8834 90

” ހޭ……..މީނަތަ ؟ ” ޔަގީން ކުރަން އަހާލާ ފަދަ ގޮތަކަށް އަހާލިއެވެ. އެދެމީހުން ދެމެދު ފެނުނީ އެކުވެރިކަމެވެ. ކުޑަކޮން ހައިރާންވެފައި އެމަންޒަރު ބަލަން އައްފާނަށް އިނދެވުނެވެ. މިދެމީހުން ދަންނަނީ ކިހިނެތްބާއޭ ހިތަށް އެރިއެވެ.

” ތިދެމީހުން އެކަކު ……………އަނެއްކަކަށް އެނގޭތަ ؟ ” ޖެހިލުންވެފައި އައްފާން ސުވާލުކުރިއެވެ. ދެއަންހެންކުދިން އެކަކު އަނެއްކަކަށް ބަލާލާފައި ޖަހާލީ ހިނިގަނޑެކެވެ. އެއިން ނަގަންވީ މާނައެއް އައްފާނަކަށް ނޭގުނެވެ. އަނެއްކާ ނަވީން ހުރިހާ ވާޙަކައެއް ކިޔާދިނީބާއޭ އައްފާން ހިތަށް އެރިއެވެ.

” ރޭ ފިހާރަޔަކުން ދިމާވީދޯ…………..” ޖޫލީ ލައިބާ އާ ދިމާވިގޮތް ކިޔާދިނެވެ. ލައިބާ ހިނިތުންވަމުން ބޯޖަހާލިއެވެ.

” ޖޫލީ……..” ސަލާންކުރަން އަތްދިއްކޮށްލަމުން އަމިއްލަށް ތައާރަފްވެލިއެވެ. އެނަން ކަންފަތުގައި ޖެހުމުންވެސް ލައިބާއަށް ކުރަންފެށީ އެހެންކަހަލަ އިހްސާސެކެވެ. މޫނުގެ ކުލަވަރު ބަދަލުވެގެންދިޔަތަން އައްފާނަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ. އެއަތުގައި ހިފުމުގެ ކުރިން ސުވާލުން ފުރިގެންވީ ނަޒަރުން އައްފާނަށް ލައިބާ ބަލާލިއެވެ. ލައިބާއަށް ހީވީ ހުވަފެނަކުން ހޭލެވުނުހެންނެވެ.

advertisment

” މަށަށް ކިޔަނީ ލައިބާ …………” މޮޅިވެރި ރާގަކަށް ލައިބާ ބުނެލިއެވެ. އައްފާންގެ މޫނުމަތިން ލައިބާއަށް ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބުނު ކަހަލައެވެ. އެއީ ނަވީންގެ އަލަތު އަނބިމީހާކަން ކަށަވަރުކުރަން އިތުރު މިނެޓެއް ލައިބާއަކަށް ބޭނުމެއް ނުވިއެވެ. ނަވީންގެ ފަރާތުން އެނަން އިވިފައިވާތީއެވެ. ހަމައެކަނި ނުފެންނަ ކަމެވެ. ނަވީން ކިޔާދީފައިވާ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި އެބަހުއްޓެވެ. ދެމީހުން އަތާ އަތްޖޯޑުކޮށް ސަލާންކޮށްލިއިރު ލައިބާގެ މޫނުމަތީގައިވީ ސީރިޔަސްކަމެވެ.

” މީ ކާކު ؟ ” އައްފާނަށް ބަލާލަމުން ޖޫލީ އިނގިލި ދިމާކުރީ ލައިބާއަށެވެ. ޔަގީނުންވެސް އެއްމޭޒެއްދޮށުގައި އިންނާނީ ގާތްގުޅުމެއްވެސް އޮތީމައެވެ.

” އެބުނީ އެއްނު ލައިބާއޭ………..” އައްފާންވެސް އެނގޭކަމަށް ހަދާކަށް ބޭނުމެއްނޫނެވެ.

” އެހެނެއް ނޫނޭ މިބުނީ………..މީ އަފޫގެ ކާކުހޭ ؟ ” ޖޫލީ ވާހަކަދެއްކީ ކުރިންވެސް ހުރި ފިޔަވަޅުމަތީ ހުރެއެވެ. ހުސްކޮށް ހުރި ގޮނޑީގައި އިށިއިނުމުގެ ހިޔާލެއް އޭނާގެ ނެތެވެ.
” އަހަރެންގެ އެއްވެސް މީހެއްނޫން……….ވަރަށް ގާތް ރަޙްމަތްތެރިއެއްގެ އަންހެނުން…………”

” ލައިބާ މާލެ އެއައީ ވިހަން.. ……….” އައްފާންގެ ޖަވާބު އިވިފައި ލައިބާ އިސްޖަހާލިއެވެ. ދެލޮލަށް ޖަމާވިކަރުނަތައް އެއިން މީހަކަށް ދައްކާނެ ހިތްވަރެއް އޭނާގެ ނެތެވެ.
” ޖޫލީ ކީއްކުރަނީ މިތާ……….؟ ” ނަވީނާއި އެކު ވެސް އައިސްދާނޭ ހީކޮށް އައްފާން އަހާލިއެވެ.

” ހެހެހެ……..އަފޫމެންވެސް މިތަނަށް އައި ބޭނުމުގަ އަހަރެންވެސް މިއައީ………..” އައްފާންވެސް ޖޫލީ އާ ބައިވެރިވުމުގެ ގޮތުން ހީލިއެވެ. ލައިބާ އިންގޮތަށް އިނީއެވެ.
” ހޫން މީނަ އަނގަޔަކުން ނާރާނެ………..ކާކު އެކީތަ އައިސްތަ ތިއުޅެނީ…………..އަނެއްކާ ނަވީންއެކީތަ ” ލޮލުގެ ހިމަކޮޅުން ލައިބާއަށް ބަލާލަމުން އައްފާން ސުވާލުކުރިއެވެ. ނަވީންގެ ނަން އިވިފައި ލައިބާއަށް ވީގޮތް އައްފާނަށް ސިއްރެއް ނުވިއެވެ. ތެޅިގަނެވުނެވެ. އެހެނަސް އަމިއްލަ ނަފްސްކޮންޓުރޯލް ކުރަން ލައިބާ މަސައްކަތް ކުރިތަން އައްފާނަށް ކިތަންމެ ރީތިކޮންވެސް ފެނުނެވެ.

” ޒީނިޔާ އެކީ …………” ޒީނިޔާގެ ނަން އިވުމުން އައްފާނަށް ތެޅިގަނެފައި ފަރާތްފަރާތް ހޯދާލެވުނެވެ. ލައިބާ އެކީ އިންދާ ފެނިގެން މައްސަލަޖެހޭކަށް އޭނާ ނޭދެއެވެ. ލައިބާގެ ވާހަކަ އަދި އޮތީ ޒީނިޔާއަށް ކިޔާ ނުދެވިފައެވެ. އެވާޙަކަ ކިޔާދޭނެ ގޮތެއްވެސް އައްފާންގެ ސިކުނޑިއަކަށް ނުވިސްނެއެވެ. އެއީ ނަވީންގެ އަންހެނުންނޭ ބުނެފިނަމަ އެޙަބަރު ޖޫލީ އާހަމައަށް ހިނގައިދާނެ ކަމުގެ ބިރުއެބައޮތެވެ.

” އަފޫ……….. ……..” ގޮނޑިދަމާލާފައި ލައިބާ ތެދުވެތެވެ.

” ވަރަށް ހާސްވޭ އެބަ ……..އަހަރެން ބޭނުން ބޭރަށް ނިކުމެލަން” ލައިބާ ބޭނުންވީ އެތަނުން ނިކުންނާށެވެ. ލައިބާ އުޛުރެއް ދައްކާފައި ނިކުންނަން ބުނުމުން ޖޫލީ ކައިރީ ބުނެލާފައި ލައިބާ ގޮވައިގެން ނިކުތީ ބޭރަށެވެ. ޖޫލީ އެމީހުން ލޮލުކޮޅަށް ގެއްލެންދެން ބަލަން ހުރެފައި އެނބުރި އައީ ޒީނިޔާ ކައިރިއަށެވެ. އެހެނަސް ޒީނިޔާ ކައިރީ އައްފާން އަންހެނުކުއްޖަކާ އެކު ރެސްޓޯރެންޓުން ފެނުނު ވާހަކަ ބުނާކަށް ނުކެރުނެވެ.

” ކިހިނެތްވީ ……….ކީއްވެ ހާސްވަނީ…………” ބޭރަށް ނިކުމެވުމާއި އެކު އައްފާން ކަންބޮޑުވެފައި ސުވާލުކުރިއެވެ. މަގުމަތީގައި މަޑުނުކޮށް ލައިބާ ގޮވައިގެން އައްފާން އިށިއިނީ ރެސްޓޯރެންޓުކުރިމަތީގައި ހުރި މައިޒާންގައެވެ. މޫސުމްދައްކާ ކުލައިން އެތަނުގައި މާގިނަބަޔަކު ނެތެވެ. އެސުވާލަށް ޖަވާބުދިނުން ލައިބާއަކަށް މުހިއްމެއްނޫނެވެ.

” އެއީ ނަވީންގެ އަންހެނުން ޖޫލީ……………..” ދުރުބަލަން އިނދެފައި އައްފާން ބުނެލިއެވެ.

” އަހަންނަށް އެނގޭ……………” ލައިބާގެ އަޑުގައިވީ މޮޅިވެރިކަމެވެ.

” އެނގެޔޭ…………އެކަމަކު ކިހިނެތް…………..؟ ” އައްފާން ހައިރާންވިއެވެ.

” ނަވީން ބުނި ޖޫލީއޭ ކިޔަނީ………….ނަވީން ކިޔައިދިން ހުރިހާ ސިފައެއް ޖޫލީގެ ކިބައިގައި އެބަހުރި ……… ” ލައިބާގެ އަޑުމަޑެވެ. އަޑުގައިވީ ސީރިޔަސްކަމެވެ.
” ނަވީން ވަރަށް ލޯބިވޭދޯ ޖޫލީދެކެ………….” އައްފާނަށް ބަލާލަމުން ލައިބާ ސުވާލުކުރިއެވެ.

” ހޫމް ވަރަށް……….ވަރަށް ލޯބިވޭ ….ދެމީހުންވެސް އެކަކު އަނެއްކަކުދެކެ…………..” އައްފާން ހިނިތުންވެލާފައި ޖަވާބުދެމުން ލައިބާއަށް ބަލާލިއެވެ. އޭރު ދެލޮލުގެ ތިރިން ރޮނގަކަށް ކަރުނަ ފައިބަނީއެވެ.

” ލައިބާ…………” ލައިބާ ރޯތަންފެނި އައްފާން ކަންބޮޑުވިއެވެ.

” އެކަމަކު ލޯބިވާ މީހަކަށް މިހާބޮޑަށް އޮޅުވާލަން ހެޔޮވެސްނުވާނެ…………” ނޭފަތްދަމާލަމުން ލައިބާ އަވަސްއަވަހަށް ލޯފޮހެލިއެވެ.

” ތިބުނީ……..؟ ” އައްފާނަށް ލައިބާ އެބުނީ ކީކޭކަން ނަގައިގަންނާކަށް ނޭގުނެވެ. ނޫނީ އޭނާ އެބުނި އެއްޗެއް އެނގުނު ކަމަށް ނުހެދީއެވެ.

” ޖޫލީއަށް ކުދިންނުލިބޭ ވާހަކަ ……………. ނަވީން އަހަންނާ އިނދެގެން އުޅޭ ވާހަކަ…………މިހުރިހާ ކަމެއް ކޮންމެވެސް ދުވަހަކުން އެނގޭނެ ނޭގިއެއް ނޯންނާނެ…………..އެދުވަހަކުން ޖޫލީ މާފްކުރާނެހެން ހީވޭތަ ….؟ އޭނަގެ ހިތް ރުހޭނެތަ ވަކި……އެއްވެސް އަންހެނަކު ބޭނުންވާނެހެން ހިޔެއްނުވޭ އެމީހެއްގެ ފިރިމީހާ އެހެން އަންހެނަކާ ޝެއާރކުރާކަށް…………ޖޫލީވެސް އަދި އަހަރެންވެސް ………….” ބަނޑުގައި އަތްޖައްސާލާފައި ރޮވުނީ އިތުރަށް ވާހަކަ ނުދެއްކިގެންނެވެ.

އެތަށް އުފަލަކުން އޭނާ މަހްރޫމްވަމުންދާއިރު ދެއަނބިންނަށް ހަމަހަމަ ނުކުރޭތީ ލައިބާ ހިތުގައި ޖެހުނެވެ. ދުރުގައި ހުރެފައި މާލެ އައުމުންވެސް ނަވީން އެންމެ ރެއަކުވެސް އޭނާ ކައިރީ މަޑުކޮށްލާކަށް ނާދެއެވެ. ގިނަފަހަރަށް ފޯނުވެސް ނުނެގެއެވެ. ލައިބާ ކައިރިއަށް އަޔަސް އުޅޭނީ ނުދެވިގެންނެވެ.

ނަވީންގެ ދިފާއުގައިވެސް އަދި ނަވީނަށް ތާއީދުކޮށްވެސް އައްފާން ބަހެއް ނުބުނެއެވެ. ލައިބާ ދެއްކި ވާހަކަޔާ މެދު ވިސްނަން އައްފާނަށް އިނދެވުނެވެ. އޯޑަރކުރިތަކެތި ގެނެސްދާނެޔޭ ބުނެ އެންމެފަހުން އައްފާން ލައިބާ ގޮވައިގެން އެތެރެއަށްދާން ހިނގައިގަތެވެ.

******

ހަވީރު އައްފާން އެކީ ބޭރަށްދިޔަ ގޮތަށް ލައިބާގެ ހަބަރެއް ނުވެގެން ބަޝީރާ ހުރީ ނިކަންކަންބޮޑުވެފައެވެ. ބަންދުތަނެއްގައި ބީރަށްޓެހި މާހައުލެއްގައި ލައިބާގެ ޙަބަރެއް ނުވެގެން ބަޝީރާ ހާސްވެގެންތެޅިފޮޅެނީއެވެ. ހެދޭނެ އެއްވެސް ގޮތެއް ހަބަރެއް ބަލާލަން ކަންކުރަންވީ ގޮތެއްވެސް އޭނާޔަކަށް ނޭގެއެވެ. އެންމެ ދެރަވެގެން ފޯނެއްވެސް އޭނާގެ އަތުގައި އޮތީއެއް ނޫނެވެ. ބަނޑުހައިވެގެން ހަލާކު ވާވަރު ވުމުން ކަރަންޓުން ފެންކައްކާ ޖަގަށް ފެންއަޅާ ޖައްސާލިއެވެ. އެހެނަސް އެއަށް ކަރަންޓު އަންނަ ގޮތެއް ނުވިއެވެ. އެއަށް ކަރަންޓު އާދޭތޯ އެކި ގޮތްގޮތަށް ތަޅުވަމުން ދަނިކޮށް ދޮރުގައި ޖަހާލި އަޑުއިވުނެވެ. ބަޝީރާ އަވަހަށް ގޮސް ދޮރުހުޅުވާލީ ލައިބާކަމަށް ހީކޮށްގެންނެވެ. އެހެނަސް ދޮރުމަތީގައި ހުރި ނިޒާރުފެނި އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

” ކޮބާ ލައިބާ؟ ” ދޮރުން އެތެރެއަށްވަންނަމުން ފަރާތް ފަރާތަށް ބޯދިއްކޮށްލިއެވެ. ބޮލުގައި ހުދު ތާކިހަލެއް އަޅާފައި އޮތުމުން އޭނާ އެއައީ މިސްކިތުން ފޭބި ގޮތަށްކަން އެނގުނެވެ.
” ބޭރަށް ދިޔަގޮތަށް އަދިވެސް ނާދޭ…………..” އަނެއްކާވެސް ބަޝީރާ ހުއްޓުނީ ޖަގު ކައިރީގައެވެ. ނިޒާރު ފެނުމުން އޭނާޔަށް ކުރެވެނީ އުނދަގޫ އިހްސާސެކެވެ. މާބޮޑަށް މީހަކާ ވައްތަރުވަނީއެވެ. މޭޒުމަތީގައި ހުރި ކުޅިކާޖާތައްޓާއި ބިސްކޯދުތައްޓަށް ނިޒާރުގެ ނަޒަރު ހުއްޓުނެވެ.

” އަދި ސައިނުބޮއެތަ ތިއުޅެނީ………………”

” އާން……..މިޖަގަށް ކަރަންޓު ނައިސްގެން……………….” ވެފައިވާ ހައިހޫނުކަމުގައި ބަޝީރާ ބުނީ ތެދަށެވެ. މީގެ އިރުކޮޅެއް ކުރިން މީހަކު ނުފެނިގެން އޭނާ ހުރީ ވަރަށް ހާސްވެފައެވެ. ނިޒާރުގެ އެހީ ލިބިދާނެޔޭ އޭނާއަށް ހީކުރެވުނެވެ. ނިޒާރުވެސް އެކި ގޮތްގޮތުން އުޅިވެސް އެއަކަށް ކަރަންޓެއްނައެވެ.
” ހަލާކުވެފަހެން ހީވަނީ ……………” ހަދާނެ ގޮތަކާއި މެދު ނިޒާރު ވިސްނާލިއެވެ.

” ހިނގާ ބޭރަށް އެއްޗެއްކާލަންދާން………….” މެންދުރުކޭ ގޮތަށް ބަޝީރާ އެހުރީ ނުކައެވެ. އިންތިހާއަށް ބަނޑުހައެވެ. އެހެނަސް ނިޒާރު އެކީ ބޭރަށްދާން ބަޝީރާ ބޭނުމެއްނޫނެވެ. ބަޝީރާއަށް ވެގެންވަންޏާ ނިޒާރު ފެންނަ ހިސާބުގައިވެސް މަޑުނުކުރީހެވެ. ސިފައިގެ ގޮތުން ނިޒާރު ނަސީރުއާ މާބޮޑަށް ވައްތަރީއެވެ.
” ނޫނޭ……….އެކަހަލަ ތަންތަނަށްދާ ހިތެއްނުވޭ……………” ވަގުތުން ބަޝީރާ އިންކާރުކުރިއެވެ. އަނެއްކާވެސް ނިޒާރަށް ވިސްނާލަން ވަގުތުކޮޅެއް ބޭނުންވިއެވެ.
” އާދޭ މިހިރަ ތަރުމޯޒް ހިފައިގެން…………..”

” އާދޭ މިގެއިން ހޫނުފެންފޮދެއް ބަލައިދާން………..” ބަޝީރާ ހިނގައިގަތީ ދެވަނަ ފަހަރަށް ނިޒާރު ބުނީމައެވެ. ތަރުމޯޒު ހިފައިގެން ހިނގައިގަތީ ދާންބޭނުން ވެގެނެއްނޫނެވެ. ހިތާދެކޮޅަށެވެ.

ނިޒާރު ހިނގައިގަތީ ބަޝީރާއަށްވުރެން ކުޑަތަންކޮޅެއް ކުރީގައި ހުރެގެންނެވެ. ބަޝީރާމެން އުޅޭ ބަޔާއި ޖެހިގެން ހުންނަ ބައިގެ ގޭޓޫން އެތެރެއަށް ވަދެގެންދިޔައިރު އޭނާގެ ލޯ ފަރާތްފަރާތަށް ނަޒަރު ހިންގަމުންދިޔައެވެ. އެއީ ކާކުގެ ގެޔެއްބާއޭ ހިތަށް އަރައިގެންހުރެ ލަސްފިޔަވަޅުތައް ނަގަމުން ނިޒާރުގެ ފަހަތުގައި ހުރެގެން ބަޝީރާ ދެއެވެ. ނިޒާރު ގޭގެ ބެލްއަޅާލިއެވެ. ދޮރު ހުޅުވެންވާއިރަށް ބަޝީރާއަށްވެސް އައިސް ހުރެވުނީ ދޮރުމަތީގައެވެ.

އެތެރެއިން ދޮރުހުޅުވާލީ ބަޝީރާމެންނާއި ދާދި އެއްއުމުރެއްގެ އަންހެނެކެވެ. އާދިލާއަށް ނިޒާރު ފެނުމުން ނިކަންބޮޑަށް ހިނިތުންވެލިއެވެ. އަދި ބަޝީރާގެ މޫނަށް ބަލާލީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުންނެވެ.

” ބަޝީރާ …………..މީ އާދިލާ އަހަރެން ކޮއްކޮގެ އަންހެނުން……………އާދިލާ މީ ބަޝީރާ މިގޭގަ ކުލީބައިގަ ބަޝީރާމެން ދެމައިން އުޅެނީ…………..” ނިޒާރު އެތެރެއަށް ވަދެވުމާއެކު ދެމީހުންނަށް އެކަކު އަނެއްކަކު ތައާރަފްކޮށްދިނެވެ.

” އެހެންތަ؟ މީ ބޮޑުބެގެ ރަޙްމަތްތެރިއެއްދޯ ……” އާދިލާ ހިނިތުންވެފައި ބަޝީރާގެ މޫނަށް ބަލާލިއެވެ.

” ވަދޭ ވަދޭ އެތެރެއަށްވަދޭ ………..” އާދިލާ ކުރިއަށްޖެހިލާ ވަންނަން އެދުނެވެ.

” އަފޫ ބުންޏޭ ރައްޓެހި ބަޔަކުއޭ ކުލީ ބައިގަ އުޅޭނީ………އެމީހުން އަތުން އެއްޗެއް ނުނަގާތިވޭ……..” ކުއްލިއަކަށް އާދިލާ ހަނދާންވީ މީގެ ދެދުވަސްކުރިން އައްފާން ބުނި އެއްޗެކެވެ.

” ބަޝީރާއަށް ހޫނުފެންފޮދެއް އެތަރުމޯޒަށް އަޅާލަ ދީބަލަ ……………އެބައިގަ ހުރި ޖަގު ހުރީ ހަލާކުވެފަ……..” އައިބޭނުން ހަނދާންވީ ދެނެވެ.
” ކޮޅަށް ނުހުރެ އިށިއިނދޭ…………..އަހަރެން ފެންފޮދެއް ކައްކާލާނަން……………” އާދިލާގެ ފަރާތުން ފެނުނީ މެހްމާންދާރީ އަދާކުރުމުގެ ރީތި ސިފައެވެ. ހިތްހެޔޮކެމެވެ.

” ކޮބާ ނަސީރު………….؟ ” ބޮލުގައި އަޅާފައި އޮތް ތާކިހާ ނަގާ ޖީބަށްލަމުން ނިޒާރު ސުވާލުކުރިއެވެ. ބަޝީރާއަށް ބޭއީހްތިޔާރުގައި ނިޒާރާދިމާލަށް ބަލާލެވުނެވެ. ހީވި ހީވުމެކޭ ހީކޮށެވެ.

” ނަސީރު ކޮޓަރީގަވީ ދެންމެ މިތާ އިނދެފަ އެވަނީހަމަ………………….” އާދިލާގެ ޖަވާބުދިނެވެ.

” އެބައަންނަން……….އަހަރެން ކޮއްކޮ ނަސީރު ކައިރިއަށް ވަދެލާފަ……………” ނިޒާރު އެތެރެއަށްވަންނަމުން ބަޝީރާއަށް ބުންޏެވެ. ބަޝީރާއަށް ތަރުމޯޒު ގަޔާލައި ފިއްތާލެވުނެވެ. ޝައްކު ޔަގީނަށް ބަދަލުވީމައެވެ. ނިޒާރު އެބުނީހަމަ އެނަސީރުގެ ވާހަކަބާއެވެ. ޔަގީނުންވެސް އެދެމީހުންގެ ސިފަ ވަރަށްވެސް ވައްތަރެވެ.

____________ ނުނިމޭ _____________

ނޯޓް:

ބަލި ހާލު ހުރިގޮތުން ދިގުކޮށް ނުގެނެސްދެވި މިބައި ލަސްވިކަމަށްޓަކާ ނިހާޔަތަށް މައާފަށް އެދެން ތިއެންމެ ކިޔުންތެރިންނަށް މިބަޔަކީވެސް ކަމުދާފަދަ ޝައުޣުވެރިބަޔަކަށްވާނެކަމަށް އުއްމީދުކުރަން
____ ޝުކުރިއްޔާ ______

  1. Avatar

    Gaimu kurin buni vaahaka liye ninmaafa ey upload kuran fashaaany…rough koh liyefa oiy ehcheh type kuran ehaa Gina dhuvas nagaatha…
    V foohi mihaaru mivaahaka kiyan..

    7
    7
    1. Avatar

      އައިޝަ ޖޭވަނީ
      50 އެޕިސޯޑް ނިމުން ވާހަކަ ކަންނޭގެ ބުނީ
      މަޝްހޫރު ލިޔުންތެރިން ލިޔެފަ ހުންނަ ވާހަކަތައްވެސް އާދޭ ފޫހި ޕާރޓް ޕާރޓް

      2
      7
      1. Avatar

        އެހެނެއްނޫން ބުނީ.. ވާހަކަ އެއްކޮށްލިޔެ ނިންމާފައޭ އަލުން ގެނެސްދޭން ފަށާނީ.. ޝަފާކަﷲ މަރިޔަމް… އަވަހަށް ރަނގަޅުވެގެން ވާހަކަ ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން

  2. Avatar

    Alhugandah mivaahaka v reethi
    Page thakunn waahaka kiyann feshun thaa maa gina dhuwaheh nuwi kamugai wias mihaaru alhugandah ki ifaiwaa 19 waahakaige thereinn enme reethi waahaka
    Naseebu rangalhu kamun alhugandah mi waahaka kien feshuny dhe bai kohfa ehbai upload v fahun
    Ekamakuwes mihaaru inthizaar kurewenyy dhn oiy bai upload waane dhuwahakah

  3. Avatar

    Koba kihaavarakun dhiya.. dhn ehcheh buna irah leena annaane mariyanbuge dhifaauga eyna bunee 2 episode nimma vaahaka ey kiyaafa.. eyna buny 50 episode nimma vaahaka eh nun, eyna bunee dhn vaahaka genesdheyn fashaanee “VAAHAKA EHKOH LIYE NIMMAAFA” ey.. teenage dictionaryga ehkoh liye nimmumakee 50 episode liye nimmun kanneyge dhw.. mihaaru midhanee mariyanbuge aslu style ah

  4. Avatar

    އަންގާރަ ދުވަހުވެސް ވާހަކަ އަޕްޑޭޓް ނުކުރޭ މިއަދު ހުކުރުދުވަހު ވެސް އަޕް ނުކުރޭ!

    10
  5. Avatar

    haadha lasvany vaahakaige aneh part. inthixaaru kuraathaa mihaaru kon dhuvaheh alhey avaha up kohdheeba v kiyaa hithun konme dhuvahaku 5,6 times check kohlevey vahaka up vefathoa.avas shifaaka edhen

  6. Avatar

    އޭ ވާހަކަ ލިޔާ ކުއްޖާ އެވެ.
    ކިޔުންތެރިންނަށް ތިޔަފަދަ އަނިޔާވެރި ވާނަމަ ގާނޫނު އަސާސި ގެ 20 ވަނަ މާއްދާގެ ނ ގެ ދަށުން ފިޔަވަޅު އެޅިދާނެ ވާހަކަ ދަންނަވަމެވެ.
    ސުކުރިއްޔާ …. ހަހަހަހަ

  7. Avatar

    މިވަރުގެ އިތުބާރެއް ނެތް ލިޔުންތެރިއެއް ދުވަހަކު ނުދެކެން… ވާހަކަ އެއްކޮށް ނިންމާފަ އަޕްކުރަން ފަށާނަމޭ 2 ފަހަރަށް ބުނެފައި 2 ބުރުމަތިން ޖުމްލަ 5 މަސްދުވަހުގެ ބްރޭކް ނިންމާފައައިސް ވެސް މިކަމެއް ނުވިއެއްނުން… މީހުން ވވވވ ބިޒީވެސް ވޭ… ވވވވ ބަލިވެސްވޭ…. އެކަމް ބޮޑަށް ހީވަނީ މި ލިޔުންތެރިޔާއަށް މިއުޅެނީ ނަވީންއާއި ލައިބާގެ ސްޓޯރީ ޖޫލީއަށް އަންގަންވީ ގޮތެއް ނޭނގިގެން ހެން… އާ އެހެންޏަ، ކުރިން ލައިބާ ގުޅާ ކޮންމެ ފަހަރަކު ޖޫލީ އަތަށް ފޯނު އަރާގޮތަށް އޮވެފަ، އެހިސާބުން ޖޫލީ ނަވީން އަތަށް ފޯނު ދީފަ މަޑުވެސްކޮށް ނުލާ ބޭރަށް ދާނީ… ފަހުން ފަހަރު ފާޑެއްގެ ގުދަނަކަށް ނަވީން ވައްދައިގެން ވެސް ސަލާމަތްކޮށްފި… ބަޝީރާއަށް ވެސް ދެން ކަންތައް ކުރަން ވީ ގޮތެއް މަރިޔަނބަށް ނޭނގިގެން ހަމަ ވާހަކަ މިހާ ލަސްވަނީ… ދެން ލީނާ އަވަހަށް އާދޭ މިއާ ވިއްދާފައި މަރިޔަނބުގެ ދިފާއުގައި އަވަހަށް ކޮމެންޓް ކުރަން… ލީނާ ކޮންމެ އެއްޗެކޭ ކިޔަސް ހަޤީޤަތެއް ބަދަލެއް ނުވާނެ ކޮޔާ….

    13
    1. Avatar

      އަމައްޔާތް. މިވަރު މީހުން ޖެހޭތަ ވާހަަކަ ލިޔަން. ތިޔަށް ވުރެ ރަނގަޅުވާނެ އިސްތިއުފާ ދިނަސް. މި ސައިޓުން މިފަދަ ކަންކަން ބަލަން ޖެހޭ. ވ ޒިންމާދާރުކަން ކުޑަ އަމަލެއް. ހަރުކަށި ބަހުން ކުށްވެރިކުރަން

  8. Avatar

    އަޅެ މިވާހަކަ ދެން ކޮންއިރަކުންބާ އާ އެޕިސޯޑެއް ކިޔަން ލިބޭނީ☹️

ޚިޔާލު ފޮނުއްވާ