6122 110

އެއްޖިންސުން ގުޅުން ހިނގުމުގެ މުޑުދާރު ޢަމަލު މިދުނިޔެއަށް އުފަންކުރުވި ބަޔަކީ لوط عليه السّلام ގެ ޤައުމުގެ މީސްތަކުންނެވެ. ސަދޫމުގެ މީސްތަކުންނެވެ. އެއަށްފަހު ދުނިޔަމަތީގައި ކޮންމެ ޒަމާނެއްގައިވެސް އެފާފަ ކުރަމުންގެންދާ ބަޔަކު ދިރިއުޅެމުން ގެންދެއެވެ. ނަމަވެސް އެ ޢަމަލަކީ އިންސާނީ ފިޠުރަތާއި މުޅިން ޚިލާފު ޢަމަލެކެވެ. އިންސާނީ ފިޠުރަތު އެކަމަށް ކުޑަވެސް ފުރުޞަތެއް ނުދޭ ޢަމަލެކެވެ.

މިހާރުގެ ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް ފެންނަމުން ދަނީ އެއް ޖިންސުން ގުޅުން ހިނގުމަކީ އެއީ ކޮންމެހެން ލިބިދެވެންޖެހޭ އިންސާނީ ޙައްޤެކޭ ބުނާ މަންޒަރެވެ. އެފަދަ ނަޢުރާތައްކޮށް އަޑު އުފުލަމުން ގެންދާ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ޤައުމުތަކުގައި މި ނުބައި ޢަމަލުކުރުމަކީ އެއީ ހުއްދަކަމެއްކަމުގައި ނިންމައި ޤާނޫނުތައް ހެދިފައި އެބަހުއްޓެވެ. އަނެއްބައި ޤައުމުތަކުގައި އެޤާނޫނު އުފަންވުމާއި ވަނީ ނުހަނު ގާތްވެފައަވެ.

ދުނިޔޭގެ އެންމެން އެއްއަޑަކުން، ގުރާ ފަށްފަށް ކުރާފަދައިން އެއީ އިންސާނީ ޙައްޤެކޭ ބުނެ އެއްޖިންސުން ގުޅުން ހިނގުމަށް ބާރުއަޅައި އެފަދަ ޤާނޫނެއް އުފަންވިކަމުގައިވިޔަސް ކުށެއްވަނީ ކުށަކަށެވެ. ފާފައެއް ވާނީ ފާފައަކަށެވެ. އެފަދަ މުޑުދާރު ޢަމަލުތައް އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވަނީ އޭގެއިން ލިބޭ ދުންޔަވީ އަދި އުޚުރަވީ ގެއްލުމެއްގެ ބޮޑުކަމުންނެވެ. އެގޮތުން މިޒަމާނުގެ ތަޢައްޞުބުން އެއްކިބާވެތިބި ޞިއްޙީ މާހިރުންވަނީ އެއްޖިންސުން ގުޅުން ހިނގުމުން ލިބޭ ޞިއްޙީ ގެއްލުންތައް ހާހުން ދެހާހުން ގުނާލެވޭ މިންވަރަށް ބަޔާންކޮށްދެއްވާފައެވެ.

ވިސްނުމުގެ ނަޒަރުން ބެލިކަމުގައިވިޔަސް އެއްޖިންސުން ގުޅުން ހިނގުމަކީ އިންސާނީ ތަބީއަތު އެކަމަށް ކުޑަވެސް ތަރުހީބެއް ނުދޭ ފަދަ އަމަލެކެވެ. މާތް ﷲ އިންސާނުން ހައްދަވާފައިވަނީ އިދިކޮޅު ދެޖިންސުގެ މީހުންނަށް ބޭނުންވާނެ ފަދަގޮތެއްގައެވެ. އެކަމަށް އިންސާނާގެ ގުނަވަންތައްވެސް ހެކި ދެެއެވެ. ހަމައެހެންމެ އިންސާނީ ނަސްލު އަދި ކީއްތޯ ދޫނި ސޫފާސޫތްޕާއި ޖަނަވާރު ފަދަތަކެތިވެސް ހައްދަވާފައިވަނީ ދެޖިންސުގެ ގުޅުމުގެ ޒަރީއާއިން ދަރިފަސްކޮޅު އުފެދި ބިނާވެއްޓެއް ޤާއިމު ކުރެވޭފަދަ ގޮތަކަށެވެ. ދެޖިންސުގެ ދެ ފަރުދުންގެ ދެމެދުގައި ދަމާ ބާރު ނުވަތަ އެއްޖިންސުގެ ފަރުދަކު އަނެއް ޖިންސުގެ މީހަކަށް ހިތްލެނބުމުގެ ބާރު ލައްވާފައިވަނީ އެ ސަބަބަށްޓަކައެވެ.

ކަންމިހެން ހުރުމާއެކު، މިއަމަލާމެދު، ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم މި އުންމަތަށް ވަނީ އިންޒާރު ދެއްވާފައެވެ. ابْنِ عَبَّاسٍ رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.

أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ ، لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ ، ثَلاثًا { وروى أحمد 2915/ وحسنه شعيب الأرنؤوط في تحقيق المسند}

މާނައީ: “ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. لوط عليه السّلام ގެ ޤައުމުގެ މީސްތަކުން ކުރިފަދަ އަމަލެއް ކުރާ ބަޔަކަށް މާތް ﷲ ލަޢުނަތް ލައްވާށިއެވެ. لوط عليه السّلام ގެ ޤައުމުގެ މީސްތަކުން ކުރިފަދަ އަމަލެއް ކުރާ ބަޔަކަށް މާތް ﷲ ލަޢުނަތް ލައްވާށިއެވެ. މިފަދައިން ނަބިއްޔާ صلّى اللّـه عليه وسلّم ތިންފަހަރު ޙަދީޘްކުރެއްވިއެވެ.”

އިމާމު ތިރުމިޒީއާއި އަބޫދާއޫދާއި އިބްނު މާޖާގައި عبد اللّـه بن عبّاس رضى اللّـه عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ.

مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الْفَاعِلَ وَالْمَفْعُولَ بِهِ { الترمذي 1456 / وصححه الألباني في صحيح الترمذي}

މާނައީ: “ތިޔައިގެ ތެރެއިން މީހަކަށް لوط عليه السّلام ގެ ޤައުމުގެ މީސްތަކުން ކުރިފަދަ އަމަލެއް ކުރާ ބަޔަކު ފެނިއްޖެނަމަ އެކަން ކުރާމީހާއާއި ކުރެވޭ މީހާއާ ދެމީހުން ޤަތުލު ކުރާށެވެ.”

الامام الذهبي އޭނާ ލިޔުއްވި الكبائر އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. ދެފިރިހެނުން އެއްޖިންސުން ގުޅުން ހިނގަން ފަށައިފިނަމަ މާތް الله سبحانه وتعالى، ގެ ކޯފާއަށް ބިރުވެތިވެ އެކަލާނގެ އަރުޝި ތުރުތުރު އަޅަންފަށައެވެ. އުޑުތައް ބިންމައްޗަށް ވެއްޓޭ ވަރަށް އަރުޝި ތުރުތުރު އަޅައެވެ. ދެން މަލާއިކަތްބޭކަލުން އުޑުތަކުގެ ކައިރިތައް ހިފަހައްޓަވައެވެ. އަދި މާތް الله سبحانه وتعالى، ގެ ކޯފާ މަޑުވެއްޖައުމަށް ދާންދެން އެބޭކަލުން ސޫރަތުލް އިޚްލާސް ވިދާޅުވަމުން ގެންދަވައެވެ. { الكبائر މި ފޮތުގެ 57 ވަނަ ޞަފްޙާ}

ލިވާޠުކުރާ މީހުންނަކީ، ކަށްވަޅުގައި ވެސް ވަރަށް ބޮޑު ޢަޛާބެއް ލިބެމުންދާނެ ބަޔެކެވެ. الامام الذهبي އޭނާ ލިޔުއްވި الكبائر އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. ޢީސާގެފާނު ދަތުރުފުޅެއްގައި ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެކަލޭގެފާނަށް ވަރަށް އާދަޔާ ޚިލާފު ޙާދިސާއެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ މަރުވެފައިވާ މީހެއްގެ ގައިގައި އަލިފާން ރޯވެ އަނދަމުން ދަނިކޮށެވެ. އެހިނދު އެކަލޭގެފާނު އެ އަލިފާންގަނޑު ނިއްވާލެއްވުމަށްޓަކައި ފެންއެއްޗެއް އެމީހާގެ ގަޔަށް އޮއްސަވައިލެއްވިއެވެ.

އެވަގުތު އެމީހާ އަލިފާންގަނޑަކަށް ބަދަލުވެ، އެމީހާގެ ގައިގައި ރޯވެ އަނދަމުންދިޔަ އަލިފާންގަނޑު، ޅަފުރައިގެ ފިރިހެން ކުއްޖަކަށް ބަދަލުވިއެވެ. އެކަމާމެދު ޙައިރާންފުޅުވެވަޑައިގެން، އެ ދެ މީހުންގެ ޚަބަރު އޮޅުންފިލުއްވަވައި ދެއްވުން އެދިވަޑައިގެން މާތް الله سبحانه وتعالى، ގެ ޙަޟުރަތުގައި ދެންނެވިއެވެ. އެހިނދު މާތް މާތް الله سبحانه وتعالى، އެ ދެ މީހުންނަށް ދިރުން ދެއްވައި، އެ ދެ މީހުން އަލުން ދުނިޔެއަށް ފޮނުއްވެވިއެވެ. އެއީ ބާލިޣުވެ ފުރާފުރިހަމަވެފައިވާ ފިރިހެނަކާއި، ޅަފުރައިގެ ފިރިހެން ކުއްޖެކެވެ. ޢީސާގެފާނު އެ ދެ މީހުންކުރެން އެއްސެވިއެވެ. “ތިޔައިގެ ދެ މީހުންނަށް ތިޔަ ޙާލު ޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ؟” ބާލިޣުވެފައިވާ މީހާ ދެންނެވިއެވެ.

” އޭ މާތް ﷲ ގެ ނަބިއްޔާއެވެ! ތިމަންނާ ދިރިދުނިޔޭގައި އުޅުނުއިރު މި ކުއްޖާ ދެކެ ލޯބިވުމުގެ އިމްތިޙާނަށް ހުށަހެޅުނެވެ. އެ ލޯބީގައި ޝަހުވަތްތެރިކަމަށް އިޖާބަދީ، މި ކުއްޖާއާއެކު ލިވާޠުކޮށް އުޅުނީމެވެ. ފަހެ، އަޖަލުޖެހި ތިމަންނާ މަރުވިފަހުން މި ކުއްޖާ ވެސް މަރުވިއެވެ. ދެން ތިމަންމެން ދެމީހުންނަކީ އެކަކު އަނެކެއްގެ ހަށިގަނޑު އަންދާ އަލިފާނެއް ކަމުގައި މާތް ﷲ ލެއްވެވިއެވެ. ބައެއް ފަހަރު އޭނާގެ ހަށިގަނޑު އަލިފާނަށް ބަދަލުވެ، އެ އަލިފާން ތިމަންނާގެ ހަށިގަނޑު އަންދަމުން ގެންދެއެވެ. އަދި އަނެއްބައި ފަހަރު ތިމަންނާގެ ހަށިގަނޑު އަލިފާނަށް ބަދަލުވެ، އެ އަލިފާން އޭނާގެ ހަށިގަނޑު އަންދަމުން ގެންދެއެވެ. ޤިޔާމަތްދުވަސް އަތުވެއްޖައުމަށްދާންދެން ތިމަންމެން ދެމީހުންނަށް މި އަޒާބު ލިބެމުންދާނެއެވެ.” {ބައްލަވާ الكبائر މި ފޮތުގެ 60 ވަނަ ޞަފްޙާ}

ރިފަރެންސް
ޤަޞަޞުލް އަންބިޔާޢު
އަލްބިދާޔާ ވައްނިހާޔާ
ތާރީޚުއް ޠަބަރީ
ތަފްޙީމުލް ޤުރްއާން
ތަފްސީރު އިބްނު ކަޘީރު
އަލްކަބާއިރު

  1. Avatar

    މިފަދަ ލިޔުން ގިނަގިނައިން ލިޔުން ބޭނުން ވަނީ. ކޮންމެވެސް ޝަހުވަތްތެރި ވާހަކަ އަކަށްވުރެ އިބްރަތްތެރި މިފަދަ ލިޔުމުން މުޖުތަމަޢު އަށް ފައިދާ ބޮޑުވާނެ. ތި މަސައްކަތުގައި ބަރަކާތއ ލައްވާށި.

    42
  2. Avatar

    Mi vaahaka aai eku mi vabaagai jehifaivaa meehun mikamun salaamaiy vaane gothehves himanaalinama furihamavees. aharenves dhanna varah gina meehun mihen ulhey. Emeehun bunany thimanna ah mikamun salaamaiy veven neiykamah. Thimanna ufedhifa vany mihen kamugai. Ragalhuvaan ulhunas nuvevey vaahaka . Ehen veema mikahala meehunnah eheetherivedheveyne fadha gothakah liyumeh shaairu kohdhevun edhen.

ޚިޔާލު ފޮނުއްވާ