Views: 6713 129

ސަޖާ އާ ދިމާލަށް ޙައްޤުން ކަމަކާއި ނުލާ އެއްޗެހިކިޔުނީތީ އެކަމާވެސް ދެރަވިއެވެ. އޭރު އައިސްހުރި ރުޅީގައި މާޙިލްގެ ސިކުނޑި ހަމައިންނެއްޓީއެވެ. މަންމަ ދެއްކި ވާހަކަޔަކުން މާޙިލްގެ ސިކުނޑިއަށް ޝައިތާނާ ވަސްވާސްލީއެވެ. ބޮލަށް ބަރުވެފައި ހުރީ އެކަމާ މާބޮޑަށް ވިސްނޭތީއެވެ. ދެލޯ މަރާލައިގެން މާޙިލަށް އޮވެވުނީ އިރުކޮޅަކު އެވެ. ދޮރުގައި ޓަކިދިން އަޑަށް ސިހިފައި ތެދުވެވުނެވެ. ތެދުވެގެން އައިސް ދޮރުހުޅުވާލީ މާބޮޑު ވިސްނުމެއްނެތިއެވެ. އެހެނަސް ދޮރުމަތީގައި ތިބި ދެމީހުން ފެނި މާހިލަށް ލިބުނީ ހައިރާންކަމެވެ. ބޭރަށްލާން އުޅުނު ނޭވާވެސް ހަށިގަނޑުން ބޭރުވީ ނިކަން އުނދަގުލުންނެވެ. އެދެމީހުންގެ މޫނަށް ވަކިވަކިން ބަލާލިއިރު އެދެމީހުންގެ މޫނުމަތީގައިވެސް ހުރީ އެއްކަހަލަ އަސަރުތަކެކެވެ. އެއިން މީހަކާ އިސްވެ އަނގައިން ބުނަން ނުކެރިފައި އައްފާން ހުރީއެވެ.

" އެތެރެއަށް ވަންނާކަށް ނުބުނާނަންތަ ؟ " ޖަލީލް އެއްޗެއް ނުބުނުމުން ސަރުމީލާ ވާޙަކަދެއްކީ ޖަލީލަށް ބަލާލާފައެވެ. މާހިލަށް ހަމައެކަނި ކުރެވުނު ކަމަކީ އެދެމީހުން ވަންނަން ދޮރުމަތިން އެއްފަރާތް ވެވުނީއެވެ. އެދެމަފިރިންނަށް ވަނުމަށް ދައުވަތުދޭން އޭނާގެ ދޫހަރަކާތެއް ނުކުރިއެވެ. ސަރަންފީއަށް އިޝާރާތްކޮށް އިށިއިންނާން ބުނީވެސް ހަރަކާތުންނެވެ. މާހިލް ވާހަކަ ނުދެއްކޭ މަންމަނެއް ފަދައެވެ.

" ބައްޕަ މިއައީ ކީއްވެގެންކަން މާހިލަށް އެނގޭނެ ކަންނޭގެ........" ޖަލީލް މާހިލްގެ މޫނަށް ބަލާލުމުން އައްފާނަށް މަޖްބޫރުވީ އިސްޖަހާލާށެވެ. ދައްކަން އެއުޅެނީ ސަޖާގެ ވާހަކަކަން މާހިލަށް ޔަގީނެވެ.

" ބައްޕައަކަށް ނޭގެ ކޮންކުއްޖެއް ކަމެއް ދޮގުހަދަނީއެއް...........ސަޖާ ބުނަނީ ސަޖާ ބަނޑުގަ އޮތީ މާހިލްގެ ކުއްޖެއްކަމަށް........ އެކަމަކު މާހިލް އެކަމާ އެއްބަހެއް ނޫންދޯ........" އެއްފަހަރު ސަރުމީލާއަށް އަނެއް ފަހަރު މާޙިލަށް ބަލާލަމުން ޖަލީލް ވާހަކަ ކުރިއަށް ގެންދެވޭތޯބެލިއެވެ. ސަރުމީލާ ކޮނޑުގައި އަޅުވާފައިވާ އަތްދަބަހުގައި ބާރަށް ހިފަހައްޓައިގެން އިނީ މާޙިލް ބުނާނެ އެއްޗަކަށް ކެތްމަދުވެފައެވެ. އެހެނަސް މާޙިލް އިސްޖަހާލި ގޮތަށް އިނީ އަނގައިން ނުބުނަން ހުވާކޮށްގެން ކަހަލައެވެ. ވަރަށް އުއްމީދާއެކު މާހިލާއި ބައްދަލުކުރަން އެމީހުން އައީ ވާހަކަ ދައްކައިގެން ގޮތެއް ނިންމިދާނެ ކަމަށެވެ. އެހެނަސް މާހިލްގެ ހީމޭންކަން އެދެމަފިރިންގެ ހިތަށް އުދަގުލަކަށްވިއެވެ.

" ބައްޕައަށް ހަމައެންމެ ކަމެއް ކޮއްދޭށޭ ބުނަން މިއައީ.............." ތަނަށް ވެރިވެފައިވާ އިންތިހާ ހިމޭންކަން ފޫއަޅުވާލީ ޖަލީލްގެ އަޑެވެ. މާޙިލްގެ ކޮނޑުގައި އަތްޖައްސާލަމުން ޖަލީލް ބުނެލިއިރު އެއަޑުގައިވީ ރިހުމެވެ. އެ ލަދުން އިނދެފައި މާހިލް ކުޑަކޮން ބޯހިއްލާލި ނަމަވެސް ޖަލީލްގެ މޫނަށް ބަލާލާކަށް ނުކެރުނެވެ.

" ކޮންކަމެއް......." މާހިލް އަޑު ނިކުތީ ނިކަން މަޑުންނެވެ. ސަރުމީލާ އާއި ޖަލީލްގެ ކުރިމަތީ އިސްއުފުލާލަން ނުކެރިފައި އިނީ އަމިއްލަ ކުށްވެސް އޮތީމައެވެ.

" ސަޖާ ވިހަންދެން ސަޖާ ކައިރީ ހުރެދޭންވީ........މާޙިލްގެ އަޅާލުން ސަޖާއަށް ވަރަށް ބޭނުންވާނެ.......... " މާޙިލް ޖަލީލްގެ މޫނަށްބަލާލިއެވެ. މާޙިލާއި ހަތަރުކަޅި ހަމަވި ވަގުތު ޖަލީލަށް އެދެލޮލުން ފެނުނީ ސިހުމެވެ. އެނިންމުން ނިންމަން މާހިލަށް ފަސޭހަނޫންކަން ޖަލީލަށް ކަށަވަރުވިއެވެ.

" އަހަންނަށް އެކާފަ ދަރިފުޅު ވަރަށް މުހިއްމު..............." ޖަލީލްގެ ލޮލުގައި ގިނަވެފައިވާ ކަރުނަތައްވެސް ހީވީ ފައިބައިގެނެދާނެހެންނެވެ. ޖަލީލްގެ އަޑުއިވިފައި ސަރުމީލާއަށް ރޮވުނީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ.

" ޖޫލީއަކަށް ކުދިންނެއް ނުލިބޭ............އަހަރެމެންނަށް ކާފަ މާމަ ކިޔާނެ ދަރިއަކު ލިބޭނީ ސަޖާގެ ފަރާތުން ......އެހެންވެ މާހިލް ކައިރިއަށް ސަލާން ޖަހަން މިއައީ .........ސަޖާ ވިހާ ގަދަވަންދެން ސަޖާގެ ފިރިއެއްގެ ގޮތުގައި ހުރެދޭށޭ ބުނަން............" ޖަލީލް ނޭފަތް ދަމާލާފައި ދެލޯފޮހެލިއެވެ. ޖަލީލްގެ ވާހަކަ އިވިފައި މާހިލަށް އިނދެވުނީ އާގަމަވެފައެވެ. ލިބުނު ހަބަރަކީ މުޅިން އާޙަބަރަކަށް ވާތީއެވެ. ނަވީންވެސް އެކަހަލަ ވާޙަކައެއް ދައްކާފައި ނުވާތީއެވެ.

" ސަޖާ އެއްޗެއް ކަނީކީނޫން..........އަބަދުވިސްނަނީ ރޮނީ............ ބަނޑުގަވާ ދަރިފުޅާ ދޭތެރޭ ވިސްނާނުލާ..................." ސަރުމީލާއަށްވެސް އެއްޗެއް ނުބުނެ ނީނދެވުނެވެ. އެހެނަސް ގިސްލެވޭ ވަރުން ސަރުމީލާއަކަށް މާބޮޑު ވާހަކައެއް ނުދެއްކުނެވެ.

" ހަމައެކަނި ސަޖާ ވިހަންދެން މަޑުކޮށްލަ ދިނަސް އެންމެ ރަނގަޅު............." ޖަލީލަށް އެހެން ބުނެލެވުނީ ހިތާދެކޮޅަށެވެ. ރޮވިފައިއިން ސަރުމީލާގެ މޫނަށް ޖަލީލް ބަލާލީ އުއްމީދު ގެއްލިފައިވާ މީހަކު ފަދައިންނެވެ. މުޅިއުމުރަށް ސަޖާ ކައިރީ ހުރެދޭށޭ ބުނަން އެދެމީހުންވެސް ބޭނުންވިއެވެ. އެދަރިފުޅުގެ މޫނުމަތިން ހިނިތުންވުން ފެންނަން ބޭނުންވާތީއެވެ.

" އަހަރެން ތިކަމާ ވިސްނާނަން..............." އިވުނީ ޖަލީލްމެން އެންމެ ބޭނުންވި ޖަވާބެއް ނޫނެވެ. އެހެނަސް އެދެމީހުން ނިކުމެގެން ދިޔައީ މާޙިލް އެނބުރި އަންނާނެކަމަށް އުއްމީދުކުރަމުންނެވެ. ދޮރުކައިރީ އެމީހުންގެ ވާހަކަތައް އަޑުއަހަން މަމްދޫހާ ހުއްޓެވެ. ސަޖާ ކައިރިއަށް މާޙިލް ނުދޭތޯ ކުރެވެން އޮތް ހުރިހާކަމެއް އޭނާކުރާނެއެވެ. މިހާރު މަމްދޫހާވެސް ބޭނުންވަނީ އާޝާ އެގެއަށް އަންނާށެވެ. އާޝާގެ ފަރާތުން އެންމެ ދުވަހަކުން ލިބުނު އެއްޗެހިން މަމްދޫހާގެ ހިތްވަނީ ފުރިފައެވެ.

" އަހަންނަކަށް ހިއެއްނުވޭ މާޙިލް އަންނާނެހެންނެއް..............." ސަރުމީލާ އެގެއިން ނިކުތުމާއެކު ވާހަކަ ދެއްކިއެވެ.

" ބަސްމަދުވެފަ އަނގައިން ބުނަން ނުކެރިފައި އިނީމަ އަހަންނަށް ހީވަނީ މާހިލްގެ ކުށްވެސް އޮތީމަހެން ނޫނީ އޭނަ އެނބުރި ސަޖާ ކައިރިއަށް އަންނަން ބޭނުން ނުވާތި އެހެން އެއިނީ.............." ސަރުމީލާ ވާހަކަ ދެއްކީ އޭނާއަށް މާހިލްގެ ފަރާތުން ފެނުނު ކަންތައްތަކަށް ބަލާފައެވެ.

" ވެދާނެ ސަޖާއާ ހޮސްޕިޓަލުގަ އެއްޗެހި ކިޔުނީމަ ސަރުމީލާ އާ ކުރިމަތިލާން ނުކެރުނީ ކަމަށްވެސް................." ޖަލީލް ބުނެލީ އޭނާއަށް ފެންނަ ގޮތެވެ. ފެރީއަށް އެރެންދެންވެސް ދެމީހުންނަށް ދެއްކުނީ އެވާހަކައެވެ. އެނބުރި މާލެދާން ޖެހުނީ ހައްލު ހޯދަން އައި މައްސަލައަށް ހައްލެއް ނުލިބި ހުރެއެވެ. މާބޮޑު އުއްމީދެއްވެސް ނެތި އެނބުރިދާން ޖެހުނީއެވެ.

******

މައްސަލަ ޖެހުނު ފަހުން އައްފާން ގެއަށް ނިދާކަށް ނާދެއެވެ. ކާކަށް ނާދެއެވެ. އެކަމާ އެންމެ ފިކުރު ބޮޑުވާ މީހަކީ އާދިލާއެވެ. އަދިލާ ގުޅާލުމުން އައްފާން ބުނަމުން އައީ މަންމަ ފިކުރު ބޮޑުނުކުރުމަށެވެ. ތިމަންނަ މިހިރީ ހެޔޮހާލުގައި ކައިގެން ކަމަށެވެ. އެވާޙަކަ އާދިލާއަށް ނިޒާރު ކައިރީގައި ދެއްކުނީ ހިތަށް ކެތްނުވެގެންނެވެ. ނިޒާރު ދޭ ނަސޭހަތް އައްފާން އަހާނެކަން އެނގޭތީއެވެ.

" ނިދާކަށްވެސް ނާދޭ...........ހިތްހަމަ ނުޖެހިގެންދިޔަ ފަހުން ގެއަށް ވަދެވެސް ނުލާ............" ނިޒާރު އިނީ ނަސީރުމެންގޭ ސިޓިންގރޫމްގައެވެ. ބަގީޗާގައި ނަސީރު އެމީހުންނަށް ބަލަން އިން ނަމަވެސް ސިޓިންގރޫމްގައި ދައްކާ ވާހަކަ އެތަނަކަށް ނީވޭނެއެވެ.

" ބޮޑުބެ އައްފާން އާ ވާހަކަދައްކާނަން............އެކޮން އެކަމާ ނުވިސްނާ..........." ނިޒާރު އާދިލާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ. އަދިލާގެ މޫނުމަތިން އެކަމާ ހިތާމަ ކުރާވަރު ހާމަވެއެވެ.

" އަފީފު ނާދޭތަ...؟ " ނިޒާރު ބޭނުންވީ އަފީފު އެގެއަށް އާދޭތޯ ޔަގީން ކުރާށެވެ. އަންނަކަމަށް ވާނަމަ އާޝާ އާ އައްފާން ކައިވެނިކުރުވަން ބާރުއަޅާނެކަން އޭނާއަށް ޔަގީނެވެ.
" ދެދުވަސް ވެއްޖެ ނާންނަތާ އެކަމަކު ކޮންމެ ދުވަހަކު ނަސީރަށް ގުޅައިގެން ވާހަކަދައްކާ..........." އާދިލާ އޭނާއަށް އެނގޭވަރަށް އޮޅުން ފިލުވައިދިނެވެ. ދޮރުގައި ޖަހާލިއަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ގޮނޑި ދުއްވަމުން އައިސް ނަސީރު އައިސް ހުރީ ދޮރުކައިރީގައެވެ. ބިއްލޫރި ދޮރުގެ އެފަރާތުން ނިޒާރާއި އާދިލާއަށް ފެންނަން ހުރި ނަސީރުގެ މޫނުން ހާމަވަނީ ކަމަކާ ފިކުރުބޮޑުވެ ގޮތް ހުސްވެފައިވާތަނެވެ. އެހެނަސް ނިޒާރު ނަސީރާއި ބައްދަލުކުރީ ހިނިތުންވެފައިވާ މޫނަކާއި ގެންނެވެ. ކަމެއްވެގެން އުޅޭކަމެއްވެސް އޭނާ އެނގޭކަމަކަށް ނުހަދައެވެ.

*****

އޮފީހުގައިވެސް މާޙިލަށް މަސައްކަތަށް ސަމާލުކަމެއް ނުދެވުނެވެ. ޖަލީލްގެ ވާހަކަތަކުން މާހިލްގެ ހިތުގައި ވަނީ ނުތަނަވަސްކަން އުފައްދާފައެވެ. ފަހަރަކު ފައިލެއް ހުޅަވާލާފައި ލައްޕާލައެވެ. ހީވަނީ ކުރަންވީ ކަމެއް ނޭނގިގެން އުޅޭހެންނެވެ. މާހިލްގެ ހަރަކާތްތަކަށް ބަލަން ހުރެފައި ނަވީން އޭނާގެ މޭޒުކައިރިއަށް ހުއްޓިލިއެވެ.

" ހިނގާ ކޮފީއެއް ބޯލަންދާން............." ނަވީން ފެނުމުންވެސް މާހިލަށް އިހްސާސް ކުރެވުނީ ނުތަނަވަސްކަމެވެ.

" ވަރަށް މަސައްކަތް އެބަހުރި.........." ނަވީން ކޮފީއަކަށް ބުނުމުން މިނޫނީ މާހިލް އުޒުރެއް ނުދައްކައެވެ. ސީދާ ސީދާ އިންކާރުކުރަން ނުކެރުނަސް ނަވީނާއި އެކު މާހިލް ދާން ބޭނުން ނުވާ ކަހަލައެވެ.

" މަސައްކަތް ބަހައްޓާ..........އަހަންނަށޭނުން ލަސްވާނީ މަސައްކަތް ނުނިމިގެން.............އަހަންނޭނު މިބުނީ ކޮފީއަށް ހިނގާށޭވެސް............." ނަވީން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެންމެ ފަހުން ހިތާދެކޮޅަށް މާހިލަށް ޖެހުނީ ތެދުވާށެވެ. ނަވީންގެ ފަހަތުގައި ހުރެގެން މާހިލް ހިނގަމުން ދިޔައެވެ. ނަވީންގެ މަންޒިލަކީ އޮފީހުގެ ޓެރަހެވެ. ނަވީން ކޮފީމެޝިންކައިރީ ކޮފީ ތައްޔާރުކުރަން ހުރި އިރު މާހިލްހުރީ ރެއިލުންގ ގައި އަތް އަޅުވާލައިގެން ވަށައިގެން ފެންނަ އުސްއިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ދެމީހުންގެ ދެމެދުގައިވީ ހިމޭންކަމެވެ. އެކަކުވެސް ދައްކާނެ ވާހަކައެއް ނެތިފައި ތިބި ކަހަލައެވެ. ނަވީނާއި މާޙިލް ދެމީހުންގެ ދެމެދު ދުރުކަމެއް ހުރިކަން ނަވީނަށް އެވަގުތު އިހްސާސް ކުރެވުނެވެ. ޖޫލީ ދައްކާފައިވާ ވާހަކަތަކާއި އައްފާންގެ ފަރާތުން އެނގިފައިވާ ވާހަކަތައް ވަރަށް ތެދުކަން ނަވީނަށް ކަށަވަރުވީ މާހިލްގެ ފަރާތުން ފެންނަ ހިމޭންކަމެވެ.

" އާދޭ............." އާވި އަރައަރާހުރި ދެކޮފީމަގު ގެނެސް މޭޒުމަތީ ބަހައްޓަމުން ނަވީން ބުނެލިއެވެ. މާހިލްގެ ބެލުމުގައި ހުރީ ބީރަށްޓެހިކަމެވެ.
" މާބޮޑަށް ހިހޫވެދާނެ އަވަހަށް އާދޭ.............." ވަށްކޮންހުރި މޭޒުކައިރީ އިށިއިންނަމުން އިތުރަށް ނަވީން ބުނެލިއެވެ. ނަވީނަށް ބަލާލާފައި މާހިލް އެނބުރިއައީ ގަޔާނުވެ ހުރެއެވެ. ގޮނޑިދަމާލާފައި އިށިއިނދެ ބަލަންފެށީ ފޯނުގެ ސްކުރީނަށެވެ.

" ހާދަ ބަސްމަދުވެފަ ތިއިންނަނީ...........އަނެއްކާ ހުރިހާ ކަމެއް ރަނގަޅުތަ......." ނަވީންވެސް ކަމެއް އެނގޭކަމަކަށް ނުހަދައެވެ. ނަވީން އެހެން ބުނުމުން ނަވީނަށް ބަލާލާފައި ގަދަކަމުން ހިނިތުންވެލިއެވެ. ބޯހަލުވާލީ ރަނގަޅޭ ބުނާފަދައިންނެވެ. އެވަރުން ނަވީނަކަށް ކަމަކު ނުދިޔައެވެ.

" ޗުއްޓީ ހަމަޖެހިފަ އިނީ މާޙިލް ބޭނުން އިރަކުން ޗުއްޓީ ނަގަންވީ ހަމަ..........." ނަވީން ފެށި ވާހަކަޔަކުން އަނެއްކާވެސް މާހިލަށް ނަވީނަށް ސަމާލުކަންދޭން މަޖްބޫރުވިއެވެ. ތަންކޮޅެއް ކުރިން މާހިލްވަނީ ނަވީންކައިރީ ޗުއްޓީ ބޭނުންވާ ވާހަކަ ދައްކާފައެވެ. އާޝާއާ ކައިވެނިކުރަން ބޭނުންވާތީއެވެ. އެހެނަސް މިވަގުތު ހުދު މާހިލަށްވެސް ހުރީ ދާންވީ ދިމާލެއް ނޭގިފައެވެ. އެއްކޮޅުން ސަޖާއެވެ. އަނެއްކޮޅުން އިންތިހާއަށް ލޯބިވާ ލޯބިވެރިޔާއެވެ.

" ކޮން އިރަކުން މެރީކުރަނީ............؟ " ނަވީން ކޮއްލި ސުވާލުން މާހިލް ކޮށިއެރީއެވެ. ކޮފީތަށި ތިރިކޮއްލި އިރު ނަވީން ބަލަން އިން ގޮތުން މާހިލްގެ ހަށިގަނޑުގައި ރޫރޫ އަޅާއިގެންދިޔައީ ހިތަށްވެރިވި ބިރުވެރިކަމަކުންނެވެ. މުޅި މީހާ ދާހިތްލާ ފޯވީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

( ނުނިމޭ)

ނޯޓް: 8 އެޕިސޯޑުގެ މި ސިލްސިލާ ވާހަކަ ގެނެސްދެވޭނީ ކޮންމެ ހަފްތާއެއް އަންގާރަ އަދި ހުކުރު ދުވަހު އެވެ.

  1. Avatar

    މިވަަހަކަ ވަރަށް ކިޔާ ހިތްވޭ. ދެންއޮތްބައި 2019ވަނަ އަހަރު އަޕް ކޮށްލަންވީނުން..
    ހާދަހާ ލަހޭދޯ އަޕްވާގޮތް..

    7
    4
  2. Avatar

    * ހިތާމަކުރަން ލިޔުންތެރިޔާއަށް ބަދުބަސްބުނާތީ……ހާދަ ނުވިސްނޭބައެކޭ ހާދަ އެއްޗެެއްސެކޭ ކިޔާފަހުރީ……..
    ނުވާވަރުން ނުކުރާށޭ ކިޔާއިރު މިމީހުން ނަކަށް ނޭގޭ މީހެއްގެ ހިތްމަރާލެވުނަސް …..މީހުންނަށް ނުބައިބަސް ރައްދުކުރުމަކީ ފާފައެއް އަވަހަށް މައާފަށްއެދޭ ހުރިހާ ކުދިންނޭ……މިލިޔުންތެރިޔާ ެ އުޅޭ ގޮތެއް ކިހިނެތް އަހަރެމެންނަށް އެނގޭނީ……
    * މީ މުސްތަގްބަލްް އޮތް މޮޅު ލިޔުންތެރިއެއް ކުރިއެރުމަށް އެދެން

    10
    1
    1. Avatar

      ނެގެޓިވް ކޮމެންޓްގެ ވާހަކަ ދައްކާއިރު މިތާ ކަންތައްވެފަ އޮތް ގޮތެއް އެއްވެސް ވަރަކަށް އިނގޭ ބާއޭ ހިތަށްއަރާ. އިނގޭތަ ކިހާ ދުވަހެއް ފަހުންކަމެއް އާ ބަޔެއް އެގެނެސްދިނީ.. 3 މަސް.. މީހަކު އުޅެން ޖެހޭ ގޮތެއް ނޭނގޭނެ، ބިޒީ ވެސް ވާނެ.. އެކަމު މިއީ މިލިޔުންތެރިޔާގެ އާންމު ކަމެއް ވީމަ މައްސަލައަކީ.. 3 މަސް ފަހުން ގެނެސްދިން އިރުވެސް މިއީ ގެނެސްދިން ތަންކޮޅު.. ކުރިންވެސް މެދުކަނޑާލި އެއްކޮށް ނިންމާފަ އަޕްކުރަން ފަށަން.. ކޮންމެ އާދިއްތައެއްގައި ގެނެސްދޭން ވެސް ބުނި، އެކަމު އެހެނެއް ނުވި… ފަލްސަފާގެ ވާހަކަ ދެއްކި ކުއްޖާއަށް …ތަނެއްގަ ވާހަކައެއް އޮތަކަސް މީހަކު ނުބެހޭނެ އެމީހަކު ކިޔާ ވާހަކައެއް ނޫނިއްޔާ…

      5
      1
  3. Avatar

    ލީނާ ތިބުނީ ވަރަށް ބޮޑު ތެދެއް………….މީހަކު ދަށްކޮށް ނިކަމެތިކޮށްލުމެއް ނުވޭ ދޭންވީ ހިތްވަރު ……………
    މި ޕުލެޓްފޯމަކީ މަޝްހޫރު ވާޙަކަ ލިޔުންތެރިންނަށް ވުރެން ބޮޑަށް އަލަށް ވާހަކަ ލިޔުމުގެ ފަންނަށް ޝައުޣުވެރިވާ ކުދިންނަށް ހާއްސަ ޕުލެޓްފޯމެއް0…… މަގްސަދަކީ މޮޅެތި ލިޔުންތެރިން ތަކެއް އުފެއްދުން ……ލިޔާކުދިންނަށް އިތުރު ފުރުސަތުތަކާ މިފަންނުން ކުރިއަށްދާން އާމްދަނީއެއް ލިބުން…………
    ބޭކާރު ކޮމެންޓް ނުކުރިއްޔާ ރަނގަޅުވާނީ……….. އަނެއްބަޔަށް އިންތިޒާރުކުރަން ބޭނުންވަނީ މިވާޙަކަ އެއްކޮށް ނިމި ……..ރީތި ފިލްމެއްގެ ސިފައިގައި ބަލާލަން ނޫނީ ފޮތެއްގެ ގޮތުގައި ކިޔާލަން
    އަލަށް ވާހަކަ ލިޔާ ކުއްޖަކާ ބަލާފަ މާބޮޑަށްވެސް މޮޅު މާޝާﷲ މީހުން ކިޔާ އެއްޗަކަށް ނުބަލާ ކުރިއަށްދޭ…………މީހަކު އެއްޗެއް ނުކިޔާނެ ވަރެއް ނުވާނެ……….ފާޑު ނުކިޔަ އާޑަކިޔޭތީ މައްސަލައަކީ

    7
    2
  4. Avatar

    ކޮބާ ފަލްސަފާ ވާހަކަ ……… އެވާޙަކަ ލަސްވެގެން ކޮމެންޓެއް ކުރާނެ މީހެއްނެތްދޯ ކިތައް މަސްވެއްޖެ
    އެހަމަ ފިރިހެނެއްވީމަ އަންހެނުންނަށް މި ފިރިހެނުން ކުރާނީ މުޅިންވެސް އަނިޔާ

    1
    2
  5. Avatar

    މި ވާހަކަ ފެށީ އަސްލުވެސް ކިޔަންބޭނުންވެގެން….އެކަމް މީހާރު މިވާ ގޮތުން ފޫހިވާން ފަށާފި. ގަބޫލު ކުރަން އިންސާނެއް ވެއްޖީޔާ އާމްދިރި އުޅުމުގަ ވެސް ކިރަން ޖެހޭ ކަންތައް ހުންނާނެ.އެކަން ހިތުގެ އަޑިން ގަބޫލުވެސް ކުރަން… ނަމަވެސް…..ދެމަސް 3 މަސް ވާއިރު ވާހަކަ ނުގެނެސް ދެވުމަކީ ބަލާގަންނަން އުދަނގޫ ކަމެއް މިހެން މި ބުނީ މިދާނީވެސް ސުކޫލް ބަންދު ދުވަސް ތަކެއް.އާއްމު މަސް ތަކުގަވެސް ހަފުތާއަކު އެއްފަހަރު ގެނަސް ދޭނަމެސް އޯކޭ.އޭގެ ބަދަލުގަ ލިޔުންތެރިޔާ ދައްކަނީ އުޒުރު ތަކެއް…………..އެހެނަސް އަބަދު ވެސް އާ ލިޔުންތެރިންނަށް މަރުހަބާ ކިޔަން……..
    -ސަލާމް –

    3
    1

ޚިޔާލު ފޮނުއްވާ