Views: 12052 179

" ޔަގީންތަ ޖޫލީއަށް ހަމަ ލޯބިދެވޭނެތަ ..........."
" ހޫމް މަށަށް އިތުބާރުކޮށްބަލަ............." ނަވީންގެ ދެއަތްތިލާގައި ހިފާ ބާރުކޮށްލަމުން ޖޫލީ ހިނިތުންވެލިއެވެ.
" ޖޫލީގެ ތި ހުވަފެން ހަގީގަތަކަށްވާންދެން މާގިނަދުވަހެއް ނުނަގާ ވީއުފަލުން ޖޫލީ ނަވީންގެ މޭގައި މޫނު ފޮރުވާލިއެވެ. ނަވީން ޖޫލީގެ ގައިގާ ބައްދާލިއިރު އެމޫނުމަތިން ފާޅުވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.
ދޮރުގައި ޓަކިޖަހާލީ އެވަގުތުއެވެ. ނަވީންގެ މޫނަށް ޖޫލީ ބަލާލިއެވެ. އެގަޑީގައި ދޮރުގައި ޖަހާނީ ކާކުބާއޭ ހީކުރަމުންނެވެ. ރޭގަނޑުގެ ލަސްގަޑިއަކަށްވެސް ވީމައެވެ. ނަވީނަށްވެސް ބަލާލެވުނީ ޖޫލީއަށެވެ. ދެން ބަލާލެވުނީ ގަޑިއަށެވެ. އަބަދުވެސް ކަންކަމާ ސިހި ސިހިހުންނަ ނަވީން ކަންބޮޑުވިއެވެ.
" ނަވީން...........ނަވީން" ނިޒާރުގެ އަޑު އިވުނެވެ. ޓަކިޖަހާޖަހާ ހަބަރެއް ނުވުމުން ވަރަށް ބާރަށް ގޮވާލިއެވެ.
" ބައްޕަ އަނެއްކާ ކިހިނެތްވީބާ؟ " ނަވީން އަވަސްއަވަހަށް ގޮސް ދޮރުން ބޭރަށް ބޯކޮށްޕާލިއެވެ.
" ބައްޕާ ! ކިހިނެތްވީ؟" ނިޒާރު ހުރީ ނިދަން ލައިޓީޝާޓާއި މުންޑުގައެވެ.
" ބައްޕަ ވާހަކައެއް ދައްކާލަންވެގެން ..........." ނިޒާރު ބުނެލިއެވެ.
" އަހަރެން އެބަދަން...." ނިޒާރު ހިނގައިގަތުމުން ނަވީން ކޮޓަރިއަށްވަނެވެ.
" ކަމެއް ގޯސްވީތަ؟" ޖޫލީ ކަންބޮޑުވެފައި އެހިއެވެ. ނޫނެކޭ ބުނަމުން ނަވީން ޓީޝާޓެއް ބޮލުން ވައްޓާލިއެވެ.
ނަވީން ނިކުތްއިރު ނިޒާރު ހުރީ ދެކޮޅަށް ހިނގާލަ ހިނގާލަ ސިޓިންގރޫމްގައެވެ. އަތުގެ އިނގިލިތަކާ ކުޅެމުން ދެކޮޅަށް ހިނގަމުން ދިޔައިރު އޭނާ ކޮންމެވެސް ކަމަކާ ފިކުރުކުރާ ކަހަލައެވެ.
" ކިހިނެތްވީ ބައްޕާ " ނިޒާރުގެ ހަރަކާތްތަކަށް ބަލަން އިރުކޮޅަކު ހުރެފައި ނަވީން ބުނެލިއެވެ. ފިހާރާގެ ކަމެއްވިޔަސް މުވައްޒަފެއްގެ ކަމެއް ވިޔަސް ނިޒާރު އެކަން ހިއްސާކުރާނީ އެންމެ ފުރަތަމަ ނަވީނާއެވެ. ނަވީން ހީކުރީ މިފަހަރުވެސް އެކަހަލަ ކަމެއް ކަމަށެވެ. ނިޒާރު ހިންގުން މަޑުޖައްސާލިއެވެ.
" ލައިބާ މަންމައަށް ހަވީރު ސައިވެސް ނުދެންތަ ؟ " ނިޒާރު ނުރުހިފާ ސުވާލުކުރިއެވެ.
" އަހަރެން އެކަން ހަވާލުކުރީ އައްފާންއާ ........." ނަވީން ޖަވާބުދިނީ ވަރަށް ހަމަޖެހިފައެވެ.
" އެއީ ނަވީން ކުރަންޖެހޭ ކަމެކޭ... މީހަކާ ހަވާލުކުރިއްޔާ ސައިދިންތޯވެސް ބަލަންޖެހޭނެ...."
" އެނގޭތަ ބަޝީރާ ސައިބުއި ގަޑި........ މައުރިބް ނަމާދުން ފޭބިފަހުން............ " ނިޒާރު ބުނި އެއްޗެއް އިވިފައި ނަވީން އިސްޖަހާލިއެވެ.
" ނަވީންގެ އަގުދޯ ވެއްޓޭނީ އެމީހުން ކުރިމަތީ.......މާލެ ގެނެސް ތަނެއްގަ ބޭންދިޔަސް ނަވީންގެ ޒިންމާއެއް އެމީހުން ކެއުންބުއިން ފޯރުކޮށްދިނުމަކީ........." ހަގީގަތުގައިވެސް އެކަންކަން ބެލުމުގައި އޭނާވަނީ ފަރުވާކުޑަކުރެވިފައެވެ.
" ދެން އެކަންކަން ނަވީނަށް ދޫކޮށެއް ނުލާނަން........." ނިޒާރު އައިސްފައިވާ ރުޅި ފިނިވާގޮތެއް ނުވެއެވެ. އެކަން އަޑުންނާއި މޫނުމަތިންވެސް ހެކިދެއެވެ.
" މިރެއިން ފެށިގެން އެކަމާ ބައްޕަ ހަވާލުވެއްޖައިން .........." ނަވީނަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އިތުރަށް ލިބުނީ ލުޔެކެވެ.
" އެކަމަކު ލައިބާގެ އެއްވެސްކަމެއްގައި ހަމަ އެއްވެސް ކަމެއްގަ ނަވީން ފަރުވާ ކުޑަކޮށްގެންނުވާނެ....." ޝަޙާދަތް އިނގިލި ނަވީނަށް ދިމާކޮށްލަމުން ނިޒާރު ކުރީ އަމުރެވެ. ހަމައެކަނި ނަވީނަށް ކޮށްލެވުނުކަމަކީ ބޯޖަހާލުމެވެ. އިތުރު އެއްޗެއް ނުބުނެ ނިޒާރު ގޮސް ލޯކުރިމައްޗަށް ގެއްލެންދެން ނަވީނަށް ހުރި ފިޔަވަޅު މަތީ ކުޑާލަންވެސް ނޭނގިހުރެވުނެވެ. ބައްޕަގެ ފަރާތުން ނުރުހުމުގެ ބަހެއް އަހަންޖެހެނީ ވަރަށް މަދު ފަހަރެއްގައެވެ. ކިތަންމެ ބޮޑުވެފައި ހުރި ނަމަވެސް ބައްޕަ ރުޅިއައިސްގެން އެއްޗެއް ބުނުމުން ނަވީނަށް ކުރެވުނީ ކުށްވެރި އިޙްސާސެކެވެ.
*****
ފަތިސްނަމާދުން ފޭބިގޮތަށް ނިޒާރު އައީ " ޗެރީ ގާޑަން " އަށެވެ. އޭރު ޒީނިޔާ އާއި އާދިލާ އަވަދިނެތި އުޅެނީ ބަދިގޭގައެވެ. ހެނދުނަށް ނާސްތާ ތައްޔާރުކުރުމަށް ޒީނިޔާ ރޮށިފިހަން ފުށްމޮޑެން ހުރިއިރު އާދިލާ ރިހަކައްކަން ތަރުކާރީ ކޮށަނީއެވެ. ނިޒާރު ފެނުމުން އާދިލާ ކޮފީބޯން ދައުވަތު ދިނެވެ. ނިޒާރު ބޯޖަހާލަމުން އިށިއިނީ ސޯފާގައެވެ. މޭޒުމަތީގައި އޮތް ނޫސް ހުޅުވައިގެން ބަލަންފެށިއެވެ.
ކުޑައިރުކޮޅެއް ފަހުން އާދިލާ އައީ އާވިއަރައަރާ ހުރި ކޮފީ ޖޯޑެއް ހިފައިގެންނެވެ. ކޮފީ ޖޯޑު މޭޒުމަތީގައި ބަހައްޓާފައި އާދިލާ ހިންދެމިލިއެވެ.
" ނަސީރު ކޮފީ ބޮއެފިތަ؟ " ބަލަންއިން ނޫހުގެ ގަނޑުތައް އުކަމުން ނިޒާރު ވާހަކަދެއްކިއެވެ.
" ނޫނޭ ....ތަންކޮޅެއް ފަހުންނޯ ކޮފީބޯނީ .. "
" މިހާރު ކެއުމާވެސް ވަރަށް ދުރު ....ނޭގެ ވާ ގޮތެއް ...އެހެންވީމަ ވަރުބަލިވެސްވާންނު " އާދިލާ ވާޙަކަދެއްކި އިރު އެތަށްހާސް އިޙްސާސްތަކެއްވިއެވެ. މޫނުމަތިން ހިތާމައިގެ އަސަރު ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އަޑުންއެކަން ހާމަވެއެވެ. ނަސީރު ބަލިވެދާނެތީ އޭނާ ކަންބޮޑުވަނީއެވެ.
"ކިހިނެތްބާ ތިވަނީ...." ނިޒާރު ނޫސްލައްޕާލަމުން ވިސްނާލިއެވެ.

advertisment

" ނޭގެ ވާހަކައެއްވެސް މާބޮޑު ނުދައްކާ......ވަރަށް ބަސްމަދު ގިނައިރު ބޭނުންވަނީ އެކަނި އިންނަން......" އާދިލާ ވާހަކަ ދެއްކީ ހުރި ފިޔަވަޅުމަތީ ހުރެއެވެ. އަތުގެ އިނގިލިތަކާ ކުޅެމުންދިޔައިރު ނިޒާރުގެ މޫނަށް ބަލާލާނެ ހިތްވަރުނެތް ފަދައެވެ.
" އަބަދުގޭގަ އިންނަންވާތިކަންނޭގެ އެހެން އެވަނީ .............."
" އަހަރެން މިއައީ ހިނގާލަން ދާނަމޭ ހިތާއޭ......އަދި ތަންކޮޅެއް އަލިވެލީމަ ނިކުމެލަން ކަމަށް މިއިނީ.........." މޭޒިމަތީގައި ހުރި ކޮފީ ޖޯޑުނަގާ އެތިފޮދެއް ތުނބުގައި ޖައްސާލިއެވެ.
" އިށިއިނދެބަލަ އެބައޮތް ވާހަކައެއް ދައްކާލަންވެފައި ......." ކުއްލިއަކަށް ހަނދާންވެގެން ބުނާފަދައިން ނިޒާރު ބުނެލިއެވެ. ނިޒާރު ސޯފާކައިރީ ވަކިން ހުރި ސޯފާގައި އާދިލާ އިށިއިނެވެ. ނިޒާރު ދެކޮޅުބަލާލިއެވެ. މީހަކު ހުރިތޯއެވެ. ނިޒާރުގެ ހަރަކާތްތައް ހުރި ގޮތުން ހީވަނީ އޭނާ ދައްކަން އެ އުޅެނީ ވަރަށް ސިއްރު ވާހަކައެއްހެންނެވެ. ނޫނީ ދައްކަން އެއުޅޭ ވާހަކައިގެ ބާވަތުން އިތުރު މީހަކަށް އެވާހަކަ އެނގެން ބޭނުން ނުވާ ކަހަލައެވެ.
" ރޭގަ އައޭނުން ބޮޑުބެއާ އެކު މިގެއަށް އަންހެނެއް............. އެނގޭތަ އެއީ ކާކުކަން؟ " އާދިލާގެ މޫނުމަތީގައިވީ ހިނިތުންވުމެވެ. ނިޒާރު ދައްކަން އެއުޅޭ ވާހަކައެއް އަޑުއަހަން އިނީ ޝައުޤުވެރިކަމާއެކުއެވެ.
" ބަޝީރާ" އާދިލާއަށް ހަމަ އެކަނި އެނގެނީ އޭނާގެ ނަމެވެ. ނިޒާރާއި ކިހާ ވަރެއްގެ ގާތް މީހެއްކަމެއް އާދިލާއަކަށް ނޭގެއެވެ
" އާން ބަޝީރާ ....އެއީ ނަވީންގެ މައިދައިތަ " އެއަޑު އިވިފައި އާދިލާގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ.
" ނަވީން އުޅެނީ އެހެން ކައިވެންޏެއްވެސް ކޮށްގެންނޭ........." އާދިލާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެކަހަލަ ވާހަކައެއް މީގެ ކުރިން އިވިފައި ނުވާތީ އޭނާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އަދި ނަވީނާއި ޖޫލީ ފެންނަނީ ވަރަށް ގުޅިގެން ލޯބިން އުޅޭ ޖޯޑެއްގެ ގޮތުގައެވެ. ވީމާ އެކަން ގަބޫލުކުރުން އާދިލާއަށްވެސް ތަންކޮޅެއް އުނދަގުވިއެވެ. ގަބޫލު ނުކުރެވިގެން އާދިލާ ނިޒާރުގެ މޫނަށް ބަލާލިއެވެ. ހިނިތުންވެފައި ނިޒާރު ބޯޖަހާލީ އިތުރަށް ޔަގީންކޮށްދެމުންނެވެ.
" ޖޫލީއަށް ދަރިންނުލިބޭތީ ނަވީނަށް މަޖްބޫރުވީ އިތުރުކައިވެންޏެއް ކުރަން.............." ހިތި ބޭސްގުޅައެއް ދިރުވާލާފަދައިން ނިޒާރު ހިންދިރުވާލިއެވެ. ޖޫލީ އާއި ނަވީންގެ ގުޅުމަކީ ނަވީން ފަހުރުވެރިވާފަދަ އުފާވެރި ގުޅުމެކެވެ. އެދެކުދިންނަކީ އެއްކުއްޖަކު އަނެއްކުއްޖެއް ދެކެ ނުހަނު ލޯބިން އުފަލުގައި އުޅުނު ދެމަފިރިންނެވެ. އެހެނަސް މިއަދު މިވަނީ ނަވީންގެ ދިރިއުޅުން ފުރިހަމަކުރަން ތިންވަނަ މީހެއްގެ ބޭނުން ޖެހިފައެވެ. އާދިލާއަށްވެސް އެޙަބަރުން މޮޅިވެރިކަން ލިބުނެވެ.
" ޖޫލީއަކަށް މިއިން އެއްވެސް ކަމެއް ނޭގޭނެ.......ނަވީން ބޭނުން ނުވީ އަންގަން......." ޖޯޑު މޭޒުމަތީގައި ބަހައްޓާ ދެއަތް ޖޯޑުކޮށްލިއެވެ. އިސްޖަހާލިއެވެ. އެބޮޑު ސިއްރު ޖޫލީއާ ހަމައަށްދާން އޭނާވެސް ބޭނުމެއް ނޫނެވެ.
" އާދިލާވެސް މިކަން އެނގުނުކަމަށް ނުހަދާތި...މީ ސިއްރެއް...." ފެންކަޅިވެފައިވާ ދެލޮލުން އާދިލާގެ މޫނަށް ނިޒާރު ބަލާލިއެވެ. އާދިލާ ބޯޖަހާލިއިރު އެމޫނުމަތީގައިވެސް އުފާވެރިކަމެއް ނުވެއެވެ.
" ބޮޑުބެ ބުނަން މިއުޅޭ ވާހަކައަކީ އެދެމައިންނަށް ކާގަޑިތަކުގައި ކާންދޭން އާދިލާއަށް އުނދަގޫވާނެހޭ....." އާދިލާގެ ހާލާއިމެދު ފިކުރުކުރަމުން ނިޒާރު އަހާލިއެވެ.
" ނަވީންވެސް އެހާ ބުރަކޮށް އުޅެމުން ގަޑިން ގަޑިއަށް އެމީހުން ކެއިންބުއިމުގެ ކަންކަން ބަލަހައްޓަން ވަރަށް އުނދަގޫ......." ނިޒާރު އިތުރަށް ބުނެލިއެވެ.
" އެމީހުން ކެއުމުގެ ކަންތަކާ އަހަރެން ހަވާލު.......އެކަމާ ބޮޑުބެ ނުވިސްނާ..........އަހަންނަށް އުނދަގުލެއް ނުވާނެ ޒީނިޔާވެސް އެހުރީނުން......." ނިޒާރުގެ އެދުމަކަށް ދެކޮޅުހަދަން އާދިލާ ބޭނުމެއް ނޫނެވެ. ނިޒާރު އެދުނު ކަމެއް އޭނާކޮށްދޭނީ އުފަލާއެކު ކޮށްދޭ ހިތުންނެވެ.
" އައްފާންވެސް އެދެމައިނަށް ނިކަން އެހީވޭ....." ފުޅާ ހިނިތުންވުމަކާއި އެކު ނިޒާރު ބުނެލިއެވެ.
" ރެސްޓޯރެންޓަށްދާންވެސް އުނދަގުލީ އެމަންޖެއަށް ހިނގަންވެސް ނިކަން އުނދަގުލޭ......އެހާ ބަނޑުބޮޑު... މީހާ އެއްކޮން ދުޅަވެފައި........." ނިޒާރުގެ ތުންފަތްމަތީ ދުވެލީ ހިނިތުންވުމެކެވެ.
" އަނެއްކޮޅުން އެތަންތާ އެހުންނަ ކާއެއްޗެހި ބަޝީރާއަކަށް އެއްގޮތަކަށްވެސް ކަމަކު ނުދޭ......" ނިޒާރު ބުނެލިއެވެ.
" ވިހަންތަ އެއައީ.........." މިފަހަރު އާދިލާގެ މޫނުމަތިންވެސް އުފާވެރިކަމުން އުޖާލާކޮށްލިއެވެ. ނިޒާރު އުފަލާއިއެކު ބޯޖަހާލިއެވެ. ދެން ނިޒާރު ތެދުވެގެން ހިނގައިގަތީ ނަސީރު ކައިރިއަށް ދިއުމަށެވެ.
*****
އަންނަން އުޅޭ ތުއްތު މެހެމާނަށް މަރުހަބާ ކިޔުމަށްޓަކާ ސަރުމީލާމެން އާއިލާ އައީ ތައްޔާރުވަމުންނެވެ. ސަރުމީލާ ހަރަކާތްތައް ހުރި ގޮތުން ހީވަނީ އީދަކަށް ތައްޔާރުވާހެންނެވެ. ފަހާފޮށި ދޮށުގައި ސަރުމީލާ އިނީ ބާލީހުއުރައެއް ހަދާށެވެ. ލިބެން އުޅޭ މާމަ ދަރިފުޅަށް އެއެއްޗެހި ތައްޔާރުކުރަން ސަރުމީލާ ބޭނުންވީ އޭނާގެ ދެއަތުންނެވެ. ލޮލަށް ނުފެނުނަސް އެދަރިފުޅަށް ސަރުމީލާގެ ހިތުގައިވީ މަގާމެއް ހުސްކުރެވިފައެވެ. ފުންލޯތްބެވެ.
ސަރުމީލާ ލޮލަށް ފެންނަ ހިސާބުގައި މާހިލާއި ސަޖާވެސް ތިއްބެވެ. މާހިލް އުނގުގައި ބޯއަޅާލައިގެން ސަޖާ އޮތީ ނަންފޮތެއް ހިފައިގެންނެވެ. ހަމަ އެހެންމެ މާޙިލްގެ އަތުގައިވެސް ނަންފޮތެއް އޮތެވެ. މާހިލް ބުނެލާ މަޖާ ނަމަކުން އިރުއިރުކޮޅާ ސަޖާ ހިނިގަނޑެއް ޖަހާލައި އަޑުއިވެއެވެ. ސަޖާގެ އުފާވެރި ހިނިގަނޑުގެ އަޑުއިވިފައި ސަރުމީލާގެ މޫނުމައްޗަށްވެސް އުފާވެރިކަން އާދެއެވެ.
" މަންމާ.....! މިސަޖާ މުޅިންވެސް ހޯދަނީ ފިރިހެންކުދިންގެ ނަމޭ........." މާހިލްގެ އަޑަށް ސަރުމީލާއަށްވެސް އެކުދިންނާ ދިމާލަށް ބަލާލީ ނިކަންފުޅާ ހިނިތުންވުމަކާއި އެކުއެވެ. ފަހަކަށް އައިސް މާޙިލް ސަރުމީލާއަށް މަންމާއޭ ކިޔާ މިހާތަބުކުރެއެވެ. އެކަމުން އިންތިހާ އުފާވެރިކަން ސަރުމީލާއަށްވެސް އަދި ސަޖާއަށްވެސް ލިބެއެވެ.
" މިހާރު ފިރިހެންކުދިންނަށް ކިޔާ ނަމުގެ ދިހަވަރަކަށް ނަން ސަޖާއަށް ކަމުގޮއްސި.........." ދެފަރާތަށް ބޯހޫރާލަމުން ސަރުމީލާ ކުރަން އިން މަސައްކަތާއިގެން މަޝްއޫލުވެއްޖެއެވެ.
" އެކަމަކު އެންމެ ކުއްޖެއްވިއްޔާ ދޯ ވިހަން ތިއުޅެނީ ........" ސަޖާ އަތުގައި އޮތް ފޮތް ލައްޕާލަމުން މާހިލްގެ މޫނަށް ބަލާލިއެވެ. އޭރު މާހިލްގެ ނަޒަރުވެސް ހުއްޓިފައިވަނީ ސަޖާގެ މޫނަށެވެ. ސަޖާއަށް ހިނިތުންވެވުނެވެ.
" ފިރިހެންކުއްޖަކު ބޭނުން މީހަކު ހޯދާނީ ފިރިހެންނަމޭނުން..........." ސަޖާ އަނގަކޮޅަށް ވައްތަރެއްޖަހާލިއެވެ.
" އެކަމަކު ސަޖާ ވިހާނީ ގާރލްއެއް .........." މާހިލްގެ މޫނުމަތިން ފެނުނީ ޔަގީންކަމެވެ.
" ނޯ......އަހަރެން ވިހާނީ ބޯއީއެއް ....." ސަޖާ މާހިލްގެ އުނގުންތެދުވެ ހިންދެމިލިއެވެ. އަދި މާހިލް މޫނަށް ބަލާލީ މޫނުހަދާލަމުންނެވެ.
" ނޫން ގާރލްއެއްތީ..." މާހިލް ބޭނުމީ ސަޖާއާ ދެކޮޅުވާށެވެ. ރުޅިއަރުވާލާށެވެ.
" ނެވަރ........މީ ބޯއީއެއް ތިކަހަލަ ބޯހަރު ބޯއީއެއް......."
" ނޫނެކޭ .....ތީ ގާރލްއެއް ތިކަހަލަ ލޯބިލޯބި ގާރލްއެއް.........." ސަޖާއަށް ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ. ނުސީދާކޮންވެސް އޭނާއަށް ތައުރީފްކުރީތީ އުފާވިއެވެ.
" ހޫމް ދެން ދެމީހުން ނުކޯޅިމަޑުން ތިބޭ........." ހިނިގަނޑު އޮއްބާލަމުން ސަރުމީލާ ރުޅިއަންނަ ގޮތް ދައްކާލިއެވެ. އެއާ އެކު ދެމީހުން ހިމޭންވީ ބަސްއަހާ ތުއްތު ދެކުދިން ފަދައިންނެވެ. ސަރުމީލާ ގަޑިބަލާލިއެވެ. ކައިރި ފިހާރައަކަށް ޖަލީލް ރޭނދާކޮޅެއް ގަންނަން ފޮނުވިތާ ވަރަށް ގިނައިރު ވެއްޖެއެވެ.
" ސަޖާ! ބައްޕައަށް ގުޅާލަބަލަ.......... ރޭނދާކޮޅެއް ގަނެގެން އަންނާށޭ ބުނިމީހާ ވިއްޔާ....." ސަރުމީލާ ބުނީ ކުޑަކޮން ހިތްހަމަ ނުޖެހި ހުރެއެވެ. ބާލީހު އުރަތަކާއި ލިބާސްކޮޅުތައް އަވަހަށް ނިންމަން އޭނާ ބޭނުމެވެ. ސަޖާ ވިހަން ގެންދާ ދަބަސް ތައްޔާރު ކުރެވެން އަންނަނީ އެލިބާސްކޮޅުތައް ނިމިގެންނެވެ.
ސަޖާ ސޯފާގެ ކުޝަންތައް ނަގާ އޭނާގެ ފޯނު ހޯދާލިއެވެ. ގުޅަން ހީކޮށްލިތަނުން ދޮރުހުޅުވުނު އަޑަށް ބަލާލިއެވެ.
" ބައްޕަ ލަސްވެގެން ގުޅަން މިއުޅެނީ............" ސަޖާ ހިނި އައިސްބަލާލަމުން ބުނެލިއެވެ. ޖަލީލް ގެނައި ކޮތަޅު މޭޒުމަތީ ބަހައްޓަމުން އެނބުރުނީ އައިސްއަލަމާރިއާ ދިމާލަށެވެ.
" ކޯޗެއް ތި ގެނައީ........." ސަރުމީލާ ކޮތަޅު ހުޅުވާލަމުން ބުނެލިއެވެ.
" ރޭނދަލެއްނު" ޖަލީލް ފެންފުޅިއެއް ނަގައިގެން އައިސް ހުއްޓުނީ ސަރުމީލާ ކުރިމަތީގައެވެ. ސަޖާވެސް ބައްޕަ ގެނައި އެއްޗެއް ބަލާލާ ހިތުން ތަންކޮޅެއް ކައިރިއަށްޖެހިލިއެވެ.
" ކޯޗެއްތަ މަންމާ" ސަރުމީލާ މޫނު ހަދައިގެން އިންގޮތުން ސަޖާއަށްވެސް ނާހަ ނުހުރެވުނެވެ. އަދި ކޮތަޅުތެރޭގައި އޮތް ރޭނދާ ރޯލް ނަގާ ދައްކާލިއެވެ. އެއާއެކު ސަޖާގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. މާޙިލްވެސް ފޮތް ލައްޕާލާފައި އެމީހުންނަށް ބަލަން އިނެވެ.
" ދެމުށް ރޭނދާ ގަނެގެން އަންނާށޭ ބުނީމަ ތިގެނައީ ރޭނދާ ރޯލެއް ވިއްޔާ ............." ސަރުމީލާ ޖަލީލްގެ މޫނަށް ބަލާލިއިރު ޖަލީލް ހުރީ ހުއްޓުން އަރާފައެވެ.
" ގަތް ރޭނދާކޮޅު މަދުވެގެންނޭ ރޭނދާކޮޅެއް ގަނެދޭށޭ ބުނީ ......މި ފިރިހެނުން ކައިރީގައި ކަމަކު ބުނެފިއްޔާ އިތުރު ބޮލުގަ ރިހުމަކަށް ވާނީ..........." ސަރުމީލާ ކޮތަޅު ބަހައްޓަމުން ބުނެލިއެވެ.
" އަހަރެން މަދުވެދާނެތީއޭ ރޯލެއް ގެނައީ................" ޖަލީލް ބުނެލިއެވެ.
" ދެން އެހެން އެއްޗަކަށް ބޭނުންކޮށްލާ ރަނގަޅުވާނެ........." ޖަލީލް ދެރައެއްނުވެއެވެ.
" އެންމެ ބާލީހު އުރައެކޭ ނުނިމި އޮތީ........ދެން ހުރިހާ އުރަބަޔަކު އެއް ރޭނދާތަކެއް އަޅައިގެން ކަމަކު ނުދާންނު" ސަރުމީލާ ފަހަންފެށިއެވެ.
" މަންމަ ވަރަށް ރުޅިއައިސް އެއިނީ..........މަންމަ މުސްކުޅިވާކަށްދެން މާގިނަ ދުވަހެއް ނެތެއްނު....." ސަޖާއަށް އެކަނި އިވޭވަރަށް ޖަލީލް ބުނެލިއެވެ. ސަޖާވެސް ބައްޕައެހެން ބުނުމުން މަންމައަށް ބަލާލާފައި ހިނިގަނޑެއްޖަހާލިއެވެ.
" ދެން ކީއްވެތަ ބައްޕަ އެހާ ލަސްވީ..............." ސަޖާ އަހާލިއެވެ.
" ބައްޕައަށް ފަރުނީޗަރ ފިހާރަޔަކުން ވަރަށް ރީތި ބޭބީ އެނދެއް ފެނުނީ........މިއައީ ފައިސާ ދައްކާފަ ހަވީރުން އެމީހުން ގެނެސްދޭނެ" ސަޖާގެ ކޮނޑުގައި އަތްބާއްވާލަމުން ނިކަން ލޯތްބާއެކު ޖަލީލް ބުނެލިއެވެ. ހިނިތުންވަމުން ސަޖާއަށް ބަލާލެވުނީ މާޙިލްގެ މޫނަށެވެ. މާހިލްވެސް ހިނިއައިސް އެދެބަފައިންނަށް ބަލަންއިނެވެ.
ތުއްތު ދަރިފުޅަށް ބޭނުންވާނެ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ހޯދައިދެމުން އެދަނީ ސަޖާގެ އާޢިލާއިންނެވެ. މާހިލަށް ނުހޯދިގެން އެފޯރުންތެރިކަން ނެތިގެންނެއްނޫނެވެ. ލިބެންއުޅޭ ދަރިފުޅަށްޓަކާއި އެދެމަފިރިންގެ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. މާހިލަށް އެކައްޗެއްވެސް ހޯދަން ނުޖެހެއެވެ.
މާހިލް އާޢިލާ ކޮބައި ހެއްޔެވެ؟ އެއްޗެއް ނުދޭތާ ސަޖާގެ ހާލުވެސް އެއިން މީހަކު ބަލައިނުލައެވެ. އެކަމާ މާޙިލް ނިކަން ފިކުރު ބޮޑުވެއެވެ. އެހެންވެ ގެއަށްވަދެލަންވެސް މިހާރު މާހިލް ބޭނުން ނުވެއެވެ. މަންމަ ދެކެ ލޯބި ނުވާތީކީ ނޫނެވެ. އޭނާއަށް ދަރިއަކު ލިބެން އުޅޭއިރުވެސް ސަޖާ ދެކެން އެމަންމަ ބޭނުން ނުވާތީއެވެ. މާޙިލް ތެދުވެގެން ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. ޖަލީލް ސަޖާދެކެ ލޯބިން އުޅޭތަން ފެނިފައި މާހިލް ހިތުގައި ޖެހުނެވެ. ބައްޕަގެ ލޯބިން އެފަކީރު މަހުރޫމްވެފައިވާ ވަރުން އެފަދަ މަންޒަރެއް ބަލަން ހުރުމަށްވެސް ކުޅަދާނައެއް ނޫނެވެ.
*****
ދޮރުގައި ޓަކިދޭ އަޑުއިވުނީ ލައިބާ ފާހާނާއިން ނިކުތްފަހުންނެވެ. އޭރު ބަޝީރާ އިނީ ނަމާދަށެވެ. ބުރަހެލިކަމާއި އެކުވެސް ފަޔަށް ބާރުލަމުން ގޮސް އޭނާ ދޮރުހުޅުވާލިއެވެ. ލައިބާގެ މޫނަށް ބަލާލާފައި އާދިލާ ހިނިތުންވީ ދަންނަ މީހަކު ފަދައިންނެވެ. ލައިބާއަށް ހައިރާންވެފައި ބަލަން ހުރެވުނީއެވެ.
" ކޮބާ މަންމަ ؟ " އެތެރެއަށް ބޯދިއްކޮށްލަމުން އާދިލާ އަހާލިއެވެ. މަންމަ ކޮބައިތޯ އެހުމުން އޭނާގެ ހިތަށް ވަރަށް ގިނަ ސުވާލު އެރިއެވެ. މަންމަގެ ރައްޓެއްސަކު ދަންނަ މީހަކުވެސް މާލޭގައި ނުހުންނާނޭ އަބަދުވެސް މަންމަ ބުނެއެވެ. އެހެންވީމާ އެއީ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ.
" މަނ..މަންމަ އިނީ ނަމާދަށް......." ލައިބާ ހިނިތުންވެވޭތޯ މަސައްކަތްކުރިއެވެ. އިތުރު ވާހަކައެއް ދެމީހުންނަށްވެސް ނުދެއްކެނީސް ކޮޓަރީގެ ދޮރު ހުޅުވުނު އަޑުއިވުނެވެ.
" ކާކުތަ އައީ ......މަންމަ ނަމާދަށް އިންދާ ދޮރުގައި ޓަކިދޭ އަޑު އެހީމޭ ....." އެހެން ކިޔަމުން ބަޝީރާ އައީ ދޮރާދިމާލަށެވެ. ލައިބާ ދޮރުމަތީގައި ހުރުމުން އެމީހެއްގެ މޫނެއް ނުފެނެއެވެ. ލައިބާ އެއް ފަރާތަކަށް ޖެހިލިއެވެ.
" ބަޝީރާ ...." އާދިލާއަށް ބަޝީރާގެ މޫނު ހަމަ ފެނުމާއެކު ދަތްޕިލާފެންނަ ވަރަށް ހިނިތުންވަމުން އާދިލާ ގޮވާލިއެވެ. ހީވަނީ ގިނަދުވަސްތަކެއް ވަންދެން ނުފެނި ހުރި ރައްޓެއްސަކު ފެނުމުން އުފަލުން ގޮވާލިހެންނެވެ. ލައިބާ ބަލަން ހުރިއިރު އެތަކެއް ސުވާލެއް އޭނާގެ ހިތުގައިވިއެވެ.
" އަހަރެން މިއައީ ނިޒާރު ބުނެގެން ތީގެދެމައިން ކާން ބަލައި..............." ލައިބާގެ އަތުގައި ފިރުމާލަމުން އާދިލާ ވާހަކަދެއްކިއެވެ. ބަޝީރާ ހިތުގައި އުފެދުނީ ބިރުވެރިކަމެވެ. އެގެއަށް ކާންދާން އޭނާ ޖެހިލުންވިއެވެ. ނަސީރަށް ފެންނަން އޭނާ ބޭނުމެއްނޫނެވެ.
ނިޒާރުގެ ނަން އިވިފައި އެއަންހެންމީހާއަކީ ނަވީންމެންނާ ކޮންމެވެސް ގުޅުމެއް އޮންނަ މީހެއްކަން ލައިބާއަށް ޔަގީންކުރެވުނެވެ. ލައިބާ ހިނި އައިސް މަންމަގެ މޫނަށްބަލާލިއިރު އެމޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.
" މަންމާ........." ފަހު އަކުރަށް ދަމާލާފައި ލައިބާ ބަޝީރާއަށް ގޮވާލިއެވެ. އާދިލާ ބުނި އެއްޗެއް އިވުންކަމަށް ނުހެދީމައެވެ. ސިހިފައި ބަޝީރާ ވަކިވަކިން އެދެމީހުންގެ މޫނަށް ބަލާލިއެވެ.
" މަންމާ.... ނަވީންގެ ބައްޕަ ބުނެގެން ކާން ބަލަށްޔޯ އެއައީ.......ހިނގާދާން........" ބަޝީރާ އިސްޖަހާލިއެވެ. އެކަމާ ދެކޮޅު ހަދަން އޭނާ ބޭނުންވިއެވެ. އެހެނަސް ބީރަށްޓެހި ބައެއް ތެރޭގައި އޭނާ އެމީހުންނަށް އިޙްތިރާމް ކުޑަކުރާކާށް ނުކެރުނެވެ.
" ހިނގާ...." އެނިންމުން ނިންމީ ބަޝީރާގެ ހިތާދެކޮޅަށެވެ. މޭޒުމަތީގައި އޮތް ތަޅުދަނޑި ފަތިން ދޮރުތަޅުލައިފާ އާދިލާގެ ފަހަތުން ބަޝީރާ ހިނގައިގަތެވެ. ލައިބާ އާއި އާދިލާ އެއްހަމައެއްގައި ހުރެގެން ވާހަކަދައްކަމުން ހުރެ ގެއަށްވަނެވެ. އެމީހުންގެ ފަހަތުން ބަޝީރާ އަޅަމުންދިޔައީ ބަރު ފިޔަވަޅުތަކެކެވެ. ބައެއް ފަހަރު ހިތްނޭދޭގޮތަށް ކަންކުރަންވެސް މަޖްބޫރުވާ އެތަށް ހާލަތެއް އާދެއެވެ.
ސުފުރާމަތި ތައްޔާރުކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ. ބަތާއި ސެލެޑާއި މުގުރިހައިގެ އިތުރުން ގަރުދިޔައާއި ފިހުނުމަސްހުއްޓެވެ. އާދިލާ ފިޔަވައި އިތުރު މީހަކު ފެންނަން ނެތުމުން ބަޝީރާ ހިތްހަމަޖެހުނެވެ. ދެމައިން ކާން އިށިއިނުމުން އެއްޗެހި އަތްގާތްކޮށްދޭން އާދިލާ ކައިރީގައި ހުއްޓެވެ.
" މިގޭގަ އެކަކުވެސް ނޫޅެނީތަ ؟ " ގޭތެރެ ފަޅުކޮށް އޮތުމުން ލައިބާއަށް އެސުވާލުކޮށް ނުލާ ނީނދެވުނެވެ.
" އާން މިއަދު އައްފާނާއި އޭނާގެ އަންހެނުން ވިލިގިއްޔަށް ދަތުރު ގޮސްވީ............ ދައްތަގެ ފިރިމީހާ އެކަނި މިވަގުތު ގޭގައި އުޅެނީ " އާދިލާ އެހެން ބުނުމުން އެދަމައިންނަށް އެއީ އައްފާންގެ މަންމަކަން އެނގުނެވެ.
" އައްފާންގެ މަންމަތަތީ......" އިތުރަށް ޔަގީންކުރަން ލައިބާ އަހާލިއެވެ. އޭރު ބަޝީރާވެސް ކެއުން ހުއްޓާލާފައި އިނީ އާދިލާގެ މޫނަށްބަލާށެވެ.
" އާން ...........އައްފާން ލައިބާމެން ރަށަށްވެސް ދިޔައޭނުންދޯ........" އާދިލާ ގަރުދިޔަ ބޯތަށި ކައިރިކޮށްދެމުން ވާހަކަދެއްކީ ހިނިއައިސް ހުރެއެވެ.
" އާން .........." މަންމަގެ މޫނަށް ބަލާލަމުން ލައިބާ ހިނިތުންވެލީ އާދިލާ ބުނިބަހަށެވެ.
ކައިނިމިގެން ދެމައިން އިށިއިނީ ސޯފާގައެވެ. އާދިލާ އެދެމައިންނާ ވާހަކަ އެމީހުންކައިރީ މަޑުކުރިއެވެ. އާދިލާގެ ފަރާތުން ފެނުނީ ހިތްހެޔޮކަމެވެ. މެހެމާންދާރީ އަދާކުރުމުގެ ރީތި މިސާލެކެވެ. އަދިވެސް ދިވެހިންގެ ތެރޭގައި މަދުންނަމަވެސް އެރީތި އާދާ ފިލައިނުދާކަމުގެ ހެއްކަކަށް އާދިލާ ފުދޭނެއެވެ. އެހެނަސް ބަޝީރާގެ ނުތަނަވަސްކަން ފިލައިދާގޮތެއް ނުވެއެވެ. ހިތްބިރުގެންފައި އޭނާ އިނީ ވިސްނުމަކަށް ގެއްލިފައެވެ.
" އާދިލާ.....އާދިލާ....." ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް އެމީހުންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ދޮރުހުޅުވާލީވެސް އެމީހަކު އާދިލާއަށް ގޮވަމުންނެވެ.
އާދިލާ ހިނިތުންވެފައި ސޯފާއިން ތެދުވެތެވެ. އަދި ދޮރާދިމާލަށް މޫނު އަނބުރާލިއެވެ. އޭރު ބަޝީރާގެ މޫނު ހުއްޓިފައިވަނީ ދޮރުން ނިކުމެގެން އައި ފިރިހެންމީހާއަށެވެ. ފޮރޮޅުލީ ގޮނޑިކޮއްޕަމުން އޭނާ ތަންކޮޅަކަށް އައިސް މަޑުޖެހިލީ އިތުރުބަޔަކު ސިޓިންގރޫމްގައި ތިބީމައެވެ.
" އެއީ އަހަރެންގެ ފިރިމީހާ .....ނަސީރު....." އާދިލާ ހިނިއައިސް އެހެން ބުނުމުން ބަޝީރާއަށް އިންތަނުން ތެދުވެވުނީ ބޭޢިހްތިޔާރުގައެވެ. ކައްޓެއް ހަރާލީމައި ތެދުވަންނަހާ ބާރުލައިފައެވެ.
~ ނުނިމޭ ~

  1. Avatar

    އަނެއްކާ ގަރުނެއް ނުވެ އަނެއްބައި އަންނާނެބާ.ބައެއް މީހުން މަރީ ދިފާޢުކުރިއަސް ޙަޤީޤަތް…

    17
  2. Avatar

    ކޮބާ 57 ވަނަ ބަޔަށް ކިހާ އިންތިޒާރެއްތޯ ކުރަންވީ ؟؟ މުސްކުޅި ވުމުގެ ކުރިން އަޕްލޯޑް ކޮށްލަ ދީފިއްޔާ ރަނގަޅު…

    16
  3. Avatar

    އަންނަން އުޅޭ ތުއްތު މެހެމާނަށް މަރުހަބާ ކިޔުމަށްޓަކާ ސަރުމީލާމެން އާއިލާ އައީ ތައްޔާރުވަމުންނެވެ. ސަރުމީލާ ހަރަކާތްތައް ހުރި ގޮތުން ހީވަނީ އީދަކަށް ތައްޔާރުވާހެންނެވެ. ފަހާފޮށި ދޮށުގައި ސަރުމީލާ އިނީ ބާލީހުއުރައެއް ހަދާށެވެ. ލިބެން އުޅޭ މާމަ ދަރިފުޅަށް އެއެއްޗެހި ތައްޔާރުކުރަން ސަރުމީލާ ބޭނުންވީ އޭނާގެ ދެއަތުންނެވެ. ލޮލަށް ނުފެނުނަސް އެދަރިފުޅަށް ސަރުމީލާގެ ހިތުގައިވީ މަގާމެއް ހުސްކުރެވިފައެވެ. ފުންލޯތްބެވެ.
    ސަރުމީލާ ލޮލަށް ފެންނަ ހިސާބުގައި މާހިލާއި ސަޖާވެސް ތިއްބެވެ. މާހިލް އުނގުގައި ބޯއަޅާލައިގެން ސަޖާ އޮތީ ނަންފޮތެއް ހިފައިގެންނެވެ. ހަމަ އެހެންމެ މާޙިލްގެ އަތުގައިވެސް ނަންފޮތެއް އޮތެވެ. މާހިލް ބުނެލާ މަޖާ ނަމަކުން އިރުއިރުކޮޅާ ސަޖާ ހިނިގަނޑެއް ޖަހާލައި އަޑުއިވެއެވެ. ސަޖާގެ އުފާވެރި ހިނިގަނޑުގެ އަޑުއިވިފައި ސަރުމީލާގެ މޫނުމައްޗަށްވެސް އުފާވެރިކަން އާދެއެވެ.
    ” މަންމާ…..! މިސަޖާ މުޅިންވެސް ހޯދަނީ ފިރިހެންކުދިންގެ ނަމޭ………” މާހިލްގެ އަޑަށް ސަރުމީލާއަށްވެސް އެކުދިންނާ ދިމާލަށް ބަލާލީ ނިކަންފުޅާ ހިނިތުންވުމަކާއި އެކުއެވެ. ފަހަކަށް އައިސް މާޙިލް ސަރުމީލާއަށް މަންމާއޭ ކިޔާ މިހާތަބުކުރެއެވެ. އެކަމުން އިންތިހާ އުފާވެރިކަން ސަރުމީލާއަށްވެސް އަދި ސަޖާއަށްވެސް ލިބެއެވެ.
    ” މިހާރު ފިރިހެންކުދިންނަށް ކިޔާ ނަމުގެ ދިހަވަރަކަށް ނަން ސަޖާއަށް ކަމުގޮއްސި……….” ދެފަރާތަށް ބޯހޫރާލަމުން ސަރުމީލާ ކުރަން އިން މަސައްކަތާއިގެން މަޝްއޫލުވެއްޖެއެވެ.
    ” އެކަމަކު އެންމެ ކުއްޖެއްވިއްޔާ ދޯ ވިހަން ތިއުޅެނީ ……..” ސަޖާ އަތުގައި އޮތް ފޮތް ލައްޕާލަމުން މާހިލްގެ މޫނަށް ބަލާލިއެވެ. އޭރު މާހިލްގެ ނަޒަރުވެސް ހުއްޓިފައިވަނީ ސަޖާގެ މޫނަށެވެ. ސަޖާއަށް ހިނިތުންވެވުނެވެ.
    ” ފިރިހެންކުއްޖަކު ބޭނުން މީހަކު ހޯދާނީ ފިރިހެންނަމޭނުން………..” ސަޖާ އަނގަކޮޅަށް ވައްތަރެއްޖަހާލިއެވެ.
    ” އެކަމަކު ސަޖާ ވިހާނީ ގާރލްއެއް ……….” މާހިލްގެ މޫނުމަތިން ފެނުނީ ޔަގީންކަމެވެ.
    ” ނޯ……އަހަރެން ވިހާނީ ބޯއީއެއް …..” ސަޖާ މާހިލްގެ އުނގުންތެދުވެ ހިންދެމިލިއެވެ. އަދި މާހިލް މޫނަށް ބަލާލީ މޫނުހަދާލަމުންނެވެ.
    ” ނޫން ގާރލްއެއްތީ…” މާހިލް ބޭނުމީ ސަޖާއާ ދެކޮޅުވާށެވެ. ރުޅިއަރުވާލާށެވެ.
    ” ނެވަރ……..މީ ބޯއީއެއް ތިކަހަލަ ބޯހަރު ބޯއީއެއް…….”
    ” ނޫނެކޭ …..ތީ ގާރލްއެއް ތިކަހަލަ ލޯބިލޯބި ގާރލްއެއް……….” ސަޖާއަށް ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ. ނުސީދާކޮންވެސް އޭނާއަށް ތައުރީފްކުރީތީ އުފާވިއެވެ.
    ” ހޫމް ދެން ދެމީހުން ނުކޯޅިމަޑުން ތިބޭ………” ހިނިގަނޑު އޮއްބާލަމުން ސަރުމީލާ ރުޅިއަންނަ ގޮތް ދައްކާލިއެވެ. އެއާ އެކު ދެމީހުން ހިމޭންވީ ބަސްއަހާ ތުއްތު ދެކުދިން ފަދައިންނެވެ. ސަރުމީލާ ގަޑިބަލާލިއެވެ. ކައިރި ފިހާރައަކަށް ޖަލީލް ރޭނދާކޮޅެއް ގަންނަން ފޮނުވިތާ ވަރަށް ގިނައިރު ވެއްޖެއެވެ.
    ” ސަޖާ! ބައްޕައަށް ގުޅާލަބަލަ………. ރޭނދާކޮޅެއް ގަނެގެން އަންނާށޭ ބުނިމީހާ ވިއްޔާ…..” ސަރުމީލާ ބުނީ ކުޑަކޮން ހިތްހަމަ ނުޖެހި ހުރެއެވެ. ބާލީހު އުރަތަކާއި ލިބާސްކޮޅުތައް އަވަހަށް ނިންމަން އޭނާ ބޭނުމެވެ. ސަޖާ ވިހަން ގެންދާ ދަބަސް ތައްޔާރު ކުރެވެން އަންނަނީ އެލިބާސްކޮޅުތައް ނިމިގެންނެވެ.
    ސަޖާ ސޯފާގެ ކުޝަންތައް ނަގާ އޭނާގެ ފޯނު ހޯދާލިއެވެ. ގުޅަން ހީކޮށްލިތަނުން ދޮރުހުޅުވުނު އަޑަށް ބަލާލިއެވެ.
    ” ބައްޕަ ލަސްވެގެން ގުޅަން މިއުޅެނީ…………” ސަޖާ ހިނި އައިސްބަލާލަމުން ބުނެލިއެވެ. ޖަލީލް ގެނައި ކޮތަޅު މޭޒުމަތީ ބަހައްޓަމުން އެނބުރުނީ އައިސްއަލަމާރިއާ ދިމާލަށެވެ.
    ” ކޯޗެއް ތި ގެނައީ………” ސަރުމީލާ ކޮތަޅު ހުޅުވާލަމުން ބުނެލިއެވެ.
    ” ރޭނދަލެއްނު” ޖަލީލް ފެންފުޅިއެއް ނަގައިގެން އައިސް ހުއްޓުނީ ސަރުމީލާ ކުރިމަތީގައެވެ. ސަޖާވެސް ބައްޕަ ގެނައި އެއްޗެއް ބަލާލާ ހިތުން ތަންކޮޅެއް ކައިރިއަށްޖެހިލިއެވެ.
    ” ކޯޗެއްތަ މަންމާ” ސަރުމީލާ މޫނު ހަދައިގެން އިންގޮތުން ސަޖާއަށްވެސް ނާހަ ނުހުރެވުނެވެ. އަދި ކޮތަޅުތެރޭގައި އޮތް ރޭނދާ ރޯލް ނަގާ ދައްކާލިއެވެ. އެއާއެކު ސަޖާގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. މާޙިލްވެސް ފޮތް ލައްޕާލާފައި އެމީހުންނަށް ބަލަން އިނެވެ.
    ” ދެމުށް ރޭނދާ ގަނެގެން އަންނާށޭ ބުނީމަ ތިގެނައީ ރޭނދާ ރޯލެއް ވިއްޔާ ………….” ސަރުމީލާ ޖަލީލްގެ މޫނަށް ބަލާލިއިރު ޖަލީލް ހުރީ ހުއްޓުން އަރާފައެވެ.
    ” ގަތް ރޭނދާކޮޅު މަދުވެގެންނޭ ރޭނދާކޮޅެއް ގަނެދޭށޭ ބުނީ ……މި ފިރިހެނުން ކައިރީގައި ކަމަކު ބުނެފިއްޔާ އިތުރު ބޮލުގަ ރިހުމަކަށް ވާނީ………..” ސަރުމީލާ ކޮތަޅު ބަހައްޓަމުން ބުނެލިއެވެ.
    ” އަހަރެން މަދުވެދާނެތީއޭ ރޯލެއް ގެނައީ…………….” ޖަލީލް ބުނެލިއެވެ.
    ” ދެން އެހެން އެއްޗަކަށް ބޭނުންކޮށްލާ ރަނގަޅުވާނެ………” ޖަލީލް ދެރައެއްނުވެއެވެ.
    ” އެންމެ ބާލީހު އުރައެކޭ ނުނިމި އޮތީ……..ދެން ހުރިހާ އުރަބަޔަކު އެއް ރޭނދާތަކެއް އަޅައިގެން ކަމަކު ނުދާންނު” ސަރުމީލާ ފަހަންފެށިއެވެ.
    ” މަންމަ ވަރަށް ރުޅިއައިސް އެއިނީ……….މަންމަ މުސްކުޅިވާކަށްދެން މާގިނަ ދުވަހެއް ނެތެއްނު…..” ސަޖާއަށް އެކަނި އިވޭވަރަށް ޖަލީލް ބުނެލިއެވެ. ސަޖާވެސް ބައްޕައެހެން ބުނުމުން މަންމައަށް ބަލާލާފައި ހިނިގަނޑެއްޖަހާލިއެވެ.

    Mihaa dhuvas kohffa ais dhen mee koahcheh…reyndhaa role eh ge vaahaka in hes kiyaafa vaahaka dhigu kureee…. vvvv foohi vey…
    Sajaa men ge bai ves gennan vaane… ekam vaahaka dhigu dhanman vegen hes kiyaafa beykaaru bondi vareh liyefa miotheee…

    11
    3
      1. Avatar

        Alhe leena ah konfadha kameh tha theee… Mariyam ve dhifaaiga mi manje haadha vareh vefa ey mihunnaneee…. ehenveey bunevenee thee hama laari dhefa huri agent ekey….

        3
        3
  4. Avatar

    ވ.ސަޅި. އެކަމް އަޕް ކޮއްލާލެއް ލަހީ.. އުންމީދުކުރަން ވީ އެންމެ އަވަހަކަށް އަޕް ކޮއްލާނެ ކަމަށް.

  5. Avatar

    Mary..aslu kiyuntherin negative comments mi kuranee vaahaka kiyaa hihvaaleh bodukamun hen heevany. Aslu mashah ves baeh dhuvas dhuvahu rulhi adhevey lahun up kuraathee. Ekmves mee hama varah reethi vaahaka eh. Keep writing more love .stories in future too

    3
    1

ޚިޔާލު ފޮނުއްވާ