Views: 15767 226

ނަވީންގެ ފޯނު ރިންގުގެ އަޑަށް ކޮޓަރީގައިވި ހިމޭންކަން ފޫއަޅުވާލިއެވެ. ނަވީން ހުރީ ކުރިންވެސް ހުއްޓިހުރި ދޮރުކައިރީގައެވެ. ފޯނު ހޯދަން އުޅުނީ ޖޫލީއެވެ. ބުލޭންކެޓްދަށުން ފޯނުނަގާ ބަލާލިއިރު ފޯނުގެ ސްކްރީނަށް އަރާފައި އިން ނަމުން ޖޫލީގެ މޫނުމަތިން ފެނުނީ އެހެންކަހަލަ ކުލަވަރެކެވެ. ޖޫލީގެ މޫނުމައްޗަށް އައި ބަދަލު ފެނި ނަވީންގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް ހިނގާލިއެވެ.

" ކާ....ކާކުތަ ގުޅަނީ.............؟ " ޖޫލީއަށް ވީ ގޮތްފެނިފައި ނަވީން ސުވާލުކުރީ ޖެހިލުންވެ ހުރެއެވެ.

" އެއްކަލަ ލޭބަރ ....." ޖޫލީ ނަވީންގެ އަތަށް ފޯނު ލައިދެމުން ބުނެލިއެވެ. އަދި ޖޫލީ މަޑުވެސްކޮށްނުލާ ދިޔައީ ތިރިއަށެވެ. ލޭބަރގެ ނަމުގައި ފޯނުގައި ސޭވްކޮށްފައިވަނީ ލައިބާގެ ނަންބަރެވެ. އޮޅިގެންވެސް ޖޫލީ އެފަދަ ނަންނަމުގައި ހުންނަ ނަންބަރުތަކުން ގުޅީމަ ފޯނުނުނަގާނެތީ އެނަމުގައި ލައިބާގެ ނަންބަރ ސޭވްކުރީ ހުރިހާ ގޮތަކުންވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކާއެވެ.

" ކީކޭ.........؟ " ފޯނުނެގިގޮތަށް ނަވީން ބުނެލިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ލައިބާ ހިތަށް އުނދަގޫވިއެވެ. ހާލު އަހާލުމުގެ ބަދަލުގައި މިހާރު ގިނަމީހުންގެ އަތްމަތީ ބަހަކަށްވެފައި އޮންނަނީ ފޯނުނަގާ ގޮތަށް ކީކޭ ؟ މިލަފުޒުން ލައިބާގެ ލޯ ފެންކަޅިވިއެވެ.

" ބިޒީ ވަގުތެއްތަ ؟ " ލައިބާއަށް ހީވީ ނަވީން ބިޒީވަގުތެއް ކަމަށެވެ. އެހެންވެ އަހައި ނުލެވުނީކަމަށެވެ.

" ނޫނޭ ހަމަ ވަރަށް ފުރީ .....އަދި އެހާމެ ފުރެޝް ގަޑިއެއްމީ..........." ނަވީން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

" އަހަރެން މަތިން ހަނދާންވެސް ނުވަނީތަ ؟ .........." ލައިބާ ކުރި ސުވާލަށް ޖަވާބު ނުދެވިފައި ނަވީން ހުއްޓެވެ.

" ތިންދުވަސްވީ ކުޑަމިނުން މެސެޖަކަށް ރިޕްލައިކޮށްލާ ނަމަވެސް ރަނގަޅު...." ލައިބާގެ ރާގު ބަދަލުވިއެވެ. ކިތަންމެ ލޯބިން ބުނަން އުޅުނަސް ބައެއް ވާހަކަތައް ބުނާއިރު ހިތުގައި ޖެހިފައި ހުންނަކަން ކަން ބޭރުވެގެންދާއިރު ރީތިކޮށް ބުނުމަކީ ފަސޭހަކަމެއް ނޫނެވެ.

" ބިޒީ........." އެނޫން ޖަވާބެއް ނަވީންގެ ދުލާހަމައަކަށް ނައެވެ. އެއީ ލައިބާއަށް އެނގޭ ޖަވާބެކެވެ. ސުވާލުކުރިއިރުވެސް ދޭނީ އެޖަވާބުކަން ލައިބާއަށް އެނގެއެވެ.

" އެއްޗަކަށް ބޭނުންވީތަ.......؟ " ލައިބާގެ ހިމޭންކަމުން ނަވީންގެ ހިތަށްވެސް އުނދަގޫވިއެވެ. ބޭނުމެއް އޮތްތޯ ސުވާލުކުރީވެސް ކަމަކަށް ބޭނުންވިޔަސް އިސްވެ ލައިބާ ނުބުނާނެތީއެވެ.
" އުހުން........." ލައިބާގެ ޖަވާބުކުރެވެ.

" މާބޮޑަށް އަހަރެންމަތިން މިސްވީދޯ..........." ލައިބާގެ މޫޑް ރަނގަޅުކޮށްލުމުގެ ބޭނުމުގައި ނަވީން ބުނެލިއެވެ. ލައިބާ ރަކިގޮތަކަށް ހިނިގަނޑެއްޖަހާލި އަޑުއިވިފައި ނަވީންގެ ހިތުގައި މީހަކު ފިރުމާލިކަހަލަ އިޙްސާސެއްކުރެވުނެވެ.

" ކެތްކޮއްލާ މާގިނަ ދުވަހަކު އިންތިޒާރުކުރާކަށް ނުޖައްސާނަން......މަސައްކަތާއި ހެދި ސަލާމަތް ނުވެވިގެން މިއުޅެނީ.........ވަރަށް އަވަހަށް ތިކޮޅަށްދާނަން......." ލައިބާގެ ހިތުގައި ޝަކުވާތައް ފިލައިގެންދާފަދަ ލޯބި ބުނުމެކެވެ. ހިތްހަމަޖެހޭގޮތަށް ނަވީންގެ ދުލުން އިވުނު އެލަފުޒުތަކުން ލައިބާގެ ހިތް ފުރުނެވެ.

ދިގު ފޯނުކޯލަކަށްފަހު ތިރިއަށް ފޭބިއިރު ޖޫލީ އުޅެނީ ބަދިގޭގައެވެ. ޒީނިޔާވެސް ފެންނަންނެތް ގަޑިއެކެވެ. ބޭރަށްދާން އުޅެފައިވެސް ނަވީން ޖައްސާލީ ސީޓިންގރޫމްގައެވެ. ޖޫލީގެ ހަރަކާތްތަކަށް ގެއްލިފައި އިންއިރު ނަވީންގެ ހިތަށް ވަރަށް ގިނައެއްޗެހި އަރާފައިބަމުންދިޔައެވެ. ޖޫލީ އާމެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނޭ ބައެއްފަހަރު ނަވީނަށް އިޙްސާސްކުރެވެނީ މާބޮޑަށެވެ. އެންމެފުރަތަމަ ދުވަހުން ފެށިގެން ހަގީގަތް ކިޔާދެވުނު ނަމައޭ ހިތަށްއަރާ ކިތަންމެ ފަހަރެއް ނަވީނަށް އާދެއެވެ. އަނެއްކޮޅުން ޖޫލީގެ އެދުން ފުރިހަމަ ނުކޮށްދީ މާލަސްކުރެވެޔޭ ހިތަށް އަރަނީވެސް މާބޮޑަށެވެ.

ޑޯބެލް އަޅާލިއަޑަށް ނަވީނަށް ހަމަބިމަށް އާދެވުނު ކަހަލައެވެ. ވިސްނުމުގެ ފުންކަނޑަކުން އެރިއްޖެ ކަމުގެ އިޙްސާސްކުރެވުނެވެ. އެހެންނަމަވެސް ޖޫލީ އަތްދޮވެގެން ދޮރުހުޅުވަން ދަންދެން ހިމޭންވެފައި ނަވީން އިނީއެވެ. ޖޫލީވެސް އެއްފަހަރުވެސް ދޮރު ހުޅުވަންދާންވެސް ނުބުނާތީ ނަވީނަށްވެސް އިނދެވުނީއެވެ.

" ހާދަ ލޯބި މާބޮނޑިއެކޭ..........." ދޮރުމަތީގައި ހުރި އައްފާންގެ އަތުގައި އޮތް މާބޮނޑިފެނިފައި ޖޫލީވެސް ބޭނުންވިއެވެ. ބޮޑެތި ބޮޑެތި ސަންފުލާވަރ އާއި ރަތްފިނިފެންމަލުގެ އެ މާބޮނޑި ބޭނުންނުވާނެ އަންހެންކުއްޖަކު ނުހުންނާނޭކަން ކަށަވަރެވެ.

" މަށަށް ގެނައި އެއްޗެއްދޯ......" އަތްދިމާކޮށްލަމުން ޖޫލީ ތުއިވެލިއެވެ. އެމީހުންގެ ހަރަކާތްތަކަށް ބަލަން ސޯފާގައި ނަވީން އިނެވެ. އަތަށް ނަގައިގެން އިން ފޯނަށް ބެލުމުގެ ބަދަލުގައި ނަޒަރު ގުޅިފައިވަނީ ޖޫލީމެންނާއެވެ.

އެތެރެއަށް ވަދެގެން އައި އައްފާން ޖޫލީ އާ ދުރަށް މާބޮނޑި ޖައްސާލިއެވެ. އެއްޗެއް ބުނަން ހީކޮށްލިތަނުން ނަވީން ބަލަން އިންތަން ފެނުމުން އެއްޗެއް ނުބުނެ އައީ ސޯފާ އާ ދިމާލަށެވެ.
" ހަމަ ސީރިޔަސްކޮން މެރީ ކުރަނީތަ ...........؟ " ވަރަށް ހެނދުނާ އައްފާން ގުޅާފައި ބުނީ ޒީނިޔާ އާ މެރީކުރަން އުޅޭވާހަކައެވެ. އިތަރަށް ވާހަކަ ދައްކާނީ ދެމީހުން ދިމާވެގެންކަމަށް އައްފާން ބުނެފައި އިތުރު ތަފްސީލެއް ނަވީނަކަށް ނުދެއެވެ.

" ހޫމް...........ކީއްކުރަން ލަސްކުރާކަށް.........؟ " އެއްފަހަރު ޖޫލީއަށް އަނެއްފަހަރު ނަވީނަށް ބަލާލަމުން އައްފާން ޖަވާބު ދިނެވެ. އެއާއެކު އެދެމީހުންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ.

" ކީއްވެތަ މާ އަވަސްކޮށްލަން ބޭނުންވީ..........." ނަވީން އިނީ ހިސާބަކަށް އަޖައިބުވެފައެވެ. ވާނީވެސް އެހެންތާއެވެ. ދެމީހުން ރައްޓެހިވެގެން އުޅޭކަން ނަވީނަށް އެނގުނުތާ މާގިނަދުވަހެއް އަދި ނުވެއެވެ. އައްފާން ކައިވެނީގެ ވާހަކަދެއްކުމުން ނަވީނަށް ހީވީ މާ އަވަސްއަރުވާލާފައި މެރީކުރަން އުޅެނީކަމަށެވެ.
ކަންވީ ގޮތް ނަވީނަށް ކިޔާދެމުންދިޔައިރު ޖޫލީއަށްވެސް ދުރުގައި ނުހުރެވިގެން އައިސް ނަވީންމެން ކައިރީ އިށިއިނދެއްޖެއެވެ. އައްފާން ބައްޕަ އާޝާ އާ ކައިވެނިކުރުވަން އުޅޭތީ އައްފާން އަވަހަށް ޒީނިޔާ އާ ކައިވެނިކުރަން ބޭނުންވަނީއެވެ. އެވާހަކައިގެ ތެރެއިން ޖޫލީއަށް އާޝާ އާ މާހިލްގެ ގުޅުމުގެ ވާހަކަ އެނގުމުން އިނީ ބުނާނެ އެއްޗެއް ނޭގި ބަސްހުއްޓިފައެވެ. ސަޖާގެ ދިރިއުޅުން ހަލާކު ކުރީތީ ޖޫލީގެ ހިތް ނަފްރަތުން ފުރިގެން އައީ އަމިއްލަ އިޙްތިޔާރުން ބޭރުގައެވެ.

" އާޝާ އާ މާޙިލް............" ޖޫލީ ހުރީ ކަންބޮޑުވިވަރުން ފެންކަޅިވެފައެވެ. އިތުރަށް ބުނާނެ އެއްޗެއްވެސް އޭނާއަކަށް ނެގުނެވެ. އެއްފަހަރު ނަވީނަށް އަނެއްފަހަރު އައްފާނަށް ބަލާލިއެވެ.

" ހޫމް......އެދެމީހުން ކުރިންވެސް ރައްޓެހިވި.........އާޝާ ބައްޕަ ނުގަބޫލުވެގެން ދުރުވީ.........." ހަމައެކަނި އެހިސާބަށް ބުނެފައި ނަވީން މާބޮޑު ތަފްސީލަކަށް ނުދެއެވެ. އެހިސާބުން ނަވީނަށްވެސް ވަކިވާން މަޖްބޫރުވީއެވެ. ނިޒާރުގެ ކޯލެއް އައުމުން ނަވީން ފިހާރައަށް ދާން ޖެހުނީއެވެ.
" ޖޫލީ......! އަހަރެންނަށް ޒީނިޔާ އާ މީޓްކޮށްދީބަލަ ޕުލީޒް......" ޖޫލީއަށް ބަލާލަމުން އައްފާން އެހެން ބުނެލިއިރު އެދެލޮލުގައިވީ އާދޭހެވެ. ނަވީން ސޯފާއިން ތެދުވެގެން ހިނގައިގަތީ ބޭރަށެވެ.

" ކުޑަކަމަކާ ހިތްހަމަ ނުޖެހިފަ ހުރީމަ ފޯނުވެސް އޮތީ ނިއްވާލާފަ..........." އައްފާންގެ އަޑުންވެސް އެނގެނީ ކަންބޮޑުވެފައިވާކަމެވެ. އައްފާންގެ ޖީބުން ރަތްކުލައިގެ ކުޑަފޮއްޓެއް ނަގާ ދައްކާލިއެވެ. އެފޮށީގެ ތެރޭގައި އޮތް އަނގޮޓި ފެނުނު ވަގުތު ޖޫލީގެ އަނގަމަތީ އަތް އަޅާލެވުނެވެ.

ދޮރުގައި ޖަހަންފެށީ ޒީނިޔާ ފެންވަރައިން ނިކުމެ ރީތިވާން ހުއްޓައެވެ. ކާކުތޯ ސުވާލުކުރުމުން ޖަވާބެއް ނުލިބުމުން ޒީނިޔާއަށް ހީވީ ނަވީން ނޫނީ ނިޒާރު ކަމަށެވެ. ގޮނޑިމަތީގައި އޮތް ކުޑަބުރުގާ ހެޔޮވަރުކޮށްލަމުން ގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި މީހާގެ މޫނު ފޮރުވާލައިގެން ހުރީ ރީތި މާބޮނޑިއަކުންނެވެ. ޒީނިޔާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އައްފާންގެ ކަމެއްކަން އެވަގުތުވެސް ކަށަވަރުކުރެވުނެވެ.

" ސޮރީ......." މާބޮނޑިތިރިކޮށްލަމުން އައްފާން ބުނެލިއެވެ. ޒީނިޔާ އުޅުނީ މޫނު ހަދާފައި ދޮރުފަތް ލައްޕާށެވެ. އެހެން ނަމަވެސް އެއަށްވުރެން އޭނާ މާ ހުޝިޔާރެވެ. ހުސްކޮން އޮތްއަތުން ދޮރުފަތުގައި ހިފަހައްޓާ އެތެރެއަށް ދޮރު ކޮއްޕާލީ ފަސޭހަކަމާއެކުއެވެ. ޒީނިޔާގެ ކޮޅު ބަލިވުމުން ޒީނިޔާ އައްފާނަށް ފުރަގަސްދީ ކޮޓަރިން އެތެރެއަށް ދެފިޔަވަޅު އެޅިއެވެ.
" ސޮރީ ޑާރލިންގ............." އައްފާން އަތްލުމުންވެސް ޒީނިޔާ އަތް ފޮޅުވާލީއެވެ. ލިބުނު މާޔޫސްކަމުގައި އައްފާން މާ ބޮނޑި އަތުކޮޅަށް ހޫރާލިއެވެ. އެނދުމަތީގައި މާބޮނޑިޖެހުމުން ޒީނިޔާއަށް ލިބުނީ ސިހުމެވެ. އައްފާންގެ ރުޅިވެރިކަމުގެ އެސިފައަކީ ޒީނިޔާއަށް މަދުންނޫނީ ނުފެންނަ ސިފައެކެވެ.

" ކުރިންވެސް ބުނިން އަހަރެން ޒީނިޔާދެކެ ލޯބިވާ ވާހަކަ .........އެކީ ވަގުތުތަކެއް ހޭދަކޮށް މިދެމެދުގައި ވާހަކަތަކެއް ދިޔައީ ދެކެވެމުން ..............ކައިވެނިކުރާނެ ސީދާ ދުވަހެއް ނުބުނި ނަމަވެސް އަބަދުވެސް ބުނަމުން އައީ ޒީނިޔާ އަހަރެންގެ އަނބެއްގެ މަގާމަށް ގެންނާނަމޭ......." އައްފާން ވާހަކަދައްކާ ރާގުން ޒީނިޔާއަށްވެސް ހުރެވުނީ އައްފާނާއި ދިމާލަށް ބަލާށެވެ. އެހެން ނަމަވެސް އައްފާން އިސްޖަހާލައިގެން ހުރެ ވާހަކަދައްކަމުން ދިޔައެވެ.

" ކައިވެނި އަވަސްކުރަން އަހަންނަށް މަޖްބޫރުވީ ........ އެހެންނޫނީ މިކައިވެނި ނުވެދާނެޔޭ ހީވަނީ........" ދެމީހުންގެ ނަޒަރު ދިމާވި ހިނދު ދެމީހުންގެ މޫނުމަތީގައިވެސްވީ އެއްކަހަލަ ރިހުމެކެވެ. ހިތާމަޔާއި ހިތްދަތިކަމުގެ ކުލަވަރެވެ. އައްފާން އެ ބުނި އެއްޗެއް ޒީނިޔާއަކަށް ވިސްނައިގަންނާކަށް ނޭގުނެވެ. އައްފާން ކުރިއަށް ދެތިން ފިޔަވަޅު އެޅިއިރު ހުރީ ޒީނިޔާ ގައިގާ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޒީނިޔާވެސް ދުރަށް ޖެހޭކަށް މިފަހަރު ނޫޅެއެވެ.

" މެރީކުރަން ރެޑީއެއް ނޫންތަ؟ " ޒީނިޔާގެ ދެއަތުގައި ހިފަހައްޓާލަމުން އައްފާން ބުނީ ޒީނިޔާގެ މޫނާ ނަޒަރު ވަކިކޮށްނުލާ ހުރެގެންނެވެ. ޒީނިޔާ ދޫކޮށްލީ ފުންނޭވާއެކެވެ. އައްފާނަށް ހީވަނީ ޒީނިޔާ ކައިވެނިކުރަން ތައްޔާރު ނޫނީހެންނެވެ. މަޑުމަޑުން ޒީނިޔާ ދެފަރާތަށް ބޯހޫރާލިއެވެ. ޒީނިޔާ ހިތުގައި އޮތީ ދެންމެ އައްފާން ބުނެލި ޖުމްލައެވެ. މިކައިވެނި ނުވެދާނެޔޭ ބުނުމުން އެއްވެސް މާނައެއްގައި ދެކޮޅުހަދަން އޭނާއަށް ނުކެރުނީއެވެ.

އެނދުމަތީގައި އޮތް މާބޮނޑި ނަގާފައި ޒީނިޔާއަށް ދިމާކުރުމުން ދެކޮޅުހެދުމެއްނެތި އޭގައި ހިފިއިރު ތުންފަތްމަތީގައިވީ ލުއި ހިނތުންވުމެކެވެ. އައްފާން ގަމީހު ޖީބުންނަގާ ކުޑަފޮއްޓެއް ހުޅުވާލިއެވެ. އެފޮށި ޒީނިޔާއަތަށް ލައިދިނެވެ.

" ހުޅުވާލަބަލަ............" ޒީނިޔާ ބަލަންހުރި ގޮތުން އައްފާން އެދުނީ ފޮށިހުޅުވާށެވެ. މާބޮނޑި އެނދުމަތީގައި ބާއްވާފައި ޒީނިޔާ ފޮށި ހުޅުވާލިއިރު އަތުގައި މަޑުތުރުތުރެއް ހުއްޓެވެ. ފޮށީގައޮ އޮތް އަނގޮޓި ފެނިފައި ޒީނިޔާ ބޭރަށް ލާން އުޅުނު ނޭވާވެސް ހިފަހައްޓާލެވުނެވެ. ހުދު ރަނުގެ އެއަނގޮޓީގައި ޖަހާފައިވާ އަލިމަހުގެ އެހުގެ ވިދުން ގަދަކަމުން އަނގޮޓިގެ އަގު ކުޑަނުވާނޭކަން ޒީނިޔާއަށް ކަށަވަރުވިއެވެ. އައްފާންގެ އަތުން ޒީނިޔާގެ ކަށި އިނގިއްޔަށް އަނގޮޓި މަހާލެވުމާއެކު ނިކަން ބާރަށް ޒީނިޔާ އައްފާންގެ ގައިގާ ބައްދާލިއެވެ. ދެލޮލަށް ގިނަވި އުފާވެރިކަމުގެ ކަރުނަތައް ހިފަހައްޓާލާނެ ކުޑަވެސް ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

" އޭ ނުރޮއެ.........." ޒީނިޔާގެ ކޯތާފަތްމައްޗަށް ވެއްޓުނު ކަރުނަތިކި އައްފާންގެ އަތުން ފޮހެދިނެވެ.

" އަހަރެން ދުވަހަކުވެސް ޒީނިޔާ ދޫކޮށް ނުލާނަން..........." އަތްތިލާގައި ބޮސްދެމުން އައްފާން ވައުދުވިއެވެ. އަދި ޒީނިޔާ އެނދުގައި ބޭންދިއެވެ. އައްފާން އެއްޗެއް ބުނަން އުޅުންހެން ހީވެގެން ޒީނިޔާ ވަރަށް ފަރުވާތެރިކަމާއެކު ބަލަން އިނެވެ.

" ބުނެބަލަ ކިހިނެތްތަ ވީ..............." ޒީނިޔާ އޮޅުން ފިލުވަން ބޭނުންވިއެވެ. އައްފާނަށް އެވާހަކަ ދައްކަން ފަސޭހައެއް ނޫނެވެ. އެހެން ނަމަވެސް ޒީނިޔާއަށް ހުރިހާ ވާހަކައެއް އެއްވެސް ފޮރުވުމެއްނެތި ކިޔާ ދިނެވެ. އައްފާންގެ ވާޙަކަ ނިންމާލިއިރު ޒީނިޔާގެ ދެލޯ ފުރިގެން ބަންޑުން ވެއްޖެއެވެ.

" އަފޫ ގޭމީހުނާ ދެކޮޅަށް..............." ޒީނިޔާގެ އަޑުބެދުނެވެ.

" އެންމެން ދެކޮޅެއް ނޫން............މަންމަ އަހަރެންގެ ނިންމުމަކާ ދެކޮޅެއް ނުވާނެ..........ބައްޕަ ދެކޮޅުވިޔަސް ފަރުވާލެއްނެތް ބޮޑުބެ ހުންނާނެ އަހަންނާ އެއްކޮޅަށް ..............." ޒީނިޔާގެ ބޮލުގައި އައްފާން ފިރުމާލީ ނުވިސްނާށޭ ބުނާ ފަދައިންނެވެ.

" ހިނގާ ހޫނު ހޫނު ކޮފީއެއްދޭން.............." ޒީނިޔާ ބޯޖަހާލުމުން އައްފާން ނިކުތީ ބޭރަށެވެ. އޭރު ޖޫލީ ބަދިގެތެރޭގައި އުޅެއެވެ. ޖޫލީ ކިހިނެތްތޯވީ އެހުމުން ކަނާތު ބޮޑުވާ އިގިލި އުފުލާލަމުން ރަނގަޅު ކަމުގައި އައްފާން ބުނެލިއެވެ. އޭރު ޒީނިޔާވެސް ފަހަތުން އައިސް އައްފާނާއި ހަމަކުރަނީއެވެ. އެމީހުން ދެއްކި ވާހަކަ އިވުނުކަމަކަށް ނުހަދާ ޒީނިޔާ އަވަސްވީ ކޮފީ ތައްޔާރުކުރާށެވެ.

*****

ރީތިވާ މޭޒުކުރިމަތީގައި ހުރެގެން ސަރުމީލާ ބުރުހަކުން ބޯއޮމާންކުރަމުން ދިޔައެވެ. އެހެނަސް ދެލޮލުން ފައިބަމުންދިޔަ ކަރުނަޔަކަށް ހުއްޓުމެއް ނާދެއެވެ. ދޭތެރެއަކުން ވާހަކަ މެދުކަނޑާލައެވެ. އެނދުމަތީގައި އިށިއިނދެގެންއިން ޖަލީލްގެ މޫނުވެސްވަނީ މިލާމޯޅިވެފައެވެ. ކުރިން އެފެންނަ އުފާވެރިމޫނުމަތިން މިހާރު އަބަދުވެސް ފެންނަނީ މޮޅިވެރިކަމެވެ. ޖަލީލާއި ސަރުމީލާއަށް ލިބުނީ ދެއަންހެންދަރިންނެވެ. އެދެކުދިން އެދެމަފިރިން ބެލީ އެހާމެލޯބިން އެއްވެސް ކަމެއް އުނިނުކޮށެވެ. ދެކުދިން ދިރިއުޅުމެއް ފެށުމުން އެދެމަފިރިނަށް ހީކުރެވުނީ ހުރިހާ ހުވަފެނެއް އިޝާހިތަކު ހަމަޖެހޭނެކަމަށެވެ. އެހެނަސް ކަންވީ އެމީހުން ހުވަފެނުގައިވެސް ނުދެކޭފަދަ ހިތާމަވެރިކޮންނެވެ.

ޖޫލީ އާއީ ނަވީނަކީ ނުހަނު ލޯބިން އުޅުނު ދެކުދިންނެވެ. ޖޫލީއަށް ދަރިއަކު ނުލިބޭނޭކަން ޖޫލީ ފެންނަ ކޮންމެ ފަހަރަކު ޖަލީލްގެ ހިތަކުން ފިލާ ނުދެއެވެ. އެހިތާމަ ބޯމަތިވެފައި އޮއްވާ ސަޖާގެ ކަންތަކާ އޭނާގެ ސިކުނޑި ސުމަކަށް ދާވަރުވަނީ ވެފައެވެ.

" މަށަށް އެނގޭ މައެކަނިކަން ހުރިހާ ކަމަކާ ބޯގާނަންޖެހޭނީ............" އެންމެފަހުން ސަރުމީލާ ދެއްކި ވާހަކައަށް އެއްޗެއް ނުބުނެ އިނުމުން ޖަލީލަށްވެސް ބަހުގެ ހަމަލާއެއް އަމާޒުވީއެވެ.

" ތިހެން ނުބުނޭ ސަރޫ......މަވިސްނާވަރެއް ސަރޫއަކަށް ނޭގޭނެ.........." އިސްޖަހާލަމުން ޖަލީލް ބުނެލިއެވެ. ސަރުމީލާ ފަށަފަށައިގެން އެވާހަކަދައްކަނީ ސަޖާ އާމެދު ކަންބޮޑުވާތީކަން ޖަލީލަށް ވިސްނެއެވެ. ދުލުން ނުބުނި ނަމަވެސް ޖަލީލްވެސް އެކަމާ ވިސްނާވަރު ވަކި ކުޑައެއްނޫނެވެ.

" ފިރިހެނުންގެ ހިތް ހަމަ ހިލައީތަ ؟ އަންހެނުންނަށް ރަހުމެއް ކުލުނެއް ނުހުންނަނީ ؟ " ޖަލީލާއި ދިމާލަށް އެނބުރެމުން ސަރުމީލާ ބުނެލިއެވެ. ސަރުމީލާގެ ޝަކުވާއަކަށްވީ ޖަލީލް އޭނާޔާއެކު މާހިލާއި ބައްދަލު ކުރަން ނުގޮސްގެންނެވެ.

" ސަރޫ.......ތިވިސްނަނީ މުޅިއަކުން ރަނގަޅަކަށްނޫން..........." ސަރުމީލާގެ ކޮންމެ ޖުމްލައަކުން ހިތްހަމަނުޖެހިފައިވާ މިންވަރު އެއްވެސް ފޮރުވުމެއްނެތި ޖަލީލަށް ވަޒަންކުރެވެއެވެ. އެހެންވެ އޭނާ ބޭނުންވީ ދެލޯފަދަ ލޯބިވާ އަންހެނުންނަށް ވިސްނައިދޭށެވެ.

" އަހަރެން ގައިމު ސަރޫ އަކަށް އަނިޔާވެރިއެއް ނުވަން ހިތުގައެއް ނުޖައްސަން .....އެހެންވީމަ ފިރިހެނުންނެކޭ ނުބުނެވޭނެދޯ.......އެހެންބުނީމަ އަހަރެންވެސް އޭގެތެރޭގަ އެބަ ހިމެނޭ......." ޖަލީލް އައިސް ހުއްޓުނީ ސަރުމީލާގެ ފުރަގަހުގައެވެ. ލޯގަނޑުން ޖަލީލްގެ މޫނު ފެންނަން ހުއްޓެވެ.

" ދެން ބަލާ ނަވީން........އެފަދަ ދަރިއަކު ލިބުނީތީ އަހަރެމެން ޖެހޭނެ ޝުކުރުވެރިވާން........އެހެން މީހަކުނަމަ ޖޫލީއަށް ދަރިން ނުލިބެޔޭ ކިޔާފަ ދޫކޮށްލީހީ.......ނަވީނަކީ އަހަރެމެންނަށް ލިބުނު ރަންގަނޑެއް ޖަވާހިރެއް.........." ޖަލީލްގެ ވާހަކަ ކަނުލައި އަޑުއަހަން އިނދެފައި ސަރުމީލާ އަތުގައި އޮތް ބުރުސް ބޭއްވިއެވެ. އިސްތަށިގަނޑު އެއްކޮށްލައި ދައްޗަކުން ހައްޔަރު ކޮށްލިއެވެ.

" މަށަށް އެނގޭ ސަރޫ ތިދައްކަނީ މާހިލްގެ ވާހަކަކަން...................އަހަރެމެނަށް މާހިލް ކައިރިއަށް ދެވިދާނެ އާދޭސްވެސް ކުރެވިދާނެ ..........އެކަމަކު ސަޖާ އެކީ ނޫޅެން ހުރި މީހަކު ގަދަކަމުން ގެނެސްގެން ސަޖާއަށް ދެވޭނީ ކޮން ލޯތްބެއް ކޮން އަޅާލުމެއް............." ޖަލީލްގެ މޫނަށް ސަރުމީލާ މިފަހަރު ބަލާލިއިރު އެމޫނުން ފެނުނީ އިންތިހާ އާދޭހެވެ.

" ހަމަ އެންމެ ފަހަރަކު އަހަރެން އެކީ ހިނގާބަލަ ހެޔޮނުވާނެ...........އަހަރެމެން ދެމީހުން ދިޔާމަ މާޙިލަކަށް ހިޔެއްނުވޭ ދެކޮޅުހަދަން ކެރޭނެ ހެންނެއް.........." ޖަލީލް ޖަވާބެއް ނުދިނެވެ.

" ސަޖާ ރޯ ރުއިން ފެންނަނީ އަހަންނަށޭ........." ސަރުމީލާ ރޮއެގަންނަމުން ޖަލީލްގެ އަތުގައި ހިފައި ތަޅުވައިގަތެވެ.

" އެންމެ ރަނގަޅު ދާން ތައްޔާރުވޭ............" ޖަލީލު އެނިންމުން ނިންމީ ހިތާ ދެކޮޅަށެވެ. ހަމައެކަނި ސަޖާ އާއި ސަރުމީލާގެ އުފަލަށެވެ.

*****

މާހިލް ގެއަށް އާއިރު މަމްދޫހާ އުޅެނީ ކޮޓަރީގައެވެ. އާޝާ ގެނައި ހަދިޔާތައް ކެނޑުމުގައެވެ. މާހިލް މަމްދޫހާ ކޮޓަރީގެ ދޮރު ހުޅުވާލުމުން އެތެރެއަށް އަންނަން މަމްދޫހާ ބުނި ނަމަވެސް މާހިލް ޖައްސާލީ ސިޓިންގ ރޫމް ސަރަންފީ ގޮނޑިއެއްގައެވެ. އަޑުގަދަ ކޮން ހުޅުވާފައިވާ ޓީވީގެ އަޑުމަޑުކޮށްލުމަށްފަހު މާހިލް އިނީ ފުން ވިސްނުމެއްގައެވެ. ސަޖާ އާ ދިމާލަށް ޙައްޤުން ކަމަކާއި ނުލާ އެއްޗެހިކިޔުނީތީ އެކަމާވެސް ދެރަވިއެވެ. އޭރު އައިސްހުރި ރުޅީގައި މާޙިލްގެ ސިކުނޑި ހަމައިންނެއްޓީއެވެ. މަންމަ ދެއްކި ވާހަކަޔަކުން މާޙިލްގެ ސިކުނޑިއަށް ޝައިތާނާ ވަސްވާސްލީއެވެ. ބޮލަށް ބަރުވެފައި ހުރީ އެކަމާ މާބޮޑަށް ވިސްނޭތީއެވެ. ދެލޯ މަރާލައިގެން މާޙިލަށް އޮވެވުނީ އިރުކޮޅަކު އެވެ. ދޮރުގައި ޓަކިދިން އަޑަށް ސިހިފައި ތެދުވެވުނެވެ. ތެދުވެގެން އައިސް ދޮރުހުޅުވާލީ މާބޮޑު ވިސްނުމެއްނެތިއެވެ. އެހެނަސް ދޮރުމަތީގައި ތިބި ދެމީހުން ފެނި މާހިލަށް ލިބުނީ ހައިރާންކަމެވެ.

ނުނިމޭ

ނޯޓް: އައްސަލާމް އަލައިކުމް،
ވާހަކަ ލަސްވިކަމަށްޓަކައި އެންމެހާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފައްއެދެން. ވާހަކައިގެ އައު ބައިތައް މިމަހުގެ 25 ވާ އަންގާރަ ދުވަހުން ފެށިގެން ކިޔާލަން ލިބޭނެކަމުގެ އުފާވެރި ހަބަރުދެން. އިންތިޒާރުގައި ތިއްބެވި ކިޔުންތެރިންނަށް ކުރިއަށް ހުރި ބައިތަކަކީ ޝައުގުވެރި ރީތި ބައިތަކަށް ވާނެކަމަށް އުންމީދުކުރަން.

 1. Avatar

  “ޖޫލީ އާމެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނޭ ބައެއްފަހަރު ނަވީނަށް އިޙްސާސްކުރެވެނީ މާބޮޑަށެވެ. އެންމެފުރަތަމަ ދުވަހުން ފެށިގެން ހަގީގަތް ކިޔާދެވުނު ނަމައޭ ހިތަށްއަރާ ކިތަންމެ ފަހަރެއް ނަވީނަށް އާދެއެވެ. އަނެއްކޮޅުން ޖޫލީގެ އެދުން ފުރިހަމަ ނުކޮށްދީ މާލަސްކުރެވެޔޭ ހިތަށް އަރަނީވެސް މާބޮޑަށެވެ”. ލައިބާއާއި ދޭތެރޭ ނަވީނަށް ކަންތައް ކުރެވެނީ ވަކި ރަނގަޅަށްތަ؟ ފުރަތަމަ ލައިބާއަށް ނަވީންއެއީ މީހެއްގެ ފިރިއެއްކަން ވެސް ނާންގާ ކައިވެނިކުރީވެސް…. އަދި މިހާރު ލައިބާ ބަލިވެ އިން އިރު އެބުނަނީ އެތައް ދުވަހެއް ވާއިރުވެސް ގުޅާވެސް ނުލާ މެސެޖަށް ރިޕްލައިއެއްވެސް ކޮށްނުލާ ވާހަކަ…އަސްލު އެހެން ވީމަ ނަވީން ވަރަށް ހެއްވާ… ދެން މިހާރު އެހެރީ ލައިބާ ވިހޭމަ އެދަރިވެސް ގެންގޮސް ޖޫލީއަށް ދޭން… ހުރިހާ ދެރައެއް ނިކަމެތި ލައިބާއަށް… އައި ހޭޓް ޔޫ ނަވީން

  52
 2. Avatar

  މިވާހަކަ ތަފްސީލީ ކަމުން ގޮސް ނިމޭނޭ ދުވަހެއް އެނގޭބާ… ކޮންމެ ސީނެއްގަ އެސީނަކުން ފެންނަން ހުންނަ މަންޒަރަށް 15 ވަރަކަށް ސެންޓެންސް އެބަލިޔޭ.. އަދި އެއްޗެއް ބުނެލާ ވަގުތު ކުރާ ހުރިހާ ކަމެއްވެސް އެބަލިޔޭ… އަނެއްކާ 44 ބައި ނިމުނުއިރު މާބޮޑު ކަމެއް ނެތް ހިނގާފައެއް…. ތީ ވަރަށް މޮޅު ލިޔުންތެރިއެއް… އެކަމް ކިޔުުންތެރިންގެ އިހްސާސް ދެނެގަންނަން ނޭނގޭ… ދެން މިވާޙަކަ އަޕްވާނޭ ދުވަހެއްވެސް ނޭނގޭ އަނެއްކާ….

  39
  4
 3. Avatar

  ވާހަކަ ރީއްޗޭ، ދެން އޮތް ބައި ކިޔޭނެ ދުވަހަކަށް……….ކީއްތަ ވާނީ އަވަސް ކޮށް ދިނިއްޔާ،?

  20
 4. Avatar

  މިވަރަށް ވާހަކަ އަޕްޑޭޓްވުން ލަސްވާ ސަބަބެއް ބުނެދިނުންވެސް މުހިއްމު ކަންނޭންގެ ކިޔުންތެރިންނަށް.

  23
 5. Avatar

  ހޮޔޮނުވާނެ މިވާހަކަ މިސައިޓުން ނަގާ. މި ކިޔުންތެރިން ފޫހިކުރުވާ ވާހަކައެއް. އަޕްޑޭޓް ލަސްވުން އެއީ ވަރަށް ބޮޑު މައްސަލައެއް.

  34
  1
  1. Avatar

   އަސްލުވެސް ދޯވް އިދު. މި މަރިޔަމާހެދި މި ސައިޓްދެކެވެސް ފޫހިވެއްޖެ. މީގެފަހުން މިސައިޓަށް ވަނުން ސަލާމް. މަށަށް ވީވަރަކުން މިސައިޓަށް މީހަކަށްވެސް ވަނަނުދޭން މަސައްކަތް ކުރާނަން.

   15
 6. Avatar

  މިވަރުން ހުއްޓާލަން ވީނުން. 2 ހަފްތާވީއިރުވެސް އާބައެއް ނުގެނެވުނު ވިއްޔަ. އަދި އެހާ ޒަމާން ކޮށްފަ ގެންނަބައިގެ 2 ބައިކުޅައެއްބަޔަށް ވުރެ ބޮޑުބައިގައި އޮންނާނީ މަންޒަރު ސިފަކުރުން. މީހުން ބިޒީވެސް ވޭ. ވވވ ބިޒީވާފަހަރުވެސް އާދޭ. އެކަމު މަރިޔަމް އަށް މިނޫން ދުވަސްވަރެއް ނާންނަކަމަށް ވަންޏާ ކިޔުންތެރިން މިވަރަށް އިންތިޒާރުނުކުރުވާ މިކަން ހުއްޓާލަން ފެނޭ.

  25
 7. Avatar

  ދެން ކޮންމެ ދުވަހަކު ޕޭޖް ބަލަބަލާ ތިބެންވީ؟ ހެޔޮނުވާނެ މި ވާހަކަ އަޕް ކޮށްލަބަލަ.

  12
 8. Avatar

  މަރިޔަމް ހުސައިން މިވާހަކަ ލިޔުން ހުއްޓާލުމަށް ފެންނަ ކުދިން “ފެނޭ” މިހެން މިކޮމެންޓަށް ރިޕްލައި ކުރުން އެދެން

  28
 9. Avatar

  މިސައިޓުގެ އިސްވެރިންނަށް،
  ވެދުން ސަލާމް.
  މި ލިޔުންތެރިޔާއަށް ވެގެން އުޅޭ ގޮތެއް ތިޔަބޭފުޅުން ބައްލަވާ ދީފާނަންތޯ.. ފަހަރުގައި އެއީ ކިޔަވާ ކުއްޖަކަށް ވަނީނަމަ ޓެސްޓް ދުވަސްވަރަކާ ނުވަތަ އެސައިންޓްމަންޓްތަކެއް ފުލުފުލުގައި ނިންމަންޖެހޭ ކުއްޖަކަށްވެސް ވެދާނެ…. އެފަދަ ކަމެއް އުޅެންޏާ ވެސް ކިޔުންތެރިންނާއި ހިއްސާކޮށްލުމަށް އެދެން… އޭރަށް އަޅުގަނޑުމެން މިކުރާ ނެގެޓިވް ކޮމެންޓްތަކަށްވެސް ހުއްޓުމެއް އަތުވެދާނެ… މިހާރު މައްސަލައަކީ ވާނުވާނޭނގި އެތައް ދުވަހެއް ދަނީ…
  މެނޭޖްމަންޓްއިން މިކަމަށް އަވަސް ފިޔަވަޅެއް އަޅާނޭ ކަމަށް އުއްމީދްކުރަން
  ޝުކުރިއްޔާ

  28
  1. Avatar

   މަހަކު އެއްފަހަރުވެސް ވާހަކަ އަޕް ނުކުރެވޭ ދެން ތިބެފަ ބުނަންވީ ވާހަކަ ގެނެސްދޭތާ 3އަހަރުވީއޭ

   10
 10. Avatar

  މަރިޔަމް މިކަން މިގޮތުގައި ކުރަނީނަމަ މިއީ އެހެން ލިޔުންތެރިންނަށްވެސް ހުރި ބޮޑު ހުތުރެއް… މަސްދުވަސް ވާއިރު އަޕްނުކުރެވޭތާ ކޮމެންޓަކަށް ރިޕްލައިވެސް ކޮށްލަނީކީ ނޫން. ކުޑަމިނުން ވެގެންއުޅޭ ގޮތެއް އަންގާލާނެ ނަމަވެސް އޯކޭ. މިކަމުން އިސްތިއުފާދޭން ފެނޭ!

  16
 11. Avatar

  ސާބަސް މި ވާހަކަ ލިޔާ ފަރާތަކަށް! ވަރަށް ފޫހި ވެއްޖެ ކިޔަން ވެސް. ދެން ނުލިޔެވެންޏާ ވެސް ބުނެފަ ވާހަކަ ނިންމާލުން ވެސް ރަގަޅު ވާނެ ކަށްނޭނގެ!

  16
 12. Avatar

  މިވަރުން ވާހަކަ ނުލިޔަން ވީނު… މީދެން ބޮޑުވަރު ވާހަކަ ލިޔުނަސް…. މިސައިޓު ހިންގާ މީހުންވެސް މިކަމަށް ހައްލެއް ގެނެސްދެއްވުމަކީ ކިޔުންތެރިންގެ ވަރަށް ބޮޑު އެދުމެއް….

  21
 13. Avatar

  “ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ” އެކަމަކު މި މަރިޔަމް ކަންތައް ކުރާ ގޮތުން ބުނެވެން އޮތީ ” އެދެމޭ ވަކިވުމަށް، ހާދަހާ ފޫހިވޭ”

  29
 14. Avatar

  މި ހާދަ ކަން ފަސޭހަ ޒިންމާދާރު ކަން ކުޑަ މީހެކޭ މި ވާހަކަ މި ލިޔަނީ. މި ސަައިޓް ހިންގާ ފަރާތެއް ވެސް އެބަ ޖެހޭ ދޯ މިކަންތައް ބަލަން..

  16
  1. މަރިޔަމް ހުސައިން

   އެންމެހާ ކިޔުން ތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށްއެދެން
   އުޅޭލެއް ބިޒީކަމުން ވަގުތު ނުވާތީ ވާޙަކަ އަޕް ނުކުރެވެނީ……އެނގޭ ކިޔުންތެރިންނަށް ޖަވާބެއް ދޭން ވަރަށްވެސް ލަސްވެއްޖެކަން………ސައިޓަށް ވާޙަކަ އަޕް ނުކުރިޔަސް ވާހަކަ އެއްކޮށް ލިޔެ ނިމުމުގެ މަސައްކަތް އެބަކުރަން އިންޝާﷲ ވާހަކަ އެއްކޮށް ނިންމާފައި އަޕްކުރަން ފަށާނަން …….އަޅުގަނޑު މިހެން ބުންޏަސް އެނގޭ ބައެއް ކިޔުންތެރިން ހިތްހަމަ ނުޖެޙޭހާ ގިނަދުވަސް ވެއްޖެކަން……..އެކަމަކު މަސައްކަތް މިކުރަނީ މިވާޙަކަ ހިތްހަމަޖެހޭފަދަ ގޮތަކަށް ނިންމާލެވޭތޯ………..
   ވާޙަކަޔަށް ދެއްވި ތަރުހީބަާށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަން އަދި ތިބޭފުޅުން ފާޅުކޮށްފައިވާ ހިޔާލުތުތައް އަޅުގަނޑު ބަލައިގަންނަނީ ލޯރްބާއެކު އަދިވެސް އެއްފަހަރު މާއާފަށް އެދެން ……
   ވާހަކައިގެ ނުނިމި އޮތް ބައިތަކަށް އިންތިޒާރު ކޮށްދެއްވުން އެދެން…………

   16
   22
   1. Avatar

    ދެން އެހެންވީރު ލިޔެވިފަ ހުރިވަރަކުން އަޕްކުރަންވީނުން… އަޕްނުކޮށް ލިޔެވިފަހުރި ވަރަކުންވެސް އެޔަށް ބަދަލުގެނެސް މަސްހުނި ނުމޮޑެ…. ތިކޮޅަށް ވާހަކަ ނިމިދާނެ 5ވަރަކަށް އަހަރުންވެސް… ދެން އެހާ ޒަމާންވަންދެން އަހަރުމެން ތިބެންވީ… ?

    16
 15. Avatar

  ވާހަކަ އެއްކޮށް ނިންމާފަ އެޕްރީލް މަސްތެރޭ އަޕްކުރަން ފަށާނެކަމަށް ބުނެ، ފެބްރުއަރީ މަހު މިވާހަކަ މެދުކަނޑާލުމަށްފަހު އަލުން ގެނެސްދޭންފެށީ އެޕްރިލް 29ގައި. އެކަމް ދުވަހަކުވެސް މިނޫން ވަރެއް ނުވޭ. މީހުން ބިޒީ ވެސް ވާނެ. މައްސަލައަކީ މިވާހަކަ ލިޔުންތެރިޔާއަށް މިނޫން ދުވަސްވަރެއް ނާންނާތީ. ވާހަކަ އަޕްނުވެގެން އެތައް ދުވަހެއް ވަންދެން ކިޔުންތެރިން ކޮމެންޓް ކުރީމަ އައިސް އެއްޗަކުން އެއްޗަކަށް ނުވާގޮތަށް ކުރު ދެ އެޕިސޯޑެއް ލިޔެލާފަ އަނެއްކާވެސް ގެއްލޭނެ. މިވަރު ދެން ތަންކޮޅެއް ބޮޑެއްނު..

  15
 16. Avatar

  ސާބަސް މަރިޔަމް. ތިޔަހާ ބިޒީ މީހެއް ވިއްޔާ ދެން މިކަން ހުއްޓާލާފަ ހުއްޓާލިކަން އިއުލާން ކުރޭ.

  10
  1
 17. Avatar

  ބޮޑު ކަމެއް ސަހާދެއް….މި ވާހަކައިގެ އަނެއް ބަޔަށް އިންތިޒާރު ކުރާތާ ގަރުނެއް ވެއްޖެ..ހިއެއްނުވޭ މަ މުސްކުޅި ވުމުގެ ކުރިން ދެން އޮތްބައި ކިޔޭނެ ހެންނެއް…މަރިޔަނބާ ތަންކޮޅެއް އަވަަހަށް އަޕްލޯޑު ކޮށްދީބަލަ??

  1. Avatar

   އަހަރުމެން މުސްކުޅިވުމުގެ ކުރިއަކުންނެއް ނޫން، މުސްކުޅި ވަންދެން ދުނިޔޭގައި ހުރެއްޖެނަަ މަރުވެ ކަށި ފީވެގެން ދާއިރުވެސް މި މަރިޔަމުގެ ބިޒީކަމެއް ނުފިލާނެ… މިވަރަށް ބިޒީ ނުވާނެ ގައުމުގެ ބޮޑެތިންވެސް….

 18. Avatar

  މިއަހަރުވެސް މިކަން ވާނެތަ؟ ރައީސުންނަށް ވުރެވެސް މި މަރިޔަމް މާ ބިޒީ…. އަދި ބިޒީކަން ފިލާ ދުވަހެއްވެސް ނާދޭ… ޕިސް ޕިސް ޕިސް…

  10
 19. Avatar

  މި ވާހަކައަށް އިންތިޒާރުކުރުމަކީ މޮޔަކަމެއް… މި މަރިޔަނބުގެ ބިޒީކަމެއް ދުވަހަކު ނުފިލާނެ

  13
 20. Avatar

  2 މަސްވީ 44 ވަނަ ބައި ނެރުނުތާ… އަނެއްބައި ނެރެވޭނީ 1 އަހަރު ފަހުންބާ… ނުލިޔެވެންޏާވެސް ބުނެލާނަމަ ދޯ..

 21. Avatar

  ވާހަކަ ލިޔާފަރާތުގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއްވެސް ޚަބަރެއް ދެންނުވާނީތަ
  މިވާހަކަ ވ.ރީތި
  ބުނެދީބަލަ ދެންއޮތް ބައި އަޕް ކޮއްދޭނެ ދުވަހެއް ޕްލީސް
  ޖަވާބެއް ލިބޭނެ ކަމަށް އުމްމީދު ކުރަން

  1. Avatar

   ސޮރީ ރީޑަރ، މަރިޔަނބުގެ ހަބަރެއް ނުވާނެ ކިޔުންތެރިން މުސްކުޅި ވާއިރުވެސް. ދުނިޔޭގައި ވެސް ހުރި އެންމެބިޒީ މީހާ މިވާހަކަ ލިޔަނީ. އެންމެ ރަނގަޅު ވާނީ މިވާހަކަ އަށް ވައްސަލާމް ކިޔުން.

 22. Avatar

  މަރިޔަމް ދުނިޔޭގައި އެބަހުރިބާ؟؟؟ މިވަރަށް ނެގެޓިވް ކޮމެންޓްސް މިކުރެވެނީ މަރުހޫމާއަކަށް ކަމަށް ހީވެ މިހާރު ބިރުވެސް ގަންނަން ފަށައިފި.

  10

ޚިޔާލު ފޮނުއްވާ