16315 118

" އާދިލާ.....އާދިލާ....." ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް އެމީހުންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ދޮރުހުޅުވާލީވެސް އެމީހަކު އާދިލާއަށް ގޮވަމުންނެވެ.

އާދިލާ ހިނިތުންވެފައި ސޯފާއިން ތެދުވެތެވެ. އަދި ދޮރާދިމާލަށް މޫނު އަނބުރާލިއެވެ. އޭރު ބަޝީރާގެ މޫނު ހުއްޓިފައިވަނީ ދޮރުން ނިކުމެގެން އައި ފިރިހެންމީހާއަށެވެ. ފޮރޮޅުލީ ގޮނޑިކޮއްޕަމުން އޭނާ ތަންކޮޅަކަށް އައިސް މަޑުޖެހިލީ އިތުރުބަޔަކު ސިޓިންގރޫމްގައި ތިބީމައެވެ.

" އެއީ އަހަރެންގެ ފިރިމީހާ .....ނަސީރު....." އާދިލާ ހިނިއައިސް އެހެން ބުނުމުން ބަޝީރާއަށް އިންތަނުން ތެދުވެވުނީ ބޭޢިހްތިޔާރުގައެވެ. ކައްޓެއް ހަރާލީމައި ތެދުވަންނަހާ ބާރުލައިފައެވެ.

" އާދިލާ....އަހަރެންގެ އައިނު ދުށިންތަ ؟ " ނަސީރަށް މިހާރު ނަންބަރ އައިނާނުލާ އުޅެން ވަރަށްވެސް އުނދަގުލެވެ.

ޖެހިލުންވުމާއި ރުޅިވެރިކަމުން ބަޝީރާ ނަފުސުގެ ހަމަޖެހުންވީ ނަގާލާފައެވެ. މީހާ ތުރުތުރު އަޅަންފެށީ އޭނާ ކުރިމަތިންފެންނަން ހުރި ސޫރަފެނިފައެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަމަވެސް ބަޝީރާއަކަށް ނަސީރެއް ނޯޅެއެވެ. ކިތަންމެ ދުވަހެއް ފަހުން ފެނުނަސް އެސޫރަ އެނގޭވަރަށް އޭނާ ހިތުގައިވީ ރައްކާކޮށްފައެވެ. މިހާދުވަސްވީއިރުވެސް ސިފައަށް މާބޮޑު ބަދަލެއް ނާދެއެވެ. ބޮލުގައި ނުރަޖަހާ ހަށިގަނޑު ކުޑަކޮން ފަލަވިޔަސް މޫނުމައްޗަށް މާބޮޑު ބަދަލެއް ނާދެއެވެ.

" އެބައަންނަން........." އާދިލާ ވަކިވަކިން ބަޝީރާ އާއި ލައިބާގެ މޫނަށް ބަލާލައި ހިނިތުންވެލާފައި ގޮސްވަނީ ނަސީރު ނިކުތް ކޮޓަރިއަށެވެ.

އައިނު ނެތުމުންނާއި ކުޑަދޮރުގެ ފަރުދާތައް ދަމާފައިވުމުން ސިޓިންގރޫމްތެރޭގައިވީ އަނދިރިކަމެވެ. ސޯފާގައި ތިބި ދެމީހުންގެ މޫނު ނަސީރަކަށް ނޭގެއެވެ. ހަމައެކަނި އެނގެނީ ދެއަންހެނުންކަމެވެ. މާ މީހުންނާ ވާޙަކަދައްކާ މީހަކަށް ނުވާތީ އެއިން މީހަކާ އަނގައިން ބުނުމެއްނެތި އޭނާގެ ގޮނޑި އަނބުރާލީ ކާމޭޒުކައިރިއަށެވެ. ހީވާގޮތުން އޭނާ އެ ނިކުތީ ކާށެވެ.

ލައިބާގެ އަތުގައި ހިފާ ދަމައިގަންނަމުން ބަޝީރާ އިޝާރާތްކުރީ ދޮރާދިމާލަށެވެ. މިހަރަކާތުން ބަޝީރާ އަނގައިން ނުބުނި ނަމަވެސް އެބުނީ ނިކުންނާށޭކަން ލައިބާއަށް އެނގުނެވެ.

" ދައްތަ ނިކުތީމައޭނުން ދާންވާނީ.......؟" ލައިބާ ވާހަކަދެއްކީ ނިކަން މަޑުންނެވެ. ހަމައެކަނި ބަޝީރާއަށް އިވޭ ވަރަށެވެ. ދެފަހަރަކު ބުނުމުންވެސް ލައިބާ އޭނާޔާއެކު ނުދިއުމުން އެންމެ ފަހުން ބަޝީރާ އެގެއިން ނިކުތެވެ. އެންމެ ހިނދުކޮޅަކުވެސް ނަސީރުގެ ވަސްޖެހޭ ހިސާބުގައިވެސް މަޑުކުރަން އޭނާ ބޭނުމެއްނުވިއެވެ.

ދުވެފައި ކަހަލަގޮތަކަށް އެގެން ނިކުމެގެންގޮސް ބަޝީރާމެން އުޅޭ ބަޔަށް ވަދެވުނުއިރު ދެލޯފުރިގެން ބަންޑުންވެއްޖެއެވެ. ހޫނު ކަރުނަތައް ދެކޯތާފަތް ހުރަސްކޮށް ދަތްދޮޅިން ތިރިއަށް އޮހިގަތެވެ. ސޯފާގައި އިށިއިނދެ ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. އޭރު ނޭވާ އަވަސްވެ ހިތްވެސްހުރީ އަވަސްވެފައެވެ.

ބަޝީރާ މާލެއަންނަން ބޭނުންނުވި އެންމެ ބޮޑު ސަބަބަކީ ނަސީރު ފެނިދާނެތީއެވެ. ދިމާވެ ބައްދަލުވެދާނެތީއެވެ. އޭނާގެ ހިޔަނިވެސް ފެންނާކަށް ބަޝީރާ ބޭނުމެއް ނޫނެވެ. އޭނާގެ ހުރިހާ އެއްޗެއް ނަސީރަށްޓަކާ ވަނީ ޤުރުބާންކޮށްފައެވެ. ބަޝީރާ ނަސީރު ދެކެ ވަރަށް ލޯބިވިއެވެ. އެހެނަސް އެއީ ކުރީގައެވެ. ލައިބާއަށް ބަނޑުބޮޑުކަން އެނގުނު ހިސާބުން އެކަންވަނީ ބަދަލުވެފައެވެ. މާލެދާތާ ދެހަފްތާތެރޭ އެނބުރި ބަޝީރާ ކައިރިއަށް އަންނާނަމޭ ބުނި ނަސީރު ބަޝީރާ މަތިން ހަނދާންނައްތާލީ މުޅިއުމުރަށެވެ. ލޯބީގެ ނަމުގައި ނަސީރު ބަޝީރާއަށް ދެއްކީ އަވާމެންދުރެވެ. ނަސީރުވަނީ ރުހުމުގައި ބަޝީރާގެ އިއްފަތްފޭރިގަނެފައެވެ. މުޅިރަށަށް ފަޟީހަތްވީ ބަޝީރާއެވެ. އެންމެންގެ މަލާމާތާއި ފުރަށްސާރައިގެ ޝިކާރަޔަކަށްވީ ނިކަމެތި ބަޝީރާއެވެ.
ހަނދާންކުރަން ބޭނުންނޫނަސް އެހިތި މާޒީ ހަނދާންނައްތާލެވޭކަށްނެތެވެ. ދެލޯމަރާލިޔަސް ފެންނަނީ އެދުވަސްތަކެވެ. ހިތުގެ ކިތަންމެ ފުނެއްގައި ފަސްއަޅާ ފޮރުވިޔަސް ބަޝީރާ ނޭވާ ހިނގާހާ ދުވަހަކު އެހަނދާންތަކުން މިންޖުވުމެއްނެތެވެ.

މެންދުރުގެ އެންމެ ހޫނުގަޑީގައިވެސް ފުނަގަސްތައްތެރެ އޮންނަނީ ހިޔާދީފައެވެ. ރާވެރިންނާއި ބޮނބިފަލަށްދާ މީހުންވެސް މެންދުރުވުމުން ވަލަށްވަދެއެއް ނޫޅޭނެއެވެ. ޒުވާންފުރައިގެ ފިރިހެންކުއްޖަކު ނޫނީ އެގަޑީގައި ވަލަށްވަދެއެއް ނޫޅޭނެއެވެ. ނަސީރާއި ބަޝީރާ ބައްދަލުކުރާ ގަޑިއަކީ މެންދުރު މީހުން މެންދުރު ނަމާދަށް ވަލުން ނިކުންނަ ގަޑީގައެވެ.

ބޯވާގަނޑުތެރޭގައި ބަޝީރާ ދުވަމުންދިޔައީ ނަސީރުގެ ފަހަތުންނެވެ. ނަސީރު ބަޝީރާއަށް އަތުނުވާން ދުވަނީއެވެ. އެންމެފަހުން ވަރުބަލިވެގެން ބަޝީރާ ދުވުންހުއްޓާލިއެވެ. ބަނޑުގައި އަތްއަޅާއިގެން އޮވެ މާނޭވާލަމުންދިޔައިރު އެއްއަތުގައި ނަސީރަށްގެނައި ތަށިބަރިހުއްޓެވެ. ބަޝީރާ ހުއްޓުމުން ނަސީރުވެސް ހުއްޓުނެވެ. އަދި އަތުގެ އިޝާރާތުން އައުމަށް އެދުނެވެ. ބަދަލުގައި އަތްއުފުލާލައި ބަޝީރާ ދައްކާލީ އަތުގައި ހުރި ތަށިބަރިއެވެ. އެއާއެކު ނަސީރުގެ ހިޔާލުބަދަލުވެގެން އެނބުރިއައީ ބަޝީރާ ކައިރިއަށެވެ.

ނަސީރު ހުންނަނީ ކޮންމެދުވަހަކުވެސް މެންދުރު ނުވެގެންނެވެ. ބަޝީރާ ތައްޔާރުކުރާ މީރު މަސްހުންޏާއި ރޮށިކާހިތުންނެވެ. މަސްހުންޏަކީ ކުރިން ނަސީރު މާގަޔާވާއެއްޗެއް ނޫނެވެ. އެހެންނަމަވެސް ބަޝީރާގެ ދެއަތުން ހަދާފައި ގެނައި މަސްހުނި ކޭފަހުން މިހާރު ނަސީރަށް މަސްހުންޏާއި ރޮއްޓަކީ އެންމެ ގަޔާވާ ކެއުމަށްވެއްޖެއެވެ.

ނަސީރު ފޫޓްފައި ހަދާފައި ބިންމަތީ އިށިއިނުމުން ބަޝީރާވެސް އޭނާގެ ކުރިމަތީ އިށިއިނެވެ. ތަށިބަރި ހުޅުވައިލަމުން ނަސީރު ހިނިތުންވެލިއެވެ. އަދި ބަހަކުން ބަހެއް ނުބުނެ އަވަސްއަވަހަށް ރޮށިކޮޅަކާއި ޖަހައިގެން މަސްހުނީގެ ރަހަބަލަލިއެވެ.

" އޫމް......ހާދަ މީރޭ...." ނަސީރުގެ ތޫނު ނަޒަރުން ސަލާމާތްވާން ބަޝީރާ އިސްޖަހާލިއެވެ.

" މިކެއުމާއި ނުލާ ދެން އުޅެން އަހަންނަށް ވަރަށް އުނދަގޫވާނެ........" ބަޝީރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ނަސީރު ބުނެލިއެވެ. ލަދުން ބަޝީރާ ދެއަތްނަގާ މޫނުގައި އެޅިއެވެ. ނަސީރު ޖަހާލީ ހިނިގަނޑެކެވެ. އަދި ފަހަތަށްޖެހިލާ ކެއުމާއިގެން މަސްއޫލުވެއްޖެއެވެ. ކައިނިމުނުއިރުވެސް ނަސީރުގެ ދުލުން ތައުރީފުގެ ބަސްތައް ހުސްނުވެއެވެ. ބަޝިރާގެ މޫނުމަތިން އުފާވެރިކަން ފިލައިގެން ނުދެއެވެ.

ނަސީރާ ދިމާވިފަހުން ބަޝީރާއަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ކުރިން މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ދަރިއެކެވެ. އެމީހުންނަށް އެއްވެސްކަމެއްގައި މަކަރުހަދާ އޮޅުވާލާކަށް ބަޝީރާއަކަށް ނުކެރެއެވެ. އެހެނަސް ނަސީރާ ދިމާވުމުން ހުރިހާކަމެއް ބަދަލުވީއެވެ. މަންމަމެންނަށް ދޮގުހަދާފައި އެކި ބަހަނާތަކުގައި ބޭރަށްދާންފެށިއެވެ. ރޭގަނޑެއް ހެނދުނެއް ނޯވެއެވެ. ނަސީރުގެ ލޯބީގައި އާވާރާވެފައިވާ ޕަރުވާނާއެއްފަދައެވެ. ނަސީރުގެ ކޮންމެ އެދުމެއް ބަޝީރާ ކޮށްދެނީ ކޮށްދޭހިތުންނެވެ. އެއްވެސްކަމެއްގައި ނޫނެކޭ ބުނާކަށް ބަޝީރާއަކަށް ނުކެރެއެވެ. ބައްދަލުކުރަން ބުނާ ކޮންމެ ގަޑިއެއްގައިވެސް ބަޝީރާ ބައްދަލުކުރެއެވެ. ކިތަންމެ ހާލުންވެސް އޭނާ އާދެއެވެ. ކިތަންމެ ބޯކޮށްވާރޭވެހުނަސް ،މަގުތަކުގައި ފެންގަނޑު ހެދިފާ ވިޔަސް އޭނާޔަށް ފަރުވާލެއްނެތެވެ. ފުނަވާތެރެއަށްދާން ބުންޏަސް އޮޑިހަރުގެއަށްދާން ބުންޏަސް ބަޝީރާ ބުނާގަޑިއަކަށް އެތަނަކަށްދެއެވެ.

ހަމައެކަހަލަ ރެއެކެވެ. އިރުއޮއްސުނުއިރު ވެހެންފެށި ވާރޭ އިޝާނަމާދުން ފޭބިއިރުވެސް ހުއްޓާނުލައެވެ. އަސްކަނިދަށުގައި ވާރޭވެހޭތަން ބަލަން ބަޝީރާ ހުއްޓެވެ. ނަސީރު ބައްދަލުކުރަން ބުނީ އަށެއްޖަހާއިރުއެވެ. ދާންވީތަނަކީ ރަށުގެ އޮޑިހަރުގެއެކެވެ. ހަދާނެގޮތެއް ނޭގިފައި ހުއްޓާ ބަޝީރާގެ މަންމަ ކޮޓަރިން ނިކުމެގެން އައެވެ. މިސްކިތަށްދިޔަ ގޮތަށް ބައްޕަ އަދި ގެއަކަށްނާދެއެވެ. ހިނދެއް ހިނދެކަށްދިޔައީ ވިއްސާރަ ބޯކުރަމުންނެވެ. ވިދާގުގުރަންފެށިއެވެ.

ބައްޕަ މިސްކިތުން ފައިބަންވާއިރަށް މަންމަ އަވަސްވީ ކާންހަދާށެވެ. ގަޑިބަލަބަލާ ހުރެފައި އެންމެ ފަހުން އުނދޯލިވަހުގައި އަޅުވާފައި އިން ކުޑަނަގައިގެން ބޭރަށް ދުއްވައިގަތެވެ. މަންމަ ބަޝީރާ ދާތަނަކާއިމެދު ސުވާލުކޮށްކޮށް އޮއްވައެވެ.

ވައިގަދަކަމުން ކުޑަވެސް ހިފަހައްޓާލެވެނީހަމަ ކިރިޔާއެވެ. އޮޑިހަރުގެއާ ހަމައަށް ދެވުނުއިރު ބަޝީރާ ލައިގެންހުރި ހެދުމުގެ ބޮޑުބައެއްވަނީ ތެމިފައެވެ. ހީކަރުވައިގަނެގެން ބަޝީރާގެ ހަތަރެސްފައިން ރޫރޫ އަޅައެވެ. ބަޝީރާގެ އިންތިޒާރުގައި ނަސީރު ހުއްޓެވެ. ލައިގެންހުރި ގަމީސްބާލައި ތެއްފެލާލިއެވެ. އެތަނުގައި ހުރި ދަނޑިއެއްގައި ނަސީރުގެ ގަމީސް އަޅާލިއެވެ.

ކުޑަލައްޕާލާފައި ދުވަމުން ކަހަލަ ގޮތަކަށް ބަޝީރާ އެތެރެއަށްވަނެވެ. ނަސީރުގެ ސަމާލުކަން ބަޝީރާއަށް ހުއްޓުނެވެ. އަދި ވަރަށް ފަރުވާތެރިކަމާއިއެކު ބޮލުންފެށިގެން ފަޔަށް ނަޒަރު ހިންގާލިއެވެ. ލައިގެންހުރި މަޑު ރީނދޫކުލައިގެ ހަރުވާޅާއި ހެދުންވަނީ ތެމިފޯވެގެން ގައިގަ ތަތްލައިފައެވެ. ދަތްދޮޅި ތުރުތުރު އަޅާވަރުން ބަޝީރާއަށް ބަހެއް ބުނެލަންވެސް ދަތިވިއެވެ.

ނަސީރުގެ ތޫނު ނަޒަރުން ސަލާމަތްވާން ބަޝީރާއަށް މަޖްބޫރުވީ އިސްޖަހާލާށެވެ. އެބެލުމުގައި އެހެން ރޭރޭ ނުފެންނަ ދަމާބާރެއް އެކުލެވިގެންވިއެވެ. ނަސީރުގެ ލޮލުގައިވީ މަސްތުކަމެވެ. މަޑުމަޑުން ބަޝީރާ އާ ދިމާލަށް ނަސީރު އާއިރު ނޭގޭ ސިހުރީ ބާރެއްވިއެވެ.

ނަސީރަށް ފުރަގަސްދެމުން ބަޝީރާގެ އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް ފެންތައްފޮޅާލިއެވެ. ނަސީރު އައިސް ހުއްޓުނީ ބަޝީރާ ލައިފައިވާ ކޯލާވައްޓަރގެ މީރުވަސްދުވާހާ ކައިރީގައެވެ. ހާމައަށްއޮތް ބަޝީރާގެ ދޮންކަނދުރާގައި ނަސީރުގެ މޫނު ޖައްސާލިއެވެ. އެފަދަ ކަމެއްކުރާނެކަމަކަށް ބަޝީރާ ހުރީ ވިސްނައިގެންނެއްނޫނެވެ. ލިބުނު ސިހުމުގައި އޭނާޣެ އަނގައިން ބޭރުވީ އާހެއްގެ އަޑެވެ. އަދި ބަޝީރާގެ ކޮނޑުގައި ހިފާ އޭނާޔާ ގާތްކޮށްލިއެވެ. ނަސީރުގެ ބީހުންތަކުން ބަޝީރާގެ ދެލޯދިޔައީ މަސްތުގެ ފުންކަމަކަށް ގެނބެމުންނެވެ. ނަސީރުގެ ނޭވާގެ ހޫނުކަން ލިބިގަތުމަށް ބަޝީރާގެ ހަށިގަނޑު ދޫކޮށްލެވުނެވެ. މަޑުމަޑުން ދެމީހުންގެ ހަރަކާތްތައް ބަދަލުވަމުން ގޮސް މަސްތުގެ ފުންކަނޑަކަށް ޣަރަގުވެއްޖެއެވެ. ލޯބީގެ އަރާމާއި އުފާ ލިބިގަތުމުގައި ވަގުތުތައް ދިޔަގޮތްވަސް ނޭގުނެވެ.

ހަމަހޭވެރިކަންވީއިރު ދެމީހުންގެ ހަށިގަނޑުގައިވީ ލޮޑުކަމެވެ. ވަރުބަލިކަމެވެ. ބަސްތާތައްމަތިން ތެދުވެ ނަސީރު ހިންދެމިލިއެވެ. ބަޝީރާ އޮތީ ތެދުވާނެ ފަދައެއްނެތިފައެވެ. ތެދުވެ ހިނގައިގަންނަން އުޅެނިކޮށް ނަސީރުގެ ކަންފަތުގައި ޖެހުނީ ބަޝީރާގެ ރުއިމުގެ އަޑެވެ. ނަސީރުގެ ހަރަކާތްތައް ހުއްޓުނު ކަހަލައެވެ. އެހާ ހިސާބަށް ދެމީހުންގެ ގުޅުން ގެންދިޔައީ ބަޝީރާވެސް ބޭނުންވެގެންނެވެ. ދެން އެކަން ނުވާކަމަކަށް ނުވާނެއެވެ. ކަންބޮޑުވެފައި ނަސީރު ބަޝީރާ އާ ދިމާލަށް އެނބުރުނެވެ.

" ބަ..ބަޝީރާ ކީއްވެ ރޮނީ.........." ކުރުއަތް މައްޗަށް އޮށޯވެއޮތް ބަޝީރާގެ މޫނާއި ދިމާލަށް ނަސީރު ގުދުވިއެވެ. ބަޝީރާއަކަށްވެސް ވާހަކައެއް ނުދެއްކުނެވެ. އެއަށްވުރެން ބޮޑަށް ބަޝީރާއަށްވަނީ އަސަރުކޮށްފައެވެ.

" ބަޝީރާވެސް ބޭނުންވެގެންނޭނުން މިކަން މިކުރީ......" ބަޝީރާގެ ދެލޮލަށް ބަލަންއޮވެ ނަސީރު ބުނެލިއިރު އެއަޑުގައި ހުރީ ކަންބޮޑުވުމެވެ. އެހާ ހިސާބަށް އެގުޅުން ގެންދެވުނީ ބަޝީރާވެސް އިންކާރުނުކުރީމައެވެ.

" ދެން ކީއްވެ ރޮނީ..........." ނަސީރުގެ އަނގަމަތީގައި ބަޝީރާގެ އަތްއެޅިއެވެ. އަދި ވާހަކަނުދައްކާށޭ ބުނާފަދައިން ދެފަރާތަށް ބޯހޫރާލިއެވެ.

" އަހަރެންގެ..... ހުރިހާ އެއްޗެއް ނަސީރަށް ހަދިޔާ ކޮށްފިން......." އަނެއްކާވެސް ބަޝީރާގެ އަރުބެދުނެވެ. ވާހަކަދައްކަން އުނދަގޫވިއެވެ. ނަސީރަށް ބަޝީރާ ބުނަން އުޅޭއެއްޗެއް ވިސްނުނެވެ.

" އަހަރެން ދުވަހަކުވެސް ބަޝީރާ ދޫކޮށްނުލާނަން......ވަރަށް އަވަހަށް އަހަރެންގެ އަންބަކަށް ހަދާނަން....." ބަޝީރާގެ ދެލޯ ފޮހެދެމުން ވާޙަކަދެއްކިއެވެ. އަދި ބޮލުގައި ފިރުމާލިއެވެ. އަދި އަނެއް އަތުން ބަޝީރާގެ އަތުގައި ހިފާލިއެވެ.

" ޔަގީންކުރޭ.......އަހަރެން ބަޝީރާ ދޫކޮށްނުލާނަން.........." އެބަސްތަކުން ބަޝީރާ ހިތްހަމަޖެހުނެވެ. ނަސީރު ދުރުގައި އޮތް ބަޝީރާގެ އަންނައުނުތައް ގެނެސްދިނެވެ.
" ވާރެވެސް ހުއްޓާއިފި ހިނގާ އަވަހަށް މިތަނުންދަމާ.........." މީހަކަށް ފެނިދާނެތީ ނަސީރު ކަންބޮޑުވިއެވެ.

ޖެހިގެން އައިދުވަހެވެ. ރޭވެހުނު ވިއްސާރަގެ އަސަރު ފިލާ އަވިދިއްލާލައިފިއެވެ. ވަޔާފޭބިފަތްތައް ހޮވަން ބަޝީރާ އުޅުނީ މަގުމަތީގައެވެ. ކުޑަކުއްޖަކު ފޮނުވާފައި ނަސީރު އެންގީ ބައްދަލުކޮށްލުމަށެވެ. ކުނިމުޅޯށި ހިފައިގެން ބަޝީރާ ދިޔައީ ނަސީރު ބައްދަލުކުރަން ބުނިތަނަށެވެ. ކުނިމުޅޯށި އުކާލަންދިއުމުގެ ބަހާނާގައެވެ. ބަޝިރާ ދިޔައިރު ނަސީރު ދެކޮޅަށް ހިނގާލަ ހިނގާލަހުއްޓެވެ. ހީވަނީ ދެފަޔަށް ހިނިއަރާތި ދުވާހެންނެވެ. ލަސްވެގެން އިރުއިރު ކޮޅާ ގަޑިބަލާލައެވެ. ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރިއިރު ލޮލުގައި އަވިއައިނެއް އަޅައިގެންނެވެ.

ދުރުން ބަޝީރާ ފެނުމުން ނަސީރު ހުއްޓުނެވެ. " އަވަހަށް އާދެބަލަ........." ނަސީރު ބާރަށް ހިނގާފައި ގޮސް ބަޝީރާގެ ކުރިމަތީ ހުއްޓުނެވެ.

" ހަމަ ކުއްލިއަކަށް ފުރަންޖެހިއްޖެ ................." ބަޝީރާއަށް ހުރެވުނުތަންވެސް ނޭގުނެވެ. ކިހިލީގައި ހުރި މުޅޯށި ބިންމައްޗަށް ދޫކޮށްލާފައި ނަސީރުގެ ގައިގާ ބައްދާލެވުނީ އެހަބަރުއަހަން ކުޅަދާނަނުވެގެންނެވެ. އެންމެ ސިކުންތަކަށްވެސް ނަސީރުއާ ވަކިވުމަކީ މިހާރު ބަޝީރާއަށް ކުޅަދާނަކަމެއްނޫނެވެ. ކޯތާފަތްމަތި ތެމުނީ ހޫނުކަރުނައިންނެވެ.

" އަހަރެން އަންނާނަން ހަމަ އެކޮޅުގަ ޖެހިފަ........." ބަޝީރާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ނަސީރު ވީ ވައުދެކެވެ.

" ނުގޮސް ނުވެގެން މިދަނީ ބައްޕަ އޮތީ ހޮސްޕިޓަލްގަ..........." ކޮންމެ ގޮތެއްވިޔަސް ނަސީރަށްޖެހޭނީ ދާށެވެ. ބަޝީރާއަށްވެސް ނުދާށޭ ބުނާކަށް ނުކެރުނެވެ.

" އަހަރެން ވަރަށް ހަނދާންވާނެ.............." ބަޝީރާއަށް ރޮވުނެވެ.

" އަހަރެންވެސް........." ނަސީރުގެ ތުންފަތްޖައްސާލީ ބަޝީރާގެ ނިތުގައެވެ. ވަކިވުމުގެ ސަލާންކުރުމުގެ ގޮތުންނެވެ. އެކުޑަވަގުތުކޮޅަށްވެސް ނިމުން އައީއެވެ.ނަސީރުގެ ދެލޮލުންވެސް ބަޝީރާއަށް ފެނުނީ ދުރަށްދާން ބޭނުންނުވާ ކަމެވެ. އެހެނަސް ނަސީރު ގޮސް ލޮލުކޮޅަށް ގެއްލެންދެން ބަޝީރާ ހުރީ ރޯލަރޯލާއެވެ.

އެނބުރި އަންނާނަންކަމަށް ވައުދުވި ނަސީރު ބަޝީރާ އާ ވަކިވީ މުޅިއުމުރަށެވެ. އެނބުރި ނަސީރެއް ނައެވެ. ބަޝީރާ ވަރަށް އިންތިޒާރުކުރިއެވެ. ކޮންމެދުވަހަކު ދޯންޏެއް ލަފައިތޯ އަތިރީގައި ވެސް އެތަށްވަގުތެއް ހޭދަކުރެއެވެ. އެތަށްއިރަކު އަވީގައި ހިނގާލަ ހިނގާލައި އަތިރިމަތީގައި ހުރެއެވެ. އެހެނަސް މާލެ ދިޔަ ގޮތަށް ނަސީރު ބަޝީރާމަތިން ހަނދާން ނައްތާލީއެވެ. އެހެނަސް ނަސީރު މަތިން ބަޝީރާ ހަނދާންނުކުރާ އެންމެދުވަހަކަށްވެސް އިރުއަރާ ، އިރު ނޯއްސެއެވެ.

މާޔޫސްވެފައި ބަޝީރާ ހުއްޓާ އޭނާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަކަމުގެ އިހްސާސް އޭނާއަށް ކުރެވެންފެށިއެވެ. އެހެނަސް ފުރަތަމަ ހީކުރީ ކެއުމާއި ދުރުވުމުން ވާގޮތްތަކެއް ކަމަށެވެ. ހުރިހާކަމެއް ބަދަލުވީ ބަޝިރާ ހޮޑުލާންފެށީމައެވެ. އެންމެރެއަކު ހޯދާލި ވަގުތީ އުފަލެއްގެ ހިތި މުޅިއުމުރުކުރަން ޖެހުނީއެވެ. ނަހަލާލަށް ބަލިވެއިނީއެވެ. މަންމަޔާ ބައްޕަ ރަށުމީހުން ކުރިމަތީ އިސްޖަހާލަން ޖެހުނީއެވެ. ބަޝީރާގެ މަންމަ ނިޔާވީ އެހިތާމަޔަށް ކެތްނުކުރެވިގެންނެވެ.

ނަސީރުމަތިން ބަޝީރާއަށް ހަނދާން ނައްތާލެވޭނެ އެއްގޮތެއްވެސް ނެތެވެ. ކުރިން ލޯބިވިޔަސް ފަހުން ބަޝީރާ ނަސީރަށް ނަފްރަތުކުރިއެވެ. ބަނޑުބޮޑުވީ އޭނާއެވެ. އެންމެން ކުށްވެރިކުރީ އޭނާއެވެ. މީހުންގެ މަލާމާތްވެސް ލިބުނީ ހަމަ އޭނާއަށެވެ. އެކަމުން ނަސީރު ފިލީއެވެ. ލޯބިވެޔޭ ކިޔާ އޮޅުވާލީއެވެ. ބަޝީރާ ޒުވާންކަމުގެ ފައިދާ ނެގީއެވެ.

އަޑު ބޭރުވެދާނެތީ ބަޝީރާ އަނގަމަތީގައި އަތްއެޅިއެވެ. ނަސީރު ފެނުމުން އެކުރެވުނި އިހްސާސްތަށް ބުނެދޭކަށްވެސް ބަޝީރާއަކަށް ނެގުނެވެ. އެންމެ ކަންބޮޑުވީ ލައިބާ އެއީ އޭނަގެ ކުއްޖެއްކަން އެނގިދާނެތީއެވެ. ލައިބާގެ ބައްޕަޔަކީ ނަސީރުކަން އެނގޭކަން ބަޝީރާ ބޭނުމެއްނޫނެވެ. ބޮލުގައި ރިހޭވަރުން ބަޝީރާ ސޯފާގެ ލައްގަންނަ ބައިގައި ބޯޖައްސާލިއެވެ. ކުޝަން އެއް ގަޔާލައި ފިއްތާލިއިރު ހިތްވެސް ހީވީ ހިތިގެން ކުދިކުދިވެދާނެހެންނެވެ. ދިރިއުޅުމުގައި ދިމާވި ކޮންމެކަމަކާއިވެސް ކުރިމަތިލަމުން ބަޝީރާއައީ ނިކަން ހިތްވަރާއެކުއެވެ. އެހެނަސް ނަސީރު ފެނުމުން ބަޝީރާގެ ހިތްވަރު އެލިއްޖެއެވެ. ހިތުގައި އުތުރިގަތީ ރުޅިވެރިކަމެވެ. ނަފްރަތެވެ. އެތަށް ހިތާމަޔެއް ތަހައްމަލުކުރުމަށްފަހު މިއަދު ބަޝީރާއަށް ނަސީރުދެކެ ރުޅި އައުން ހައްޤެވެ.

******

އާދިލާ ކޮޓަރިން ނިކުތީ ނަސީރުގެ އައިނު ހިފައިގެންނެވެ. ނަސީރު ކައިރީ މޭޒުމަތީގައި އައިނު ބޭއްވުމަށްފަހު އޭނާ އަވަސްވީ ތަށިތަކުގައި ޖަހާފައިވާ މަތިތައް ނެގުމަށެވެ.

" ކޮބާ މަންމަ ދިޔައީތަ ؟ " ބަޝީރާ ފެންނަން ނެތުމުން އާދިލާ އަހާލިއެވެ.

" ހޫމް........ ފާހާނާޔަކަށް ދާންވެގެން........." އާދިލާ އިތުރު ސުވާލެއް ކޮށްދާނެތީ ލައިބާ ދިނީ ދެން އެކަމާ ސުވާލެއް ނުކުރާނޭ ކަހަލަ ޖަވާބެކެވެ.

ލައިބާގެ އަޑުޖެހިފައި ނަސީރު ހަނދާންވީ އެތަނުގައި މީހަކު އިންކަމެވެ. އައިނުނަގާ ފޮހެލުމަށްފަހު ލޮލުގައި އަޅާލިއެވެ. އަދި އެނބުރި ލައިބާ އާ ދިމާލަށްބަލާލިއެވެ. އެވަގުތު އެމޫނުމަތިން ފެނުނީ ސިހުމެވެ. ބިރުވެރިކަމެވެ. ކަންބޮޑުވެފައި އާދިލާގެ މޫނަށްބަލާލިއެވެ.

" އެނގޭތަ މީއިނީ ކޮންކުއްޖެއްކަން............." އާދިލާ ވާހަކަދެއްކީ ހިނިއައިސް ހުރެއެވެ.

" މީ އަހަރެމެންގޭ ކުއްޖެކޭ ހަމަ......" އެނބުރި ލައިބާ ކައިރިއަށް އަންނަމުން އާދިލާ ވާޙަކަދެއްކިއެވެ. ލައިބާވެސް ހިނިތުންވެލައިގެން އެދެމީހުންނަށް ބަލަހައްޓައިގެން އިނެވެ. ލައިބާގެ މޫނުން ނަޒަރު ވަކިކޮށްނުލާ ނަސީރުއިނެވެ. ދެލޮލާއި ހިނިތުންވުންވެސް ނަސީރަށް މީހަކު ހަނދާންކޮށްދޭފަދައެވެ. ލައިބާގެ ފަށުވިކޮޅެއްފަދަ އިސްތަށިގަނޑުންވެސް ނަސީރަށް ހަނދާންކޮށްދެނީ ހަމަ އެންމެ މީހެކެވެ.އެއީ.......

~ ނުނިމޭ ~

  1. Avatar

    ހޫން ދެން ބޭކާރު ވާހަކަ ނުދަށްކާ ލައިބާ ނަވީން އަދި ޖޫލީގެ ސްޓޯރީ ގެނެސްބަލަ.ކިތެއް ހަފްތާ މިވީ އެމީހުންގެ ބައެއް ނާންނަތާ.

    20
    5
  2. Avatar

    aisa bunee hama rangalhu vahaka eh. kihaa dhuvaheh vejje inthixaaru kuraathaa ves. maa beykaaru vahaka mibaiga gina. beynun vany laiba ge bai bodah annan. adhives nuvihaatha

    17
    2
    1. Avatar

      Aisha and faathun ulhey laibaa vihsan
      Aandhen shukuru.veriyeh nuvanyaaaa dho vaahaka bunaa dhuvahu upvefa inas …..konmes echeh kiyan vaaneh kaleymen eh part ga nuliyeh vehnun hurihaa meehunge baeh kurin part ga sajaage vaahaka ovehgen ves other beykaaru vefa

      6
      17
  3. Avatar

    ޥަޜަށްރީތި މިބައިވެސް. ކުރިއަށްހުރިބައިތަކަށް އިންތިޒާރުކުރަން… ވާހަކަކިޔާބައެއްމީހުން އުޅޭގޮތުން އަސްލުވެސް ދެރަވޭ….މީމިހާރަކަށްއައިސް ވަރަށްގިނަސައިޓްތަކުގެ ވާހަކަކިޔާމީހުން އުޅޭގޮތް..

    15
    12
  4. Avatar

    މިހާރު ލައިބާ ވިހަންވެފަ އިންނާނީ.މެއި 29 2018 ގެ އެޕިސޯޑްގަ ލައި ޕްރެގްކަން އެނގުނީ.މަރިޔަމް، މިމަހު ލައި ވިއްސައްޗޭ ކޮންމެސް.އެހެން ނޫނީ ދަރިމާ ބޮޑުވެދާނެ.މިއަންނަ މަހު 10 މަސް ވާނެ.މިކަމާ ވިސްނާ ލައްޗޭ މަރީ.

    23
    1
  5. Avatar

    މަރީ މިވާހަައަށް ޑްރާމާ ސީރީސް އެއް ހަދަންވީނު.ވަރަށް ހިނގާނެ ހެން ހީވޭ. ނަހުލާގެ ވާހަކަތަކަކަށް ދުލެއް ނުކުރޭ މިވާހަކަ..އަސްލު ތިހާގިނަ މީހުންގެ ސްޓޯރީ އެއް ވާހަކަ އަކުން ގެނައިމަ ހަނދާން ނެތޭ ކުރީގެ ބައިމަތިން..ސޯ މިވާހަަކަ ބޯޑަށް ބަތަލް އަދި ބަތަލާ އަށް ފޯކަސް ކުރިއްޔާ މާ ރީތިވާނެހެން ހީވޭ..މީހަމަ ހިޔާލެއް..

    10
    15
  6. Avatar

    Nimifa oiy vaahaka eh upload kuran ehaa time nagaabaaey suvaalaky…
    Heevany ethah dhuvahakah fahuves feshy nunime hen..n baeh kiyuntherin bunaahen vaahaka kuriah gendhan
    neygigen kahneyge eulheny.
    2019 nimumuge kurin laibaa vihaanebaa….

    1. Avatar

      Nimifiayey? Konthaaku nunimey… ninifa nama eyna ge ithubaaru hifahahttan ves eyna bu aa dhuvas dhuvahu upkuraane nun… E ulhenee hama kanthahthah falhaa aruvaane gotheh naygigen… Basheera aa Naseer ah ves dhen hadhan V goiyy hama naygigen Mariyanbu E ulhenee… Aslu meenage idea varah thanavas… ekam E idea ah full story liyaakah naygay… dhen faadu faadu ge haasaru dhamaigen ehchakah nuvaa ehcheh liyegen vaahaka dhanmaneee… baykaaru haasaru bes ehaa gina… meege kurin ves Basheera ge past 2 faharah genai mihaa detail nukoh ves… .. adhi Naseer ge hiyaalee dhuniye thoahcheh dhen anna part akun kiyan libeynee ves… Dhen hadhane gotheh nayguneema nihaayathah maafah edhemun busy schedule ekey kiyaane… Mivaruge ithubaaru neiyy meehakaa hayaathuga ves dhimaa nuvey… Meeheh viyyaa gotheh ves hunnaane… Ithuvaaru hifahahttan masaiyykairmyves kuraane.. Ekam meena mee dhen eyge ves hahdhufahana alhaafa… Umurah Vahssalaam

    1. Avatar

      މިދެން ފުކެއް ބޮޑުވަރު. ހަފުތާޔަކު އެޕިސޯޑެއް އަޕްނުކުރެވޭ! ދުވާލު ތިން އިރު ވާހަކަ އަޕްވޭތޯ ބަލަން ޖެހޭ. ކޮންމެސް އުސޫލަކުން މިކަންވެސް ކުރަން ވެއްޖެއެއްނު. ނަމެއްގައި ވާހަކަ އެއް ދެއަހަރު ވަންދެން ލޔުނީމޭ ބުނަން ދޯ ދަންމަ ދަންމާ. އާން އެހެންޏާ މީހުން ވާހަކަ ލިޔާތީ ލިޔަން ޖެހޭ. ލިޔާނެ ގޮތެއް ނޭންގިއްޖެއްޔާ އެންމެން މަރާފަ ވަޅުލައިފަ ވާހަކަ ނިންމަބަލަ. ވަރަގަދަ ކަމެކޭ މީ ސަހާދެއް

      11
  7. Avatar

    އައި އޭމް ސޮރީ މަރީ ބަޓް އައި ހޭވްޓު ސޭދިސް ކޯޒް ދިސް އިޒް ޖަސްޓް ޓޫމަޗް..ދެން މަށަށް ވެސް ޕޮސިޓިވް ވެވޭނީ ވަކިވަރަކަށް ، ހަމަ އިތުބާރު ނުހިފޭ މީހެއްތީ.ބުނާ ބަހާ އަމަލާ ދިމާ ނުވޭ..ވާހަކަ ރީތި އެކަމަކު އަޕްކުރާ ނަމޭ ކިޔާފަ ބުނާ ދުވަހަށް ނުުކުރީމަ ކަޑަ ތީތި.ދުވާލަކު އެތަށް ފަހަރަކު އެބަބަލަން އަޕް ކުރޭތޯ..އަހަތެމެންގެ ޓައިމް ވޭސްޓް ވަނީ..ދުވަހަށް އަޕްނުކުރެވެންޏާ ނުވާވާހަކަ އާއިި ދެން އަޕް ކުރެވޭނެ ދުވަހެއް ބުނެލާނަމަ ކޮމެންޓް އަކުން ވިޔަސް އޭރުން އަހަރުމެން ނުޖެހޭނެ ކޮންމެ ދުވަހަކު ބަލާކަށް..

    14
  8. Avatar

    Nihaayathah Maafah edhen, varah balikoh ahi ehaame busy koh miulheneee

    Haadha miss vaa words thakekey meee… Mariyanbu dhen mihen bune avahah comment eh kohllaba

    12
  9. Avatar

    Nihaayathah Maafah edhen, varah balikoh ahi ehaame busy koh miulheneee

    Haadha miss vaa words thakekey meee… Mariyanbu dhen mihen bune avahah comment eh kohllaba

    11
  10. Avatar

    Mariyanbu mikamun ISTHIUFAA dhey dhuvahakah eba vvv inthizaaeu kurevey.. Adhi meena othuru vaahaka eh liyan feshi namaves mihaaru meenage vaahaka thah kiyamundhaa kiyuntheringe 50% meehun ves aa vaahaka nukiyaane kamuge 100% guarantee dhen

    15
  11. Avatar

    Site ge Isverinnah,
    Vedhun Salaam
    Mihaa ithubaaru neiyy liyuntherinnah vaahaka nuliyevey gotheh hahdhavai dhevvan vee noon thoa… Meehun busy ves vaane vvvvvvv busy ves vaane adhi bali ves vaane… Ekam mee mi liyuntheeiyaage aammu kamakah vefa, abadhuves bahaa amalu dhimaa nuve adhi kiyuntherin abadhu ves dhigu inthizaareh kuran jehi mi liyuntheriyaa aaa medhu negetive comments ehen liyuntherinnaa alhaa balaa iru maa bodah ves ithuru vefai vaathee mihen bunelan mi jehunee
    Konmes javaabeh libeyne kamah ummedhu kuran
    Salaam

    -Negetive Commenters-

    17
  12. Avatar

    ސާބަސް ސާބަސް ސާބަސް ހަމަ މަރިޔަނބަށް.. މިއީ އެތައް ފަހަރަކު ބްރޭކް ނަގައިގެން އެއްކޮށް ލިޔެ ނިންމި ވާހަކަ.. މިނޫން ވަރެއް ދުވަހަކުވެސް ނުވޭ.. މަރިޔަނބު ވާހަކަ ލިޔުން ހުއްޓާލަން އުޅޭ.. ކަލެއަކަށް މިކަމެއް ނުވިއެއްނު

    11
    1
  13. Avatar

    Thigothah meehun ge hihvaru eley gothah mithaa comment kuraa meehunah vedhun salaam…kaleymen meehakah vaahaka eh liyan jehuneema ingeynee e kihaa burakameh kan… hama keyboard ga ai laa irah liyevenee eh nooney… dhuniye ah mashooru liyuntherin ves eba huri 3 4 aharu nagaafa vaahaka liye ninman… gina dhivehin meehakah bavan vejje tha hama ehvana… hih vareh nudheythaa anga madukohgen thiben ves neyge… thivarah bava bavaafa ves nukiyaanamey gova govaafa ves yageeney hama kiyaaney update kuraa irah ??..

    4
    14
  14. Avatar

    Vaahakaige asaru filaa ehaa ginadhuvas kohfa kiyan libeythee… unmeedhu kuran mary rangalhuvyha avahakah mi veythuvi dhuvas thakah vaavarah episode upload kohdeybe kamah.. mary ah avas shifa akah edhen . ♥
    Adhi dhen vaahaka genesdhevey dhuvaheh angaaladhyfiya v rangalhu …

    1. Avatar

      Bandah 18 mas vaa iruves Lai ah viheyne hen hieh nuvey… 3 vana breal thoahcheh mihaafu nagaigen E ulheneee… Ehen V ma 4 months vaane kamah mi beleveny mifaharu

  15. Avatar

    Break megiyas boduvaru koyaa nuvanyaa nuvaaneyeyves buneema kiyuntherinnah engeynee minoon kamakaa ulhen. Mashah fennanee mary thi vaahaka liyun noon rashutherein konmeves ehenkamakaa vegen ulhun

    Ehcheh nubunan huttas buneveyne
    Actually i wanna say that you’re not trustworthy

    10
  16. Avatar

    Kobaa hey kobaa hey mi vaahaka liyaa ithubaaru nuhifey mariyam hussain. Vaahaka dhen up vaany meege 2 varakah aharu fahun kanneyge. Mi vaahaka liyun huhtaalaafa rangalhu vaane knme vs ge eh kuni kahan dhiyayas. Huvaa mibuni foohin halaku vaavaru vey mi mary akaaa hadhaagen. Laibaa dhuvas furey iru ves nuviha bahahta. Naveen bust kohlan neygunihyaaves bunelaagen ulhuny ma dhw help eh vs dheveyny?

  17. Avatar

    ފަށުވިކޮޅެއްފަދަ އިސްތަށިގަނޑުންވެސް ނަސީރަށް ހަނދާންކޮށްދެނީ ހަމަ އެންމެ މީހެކެވެ.އެއީ…….
    Eyee Mariyam Hussain eve… Mi nimumeh kolheh medheh naygey vaahaka liyuntheriyaa eve… Naseer ge bai ves bust kohllaane gotheh naygigen eynaa vaahaka up nukiraathaa 2 hafthaa varu vehjje eve… Mikamaa. Enme kanbodu vanee Naseer ge anhenun Aadhilaa eve… Mi vaahaka kiyuntherin mikamaa hiyhama nujrhun faalhu kuraa minvarunneve… Ethanugai isheendhe in Laiba ves inee bodu fikureh ga eve.. Eynaa 2018 May mahuge fahukolhu preg vee gothah mihaaru 9 mas furi 10 mahah laigaiy iru ves E ulhey Mariyam Hussain eyna vihssan noolhumunn ekamuge fikuruga eve. Enmen ekugai mi fikurugai thihbaa dhen E thanah heevee bomeh vahttaali henneve.. Aadhe Naveen Jooly govaigen E geyahbais vanee eve.

    -Nunimey-

    17
  18. Avatar

    Gaimu mee ehkkoh liye ninmaafa oi vaahaka ehkey mariyanbu buni, ehen v ru vaahaka upload vaan onna dhuvahu las nukoh publish kuran fonuvan v nu, eyrun kiyuntheringe mi haasaruthah adu ahaakah nuheheyne.

    10
    1
  19. Avatar

    މަރިޔަމް މީދެން ކިހާ ބޮޑު ކަމެއް..ދެން ނުލިޔެވެންޏާ ވާހަކަ ނިންމާ ލަބަ..އެންމެން މަރާފަ ވިޔަސް..

    17
  20. Avatar

    Kitha burah break nagaigen tha Mariyanbu kaleyah mikan vaaneee… Nuvithaakah javaabeh ves dheneekee noon… konme faharaku break naga nagaafa ais buneee dhen vaahaka upvaanee miveni dhuvasthakekey kiyaafa hus dhogu hadhaane… Mariyanbu varuge meehaku mi garunuga ves nudheken… Vahsalaam Mariyanbaaa… … Enme enme enme enme enme enme enme enme enme dhogu hadhaa liyuntheriyaa

    12
  21. Avatar

    Magey hithah araa mariyanba gulheyne no eh noonee mariyanbu thee kaaku kan mashah engeyne nama ey, eyrah personally bahdhalu kohllaafa vaahaka nunimi oi bai hoadhaanan.

  22. Avatar

    Laibaa ves adhi joolyves naveen aa vakivaanee… dhemeehunnahves olhuvaaly…naseeruge hagygai engumun laibaa mammaves maafukoh nasyru aa gulheynee… enmen nahves ekaku anekehge hagygai ingi vakivaan beynun nuvumun mivaahakaiga evaa neydhemey vakivumeh haadhahaa loabivey… mi series nimuny. …. kiyuntherin adhi faaduky ehmen nah v bodah shukuriyya

  23. Avatar

    Mariyanbu kalry mikan kuraanan tha? Jehssumah tha nukuran thi huree? Kudaminun javaabeh ves dheneekee noon… kiyuntherinnah javaabeh dhaynehaa vaguthu kolheh ves neiyy haa busy dhoa… Ekamu dhen thee boduvaru Mariyanbu… Vaahaka ninmaane gogheh naygihjjeyya 58 vana bai jahaafa enmen maruvehjje mihen kiyaafa viyas vaahaka ninmmaalaba… eyrah aharun nuthibeynan mihen ehchrhi kiyaala kiyaala

  24. Avatar

    އެގޮލާ މީހުން އަނގަ ގޮއްވާ ސަމާލުކަން ހޯދަންވެގެން އަޕްނުކޮށް އެހެރީ…ބޮޑާ މަރިޔަނބު..ބަލާއެކޭ

  25. Avatar

    mi dhen kiha dhera vejje kameh.. 3 haftha vee vaahaka nugenesdheytha.. mariyanbu isthiufa dheefa ekan iulaan kurey avahah.. adhi comment akah reply eh ves koh nuvaane garuneh ha dhigudhemigen dhiyas.. bodu varu dhen mee

  26. Avatar

    Hurihaa kiyuntherinnah
    Maadhamaa comment wh ge sifaiga alhugandu vaahakaige baakee bai upkohdheyn fashaanan… mikamaa alhugandu mi havaal vee Mariyanbah mikan dhen vaane hen hee nuvaatheee… Ummedhu kuranee alhugandah mikamuga konmmes ehbaarulumeh libeyne kamah.
    Shukuriyya

    11
    1
  27. Avatar

    މި ކޮމެންޓް މީ ކުރު ވާހަކަ އެއް ގޮތުގައި އަޅުގަނޑުގެ ހަޔާތުގަ ދިމާވި އެންމެ ހިތާމަވެރި ޙާދިސާ ކިޔުންތެރިންނަށް ހިއްސާ ކޮށް ޢިބުރަތެއް ގޮތުގައި ލިޔެލާ ކޮމެންޓެކެވެ.

    އަޅުގަނޑުގެ މަންމައަކީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. ޙެޔޮލަފާ ދީންވެރި ނަމޫނާ އެފަދަ ދެވަނަ އެއް ނެތްފަދަ މަންމައެކެވެ. އަޅުގަނޑަކީ އެ މަންމަގެ ބަލި ޙަލަތު އެންމެ ގާތުން ބަލަމުން އައި މަންމަގެ އެންމެ ހަގު ދަރިއެވެ. ތިޔަ ކިޔުންތެރިންނާ މި ހިއްސާ ކޮށްލަނީ އެ މަންމަ ގެ އެންމެ ފަހު ދުވަހު އަހަންނަށް ކަންތަށް ކުރެވުނު ހިއްދަތި ގޮތުގެ ވާހަކަ އެވެ.

    އެއީ ހުކުރު ދުވަހެކެވެ، އަހަރެން ހެނދުނު ނިދާ ހޭލާ އެނދުން ނުތެދުވެ އޮތީ ފޯނުން ފިލުމެއް ބަލާށެވެ. ހެޑްސެޓް ވެސް ޖަހާގެނެވެ. އަހަންނަށް އަހަރެންގެ މަންމަގެ ކުކުރުމުގެ އަޑު އިވޭހެން ހީވިއެވެ. އަހަރެން ފަސް އެނބުރި މަންމަގެ އެނދަށް ބަލާލި އިރު އެ މަންމަ އިނީ ބަނޑުގަ އަތް އުނގުޅާލަ އުނގުޅާލަ އިށީދެނގެންނެވެ.. ބަނޑުގަ ރިއްސާތީވެއެވެ. ﷲ ގަންދީ ހުވާ ކޮށްފަ ބުނަމެވެ. އެހެންޔާ މަންމަގެ ކަންކަމުގަ ފަރުވާ ކުޑަ ނުކުރާ ވަރަށް އަހަންނަށް އެވަގުތު ފަރުވާ ކުޑަ ކުރެވުނެވެ. މަންމަގެ އެވޭނި އަޑަށް މާބޮޑު ސަމާލުކަމެއް ނުދެވި ފިލްމް ބަލަން އޮވެވުނެވެ.

    މަންމަ ހޮސްޕިޓަލަށް ގެންދެވުނެވެ. މާ ގަދަޔަށް ބަނޑުގަ ރިއްސާ ތީވެއެވެ.

    އެދުހުގެ މެންދުރު ފަހު އަހަރެން ޑިއުޓީ އަށް ނުކުތީމެވެ. މަންމަ ވޭން އަޅާ ޙަާލު އެމެޖެންސީ ރޫމްގަ އޮށްވަ އެވެ. މިވާހަކަ މިއަދު ތިޔަ ކިޔުންތެރިންނާ ހިއްސާ ކުރާއިރު ހިތް ފަޅާއިގެން ދާވަރު އެބަވެއެވެ.

    އެދުހު އަސުރު ވަޤުތު މަންމަ ގެ އަށް ދޫ ކޮށްލިއެވެ. ދެވެން ހުރި ހުރިހާ ފަރުވާ އެއްދީވެސް ތަދު ނުދިޔުމުން މާލެ ގެންދަން ބުންޔެވެ. އަކަމަކު އެކަމަށް އިސްނަގާ މަންމަ މާލެ އަށް ގެންދާނެ މީހަކުވެސް ނެތީއެވެ. އަހަރެން އެރޭ ޑިއުޓީ ގަ ހުއްޓާ އަހަންނަށް ލިބުނީ އަހަރެން އަޑު އަހަން ބޭނުން ވި ވާހަކަ އެއް ނޫނެވެ. އަހަރެންނަށް ހޮސްޕިޓަލަށް ދެވުނީ ކިހިނެއް ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ.

    މަންމަ އެވަނީ އަހަރެންނާ ތާ އަބަދަށް ވަކިވެފައެވެ. މަންމަގެ ބަލީގެ ކަންކަން ބަލަމުން ދިޔަ އަހަރެންގެ އެއްވެސް އެހީ އެއް ނުލިބި ފަރުވާ ކުޑަކުރެވުނީއެވެ. ޑރ ދެންނެވީ މަންމަގެ ބަނޑަށް ކެންސާ ސެލްސް ސްޕްރެޑް ވެފާ ވާކަމަށެވެ.

    މިއަދާ ހަމަޔަށްވެސް އަހަރެން މި އަންނަނީ އަހަންނަށް ކަންތަށް ކުރެވުނު ގޮތަށް ހިތާމަ ކޮއް މަންމަގެ މާފު އަހަންނަށް ލިބޭނެ ކަމުގެ އުއްމީދު ކުރަމުންނެވެ. އެމަންމަ ގެ ލޯބި ނުލިބި އަހަރެން ވޭތު ކުރަމުން މިދަނީ ހިތްދަތި ދުވަސް ތަކެކެވެ. މިއަދު އަހަރެންގެ މަންމަ އަށް އަހަރެން ކުރަމުން މިދާ ދުޢާ އަދި މަންމަގެ މައްޗަށްަ ކުރަމުން އަންނަ ސަދަޤާތް އަހަރެން ހުއްޓައެއް ނުލާނަމެވެ. އިންޝާ ﷲ

    ކިޔުންތެރިންނެވެ. މަންމަ އަށް ހެޔޮކޮށް ހިތާށެވެ. އެމަންމަ ނެތުމުން ކުރާ އަސަރު މީ ދުލުން ބަޔާން ކޮށްދެވޭނެ އަސަރެއް ނޫނެވެ.

    23
  28. Avatar

    Mi vaahaka kiyan fesheetha mivee 2 aharu kannege.. adhives mi vaahaka nimeykah nuvey.. nimeynee kiyaa hiyvva gothha liyegen kannege. 1 episode liyefa 1 aharu kohffa aneh episode mi liyevenee.. just wasting time on this person .

  29. Avatar

    މަކައިރީ މަރީގެ ފްރެންޑެއް ބުނީ ދެން ވާހަކަ ކޮންޓިނިއު ކުރާނީ ރޯދަމަހުއޭ މަރީ ބުންޏޯ..

    13
    1. Avatar

      Roadha mahu dhivehin ge enme aammu kamakee badhige dhoshuga ulhumaa alhukamah vaguthu dhinun… Dhen E manje kon vagutheh baa mikamah hus kuraaneee…

      10
  30. Avatar

    Mari anbu… Dhen kaley ais nihaayathah mashah eshemey battery busy ey kiyaa gabooleh nukuraanan… mahakah vure gina dhuvas vee iru kudaminun kiyuntherin reply eh kohllaanan varu kale akah nuvi… break negumun PHD dhekey varu vey kale ah

  31. Avatar

    މަރީ އެހުރީ ވަރަށް ދެރަވެފަ މި ކޮމެންޓްސް ކިޔާފަ..އެހެންވެ ލިޔާ ހިތް ނުވެފަ އެހުރީ.އައި ތންކް ޝީ ނީޑްސް އަވާ ސަޕޯޓް ޓު ކޮންޓިނިއު..މަރީ ޕްލީސް ކޮންޓިނިއު ދިސް.. ވީ އާ އީގާލީ ވެއިޓިން ފޯ ދި ނެކްސްޓް ޕާޓް.

    3
    17
    1. Avatar

      Dhera vaakah nunehey ne dhoa vaa goiyy angaalaigrn ulheynama… kudaminun comment akun bodu kameh dhimaa vegenney bunelaafa innama ves mihaa gina negetive comments naannaane… mikamah visnaalun rangalhu…

      11
      1
  32. Avatar

    ދުވާލަކު ތިން ފޮޅުވަތް ލިޔެލިނަމަވެސް މިހާރު އެއްބައި ލިޔެ، އަޕްލޯޑު ކުރެވޭވަރުވީސް ދޯ؟ ކިޔުންތެރިން ވަރަށް ޝައުޤުވެރިވާ ވާހަކައެއް. އެކަމަކު މިގޮތަށް ކަންތައްކުރާތީ ވަރަށް ދެރަ. ދެން އޮތްބައި އަވަހަށް ގެނެސްދޭނެކަމަށް އުންމީދުކުރަން. މިހާރު ކުރީގެ ބައިތައް ހަނދާންނެތޭވަރު ވެއްޖެ.

    14
  33. Avatar

    Miyy dhen bodu varu kannyge 1 mass vegen dhaairu vaahaka up nukoh dhevey sababu buneledhin nama miyy mi gothah ekaku vex comment nukuraane dhw aharemen vex qabool kuran inshaanun viyyma kameh dhimaa vedhaane kan ekam miyy dhen hahdhun kataa varu dhw mashakah hiyehnuvey roadha mass kihkuran hajju mass anna iru vex vaane hen comment kohfa hunna gothun dherave hithaama kuranyaa ehme kuda minun SABABU bunela dheyshey evaru vaane kannyge dhw burakoh nulhunass weekend libeyne kannyge ehen bunelan break naganiyy vex hadhun nahtaavarah anehka huwaa mi buny mi hiyy varu vazeefa eh hen mahu dhe kolhu break nagan molhu than kolhaky genna dhuvasd thah badhalu koh gen vess vaakameh haraaan mashah heevany aslu mi manje beynumyy kohme ayaraku vex ehme molhu or ehme gina kiyun therin keyy nuvatha beli vaanaka ah mi stry vaahen dhen vaahaka ge namun vex e bunany thaa dhw konme gothakah visayy vaki nuvaashey ehmen vex bunaashey mi vaahaka vvvvv loabey dhrn ehme molhu gothaky e meehakah fenna shalhi gothakah ninmaalun

  34. Avatar

    Kondhuvahakuntho vaahaka update vaanee. Inthizaaru kurumakee insaanunnah varah undhagoo kamehkan liyuntheriyaa ah ves ingeyne. So kiyuntherin foohinukuruvaa avahah update kohdhinun edhen. E ee thibeyfulha ah ves libey kuri erumeh.gina kiyuntheringe loabi libeynee loabi dheegen. unmeedhu kuran huriha episode eh ves avahah kiyaalan libeyne
    ?kamah. Salaam

    4
    1
  35. Avatar

    މަށަށް ހެޔޮ ދެން ހެޔޮ މިވާހަކަ ލިޔުނަސް ނުލިޔުނަސް..ވަރަން އިންތިޒާރުކުރިން އެކަމަކު މިހާރު އުންމީދު ކަނޑާ ލައިފިން..މީގެފަހުން ދެން ނުބަލާނަން މިވާހަކަ އަޕްކުރޭތޯ އެއް..ވަރަށް ސަލާމް މަަރިއަނބޫ..

  36. Avatar

    Kiyuntherin ge ihsaas thakah ihuthiraamu nukura liyuntherin ge login cancel kohllan feney… eyrun mi liyuntheriyaage namuga kiyuntherin lavva mihaa dhigu inthizaareh kuruvaakah nujeheyne noontho… mikama vaahaka.com in visnaane kamah unmeedhu kuran… kiyuntherin nah vaahaka aaigen liyuntheriyaa ah kuriyah nudhevey magboolu uzureh nudhekki vaki dhuvahakah vure ginadhuvasvaa liyuntherin nah dhen mi page ga liyumuge furusathu nudhemaatho… mivaahaka ah ehkifaharu mathin varah dhigu inthizaareh kurevijje… mivaahaka liyuvvaa liyuntheriyaa akee ehves varakah kiyuntherin ge ihsaasthakah ihthiraam kuravvaa beyfulheh kamakah nufeney

    11
  37. Avatar

    Mi Mariyam mibaaru liyanee kuru vaahaka. E ves Eydhafushi.com ah. Dhen mi site in meena ah fiyavalheh alhan vehjje eh nun. Mi site ah kuda minu. khabareh ves vaneekee nun. Mivaruge faruvaa kuda anhenaku dhuvahaku dhimaa nuvay. Mariyam kaley mikamun isthiufaa dhee.

ޚިޔާލު ފޮނުއްވާ