kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ތަފާތު ލޯތްބެއް

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ނޯޓް: މިވާހަކަ ޚާއްސަކުރެވިފައިވަނީ 18 އަހަރުން މަތީގެ ބޭފުޅުންނަށް

ކުއްލިއަކަށް އިވާންއަށް ހޭލެވުނީ ފޯނު ރަނގަބީލުވާން ފެށުމުންނެވެ. ވިއްސާރަ ދުވަސްވަރެއް ކަމަށްވެފައި ފަތިހުގެ އެ ފިނި ވަގުތުގައި އެނދުން ތެދުވާ ހިތް ނުވީނަމަވެސް އޭނާގެ ޒިންމާގެ މަތިން ހަނދާންވެފައި ކަންނެތްކަމާއެކު މޯޅިއަކަށް ދެމިލަމުން އޭނާ ތެދުވިއެވެ. ލަސް ހިނގުމެއްގައި ގޮސް ފާޚާނާއަށް ވަދެ ހޫނު ފެނުން ފެންވަރާ ތާޒާވެލިއެވެ. ފެންވަރައިގެން ނުކުމެ އަލަމާރި ހުޅުވާލުމަށްފަހު މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއް ނަގައި ލިޔެވެ. ކަޅު ކުލައިގެ ޓައީ އަޅާލަމުން ލޯގަނޑު ކައިރިއަށް ހުއްޓި ހެޔޮވަރު ވަރަކަށް ދިގުވެލާފައި އޮތް އޭނާގެ ފަން އިސްތަށިގަނޑުގައި ފުނާ އަޅާލައި އިތުރަށް އޮމާންކޮށްލިއެވެ. ގަޔަށް ސެންޓު ބުރުވާލުމަށްފަހު ލޯގަނޑުން ބަލާލައި ބޮލުގެ އިސްތަށިގަނޑު އަތުން އެއްވަރުކޮށްލިއެވެ. ގަޑި ބަލާލިއިރު ގަޑި ޖެހެން ފަނަރަ މިނެޓަށް ވެއްޖެއެވެ. ވުމާއެކު އެނދުމަތީގައި އޮތް ފޯނު ނަގައި ޖީބަށް ލާފައި ލެޕްޓޮޕް ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން އިވާން އަވަސްއަވަހަށް ކޮޓަރިން ނުކުތެވެ. އެޕާޓްމެންޓް ތަޅުލާފައި އަވަސްއަވަހަށް ތިރިއަށް ފޭބިއިރު ބޯކޮށް ބާރޭ ވެހެއެވެ.

"އަދި އަވަސްވެދާނެތީ އެ ކޯޓުގަނޑުވެސް ބާއްވާފައި މި ނުކުމެވުނީ.. ކޮންމެ ގޮތެއްވިޔަސް ގަޑި ނުޖެހި ދާންޖެހޭނެ.. އެކަމަކު ތެމިގެނެއްވެސް ނުދެވޭނެ.. އަނެއްކާ އެ ސިޑިގަނޑުން އަރަންވީ.." ހިތާހިތުން ކުދިކިޔަމުން އިވާން އަވަސް ފިޔަވަޅުތަކެއްގައި ސިޑިން އަރަން ފެށިއެވެ. ތިންވަނަ ފަންގިފިލާއަށް އެރުނުތަނާ ވަރަށް ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން އައި މީހެއްގެ ގައިގައި ލައިގަތެވެ. އިވާން ރުޅިވެރިކަމާއެކު ބަލާލިއިރު ހުރީ ޒުވާން އަންހެންކުއްޖެކެވެ.

"ތަންކޮޅެއް ބަލާލައިގެން އަރާނަމަ.." އެ އަންހެންކުއްޖާ ރުޅިގަދަވެފައި ބުނެލިއެވެ.

"ތަންކޮޅެއް ބަލާލައިގެން ފައިބާނަމަ.." އިވާންވެސް ވަގުތުން ރައްދު ދިނެވެ.

"އަހަރެން މިދަނީ ނުލާހިކު އަވަހަށް ތަނަކަށް ދާންވެގެން.." އަންހެންކުއްޖާ އަނެއްކާވެސް ބުންޏެވެ.

"ބަލަ އަހަރެންވެސް މިއުޅެނީ ނުލާހިކު އަވަހަށް ސްކޫލަށް ދާންވެގެންނޭ.." އިވާންވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

"އަވަހަށް ތަންތަނަށް ދާންއުޅޭ މީހުން އަރާނީ މައްޗަކަށް ނޫން.. ތިރިއަށް ފައިބާނީ.." އިވާން އަނގަޔަކުން ނުބުންޏެވެ. މި ގޮތްކުޑަ އަންހެންކުއްޖާ އޭނާގެ ގައިގައި ޖެހިގަނެފައި އެވަރުން ނުވެގެން ޒުވާބުވެސް ކުރަން ފެށީއެވެ. މާފަށް އެދުމެއްވެސް ނެތެވެ.

"ކިހިނެއްވެފައި ތިހުރީ ތަން ބައްދައިގެން؟" އެ އަންހެންކުއްޖާ ރުޅިގަދަވެފައި އަހާލިއެވެ.

"ރީތިކަމުން ބުނާނެ އެއްޗެއް ނޭނގިފައި.. އެހެން ބުނުވާކަށްނު ތި އުޅެނީ.." އިވާންގެ ޖަވާބު އަހާފައި އެ އަންހެންކުއްޖާއަށް ހައިރާންވެފައި އަނގަ ހުޅުވުނެވެ.

"ތިހެން ހުއްޓާ އިބިލީސް އަނގަޔަށް ހީސްލާނީ.." އިވާން އެހެން ބުނެލުމާއެކު އެ އަންހެންކުއްޖާއަށް އަވަސްއަވަހަށް އަނގަ ލައްޕާލެވުނެވެ. އިވާން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އިވާން ގާތަށް ހިނިއައުމުން އެ އަންހެންކުއްޖާ ގާތަށް އައި ރުޅި ވަކިން ގަދަވިއެވެ.

"އަމުދަކުން އަހަރެން ނޫޅެން އިނގޭ ތީނަ ލައްވާ އަހަރެންގެ ރީތި ވާހަކަ ދައްކުވާކަށް.. އެހެންނޫނަސް އަހަރެންނަކީ އަމިއްލައަށް ރީތިވެގަނެގެން އުޅޭ މީހެއްވެސް ނޫން.."
"ތިކަމެއް ނޭނގެ.. މުޅި ދުރަ*ށް ދާންދެން ކުލަ އުނގުޅައިގެން ހުރިއިރަކު.." އިވާންގެ ޖުމުލައިން އެ އަންހެންކުއްޖާ އިތުރަށް ކެކިގަތެވެ.

"ކަލޭ ބެލީތަ؟ ބަކަރި.." އެ އަންހެންކުއްޖާ ޖެއްސުމުގެ ރާގަކަށް އެހެން ބުނެލުމާއެކު އިވާންއަށް ދަތްކުނޑި ވިކާލެވުނެވެ.

"ކޮއްޕާ ވައްޓާނުލަނީސް ދެންވެސް ތަން ދައްކަބަލަ.." އެ އަންހެންކުއްޖާ ރުޅިވެރިކަމާއެކު އެހެން ބުނެލުމާއެކުހެން އިވާންގެ މޭގައި އަތްއަޅާ ފާރާއި ދިމާއަށް ކޮއްޕާލިއެވެ. އިވާން ފާރުގައި ޖެހުނު ގޮތުން ބުރަކަށްޓަށް ތަދުވެސްވިއެވެ. ރުޅިވެރިކަމާއެކު ސިޑިން ފައިބަން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތް އަންހެންކުއްޖާގެ އަތުގައި ހިފަން އެއްލި އަތުން ހިފުނީ އެ އަންހެންކުއްޖާގެ ހެދުމުގެ ކަރުގައެވެ. އެޔާއެކު އެ އަންހެންކުއްޖާ ސިޑިމައްޗަށް އިދިފުށަށް ވެއްޓެން ދިޔަ ވަގުތު ހެދުން އިރައިގެން ދިޔައެވެ. ވެއްޓެމުންދިޔަ ވަގުތު ހަޅޭއްލަވައިގަނެވުނުކަން އެނގުނެވެ. ދެން ވީގޮތެއް އެ އަންހެންކުއްޖާއަކަށް ނޭނގުނެވެ. އެ އަންހެންކުއްޖާ އަނބުރައިގަތީއެވެ.

އިވާންއަށް އެ އަންހެންކުއްޖާ ވެއްޓުނަ ނުދީ ހިފެހެއްޓުނީ ކިރިޔާއެވެ. ސްކޫލަށް ދާން ނުކުތް ވަގުތު މި ދިމާވި ކަމަކުން އިވާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަންހެންކުއްޖަކު އެފަދަ ގޮތަކަށް އެކަހަލަ ތަނެއްގައި ބޭއްވުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫނެވެ. ވިސްނާކަށް ވަގުތެއް ނެތެވެ. އެހެން މީހަކަށް ފެނިއްޖެނަމަ ކަންތައް ވަރަށް ގޯސްވާނެއެވެ. އޭނާއާއިމެދު ކުށްހީއެއް ކޮށްފާނެއެވެ. މަންޒަރު ފެންނަން ހުރިގޮތަށް ބަލާއިރު މީހަކު މައްސަލަ ޖައްސައިފިނަމަ އޭނާ ނުކުރާ ކުށެއްގައި ބެދުމަކީ ނުހަނު ކައިރީގައި އޮތް ކަމެކެވެ. ވަގުތު ބޭކާރު ނުކޮށް އެ އަންހެންކުއްޖާ އަތްދަނޑިމައްޗަށް ލައިގެން ގޮސް އޭނާގެ އެޕާޓްމެންޓް ދޮރު ހުޅުވާލާފައި އެތެރެއަށް ވެއްދިއެވެ. މީހަކަށް ނުފެނި އެކަން ނިންމާލެވުނީތީ އޭނާ ހިތްހަމަޖެހުނެވެ. ނަމަވެސް އަންހެންކުއްޖަކު އެގޮތަށް އޭނާ އެކަނި އުޅޭ ތަނެއްގައި އެގޮތަށް ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ. އެކަމާ އޭނާގެ ހިތް ނުތަނަވަސްވިއެވެ. އޭނާ އެއަންހެންކުއްޖާ ގެންގޮސް އޭނާގެ ކޮޓަރި އެނދުމަތީގައި ބޭއްވިއެވެ.

އެ އަންހެންކުއްޖާ ހޭ އެރުމުން ކަންތައް ވާނީ ކިހިނެއްބާވައޭ އިވާންގެ ހިތަށް އެރިއެވެ. އެ އަންހެންކުއްޖާ ހަޅޭއްފަޅޭއް ޖަހައި މުޅި އިމާރާތުގެ ހުރިހާ ބައެއްގައި އުޅޭ މީހުން އެއްނުކޮށްފިއްޔާ ރަނގަޅެވެ. އޭނާ އެކުއްޖާއާއި ބެހުނުކަމަށް އެކުއްޖާ ބުނެފިނަމަ ކަންތައް ވާނީ ކިހިނެއްބާވައެވެ. އޭރުން އޭނާގެ ވަޒީފާ ގެއްލޭނެއެވެ. އޭނާ މުޅިން ބޭޒާރުވާނެއެވެ. ނުކުރާ ކުށެއްގައި އުމުރު ދުވަހު ޖަލުގައި ހޭދަކުރަން ޖެހިދާނެއެވެ. ހަދާނީ ކިހިނެއްބާވައެވެ. ކޮންމެ ގޮތެއްވިޔަސް އެކުއްޖާ ހޭ އަރުވަން އެބަ ޖެހެއެވެ. ނަމަވެސް ހަދާނީ ކިހިނެއްބާވައެވެ. އެ އަންހެންކުއްޖާގެ ގައިގައި އަތްލެވޭ ތަނުން ހޭ އަރައިފިނަމަ މުޅިން ގޯސްވާނެއެވެ. އެ އަންހެންކުއްޖާގެ މަޢުލޫމާތު ހޯދަންވީއެވެ. އިވާންގެ ހިތަށް އެހެން އެރުމާއެކު އަވަސްއަވަހަށް އެ އަންހެންކުއްޖާގެ އަތްދަބަސް ނަގައި އެތެރެ ބަލާލިއެވެ. އަތްދަބަސް ތެރޭގައި އޮތް ވޮލެޓު ނަގައި އައިޑީ ކާޑު ނެގިއެވެ.

"ފާޠިމަތު އިނާޔާ.. އަލިހަވާގެ، ލ.ފޮނަދޫ.." އައިޑީ ކާޑުގައިވާ ނަން އިވާން ކިޔާލިއެވެ. އެޑްރެހާއި އެކުގައެވެ. އުފަން ތާރީޚު ބަލާލިއިރު އިވާންއަށްވުރެ ހަގީ ތިން އަހަރެވެ. އިވާން އައިޑީ ކާޑުގައިވާ އިނާޔާގެ ފޮޓޯއަށް ބަލާލިއެވެ. ހަމައެކަނި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ޖައްސާލާފައި އިތުރު މޭކަޕެއް ނުކޮށް ހުރިއިރު ހާދަހާ ރީއްޗެވެ. ދެން އިވާން ބަލާލީ އެނދުމަތީގައި އޮތް އިނާޔާގެ ސޫރައަށެވެ. ރީތި ކުއްޖެކެވެ. ނަމަވެސް ފޮޓޯއިން ފެނުނު ކުއްޖާއާއި ނުހަނު ތަފާތެވެ. ކޮށްފައިވާ ގަދަ މޭކަޕުތަކުން މީހާގެ އަސްލު ވަނީ ގެއްލިފައެވެ. އިވާންއަށް ވަރަށް ފުން ނަޒަރަކުން އިނާޔާގެ މުޅި ހަށިގަނޑަށް ބަލާލެވުނެވެ. އޭނާ ހިތްއެދޭފަދަ ބައްޓަމެއްގެ ވެރިއެކެވެ. ހަމުގެ ކުލަ އައްޔެވެ. ހެޔޮވަރުގެ އިސްކޮޅަކާއި ރޫފައެކެވެ.

އިނާޔާގެ ހެދުމުގެ ފުރަގަހުން ބޮޑު ބައެއް އިރައިގެން ދިޔައިރު ކަނާތް ފަރާތު ކޮނޑު ވަނީ އެކީ އިރައިގެން ގޮސްފައެވެ. ވުމާއެކު އޭނާގެ ކޮނޑާއި މޭމައްޗާއި ދެމެދު ވަނީ ހާމަވެފައެވެ. އިވާންގެ ބޮލަށް އިބިލީސް ސަވާރުވާން ފެށިއެވެ. އޭނާ ހިތްއެދޭ ފަދަ ހުރިހާ ސިފަތަކެއް ލިބިފައިވާ އަންހެންކުއްޖަކު އޭނާގެ ގޭގައި، އޭނާގެ ކޮޓަރީގެ އޭނާގެ އެނދުމަތީގައި އެއޮތީ އޭނާއަށް ހިތަކަށް ލިބިފައެވެ. މަލުގެ ފޮނިކޮޅު ބޯލަން ރަނުގެ ފުރުސަތެކެވެ. މާ ބޮޑު މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެއެވެ. އިބިލީސްގެ ވަސްވާސްތަކުން އިވާންގެ ޒުވާންކަމުގެ ޖޯޝު ހިނގާ ލޭ ކެކިގަތެވެ. އޭނާގެ އަތް މަޑުމަޑުން އިނާޔާގެ މޭމައްޗާއި ދިމާއަށް ހަރަކާތްކުރިއެވެ. ހެދުމުގެ ކުރިމަތިން އިރައިގެން ގޮސްފައިވާ ދިމާގައި ހިފައި ތިރިއަށް ދަމާލިއެވެ.

"ވާއު.." އިވާންއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. އެވަގުތު ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން އިނާޔާ ލޯ ހުޅުވާލިއެވެ. އިވާންގެ އަތް އޮތީ އިނާޔާގެ މޭމަތިން ހެދުމުގައި ހިފެހެއްޓިފައެވެ. އިވާންއަކަށް އެކަމެއް ހަނދާނެއް ނެތެވެ.

"ނަގޫ **.." އިނާޔާގެ ދުލުން ނުކުތް ހުތުރު ބަސްތަކާއެކު އިވާންގެ މޫނުމައްޗަށް ހޫނު ހަމަލާއެއް ފޮނުވާލިއެވެ. މޫނުމައްޗަށް އަރައިގެން ދިޔަ ދިލައާއިއެކު އިވާންއަށް މޫނުމަތީގައި އަތް އަޅާލެވުނެވެ.

"ކަލޭއަށް ކުރެވުނު ވަރު ކުޑަކަމުން ދޯ އަހަރެން މިތަނަށް ގެނައިސްގެން ތިއުޅެނީ.. ކަލޭ ބޭނުންވަނީ އަހަރެންގެ ގަޔަށް އަރާކަށްނު ދޯ.. ދެން ނިކަން އަރާބަލަ.." އަވަސް ހަރަކާތަކާއިއެކު ހެދުން ތިރިކޮށްލަމުން އިނާޔާ އެހެން ބުނެލުމުން އިވާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ހިތަށް ވަތް ޝައިޠާނީ ވަސްވާސްގަނޑިގެ އަސަރު ފިލައިގެން ދިޔައެވެ. އަންހެނެއްގެ ކުރިމަތީގައި އޭނާ ފުރަތަމަ ފަހަރަށް ލަދުގަނެއްޖެއެވެ. އޭނާ ދުރަށް މޫނު އަނބުރާލިއެވެ.

"ކީއްވެ ދުރަށް ތި އެނބުރެނީ.. ކަލޭގެ ތިހުރި ވަރެއްވެސް ދައްކާލާ.. މިކޮޅަށް އެނބުރޭ.." އިނާޔާގެ އަޑުގައިވީ މަލާމާތާއި ރުޅިވެރިކަމުގެ އަސަރެވެ.

"ކަލޭ ތިހާވަރަށް އަންހެނެއްގެ ފަރާތުން އުފާ ހޯދަން ބޭނުންއިރު ކީއްވެތަ އަހަރެން ހަމަހޭގައި ހުއްޓާ ކުރަން ނުކެރުނީ.. ތީ ބޮޑު ފިނޑިއެއް.. ރަނގަޅަށް ވިއްޔާ ކަލޭއާއި އިންނާނެ މީހަކުވެސް ނުވެފައި ކަންނޭނގެ ތިހުންނަނީ.. އެހެންވެ ފެންނަ ކޮންމެ އަންހެނެއްގެ ގަޔަށް ބޮލަށް އަރައިގަނެވެނީ.." އިނާޔާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

"ހުއްޓާލާ.. އިނާޔާ ތި ހީކުރާ ކަހަލަ މީހެއް ނޫނޭ އަހަރެންނަކީ.. އަހަރެން ބޭނުންނަމަ ބޭނުން ކަމެއް އިނާޔާއަށް ކުރާނެހާ ވަގުތު އަހަރެންނަށް ލިބުނު.. އެކަމަކު އަހަރެން އަންހެނެއްގެ ޢިއްޒަތާއި އަބުރަށް އަރައެއް ނުގަންނާނަން.. އަހަރެން ބޭނުންނަމަ އިނާޔާ އެތާ ސިޑިމައްޗަށް ދޫކޮށްލާފައިވެސް ދެވުނީސް.. އެކަމަކު އަހަރެން އެހެން ހެދިނަމަ މިއަދު ތިހެން އިނާޔާގެ ޢިއްފަތްތެރިކަން ސަލާމަތެއްވެސް ނުވީސް ކަންނޭނގެ.. އަހަރެންގެ އަތުން އިނާޔާގެ ހެދުން ވިދުނީވެސް ގަސްތަކު ނޫން.. އަހަރެން އުޅުނީ އިނާޔާގެ އަތުގައި ހިފަންވެގެން.. އެކަމަކު.." އިވާން ވާހަކަ މެދުކަނޑާލިއެވެ. އިނާޔާއަށް ބަލާލިއިރު އިސްޖަހައިގެން އިންގޮތުން އޭނާއަށް ކިޔުނު އެއްޗެހިން ލަދުގަނެފައި އިންހެން ހީވިއެވެ.

އިނާޔާ ގެއަށް ދިޔައިރު އޭނާ ދިޔައީ އިވާންގެ ޓީޝާޓެއް ލައިގެންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު އިނާޔާއާއި އިވާންގެ އެކުވެރިކަން މަޑުމަޑުން ބަދަހިވަމުން ދިޔައެވެ. އިނާޔާގެ ކިބައިން ކުރިން ނުފެންނަ ލަދުވެތިކަމެއް މިހާރު އިވާންއަށް އިނާޔާގެ ފަރާތުން ފާހަގަވެއެވެ. އިނާޔާގެ ހިތުގައި އޮތީ ކޮން އެއްޗެއްކަން އިވާންއަށް ނޭނގުނަސް އިވާންގެ ހިތުގައި އިނާޔާގެ ނަން ވަނީ ލިޔެވިފައެވެ. އެ ސޫރަ ވަނީ ބިންވަޅު ނެގިފައެވެ. އިނާޔާގެ ޙާލަކީވެސް އެއީއެވެ. އެންމެ ބައްދަލުވުމަކުން އޭނާގެ ހިތުގައި އިވާންއާއިމެދު ތަފާތު އިހުސާސްތަކެއް އުފެދިދާނެކަމަށް ހީކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެންމެ ދުވަހަކުން ނަފުރަތާއި ލޯބި އެކުގައި ވެވިދާނެބާވައެވެ. އިނާޔާއަށްވީ އެފަދަ ގޮތެކެވެ. ނަފުރަތާއިއެކު ނުބައި ބަސްތައް އިވާންއަށް ގޮވާފައި ގެއަށް ދިޔައިރު ޚިޔާލު ބަދަލުވެއްޖެއެވެ. އިވާންއާއިމެދު ވިސްނަން މަޖުބޫރުވެއްޖެއެވެ.

ދެމީހުންގެ ހިތުގައި ދެމީހުންނަށްޓަކައި ލޯބީގެ ވިންދު ޖަހާކަން ހާމަކުރީ އޭގެ ދެމަހެއްހާ ދުވަސް ފަހުންނެވެ. އިނާޔާއާއި އިވާންގެ ލޯބީގެ ޙަޔާތް ކުރިއަށް ދިޔައިރު އެތައް ފަހަރަކު އިވާން އޭނާއާއި އިނާޔާގެ ފުރަތަމަ ބައްދަލުވުން ހަނދާންކޮށްދީ އިނާޔާ ރަކިކުރެއެވެ. ދެމީހުން ކައިވެނީގެ ގޮށް ޖަހާލީވެސް އެފަދަ ގޮތަކަށް ދުވަސްތައް ވޭތުވަމުން ދަނިކޮށެވެ. ނުހަނު މަޖާ އުފާވެރި ދުވަސްތަކެކެވެ. ތަފާތު ލޯތްބެކެވެ.

(ނިމުނީ)

  Please log in or register to bookmark.
  4k

  1 ޚިޔާލު

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy