ޒީޝާން

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އާދައިގެ ކޮޓަރިއެކެވެ. ދިއްލާފައިވާ ނޫ ކުލައިގެ ފަސް ވޯޓު ބޮކިން ކޮޓަރިތެރެއަށް ވެފައިވަނީ ފަނޑު އަލިކަމެކެވެ. ކޮޓަރީގެ މެދުގައި ހުރި އެނދުގައި ދޮރަށް ފުރަގަސްވާ ގޮތަށް ޒުވާން އަންހެން ކުއްޖަކު އިށީނދެލައިގެން އިންއިރު މަޑުމަޑުން ދެއަތަށް ހަށިގަނޑު ހައްލަމުން ދިޔައެވެ. މަޑުމަޑު ނާނާއެއްގެ އަޑުވެސް އިވެމުން ދިޔައެވެ. އޭނާގެ ހަރަކާތްތަކަށް ކުއްލިއަކަށް ހުއްޓުމެއް އައީ ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. އޭނާ ފަސް އެނބުރި ބަލާލިއިރު ދޮރުން އެތެރެއަށް ވަތް ދެ ފިރިހެނުން ފެނިފައި އޭނާގެ މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިވެގެން ދިޔައެވެ.

"ނުވަންނާތި އެތެރެއަށް.. އަހަރެންގެ ދަރިފުޅު ނުގެންދާތި.." ކުއްލިއަކަށް އެ އަންހެންކުއްޖާ އާދޭސްކުރަމުން ރޯން ފެށިއެވެ.

"އެއީ ޒީޝާން.. މިހާރު ފަސް އަހަރު ވެއްޖެ މިތަނަށް ގެނައި ފަހުން.." ޑޮކްޓަރ ނާއިލް ވާހަކަ ދެއްކީ އޭނާއާއި އެކުގައި އެކޮޓަރިއަށް ވަތް ޒުވާނާއާއެވެ. ނާއިލް އެހެން ބުނެލުމުން އެ ޒުވާނާ ޒީޝާންއާއި ދިމާއަށް ބަލައިލިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމުގެ ސަބަބުން ޒީޝާންގެ ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ. ދެލޯ ކައިރި ކަޅުވެ ދެ ކޯ ވަޅުވަދެފައި ވީނަމަވެސް ޒީޝާންއަކީ ރީތި ކުއްޖެއްކަން އެ ޒުވާނާއަށް ފާހަގަކުރެވުނެވެ. ޒީޝާންގެ ކަޅުކަން ގަދަ، ފަން އިސްތަށިގަނޑުގެ ބޮޑު ބައެއް އެނދުމަތީގައި ފެތުރިފައިވާއިރު ކޮޓަރީގައިވާ ނޫ ކުލައިގެ އަލި އިސްތަށިގަނޑަށް އެޅިފައިވާއިރު ހީވަނީ އެ އިސްތަށިގަނޑުން ދިހުންކުލަ އަރާހެންނެވެ.

"އަހަރެންނަކަށް ހިއެއްނުވޭ ޒީޝާން ރަނގަޅުވާނެހެނެއް.. މިތަނަށް ގެނައި ފަހުން ފަސްއަހަރު ވީއިރު އޭނައަށް ފަރުވާ ނުކުރާ ގޮތެއް ނެތް.. އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭ.. މިހާރު މިތާ ހުރިހާ ޑޮކްޓަރުންވެސް ވަނީ އުއްމީދު ކަނޑާލާފައި.." ނާއިލް އޭނާގެ އަތުގައިވާ ފައިލް އެ ޒުވާނާގެ އަތަށް ދެމުން ބުނެލިއެވެ.

"އެއްވެސް ކަމަކާ އުއްމީދު ކަނޑާލާކަށް ނުވާނެ.. ކޮންމެ ބައްޔަކަށްވެސް ޝިފާ ދެއްވާނީ މާތް ﷲ.. އިރާދަކުރެއްވިއްޔާ ޒީޝާން މުޅިން ރަނގަޅުވާނެ.." އެ ޒުވާނާ އެހެން ބުނެލުމުން ނާއިލް ހިނިތުންވެލިއެވެ.

"އަހަރެން ދެން ދަނީ.." ނާއިލް އެހެން ބުނެ އެ ޒުވާނާގެ ކޮނޑުގައި ޖަހާލާފައި ދާން ހިނގައިގަތެވެ. ނާއިލް ދިއުމުން އެ ޒުވާނާ ޒީޝާންއާއި ގާތަށް ހިނގައިގަތެވެ. އެ ޒުވާނާގެ ހިޔަނި ބޮޑުވަމުން ދާތަން ފެނުމުން ޒީޝާންގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ.

"ޕްލީޒް.. އަހަރެންގެ ދަރިފުޅު ނުގެންދޭ.. އަހަރެންގެ ދަރިފުޅު.." ޒީޝާން ކުއްލިއަކަށް އަނެއްކާވެސް ރޯން ފެށިއެވެ. އެ ޒުވާނާ ގޮސް ޒީޝާންގެ ކުރިމައްޗަށް ހުއްޓުނެވެ. ޒީޝާންގެ އުނގުމަތީގައި އޮތް ބުދު ފެނިފައި އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުޑަ ދަރިފުޅަށް ގާތުން ދޭން އިންނަހެން ހެދުމުގެ އެއްފަޅި ހިއްލާލައިގެން ބުދު ގެނެސް ޖައްސައިގެން އިންއިރު ޒީޝާންގެ މޫނުމަތިން ފެންނަނީ މައުސޫމުކަމެވެ. ކަރުނުން ފުރިފައިވާ ޒީޝާންގެ ދެލޮލަށް އެ ޒުވާނާ ވަރަށް ފުންކޮށް ބަލައިލިއެވެ. އެ ޖާދުވީ ރީތި ދެލޮލުން އޭނާއަށް ވޭނީ ރިހުމެއްގެ އަސަރު ފެނުނެވެ. އެ ދެލޮލުން އޭނާއަށް އެތައް ވާހަކައެއް ކިޔައިދިނެވެ.

"ޒީޝާން.." އެ ޒުވާނާ މަޑުމަޑުން ގޮވާލިއެވެ. ޒީޝާން ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ބީރައްޓެހި ނަޒަރަކުން ބަލަން އިންއިރު އޭނާގެ ހަނދާނުގައި އެއްވެސް ކަމެއް ނެތްކަން ޔަޤީނެވެ.

"އަހަރެންނަށް ކިޔަނީ ނިޔާފް.." އެ ޒުވާނާ ޒީޝާންގެ ގާތުގައި އިށީނެވެ. އެޔާއެކު ސިހިފައި ޒީޝާން ކުޑަކޮށް ދުރަށް ޖެހިލިއެވެ. ޒީޝާންގެ ޢަމަލުތަކުން އޭނާއަކީ ނަފުސާނީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކުއްޖެއްކަން ނިޔާފް ދެނެގަތެވެ.

"ޒީޝާން.." ނިޔާފް ޒީޝާންގެ އަތުގައި ހިފާލަމުން ގޮވާލިއެވެ. ޒީޝާން ނިޔާފްގެ އަތް ފޮޅުވާލީ ހޫނު އެއްޗެއްގައި އަތް ޖެހުމުން ފޮޅުވާލާފަދަ ގޮތަކަށެވެ. ނިޔާފްގެ ހިތުގައި ސުވާލު އުފެދުނެވެ. ޒީޝާންއަށް ލިބިފައިވަނީ ކިހާ ވަރެއްގެ ނަފުސާނީ ގެއްލުމެއްކަން އޭނާ އޮޅުންފިލުވަން އެބަ ޖެހެއެވެ. ޒީޝާންއަށް އެކަށީގެންވާ ފަރުވާއެއް ދެވޭނީ އޭރުންނެވެ.

"ޒީޝާން.. އަހަރެން ނޫޅެމޭ ޒީޝާންގެ ދަރިފުޅު ގެންދާކަށް.." ނިޔާފް އެހެން ބުނެލުމުން ޒީޝާން ބަލައިލީ އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށެވެ. އޭނާއަށް ނިޔާފްގެ ވާހަކަތައް ފަހުމުނުވީ ކަންނޭނގެއެވެ. އިރުކޮޅަކު ޒީޝާންގެ ކޮޓަރީގައި އިނދެ އޭނާގެ ހަރަކާތްތައް ދިރާސާކޮށްފައި ނިޔާފް އެކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. ޒީޝާންގެ ކޮޓަރިން ނުކުމެގެން ނިޔާފް މިސްރާބު ޖެހީ ގުރައިދޫ "މޮޔައިންގެ މަރުކަޒު"ން ބޭރަށެވެ. ޒީޝާންގެ ޙާލަތާއިމެދު ފުންކޮށް ވިސްނާލަން އޭނާ ބޭނުންވެއެވެ.

ނިޔާފް ނުކުތީ އަތިރިމައްޗަށެވެ. އޭނާ އެތާނގައި ހުރިއިރު އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދެމުން ދިޔައެވެ. ޒީޝާންއަށް ދިމާވީ ކޮންކަހަލަ ޙާދިސާއެއްބާވައެވެ؟ ޒީޝާން އެ ދައްކަނީ ކޮން ދަރިއެއްގެ ވާހަކައެއްބާވައެވެ؟ އަނެއްކާ ޒީޝާންގެ ދަރިއަކު ހުންނަނީބާވައެވެ؟ ދަރިއަކު ހުރިނަމަ އެކުއްޖާއަށްވީ ކިހިނެއްބާވައެވެ؟ އަނެއްކާ މީހަކު އެކުއްޖާއަށް ގެއްލުމެއް ދިނީބާވައެވެ؟ ނުވަތަ އޭނާގެ އަތުން ދަރިފުޅު އަތުލީބާވައެވެ؟ މުޅިންވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. އެ ސުވާލުތަކުގެ ޖަވާބު ލިބިގެން ނޫނީ އޭނާއަށް ޒީޝާންއަކަށް ރަނގަޅު ފަރުވާއެއް ނުދެވޭނެއެވެ.

އިރުގަނޑަކު ވިސްނަން ހުރެފައި އޭނާ ފޯނު ނަގައި ނާއިލްއަށް ގުޅާލިއެވެ. އަދި ވަރަށް އަވަހަށް ބައްދަލުކޮށްލަން ބޭނުންކަމުގައި ބުންޏެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ނާއިލް އޭނާ ހުރި ދިމާއިން އަތިރިމައްޗަށް ފޭބިއެވެ.

"ކިހިނެއްވީ ކުއްލިއަކަށް އެހާ އަވަހަށް ބައްދަލުކޮށްލަން ބޭނުމޭ ބުނީ؟" ނާއިލް އަހާލިއެވެ.

"ޒީޝާންގެ ކޭސްއާއި ބެހޭގޮތުން އޮޅުންފިލުވާލަންވެގެން.." ނިޔާފް އޭނާގެ ބޭނުން ބުނެދިނެވެ.

"އަހަރެންނަކަށްވެސް މާބޮޑަކަށް ނޭނގެ.. އެކަމަކު އެނގޭވަރަށް ބުނެދީފާނަން.. ޒީޝާން މިތަނަށް ގެނައީ އޭނަގެ ދަރިފުޅު މަރުވި ޙާދިސާގައި ލިބުނު ޝޮކުގައި މޮޔަވީމަ.. މިހާރު އޭގެފަހުން ފަސްއަހަރު ވެއްޖެ.." ނިޔާފް އޭނާއަށް އެނގޭ މިންވަރަށް ކިޔައިދިނެވެ.

"އެހެންތަ؟ އެކަމަކު ތިވަރަކުން އަދި އަހަރެންނަކަށް ފަރުވާއެއް ނުދެވޭނެ.. އިތުރު މަޢުލޫމާތު ބޭނުންވާނެ.. އޭނަގެ އާއިލާއާއި ބައްދަލުކުރަން ދޯ ދެން ޖެހޭނީ؟" ނިޔާފް އެހެން ބުނެލުމުން ނާއިލް ބޯޖަހާލިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ނިޔާފް ޒީޝާންގެ ބައްޕަ ޚަލީލްއަށް ގުޅާފައި ބައްދަލުކޮށްލަން ބޭނުންކަމުގައި ބުންޏެވެ. އަދި އޭނާއަކީ ޒީޝާންގެ ޑޮކްޓަރުކަމުގައި ބުނުމުން ޚަލީލް އެއްވެސް ދެކޮޅު ހެދުމެއްނެތި އުފަލާއިއެކު މަރުޙަބާ ކިޔެވެ.

މެންދުރުގެ ވަގުތު ޚަލީލު ނިޔާފްއާއި ބައްދަލުކުރުމަށް ގުރައިދޫއަށް އައެވެ. ދެމީހުންވެސް ވާހަކަދައްކަން ތިބީ އޮފީހުގައި ނިޔާފްއަށް ޚާއްސަކުރެވިފައިވާ ބައިގައެވެ.

"ޒީޝާންއަށް މިހެން ދިމާވީ ކީއްވެތޯ؟"

"ޒީޝާންއަށް މިހެން ދިމާވީ ނުލަފާ އަނިޔާވެރިއެއްގެ ސަބަބުން.. ޒީޝާން ކިޔަވަމުން ދިޔައީ ޑޮކްޓަރީކަން.. ކިޔަވަން ހުރެފައި ކިޔެވުން ނުނިމެނީސް ޒީޝާން އައީ މާލެ.. އައިތާ ދުވަސްކޮޅެއްވެސް ނުވަނީސް އެނގުނީ އޭނަ ބަލިވެ އިންކަން.. ކައިވެންޏަކާނުލާ ބަލިވެ އިނުމުން އަހަރެމެންނަށްވެސް އޭނަދެކެ ރުޅި އާދެވުނު.. ގެއިން ނުކުންނާށޭވެސް ބުނެވުނު.. އެރޭ އޭނަ ގެއިން ނުކުމެގެން ދިޔައީ އަހަރެމެން އެންމެން ނިދާފައި ތިއްބާ.. އޭގެ އަނެއް ދުވަހު އަހަރެމެންނަށް އެކަން އެނގުނީ އޭނަ ނުހޭލައިގެން އޭނަގެ ކޮޓަރިއަށް ދިޔައީމަ.. އޭނަ އޮތީ ނޯޓެއް ލިޔެފައި.. އޭގައި އޮތީ އޭނަ ކިޔަވަން އުޅުނު ކޮލެޖުގެ ޒުވާން ފިރިހެން ކުދިންގެ ގުރޫޕަކުން އޭނަގެ ޢިއްފަތްތެރިކަމަށް އަރައިގަތްކަމަށް.. އޭނަ ބަލިވެ އިނުމުން ކޮލެޖުން ކަނޑާލާފައި ފޮނުވާލީ ކަމަށް ލިޔެފައި އޮތް.. އަހަރެމެން ދެރަވާނެކަން އެނގޭކަމަށްވެސް އޮތް.. އޭނަގެ ކުށެއްނެތި ވީ ބަދުނާމުގައި އޭނާއަށް މާފުކުރުމަށް އޮތް.. އޭގެފަހުން އޭނަގެ އެއްވެސް ޚަބަރެއް ނުވޭ.. އުޅެނިކޮށް ދެން އޭނަ ފެނުނީ އޭނަ ވިހެއި ދުވަހު ހޮސްޕިޓަލުން.. އެދުވަހު ވަރަށް ރުއި.. މީހުންގެ މަލާމާތާއި ފުރައްސާރަތަކާއި ކުރިމަތިލަމުން ހޭދަކުރި ހިތްދަތި ދުވަސްތައް އޭނަ ކިޔައިދިނުމުން އަހަރެންނަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނު.. ދަރިއަކަށް މައިންބަފައިންގެ އެހީ އެންމެ ބޭނުންވި ދުވަހު އަޅާނުލެވުނީމަ.. އަހަރެންގެ އެތައް އާދޭހަކަށްފަހު އޭނަ އަހަރެންގެ ބަސް ޤަބޫލުކޮށް އަހަރެންގެ ގެޔަށް އައި.. އައިތާ ދެމަސްވެސް ނުވެ އެ ތުއްތު ދަރިފުޅު ނިޔާވީ ޑެންގީ ހުން ޖެހިގެން.. ޙާލު ދެރަވެގެން ގޮސް ކުއްޖާގެ ސިފަވެސް ނޭނގޭވަރަށް ބަދަލުވެފައި އޮތީ.. އަހަރެމެން އެކަން އޭނައަށް ނާންގާ އުޅެނިކޮށް ކުއްޖާ ނިޔާވީމަ އަންގަން މަޖުބޫރުވީ.. އޭނައަށް ދަރިފުޅު ދެއްކީމަ ބުނީ ތީ އަހަރެންގެ ދަރިފުޅެއް ނޫނޭ.. އަހަރެންގެ ދަރިފުޅު ފޮރުވައިގެންނޭ ތިއުޅެނީ.. ދަރިފުޅު ނުގެންދާށޭ.. އެހެން ކިޔަމުން ދަނިކޮށް އޭނަގެ ޚަބަރު ހުސްވީ.. ހޭއެރިއިރު އޭނަގެ ހަނދާނުގައި އެއްވެސް ކަމެއް ނެތް.. އަމިއްލަ މީހާއަކީ ކާކުކަމެއްވެސް ނޭނގެ.. އޭނަގެ ހަނދާނުގައި ހުރީ ހަމައެކަނި ދަރިފުޅު.." ޚަލީލް އަސަރާއެކު ކުރު ގޮތަކަށް ޒީޝާންއާއިމެދު ކަންތައް ވީގޮތް ކިޔައިދިނެވެ.

"އިރާދަކުރެއްވިއްޔާ ޒީޝާން ރަނގަޅުވާނެ.. ހިތްވަރުކުރޭ.." ނިޔާފް އެތައް ހިތްވަރެއް ދިންއިރު އޭނާގެ ހިތުގައި ޢަޒުމެއް ކަނޑައެޅިއެވެ. ކޮންމެފަދަ ޙާލެއްގައިވެސް ޒީޝާން ރަނގަޅުކޮށް އޭނާގެ އާއިލާއާއި ހަވާލުކުރާށެވެ.

(ނިމުނީ)

    Please log in or register to bookmark.
    6k

    11 ޚިޔާލު

    1. ކުޅޭ ކުޅޭ ބުދަކައް ބުދަކައް ގާތުންދިނިއްޔޯ!؟ 😂🤣

    ޚިޔާލު

    Your email address will not be published. Required fields are marked *