުޅު އެމީހުންނަށް ދޭން ބޭނުންނުވީ އެދަރިފުޅުގެ މައްޗަށް ބަޝީރާ ހިތުގައި އޮތް ގަދަފަދަ ލޯތްބެއްގެ ސަބަބުންނެވެ.

" މަންމާ........ނަވީން ބޭނުންވީ އެގޮތް......." ދެލޮލުން ފޭބި ކަރުނަޔާއި އެކު ލައިބާ އަރުބެދުނެވެ. ބަޝީރާ ހިޔާލީ ވާފަށް ކަނޑާލީ ލައިބާގެ އަޑަށެވެ. ލައިބާގެ މޫނަށް ނަޒަރު ހުއްޓާލިއިރު ބަޝީރާގެ ހަށިގަނޑުގައި ދިރުމެއްނެތް ފަދައެވެ.

" ނަވީން ޖޫލީގެ އުފަލަށްޓަކާ ކޮންމެ ކަމެއްވެސް ކޮއްދާނެ......." ލައިބާގެ ވާހަކަ އަޑު އަހަން ހުރި ބަޝީރާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

" އަހަރެން ނަވީންގެ ލޯތްބަށްޓަކާ ކޮންމެ ކަމެއްވެސް ކޮއްދާނަން.........." ލައިބާ މަންމަގެ އަތުގައި ހިފެހެއްޓިއެވެ.

" އެކަމަކު ނަވީން ދަރިފުޅު ދެކެ ލޯތްބެއްނުވެޔޭނުން..........." ބަޝީރާއަށް ލައިބާގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ބަޝީރާ އެބުނި ޖުމްލައަކީ ސަތޭކައިން ސަތޭކައިގެ ހަގީގަތެއްކަން ލައިބާގެ މޫނުމަތިންވެސް ހެކިދެއެވެ. ނަވީން ލައިބާ ދެކެ ލޯބިވާނަމަ އެކުޑަކުޑަ ފުރާނަ ލައިބާގެ އަތުން ގެންދާކަށް ނުކެރޭނެކަން ބަޝީރާއަށް އެނގެއެވެ.

" ލޯބިވާނަމަ ލައިބާއާ އެކުޑަކުޑަ ދަރިފުޅު ވަކިނުކުރާނެ........އެހާ ކުޑަކުޑަ ކުއްޖަކު މައިމީހާއާ ވަކިކުރަން ހެޔޮވެސް ނުވާނެ...."

"ނަވީން ކަހަލަ އިންސާނިޔައްތުކަމެއްނެތް މީހެއް އަހަރެން ނުދެކެން......." ބަޝީރާގެ އެޖުމްލައިން ލައިބާގެ ހިތުގައި ވަކިދަމާލިފަދައެވެ. އިންތިހާއަށް ލޯބިވާ ނަވީނާއި ދިމާލަށް މަންމަ އެފަދައިން ބުނެދާނެ ކަމަކަށް ލައިބާ ހިތަކަށް ނާރައެވެ. ބަޝީރާ ކުޑައެނދުގައި ދަރިފުޅު ބާއްވާލިއެވެ.

" އަވަހަށް ފުރާ އެއްޗަކުން ރަށަށްދާން ހިނގާ........." އެހުރި ގޮތަށްހުރެ ބަޝީރާ ބުނެލިއެވެ. ލައިބާއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. އެކަމާ ފާޅުގައި ދެކޮޅުހަދަން ލައިބާ ބޭނުންވިއެވެ. ދަރިފުޅާ އެހާދުރަށްދާނެ ހިތްވަރެއް ލައިބާގެ އެތެރެ ހައްޓެއްގައި ނެތެވެ. އެހެނަސް ހަށިގަނޑަށް ލިބިފައިވާ އިންތިހާ ވަރުބަލިކަމުގައި މަޑުމަޑުން ބާލީހުގައި ބޯއަޅާލިއެވެ. ދެލޯ މަރާލިއެވެ.

*****

ނިޒާރަށް ލައިބާ ފޯނުކުރީ ހޮސްޕިޓަލާއި ދާދި ކައިރީގައި ހުއްޓައެވެ. ލައިބާ ގެއަށް ދޫކޮށްލާ ޙަބަރު ދިނުމަށެވެ. ނިޒާރު ފިޔަވައި އޭނާ ގެއަށް ދޫކޮށްލާ ވާޙަކަ އިތުރު މީހަކަށް އަންގަން އޭނާ ބޭނުމެއްނުވިއެވެ. ދަރިފުޅު ގޮވައިގެން ދިޔަފަހުން ނަވީން އެއްފަހަރުވެސް ލައިބާ ފެންނަ ހިސާބަކަށް ނާދެއެވެ. ނަވީންގެ ގިނަ ކޯލްތަކެއް މިސްވެފައި ހުއްޓެވެ. ލައިބާ ފޯނު ނަގަން ބޭނުން ނުވީއެވެ. އުނގުގައި އޮތް ދަރިފުޅަށް ބަލަން އިންއިރު އޭނާގެ އެތަށް އުއްމީދެއް އެދަރިފުޅާއި މެދުވެއެވެ. މުސްތަގްބަލްގެ މަގު ޗާޓް ކުރަހާލާފައިވަނީ ވަރަށްވެސް ފޮނިކޮށެވެ. ކިތަންމެ ނިކަމެތިކޮން އުޅޭ މަޔަކުވެސް އެމީހާގެ ދަރިންނާއި މެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރާނޭކަން ޔަގީނެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބެން އެދޭނެއެވެ. މިއަދު ލައިބާވެސް އެދަރިފުޅާއި މެދު އެފޮނި އުއްމީދުތައް ކުރަމުންދާއިރު ފިރިހެންދަރިފުޅަށް އޭނާ އެ އިންނަނީ ހެޔޮދުޢާ ކޮއްލަކޮއްލައެވެ.

ލައިބާ އޮތް ކޮޓަރީގެ ދޮރު ނިޒާރު ހުޅުވާލީ ވަރަށް ލަދުން ހުރެއެވެ. ބަޝީރާ އާއި ލައިބާ އާ މޫނު ހަމަކުރާނެ ގޮތެއް ނިޒާރަކަށް ނޭގެއެވެ. ބަޝީރާ އަވަދިނެތި އުޅެނީ ލައިބާގެ ދަބަސްތައްޔާރުކުރާށެވެ. ނިޒާރަށް ބަލާލާފައިވެސް މިއަދު ބަޝީރާ އަނގައިންނެތް ނުބުންޏެވެ. އެކަން ނިޒާރަށް ނިކަން ބޮޑަށް ފާހަގަވިއެވެ. ޖެހިލުންވެފައި ހުރެ ލައިބާ ކައިރީ ހުއްޓުނެވެ. އަދި ކުޑަމީހާ ބޮލުގައި ފިރުމާލިއެވެ.

" މިހާރު މިމަންޖެ ރަނގަޅުތަ؟ " ނިޒާރު ވާހަކަދެއްކުމުގެ ބޭނުމުގައި އަހާލިއެވެ. ލައިބާ އެއިން ގޮތަށް އިނދެ ބޯޖަހާލީ ނިޒާރާއި ދިމާލަށް ބަލައިވެސް ނުލައެވެ. ބަޝީރާ ހުރުމުން ނިޒާރަށް ވާހަކަދައްކަން އުނދަގޫވިއެވެ. ހުރިހާ ކަމެއް ތައްޔާރުކަމަށް ބުނުމުން ނިޒާރު ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. އަދި ލައިބާމެން ގެއަށް ދޫކޮށްލާ ވާހަކަބުނެލިއެވެ.

" ކާރު އޮތީ ތައްޔާރަށް ހިނގާ ދަމާ...!" ދޮރު ހުޅުވާލާފައި އައްފާން ބުނެލިއެވެ. ހީވަނީ އެތެރެއަށް ވަންނަން ބޭނުންނުވާ ހެންނެވެ.

ލައިބާ އަތުން ދަރިފުޅު ނެގީ ބަޝީރާއެވެ. އެއްވެސް މީހެއްގެ އަތްމައްޗަށް އެކުއްޖާ ދޫކޮށްލަން ބޭނުންނުވާ ކަހަލައެވެ. އެންމެންނަށް ވުރެން ކުރިން ކުޑަމީހާ އުރާލައިގެން ނިކުތީ ބަޝީރާއެވެ. އެކޮޓަރިގަނޑު ދޫކޮށްދާން ބޭނުންވެފައި ހުރި ކަހަލައެވެ. ލައިބާގެ ދަބަހާއި ދެން ހުރި ސާމާނުތައް ހިފައިގެން ނިޒާރު ހިނގައިގަތެވެ. ލައިބާ އެނދުން ފައިބައިގެން ހިނގައިގަތީ މަޑުމަޑުން ބަނޑުކޮޅުގައި އެއްއަތުން ހިފަހައްޓައިގެން ހުރެއެވެ. އޮޕަރޭޝަންކުރުމަށް ކަފާލާފައިވާ ތަނަށް ތަދުވާތީ ކުރިއަށް ފިޔަވަޅެއް އެޅެނީ ނިކަން އުނދަގުލުންނެވެ. އެންމެން ނިކުންނަދެން އައްފާން ހުރީ ދޮރުހުޅުވާއިދީގެންނެވެ. ލައިބާ އައްފާނާއި އަރާހަމަކޮށް ވަރަށް މާނަފުން ގޮތަކަށް ބަލާލަމުން ހުއްޓުނެވެ. ލައިބާ އެއްޗެއް ބުނަން އުޅުނުހެން އައްފާނަށް ހީވީ ދެތުންފަތް ހަރަކާތްކޮއްލިގޮތުންނެވެ. އެހެނަސް އަޑެއް ބޭރެއް ނުވިއެވެ. ނަވީން ދެކެ އައިސްފައިވާ ރުޅި އައްފާންދެކެވެސް އޭނާވަނީ އާހެވެ. ތަންކޮޅެއް ބާރުލައިފާ ލައިބާއަށް ހިނގައިގަނެވުނެވެ. ބަނޑަށްތަދެއް އަރާއިގެން ބޭއިޙްތިޔާރުގައި ހުއްޓެވުނީ ހަޅޭލަވައިގަންނަމުންނެވެ. އެތަދަށް ނޭވާލުންވެސް ވީ ދަތިކަމަކަށެވެ. ފަހަތުން އައިސް އައްފާން ލައިބާގެ އަތުގައި ހިފާލީ ލައިބާއަށް ނޭގިހުއްޓައެވެ. ދެކޮޅު ހަދާކަން މިފަހަރު ލައިބާއަކަށްވެސް ނުކެރުނެވެ. އެއަށްވުރެން އޭނާ ބަނޑުގައި ހިފާފައިވާ ތަދަކުން ހިނގަންވެސް އުނދަގުލެވެ.

ބަޝީރާ އާއި ކުޑަދަރިފުޅު ކާރަށް އަރުވާފައި އައްފާން އަވަސްވީ ޑިކީއަށް އެމީހުންގެ ސާމާނުތައް އަރުވާށެވެ.

" ދަރިފުޅާ .....ދަރިފުޅުހަމަ ރުހި ގަބޫލުވެގެންތަ އެސޮރު ނަވީންމެންނަށް ތިދިނީ..............." އެންމެ ފަހުން ނިޒާރު ހިތުގައި އުފެދުނު ސުވާލު ދަނޑިވަޅު ބަލާފައި ކޮއްލިއެވެ.

" އެއްވެސް މަޔަކަށް އެމީހެއްގެ ދަރިފުޅާ ވަކިން ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާނެ........" އެވަގުތަކީ ނިޒާރުގެ ފަހަތުން އައިސް އައްފާންވެސް ހުއްޓުނު ވަގުތެވެ. ލައިބާ އިސްޖަހާލައިގެން ހުރެ ޖަވާބު ދިނުމަށްފަހު ކާރަށް އަރާ ހަމަޖެހިލިއެވެ. ނިޒާރަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ. ނިޒާރަށް ކުށްވެރިކުރެވުނީ ނަވީންނެވެ. އޭނާގެ ދަރިފުޅު އެފަދަ ޅައެއްޗެއް އަޅައިދާނެޔޭ އޭނާ އެއްގޮތަކަށްވެސް ހިޔެއް ނުކުރެއެވެ. ނިޒާރު ދިން ތަރުބިއްޔަތުގެ އެއްވެސް އަގެއްނެތްކަން އެނގުމުން ހިތުގައި ޖެހުނެވެ.

******

ޖޫލީ ހާސްވެގެން ކުރާނެކަމެއްނެތެވެ. ކުޑަސޮރު ރޯވަރުން ހުއްޓާލަން ހަދަންވީ ގޮތެއް ޖޫލީއަކަށް ނޭގެއެވެ. އެފަދަ ތަޖްރިބާއެއްވެސް އޭނާގެ ނެތެވެ. ބަނޑުހައިވެގެން ކަމަށް ހީކޮށް ބުއްފުޅި ޖައްސަން އުޅިއުޅިވެސް އެކުއްޖާ ނުބުޔެވެ. މިވަގުތު އެހީތެރިކަމުގެ އަތެއް ފޯރުކޮއްދޭން ހުރި ޖޫލީގެ މަންމަވެސް ސަޖާ ވިހައިގެން އުޅޭތީ އުޅެމުންދަނީ ވަރަށް ބުރަކޮންނެވެ. އެހެންވެ މަންމަ ކައިރީވެސް އޭނާ ކައިރިއަށް އަންނާށޭ ބުނާކަށް ނުކެރުނެވެ. ބޭރުގައި އުޅެނިކޮން ނަވީނަށް ގުޅީވެސް އެކުއްޖާ ރޯވަރުން ކަންބޮޑުވެގެންނެވެ. މާގިނައިރެއް ނުވެ ނަވީންވެސް ގެއަށް އައިސްފިއެވެ. ނަވީން އާއިރު ޖޫލީ އިނީ އެކުއްޖާ ރޯނެވަރަކަށްރޯން އެނދުމަތީގައި ބާއްވައިގެންނެވެ. އޭރު ޖޫލީއަށްވެސް އިނީ ރޮވިފައެވެ.

" ޖޫލީއަށް ހަމަ ސާބަސް.........." ނަވީން ދަރިފުޅު ނަގާ ގަޔާލައި ބޮނޑިކޮށްލިއެވެ. އަދި ބުރަކަށީގައި ފިރުމަމުން ހިނގަންފެށިއެވެ.

" މި ސޮރު އެހާ ވަރަށް ރޯއިރުވެސް ކީއްވެތަ މަސަލަސްވޭތޯ ނުބަލަ ތިއިންނަނީ...." ނަވީން ގާތަށް ރުޅިއައެވެ. އެކުއްޖާ އެހާވަރަށް ރޯއިރު ޖޫލީ އެކުއްޖާ ނަގާ ހުއްޓާލެއްވޭތޯ ނޫޅޭތީއެވެ.

" އަހަރެން ބެލީމޭ...އެކަމަކު ނެގީމަ ހައްތަހާ ރޮނީއޭ...." ޖޫލީ ކަރު އެލުވާލިއެވެ. ޖޫލީ ކުރުއަތް މައްޗަށް އެނދުގެ މަގަތުގައި އޮށޯވެތެވެ. އެކުއްޖާ ގޮވައިގެން އުޅިއުޅި އޭނާ ހުރީ ވަރުބަލިވެފައެވެ. އެކުއްޖާ ގެނައިފަހުން ކާކަށް ފެންވަރާކަށް އޭނާއަކަށް ވަގުތެއް ނުވެއެވެ. ހުއްޓާލައިގެން އޮންނަނީ އެހާ މަދުއިރުކޮޅަކުއެވެ.

" ހިނގާލީމަވެސް ކުދިން ހުއްޓާލާނެ......ލަވަ ކިޔާދިނީމަވެސް ކުދިން ހުއްޓާލާނެ......" ނަވީންގެ އަޑުގައިވީ ރުންކުރުގޮތެކެވެ.

" ބައްޕަގެ ދެލޮލުގެ ނޫރު ތިއޭ
އަބަދުމެ އެދެވޭނެ އަރާމް ތިއޭ
ދިރިހުރުމާ އުފަލާ ތިޔައޭ
ބައްޕަގެ ޖާން ގައިމެ ފުރާނަ ތިއޭ......."

ނަވީންގެ އަޑު ޖެހުމުން ދަރިފުޅު މަސަލަސްވީ ކަންކަން އެނގޭ ކުއްޖަކު ފަދައިންނެވެ. ދަރިފުޅު ހިމޭންވުމުން ބަލާލިއިރު ޖޫލީއަށްވެސް އަދި ކުޑަމީހާއަށްވެސް އޮތީ ނިދިފައެވެ.

******

ލައިބާގެ ދެލޯވަނީ ނިންޖާ މާދުރުގައެވެ. ބަޝީރާ ފާހާނާއިން ނިކުތްއިރުވެސް ކުޑަމަންޖެ އަތަށްލައިގެން ލައިބާ އިނެވެ. އެމަންޖެއަށް ނިދިފައި އޮތްއިރުވެސް ބާއްވާކަށް ނޫޅެއެވެ. ދެލޮލުގައިވީ ކަރުނައެވެ. އެކަރުނަތައް ގުޅިފައިވަނީ ލައިބާގެ ފުރާނައިގެ އެއްބަޔާއެވެ. ބަޝީރާ ލައިބާ ކައިރިއަށް ހުއްޓި ކުޑަދަރިފުޅު ނަގަން އުޅުނެވެ. އެވަގުތު ލައިބާ ދިޔައީ ސިއްސައިގެންނެވެ. އެހެނަސް ހަމަޖެހޭ ގޮތް ލައިބާ ދައްކާލިއެވެ.

" ލައިބާވެސް ދެން ނިދަން އުޅޭ.....އެމަންޖެއަށް ނިދިފަ އޮންނަ އިރުއޭ ލައިބާއަށް ލޮލު ފިޔައެއް ޖަހާލެވޭނީ......." ބަޝީރާ އެހެން ބުނުމުން ލައިބާއަށް ރޮއެގަނެވުނެވެ. އޭނާޔާ މާދުރުގައިވެސް އެހެން ދަރިއަކު ވެއްޖެއެވެ. އެދަރިފުޅުގެ ހާލެއް ނޭގޭހާ ހިނދަކު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުމެއްނެތެވެ.

****

ޖެހިގެން އައިދުވަހެވެ. ހެނދުނު އިރުނާރަނީސް ކުޑަސޮރު ރޯންފަށައިފިއެވެ. ރޯންފެށިގޮތަށް ހުއްޓައިނުލައިގެން ޖޫލީ ހުރީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އެންމެފަހުން ނިދާފައި އޮތް ނަވީނަށްވެސް ހޭލެވިއްޖެއެވެ. ނަވީން ކުޑަމީހާ އުރައިގެން ނިކުތީ ބޭރަށެވެ. ނަވީންގެ ފަހަތުން ޖޫލީ ބުއްފުޅި ހަދައިގެން ނިކުތެވެ. ބުއްފުޅި ޖައްސަން އުޅިއުޅި އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެމަންޒަރު ބަލަން ނިޒާރަށް ކެތްކޮއްލެވުނީ ކުޑަ އިރުކޮޅަކުއެވެ.

" ހާދަ ވަރަކަށޭ އެސޮރު އެރޮނީ........." ނިޒާރު ކަންބޮޑުވެފައި އެދެމަފިރިން ކައިރިއަށް އައެވެ.

" އާން ނޭގެ....ހަމަ ރޮނީ ބުއްފުޅިއެއްވެސް ނުބުއި....." ޖޫލީގެ އަޑުގައިވީ ކަންބޮޑުވުމެވެ.

" ތިހާ ތުއްތު ކުއްޖަކު ރޯން ދޫކޮށްލާކަށް ނުވާނެ........" ނިޒާރު އެހެން ބުނުމުން ކަންބޮޑުވެފައި ނަވީނަށް ބަލާލެވުނެވެ.

" ދެން ކިހިނެތް ހަދާނީ..........." ނަވީނާއި ޖޫލީއަށް އެހެން ބުނެވުނީ އެކުއެކީގައެވެ. ނިޒާރު އިހްތިޔާރުކުރީ ހިމޭންކަމެވެ. ނަވީނަކަށް މަޑަކުން ނީދެވުނެވެ. ދުވެފައި އައިސް ބައްޕަގެ ކުރިމަތީ ހުއްޓުނެވެ.

" ހެޔޮ ނުވާނެ ..... އެކުއްޖާ ބަލައިދޭނެ މީހަކު ހޯދާދީ ބައްޕާ.....ޖޫލީއަށް މީހެއްގެ އެހީ އެކަމުގައި ބޭނުންވޭ......" ނަވީން ހުރީ ރޮވިފައެވެ. އެކުޑަކުޑަ ފުރާނަޔަކީ އޭނާގެ ލެޔެވެ. އެދަރިފުޅަށް ގޮތެއްވާން އޭނާ ނޭދެއެވެ. ނިޒާރު ބަހަކުން ބަހެއް ނުބުނެ ނިކުތީ ބޭރަށެވެ. ޖޫލީގެ މޫނަށް ބަލާލާފައި ނަވީނަށް ކަރުއެލުވާލެވުނެވެ. ތުއްތު ކުއްޖަކު އެކުއްޖާގެ މަންމަޔާ ވަކިން ގެންގުޅުމަކީ ކިހާ އުނދަގޫކަމެއްކަން އެދެމީހުންނަށް ރަނގަޅަށް އިހްސާސްވެއްޖެއެވެ.

ކުޑަމީހާ އޮތީ ނަވީން އަތުގައެވެ. ބުއްފުޅިން އެތިފޮދެއް ބޮއެގެން އޭރު އެކުއްޖާ އޮތީ މައިތިރިވެފައެވެ. ލޯމެރެން އުޅޭއިރަށް ރޮއެގަނެއެވެ. ހީވަނީ އަބަދު ރޯންބޭނުންވެފައި އޮންނަ ހެންނެވެ. ގަޑިއެއްހާއިރު ފަހެވެ. ޑޯބެލް އަޅާލުމުން ދޮރު ހުޅުވަން ދިޔައީ ޖޫލީއެވެ. ދޮރުމަތީގައި ހުރި އަންހެންކުއްޖާފެނިފައި ޖޫލީގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އަދި ދޮރުމަތިން އެއްފަރާތަށް ޖެހިލިއެވެ. އެވަގުތު ނަވީނަށް ދޮރުމަތީގައި ހުރި މީހާގެ މޫނުފެނި އިންތަނުން ތެދުވެވުނެވެ.

ނުނިމޭ

  1. Avatar

    Vaahaka varah reethi. Ekamaku bahuge kuhthah rangalhu kollan jehey varah bodah. Ulhi ulhi, kohdhaaneyey mi ee rangalhu bas baheh noon. Ehen meehaku lavvaa proof read kollun rangalhu vaane

    15
  2. Avatar

    Adhives thuththu furaanayeh maimeehaa aa vakikohgen gengulhentha naveen beynun vanee. Abadhu joooly. Jooly dheravedhaanethy. Laiba ge hithah thadhuvaane varu gamaaru naveenah ihsaas ves nuvey. Firihenunnah ves huri bodu ladheh. Dhen thi jooly ah ves eynage haalathu bunedheyn vejje ehnu. Abadhu laiba tha roi hithaamakoh sacrifice vaan jehenee naveen aa jooly ufaluga thiben. Laiba naveen kairin vari egen dhe dharin govaigen dhiyaiyaa rangalhu ehcheh visneyner. Adhi mi naveenuge hithuga kulunu othy 1 dhari ah tha? Aneh dhari ge haalu balaanulaa. Haadha foohseh veyey naveenu aa jooly dheke

    15
  3. Avatar

    Huvaa Mee varehge vaahaka eh thi Naveen ah mi story nimey iru ragalhu ehcheh visnainudhevihjiyya dhen liyuntheriyaage vaahaka kiyun huttaalanjehynee.. varah foohi vey

  4. Avatar

    ނަވީން އަކީ ހާދަ ހެއްވާ މީހެއް؟ އޭނަ އަށް ލިބުނީ އެންމެ ދަރިއެެއްހެން ހީވަނީ އަނެއް ދަރި ކޮބައިތޯވެސް ބަލާނުލާ. އަބަދު ދުލު ކުރީގަ ޖޫލީ ޖޫލީ.. ވަރަށް ފޫހިވޭ ދެން.. މިވާހަކަ ވަރަށް ރީތި. ވަރަށް ކިޔާހިތްވޭ.
    ކޮބާ މިިއަދުގެ ބައި؟

  5. Avatar

    Varah foohivey naveen dheke.. laiba keehkurantha edhari naveen ah dhinee.. boduvamun anna iru bappage loabi nulibunas bodu veema understand vaane huriha kameh… mamma bala gothah ehn meehakah nubeleyne kithamme loabi vias.. btw Mary.. story hama obi

ޚިޔާލު ފޮނުއްވާ