kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobetbeylikdüzü korsan taksi

ގަބުރު

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އެއީ އުޑުމަތި ބަނަ ވިއްސާރަ ރެއެކެވެ. ވާރޭ ނުވެހުނަސް ތެތްފިނިކަން ވަނީ މުޅި މާޙައުލުގައި ހިފާފައެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮއަކު ހުރެއެވެ. ދެން ހުންނަނީ އެންމެ ހަނގަށް އަންހެން ކުއްޖެކެވެ. އަހަރެންނާއި އަހަރެންގެ އަންހެނުން އެލީ އުޅެނީ ކައިވެނި ކުރީއްސުރެންވެސް ލަންކާގައެވެ. ކޮންމެ އަހަރަކު ބޮޑު ޗުއްޓީއަށް މަންމައާއި ބައްޕަ، ދެން ތިބޭ ދެކުދިން ގޮވައިގެން އަހަރެން ކައިރިއަށް ލަންކާއަށް އަންނާނެއެވެ. ނަމަވެސް މިފަހަރު އަހަރެމެން ލަންކާގައި ތިބުމުގެ ބަދަލުގައި ޢާއިލާއެއްކޮށް ޗުއްޓީ ހޭދަކޮށްލަން ބޭނުންވީ މެލޭޝިޔާގައެވެ. މިރޭ މިއީ މެލޭޝިޔާއަށް އައިތާ ތިންވަނައަށްވީ ރެއެވެ. އަހަރެމެން އުޅެނީ އަހަރެންގެ ރައްޓެއްސެއްގެ އެޕާޓްމަންޓްގައެވެ. އެމީހުންވަނީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ ގޮހެވެ. އެހެންވެ ތިން ކޮޓަރީގެ ބޮޑު އެޕާޓްމަންޓުގައި އަހަރެމެން އެންމެނަށް ރަނގަޅަށް އުޅެވޭނެހާ ޖާގަ ހުއްޓެވެ. ކެއްކޭނެ ގޮތްވެސް ހުއްޓެވެ. ދަތުރުފަތުރުކުރަން އެމީހުންގެ ކާރުވެސް އަހަރުމެންނަށް ދުއްވޭނެފަދަ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ކުރަންޖެހުނު ޚަރަދު ވަރަށްބޮޑުތަންވެސް ކުޑަވިއެވެ.

އެދުވަހު އިރުއަރައިގެން އައިއިރުވެސް ހުރިހާ އަންހެންވެރިން ގޮވަމުން ދިޔައީ މިރޭގެ ކެއުން ކޮންމެވެސް ހޮޓަލަކަށް ގޮސްގެން ނިންމާލަންވާނެ ކަމަށެވެ. ނަމަވެސް މިކަހަލަ ވިއްސާރަ ރެއެއްގައި ބޭރަށް ނުކުންނަހާ ހިތްވަރެއް އަހަރެމެންގެ ބައްޕަގެ ނުހުންނާނެއެވެ. ބައްޕައަކީ އަހަރެމެންގެ ބަހުން މިކިޔާނަމަ، ރާއްޖެބަލި ހުންނަ މީހެކެވެ. ފިނިވެއްޖިއްޔާ ބައްޕަގެ ހަށިގަނޑުގެ ކޮންމެ ހުޅެއްގައި ވޭންވަރު އަޅާނެއެވެ. އެހެންކަމުން ބައްޕަ އެކަނި ގޭގައި ބަހައްޓާފައި އެއްވެސް ތާކަށް ދާކަށް އަހަރެމެން އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ. ދެން ކޮންމެއަކަސް މިރޭ ކާން ބޭނުންވާ ފަރާޓާއާއި ކުކުޅު ނުކައިވެސް ފަރުޖެއްސޭކަށް ނެތެވެ. އެހެންކަމުން އަހަރެންނާއި އަހަރެންގެ ކޮއްކޮ އިޔާލް ނިންމީ ޖެހިގެން އޮންނަ އަވަށުގައި އެންމެ މީރުކޮށް ކުކުޅު ތައްޔާރުކޮށްދޭ ތަނަށް ކާރުގައި ގޮސް އެއެއްޗެހި ހިފައިގެން ގެއަށް އައުމަށެވެ. އޭރުން އެންމެނަށްވެސް ގޭގައި ތިބެ ކެވިދާނެއެވެ. މިގޮތަށް އެއްބަސްވެގެން އަހަރެންނާއި ކޮއްކޮ، ބޭރަށް ނުކުމެ ކާރަށް އަރައި ދުއްވާލީމެވެ. ގޫގްލް މެޕްފަދަ އެއްޗެހިތައް ބޭނުންކުރެވޭ މިފަދަ ޒަމާނެއްގައި ކޮންމެ ތަނެއްވެސް ހޯދުމަކީ ނުލާހިކު ފަސޭހަކަމެކެވެ. އެހެންކަމުން އަހަރެމެން ދެމީހުންވެސް ދިޔައީ އަހަރެންގެ ފޯނުން މެޕް ޖައްސައިގެން އެއިން އިރުޝާދުދޭ ގޮތަށެވެ. އިޔާލްގެ ހަނދާންގަދަކަމުން އޭނައަށް އާދެވުނީ އަވަސްކުރަން ހަދައިގެން އޭނަގެ ފޯނު ގޭގައި ބާއްވާފައެވެ.

ވަރަށް އަމާންކަމާއި އޮމާންކަމާއެކު އެއްގަޑިއިރުގެ ދަތުރަކަށްފަހު އަހަރެމެންނަށް ރެސްޓޯރަންޓާ ހަމައަށް އާދެވުނެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭގެ ކަނިތައް ބުރަމުންދެއެވެ. ރެސްޓޯރެންޓް ތެރެއަށްވަދެ އޯޑަރ ދީގެން ގިނައިރުތަކެއް ނުވަނީސް ވާރޭ އޮއްސާލީ އަވަސް ރަޙްމަތެއްގައި ހުއްޓާލާފަދައަކަށް ނޫނެވެ.
"ދެން މިހާ ވިއްސާރައިގައި ގެއަށްދާން ހާދަ އުދަނގުލެއްވާނެޔޭ" އިޔާލް ޗުސްތަޅަމުން ބުނެލިއެވެ.
"ދެން ކީއްކުރާނީ. އެންމެންވެސް ވެއްޖެވިއްޔަ މިކުކުޅެއްކާން. ގައިމު ކީއްވާނީ ހޫނު ނޫޑްލްސް ކޮޅެއް ކައްކާލިނަމަ" އަހަރެންވެސް ވެހެމުންދިޔަ ވާރެއަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނީމެވެ.

"ބަލަ މިހާރުތަ ދޮންބެއަށްވެސް ތިހެން ބުނަން ކެރުނީ؟ ކޮންވާހަކައެއް ދައްކާކަށް. ހަމަ ދެންތިބި މީހުންނާއި އެއްބައިވެގެން ކުކުޅު ކާކަށްނު ދޮންބެވެސް ތިއުޅެނީ"

"ހެވޭ. ދެން ދާނީނު ވާރޭ ނުހުއްޓިޔަސް. ކާރުގަ އައީމަ ދެވެންވާނެތާ"

އޭގެ ވިހި މިނެޓް ފަހުން އަހަރެމެން އޯޑަރުކުރި ސާމާނު ލިބުނެވެ. ކޮތަޅުތައް ހިފައިގެން ކާރަށް އަރައި ހަމަޖެހިލެވުނުއިރު ކޮންމެވެސް ވަރަކަށް އަހަރެމެން ތިބީ ތެމިފައެވެ. އޭރުވެސް ކުރަމުންދިޔަ ވިއްސާރައަށް މާކަބޮޑު ބަދަލެއް ނާދެއެވެ. ނަމަވެސް ވައިޖެހޭލެއް އޭރު މަޑުވެއްޖެއެވެ. ކާރު ނައްޓާލަން އުޅުނުތަނާ އަންހެނުން ގުޅަން ފެށިއެވެ.

"ހޫ. ކީކޭ؟" އެލީގެ ފޯނަށް ޖަވާބުދެމުން އަހަރެން އަހާލީމެވެ.
"ކިހާ ހިސާބެއްގަތޯ ބަލަން ގުޅާބަލާށޭ މަންމަ ކިޔާވަރުން މިގުޅީ"
"ބުނޭ މިސްރުގައޭ" އަހަރެން ގަސްތުގައި އެހެން ބުނެލީ މަންމަ ރުޅި އަރުވާލުމަށެވެ. އަހަރެން އެހެން ބުނުމުން އިޔާލް ހޭން ފެށިއެވެ.

"ކީއްވެތަ މަންމަ އެކަހަލަ ސުވާލެއްކުރާއިރަށް ދާން އެހެން ކިޔަނީ؟" އެލީ އެސުވާލުކުރި އިރު އެކޮޅުން މަންމަ ޗުސްތަޅާ އަޑު އަހަރެންނަށް އިވެއެވެ.

"މަންމަ ކައިރީގައި އަހާބަލަ. ހެހެހެ"

"އެސޮރު އެހެން ކިޔަނީ، އެއީ މަންމަ އަބަދުވެސް އެދެމީހުން ކުޑައިރު ފިހާރައަކަށް އެމީހުން ނުލައި ދާން އުޅެންޏާ އަހާނެ، މަންމާއޭ، ކޮންތާކަށްހޭ ތިޔަދަނީ. އެހެޔޮވާނެ މަދަނީ ފިހާރައަށްކަން އެމީހުންނަށް އިނގުނަސް އަހާނެ. ކީއްވެގެންކަން އިނގޭތަ؟ ކޮންމެވެސް އެއްޗެއް ބޭނުންވެގެން އަބަދު އެހެން އަހަނީ. ދެން ފިހާރައަށޭ ބުނެފިއްޔާ ބުނާނެ، މަންމާ އައިސްކްރީމްއެއް، މަންމާ ބިސްކޯދެއް. އެހެންވެ މަންމަ އަބަދުވެސް ބުނަނީ، މިދަނީ މިސްރަށް ދާންށޭ" މަންމަގެ ޖަވާބުން އެލީވެސް ހޭންފެށި އަޑުއިވުނެވެ.

"ހޫން. ދާންވެސް ދޯ. ދެން ބުނެބަލަ. ކިހާ ހިސާބެއްގަ؟" އެލީގެ ސުވާލު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ.

"މިހާރު ކާއެއްޗެހި ލިބުނީ މި. ވަރަށް ވިއްސާރަ. އެހެންވީމަ ގެއަށް ދެވޭއިރު އެގާރަ ޖަހަން ކައިރިވެދާނެހެން ހީވަނީ. މި ނައްޓާލަނީ. އޯކޭ" އަތުގައި އޮތް ގަޑިއަށް ބަލަމުން އަހަރެން ފޯނަށް ޖަވާބުދިނީމެވެ. އޭރު ގަޑިން ރޭގަނޑު ނުވަގަޑި ސާޅީސް ފަހެއް ހިނގައިފިއެވެ.

'ދެންވެސް ހިނގާ ދާން އަވަހަށް" އިޔާލް ބުންޏެވެ.

އަހަރެންވެސް އިތުރަށް ލަސްކުރުމެއް ނެތި ކާރު ދުއްވާލީމެވެ. އިޔާލް އިނީ އަހަރެންނާއިއެކު ކުރީ ސީޓުގައެވެ. ގެނައި ކާއެއްޗެހިތައް ފަހަތު ސީޓުގައި ބަހައްޓާފައި ހުއްޓެވެ. ވަކި ހިސާބަކަށް ދެވުނުއިރު ވާރޭ ކޮންމެވެސް ވަރަކަށް ވަނީ ތުނިކޮށްލާފައެވެ. އެހެންކަމުން އާދައިގެ ދުވެއްޔެއްގައި ކާރު ދުއްވަން ފަސޭހަވިއެވެ. ގޫގުލް މެޕް ބަލަމުން އެއިން ދޭ އިރުޝާދުތަކަށް ބޯލަބަލިކޮށް އަހަރެންގެ ފޯނަށް ނޮޓިފިކޭޝަނެއް އައިސްގެން ބެލިއިރު ކަމަކުދާކަށްނެތެވެ. ފޯނުގައި ހުރީ އެންމެ ދިހަ ޕަސެންޓެވެ. ފޯނު ނިވިއްޖިއްޔާ ގެއަށްދާން ހާދަ އުދަނގޫވާނެއެވެ. އަނެއްކާ އަހަރެންގެ ފޯނުގެ ބެޓްރީ ހަލާކުވެފައި ހުރުމުން ދިހަ ޕަސެންޓުގައި އިންދާ ޑާޓާ އޮންކޮށްގެން އުޅެންޏާ ފޯން ވަރަށް އަވަހަށް ނިވޭނެއެވެ. މެޕްވެސް ހުޅުވެން އިނީ ޑާޓާ އޮންކޮށްގެންނެވެ. އިޔާލްގެ ފޯނުވެސް ވީ ގޭގައެވެ.

"އިޔާލް. ނިކަން އަވަހަށް ބަލާބަލަ ދޮންބެގެ ޔޫއެސްބީ ވާގަނޑު މީގައި އޮތްތޯ" އަހަރެން މިހެން ބުނުމުން އިޔާލް ކާރުގެ އެތަން މިތަން ބަލައި ފާސްކުރިއެވެ. ނަސީބު ކަންދިމާކުރިގޮތުން ފޯނު ޗާޖްކުރެވޭނެ އެއްވެސް ގޮތެއް ނުފެނުނެވެ. ފޯނު ނިވިއްޖިއްޔާ ގެއަށްދާކަށް އަހަރެންނަކަށް ނޭނގޭނެއެވެ. ދެން ހުރީ އިޔާލްއެވެ. އޭނައަށް އަދި އަމުދުން ނޭނގޭނެއެވެ. ފަސްމިނެޓްވެސް ވިކަމެއް ނޭނގެއެވެ. އަހަރެންގެ ފޯނު ނިވިއްޖެއެވެ.

"ގެއަށް ދެވިފަނު މިތިބީ" އަހަރެން ރުޅި އައީ އިޔާލްގެ ފޯނު އޭނަ ނުގެނައީމައެވެ.

ފޯނު ނިވުމުގެ ކުރިން އަހަރެން ކޮންމެވެސް ވަރަކަށް މެޕް ބަލާލީމެވެ. އެހެންކަމުން ހަނދާނުގައި ހުރި ގޮތަށް ކާރު ދުއްވަމުން ދިޔައީމެވެ. އިޔާލް އަނގައިންވެސް ނުބުނެ ކުރިމައްޗަށް ބަލަހައްޓައިގެން އިނެވެ. ވަކި ހިސާބަކުން އަހަރެންނަށް ދެން ދާންވީ ދިމާލެއް ނޭގުނެވެ. އޭރު ތިބެވުނީ ކުޑަކޮށް ކާރުބާރޫ ބޮޑު މަގެއްގައެވެ. އެކި ހޮޓެލްތައް ފެންނަން ހުރިއިރު ތަންކޮޅެއް މަޝްހޫރު ޝޮޕިން މޯލްއެއްވެސް އެހިސާބުގައި ހުއްޓެވެ.

"އަހަރުން އެ ގޯޅިން އަޅައިގެންދޯ މިމަގަށް ނުކުތީ އައިއިރު؟" އިޔާލް ކުރިމަތިން ފެންނަން ހުރި ގޯޅިގަނޑަކަށް އިޝާރާތްކޮށްފައި ބުންޏެވެ. އެއީ ސީދާ އެބުނާ ގޯޅިކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަދި ހަމައެހިސާބުގައި އެހެން ދެގޯޅިއެއްވެސް ހުރިވިއްޔާއެވެ.
"ސީދާ ބުނެދޭކަށް ނޭނގޭ. އެކަމަކު ދަމާ. ކޮންމެވެސް އެއްގޯޅިއަކުން ވަންނަން"

އިޔާލްބުނި ގޯޅިން ނުވަދެ އަހަރެން މިސްރާބުޖެހީ ޖެހިގެން ހުރި ގޯޅިއަށް ވަނުމަށެވެ. އެގޯޅިން އަޅައިގެން ކުރިއަށް ދުއްވާލުމުން އަދި މިއީ ރަނގަޅު މިސްރާބު ނޫންކަން އިނގުނެވެ. ނަމަވެސް ދެން އަނބުރާ ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކުރިއަށް ބަލާލަމުން ކާރު ދުއްވާލީމެވެ. މީހުން އުޅޭ ގެތަކަށްވުރެ އެހިސާބުގައި ގިނައީ އަނދިރިކަން ވެރިވެފައިވާ ގެތަކެވެ. ފަނޑުއަލިކަމެއް މަގުމައްޗަށް އެޅިފައިވީނަމަވެސް ދުރުދުރުންވެސް މީހުންގެ ހިލަމެއް އެހިސާބުގައި ނުވެއެވެ. މަގުނިމޭ ކޮޅުގައި ކޮންމެވެސްވަރަކަށް އަލިކަމެއް ފެންނަން ހުރުމުން އަހަރެން ހީކުރީ އެހިސާބުން ބޮޑު މަގަކަށް ނުކުމެވޭނެކަމަށެވެ. އެހެންކަމުން ކާރު ބާރަށް ދުއްވާލަމުން އެއަލިކަމާ ދިމާލަށް މިސްރާބުޖެހީމެވެ. އޭރުވެސް އިޔާލްއިނީ މަޑުންނެވެ.

މަގުގެ ކޮޅަށް އާދެވުނުއިރު އަދިވެސް އެގޯޅިން އަޅައިގެން ދާނެ އެހެން މަގެއް ފެންނަން ނެތްކަން އަހަރެމެންނަށް ފާހަނގަވިއެވެ. ދެފަރާތަށް ގަސްތަކާއި ގެތަށް ހުރިއިރު އަދިވެސް ފުދޭވަރަކަށް ދުރަށް ދުއްވަން ޖެހެއެވެ. އަލިކަން ފެތުރިފައިވަނީ ދުރުގައި ހުރި ގެއަކުންކަން އަހަރެމެންނަށް އެނގުނެވެ. އެގެއެއް އެހުރީ މަގުގެ އެއްފަރާތެއްގައެވެ. ކޮންމެގޮތެއްވިޔަސް އަނބުރާލާފައި ދިއުމަށްވުރެ ކުރިއަށްދިއުން މާރަނގަޅު ކަމުގައި އަހަރެންނަށް ހީވިއެވެ. އެހެންކަމުން ކުރިއަށް ދާންފެށީމެވެ.

"ހާދަ މީހުން ނެތޭ. މިބުނީ އެކަކުވެސް ނެތް ފެންނާކަށް" އިޔާލް މުޅިތަނަށް ބަލަމުން ބުނެލިއެވެ.

"އެއޮތް ފެންނަނީނު. ބާބަކިޔުއެއް ޖައްސަނީކަމަށްވާނީ. އެގޭގެ ފަހަތުގައި މީހުން އެބައުޅޭ" ހުދުއަލިން ދިއްލާފައިހުރި ލައިޓްތަކެއް ކައިރީގައި މީހުން އުޅޭހެން ހީވެ އަހަރެން އެދިމާލަށް އިޝާރާތްކުރީމެވެ.

'ހޫމް. އެބައުޅޭ ދޯ. އަންހެނުންތަކެއްހެން ހީވަނީ. އެއީ މުސްލިމުންދޯ ދޮންބޭ. ހީވަނީ ބުރުގާ އަޅައިގެންހެން އެތިބީ" ދުރުން ފެންނަން ތިބި މީހުންނަށް އަހަރެންވެސް ބަލާލީމެވެ. އެގެއާ ކައިރިވާވަރަކަށް އެގޯޅިން ނުކުމެވޭގޮތަށް ހުރި ބޮޑު މަގެއް ފެންނަށް ހުއްޓެވެ. އެހެންކަމުން އަހަރެން އިނީ ވަރަށް ހިތްހަމަޖެހިފައެވެ. ނަމަވެސް އަހަރެންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެންފެށީ އެގެއާ ކައިރިވިތަނާއެވެ. ބޮޑު ހުސްބިމެއްފަދަ ތަނެއް އެގެއާ ޖެހިގެން ހުރިއިރު އެތަނުގައި ތިބީ ހުސް އަންހެންނެވެ. ހުދު އައްޔަކުން މުޅިތަން ފަނޑުގޮތަކަށް ދިއްލިފައިހުރި އިރު އެކި ހިސާބުތަކުގައި އަންހެންވެރިންހެން ތިބި ބަޔަކު ހޭލަމޭލަވަމުންދެއެވެ. އެބަޔަކު އެކުރަނީ ކީއްކަމެއް އަހަރެންނަކަށް ނޭގެއެވެ. ނަމަވެސް އިސްޖަހާލައިގެން ތިބެ އެންމެންވެސް ހިނގަނީއެވެ. އެކި ކުލަކުލައިގެ ހެދުން ލައިގެން ތިބި މީހުން މަދުނަމަވެސް ގިނައީ ހުދުކުލައިގެ ދިގު ހެދުން ލާފައިތިބި މީހުންނެވެ. އިސްޖަހާލައިގެން ތިބެ އަތް އެލުވާލާފައި ތިބިގޮތުން އަހަރެންގެ މެޔަށް ފިނިވެގެން ދިޔައެވެ. މިއީ އާދައިގެ ކަމެއްނޫންކަން އަހަރެންގެ ހިތް ބުނަން ފެށިއެވެ. އިޔާލްވެސް އިނީ އެމީހުންނާ ދިމާލަށް ކަޅިނުޖަހައި ބަލަހައްޓައިގެންނެވެ. ހައިރާންވެ ބިރުގަތްވަރުން އަހަރެންނަށް ކާރުގެ ދުވެލި މަޑުކޮށްލެވުނުއިރުވެސް ރޭކާނުލިއެވެ. ކާރު އައިސް އެހިސާބަށް އެރިއިރު އަހަރެންގެ ކޮއްކޮ އިޔާލް އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާލައިފިއެވެ.

"ގަބުރުސްތާނެއް" އިޔާލް މަޑުމަޑުން ބުނެލިއެވެ.

އަހަރެންގެ އަތްފައިގެ ހުރިހާ އިސްތަށްޓެއް ކޮޅަށް ޖެހުނެވެ. ލޯ ހަނިކޮށްލަމުން އަހަރެން އަނެއްކާވެސް އެތަނަށް ނަޒަރު ހިންގާލީމެވެ. ކަމަކުދާކަށް ނެތެވެ. އިޔާލްބުނި ފަދައިން މިއީ ބޮޑު ގަބުރުސްތާނެކެވެ. އެތާއެތިބީ އިސްނާނުނެއް ނޫންކަން ކަށަވަރެވެ. ދެން ކުއްލިއަކަށް އަހަރެން ހަނދާންވީ ގޫގުލްމެޕްއިން "ގްރޭވްޔާޑް" ޖަހާފައި ދައްކާފައި އިން ގޯޅިގަނޑެއް ފޯނު ނިވުމުގެ ކުރިން އަހަރެންގެ ލޮލުގައި އަޅައިގަތް ހަނދާނެވެ. އެވަގުތު އަނގަޔަށް އައި ހެޔޮ އެއްޗެއް ކިޔޭތޯ އުޅުނީމެވެ. ކުރިއަށް ބަލާލަމުން ކާރުގެ ދުވެލި ބާރުކޮށްލީމެވެ. އަދި އަނެއްކާވެސް ވާތްފަރާތުން ފެންނަށް އޮތް ބޮޑު ގަބުރުސްތާނަށް ނަޒަރުހިންގާލީމެވެ. އެވަގުތު އަހަރެންގެ ހިތްހީވީ އަތަށް އައިހެންނެވެ. އިޔާލްގެ އަނގައިންވެސް މަޑު އާހެއް ބޭރުވިއެވެ. އެތަނުގައި ތިބި ހުރިހާ އެންމެންވެސް އޭރު ތިބީ އަހަރެމެން ދެމީހުންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ބޯއަރިކޮށްގެން އެންމެނެ މިކާރާ ދިމާލަށް ބަލަހައްޓައިގެން ތިބިއިރު އެބަޔެއްގެ ލޮލެއް ނޭފަތެއް އަނގައެއް ވަކިނުވެއެވެ. ބަލަހައްޓައިގެން ތިބޭކަށް އަހަރެމެންގެ ގަޔަކު ވަރެއްވެސް ނެތެވެ. އަހަރެންނަށް ދުއްވާލެވުނު އެންމެ ބާރަކަށް ކާރު ދުއްވާލީމެވެ. އަދި ކުރިމަތިން ފެންނަން އޮތް ބޮޑު މަގަށް ވަންނަން މިސްރާބުޖެހީމެވެ. ކާރު މަގަށް އަރައި ހަމަކުރަނިކޮށް އިޔާލް ފަހަތް ބަލާލިކަން އަހަރެން ދެނަހުރީމެވެ. އަހަރެންނަށް ކާރު ބަރުވިކަމުގެ އިހްސާސެއް ކުރެވުނެވެ. ހީވީ އެއްފަހަރަކާ ކާރުތެރެއަށް އިތުރު ބަޔަކު ވަތްހެނެވެ. ނަމަވެސް އެހެންވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނާއި އިޔާލް ފިޔަވައި އިތުރު މީހަކު މިކާރުގައި ނެތްކަން އަހަރެންނަށް ޔަގީނެވެ.

"ދޮންބޭ... ބަލާލަބަލަ" އިޔާލްގެ އަޑު ކަންފަތުގައި ޖެހުމުން އަހަރެން އިތުރަށް ބިރުގަތެވެ. މަޑުމަޑުން ފަހަތަށް އެނބުރި ގަބުރުސްތާނާ ދިމާލަށް ބަލައިލީމެވެ.

"ޔާރައްބީ..." އަހަރެންނަށް ބުނެލެވުނެވެ. އިތުރަށް އެންމެ ސިކުންތެއްވެސް އެގޯޅީގައި ތިބެން ބޭނުންނުވާތީ އަހަރެން ކާރުގެ ސްޕީޑް އެންމެ މައްޗަށް ޖައްސާލަމުން ބޮޑު މަގަށް ނުކުތީމެވެ. އިޔާލް ބުނެގެން އޭރު އަހަރެން ފަހަތް ބަލާލިއިރު މީހުން ބަރާވެފައި އޮތް ގަބުރުސްތާނު އޮތީ އަނދިރިކޮށެވެ. ކުރިން ފެނުނު އަލިކަމެއް ނެތެވެ. އެތާ ތިބި ބަޔަކުވެސް އޭރަކު ނެތެވެ. ފަޅުވެ ނާމާންވެފައިވާ ތަނެއްފަދައިން އެތަން އޮތްގޮތްފެނި އޭގެ އިރުކޮޅެއްކުރިން އަހަރެމެންނަށް ފެނުނު މަންޒަރު ސިފަވިއެވެ.

"ދެން އޯކޭވާނެ" އަހަރެންނަށް އެހެން ބުނެލެވުނީ އިޔާލްގެ ބިރުގަނެފައިވާ ހިތަށް ހަމަޖެހުމެއް ހޯދައިދިނުމަށެވެ. އަދި ހަމަ އޭގެ އިތުރުން އަހަރެންގެ ނަފްސަށްވެސް ހަމަޖެހުން ހޯދައިދިނުމުގެ ނިޔަތުގައެވެ. ބޮޑުމަގުން ކުރިއަށް ދިޔަވަރަކަށް މީހުންފެނި ކާރުތަކާއި ސައިކަލުގެ އަޑުތައް އަހަރެމެންނަށް އިވެން ފެށިއެވެ. ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނީ އެހިސާބުންނެވެ. މަގުގެ އެއްފަރާތަކުން ދުއްވަމުން ދަނިކޮށް އެތާހުރި ކެފޭއެއްގައި ތިބި ތަންކޮޅެއް މުސްކުޅި ބަޔަކު އަހަރެމެންނަށް ގޮވަން ފެށިއެވެ.

"ދަރިފުޅާ. އޭތް. މަޑުކޮށްބަލަ" ދިވެހި ބަހުން އެމީހުން ވާހަކަދައްކަމުން އަތުން ހަނާއަޅަމުން ދިޔައެވެ. އެތަނުގައި ތިބީ ގާތްގަނޑަކަށް ފަސްދޮޅަސް އަހަރުވެފައި ތިބި ދެފިރިހެނުންނާއި ދެ އަންހެނުންނެވެ. ހީވާގޮތުން އެއީ އެހޮޓަލަށް ކާންއައިސްގެން އުޅޭ ދިވެހި ބައެކެވެ.

"މަޑުކުރޭތަ؟" އިޔާލްއަށް ބަލާލަމުން އަހަރެން އަހާލީމެވެ.

'ނޭނގޭ. ލޮލަށް ފެންނަ ކަންކަމަށް އިތުބާރުކުރެވޭތަ؟" އިޔާލް ބިރުން އިނދެ ބުނެލިއެވެ.

"ﷲގެ ޙައްޤުގައި. ތިދެކުދިން ނިކަން އަވަހަށް ތިމަގުގެ އަނެއްފަރާތުގައި ތިކާރު ޕާކްކޮށްފައި އާދެބަލަ" ހޮޓެލްގެ ބޭރުގައި ބަހައްޓާފައިހުރި މޭޒުތައް ކައިރީގައި ހުރި ގޮނޑިން އެންމެން އެއްކޮށް ކަހަލަ ގޮތަކަށް ތެދުވަމުން ބުނެލިއެވެ.

"ދޮންބެއަށް ފެންނަނީ ނުކުންނަން. ހިޔެއްނުވޭ ﷲގެ ކަލިމަ ކިޔާ ބަޔަކު ގޯސްވެދާނެހެން. ނުކުމެގެން ހިނގާބަލަ" އަހަރެން އިޔާލްގެ ކޮނޑުގައި ޖަހާލަމުން ބުނެލީމެވެ. އަދި ކާރުގެ ޕާކްކޮށްލާފައި އެއިން ފައިބައިގެން އެމީހުންތިބި މޭޒު ކައިރިއަށް ޖެހިލީމެވެ. އަހަރެމެން އައުމުން ވެއިޓަރަކަށް ގޮވާލާފައި އަހަރެމެން ދެމީހުންނަށް އިށީނދެވޭނެހެން އިތުރު ދެގޮނޑި އެމޭޒު ކައިރީގައި ބެހެއްޓިއެވެ.

"އިށީނދެބަލަ ދެކުދިން" އެތަނުން އެންމެ މުސްކުޅިކޮށް ހުރި މީހާ އަހަރެމެންނާ ދިމާލަށް ބަލާލަމުން ބުންޏެވެ. ނުރަކުލައިގެ ތުނބުޅީގައި އަތް ހިންގާލަމުން އެމީހާ އަހަރެމެންގެ ކާރާ ދިމާލަށް ފުންކޮށް ބަލާލިކަން އަހަރެންނަށް ފާހަނގަވިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އަހަރެމެން އެމީހުން ބުނިގޮތަށް އިށީނީމެވެ.

"މީ ޝަރީފާއްތަ އިނގޭ. މިއިނީ ޝަރީފާއްތަގެ ފިރިމީހާ އާދަނު، ދެން މިއީ އާދަނުގެ ކޮއްކޮ ހަސަނާއި ހަސަނުގެ އަންހެނުން" އަހަރެމެންގެ ކާރާ ދިމާލަށް ބަލަން އިން އާދަނަށް އިޝާރާތްކޮށްލަމުން ޝަރީފާ ކިޔާ އަންހެން މީހާ އެމީހުންގެ ތަޢާރަފެއްދިނެވެ. ދެންވެސް އަހަރެމެންނަށް ތިބެވުނީ އަނގައިން ބުނަން ނުކެރިފައެވެ.

"ދިވެހި ކުދިންތަކެއްކަން އިނގުނޭ ގޮވާލީމައި ތިއައި ގޮތުން. އެހެންނޫންނަމަ އަހަރެމެން މިއޮއް މުސްކުޅިންނަށް ކިހިނެތް ތިކުދިންނާއި އިނގިރޭސި ބަހުން ވާހަކަދެއްކޭނީ. ހަހަހަ" ހަސަން އިޔާލްގެ ކޮނޑުގައި އަތް ބާއްވާލަމުން ހިނިތުންވެލިއެވެ. އެމީހުންނަކީ ފެންނަ ފެނުމަށް ހިތްހެޔޮ ބަޔެކޭ އަހަރެންގެ ހިތަށް އެރިއެވެ.

"އަހަރެންނަކީ އިދާން. މިއީ އަހަރެންގެ ކޮއްކޮ އިޔާލް. މިތާ އެކޮޅުގައި ހުރި ރެސްޓޯރަންޓަކުން ކާއެއްޗެހި ގަނެގެން ގެއަށް ދާން މިދަނީ. ބޭބެމެން މިކޮޅުގައިތަ އުޅެނީ" އަހަރެން އާދަނަށް ބަލާލަމުން އަހާލީމެވެ. އޭރުވެސް އާދަނު ދޭތެރެއަކުން ދުރުގައި ޕާކްކޮށްފައި އޮތް ކާރަށް ބަލާލައެވެ. އަހަރެންވެސް ކާރާ ދިމާލަށް ބަލާލީމެވެ. ތަފާތު އެއްވެސް ކަމެއް އަހަރެންނަކަށް ނުފެނުނެވެ.

"ބޭބެމެން މިކޮޅުގައި އުޅޭތާ މީ ތިންވަނަ އަހަރު. ކުދިވެރިން ބޮޑުވެގެން ދިރިއުޅެންފެށީ މިކޮޅުގައި. ދެން މިހެން ދޭތެރެއަކުން މި ހޮޓަލަށް އަންނަންޖެހޭ. މިއީ އަހަރުމެންގެ ދަރިއެއް ހިންގާ ތަނެއްވީމައި އަންނަނީ. އެކަނިތަ ދެކުދިން ތިއުޅެނީ" އާދަނު އަހަރެންކައިރީގައި އަހާލިއެވެ.

'ނޫން. އަހަރެމެންވެސް ޢާއިލާ އެންމެން އައިސް މިއުޅެނީ. މަންމައާއި ބައްޕަވެސް އެބައުޅޭ. އެންމެނަށް ކާން ހިފައިގެން މިދަނީ. ނެތޭ މަޑުކުރެވޭކަށްވެސް" އަހަރެން ގަޑިއަށް ބަލާލަމުން ބުނެލީމެވެ.

"ދޮންބޭ. ފޯނު ޗާޖްކުރެވޭގޮތެއް ވޭތޯ ބަލަންވީނު؟" އިޔާލް އެއްސެވެ.

"އާނ.. އެބުނާހެން" އަހަރެންވެސް ހުރީ ފޯނު ޗާޖްކުރަން ބޭނުންވެފައެވެ.

'ދައްކާ. ކޮންކަހަލަ ފޯނެއް. އާނ. މިކަހަލަ ޗާޖަރެއް އޮންނަން ވާނެ އަލީ އަތުގައި" ހަސަން އަހަރެންގެ ފޯނަށް ބަލާލަމުން ގޮޑިން ތެދުވެގެން ގޮސް ހޮޓަލް ތެރެއަށް ވަނެވެ. ދެން އިރުކޮޅަކުން ނުކުތީ ޕަވަރބޭންކަކާއި ޔޫއެސްބީ ވާގަނޑެއް ހިފައިގެންނެވެ.

"މިއީ، އަހަރެންގެ ދަރި ގެންގުޅޭ އެއްޗެއް މިތަނުގައި. މިތާ އުޅޭ އިރު މީގެ ބޭނުމެއްޖެހޭނީ ވަރަށް މަދުން. އޭނަ ބުނީ ދޭށޯ ބޭނުންކޮށްލަން. ކޮއްކޮމެން ތި ހިފައިގެން ދިޔަސް އެންމެ ރަނގަޅު. ފަސޭހަ އިރަކުން މިކޮޅަށް އައިސް ދެނިކޮށް ރަނގަޅުވާނެ." އޯގާތެރިކަމާއެކު ހަސަން ބުންޏެވެ. އަހަރެން ހަސަނަށް ޝުކުރުއަދާކުރަމުން ފޯން އަވަހަށް ޗާޖަށް ޖެހީމެވެ.

"ކޮއްކޯ... ތިއައީ ކޮންތާކުން" އާދަނު ވަރަށް ފަރުވާތެރިކަމާއެކު އަހަރެމެންގެ މޫނަށް ބަލާލަމުން އެހިއެވެ.
"ރެސްޓޯރެންޓަކުން ކާއެއްޗެހި ގަނެގެން މިއައީ" އިޔާލް ޖަވާބުދިނެވެ. އަހަރެންނަަށް އިނީ އާދަނުގެ މޫނަށް އަރާފައިބާ ކުލަތައް ތަރުޖަމާކުރަން ނޭނގިފައެވެ.

"ތިއައި މަގުމަތީގައި ބަޔަކާ ދިމާވީތަ؟" އާދަނުގެ ސުވާލުން އަހަރެންނާއި އިޔާލަށް އެކަކު އަނެކަކާ ދިމާލަށް ބަލާލެވުނެވެ. ހަމައެވަގުތު އޭގެ އިރުކޮޅެއްކުރިން ފެނުނު ކަންތައް ލޯކުރިމަތީގައި ސިފަކުރެވުނެވެ. އިޔާލް ވަށައިގެން ލޯހިންގަންފެށީ އަނެއްކާ ކުރިން ފެނުނު ކަހަލަ މަންޒަރެއް ފެނިދާނެތީ ބިރުންނެވެ.

"ބިރުނުގަނެ ބުނެބަލަ އާދަނުބެ ކައިރީގައި"

އަހަރެމެންނަށް އެވާހަކަ ކިޔައިދޭން އުދަނގޫވިއެވެ. ނަމަވެސް ކޮންމެވެސް ގޮތަކަށް ކިޔައިދޭން ހިތްބުނަމުން ދިޔައެވެ.

"އިނގޭތަ ތިއައި ކާރުގައި ތިބީ ތިދެކުދިން އެކަނި ނޫންކަން؟" އާދަނު ބުނި ޖުމްލަ އަޑުއިވުމުން އަހަރެން ދައްކަން އުޅުނު ވާހަކަ ކަރުތެރޭގައި ތާށިވިއެވެ. ދެލޯ ބޮޑުކޮށްލެވުނީ ގަބޫލުކުރަން ތަދިވެގެންނެވެ.

"އެހެންނުވާނެނު. ދޮންބެއާއި އަހަރެން އެކަނި މިއުޅެނީ" ބިރުގެންފައި އިންނަމަވެސް އިޔާލް މިފަހަރު ވާހަކަ ދެއްކިއެވެ.

"ކޮން ގަބުރުތަކެއް އެހެންވީމަ ފަހަތު ސީޓުގައިި އެތިބީ" އާދަނު މިހެން ބުނުމުން އިޔާލް އަހަރެންނާއި ކައިރިއަށް ޖެހި މަޑުމަޑުން ފަހަތުގައި ޕާކްކޮށްފައިވާ ކާރަށް ބަލާލިއެވެ. އަހަރެންނަށްވެސް ބެލެނީ އިތުރު އެއްޗެއް ކާރުތެރެއިން ފެންނަން ހުރިތޯއެވެ. ނަމަވެސް ހުސްކަން ފިޔަވައި އިތުރު އެއްޗެއް އަހަރެމެންނަކަށް ނުފެނުނެވެ.

"ތިކުދިންނަށް ނުފެންނަނީ. އެކަމަކު ބޭބެއަށް ފެނޭ. ބޭބެއަކީ ރުގްޔާކުރި މީހެއް ވަރަށް ކުރިން. މިހާރު އެމަސައްކަތް ހުއްޓާލިތާ ކޮން ދުވަހެއް. އެކަމަކު ތިކާރު ލޯކުރިމަތިން ފެނުނީއްސުރެން މިއިންނަނީ ތިކުދިން މިހިސާބަށް ކައިރިވާނެ އިރެއްގެ އިންތިޒާރުގައި. ބިރުނުގަނެ ކިޔައިދީބަލަ" އާދަނު އަނެއްކާވެސް އަހަރެމެންނާއި ދިމާލަށް އެނބުރިލަމުން ބުންޏެވެ. ދެން އެތަނުގައި ތިބި ހަސަނާއި، ޝަރީފާ އަދި ހަސަނުގެ އަންހެނުންވެސް އަހަރެމެންނަށް ބަލާލަމުން ބޯޖަހާލީ ހިތްވަރުދޭފަދަ ގޮތަކަށެވެ.

ބިރުންތިބެ ނަމަވެސް އަހަރެމެންނަށް ފެނުނު ކަންތައް އާދަނުބެއަށް ކިޔައިދިނީމެވެ. އެވާހަކަތައް އަޑުއަހާފައި އާދަނުބެ ވަރަށް ވިސްނުންތެރިކަމާއެކު ކާރަށް ބަލާލަމުން އަނެއްކާވެސް އަހަރެމެންނާ ދިމާލަށް ބަލާލިއެވެ.

"އަލްޙަމްދުލިއްލާޙް، ނަސީބެއްނު ބޮޑުކަމެއްނުވިކަން. އެކަމަކު އަހަރެމެންނަށް މިއަދު މިތަނަށް ނާދެވުނުނަމަ ތިޔަ ދެކުދީން ގެއަށް ދިޔައީހީ އިތުރު މަޚްލޫގުންތަކެއް ގޮވައިގެން" އާދަނު ބުނެލިއެވެ.

"މާނައަކީ؟" އަހަރެންނަށް އެސުވާލުނުކޮށް ނީދެވުނެވެ.

"މިބުނަނީ، ތިޔަ ފެނުނު ގަބުރުސްތާނަކީ ވަރަށް ނާމާންތަނެއް. އެތަނުގެ ވާހަކަ އެއީ އަހަރެމެން ވަރަށް އަހާ ވާހަކައެއް. އެ ގޯޅިން މީހުން ދަތުރެއްނުކުރޭ ވަރަށް. ކޮންމެވެސް ކަމެއްލައިގަންނަ ކަމަށްވަނީ ތިގޯޅިއަށް ވަނީމަ. ތިކުދިންނަށްވެސް ތިވީ އެހެން. ކާރަށް އަރައި އެތިބީ ފަހަތު އަޅުވާލައިގެން. އަހަރެންނަށް ކަށަވަރު ދުއިސައްތައަށްވުރެ ގިނަ ޝައިތާނުން ތިކާރުގެ ފަހަތު ސީޓުގައި އެބަތިބިކަން"

އަހަރެމެންތިބީ އެވާހަކަ ގަބޫލުކުރަން އުދަނގޫވެފައެވެ. ކާރު ބަރުވިކަމުގެ އިހްސާސް އަހަރެންނަށް ކުރެވުނީ އެހެންވެތާއެވެ. އަހަރެމެންނަށް ނުފެންނަ އެއްޗެހިތަކެއް ކާރަށް އެރިޔަކަސް ނޭނގޭނެނޫންހެއްޔެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ތިކާރުގައި ގެއަށް ދާކަށް އަހަރެންނަށް ލާހިކަ ކުޅަދާނައެއްނޫނެވެ. އެއަށްވުރެ އަހަރެން ބިރުގަނެއްޖެއެވެ. އިޔާލް އިނީ ކުޑަކުއްޖެއްހެން އަހަރެންގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފަހައްޓާލައިގެންނެވެ.

"ދެން ކިހިނެއް އެސޮރުމެން ގެއަށް ދަނީ؟" ޝަރީފާއްތަ އާދަނުކައިރީގައި އަހާލިއެވެ. އެސުވާލުގެ ޖަވާބު ބޭނުންވެފައި ހުރުމުން އަހަރެންވެސް ބަލާލީ އާދަނަށެވެ.

"ދެވޭނެ. މަޑުކޮށްލާ އިރުކޮޅަކަށް. ފޫހިވީމައި އެއެއްޗެހިތައް ދާނެ. ނުގޮއްސިއްޔާ ކަމެއް ކުރާނީ"

އާދަނަށް އިތުބާރުކުރުން ނޫންގޮތެއް އެވަގުތަށް އަހަރެމެންނަށް ނެތްވެ. އެހެންކަމުން އާދަނުބުނިހެން އެތަނުގައި އިރުކޮޅަކު މަޑުކުރަންޖެހުނެވެ. އެގާރަޖަހަން ފަސްމިނެޓަށްވިތަނާ އެލީ ގުޅަން ފެށިއެވެ. އެގަޑީގައި މާކަގިނަ ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއްނުވިއެވެ. އަދިވެސް އަހަރެމެންތިބީ އެހާ ބިރުގަނެފައެވެ. އަވަހަށް ދާނަން ކަމުގައި ބުނެ ފޯނު ކަނޑާލީމެވެ. އިރުކޮޅަކުން އާދަނު އިންތަނުން ތެދުވީ ފެންތަށްޓެއް ހިފައިގެންނެވެ. އަހަރުމެން ކައރީގައި މަޑުކުރުމަށް ބުނެފައި އާދަން ހިނގައިގަތީ ކާރާ ދިމާލަށެވެ. ވާނުވާ ނޭނގިފައި އަހަރެމެން ތިއްބާ އާދަނު ގޮސް ކާރު ކައިރީގައި ހުއްޓިލިއެވެ. އަދި ތުން ތަޅުވަމުން ކާރުގެ ވަށައިގެން ހިނގާލުމަށްފަހު ކާރުގެ ދޮރު ހުޅުވާލަމުން ކާރުގެ އެތަން މިތަނަށް ފެން ބުރުވަން ފެށިއެވެ. ފަނަރަވަރަކަށް މިނެޓް ވަންދެން އެމަސައްކަތުގައި އުޅުމަށްފަހު އާދަނު އެނބުރި އައިއިރު އަތުގައި ހުރި ފެންތަށީގައި ކުޑަ އެތިކޮޅެއް ބާކީ ހުއްޓެވެ. އެ ފެންކޮޅު އައިގޮތަށް އައިސް ބުރުވާލީ އަހަރެމެން ދެމީހުންގެ ގަޔަށެވެ.

"މިހާރު ރައްކާވާނެ ގެއަށް ދާން. އޭގެ އުދަނގުލެއް ދެން ނުފޯރާނެހެން ހީވަނީ. އަމިއްލައަށް ފެނިގެން އެ އެއްޗެހިތައް ދިޔައީ އެ. އެހެންވެ އަހަރެން ގޮސް ފެންޖެހީމި. ދެން ނުކެރޭނެ ތިކުދިންނާ ދިމާކޮށްލާކަށް" ހިނިތުންވެލަމުން އާދަނު ބުންޏެވެ. އަހަރެމެންނަށް އާދަނަށް އިތުބާރުކުރެވުނެވެ. އާދަނު އިރުޝާދުދިންގޮތަށް ބިސްމިކިޔައި، އާދަނުބުނި ތެދިން ސޫރަތްތަކާއި ޤްރްއާނުގެ ކަލިމަތަކެއް ކިޔުމަށްފަހު އަހަރެންނާއި އިޔާލް ކާރަށް އެރީމެވެ.

"މި ކާ އެއްޗެހި ރަނގަޅުވާނެތަ؟" އިޔާލް ކާރުގެ ބޭރުގައި ހުރި އާދަނު ކުރެން އަހާލިއެވެ.

"އާނ. ކާ އެއްޗަކާ މިކަމަކާ އެއްވެސް ގުޅުމެއް ނެތް. ގެއަށް ދެވުނީމަ އަހަރެންނަށް ގުޅާލާތި. ނޫނީ ދާމަގުމަތީގައި ކަމެއްވިޔަސް އަންގާލާތި އިނގޭ. ދެން އެކުން އެހާ ލަސްނުކޮށް ދާންއުޅޭ. ތިކުދިން ގެއަށް ގޮސް ގުޅާލީމައި ބޭބެމެންވެސް މިކޮޅުން ގެއަށްދާން ނައްޓާލާނީ" އާދަނު ބުނެލިއެވެ. އަހަރެމެން އާދަނަށް އަދި ދެންތިބި އެންމެނަށްވެސް ޝުކުރު އަދާކުރަމުން ކާރު ދުއްވާލީމެވެ. ކުރިން އިހްސާސްވި ބަރުކަން މިހާރު ކާރުގައި ނެތުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް ހިތުގައިވާ ބިރުވެރިކަން ހަމަ އެތާޒާ ކަންމަތީގައި ހުއްޓެވެ. ގެއާ ހަމައަށް ދެވުނުއިރު އިތުރު އެއްވެސް އުދަނގުލެއް އަހަރެމެންނަކަށް ނުވެއެވެ. ގެއަށް ވަންނަމުން އާދަނުބެ ބުނި ދުޢާ ކިޔާލީމެވެ. އަދި އެތެރެއަށްވަދެ އަހަރެން އަވަހަށް އާދަނުބެއަށް ގުޅައި ސަލާމަތުން ގެއަށް އާދެވުނު ވާހަކަ ބުނެލީމެވެ. އެރޭ އަހަރެމެން ކާންތިބެ ޢާއިލާގެ އެންމެން ކައިރީގައި އެވާހަކަ ކިޔައިދިނީމެވެ. އެންމެންވެސް ތިބީ އަހަރެމެންނަށް ދިމާވި ހާދިޘާ އެނގުމުން ބިރުންނެވެ. އާދަނުބެމެންނާއި ދިމާނުވިނަމަ ވާނެގޮތެއްވެސް ނޭނގެޔޭ ކިޔާފައި ބައްޕަ އާދަނުބެއަށް ގުޅަންވެސް ގުޅިއެވެ. އޭގެ އަނެއްދުވަހު އަހަރެމެން އެންމެން އާދަނުބެމެންގެ ހޮޓަލަސް ގޮސް އެމީހުންނާއި ބައްދަލުކުރީމެވެ. އެފަހުން އަހަރެންނަކަށްވެސް އަދި އިޔާލްއަކަށްވެސް އެފަދަ ބިރުވެރި ކަމަކާ ދިމައެއް ނުވެއެވެ. ނަމަވެސް އެހާދިޘާ އަހަރެމެންގެ ހިތުގައި ވަނީ ދާދި ދެންމެއަކު ވީ ކަމެއްފަދައިން ބިންވަޅު ނެގިފައެވެ.

ނިމުނީ

    Please log in or register to bookmark.
    9k

    12 ޚިޔާލު

    1. Aharemen adhives mithibee car ga... Aharemennakee foohivegen car in dhaane baehnun... Aharemen thibee pubg kulhen... hahahaaa

      7
      1
    2. ކަލޯ ގަޔާ. މަ ނުލާހިކު ހަމަޖެހިލާގެން ޖައްސާލައިގެން އިންދަ ގަޔަށް ފެން ޖަހައިފި... ނޮޓް ކޫލް.

      4
      1
    3. 😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖😖

    4. މަ އެޔޮއް ރީއްޗަށް ޕަބްޖީ ކުޅެން އިންދަ އައިސް އެ އަލި އަޅުވާލީ..އެހެންވެ ވަންނަން ޖެހުނީ.. އެހެންނަމަ ނުވަދުނީސް..

    ޚިޔާލު

    Your email address will not be published.

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy