kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

ވާރޭ

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ޖެހެންފެށި ބާރު ވަޔާއެކު، ގަސްތަކުގައި ތިބި ކޮވެލިތައް އުދުއްސައިގަތުމަށްފަހު ވައިފައްސާކޮށްލީ ކީއްވެހެއްޔެވެ؟ ރުއް ރުކުގައި ހާލިހަދައިގެން އުޅުނު ކާޅުތައްވެސް އެކަމުގައި ބައިވެރިވީ ކީއްވެހެއްޔެވެ؟ ބަނބުކެޔޮ ގަސްތަކުން، ތަނޑު ރަތްވެފައިވާ ޅަކެޔޮތައް ބިމަށް ފައިބާން ފެށީ ކީއްވެހެއްޔެވެ؟ ގަސްތައް ދޮށުގައި ތަންއަޅައިގެން ތިބި ހިކިފަތްތައް ވަޔާ އެއްކޮޅަށް ފުރޮޅިގަތީ ކީއްވެހެއްޔެވެ؟ ހިރަފުސް ވެލިބިމެއްގައި މިއިން އެއްވެސް ކަމެއް އެނގޭވަރެއް ނުވެއެވެ. ފުސްގަނޑުގެ ރޯޅިއާއިއެކު ހިރަފުހާއި ހިމުން ވެލިން މުޅި މާޙައުލު ކިލަނބު ވެއްޖެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވެހިގެންފާނެ ހެންނެވެ. ވާރެޔާ ތެމޭހިތުން ޅަފުރައިގެ ކުދިން ހުސްގަޔަށް ހަދާލައިގެން ނިކުމެ މަގުގެ ކޮޅުކޮޅުމައްޗަށް ދުވާތަން ފެނެއެވެ. ނީރާއަށް އެކުދިންނާ ހަމައަށް ދެވޭގޮތެއް ނުވިއެވެ. އޭނާއަށް ޖެހުނީ ކައިރި ގެއެއްގެ އަސްކަނިދަށަށް ވަދެ ނިވާވާށެވެ. ވެހެން ފެށި ވާރެއިން ހިޔާ ވުމަށެވެ. ކުރިން ވާރޭ ނުވެހޭ ދުވަސްދުވަހު ގޭ ގިފިލި ވަޅުން ފެންކުޅި ކުޅުނު ނީރާ މިއަދު ވާރެޔާ ތެމޭކަށް ބޭނުމެއް ނޫނެވެ. މިއަދު އޭނާ ހުރީ ވެހޭ ވާރެއަށް ބަލާށެވެ. ވާރޭތެރެއިން ފެންނަ ވައިރޯޅީގެ ފޭދުން، ޚިޔާލު އޭނާގެ މާޒީ ގެނުވިއެވެ.

" އެއީ މީގެ 9 އަހަރު ކުރިއެވެ. ވާރެޔާ ތެމިފޯވެގެން ހުރެ އަހަރެން ގެއަށް ދިޔައީ މަދަރުސާއަށްދާ ގަޑި ކައިރިވާތީއެވެ. ކިޔެވުމުގެ މާބޮޑު ޝައުޤުވެރިކަމެއް ނެތްނަމަވެސް އެއްފުރާ އެހެން ކުދިން މަދަރުސާއަށްދާތީ އަހަރެންވެސް މަދަރުސާއަށް ދަމެވެ. އަހަރެން ގެއަށް ވަންއިރު އަށިމަތީގައި ނުދަންނަ މީހަކު ދަބަހެއް ކައިރީލައިގެން އިނެވެ. މަންމައާއި ބައްޕަ އޭނާގާތު ހެވިދިލިފައި ތިއްބެވެ.

" ދަރިފުޅާ ނީރާ! ޝާހިދަށް ފަނިތައްޓެއް ގެނެސް ދީބަލަ" އަހަރެން ފެނުމާއެކު މަންމަ ބުނެލިއެވެ.

ފަނިތައްޓެއް ގެންގޮސްދޭން އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ބައްޕަ ގޭގައި ހުރި ވަގުތަކަށް ވާތީ އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އަހަރެން ފަނި ތަށި ދިއްކޮށްލީ މަންމަގެ އަތަށެވެ. ނަމަވެސް މަންމަ ލޮލުގެ އިޝާރާތުން ފަނިތަށި ޝާހިދަށް ދިނުމަށް އެންގިއެވެ. ފަނިތަށި ދީފައި އަހަރެން އެތަނުން ދާން ހިނގައިގަތުމުން މަންމަ ބުނީ ތަށި ހިފައިގެން ދިއުމަށެވެ. އެކަމާ ނުރުހުންވެ، މޫނު ފުސްކޮށްގެން އެތާ މަޑުކުރީމެވެ. އެވަގުތު ޝާހިދާ ބެހޭ އެތައް ކަމެއް މަންމައާއި ބައްޕަގެ ވާހަކައިން އެނގުނެވެ. އޭނާ އަކީ ޤާނޫނީ ކުށެއްގައި އަހަރެމެންގެ ރަށަށް ފޮނުވާލެވުނު މީހެކެވެ. އޭނާ ހުންނާނީ އަހަރެމެންގެ ގޭގައެވެ. އޭނާއަކީ މާލޭގެ މަޝްހޫރު މުއްސަނދި ޢާއިލާއެއްގެ ކުއްޖެކެވެ.

ޤާނޫނީ ކުށްވެރިންނަށް އަހަރެންގެ ހިތުގައި ދެވިފައިވާ ނަފުރަތެއްގެ ސަބަބުން އޭނާ ގޭގައި ބަހައްޓަން ހަމަޖެއްސީތީ ބައްޕަދެކެވެސް ރުޅި އާދެވުނެވެ. ނަމަވެސް މަންމައާއި ބައްޕަގެ ވާހަކައާއި ޙަރަކާތުން ދޭހަވަނީ އޭނާ އަހަރެމެންގެ ގޭގައި ހުރުމަކީ އެމީހުންނަށް ލިބޭ ފަޚުރެއްކަމެވެ. ޝާހިދު އަހަރެމެން ގޭގައި ހުރުމަކީ އަހަރެން ރުހޭކަމެއް ނޫނެވެ. ނަމަވެސް ގެއަކީ މަންމައާއި ބައްޕަގެ ގެއެވެ. ގޭގައި ހިނގާނީ މަންމައާއި ބައްޕަގެ ބަހެވެ. އަހަންނަށް ޖެހޭނީ އެމީހުންގެ ކިޔަމަންތެރިކަމުގައި އުޅޭށެވެ. އެހެންކަމުން ޝާހިދު ގޭގައި ބަހައްޓަން ނުރުހުނަސް އެކަން ހާމަކުރާނޭހާ ހިތްވަރެއް އަހަރެންގެ ނެތެވެ.

ޝާހިދު އައުމާއެކު މަންމައާއި ބައްޕަގެ ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ބައްޕަ ގިނަ ވަގުތު ހޭދަކުރަނީ ޝާހިދާއެކުގައެވެ. ރާޒުވާ ކުޅެން ނުވަތަ ފަރުމަސްވެރިކަމު ދިއުމުގައެވެ. މަންމަގެ ކަމަކީ ފާޑުފާޑުގެ މީރު ކެއުން ހަދައިގެން ޝާހިދަށް ކާންދިނުމެވެ. އަހަރެންތޯއެވެ! ޝާހިދުގެ އަންނައުނު ދޮވެ އިސްތިރިކުރުން ހަވާލުވީ އަހަންނާއެވެ. ޝާހިދުގެ ކާތަށިމަތި ބެލެހެއްޓުން ހަވާލުކުރީ އަހަންނާއެވެ. ޝާހިދުގެ އެނދުތަންމަތި އެޅުން ޖެހުނީ އަހަންނާއެވެ. ކިތަންމެ ފޫހިވިޔަސް ހިތުން އެކަމާ ކުދިކިޔަމުންވެސް އަހަންނަށް ޖެހުނީ އެކަންކަން ކޮށްދޭށެވެ. ހިތަށް އަރައެވެ. މަންމައާއި ބައްޕަ މި މީހަކާހެދި މިތިބެނީ ވަރެއްވެފައިތާއެވެ

މަންމަމެން ޝާހިދަށް އަދާކުރާ ޚިދުމަތްތަކުން ބައެއް އަހަންނާ ހަވާލުކުރީ ކީއްވެގެންކަން އަހަންނަށް އެނގުނީ، އަހަރެން ސުކޫލަށް ދިއުން ހުއްޓާލަން މަންމަ ބުނި ދުވަހުއެވެ. ކިޔެވުމުގެ މާބޮޑު ޝައުޤު ވެރިކަމެއް ނެތްނަމަވެސް އެއްފުރާ އެހެން ކުދިންނާ މައްލަވަކޮށް ސަކަރާތްޖަހާ ހިތް އަހަރެންވެސް ވެއެވެ. އެކުދިންނާއެކު މޫދަށްއެރި ވާރެޔާ ތެމޭހިތްވެއެވެ. އެކަން ކުރެވޭނީ މަދަރުސާއަށް ދިއުމުންނެވެ. އެހެންކަމުން މަދަރުސާއަށް ދާން ބޭނުންވާ ވާހަކަ ބައްޕަގާތު ބުނީމެވެ. އެކަމުން އަލިމަގެއް ލިބިދާނެކަމަށް ހީކޮށެވެ. ނަމަވެސް ބައްޕަގެ ޖަވާބަކީ، ނިންމުމަކީ މަންމަގެވެސް ނިންމުމެވެ. ބައްޕަ ބުނުއްވީ އަންހެން ކުދިން އެހާމައްޗަށް ނުކިޔެވިޔަސް ރަނގަޅުވާނެ ކަމަށެވެ. މަދަރުސާއަށް ދިއުމަށްވުރެ ގެވެހި ދިރިއުޅުމެއް ދަސްކުރުން ރަނގަޅުކަމުގައި ބައްޕަ ބުނުއްވިއެވެ. އެހެންކަމުން މިހާރުން ފެށިގެން ކެއްކުމާ ގޭތެރޭގެ ބައެއް ކަންކަން ދަސްކުރަން ފަށަންވީކަން ބައްޕަ ބުނެދެއްވިއެވެ. އަދި އަންހެންކުދީން ކިތައްމެ މައްޗަށް ކިޔެވިޔަސް ދަރީން ލިބުމުން އެދަރީންގެ ކަންތައްތަކާއި ފިރިމީހާގެ ޒިންމާތައް އަދާކުރަން ނޭނގޭނަމަ ކިޔެވި އެއްޗެއްގެ ބޭނުމެއް ނޯންނާނޭކަމަށް ބައްޕަ ބުނުއްވިއެވެ.

މަންމައާއި ބައްޕަގެ އެދުމަކީ އަހަރެން ޝާހިދާ ކައިވެނި ކުރުމެވެ. އެކަންކުރަން މަންމަ އެންގިއެވެ. އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. ޝާހިދަކީ ޤާނޫނީ ކުށްވެރިއެއް ކަމުގައި ހަނދާންކޮށްދިނީމެވެ. އެފަދަ ކުށްވެރިން ދުވަހަކުވެސް ރަނގަޅު ނުވާނެކަމަށް ބުނީމެވެ. ނަމަވެސް އަހަރެންގެ ބުނުމަށް މަންމަ އިންކާރު ކުރަމުން ދިޔައެވެ. އޭނާއަކީ ކިޔަވައިގެން ހުރި މީހެއްކަމަށް ބުނަމުންނެވެ. އޭނާއަކީ މާލޭ މީހެއްކަމަށް ބުނަމުންނެވެ. އޭނާއަކީ މުއްސަނދި މީހެއްކަމަށް ބުނަމުންނެވެ. އަދި އޭނާ ކުށެއް ކުރިކަމުގައި ވިޔަސް މިހާރު އޭނާ ރަނގަޅު ވެއްޖެ ނޫންހޭ ބުނަމުންނެވެ. އޭނާ އެއުޅޭގޮތް ނީރާ އަށްވެސް އެބަ ފެނޭ ނޫންހޭ މަންމަ ބުންޏެވެ. އަބަދު އެއުޅެނީ ބައްޕައާއެކު ކަމަށާއި ގޯސް އެއްވެސް ގޮތަކަށް ނޫޅޭކަމަށް ބުނަމުންނެވެ.
އަހަރެން އަދި މީހަކާ އިންނަވަރެއް ނުވެއެވެ. އަހަރެން އަދި މޫދަށް ދާން ބޭނުމެވެ. ވާރެޔާ ތެމޭހިތްވެއެވެ. ރުއްފާތަކުން ގަސްތައް މަތިން އުދުހޭން ބޭނުމެވެ. އުނބުލި ވެހެލިތަކާއި ކެކުރި ވެޔޮތަކުން ތިޔާގިވެފައިވާ ގަސްތަކައް އެރުމުގެ ހުނަރު އަހަރެންގެ ކިބަޔަކުން އަދި ނުކެނޑެއެވެ. ދޮންވެއްޏާ ކުޅެ ސަކަރާތްޖަހާ ހަދަން ބޭނުންވެއެވެ. އަދި އަހަރެންގެ ޅަފުރާ ކެނޑިގެނެއް ނުދެއެވެ. ނަމަވެސް ބައްޕަގެ އަމުރު މައުރޫފަށް އަހަރެން ޖެހުނީ ތަބާވާށެވެ.

ހިތުގެ ގުޅުމެއްނެތް، ގުޅުމަކުން އަހަންނާ ޝާހިދުގެ ކައިވެނި ކުރެވުނެވެ. މަންމަމެން ބޭނުން ވެގެންނެވެ. ޝާހިދުގެ މުއްސަނދިކަމުން އެމީހުންގެ ދިރިއުޅުން ތަނަވަސް ކޮށްލުމަށެވެ. މާލޭ ބޭފުޅެއްގެ ދަނބިދަރިކަމުން އެމީހުން ޤަދަރުވެރި ބަޔަކަށް ވާށެވެ.

ކައިވެންޏަށްފަހު އެއްފުރާ އެހެންކުދިންނާ އަހަރެންގެ ގުޅުން ކެނޑުނެވެ. ވާރެޔާތެމި ނުވަތަ މޫދަށްއެރި މަޖާކުރަން ދާކަށް ނުކެރުނެވެ. އެހިސާބުން އަހަރެން ހުންނަން ޖެހުނީ ގޭގައެވެ. ކުރާނެ ކަމެއްނެތިފައެވެ. ކައިވެންޏެއް ކުރެވުނުނަމަވެސް އަހަންނާ ޝާހިދުގެ އެއްވެސް ގުޅުމެއް ނެތެވެ. އަހަރެން ކުރަމުންއައީ ކުރިންވެސް ކުރަމުންއައި ކަންތަކެވެ. ޝާހިދުގެ އަންނައުނު ދޮވެ އިސްތިރި ކުރުމެވެ. އޭނާގެ ކާތަށިމަތި ބެލެހެއްޓުމެވެ. އޭނާގެ އެނދުތަންމަތި އެޅުމެވެ. އެވަރު އޭނާއަށްވެސް ރަނގަޅުތޯއްޗެކެވެ. އޭނާވެސް އިތުރު ކަމެއް ބޭނުންވެގެނެއް ނޫޅެއެވެ. ދޭތެރެ ދޭތެރެއިން އަހަރެންގެ ހާލު އަހައިލާނެއެވެ. ބައެއް ފަހަރު ހީލާނެއެވެ. އަހަރެންގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާކަށް އޭނާ ނޫޅެއެވެ. އެހެންކަމުން މަންމަ ބުނިފަދައިން އޭނާއަކީ ރަނގަޅު މީހެއްކަމުގައި އަހަންނަށް ހީވާންފެށިއެވެ.

ޝާހިދާމެދު ރުހުމުގެ ނަޒަރަކުން ބެލޭތާ ދުވަސްކޮޅެއް ވީފަހުން ޝާހިދުގެ ބައެއް ކަންކަން އަހަންނަށް ކަމުދާންފެށިއެވެ. އަހަރެން ފެނުމުން އޭނާ ހީލާގޮތެވެ. އޭނާގެ އެހުންނަ މާލޭ ގޮތްގަނޑެވެ. އެހެންކަމުން އޭނާ އަހަރެންގެ ހާލު އަހާލާ މިންވަރު އަހަންނަށް މަދުވާން ފެށިއެވެ. އެންމެފަހުން އޭނާއާއި ވާހަކަ ދައްކާ މިންވަރު އިތުރު ކުރެވޭތޯ އަހަރެން ބަލަން ފެށީމެވެ. އަހަރެންގެ ޝައުޤުވެރިކަން އޭނާއަށް އެނގުނީ ކަންނޭނގެއެވެ. އަހަރެން އޭނާގެ އަނތްބަކަށް ވާން ބޭނުންވުމުން އޭނާ އެއީ އަހަރެންގެ ފިރިމީހާކަމުގައި ވިއެވެ.

ކައިވެންޏަށް އަހަރު ވީތަނާ އަހަރެން މޭނުބައިކޮށް ހޮޑުލަވާގޮތް ވާންފެށިއެވެ. އެކަމާ އަހަރެން ވަރަށް އުފާވިއެވެ. މި ޚަބަރު ޝާހިދަށް ދިނީމެވެ. އެއީ ދަރިފުޅުގެ ބައްޕަކަމުގައި ވާތީއެވެ. ނަމަވެސް އެކަން މާބޮޑުކަމަކަށް އޭނާ ނުހެދިއެވެ. "އެހެންހެއްޔެ" އަކުން ފުއްދާލީއެވެ. އެއީ އޭނާގެ ގޮތެވެ. އެއްވެސް ކަމެއްގައި އޭނާއަކީ ތެޅިފޮޅޭ މީހެއްނޫނެވެ. އަހަންނާ ނީނދެވިގެންނެއްވެސް ޝާހިދެއް ނޫޅެއެވެ. އަހަރެންގެ ކިބައިން ފިރިމީހާގެ ޙައްޤު ހޯދާކަށްވެސް އޭނާ ކެތްމަދުވެގެނެއް ނޫޅެއެވެ. އަހަރެން ޝާހިދާ ނުދެވިގެން ތެޅިފޮޅުނީވެސް މަންމައާއި ބައްޕައެވެ.

އަހެރެން މާބަނޑު ވާހަކަ މަންމަގާތު ބުނީމެވެ. އެއީ މަންމަގެ ފުރަތަމަ މާމަ ދަރިފުޅު ކަމުގައި ވާތީއެވެ. މާމަ ދަރިއަކު ލިބޭތީ މަންމަ އުފާވާނެކަމަށް ދެކިގެނެވެ. ނަމަވެސް ކަންތައްވީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އަހަރެންގެ އެ އުފަލަށް މަންމަ ކުރީ ނަފުރަތެވެ. ޝާހިދުގެ ފަރާތުން ލިބޭނެކަމަށް އުންމީދު ކުރި އެތިވަރު ނުލިބިގެން މަންމަގެ ހިތުގައި އުފެދެމުންދިޔަ ރުޅިވެރިކަން ބަންޑުން ކޮށްލިއެވެ. ޝާހިދުގެ ފަރާތުން އެއްޗެއް ނުލިބޭ ވާހަކައާއި އޭނާ އަތުންފައިން މަސައްކަތް ނުކުރާވާހަކަ ގޮވާލިއެވެ. އަދި ގެއަށް ކާނެ އަނގައެއް އިތުރުވެގެން ނުވާނެ ކަމަށް ބުންޏެވެ. މަންމަގެ މި ނިންމުމަކީ އަހަރެން ބޭނުންވާ ގޮތެއްނޫނެވެ. އެއީ އަހަރެންގެ އަލަތު ދަރިފުޅެވެ.

މަންމަގެ ރުޅިވެރިކަމުގައި އެގޭގައި ހުންނާކަށް ޝާހިދު ބޭނުމެއް ނުވިއެވެ. އޭނާ ނިންމީ އަހަރެމެން ގެއިން އެހެން ގެއަކަށް ބަދަލުވާށެވެ. ޝާހިދުގެ މި ނިންމުމަށް އަހަރެންވެސް އެއްބަސްވީމެވެ. ދަރިފުޅުގެ ޙައްޤުގައެވެ. އަހަންނާމެދު ޝާހިދުގެ މާބޮޑު އަޅާލުމެއް ނެތްނަމަވެސް އަދި މިހާތަނަށް އޭނާ އަހަންނަށް އަނިޔާވެރި ވެފައެއްވެސް ނެތެވެ. އަހަރެންގެ ނުރުހުމުގައި އަހަރެންލައްވާ އެއްވެސް ކަމެއް ކުރުވާފައެއް ނެތެވެ. އޭނާގެ އެ ފަރުވާކުޑަ ގޮތްގަނޑު ދަރިއަކު ލިބުމުން ރަނގަޅުވެދާނެކަމަށް ދެކިގެން ޝާހިދާއެކު އަހަރެންވެސް އުފަންގެއިން ނިކުމެ އުފަން ރަށުގައި ގަނނަތެޅޭން ނިންމީމެވެ.

ޝާހިދާއެކު އަހަރެން ބަދަލުވީ ދުރުތާ ތިމާގެމީހެއްގެ ގެއަށެވެ. އެއީ ގެއެކޭ ބުނާވަރުވެސް ނުވެއެވެ. ބާވެ އާބާތުރަ ނުފިލުވާހުރި ވީރާނާ ބިނާއެކެވެ. އެގޭގައި އުޅެނީ ދެބައި އުމުރަށްވުރެ މައްޗަށް ގޮސްފައިވާ އެކަނިވެރި ދައިތައެކެވެ. މާލޭ ބޭފުޅެއްގެ ނޯކިރީކަމުގައި އޭނާގެ ކުއްޖަކު ހުރެއެވެ. އެސޮރު ފޮނުވާ އެތިކޮޅުން އެދައިތަ ކައިބޮއި ހަދައެވެ. އަހަރެމެން އެގެއަށް ބަދަލުވުމުން އެދައިތަވެސް އުފާވިއެވެ.

ދައިތަގެ ގޭގައި އަހަރެމެން އުޅެންފެށީ އުފަލުންނެވެ. ރަށުގައި މަސައްކަތްކުރާ ރާނާ ގުރޫޕަކާ ގުޅިގެން ޝާހިދު މަސައްކަތުދާން ފެށިއެވެ. ޝާހިދު އަންނަން ވާއިރަށް އަހަރެން ކައްކަމެވެ. ކާންހަދައިގެން ފިރިމީހާގެ އިންތިޒާރުގައި އިންނަމެވެ. އެހެންކަމުން އަމިއްލަ ދިރިއުޅުމެއް އުޅެން ފެށުނުކަމުގެ އިހުސާސް އަހަންނަށް ކުރެވެން ފެށިއެވެ. އެގޮތުގައި ދުވަސްކޮޅެއް ހޭދަވީތަނާ ކުށްވެރިންނަށް ސަރުކާރުން ދެއްވި އަފުއާމެއްގައި ޝާހިދު މިނިވަންވިއެވެ. އެކަމާ ޝާހިދު ވަރަށް އުފާވިއެވެ. ޝާހިދުގެ އެ އުފަލުގައި އަހަރެންވެސް ބައިވެރިވާން ބޭނުންވިއެވެ. ނަމަވެސް ޝާހިދުގެ އެ އުފަލުގައި ބައިވެރިވީ އަހަރެންގެ ހަށިގަނޑެވެ. އަހަރެންގެ ހިތެއް ބައިވެރިއެއް ނުވިއެވެ.

ޝާހިދު ބޭނުންވީ މާލެދާށެވެ. އަހަންނާ ވަކިންނެވެ. އަހަރެންގެ ބަނޑުގައިވާ އޭނާގެ ދަރިފުޅާވެސް ވަކިންނެވެ. އަހަރެން އެކަނިކޮށްލާފައި ނުދިއުމަށް ޝާހިދު ގާތު ބުނަން ބޭނުންވިއެވެ. ނަމަވެސް އެވާހަކަ ބުނުމުގެ ފުރުޞަތު ޝާހިދު އަހަންނަކަށް ނުދިނެވެ. މާލޭގައި އޭނާގެ ކަންކަން ހަމައަކަށް އަޅުވާލާފައި އަހަރެން ބަލާ އަންނާނެ ކަމަށް ބުނަމުން ޝާހިދު ފުރަން ތައްޔާރުވިއެވެ. ޝާހިދު ބުނިގޮތުން ޝާހިދު މާލެދަނީ ދަތުރުވަރެއްގައި މާލެދާ "ފަސްކުޅަނދު މަދު" ރާއްޖެތެރޭ މީހެއް ފަދައިންނެވެ. ލަސްތަކެއް ނުވެ ވިހެއުމަށް ބޭނުންވާ ސާމާނު ހިފައިގެން އެނބުރި އަންނާނެ ކަމަށް ބުނަމުން ޝާހިދު މާލެ ފުރިއެވެ.

އެހިސާބުން އަހަރެން އެކަނި ވެރިވީއެވެ. ޝާހިދު ރަށުގައިނެތް ކޮންމެ ސިކުންތެއް، އަހަންނަށް ވަނީ އެތައް ވަގުތަކަށެވެ. ކޮންމެ ދުވަހެއް ހޭދަވަނީ ޝާހިދުގެ ހަނދާނުގައެވެ. އޭނާ އެނބުރި އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެމުއްދަތުގައި ޝާހިދުގެ ޚަބަރެއްނުވާތީ އަހަރެން ކަންބޮޑުވާން ފެށިއެވެ. ދުވަސްފުރެމުންދާ އަހަރެންގެ ބަނޑަށް ބުރަ ބޮޑުވަމުންދެއެވެ. ދަރިފުޅުގެ ކޮންމެ ތޮޅިލުމަކަށް ފިރުމާލެވެނީ ލޯބިންނެވެ. އެންމެފަހުން މުދިން ގޯތި ނާޝިދު މާލެދިޔަ ދޯނިން އޭނައާއި ހަވާލުކޮށް ޝާހިދަށް ސިޓީއެއް ފޮނުވީމެވެ. އަދި އެގޭ ދައްތަގާތު އަހައިގެން ވިހެއުމަށް ކޮންމެހެން ބޭނުންވާނެ އެއްޗެތީގެ ލިސްޓެއް ފޮނުވީމެވެ.

ސިޓީގައި ލިޔެލީމެވެ. " ޝާހިދު! ދުވަސް ފުރިއްޖެ. ދަރިފުޅު ބުނަނީ ބައްޕަ އަންނަން ދެން އޮންނާނީ މަންމަގެ ބަނޑުގައޭ! އަވަހަށް އާދޭ"

މީގެ އިތުރުން ޝާހިދުއާ އެކު އުމުރުގެބާކީ ދުވަސްތައް ވޭތުކުރަން ބޭނުންވާ ވާހަކަ ސިޓީގައި ލިޔުނީމެވެ. އެވާހަކަ ލިޔުނީ ލޯބިންނެއް ނޫނެވެ. އެވާހަކަ ލިޔުނީ އަހަރެންގެ އެކަނިވެރި ޙަޔާތުގައި ޝާހިދުގެ އެހީތެރިކަން ބޭނުންވާތީއެވެ. ދަރިފުޅަށް ބައްޕަ ހޯދަ ދިނުމުގެ ބޭނުމުގައެވެ.

ސިޓީ ފޮނުވި ދޯނިން ސިޓީގެ ޖަވާބު ލިބުނެވެ. އަހަރެން ފޮނުވި ލިސްޓުގައި ހުރި ތަކެއްޗާ އެކުއެވެ. ޝާހިދުގެ ޖަވާބުވީ އަހަރެންގެ ޙަޔާތް ބަރުބާދުކޮށްލި ޖަވާބަކަށެވެ. ޖަވާބުގައި ޝާހިދު ފޮނުވާފައި އޮތީ ވަރީގެ ސެޓްފިކެޓެވެ. އަހަރެން ގާތު ބުނެވެސް ނުލައި ސަބަބެއް އަންގާވެސް ނުލައި އަހަރެން ދޫކޮށްލީއެވެ. ދުނިޔެއަށް އަހަރެން އެކަނިވެރި ކޮށްލީއެވެ. ޙަޔާތުގެ އެކަނިވެރި ދަތުރުގައި ފުރަތަމަ ފަހަރަށް އަހަރެން ވަރުބަލިވިއެވެ. ރޮވުނެވެ. ގިސްލެވުނެވެ.

އަހަރެންގެ ޙާލަށް، އަހަރެން އުޅުނުގޭ ދައިތަ ހަމްދަރުދީވިއެވެ. ހިތްވަރު ކުރުމަށް ނަސޭޙަތްތެރި ވިއެވެ. އަހަންނަށް ހިތްވަރު ކުރެވުނެވެ. ހިތްވަރު ކޮށްކޮށް ވަރުބަލިވީއެވެ. އެ ވަރުބަލިކަން ވީ ވޭންވަރަކަށެވެ. ވޭން ދިޔައީ ގަދަވަމުންނެވެ. އަހަރެންގެ ހާލު ދައިތަ ދެނެގަތެވެ. ކައިރި އަވައްޓެރިއަކު ގެނެސް އަހަރެން ހަވާލު ކުރުމަށްފަހު ރަށުގެ ފޫޅުމާމަ ހޯދުމުގެ ދަތުރަށް ދައިތަ ނިކުތެވެ.
އިސާހިތަކު ފޫޅުމާމަ ގެނެސްފިއެވެ. ފޮނިކާޖާ އާއި ދުފާމަލާފަތް ތައްޔާރުކޮށްލިއެވެ. ހިސާބުގަނޑު އަންހެން ވެރިން އެއްވެ ގޭތެރެ ތިޔާގިވިއެވެ. ހީވަނީ ބޮޑުމަގު ކުނިކަހަން ދެ އަވަށުގެ ރައްޔިތުން އެއްވެގެން އުޅޭހެންނެވެ. އަހަރެން ބާއްވާފައި އޮތީ ގޭގެ އެތެރޭ ބައިގައެވެ. ފޫޅުމާމަ އަހަރެން ވިއްސުމުގެ މަސައްކަތް ކުރަމުންދާއިރު ގޭތެރޭގައި އަންހެންވެރިން ދައްކާވާހަކަ ސާފުކޮށް އަހަންނަށް އަޑުއިވެއެވެ. އަހަރެންގެ ވިހެއުން ލަސްވެގެން އެމީހުން ވާހަކަ ދެއްކިއެވެ.

" ނީރާ އަދިވެސް ވިހާކަށް ނޫޅޭތަ؟" މީހަކު ބުނެލި އަޑު އިވުނެވެ.

އަނެކަކު ބުނާ އަޑުއިވުނީ ވިހެއުމަކީ އިރުވަރުންވާ ކަންކަން ކަމުގައެވެ. އަހަރެންގެ ވިހެއުމަކީ ކުށުވެރި ކަމެއްކަމުގައި ބަސްވިކޭ އަންހެނަކު ބުންޏެވެ. އޭނާގެ މި ބުނުމަށް ތާއީދުކޮށް، ފަންޑިތަވެރިއަކު ގެންނަން އެހެން އަންހެނަކު ލަފާދިނެވެ. އެމީހުން ދައްކާ ބައެއް ވާހަކަ އަޑުއިވިފައި އަހަރެން ގާތަށް ހިނިވެސް އާދެއެވެ.

އެންމެ ފަހުން ގިނަބަޔަކު ތާއީދު ކުރީ ފަންޑިތައެއް ހެދުމަށެވެ. ނަމަވެސް އެކަމާ ދެކޮޅު މީހުން ބުނަމުން ދިޔައީ ވަގުތު ޖެހުމުން ވިހާނެ ކަމަށެވެ. މިސާލަކަށް އެމީހުން ދެއްކީ ހެނދުނުއްސުރެ އުޑުމަތި ބަނަކުރި ވިލާތަކުން ފެން ނައިސް، ވަގުތު ނުޖެހޭތީ އެތައް އިރެން ވަންދެން އޮތްވާހަކައެވެ. މިފަދަ ހާލެއްގައި އުޅެނިކޮށް ފުރާޅުމައްޗަށް ވެހިގަތް ވާރެޔާއެކު ފަންޑިތަ ވެރިއެއްގެ ކިޔެވެލި ފެން އަހަރެންގެ މޫނަށް ބުރަން ފެށިއެވެ. އެ ފެނުގެ ފިނިކަމުން ލިބުނު ލުޔާއެކު ދަރިފުޅުގެ ރުއިމުގެ އަޑު އިވުނެވެ. "

ނީރާ ދަރިފުޅަށް ބަލައިލިއެވެ. ނޫނެކެވެ. ދަރިފުޅު ރޮނީއެއް ނޫނެވެ. މެދުމިޔައިން ދެ ދަތްވެއްޓިފައިވާ އޭނާގެ 6 އަހަރުގެ ދަރިފުޅު ހެނީއެވެ. ވެހެމުންދިޔަ ވާރޭ ތެރޭ ފުރާޅުމަތިން ފޫދިގެން އަންނަ ވާރޭފެން ނީރާގެ ގަޔަށް ވިއްސަނީއެވެ. ނީރާގެ މޫނުގައި އެވަނީ ފަންޑިތަވެރިއެއްގެ ކިޔެވެލި ފެނެއް ނޫނެވެ. އަސްކަނި ފެނުން އޭނާގެ ދަރިފުޅު ވިއްސަމުންދާ ވާރޭފެނެވެ. އޭނާއަށް ލިބުނު ފެނުގެ ފިނިކަމަކީ 9 އަހަރަށްފަހު ވާރޭ ފެނުން ލިބުނު ފިނިކަމެވެ. އޭނާގެ ޅައިރުގެ ފިނިކަމެވެ. ވާރެޔާ ނުތެމެން ޢަޒުމު ކަނޑައަޅައިގެން ހުރި ނީރާ ވާރޭފެނުން ތެމި ފޯވެފައިވާ ދަރިފުޅު ގަޔާލާ ބައްދާލިއެވެ. ދަރިފުޅުގެ ތެއްކަމުން އޭނާ ތެމުނަސް ހެޔޮކަމަށް ނިންމައިގެނެވެ. އޭނާގެ ޅައުމުރުގައި ގެއްލިގެން ދިޔަ ވާރެޔާ ތެމުމުގެ އުފާ، މުޅި އުމުރަށް އެދަރިފުޅަށް ހޯދައި ދިނުމުގެ ނިޔަތުގައެވެ. އޭނާގެ ޙަޔާތަށް ކުރިމަތިވި ޖޫންޖުލައި އޭނާގެ ދަރިފުޅުގެ ޙަޔާތަށް ކުރިމަތިވިޔަ ނުދޭން ޢަޒުމު ކަނޑައަޅައިގެންނެވެ.

- ނިމުނީ -

    Please log in or register to bookmark.
    3k

    6 ޚިޔާލު

    ޚިޔާލު

    Your email address will not be published.

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy