17602 575

އެއް ސަހަރެއްގައި ވަރަށް ބޮޑު ޖަންގައްޔެއްގެ ތެރޭގައި ސިންގާ ރަސްގެފާނަކާއި އޭނާގެ އަޅުން ( އެކި ވަށްތަރުގެ ހުރިހާ ޖަނަވާރު ) އުޅުނެވެ. އެ ސިންގާ ރަސްގެފާނަކީ ވަރަށް ކަންނެތް، އަނިޔާވެރި އެއްޗެކެވެ. އޭނާގެ ފަރިއްކޮޅަށް ކޮންމެ ދުވަހަކު ބޮޑު ޖަނަވާރެއްނަމަ އެކަތި، ކުޑަ ޖަނަވަަރު ނަމަ ދޭތި ބޭނުންވާނެއެވެ. ތިން އިރައް ވެސް އޭނާ ބޭނުން ވާނީ ޖަނަވާރު ކާށެވެ.
އެއް ދުވަހެއްގެ ހނދުނުގެ ވަގުތެވެ. ޖަނަވާރުތައް މަޝްވަރާ ކުރަމުން ދިޔައީ މިއަދު ރަސްގެފާނު ސިންގާގެ ފަރިއްކޮޅަށް އަރުވާނީ ކޮން ޖަނަވާރު ތަކެއް ކަމާއި އެވެ. މިއަދު އޭނާގެ އަރިހަށް ދާން ޖެހުނީ ކުޑަ މީދަލަކާއި، މުސަޅަކާއި އަދި ބޮޑު ގެރިއަކަށެވެ. މީދަލާއި މުސަޅު ދާންޖެހުނީ ހެނދުނުގެ ނާސްތާ އަށެވެ.

އެ މީދަލަކި ވަރަށް ބުއްދިވެރި އެއްޗެކެވެ. އެންމެ ފުރަތަމަ ޖަނަވާރަކަށް ދާންޖެހުނީ އެ ކުޑަ މުސަޅާއެވެ. އެ މުސަޅު އޭނާގެ ބުއްދީގެ ބޭނުން ކުރިއެވެ. އޭނާ ގޮސް އެ ސިންގާ ރަސްގެފާނު ކައިރީގައި ބުންޏެވެ.

"ރަސްގެފާން. ތިޔަ ރަސްގެފާނު ފަދަ އެހެން ޖަނަވާރެއް އަހަންނަށް ފެނިއްޖެ." އެ މުސަޅު އިސްޖަހާލައިގެން ހުރެ ބުންޏެވެ.

"ކޮންތާކުން ތިޔަ ބުނާ ޖަނަވާރެއް ފެނުނީ؟" ސިންގާ ރަސްގެފާނު ވަރަށް ރުޅި ދުރުވެ ހުރެ ބުންޏެވެ.

"މް... މިތާކައިރީގައި ހުރި އެހެން ޖަންގައްޔަކުން." އެ މީދާ ވަރަށް ބިރުން ހުރެ ބުންޏެވެ.

"އެ ޖަންގައްޔައް އަހަރެން ގޮވައިގެން ދާން ކެރިދާނެތަ؟" ސިންގާ ރަސްގެފާނު މީދާގެ މޫނާއި މޫނު ކައިރު ކޮއްލަމުން މަޑުމަޑުން ބުނެލިއެވެ.
"ލައްބަ." މީދާ ކުޑަކޮށް ފަހަތައް ޖެހިލަމުން ބުނެލިއެވެ.

"ހިނގާ ދާން." ސިންގާ ރަސްގެފާނު ކުރިޔައް ހިނގައިގަންނަމުން ބުނެލިއެވެ.

ކުޑަކުޑަ މީދާ ސިންގާ ރަސްގެފާނާއި އެއްވަރަކަށް ހިނގަމުން ބުނެލިއެވެ. އެ ސިންގާ ރަސްގެފާނު ހިނގާ ހިނގާ ވަރުބަލިވެގެން ބުންޏެވެ.

"އަހަރެން ވަރުބަލި ވެއްޖެ. މިތާ ކައިރިން ފެންފޮދެއް ނުލިބޭނެތަ؟" ސިންގާ ރަސްގެފާނު ވަރުބަލިކަން އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ.

"މިހާރު މިއޮއް ދެވެނީ އެ ޖަންގައްޔަށް. އެތަނުން ފެން ލިބޭނެ." މީދާ ވަރަށް ހަމަޖެހިލައިގެން ހުރެ ބުނެލިއެވެ. އޭރު އެ ޖަންގައްޔާ ވަރަށް ކަިރި ވެއްޖެއެވެ.
"ހިނގާ. މީ އެ ޖަންގައްޔަކީ. އެހެރަ ވަޅުތެރޭގަ އޭތި އޮންނާނީ." މީދާ އެތާ އިން ވަޅަކާ ދިމާލަށް އަތްދިއްކޮއްލަމުން ބުނެލިއެވެ.

ސިންގާ ރަސްގެފާނު އެވަޅުތެރެ ބަލާލިއިރު ކަމަކުދާކަށްނެތެވެ. މީދާ ބުނީ ތެދެކެވެ. ހަމައޭނާއާ އެއް ވައްތަރެއްގެ އެހެން ސިންގާ އެއް އެ ވަޅުތެރޭގައި އޮތެވެ. އޭނާ ހަޅޭއްލަވައިގަންނަ އިރައް އަނެއް ސިންގާ އެއައްވުރެއް ބާރައް ހަޅޭއްލަވައިގަނެއެވެ. ސިންގާ ރަސްގެފާނު ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ.

"އޭ އަހަރެން މިފަހަރު ކަލޭ މަރާލަަނަން." މިހެން ކިޔައި ސިންގާ ރަސްގެފާނު އެ ވަޅުތެރެއައް ފުންމައިލިއެވެ. ހަމަ އެއާއިއެކު އޭނާ އަށް އެ ސިންގާ ގެއްލުނެވެ. އެ ބުއްދިވެރި މީދާ ނިކަން ބާރަށް ހީގަތެވެ. އަދި ބުންޏެވެ.

"ކިތަންމެ ބާރުގަދަ މީހަކަށް ކަލޭ ވިޔަސް ކަލޭގެ ސިކުނޑި އެއް ނުހުރޭ."

ސިންގާ ރަސްގެފާނު މަރުވީ އެވެ. އެ ޖަންގަލީގެ ހުރިހާ ޖަނަވާރުތައް ވެސް އެ ކުޑަކުޑަ މީދަލަށް ޝުކުރުއަދާ ކުރިއެވެ. އޭގެ ފަހުން އެ ޖަންގަލީގައި އެއްވެސް ރަސްގެފާނެއް ނުހުރެއެވެ. ހުރިހާ ޖަނަވާރުތައް ވެސް މިހާރު އުޅެނީ ވަރަށް އަމާން ކަމުގައި އެއްވެސް ބިރެއް ނެތިއެވެ.
(ނިމުނީ)

 1. Avatar

  މިވާހަކައިގަ މީދާ މުސަޅަށް ބަދަލުވެ އަނެއްކާ މުސަޅު މީދަލަށް ބަދަލުވާގޮތް ނޭނގޭތީ އޮޅުންއަރާގޮތްވޭ. އަދި ސިންގާ އާއި މީދާ ހިނގަމުން އެއްޗެއް ބުނިކަމަށްވޭ. ނަމަވެސް އެއީ ކޮން އެއްޗެއްކަމެއް ލިޔެވިފައެއްނެތް. ސުކުން އޮޅިފަހުރިކަންވެސް ފާހަގަ ކުރެވޭ.

 2. Avatar

  ކުރު ވާހަކައަކަށްވެފައި މައްސަލަތައް މަދެއްނޫން. ޚާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްލިޔާ ލިޔުންތައް ޕަބްލިޝްކުރުމުގެ ކުރިން ރަނގަޅަށް ޕްރޫފްރީޑްކުރުން ބުއްދިވެރި.

  5
  1
 3. Avatar

  Dear,.. negative Koh nunagahchey.. vaahaka varah ves Hama reethi.. ekamu proof read kohlaafa up kurun buhdhiveri.. e ee ehfaharu meedhaa liyefa, aneh faharu musalhu ey bunyma ehaa eh noon… Vaahaka varah reethi Masha Allah.. varah molhu haadhisaa eh…

ޚިޔާލު ފޮނުއްވާ