6906 44

” އެނގޭތަ މީއިނީ ކޮންކުއްޖެއްކަން………….” އާދިލާ ވާހަކަދެއްކީ ހިނިއައިސް ހުރެއެވެ.

” މީ އަހަރެމެންގޭ ކުއްޖެކޭ ހަމަ……” އެނބުރި ލައިބާ ކައިރިއަށް އަންނަމުން އާދިލާ ވާޙަކަދެއްކިއެވެ. ލައިބާވެސް ހިނިތުންވެލައިގެން އެދެމީހުންނަށް ބަލަހައްޓައިގެން އިނެވެ. ލައިބާގެ މޫނުން ނަޒަރު ވަކިކޮށްނުލާ ނަސީރުއިނެވެ. ދެލޮލާއި ހިނިތުންވުންވެސް ނަސީރަށް މީހަކު ހަނދާންކޮށްދޭފަދައެވެ. ލައިބާގެ ފަށުވިކޮޅެއްފަދަ އިސްތަށިގަނޑުންވެސް ނަސީރަށް ހަނދާންކޮށްދެނީ ހަމަ އެންމެ މީހެކެވެ.އެއީ ބަޝީރާއެވެ. ބަޝީރާގެ ހަނދާންނުކުރާ އެންމެ ދުވަހެއްވެސް ނަސީރު ނުދެއެވެ.

” މީ ނަވީންގެ އަންހެނުން………” ލައިބާގެ ބޮލުގައި ފިރުމާލަމުން އާދިލާ ވާހަކަދެއްކިއެވެ. ނަސީރުގެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރުން އާދިލާއަށް ނެގުނީ މުޅިން އެހެންމާނައެކެވެ. އެއީ އާދިލާއަށްވެސް ނަވީންގެ އިތުރު އަނބަކު ހުރި ވާޙަކަވީ ޤަބޫލުކުރަން އުނދަގޫ ވާހަކައަކަށެވެ. ނަސީރު ބަހަކަން ބަހެއް ނުބުނެ ލޯއަޅާލައިގެން އިން ގޮތުން ލައިބާއަށް އުނދަގޫވިއެވެ. އެމާހައުލުގައިވި ހިމޭންކަން ލައިބާއަށް އިޙްސާސްވީ ބީރަށްޓެހިކަމެވެ. އެއްވެސް މީހަކު ބަހެއް ނުބުނުމުން އޭނާ ބޭނުންވީ ދާށެވެ.

” ދެންދަނީ އިނގޭ…..” އާދިލާގެ މޫނަށް ލައިބާ ބަލާލީ ހިނިތުންވަމުންނެވެ. އަދި އިށިއިންދެ އިން ސޯފާއިން ތެދުވެތީ ނިކަން އުނދަގުލުންނެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ …..” ކުރިއަށްވުރެން ބޮޑަށް ހިނިތުންވެލަމުން ލައިބާ ބުނެލީ ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުންނެވެ.

” ރޭގަނޑު މަންމަ ގޮވައިގެން ކާން އަންނާތި…..” އާދިލާ ހަނދާންކޮށްދިނެވެ. ބޯޖަހާލަމުން ލައިބާ ގޮސް އެގެއިން ނިކުންނަދެން ނަސީރުގެ ނަޒަރު ހުއްޓިފައިވަނީ ލައިބާއަށެވެ. ދެން ފެނުނީ މޭޒު ކައިރިން ނަސީރުއިން ގޮނޑި ދުރަށްޖައްސާލިތަނެވެ.

” ކިހިނެތްވީ…؟ ” ނަސީރުގެ ހަރަކާތްތައް ހުރި ގޮތުން އާދިލާއަށް އެއްޗެއް ނުބުނި ނީދެވުނެވެ.

” ކާހިތެއްނެތް …އޮށޯވެލަން މިދަނީ…..” ނަސީރުގެ ހިޔާލުބަދަލުވީ ކުއްލިއަކަށެވެ. އާދިލާ ހިތުގައި ޖެހުނެވެ. މިއޮށްހާއިރު ބޭރަށް ނިކުމެލުމެއްނެތި ނަސީރު އެއޮތީ އޮށޯވެއެވެ. ކަމަކާ ހިތްހަމަނުޖެހުނީބާއޭ ހިތަށް އަރަމުން އޭނާ އަވަސްވީ މޭޒުމަތީގައި ހުރި ތަށިތައް ނަގާށެވެ.

ނަސީރު ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާ ގޮނޑި ހުއްޓާލީ ” ބުކްޝެލްފް” ކައިރިއަށެވެ. ބުކްޝެލްފުގެ ބިއްލޫރިގަނޑު ކަހާލާ އޭގެތެރެއިން ފަހަރަކު ފޮތެއް ނަގާ ގަނޑުތައް އުކަންފެށިއެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ ކޮންމެވެސް އެއްޗެއް ހޯދާހެންނެވެ. ފަހަރަކު ފޮތެއް ބަލާލާފައި ދޫކޮށްލަނީ ބިންމައްޗަށެވެ. އެއެއްޗެއް ނުފެނިގެން މީހާ ހާސްވާންފެށިއެވެ. ހިތްހަމަނުޖެހިގެން ރުޅިގަދަވާންފެށިއެވެ. ބަނޑޭރިގަނޑު ބައުވެފައި އޮތް ފެހިކުލައިގެ ފޮތެއްނެގިއެވެ. އަދި ގަނޑުތައް އުކަންފެށިއެވެ. ނަސީރުގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ. މިއިންދުވަހެއްގައިވެސް އެމޫނުމަތިން އެފަދަ އުފާވެރިކަމެއް ނުފެނެއެވެ. އެހެނަސް އެއުފާވެރިކަން ދެމިގެންދިޔައީ މަދުސިކުންތުކޮޅަކަށެވެ. ފޮތުގެ ތެރެއަށް ފޮރުވަންލީ ފޮޓޯގަނޑުނަގާ މޭގައިޖައްސާލިއެވެ. ދެލޯމަރާބާރުކޮށްލިއިރު ދެލޮލުން މީރާލީ ހޫނުކަރުނައެވެ. ހިތްދަތިވެގެން ރޯފަދައިން ގިސްލުމުގެ އަޑުން ކޮޓަރިތެރޭގެ ހިމޭންކަން ނަގާލިއެވެ. ހަޤީގަތުގައި ނަސީރު އެރޮނީ ވަރަށް ބޮޑަށް ހިތުގައި ޖެހިގެންނެވެ. ހިނގުމުން މަހުރޫމްވީއިރު ވެވުނު އަލަތު ލޯތްބާވެސް ތާއަބަދަށް ވަކިވާންޖެހުނެވެ.

ހުޅުވިފައިވާ ދޮރާއި އާދިލާ ކައިރިވީ ލުނބޯޖޫސްތައްޓެއް ހިފައިގެންނެވެ. އޭނާގެ ފިޔަވަޅުތަކަށް ހުއްޓުންއެރީ ދޮރަށް ފުރަގަސްދީގެން އިން ނަސީރުގެ އަޑަށެވެ. ރޮމުން ވާހަކަދައްކަމުންދިޔައިރު އެވާހަކަތަކަށް އާދިލާގެ ޝައުގުވެރިކަން ހުއްޓުނެވެ.

” އަހަރެން ވަރަށް ހަނދާންވޭ……..އެހާމެ ލޯބިވެސްވޭ…….ތިނޫން މީހެއްދެކެ އަހަރެން ލޯތްބެއްނުވޭ….ނުވެސްވެވޭނެ……” އާދިލާއަށް އެއަޑު އަހަން ހުރެވުނީއެވެ. ކުރިއަށް ފިޔަވަޅު އަޅާކަށްވެސް އެނބުރިދާކަށްވެސް ބޭނުމެއްނުވިއެވެ.

” އަހަރެން ފުރާނަ ހަށިގަނޑާ ވަކިވުމުގެ ކުރިން އެންމެ ފަހަރަކުނަމަވެސް ދެކިލަން ބޭނުން……އަހަރެން މަތިން ހަނދާންވެސްނެތީތަ؟ އަހަރެން މަތިން ހަނދާން ނައްތާލީތަ ؟ ” އަރުބެދިގެން ނަސީރަށް ވާހަކަދައްކަން އުނދަގޫވިއެވެ. އާދިލާގެ ލޮލުން ކަރުނަ ހިލުނުކަން އެނގުނީ ދެކޯތާފަތް ހުރަސްކޮށް އަތަށް ކަރުނަތިއްކެއް ޖެހުމުންނެވެ. ލިބުނު ސިހުމުގައި ހުސްކޮށް އޮތް އަތުން މޫނު ފޮހެލެވުނެވެ. ދެން އެނބުރި އާދިލާ ހިނގައިގަތީ އައިކޮޅަށެވެ. އޭރު އޭނާގެ ހިތުގެ ހަމަޖެހުންވީ ނަގާލާފައެވެ. އެހިތުގައިވީ ޝަކުވާއެވެ.

ނަސީރު އެއް އިރެއްގައިވެސް އާދިލާ ދެކެ ލޯބިނުވާކަން އޭނާއަށް އެނގެއެވެ. އާދިލާގެ މައިންބަފައިންނާ ނަސީރުގެ މައިން ބަފައިންމެދު އޮތީ ދުވަސްވީ ރަޙްމަތްތެރިކަމެވެ. އެގޮތުން ނަސީރާއި އާދިލާވެސް ކުޑަދުވަހުންފެށިގެން އުޅުނީ ވަރަށް އެކީއެވެ. އެދެމެދުގައި އެކުވެރިކަން އޮތެވެ. އާދިލާ ނަސީރު ދެކެ އިންތިހާއަށް ލޯބިވިއެވެ. ނަސީރު ކަމުދާ ވާހަކަދެއްކީ އާދިލާ އޭނާގެ މަންމަ ގާތުގައެވެ. އިސާހިތަކު އެހަބަރު ދެމީހުންގެ މައިންބަފައިންމެދުގައި ދެކެވި ކައިވެންޏާ ހަމައަށް ދިޔައެވެ. ނަސީރާ ކައިވެނިކުރެވުނު އިރު އާދިލާ ހީކުރީ ނަސީރުވެސް ލޯބިވާކަމަށެވެ. އެހެނަސް އެއީ ކުންހީއެއްކަން އެނގުނީ އެމީހުންގެ ކައިވެނީގެ ފުރަތަމަރޭގައެވެ. ލޯބިންކުރާ ކައިވެންޏެއްގައި ދެމީހުން ދެތަނުގައި ނުނިދާނެއެވެ. އެކަކު ސޯފާގައި ނިދިއިރު އަނެކަކު ނިދީ އެނދުގައެވެ. އާދިލާ ހީކުރީ ދެދުވަހެއްވީމާ އެކަން ބަދަލުވެދާނެ ކަމަށެވެ. އެހެނަސް އެކަން މަސްދުވަހަށް ދެމިގެންދިޔުމުން އާދިލާގެ ކެތްތެރިކަން ކޮޅުންލިއެވެ. ނަމެއްގައި މީހަކާ އިނދެގެން އުޅުންވީ އޭނާއަށް އުނދަގުލަކަށެވެ. ކެތްނުވެގެން ނަސީރުގެ މަންމަޔާ ހަމައަށް އެޙަބަރު ދިއުމުން އެފަހަރު ނަސޭހަތްދިނީ ނަސީރުގެ ބައްޕައެވެ. ހަމައެކަނި ނަސޭހަތް ދިނީކީ ނޫނެވެ. އާދިލާ އާއި އިނގެގެން އުޅެން މަޖްބޫރުކުރީއެވެ. ދުވަސްވީ ރަހްމަތްތެރިކަމުގެ ގުޅުން ކަނޑާލަން ބޭނުން ނުވާތީއެވެ.

ހިތާދެކޮޅަށް އާދިލާޔާ އެކު ނަސީރު އުޅުނީ ޗާބީދީފައިވާ ބުދެއް ފަދައިންނެވެ. މައިންބަފައިންގެ ލޮލަށް ދައްކާ ދެއްކުންތެރިކަމެއްގެ ގޮތުގައެވެ. އެކަން އޭރުވެސް އާދިލާއަކަށް ނޯޅެއެވެ. ބަލިވެއިންކަމުގެ ޙަބަރާއި އެކު މުޅި ގޭތެރޭ އުފާވެރިކަމުގެ ރަނގަބީލްގެ އަޑު ކަނޑައިގެން ނުދެއެވެ. އެކަމާވެސް ނަސީރު މާއުފާވެގެން އުޅޭތަނެއް އާދިލާ ނުދެކެއެވެ. އެހެނަސް އާދިލާ ކެތްތެރިވިއެވެ.

އައްފާން މިދުނިޔެއަށް ނޭވާލުމުން އާދިލާ ހީކުރީ ހުރިހާ ކަމެއް ބަދަލުވާނެކަމަށެވެ. އެހެނަސް ކަންތައް ބަދަލެއްނުވިއެވެ. އާދިލާ ދެކެ ނުވީ ލޯތްބެއް އެދަރިފުޅު ދެކެވެސް ނަސީރު ނުވެއެވެ. މިއަދާ ހަމައަށްވެސް އައްފާން ކައިރީވެސް އާދިލާ އޭނާގެ ބައްޕަ ލޯބިނުވާ ވާހަކަ ބުނެފައެއް ނުވެއެވެ. ހިތްހަމަ ނުޖެހިގެން އައްފާން ބައްޕަ އޭނާދެކެ ލޯތްބެއްނުވެޔޭ ބުންޏަސް އެކަން އާދިލާ ދޮގުކުރެއެވެ. އަދި އައްފާނަށް ނަސޭހަތްތެރިވަނީ ބައްޕަޔަށް އަޅާލައި ހެޔޮކޮށް ހިތުމަށެވެ.

ބިއްލޫރި ދޮރުގައި ލެނގިލައިގެން ހުރިއިރު ހިފެހެއްޓުމެއްނެތި އެލޮލުން ދިޔައީ ކަރުނަ އަންނަމުންނެވެ. އާދިލާގެ މޭފިތޭކަހަލަ އިޙްސާސެއް އޭނާޔަށް ދިޔައީ ކުރެވެމުންނެވެ . އިރުކޮޅަކު އެހެން ހުރެފައި އާދިލާ އަޅައިގެންހުރި ބުރުގާއިން ދެލޮލާއި މޫނުފޮހެލިއެވެ. އެއީ ފިސާރި ހިތްވަރުގަދަ އަންހެނެކެވެ. ނަސީރުގެ ހާލާއިމެދު ފިކުރުކޮށް ކަރުނަ ނާޅާ އެންމެދުވަހަކަށްވެސް އާދިލާގެ ހަޔާތަށް އިރެއް ނާރައެވެ. އާދިލާގެ ހަޔާތުގެ ޒުވާންދުވަސްތައް ހޭދަކުރީ ފުރޮޅުލީ ގޮނޑިދެމުމުގައެވެ. އޭރު އައްފާނަށް ކިރިޔާ ފިޔަވަޅުގަނޑު ޖަހާލެވެނީއެވެ. އެދަރިފުޅުގެ ކަންތައްކުރަމުން ނަސީރުގެ ކަންކަން އެހެން މީހަކަށް ނުޖައްސާކުރީ ޔަގީނުންވެސް ނަސީރުގެ މައްޗަށް އޮތް ލޯތްބަކުންނެވެ. ކަށިން ހިތްވަރު ނެރެގެންނެވެ. އަމިއްލަ އުފާތައް ޤުރްބާންކޮށްގެންނެވެ. ވީމާ އާދިލާއަށް ކުރިމަތި ނުލެވޭނެ ކަމަކާ ދިމާވުމީ ނާދިރުކަމެކެވެ.

އަނެއްކާވެސް އާދިލާ ހިނގައިގަތީ ނަސީރުގެ ނިދާ ކޮޓަރިއާއި ދިމާލަށެވެ. ނަސީރު އިނީ ކުރިންވެސް އިންގޮތަށެވެ. ތަފާތަކީ ވާހަކަ ނުދައްކާކަމެވެ. ގިސްލުމުގެ އަޑު ނީވޭކަމެވެ.
“ނަ..ނަސީރު” އާދިލާގެ އަޑަށް ނަސީރު ދިޔައީ ތައްޅުވައިގެންނެވެ. ދޮރާދިމާއަށް ބަލާލިއެވެ. ރަތްވެފައިވާ ދެލޮލާއި ތެމިފައިވާ އެސްފިޔަތަކުން ނަސީރުގެ މޫނުމަތީގައިވީ މާޔޫސްކަމެވެ. އެމޫނުމަތީގެ އަސަރުތައް ނުދެއްކުމަށްޓަކާ ނިކަން އަވަހަށް މޫނު އަނބުރާލިއެވެ. އއެހެނަސް އެހުރިހާ ކުލަވަރެއް އާދިލާގެ ހިތުގައި ޒަޙަމް އުފެއްދިއެވެ.

” ނަސީރު…..” އާދިލާ އަނެއްކާވެސް ގޮވާލިއެވެ.

” ޖޫސް….” ތަށިއުފުލާލައި ދައްކާލަމުން އާދިލާއަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ. އެއަށްވުރެން ބޮޑަށް އާދިލާގެ ހިތަށްވެސްވީ އަސަރުކޮށްފައެވެ.

” ބަގީޗާއަށްދޯ ދާނީ …………” ނަސީރު އެއްޗެއް ނުބުނެ އިނުމުން ދެންވެސް ވާހަކަދެއްކީ އާދިލާއެވެ. އަމިއްލަ ނަފްސަށް އޮޅުވާލެވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. މީގެ އިރުކޮޅެއް ކުރިން އިވުނު އަޑާއި ފެނުނު މަންޒަރު އެނގުނުކަމަށް ހަދާކަށް އޭނާ ބޭނުމެއްނޫނެވެ. އަދި އަމުދުން ކޮޓަރިތެރޭގައި ފުންޏަކަށް އުކާލާފައި ހުރި ފޮތްތައް ފެނުނު ކަމަށް ހަދަންވެސް އޭނާ ބޭނުމެއް ނޫނެވެ. އަދި އަމުދުން މިވަގުތު ކޮޓަރިތެރެއަށްވަންނާކަށްވެސް އޭނާ ބޭނުމެއްނޫނެވެ.

“އަހަރެން މިދަނީ……” މޫނު އަނބުރާލަމުން ނަސީރު ޖަވާބުދިނީ ނިކަން މަޑުމައިތިރިކަމާއި އެކުއެވެ. ދިރުމެއްނެތް މީހެއްފަދައިން އާދިލާ ދުރަށްޖެހިލީ ނަސީރުގެ ޖަވާބު އިވިފައެވެ. އާދިލާ ދިއުމުން ނަސީރު އަވަސްއަވަހަށް އަތުގައި އޮތް ފޮޓޯގަނޑު ބާލީސްދަށަށް ކޮއްޕާލަމުން ދޫކޮށްލީ ފުން ނޭވާއެކެވެ. ނަފްސު ހަމައަކަށް އެޅެން ވަގުތުކޮޅެއް ބޭނުންވިއެވެ. އެހަނދާންތަކާ ދުރުވާން ނަސީރު ބޭނުން ނުވާފަދައެވެ. ކިތަންމެ ހިތާމައެއް ލިބުނަސް ބައެއް ހަނދާންތަކާ ވަކިވުމެއްނެތެވެ. އެހަނދާންތަކުން ބުނެދޭން ނޭގޭ އެތަށް އިޙްސާސްތަކެއް އޭނާޔަށްވެސް ދަނީ ކުރެވެމުންނެވެ.

*****

މަސައްކަތުގެ މާހައުލުގައި ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް މާހިލްގެ ހަނދާން ނުކުރާ އެންމެ ސިކުންތެއްވެސް އާޝާގެ ހަޔާތުން ފާއިތުވެގެންނުދެއެވެ. އެހާ ލޯބިން އުޅެފައި ކުއްލިއަކަށް ބަދަލުވާންވީ ސަބަބެއް އޭނާވެސް ހުރީ ހޯދަން ބޭނުންވިއެވެ. ވަކިވާން އެދެއްކި ވާހަކަތަކަކީ ހަމައެކަނި މާޙިލް އޭނާޔާ ވަކިވެދާނެ ސަބަބެއް ކަމަކަށް އާޝާއަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެނަސް މާހިލް އޭނާގެ ކޯލަށް ޖަވާބު ނުދޭތީއާއި އެންމެ ޓެކްސްޓަކަށް ރިޕްލައި ނުކުރާތީ އެސަބަބު އެންގުންވީ އިންތިހާއަށް އުނދަގޫ ކަމަކަށެވެ. މަގެއް މަތިންވެސް މާހިލް ފެނޭތޯ އާޝާ ދިޔައީ ބަލަމުންނެވެ. ދެމީޙުންގެ ގުޅުން ގެންދެވިފައިވީ ވަކިނުވެވޭނޭ ދަރަޖައަކަށެވެ. ހިތާމަޔާއި ހިތްދަތިކަމުގައި ދުވަސްތައް ގުނަމުން އާޝާ ދިޔައީ އުއްމީދު ގެއްލިފައިވާ އާވާރާއެއް ފަދައިންނެވެ.
ހަވީރު ޑިއުޓީ ނިންމާފައި ގެއަށް އައި މަގުމަތީ އާޝާވެސް ފިހާރަޔަކަށް ވަދެލީ ކޮންމެހެން ބޭނުންވާ އެއްޗެހި ގަނެލުމަށެވެ. މާހިލާއި ސަޖާ ވެސް ފިހާރަޔަށް ވަދެލީ ހިނގާލަން ނިކުމެ ސަޖާ ފެންފުޅިއެއް ބޭނުންވެގެންނެވެ. ވިހާދުވަސް ކައިރިވެފައިވާތީ ޑޮކްޓަރ ލަފާދީފައިވަނީ ވީވަރަކުން ހިނގާއުޅުމަށެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް ހަވީރު އޮފީހުން އައިސް މާހިލް އެވަގުތު ހުސްކުރަނީ ސަޖާއެކީ ހިނގާލަން ދިއުމަށެވެ. ފިހާރަޔަށް ވަދެވުމުން ސަޖާ އިތުރު ކާނެ އެއްޗެއް ގަންނަން ބޭނުންވިއެވެ. ފިހާރަތެރޭގައި އެކި ހަރުތައް ބަލަމުން ސަޖާ ދިޔައިރު މާހިލް ހުރީ އެންމެ ފުރަތަމަވެސް ހުއްޓިހުރި ހަރުކައިރީގައެވެ. ހަރުގެ އަނެއްފަރާތުގައި ހުރި އާޝާ ޖޫސްޕެކެޓް ނެގުމުން ފެންނަން ހުރީ މާހިލެވެ. އެމޫނު ފެނޭތޯ އާޝާ ވަނީ ދިގު އިންތިޒާރެއްވަނީ ކޮށްފައެވެ. އެހެނަސް މާހިލް ފަހަތަށް ފިޔަވަޅު އެޅީ ބިރެއް ފެނިގެންދާ ފަދައިންނެވެ. އަދި އަވަހަށް ހިނގައިގަތީ އާޝާއާ ދުރަށް ދިއުމަށެވެ. ހާސްވުމާއި ނުތަނަވަސްކަމުން އެމޫނުގައިވި ހަމަޖެހުންވީ ނަގާލާފައެވެ. އެންމެ މިނެޓެއްވެސް ބޭކާރުކޮށްލުމެއްނެތި އާޝާ އައީ މާހިލް ކައިރިއަށެވެ.

” މާހިލް….” އާޝާގެ އަޑަށް މާހިލަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނުނެގުނެވެ. ދެވަނަސިކުންތުގައި އާޝާ އައިސް ހުއްޓުނީ މާޙިލްގެ ކުރިމަތީގައެވެ. ވަރަށް ފަރުވާތެރިކަމާއި އެކު މާޙިލް އާޝާއާ ދިމާލަށް ބަލާލިއެވެ. ކަޅު ޖީންސަކާއި ހުދު ގަމީސް ޓޮޕްގައި ހުރިއިރު އެހެންޏާ އެމޫނުމަތިން ފެންނަ ހިނިތުންވުމެއްނެތެވެ. އަތުގެ އުޅަބޯއްޓާއި ހަމާގައި އަޅުވާލާފައިވާ ލެދަރ ކަޅުކުލައިގެ އަތްދަބަހެކެވެ. ހަމަ އެކުލައިގެ އުސްބޫޓަކަށް އަރާފައިވުމުން ރަސްމީގޮތެއް ހުއްޓެވެ. ދޫކޮށްލާފައިވާ ކުރު އިސްތަށިގަނޑުގެ ވާތްފަރާތު ކަންފަތް ކައިރިއަށް ޖަހާފައިވަނީ ހުދުކުލައިގެ އޯކިޑްމަލެކެވެ. އާޝާގެ މޫނަށް ނުބަލަން މާޙިލް އިސްޖަހާލިއިރު ދެއަތްވަނީ މުށްކެވިފައެވެ. އާޝާ އާ ކުރިމަތިލުމަކީ މާހިލަށް ފަސޭހަކަމެއްނޫނެވެ.

” ހަމަ އެންމެ ސުވާލެއްގެ ޖަވާބު އަހަރެން ބޭނުމީ……..” އިންތިހާ އާދޭހާއި އެކު އާޝާ އެހެން ބުނެލިއިރު އެތަށް ރިހުމެއް ހުއްޓެވެ. ހާއްސަކޮން އާޝާގެ ފެންކަޅިވެފައިވާ ދެލޮލުން ވަރަށް ގިނަ ވާހަކަތަކެއް ބުނެދޭ ކަހަލައެވެ.

” ޕުލީޒް…..” މާހިލްގެ މޫނަށް ބަލަންހުރެ އިތުރު ހަރަކާތެއް ނުގެނެސް އާޝާ ބުނެލިއެވެ. އާޝާ ހުރި ފިޔަވަޅުމަތީ ގުޑައި ނުލާ ހުރިއިރު ހިލައިގެ ބުދެއްފަދައެވެ. އެއްވެސް ދިރުމެއްނެތެވެ. ލޯބީގައި ފެއިލްވެފައިވާ އަންހެނެކެވެ. އިތުރަށް ދިރުއުޅުމާއިގެން ކުރިއަށްދާން ގިނަ ގޮންޖެހުންތަކެއް އާޝާއަށް އެބަހުއްޓެވެ. ހަޔާތުގައި ލޯބިވީ ހަމައެކަނި މާޙިލް ދެކެއެވެ. ދެފަހަރުވެސް މާޙިލް އޭނާ ދޫކޮށް ދިޔައީއެވެ. އާޝާގެ ބޭނުންކޮށްލާފައެވެ. ލޯބިވާ ކަމުގެ ދަޅަދައްކާ ވާވައްދާފައެވެ.

” ކޮން ސުވާލެއް …؟ ”

” އަހަރެން ކައިރިން އެނގެންޖެހޭ އެއްޗެއް ނޯންނާނެ…..” މާހިލް ވާޙަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

” ހަމަ އެންމެ ސުވާލެއްގެ ޖަވާބުދީ ….އޭރަށްދެން ދުވަހެއްގައިވެސް މާޙިލް ފެންނަ ހިސާބަށް ނާންނާނަން…..” އާޝާ އިސްޖަހާލިއެވެ. ލޮލަށްޖަމާވެފައިވި ކަރުނަތައް މަޑުކުރުމެއްނެތި ދެކޯތާފަތް ތެންމާލިއެވެ.

” އަހަންނާ މެދު ތިގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބެއް އޮޅުން ފިލުވަން ބޭނުން…………”

ކައުންޓަރަށް ފައިސާ ދައްކާފައި މާހިލް ހުރި ހިސާބެއް ހޯދަމުން އައިސް ސަޖާއަށް ހުއްޓެވުނީ އާޝާގެ ފުރަގަހުގައެވެ. މާހިލާއި އާޝާޔާ ދެމެދު ދެކެވެމުންދާ ވާހަކައިން ކުރިއަށް ފިޔަވަޅެއް އަޅަންވެސް ހަނދާންނެތް ކަހަލައެވެ. ދެފައިވެސް ބިމުގައި ތަތްލި ކަހަލައެވެ. އާޝާގެ ކުރިމަތީ ހުރި މާހިލްގެ މޫނުމަތިން ސަޖާއަށް ފެންނަނީ ކަންބޮޑުވުމެވެ. ސަޖާގެ މޫނަށް ބަލަހައްޓައިގެން މާހިލަށް ހުރެވުނީ ދޭނެ ޖަވާބެއް ނޭގިފައެވެ.

” އަހަރެން ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައީ ޔަގީނުންވެސް ބޮޑު ސަބަބަކާއި ލައިގެން………ހަމަ ކުއްލިއަކަށް އަހަންނާ ދުރަށްދާން ބޭނުންވި ސަބަބެއް އެނގެން އަހަރެން ބޭނުން …… ” އާޝާ ވާހަކަދެއްކީ ރޮމުންނެވެ. ސަޖާ ހިތުގައި ޖެހުނެވެ. އޭނާގެ ދެއަތްގެނެސް މެއާ ކައިރިކޮށްލިއިރު ހިތްވެސް ދިޔައީ ނޭގޭ ބާރުމިނެއްގައި ތެޅެމުންނެވެ.

މާހިލް ބުނެފައިވާ ގޮތުން ދެމީހުންގެ ބައްޕަޔަކީ އިސްމާއިލްއެވެ. އެކަން އެނގިގެން އިތުރު މައްސަލަތަކެއް ޖެހޭނޭ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ހަމަ ޔަގީނުންވެސް އެހަޤީގަތް އަޑުއަހާނެ ހިތްވަރު އާޝާގެ ކިބައިގައި ހުންނާނެ ބާއެވެ. ސަޖާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. މާޙިލް ބުނޭނެ އެއްޗެއް ނޭގޭތީއެވެ. ކޮންމެ ގޮތެއް ވިޔަސް މާހިލަށްވެސް މިހާރު އާޝާ ފެންނަ ހިސާބުގައި ހުރުމަށް އުނދަގޫވާނެއެވެ.

” ތި ސުވާލު އަހަންނާ ނުކުރޭ …….” ދުވަހެއްގައިވެސް އެސިއްރު ބޭޒާރު ނުކުރުމަށް އަފީފުވަނީ މާޙިލް ކައިރީ އެދިފައެވެ. އެދުވަހު އަފީފު ދެއްކި ވާހަކަ އަދިވެސް ހީވަނީ މާޙިލްގެ ކަންފަތް ބުޑުގައި ގުގުމާހެންނެވެ. މާޙިލްގެ ހަޔާތުގައިވެސް އެހާ ޖެހިލުންވި ދެރަވި ދުވަހެއް އެނޫނީ ނާދެއެވެ. އެދުވަހުގެ އެ ވަގުތުކޮޅު މާހިލްގެ ހިތުގައިވީ ބިންވަޅުނެގިފައެވެ. އެބަސްތައް މާޙިލްގެ ހިތުން ދުވަހަކުވެސް ފިލާގެން ފޮހެވިގެން ނުދާނޭކަން ޔަގީނެވެ.

” ތިސުވާލަށްދޭނެ ޖަވާބެއް އަހަންނަކަށް ނޭގެ……. ހަގީޤަތް އެނގެން ބޭނުމިއްޔާ ތި ސުވާލު އާޝާގެ ބައްޕަ އަފީފާއި ކުރޭ……..” އާޝާއަށް ހީވީ މީހަކު ބާރުލައިފައި ބޮލުގައި އެތިފަހަރެއް އެޅިހެންނެވެ. އޭނާގެ ބައްޕަ އެދެމީހުން ދުރުކުރުވަން އަބަދުވެސް ބޭނުންވިއެވެ. އަބަދުވެސް މާހިލާއި އާޝާގެ ގުޅުމަށް ބައްޕަ ނުގަބޫލެވެ. އަދިއަދަށް ދަންދެންވެސް އާޝާއަށް ނޭގިއޮތީ ބައްޕަ މާހިލާއި ނުގަބޫލުވާ ސަބަބެވެ. އާޝާއަށް އަނގަމަތީ އަތް އަޅާލެވުނީ އަފީފުގެ ނަންއިވިފައެވެ.

އާޝާގެ ބައްޕަޔަކީ ކުރަން ބޭނުން ކޮންމެ ކަމެއް ކާމިޔާބުކޮށްފައި ނޫނީ ހުއްޓައިނުލާނެ މީހެކެވެ. އަމިއްލަ ދިރިއުޅުމާއި ވިޔަފާރީގެ ކަންކަމުގައިވެސް އަފީފުގެ އަމާޒަކީ އެއީއެވެ. ކުރަން ފައިވިއްދާލައިފި ކަމެއް ކޮށްފައިނޫނީ ހުއްޓާނުލާނެއެވެ. ސްކޫލް ދައުރުގައިވެސް މާހިލާއި އާޝާ ދެމެދު ލޯބީގެ ގުޅުމެއް އުފެދުނެވެ. އާޝާއަށް އެނގިފައިވާގޮތުން އެފަހަރުވެސް އެދެމީހުން ދުރުކުރީ ބައްޕައެވެ. ބައްޕަ ކޮންމެވެސް ވާހަކަތަކެއް ދައްކައިގެން މާހިލަށް މަޖްބޫރުކުރުވީއެވެ. ދެރަޔަށްވުރެން މިފަހަރު އާޝާގެ މައްޗަށް ގަދަވެގަތީ ރުޅިވެރިކަމެވެ. ބައްޕަ އޭނާ އެންމެ ލޯބިވާ މީހާޔާ ދުރުކުރީތީ ހިތުގައި ހިނގައިގަތީ ނަފްރަތުގެ ހޫނުލެޔެވެ. ފަހަތަށް ދެފިޔަވަޅު އަޅާލުމަށްފަހު މާހިލަށް ފުރަގަސްދޭން އެނބުރުނެވެ. އެވަގުތު ރޮވިފައި ހުރި ސަޖާ ފެނުމުން އާޝާ ކުޑަކޮން ސިހޭގޮތްވިއެވެ. އެއްޗެއް ބުނެލަން އުޅިފައިވެސް އާޝާ ބާރުލައިފައިގޮސް ފިހާރައިން ނިކުތެވެ. އާޝާ އާ ދިމާލަށް ބަލަން ހުރެފައި ސަޖާ މާހިލްގެ ކައިރިއަށް ހުއްޓުނެވެ. އިސްޖަހާލަމުން މާޙިލް ދެފަރާތަށް ބޯހޫރާލިއެވެ. އާޝާ އޭނާގެ ކުރިމަތިން ދިޔަޔަސް ނަފްސަށް ހަމަޖެހުމެއް ލިބޭގޮތެއް ނުވިއެވެ. އެހެނަސް އެކަން އެއްފަރާތް ކޮއްލާފައި ސަޖާގެ އަތުގައި ހިފައިގެން މާހިލް ހިނގައިގަތީ ފިހާރައިން ނިކުންނާށެވެ.

*****

ގެއަށް ދެވެންދެންވެސް އާޝާއަކަށް ކެތެއްނުވިއެވެ. ދަބަހުގައި އޮތް ފޯނުނަގާ އަފީފްގެ ނަންބަރަށް ޑައެލްކޮށްލިއިރު އަތުގައިވެސް ތުރުތުރެއް ހުއްޓެވެ.

ހުޅުމާލެއިން ރައްޓެއްސަކާއި ބައްދަލުކޮށްލުމަށްފަހު އަފީފު ދަތުރުފެށީ މާލެދާށެވެ. އޭނާގެ ކަޅުކުލައިގެ ބީއެމްޑަބްލިޔު ކާރުގައެވެ. ފޯނު ރިންގުވާން ފެށުމުން އަފީފު ފޯނުނެގިއެވެ. ފޯނަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ދުއްވަމުން ފޯނުނެގީ އެކޯލް ނިކަން ކުރުވާނެކަމަށް އުއްމީދުކޮށްގެންނެވެ.

” ހަލޯ އާޝާ….ބަ” އަފީފްގެ ޖުމްލަ ފުރިހަމަ ވިޔަ އާޝާ ނުދިނެވެ.

” އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ…..” އާޝާގެ އަޑުގައިވީ ރުޅިވެރިކަމެވެ.

” ކޮން ހުރިހާ ކަމެއް؟ ” އަފީފުގެ ހިތުގައި އުފެދުނީ ބިރުވެރިކަމެވެ.

” ބައްޕަ އަހަރެންނާ މާހިލް ދުރުކުރުވީ މާހިލް ހުރިހާ ވާހަކައެއް ކިޔާދީފި………..” އަފީފަށް ހުރެވުނުތަންވެސް ނޭނގުނެވެ. ދުވަހަކުވެސް އެކަން ނޭނގުމަށް އަފީފްވަނީ މާހިލް ކައިރީ ވައުދުވެފައެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އަފީފުގެ ކާރު ކޮންޓުރޯލް ނުވެގެން ގޮސް އެކްސިޑެންޓުވީއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި އާޝާއަށް ބާރުގަދަ އަޑުފައްގަނޑެއް އިވުނެވެ. ބައްޕަޔަށް ގޮވާ ގޮވާ ޙަބަރެއް ނުވިއެވެ. ފޯނު ކަނޑާލާފައި ގުޅުމުންވެސް ޖަވާބެއް ނައެވެ.

އަފީފު އެކްސިޑެންޓުވީ ހަބަރު އާޝާއަށް ލިބުނީ ގެއަށް ދިޔަފަހުންނެވެ. ދޮންމަންމަ އާއި އެކު ހޮސްޕިޓަލަށް ދިޔައިރު އާޝާއަށް ކަންބޮޑުވެގެން ރޮވެއެވެ. އެޙަބަރާއި އެކު ހެޔޮ އެދޭމީހުންނާއި ތިމާގެ މީހުންތައް ހޮސްޕިޓަލަށް ޖަމާވާންފެށިއެވެ. ބައްޕަގެ ޙަބަރެއްވާނެ އިރެއްގެ އިންތިޒާރުގައި އާޝާ އިނީ ވަގުތުތައް ގުނާލަ ގުނާލައެވެ.

ޑޮކްޓަރ ނިކުމެ އެދުނީ އާޝާ ކައިރީ އެތެރެއަށް ވަނުމަށެވެ. އޭރުވެސް އަފީފު ކެނޑިނޭޅި ގޮވަނީ އާޝާއަށެވެ. އަފީފު ފެނުނު ވަގުތު އާޝާގެ ގިސްލުންވީ ބާރެވެ. މެޝިންތައް ގުޅާފައިވާއިރު އެއެއްޗެހީގެ އަޑުފަށުން ހިތުގައިވެސް ބިރުވެރިކަން އުފެދޭހާވެއެވެ. ބޮލުގައި ބެންޑޭޖް އަޅާފައިވާ އިރު އެބެންޑޭޖްގެ މަތިންވެސް ލޭގެ އަސަރު ފާޅުވާން ހުއްޓެވެ. މޫނާއި އަތުގައިވެސް ވަނީ ޒަޙަމްތަކެވެ. އާޝާ ގޮސް އަފީފުގެ އަތުގައި ހިފާލިއެވެ. އެވަގުތު އަފީފުގެ ފަހުނޭވާ މިދުނިޔެއަށް ދޫކޮއްލިވަގުތެވެ. އާޝާ ބައްޕަގެ ގައިމައްޗަށް ވެއްޓި ރޯންފެށިއެވެ. މަންމަޔަކާއި ނުލާ އެބައްޕަވަނީ އާޝާގެ ހަޔާތް އުފާވެރި ބަގީޗާއަކަށް ހަދައިދީފައެވެ.

advertisment

އަފީފްގެ ކަށުކަމާކެމީގެ ކަންތައް ނިމުންއިރު ތުނިތުނިކޮން ވާރޭވެހެއެވެ. އާޝާ އާއި ހައިފާ ގެއަށް އައީ އެކުގައެވެ. ކާރުގައި އިން އިރުވެސް އިރުއިރުކޮޅާ ހައިފާ އާޝާއަށް ބަލާލައެވެ. އެހެނަސް ހައިފާއަށް އެއްވެސް އެއްޗެއް ބުނާކައް ނުކެރުނެވެ. ހިތްވަރު ދިނުމުގެ ގޮތުންވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އާޝާ އަބަދުވެސް އޭނާއަށް ނަފްރަތުކުރާވަރު ހިތައް އަރާފައި އޭނާ ހިމޭނުން އިނީއެވެ. އަފީފު ނެއްދުނިޔެއެއްގައި އޭނާ ބާކީވާނޭވަރު ހިތައް އަރާފައި ހައިފާ ހިތުގައި ޖެހުނެވެ.

*****

ރޭގަނޑު ކާންތައްޔާރުކުރަން އާދިލާ އާއި އެކު ޒީނިޔާވެސް އުޅުނެވެ. އެހެންޏާ އަބަދު ހީހީފައި ވާހަކަ ދައްކާ އާދިލާ މިރޭ އިނީ ނެގިމަޑުވެފައެވެ. ޒީނިޔާ ބުނާ އެއްޗަކަށް ނޫނީ އެއްޗެއް ބުނެނުލައެވެ. މޫނުމަތީގައި ހުންނަ އުފާވެރިކަން ގެއްލި އާދިލާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ.

” މަންމާ…! ” ޒީނިޔާ ގޮވާލީ ފަހު އަކުރަށް ދަމާލާފައެވެ. އާދިލާ ކާތަށިތައް އަތުރަން ހުރެފައި ބަލާލިއެވެ. ޒީނިޔާ އާއި ހަތަރުކަޅި ހަމަވި ވަގުތު އަވަސް އަވަހަށް އިސްޖަހާލިއެވެ.

” މަންމާ….. މަންމަ ބަލީތަ ؟ ” ޒީނިޔާ އައިސް ހުއްޓުނީ އާދިލާގެ ކުރިމަތީގައެވެ. ޒީނިޔާ އާދިލާގެ ކޮނޑުގައި ހިފަހައްޓާލީ އާދިލާއަށް ވީގޮތް އެނގެން ބޭނުންވެގެންނެވެ.

” ކަމެއް ނުވޭ………..” އިސްއުފުލައިވެސް ނުލާ ހުރި ގޮތަށް ހުރެ އާދިލާ ބުނެލިއެވެ. އާދިލާގެ އެޖުމްލައިންވެސް ޒީނިޔާއަށް ކަމެއް ވެއްޖެކަން ޔަގީންކުރެވުނެވެ. ވިލިގިއްޔަށް ގޮސް އައީންސުރެން ޒީނިޔާއަށް އާދިލާއަށް އައިސްފައިވާ ބަދަލު ފާހަގަކުރެވުނެވެ. ފުރަތަމަ އޭނާ ހީކުރީ ދަތުރު ދިޔާމަ ހިތްހަމަ ނުޖެހުނީ ކަމަށެވެ. އެހެނަސް މިހާރު ހީވަނީ މުޅިން އެހެން ކަމެއް ވީހެންނެވެ.

އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރަނގަބީލް ޖަހާލި އަޑުއިވުނެވެ. އެވަގުތު އާދިލާގެ ނަޒަރުވެސް އެދިމާލަށް ދަތުރުކޮށްލިއެވެ. ތުންފަތް ހަރަކާތްކޮއްލަން އުޅުނުހެންވެސް ހީވިއެވެ. ޒީނިޔާ ހިނިތުންވެލާފައި ގޮސް ދޮރުހުޅުވާލިއެވެ. އޭރު އައްފާންވެސް ގަމީހުގެ އަތްކުރި އޮޅަމުން ސިޑިން ފައިބައިގެން އާދެއެވެ. ދޮރު ކުޑަކޮން ހުޅުވާލުމާއި އެކު ޒީނިޔާ ލޯހަނިކޮށްލިއެވެ. ނުދަންނަ މީހަކު ދޮރުމަތީގައި ހުރުމުންނެވެ. ލައިބާއަށްވެސް ވީ ހަމަ އެހެންނެވެ. ބުނާނެ ބަހެއް ދުލާހަމަޔަކަށް ނައެވެ.

” ކާކުތަ އައީ ؟ ” ޒީނިޔާގެ ފަހަތުގައި ހުއްޓެމުން އައްފާން އަހާލިއެވެ. އެވަގުތު ލައިބާ ފެނިފައި އައްފާނަށް ދެލޯބޮޑުކޮށްލެވުނެވެ. ލައިބާގެ ހަގީގަތް ޒީނިޔާއަށް އެނގުމުން ޖޫލީގެ ކަންފަތާއި ހަމައަށް އެޙަބަރު ނުފޯރާ ނޯންނާނެކަން އައްފާންގެ ސިކުނޑި އަންގައިދިނެވެ.

” މީ…..މީ…..” ކުއްލިއަކަށް އައްފާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

” މީތަ އަންހެނުން……….” ޒީނިޔާ އާ ދިމާލަށް ބަލާލަމުން ލައިބާ ހިނިތުންވުން ބަދަލުކޮށްލިއެވެ. އަދި ސަލާންކޮށްލަން އަތްދިމާކޮށްލިއެވެ.
” އާނ މީ އަފޫގެ އަންހެނުން………” ފަހުރުވެރިވެލާފައި ޒީނިޔާ ޖަވާބުދެމުން އައްފާނަށް ބަލާލީ ހިނިތުންވެލަމުންނެވެ. އައްފާންގެ ގާތް މީހެއްކަން ޒީނިޔާ ދެނެގަތެވެ. އައްފާން ހިނިތުންވެވޭތޯ މަސައްކަތްކުރަމުން ދިޔައިރު ބިރުން މީހާ އުދާސްއަރަމުން ދިޔައެވެ.

” ވަދޭ އެތެރެއަށް…………” ޒީނިޔާ ، ލައިބާގެ އަތުން ދޫކޮށްނުލާ މަޑުމަޑުން އަތަށް ދަމާލިއެވެ. އައްފާން އެއްފަރާތަކަށް ޖެހިލުމުން ލައިބާ ދެތިން ފިޔަވަޅު ކުރިއަށްޖެހިލާފައި ހުއްޓުނީ އާދިލާ ފެނިފައެވެ. އާދިލާ އޭނާގެ ފައިންފެށިގެން މޫނަށް ނަޒަރު ހިންގާލިއިރު މޫނުމަތީގައިވީ ބީރަށްޓެހިގޮތެކެވެ. މެންދުރު އޭނާޔާ ބައްދަލުވީ އިރު ފެނުނު ގާތްގޮތެއް ނެތެވެ. ލައިބާ ހިނިތުންވެލުމުންވެސް ބަދަލުގައި ހީލާން ނޭގިފައި އާދިލާ ހުރީއެވެ.

” އާދޭ ކާން……މަންމަ ނާދޭތަ ؟ ” ކުޑަކޮން ބޯއަރިކޮށްލަމުން އާދިލާ އަހާލިއެވެ. ލަދުގަނެފައި ހުރި ލައިބާ ހަމައެކަނި ބޯޖަހާލީއެވެ. ނަވީނާއި ކިތަންމެ ގާތް ބަޔަކަށް އާދިލާމެން ވިޔަސް ނަވީނާއި ނުލާ ކާން އަންނަން އޭނާ ލަދުގަނެއެވެ. މީގެކުރިން އެމީހުންނާ ގާތް ގުޅުމެއް ނެތް ބަޔަކު ކައިރިއަށް ކުއްލިއަކަށް އެކަނި އެހެން އަންނަން ލައިބާއަށް ފަސޭހައެއް ނޫނެވެ. އެހެނަސް މިރޭވެސް އޭނާ އެގެއަށް އައީ އެނޫން ގޮތެއް ނެތިގެންނެވެ. ނަވީން ބިޒީވެ އާދެވެން ނެތްކަމަށް ބުނުމުންނެވެ. އަދި ލައިބާގެ މަންމަވެސް ކާހިތްނެތްކަމަށާއި ބޮލުގައި ރިހޭކަމަށް ބުނުމުން އެކަނި އަންނަން ޖެހުނީއެވެ.

” ހިނގާ ކޮޓަރިއަށް……….” ޒީނިޔާގެ އަތުގައި ހިފައި ދަމާލަމުން ބުނެލިއެވެ. މަންމަވެސް ހުއްޓާ އައްފާން އޭނާގެ އަތުގައި ހިފުމުން ޒީނިޔާ ތެޅިގެންފައި އަތް ފޮޅުވާލިއެވެ. އަދި އައްފާނަށް ލޯ އަޅާލިއެވެ.

” އާދޭކާން…….ލައިބާ އެކީ ޒީނިޔާމެންވެސް ބައިވެރިވާންވާންނު…………..” ޒީނިޔާ ދެކޮޅު ހެދުމެއްނެތި އާދިލާ ބުނި ބުނުމަށް ކާން އައެވެ. އައްފާން ބޯ ކަހާލާފައި ކާހިތްނެތް ކަމަށްބުނެ އެރީ މައްޗަށެވެ. ޓެރެހަށް ނިކުމެފައި އައްފާން އަވަސްވެގަތީ ނަވީނަށް ގުޅާށެވެ.

ތިން މީހުން ކާމޭޒު ދޮށުގައި އިށިއިނދެ ތަށްޓަށް ބަތްއަޅާ ކާންފެށިއެވެ. މާހައުލުގައިވީ ހިމޭންކަމުން ޒީނިޔާއަށް އުނދަގޫވިއެވެ. އާދިލާވެސް އެއްޗެއް ބުނެ ނުލިއެވެ.
” މީ ….ކޮންއިރަކު ޑިއުވަނީ…………؟ ” ލައިބާއަށް ބަލާލަމުން ޒީނިޔާ ވާހަކަދެއްކިއެވެ.

” ދެހަފްތާ ބާކީއިނީ ……..؟ އެއްފަހަރު ޒީނިޔާއަށް އަނެއް ފަހަރު އާދިލާއަށް ބަލާލަމުން ލައިބާ ޖަވާބުދިންއިރު ތުންފަތްމަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ.
” ފުރަތަމަ ކުއްޖާތަ ؟ ”

” ހޫމް….” ބޯޖަހާލަމުން ކާން އިންތައްޓަށް ލައިބާ ނަޒަރު ހުއްޓާލިއެވެ. އާދިލާ ބަލަން އިންގޮތުން ޖެހިލުންވީއެވެ.

” ޒީނިޔާއަށް އެނގޭތަ މީކާކުކަން….. ލައިބާ މީ އަހަރެމެން ގޭކުއްޖެކޭ ހަމަ” އާދިލާ ވާހަކަދެއްކީ މާމަޑުން އިނދެވޭކަމުގެ އިޙްސާސްކުރެވިގެންނެވެ. އާދިލާގެ މޫނަށް ޒީނިޔާ ބަލާލީ އޭނާ އެދައްކާ ވާޙަކަޔަށް ޝައުޤްވެރިކަން ހުރި ފަދަ ގޮތަކަށެވެ.

” މީ ނަވީންގެ ހަގު އަނބި……….” އާދިލާ ބުނެލި ޖުމްލައިން ޒީނިޔާ އަތުގައި އޮތް ސަމުސާ ދޫވެގެން ތަށިތެރެއަށް ވެއްޓުނެވެ. އެޙަބަރުން މީހާގެ މޫނުމައްޗަށް އައި ބަދަލު ކިތަންމެ ރަނގަޅަކަށްވެސް ލައިބާއަށް ފެނުނެވެ. ސަމުސާ ވެއްޓުނު އަޑާއި ޒީނިޔާއަށް ވީ ގޮތްފެނި ލައިބާއަށް ބޭރުކޮށްލަން އުޅުނު ނޭވާވެސް ދޫކޮށްލުންވީ އުނދަގޫކަމަކަށެވެ.

” ވަރަށް ސަޕްރައިޒް ވެއްޖެދޯ……” ހީލަމުން އާދިލާ ބުނެލީ ޒީނިޔާއަށް ވީގޮތްފެނިފައެވެ. ޒީނިޔާވެސް ގަދަކަމުން ތުންފަތްމައްޗަށް މަސްނުޢީ ހިނިތުންވުމެއް ގެނެސް އިނދެ ކާންފެށިއެވެ. އޭރު ޒީނިޔާ އެތެރެ ހަށީގައި އަނދަމުންދަނީ ގޮތް ނޭގޭ އުދާސްތަކެކެވެ. ޔަގީނުންވެސް އެޙަބަރު ޖޫލީއަކަށް ނޭގެއެވެ. އެނގޭނަމަ އެވާޙަކަ އޭނާޔާ ހިއްސާނުކޮށް ނުހުންނާނޭކަން ގައިމެވެ. ހިތާހިތުން ނަވީނަށްވެސް އެއްޗެހި ކިއެވެ. އަވަސް އަވަސްކޮއްލައިގެން ޒީނިޔާ ބެލީ އެތަނުން ދެވޭތޯއެވެ.

ޒީނިޔާ ކައިނިމިގެން ތެދުވި އިރު އާދިލާ އާއި ލައިބާވެސް ކައިނިމެނީއެވެ. ތަށިތައް ނަގަން މަޑުކޮށްނުލާ ޒީނިޔާ ބޭނުންވީ ކޮޓަރިއަށް ވަންނާށެވެ. ޖޫލީއަށް އެހަބަރު ދޭން ޒީނިޔާ އޭރުވަނީ ކެތްމަދުވެފައެވެ. އެކަން އެނގުމުން ވާނެ ގޮތާއިމެދު ޒީނިޔާ ކުޑަކޮންވެސް ވިސްނާލުމެއްނެތި އޭނާ ގޮސް ކޮޓަރިއަށްވަނެވެ.

ފޯނެއްގައި އެނދު ހުރަހަށް އޮތް އައްފާނަށް ޒީނިޔާ ކޮޓަރިއަށް ވަންތަން ފެނި އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އައްފާން ގުޅައިގެން އޮތީ ނަވީނަށެވެ. ދެމީހުން ދެމެދު ދައްކަމުން ދިޔައީ ލައިބާގެ ވާހަކައެވެ. އައްފާން ގޭގައި ލައިބާ އިން ވާހަކައެވެ. ޒީނިޔާއަށް އެނގުމުން އެޙަބަރު ޖޫލީއާ ހަމައަށް ފޯރަނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަވަސް އަވަހަށް އައްފާން ފޯނުގަނޑާލި މަންޒަރު ފެނި މިމަންޒަރު ފެނި ޒީނިޔާގެ ހިތުތެރޭގައި ކިލަނބުކަމެއް އުފެދުނެވެ.

ޖޫލީ އާއި ނަވީނަކީ ޒީނިޔާގެ ނަޒަރުގައި ލޯބީގެ ލާމަސީލު ނަމޫނާއެވެ. އެހެން މީހުންނަށް ހުރި ރީތި މިސާލީ ދިރިއުޅުމެއް އުޅެމުންދާ ދެމަފިރިންނެވެ. އެހެނަސް އިވުނު އެންމެ ޖުމްލަޔަކުން ނަވީނާއި މެދު ދެކޭގޮތް ބަދަލުވެއްޖެއެވެ. ހިތާހިތުން ނަވީނަށް އެއްޗެހި ކިޔުނެވެ.

ރީތިވާ މޭޒުމަތީގައި ޗާޖަށްޖަހާފައި އޮތް ޒީނިޔާގެ ފޯނު ނަގާ ޖޫލީގެ ނަންބަރަށް ޑައެލް ކޮއްލިއެވެ.

~ ނުނިމޭ ~

ނޯޓް: ސިލްސިލާގެ 59 ބައި އަންނަ ހަފްތާގެ އަންގާރަ ދުވަހު ގެނެސްދެވޭނެއެވެ.

    1. Avatar

      Bro adhi thankolheh avahehnu thihen bunan.. angaaraiga up nuvejjeyya ok .. thigothah comment kuranvee.. pastga vefa oiy gothah hama nuve vesdhaanu mifaharu dhw.. think positive ?

  1. Avatar

    Manje episode eh liyelan mihaa zamaan naganee keehvve kan bunela dhevidhaanr tha… mifaharu ves kiriyaa 4 months nuve huhtta thi upkureee… yageenun ves kiyuntherinnah javaabeh dheyne haa vaguthu librybkan ingay midhiya roadha mahu konme dhuvahaku eydhafushi.com ga post kohffa huri vaahaka thakun…. aslu mi vaahaka reehchas manje ge ithubaar noanna varun kiyuntherin manje ah ehaa varah ehchehi govaneee

ޚިޔާލު ފޮނުއްވާ