9488 103

" އެބައަންނަން..........އަހަރެން ކޮއްކޮ ނަސީރު ކައިރިއަށް ވަދެލާފަ..............." ނިޒާރު އެތެރެއަށްވަންނަމުން ބަޝީރާއަށް ބުންޏެވެ. ބަޝީރާއަށް ތަރުމޯޒު ގަޔާލައި ފިއްތާލެވުނެވެ. ޝައްކު ޔަގީނަށް ބަދަލުވީމައެވެ. ނިޒާރު އެބުނީހަމަ އެނަސީރުގެ ވާހަކަބާއެވެ. ޔަގީނުންވެސް އެދެމީހުންގެ ސިފަ ވަރަށްވެސް ވައްތަރެވެ.

އާދިލާ ހުއްޓާނުލާ ބަޝީރާ އާ ވާހަކަދެއްކިއެވެ. ހީވީ ނުފެނި ގިނަދުވަސްވީ ދެ ރަހްމަތްތެރިން ބައްދަލުވީހެންނެވެ. އެހެނަސް ބަޝީރާ އެއްޗެއް ބުނެލަނީ މަދުފަހަރެއްގައެވެ. ނިޒާރު ދިޔަ ދޮރާދިމާލަށް އިރުއިރު ކޮޅާ އޭނާޔަށް ބަލާލެވެއެވެ. ހިތުގައިވީ އިންތިހާ ބިރުވެރިކަމެވެ. ބޮލުގެ މަޑުމަޑު ރިހުމެއް އެކުލެވިގެން ވިއެވެ. ބަޝީރާގެ ހިތުގެ ތެޅުންވެސްވީ އަވަސްވެފައެވެ. އެގެއިން ނިކުމެގެންދާން އެތަށް ފަހަރަކު ހިތަށްއެރިއެވެ. އެއީ ބަޝީރާއަށް ކެހިދިން ނަސީރަށް ނުވުމަށް އެތަށްފަހަރަކު ދުއާ ކުރެވުނެވެ. ދެން ދުވަހެއްގައިވެސް އެނަސީރުއާ ބައްދަލުވާން ބަޝީރާ ނޭދެއެވެ. އޭނަގެ ސިފަ ހިޔާލަށްވެސް އަދި ހުވަފެނުގައި ފެނުމަކީވެސް ބަޝީރާ ބޭނުންވާ ކަމެއްނޫނެވެ.

ވިއްސަކަށް މިނެޓްވެސް ބަޝީރާއަށް ދެތިން ގަޑީރުހާ ދިގުވިއެވެ. ނިޒާރު އެނބުރި އައީ އެކަންޏެވެ. އަތަށް ބަދަންތަކެއް އަޅައިގެން އެކަމުންނެވެ.

" މާބޮޑަށް ވަރުބަލިވަނިއްޔޯ..............." ނިޒާރު އެކޮޓަރިން ނިކުތްގޮތަށް ބުނެލިއެވެ. އާދިލާ ދޫކޮށްލީ ފުންނޭވާއެކެވެ.

" މިހާރު ހިނގާލާކަށްވެސް ނުދެވޭ ވިއްޔާދޯ މާ ބުރައީއޭ އުޅެންޖެހޭލެއް އެހެންވެ ނާދެވެނީ................" ނިޒާރު ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން ބުނެލިއެވެ.

" ކޮބާ ދަމާ ހިނގާ އަދި ސައިވެސް ނުބޮއޭނުން ތިހިރީ..........." ބަޝީރާ އިނީ ނިޒާރު އެހެން ނުބުނެގެންނެވެ. ހަމަ ބުނުމާއެކު ތެދުވެތެވެ.

" އަހަރެން ސައިބޯން ބުނީމަވެސް ނުބުއި.............." އާދިލާ ދެރަވެފައި ބުނެލިއެވެ.

" އަދިވާނެ ގިނަގިނައިން އަންނަން...........އަހަރެންވެސް މިހެން އުޅެމުން ވަދެލާނަން............." ގަދަކަމުން ހިނިތުންވަމުން ބަޝީރާ ބޯޖަހާލިއެވެ. އަދި ނިޒާރުގެ ފަހަތުން އެގެއިން ނިކުންނަން ހިނގައިގަތީ އާދިލާއަށް ޝުކުރުއަދާކޮށްފައެވެ.

*******

ބަޝީރާ ގުނަމުންދަނީ ހިމޭންކަމުގެ ވަގުތުތަކެކެވެ. ހިތަށް ހަމަޖެހުމެއްނުލިބުނެވެ. ފިކުރުތައް ގުޅިފައިވީ މިރޭކަންތައް ވީ ގޮތާއެވެ. ނަސީރަކީ އޭނާއަށް ކެހިދިން މަކަރުވެރިޔާކަން ބަޝީރާއަށް މިހާރު ޔަގީނާގާތްވެއްޖެއެވެ. ނަސީރު ނުފެނުނަސް ނިޒާރު ނަސީރުއާ ވައްތަރެވެ. އެއްގޮތް އެތަށް ސިފަތަކެއް ލިބިގެންވެއެވެ.

" ލޯބިވެޔޭ ކިޔައިގެން ދަޅަދަށްކާފަ.......މަ މުޅި ރަށަށްގިނަކޮށް ފަލީހަތްކޮށްފަ ................މާލެ އައިސް ދިރިއުޅުމެއް ފަށައިގެން ވަރަށް ހަމަޖެހިގެންނޭނު އެއުޅެނީ................." ބަޝީރާގެ ނޭވާދިޔައީ އަވަސްވަމުންނެވެ. ދެލޮލުގައިވީ ކަރުނައެވެ. އުނގުގައި އޮތް ކުޝަންވެސް ހީވަނީ ކުދިކުދިކޮށްލަން އުޅޭހެންނެވެ. ރުޅިއައިސްގެން މީހާ ތުރުތުރު އަޅައެވެ.

" މަންމާ..........." ލައިބާ ބަޝީރާ ކައިރިއަށް ހުއްޓި އަތްޖައްސާލީ އޭނާގެ ކޮނޑުގައެވެ. ބަޝީރާ ދިޔައީ ސިއްސަ"އެކަނި އިނދެގެން ކޮންހާ ވާހަކައެއް ތިދައްކަނީ..............." ލައިބާ ހިނިއައީ ބަޝީރާ ސިހުމުންނެވެ. ގަސްތުގައި އޭނާ ސިއްސައިގެންދާވަރު ކަމެއް އޭނާ ނުކުރާތީއާ އެކުއެވެ.

" އޭނ...... ތިވާނީ ލައިބާއަށް ހީވި ގޮތަކަށް................" ލައިބާއަށް ބަޝީރާ ވާހަކަދެއްކި އަޑުއިވުނެވެ. ނޭގެނީ ކީއެއްޗެކެވެ. ދެފަރާތަށް ބޯހޫރާލަމުން ލައިބާ އިށިއިނީ ބަޝީރާ ކައިރީގައެވެ.

" ކޮންއިރަކުންނޭތަ ޑޮކްޓަރބުނީ ވިހާނީ ................" ބަޝީރާ ބޭނުންވަނީ ވީއެންމެ އަވަހަކަށް ފުރައިގެންދާށެވެ. މާލޭއަށް އަބަދުވެސް އޭނާ ނަފްރަތުކުރެއެވެ. އަދި އަމުދުން ކަންތައްވީ ގޮތުން އޭނާ މިހާރު މާލޭގައި މަޑުކުރާކަށް ބޭނުމެއްނޫނެވެ.

" އަންނަ ފަހުގެ ފަނަރަ ދީފައިނީ ......."

" އަދި ހާދަ ދުވަހެކޭދޯ...........މިހާރު މިތަނަށް އައިފަހުންވެސް ހާދަ ދުވަހެކޭ " ހިތްހަމަނުޖެހިފައި ބަޝީރާ ބުނެލިއެވެ.

" އަދި ދެދުވަހެއްނު މިވީ................"

" ނޭގެ ހީވަނީ ގަރުނެއްވެއްޖެހެން..........ހާދަ ފޫއްސޭ............." ބަޝީރާ ޝަކުވާކޮށްލީ ކުޑަކުއްޖަކު ފަދައިންނެވެ.

" މަންމަ އަބަދު ގޭގަ އިންނާތީއޭ ފޫހީ ......މަންމަ ބޭނުމެއްނުވޭ ބޭރަށް ނިކުންނާކަށް ..............ބޭރުތެރެއަށް ނިކުމެލީމަ ފޫއްސެއް ނުވާނޭ................." ލައިބާ ވާޙަކަދެއްކިއިރު ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ހަވީރު ވީކަންތައް ހަނދާންނެތް ފަދައެވެ.

" ބޭރަށް ނިކުތީމައޭނުން އަހަރެން މިހާ ފޫއްސެއް މިވީ............." އެވާހަކަތައް ވީ ބަޝީރާގެ ހިތުގައެވެ. ލައިބާއަށް އެއިން ކަމެއް އަންގަން އަމުދުން އޭނާ ބޭނުމެއް ނުމެ ނޫނެވެ.

" މާދަން ހެނދުނު ހެނދުނާ އައްފާން ބުނި ހިނގާލަން ނިކުންނަންވާނޭ މަންމަވެސް ވާނެ އަހަރެމެންނާއެކު ދާން..........." ބަޝީރާ ހަމައެކަނި ހިނިތުންވެލީއެވެ. ލައިބާ އެދޭ ކޮންމެ ކަމެއް ފުރިހަމަކޮށްދޭން އޭނާވެސް ނުހަނު ބޭނުމެވެ. އެހެނަސް ކޮންމެ ކޮންމެ ކަމެއްގައި ގޮތެއް ނިންމަން އޭނާއަށްވެސް ވަކި ފަސޭހައެއްނޫނެވެ.

******

އައްފާނާއި ނަވީން ދިމާވީ ރޭގަނޑު ދިހައެއްޖަހާ ދިޔަފަހުންނެވެ. ކޮފީމޭޒެއް ދޮށުންނެވެ. ކޮންމެވެސް ވާހަކައެއް ދައްކަން ބައްދަލުކުރަން އައްފާން ކިޔާވަރުންނެވެ. ނަވީނަށް އާދެވުނީވެސް އައްފާން ލަސްވެގެން ގުޅިފަހުންނެވެ.

" ހޫމް............ކިހިނެތްވީ............." ފޯނުގެ ސްކުރީނުން މޫނު ދުރުކޮށްލަމުން ތަނަށްވެރިވެފައިވި ހިމޭންކަން ފޫއަޅުވާލީ ނަވީނެވެ.

" މިއަދު ލައިބާ އާ ޖޫލީ ދިމާވި............." ނަވީނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނަވީން ދެންމެ އެއައީ ލައިބާ ކައިރިއަށް ގޮސްފައެވެ. އޭނާގެ ފަރާތުންވެސް އެކަހަލަ ހަބަރެއް އަހާފައެއް ނުވެއެވެ. އިރުއޮއްސުނީސުރެ ނުވައެއްޖަހާލަންދެން އޭނާ އުޅުނީގޭގައެވެ. ޖޫލީވެސް ހުރީ ހަމަޖެހިފައެވެ. ދެމީހުން އެކީ ވަރަށް ސަކަރާތްވެސް ޖެހިއެވެ. ވަކި ތަފާތުކަމެއް ނަވީނަށް އެއިން އެކަކު ފަރާތުންވެސް ފާހަގައެއް ނުވެއެވެ.

" ވަރަށް ބިރުގަނެއްޖެ ދޯ.............." ނަވީނަށް ލޯއަޅާލަމުން އައްފާން ބުނެލިއެވެ. އައްފާންގެ މޫނުމަތިން ނަވީނަށްފެނުނީ ސީރިޔަސްގޮތެވެ.

" އަސްލުވެސް މިއަދު ދެމީހުން ދިމާވި........ވާހަކަވެސް ދެއްކި................ޖޫލީއަކަށް ނޭގޭނެ ލައިބާ އެކާކު ކަމެއް ............އަހަރެން ބުނީ ރައްޓެއްސެއްގެ އަންހެނުންނޭ.........ވިހަންށޭ މާލެ އައީ........." ނަވީނަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ . ވަގަށް ކަންކަން ކުރާމީހުން ތިބޭނީ ސިހިސިހި ބިރުންނޭ ބުނާ ފަދައިން ނަވީންގެ ހާލަކީ އެއީއެވެ. އަމުދުން ލައިބާ މާލެ ގެނައިފަހުން ނަވީނަށް ހަމަޖެހުމެއް ނުލިބެއެވެ.

" އެކަމަކު ލައިބާއަށް އެނގޭ ޖޫލީ އެއީ ނަވީންގެ އަންހެނުންކަން......................" އައްފާންގެ ޖުމްލަ ފުރިހަމަ ނުވަނީސް ނަވީން މޫނު އަނބުރާލިއެވެ.

" ނަވީން ލައިބާ ދެކެ އެއްވެސްވަރަކަށް ލޯތްބެއް ނުވޭތަ ހަމަ.........؟ " ނަވީންގެ ހަރަކާތްތަކުންނާއި އުޅޭއުޅުމުން އައްފާން އެސުވާލުކުރި އިރުވެސް ޖަވާބު އެނގޭފަދައެވެ. އެއަޑުގައިވީ ލައިބާއަށްޓަކާ ހަމްދަރުދީއެވެ.

" ދެން އަފޫއަށް އެނގެޔޭނުން...................."

" އަހަރެން ލޯބިވަނީ ޖޫލީދެކެ ހަމަ އެކަނި ޖޫލީ ދެކެ................." ޖޫލީގެ ނަން ކިޔާލިއިރު ނަވީން ތުންފަތްމައްޗަށްވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

" ހަމަ އެއްވެސް ވަރަކަށް ލޯތްބެއް ނުވެޔޭތަ ތިބުނީ...................؟ " އައްފާންގެ އަޑުގައިވެސްވީ ހައިރާންކަމެވެ. ލައިބާގެ ހިތް
އޮތްގޮތް އެނގުމުން އައްފާން ބޭނުންވީ ނަވީން ކައިރީ އަހާށެވެ.

advertisment

" އާން އެކޭ އާއެކޭ .............އަހަރެން ލައިބާ ދެކެ ލޯތްބެއް ނުވެޔޭ..........." ނަވީން އަޑަށް ބާރުލާފައި އެހެން ބުނި ނަމަވެސް އޭނާގެ ހިތުގައި ދިޔައީ އާދަޔާ ހިލާފް ޝުއޫރުތަކެއް ހިނގަމުންނެވެ. ބުނެދޭން ނޭގޭ ޖަޒްބާތުތަކުން އޭނާގެ ހިތުގެ ހަމަޖެހުންވަނީ ނަގާލާފައެވެ. އެޖަޒްބާތުތަކާއި އިޙްސާސްތަކަށް ދޭނެ ނަމެއް ނަވީނަކަށް ނޭގުނެވެ.

" ތި ވާހަކަދައްކަންތަ އަންނާށޭ ބުނީ............... ފޯނުންވެސް ތި ސުވާލުތަކަށް ޖަވާބު ދިނީމުހޭ.............." ނަވީން އައްފާން ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
" ލޯބިނުވިޔަސް ލައިބާއަކީވެސް ނަވީންގެ އަންބެއް އަންބެއްގެ މަގާމްގައި އޭނަ އިންނަހާ ދުވަހަކު ނަވީންގެ ވެސް ޙައްޤުތަކެއް އޭނާގެ މައްޗަށްވޭ..........އެޙައްގުތައް ނަވީން އަދާކުރަން ޖެހޭނީ ދެމީހުންނަށް ތަފާތުކުރުމެއްނެތި........ނޫންނަމަ ނަވީން ފާފަވެރިވާނެ.............." އައްފާންގެ ވާޙަކައަޑު އަހަން ނަވީން އިނީ ބަސްއަހާ ކުޑަކުއްޖަކު ފަދައިންނެވެ.

" ނަވީންގެ އުފަލަށްޓަކާ ޖޫލީގެ އުފަލަށްޓަކާ ލައިބާއަށް ދެރަގޮތެއް ނުހަދާތި............... އެދުވަހަކުން އަހަރެން ނަވީނަކަށް މަޢާފެއް ނުކުރާނަން.....................އަހަންނަކަށް ހިޔެއް ނުވޭ ނަވީން ކުރަން ތިއުޅެނީ ރަނގަޅުކަމެއް ހެންނެއް................" އައްފާންގެ ދެލޮލުގައި ވިދައިގަތީ ކަރުނައެވެ. ފިރިހެނަކަށް ވިޔަސް މިއަދު އޭނާއަށް ވަރަށް އަސަރުކޮށްފިއެވެ. ލައިބާ މިއަދު ރޮއެ ރޮއެފައި ދެއްކި ވާޙަކަތައް އޭނާ ކަންފަތް ބުޑުގައި ގުގުމާފަދައެވެ.

" އަހަރެން އިތުރު ކައިވެންޏެއް ކުރީ އަފޫ ބުނެގެންނޭނު ................." ނަވީން މާޔޫސީ ރާގަކަށް ބުނެލިއެވެ.

" ހޫމް އަހަރެން ބުނެގެން..........އަހަންނަށް އެހެން ބުނަން ޖެހުނީ ކީއްވެގެން ؟ " އައްފާން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

" އޯކޭ އޯކޭ............. ނުދައްކާ ވާޙަކައެއް" ނަޥީން ދެއަތް އުފުލާލަމުން އަމާންދިނެވެ.

" އަހަރެން ބޭނުންވާ ގޮތަށް ކަންތައް ކުރަން ލައިބާ އެއްބާރުލުން ދޭނެ.........ލައިބާ އަހަންނަށްޓަކާ ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނެ..........." ފަހުރުވެރިވެލާފައި ނަވީން އެހެން ބުނިނަމަވެސް އައްފާން އިނީ ހިތާހިތުން ނަވީނަށް އެއްޗެހި ކިޔާލަ ކިޔާލައެވެ.

******

ފާހާނާއިން ނިކުތް ޖޫލީގެ މޫނުމަތީގައިވީ ތާޒާކަމެވެ. ލައިގެން ހުރީ ސިލްކުފޮތީގެ ކުރު ނައިޓީއެކެވެ. ތެތް އިސްތަށިގަނޑު ތުވާއްޔަކުން ހިއްކަމުން އައިސް ޖޫލީ ހުއްޓުނީ ލޯގަނޑުކުރިމަތީގައެވެ. އަމިއްލަ ސޫރައަށް ލޯގަނޑުން ބަލާލިއެވެ. ލޯގަނޑުން ފެންނަން ހުރި ނަވީންގެ ސޫރައަށް ބަލާލާ ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ. އަދި ބޮޑީ ބަޓަރފުޅި ނަގާ އަތާ ކަރުދޮށުގައި އުނގުޅަންފެށިއެވެ. އޭރު ނަވީން ހުރީ ކޮފީޖޯޑެއް ހިފައިގެން ކުޑަދޮރުކައިރީގައެވެ. އެތިއެތި ފޮދުން ކޮފީ ބޮމުން ދިޔައިރު އޭނާގެ ނަޒަރު ގުޅިފައިވަނީ ވަށައިގެންވި އިމާރާތްތަކަށެވެ. ލައިގެންހުރި ކަކުލުން މައްޗަށްހުރި ސޯޓެކެވެ.

ފަހަތުން އައިސް ނަވީން ބައްދާލިއެވެ. ޖޫލީގެ ބަނޑާއިހަމާގައި ނަވީންގެ ދެއަތުން ވަށާލާ ބާރުކޮށްލިއެވެ. އަދި އޭނާގެ ދަތްދޮޅި އަޅުވާލީ ޖޫލީގެ ކޮނޑުގައެވެ. އަދި ލޯގަނޑުން ޖޫލީގެ މޫނަށް ބަލާލިއެވެ.

" ޑާރލިން......." ނަވީން ޖޫލީއަށް ގޮވާލުމުން ޖޫލީއަށް ބަލާލެވުނީ ލޯގަނޑަށެވެ.

" ކީކޭ..........." ނަވީންގެ ތޫނު ނަޒަރުން އަދިވެސް ޖޫލީ ރަކިވާގޮތްވެއެވެ. އެހެންވެ ވާޙަކަދައްކަންވެސް އުނދަގޫވިއެވެ.

" އަހަރެން ސުވާލެއް ކުރަންތަ؟ " ޖޫލީގެ ދެކޮނޑުގައި ހިފާ ނަވީނާ ގާތްކޮށްލަމުން ބުނެލިއެވެ. އަދި ނަވީންގެ މޫނު ޖޫލީގެ ކޮލުގައި ޖައްސާލިއެވެ. ޖޫލީ ބޭނުންކޮށްފައިވާ ބޮޑީބަޓަރގެ މީރުވަހުން ނަވީންގެ ހިތްފުރިގެންދިޔައެވެ.

" ހޫމް..........ބުނެބަލަ........." ޖޫލީ ހިނިތުންވެލިއެވެ.

" އެހެން މީހެއްގެ ކުއްޖެއް ގެނެސްގެން ޖޫލީއަށް ލޯބި ދެވިދާނެބާއޭ ހިތަށް އަރަނީ ............" ނަވީން އެހެން ބުނުމުން ކުޑަވަގުތުކޮޅަކަށް އެސްފިޔަ ޖަހަންވެސް ހަނދާންނެތިފައި ޖޫލީއަށް ހުރެވުނެވެ. ނަވީނަށް އޭނާޔާ މެދު ހާދަ އިތުބާރެއް ނެތޭ ޖޫލީއަށް ހީކުރެވުނެވެ.

" ކީއްވެ ނުދެވެންވީ..............؟ ކީއްވެ ނަވީނަށް އެހެން ހީވަނީ ؟ " ޖޫލީ އެނބުރިލާފައި ނަވީންގެ މޫނަށް ބަލާލިއެވެ.

" ނަވީނަށްވެސް ލޯބިދެވޭނެޔޭ................" ޖޫލީ ނަވީންގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.

" ޖެހިލުންވަނީދޯ.....މީހެއްގެ ދަރިއަކު ގެނެސްގެން އިޙްމާލްވެވިދާނެތީ..........." ސީދާ ނަވީންގެ ލޮލަށްބަލަން ހުރެ ޖޫލީ ހާމަކޮށްލީ އޭނާޔަށް ހީވާއެއްޗެކެވެ. ޖޫލީ އާ ހަތަރުކަޅި ހަމަކުރުމަކީވެސް އޭނާޔަށް ކުޅަދާނަކަމަކަށް ނުވިއެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހާލަމުން މޫނު އަނބުރާލިއެވެ. ދެން ނަވީން ބަލަން ފެށީ ދުރަށެވެ.
" ކަންބޮޑުނުވޭ.........ގެންގުޅެން ފެށީމަ ދަރިކުލުނު ޖެހޭނެޔޭ..........."

" ހިތްޖެހި .........ލޯބިވެސްވާނެޔޭ" ޖޫލީ ކިތަންމެ ހަމަޖެހިލާފައި އެހެންބުނި ނަމަވެސް ނަވީން ހާސްވަނީއެވެ. ދަރިއަކު ގެންގުޅުމުގެ ތަޖްރިބާ ޖޫލީގެ ނުހުންނާނެތީއެވެ. ޖޫލީއަށް ކުއްޖަކު ބަލަން ނޭގިދާނެތީއެވެ. އަމިއްލަ ދަރިއަކު ގެންގުޅުމާއި މީހެއްގެ ދަރިއަކު ގެންގުޅުން ހާސްބައި ތަފާތުވާނެއެވެ. ބުނެލަން ފަސޭހަޔަސް އެއީ ކުޑަކުޑަ ކަމެއްނޫންކަން ނަވީނަށް އެނގެއެވެ.

" ޔަގީންތަ ޖޫލީއަށް ލޯބިދެވޭނެތަ ހަމަ..........."

" ހޫމް މަށަށް އިތުބާރުކޮށްބަލަ............." ނަވީންގެ ދެއަތްތިލާގައި ހިފާ ބާރުކޮށްލަމުން ޖޫލީ ހިނިތުންވެލިއެވެ.

" ޖޫލީގެ ތި ހުވަފެން ހަގީގަތަކަށްވާންދެން މާގިނަދުވަހެއް ނުނަގާނެ.............." ވީއުފަލުން ޖޫލީ ނަވީންގެ މޭގައި މޫނު ފޮރުވާލިއެވެ. ނަވީން ޖޫލީގެ ގައިގާ ބައްދާލިއިރު އެމޫނުމަތިން ފާޅުވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.

___________ ނުނިމޭ_____________

  1. Avatar

    Liba vihyma dharifulhu gendhan e ulheny naween. Joolie aw dhemyhun dhari eh gothah balan eyrun laiba v dherawaane dw pls laiba aw dhera gotheh nahadhahchey

    13
  2. Avatar

    Laiba liben eulheny twins kudhin. Ethananun eh kujje thiulhey naveen kiyaa selfsih rahumkuda firihenaa gendhaani and laiba ah balaaves nulaane, ekam ves hurihaa qurubaani eh laibaa vega.naveen gandu anburaa life ah aima dhaane eyna kairiyah varah.. Varah foohivey naveen ulhey faadun.mulhi vaahaka ekko hadi kollaane. Affaan naveen aah mahsala jeheyne laiba aee eyna kokko kan inguneema… So sad vaahaka jn gothah thaa kuriyah dhaani kohme ehche kiyass. 😛

    19
  3. Avatar

    ނަވީން ކަލޭ ހަނދާން ކުރާތި ، ލައިބާ އަށް ދެރަ ގޮތެއް ހަދައިފިއްޔާ ކަލޭ ކަރަށް ވަޅި އެއް ޖަހާނަން …

    16
  4. Avatar

    reethi gotheh vaane mi naveen ah, laiba ahves mivanee hama basheera ah veevaru, thafaathakee laiba preg vee marry koggen kan, haadha rulhieh aadheyey naveen dheke.

    13
  5. Avatar

    Mary ah avas shifaa akah edhen ….balikon ulhemum ves vaahaka genes dheythee varah bodah shukuriyaa …asluves Naveen ulhey gothun varah foohiveh laibaa ah dhera gotheh nahadhaaneh kamah umeedhu kuran adhi joolee ah ves

    5
    13
  6. Avatar

    Saabas Mariyanbu, 2017 ge september ga genesdheyn feshi vaahaka eh viyaa meee… mihaaru hen gaimu nimen vehjje eh nun… Naveen aa Naseer but kuraane gotheh naygenyyaa dhen mikan huhttaalan veenun… bodethi break naga nagaigen ais ves bunaa dhuvahakah nuninmmey viyya… sahaadheh hayaathuga dhimaa vi enme ithubaaru neiyy foohi liyun therieh
    theee..foohivey…. vvvvvv

    Avahah Leena aadhey miaa vihdhaafa comment kuran

    13
    1
    1. Avatar

      ދެން ކީއްވެ މިވާހަކަ ތިިިކިޔަނީ..ތިހާ މަރީ ދެކެ ރުޅި އަންނަ ކަމަށް ވަންނާ ނުކިއީމަ ނިމުނީނު.

      1. Avatar

        bala mariyam dheke rulhi aisgeneh meehaku noolhey.. vaanuvaa neygunas meehunah rahdhu dheythee dheraee.. mariyamge baha amalaa dhima nuva vaahaka bunee.. vaahaka kiyanee vaahaka reethi veema

        6
        1
    2. Avatar

      Leena ah haadhavarekey thi vanee meehun negetive comment kuraathee…. hama hurefatha meehun e gothah comment kuraneee…. Thiya Mariyam ge bahaa amalu dhimaa vi fahareh aiy tha? Kurin huhttali faharu vaahaka ehkoh ninmaafa upkuran fashaanamey bune 2 months negi.. eyah fahun konme Sunday aku ekannyey kiyaafa ves dhima eh nuvi…. Anehkkaa eyge fahun bes konme.Tuesday nd Friday eh ga ey kiyaafa ekameh ves nuvi.. Liyuntheri eh viyyaa konmes vareh ge ithubaareh ves onnan jeheyne… Mi vaahaka mee reethi vaahaka eh… Ekamaku konme faharaku liyuntheriyaaa amilla ah ithubaaru gehlluvaalannyyaaa kiyuntherin negetive comment kuraane… Thiya Leena heevanee Mariyanbu laari dheefa Posotive comment kurana bahahttaafa huri agent eh hen… Rangalhah viyyaa thiya Leena ves thee Mariyanbu kahala bahaa amalu dhimaa nuvaa meeheh thoahcheh

      5
      1
      1. Avatar

        ސަންތީ.ހާދަ ވަރެކޭ ދޯތިވަނީ.މަމީ ލާރިނުލިބިގެން އުޅޭ މީހެއް ނޫނޭ.އަހަރެންނަކަށްވެސް މަރީ އެއް ނޭގެހަމަތިމީ ހުން ގޮތަށް މަވެސް މި ިޔުން ތެރިއެއް.ސަންތި އަށް ހީވަނީތަ އެއްޗެހީ ކީމަ ވަކި މަރީ އަވަސް ކުރާނެހެން.ފަސްޓް ގިވަ ހާ ސަމް ރެސްޕެކްޓް. އޭރަށްދޯ މަރީވެސް ލިޔާ ހިތް ވާނީ.މަރީ އަކަށް ވެސް މުސާރަ ދީގެން ކުރާ ކަމެށް ނޫން މީ..އެހެންވީމަ ހަމަ ލަސްވެދާނެ.މަރީ އެކަންޏެއް ނޫން ލަހުން އަޕް ކުރަނީ މިވެބްސައިޓްގަ.ހުރިހާ ލިޔުން ތެރިންވެސް ލަސް.މިވެބްސައިޓު ވެސް ކަޑައީ..މިތަަނުންވެސް ކޮންޓްރެކް އެއް ހަދާ އަދި ލިޔުން ތެތިންނަށް ކޮންމެސް މުސާރަ އެއް ދޭނަމަ ލިޔުންތެރިން ވެސް ހަރުދަނާ ވާނެ.މަރީ މެންގެ ރީތި ވާހަތަށް ހިލޭ ކިޔާލަން ލިބޭތީވެސް ޝުކުރު ކޮށްބަލަ.ހަމަ މަވެސް ކިޔާ ހިތްވޭ ހަމަބަލަން އަޕްކުރޭތޯވެސް ކޮންމެ ދުވަހަކު.މަވެސް ހަމަ ކެތްކުރަނީ.

        3
        5
  7. Avatar

    މަރީ އުޅެނީ ބަލިކިމުންނޭ އެބުނީނު.ކެތްކޮއް ބަލަ.އެހެން ނޫނީ މިވާހަަކަ ކިޔުން ހުައްޓާލަބަ.އެއްޗެހި ކިޔައިގެން ވާނެ ފައިދާ އެއް ނޯންނާނެ

    5
    15
    1. Avatar

      rangalhu ves nuva bayyehtha ei leena??? ehen buni fahun 2 haftha ah vure gina vegen midhanee mihaaru… leena akah noonehnu ehchehi kee.. nuva kameh ves noanna meeheh mee

      13
      4
  8. Avatar

    ދެން އިންތިޒާރެއް ނުކުރެވޭނެއެވެ. ބަޑުގައި ރިހޭން ފެށުމުން ލައި ބާރު ބާރައް ރޯން ފެށިއެވެ. ހަމައެވަގުތު ބަސީ ”ލައި ގޮވައިގެން ހިގަޖެއެވެ.ދެވަނަ ފަހަރައް މިފަދަ ވޭނެއް އުފުލަން ބޭނުމެއް ނޫނޭ ބުނަމުން ލައި ރޯންފެށިއެވެ. މީހާ ވަނީ ވަރުބަލި ވެފައެވެ. ކުޑަކުޑަ ވަގުތު ކޮޅެއްގެ ތެރޭ މުޅި ތަނުން އިވިގެން ދިޔައީ ސާބަނަލަ ރުއިމުގެއަޑަކުން މުޅި ވިސާ ކޮޓަރި ހިމޭން ކޮއްލިއެވެ…

    10
    1. Avatar

      މަރިޔަމް އަށް އެވޯޑް ހައްގު. އެންމެ އަވަސް ވާހަކަ ލިޔުންތެރިޔާ.. ވައިސަރީ ތިކިތަކަކުންނޭ ވާހަކަ ތި ދިގު ކޮށްލަނީ. އަހަރުމެން މީ ބޯނުހުންނަ މީހުން ކަމަށްތަ ހީކުރަނީ. ތިޔަ ހަދާ މަކަރު ނޭންގޭނެ ކަމަށްތަ އަޅެ. މަރްޔަ،މް އިސްތިއުފާ. ވާހަކަ.ކޮމް އިސްތިއުފާ. ކޮން ނޭދެމޭ ވަކިވުމެއްތަ؟ އަހަރުމެން އެދެނީ ދެން ކޮންމެސް އެއްގޮތެއް ހަދާފައި މަރްޔަމް ވަކިވުން. ޝުކުރިއްޔާ

      11
  9. Avatar

    Mariyanbakah mikameh nuvaane…. dhen buney mi site ga vaahaka up kuraneee hileysaabahshey… ekan engi hure eh nun vaahaka up kuran fesheeves… adhi idu iru kolhun gap nagaafa ves ais thi upkuranee ves hama ehen ve eh nun… Naveen aa Nizaaru bust kuraane gotheb nuvisnuniyyaa mikan huhtaalaa dhelofulhaaa… adhi huhttaalaafa huhttaali ka iulaan kurey… eyrah mihen negetive comment koh koh nuhunnaanan

  10. Avatar

    ކުއްލިޔަަކަށް ނަވީން ބުނި ޖުމްލައިން ޖޫލީ ތެޅިގަނެވުނެވެ. “އާނ… އަހަރެންގެ އެހެން އަންބެއް ހުރޭ، އަދި އޭނާ އިނީ އަހަރެންގެ ދަރިޔަކަަށް ބަލިވެ” ޖޫލީ ގެ ދެއަތުން ނަވީން ގެ މޭގައި އަތް އަޅާ ދުރަށް ޖެހިލިއެވެ. “ކީ ކީއްވެ އަހަންނަށް ތިވަރުގެ ބޮޑު އޮޅުވާލުމެއް ތި އޮޅުވާލީ” ނަވީން ހުރީ މިހާ އަވަހާ މިޙަބަރު ޖޫލީ ގާތު ބުނާކަށެއް ނޫނެވެ. ނަމަވެސް މަޖުބޫރު ވީއެވެ. މަރިޔަމްބު 56 ވަނަ ބައި އަޕްލޯޑު ނުކުރާތީވެ ލަސް ނުކޮށް ބުނަން މަޖުބޫރު ވީއެވެ…..ލޮލް

    10
    1. Avatar

      “keehve mashah dhogu hedhy” jooly bunely hama ekani ehennve..thedhah buney kaakah dharin nulibeny..naveen ah dharin nulibenyaa keehve naveenge dhari akah ehen meehaku balive innanvy bunebala..

  11. Avatar

    3މަސް ވެއްޖެ އަދިވެސް އަނެއްބައި ގެނެސްދޭން ނުވޭތަ، މިވަރުމީހުން ވާހަކަ ނުލީމަ ވީނު، މި ސައިޓުންވެސް މިކަހަލަ ކަންތައް ބަލަންވެއްޖެ އެއްނު އެއްދުވަަސް ޑިލޭ އެއް އައިސްދާނެ އެކަމް 3 މަސްވާއިރު ނުލިޔެވޭނީ ފަރުވާ ކުޑަވީމަ ??

ރައްދު ކެންސަލް