ރޭގަނޑު ދަންވަރު ބާރަޖެހީއެވެ. އަދިވެސް އަހަރެންގެ ލޮލަށް ނިދީގެ ކަންފުޅެއްވެސް ނުވެއެވެ. ހަމަ އިވެނީ ޒުވާބުކުރާ އަޑާއި އަރާރުންވާ އަޑެވެ. ވޭތުވެދިޔަ ހަތަރު ގަޑިއިރު ނިދުމަށްކުރި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ދެކޮޅަށް ފުރޮޅި ފުރޮޅިވެސް ނުނިދިގެން އަހަރެން ތެދުވީ ފެންބޯންށެވެ. ތެދުވެ ހިނގައިގަތްތަނާ ވަރަށް ބާރު އަޑުފަށްގަނޑެއް އިވުމުން އަހަރެންނަށް ބޭއިޚްތިޔާރުގައި ދުވެފައި ޖެހިގެންހުރި ކޮޓަރިއާއި ދިމާލަށް ދުއްވައިގަނެވުނެވެ. އަހަރެން އެއްގޮތަކަށްވެސް އެދިމާލަށް ދާން ބޭނުމެއްނޫނެވެ. އެކަމުވެސް ވީކިހިނެއްތޯ ބަލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ހަމަދެވުނީއެވެ. ކުއްލިއަކަށް ފެނުނީ ބައްޕަ ވަރުބަލިކަމާއެކީ ދޮންމަންމަ ދަމާފައި ކޮޓަރިން ނެރޭ މަންޒަރެވެ. އަހަރެން އަނގަ ހުޅުވިފައި ބަލަހައްޓައިގެން ހުރީއެވެ. ބުނާނެ އެއްޗެއް ހަދާނެގޮތެއް ނޭންގިފައިއެވެ. އަހަރެންގެ ފަހަތުން ދެން އައިސް ހުއްޓުނީ އަހަރެންގެ ބޭބެއެވެ. ބޭބެގެ މޫނުމަތީގައި މާބޮޑު ހާސްކަމެއްނެތަސް އެމަންޒަތު ބަލަން އައިސް އަހަރެންގާތު ހުއްޓުނެވެ. އެވަގުތު ބައްޕަ އަހަރެމެން ދެބެންގެ މޫނަށް އާދޭހާއިއެކު ބަލާލާފައި ގޮވާލިއެވެ. "ދަރިފުޅާ، އާދެބަލަ ބައްޕައާއިއެކު މީނަ މިތަނުން ނެރެން". ބޭބެ ޗޮކެއް ކަނޑާލާފައި ތީއަހަންނާއި ބެހޭކަމެއްނޫން ކަމަށްބުނެ އެތަނުން ދިޔަތަން ބަލަން އަހަރެންހުރީ ކުޑަކޮން ހައިރާންވެފައިއެވެ. އަހަރެންގެ ގައިގައި އެއަންހެންމީހާ ދަމާނެރޭނެހާ ހިއްވަރު ނުހުންނާނެކަމުގެ ޔަގީންކަން އޮތީމަ ބައްޕަ އަހަންނަށް އެއްވެސް އިޝާރާތެއް ނުކުރެއެވެ. އަހަރެންނަށް އެއަންހެންމީހާ ހަޅޭލަވާ އަޑުއަހަން އުނދަގޫވާތީވެ ގިނައިރު މަޑުނުކޮށް އެތަނުން ދިޔައީ ވަރަށް ގިނަ އެއްޗެހި ހިތަށްއަރާފަ ހުރެގެންނެވެ.
އަހަރެން ހަމައަޖައިބުވެއެވެ. ކަންތައްތައް މިހާހިސާބަށް ދާއިރުވެސް "ދޮންމަންމަ" މިތަނުން ނުކުމެގެން ނުދާތީއެވެ. ކޮންމެރެއަކު ޒުވާބުކޮށް ތަޅާފޮޅަން އެނާ ގަޔާވަނީބާއެވެ؟ ނުނީ އެނާއަށް އެނޫންއެހެން ގޮތެއް ނެތީބާވައެވެ. އަހަރެން ކޮޓަރިއަށް ވަތްފަހުން ބައްޕަ ކޮޓަރިން ކުރިންއިވުނު އަޑުފައްގަނޑާއި ހަޅޭލަވާއަޑު ކެނޑިއްޖެއެވެ. އަހަރެންނަށް ފުންނޭވާ އެއްލާން ވަގުތުކޮޅެއްވިތީ މާތް ރަސްކަލާންގެ ހަޒްރަތަށް ޝުކުރުވެރިވީމެވެ. ހަމަހިމޭންކަން ވެރިވީމަ ހިތައް މާޔޫސްކަމާއި ހިތްދަތިކަން އިހްސާސްވެފައި އަހަރެންނަށް ގިސްލަގިސްލާފައި ރޯންފެށުނެވެ. ހިތަށް އަބަދުވެސް އަރައެވެ. މިކަމުން އަހަރެން ސަލާމަތްވާނީ ކޮންދުވަހަކުން ހެއްޔެވެ؟ ކިހިނެއް ހެދީމަހެއްޔެވެ؟ މިހެން މިކަމާ ވިސްނާ ރޯން އިންނަންވީ ކިހާދުވަހެއްވަނދެން ހެންޔެވެ؟ މިހެން ހިތައް އަރާފަވެސް، ޚިޔާލަށް މިނޫން ދުވަހެއް ސިފްނުކުރެވެއެވެ.
އެއްދުވަހެއް ދެދުވަހެއް ނޫނެވެ، މިހެން މިކަމުގެ ތެރޭގައި ހަނގުރާމަ ކުރާތާ 14 އަހަރުވީއެވެ. އަހަރެންގެ ބޭބެ އަދި ކޮއްކޮވެސް މިކަމާ މިހާވަރަށް ފިކުރު ކުރާހެންނެއް ހިޔެއްނުވެއެވެ. މީހުން ބުނާތީ އަޑުއަހަމެވެ. ދޮންމަންމައިން ވާނީ ދޮންނިޔަނދުރަކަށެވެ. އަހަރެން ހަތަރެސްފައިން އެކަން ގަބޫލުކުރަމެވެ. މިވޭތުވެދިޔަ އަހަރުތަކުގައި އެމީހާގެ ފަރާތުން ކިތަންމެ ބައިވަރު ހިތްދަތި ކަމެއްވަނީ ދިމާވެފައިއެވެ. ބައްޕައަކީ މިކަހަލަ ވާހަކަތައް ހިއްސާކުރާ ވަރަށްވުރެން ހަރުކަށި މިޒާޖެއްގެ މީހެކެވެ. އެހެންކަމުން އަހަރެން ކިތަންމެ ފޫހިވެ ހިތްހަމަނުޖެހުނަސް ބައްޕައާއި އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ދުވަހަކުވެސް ނޯންނާނެއެވެ.
މިހާރަކަށްއައިސް އެދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތަށް އިންތިހާ ދަރަޖައަށް ގިނަވެ ރޭގަނޑު ކުރާ ޒުވާބު އިތުރުވެއްޖެއެވެ. މިކަމުގެ ސަބަބުން ދަރިންނަށް އެކިގޮތް ގޮތުން ކުރާނެ އަސަރު އެއްވެސް ވަރަކަށް ވިސްނާ ނުލަނީބާއެވެ. މިކަމުގެ ސަބަބުން ސްކޫލްގައި ކިޔަވަން އިންނަ ވަގުތުވެސް ވިސްނެނީއެވެ، ފިލާވަޅެއް ނޭންގުނަށް ކްލާސް ކުއްޖެއް ގެއަށް ގެންނާކަށް ނުކެރެއެވެ. ރަހްމަތްތެރިޔާއަށް ގޭތެރެއިން އަހަންނަށް މިފެންނަ މަންޒަރު ފެނިދާނެތީއެވެ.
ޖެހިގެންއައި ދުވަހު އަހަރެން ސްކޫލްއަށްދާން ހޭލިއިރު ކޮޓަރީގައި އިތުރު މީހަކު އޮތްކަން ފާހަގަވެގެން ރަނގަޅަށް ބަލާލީއިރު އަހަރެންގެ ކޮޓަރީގައި ނިދާފައި އޮތީ ދޮންމަންމައެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. މިއޮއްހުރިހާ ދުވަހު އެހާވަރަށް މައްސަލަޖެހޭއިރުވެސް ނުވާކަމެއް މިއަދު ވީތީއެވެ. އަހަރެން އޭނާއާއި ވާހަކަ ދައްކާ ހިތްވެސް ނުވެއެވެ. ކޮންމެއެއްޗެއް ހީކުރިއަސް ހެޔޮކަމަށް އަހަރެން އޭނާއާއި އަނގައިން ނުބުނެ ތެދުވެގެން ހިނގައިގަތީ ފެންވަރައިގެން ރީތިވާންށެވެ. ސައިބޮއެގެން އަވަހަށް ސްކޫލްއަށް ދިޔުންއެއީ އަހަރެން ވަރަށް ހަލުވިކޮށް އަބަދުވެސް ކުރާކަމެކެވެ. ސަބަބަކީ އަހަރެން ވީހާވެސް އަވަހަކަށް އެތަނުން ސަލާމަތްވެގެން ދާންބޭނުން ވާތީއެވެ. ސްކޫލަށްދާން ބައްޕައަށް ގޮވުން އެއީދެން ފޫހިވާ އަނެއްކަންތަކެވެ. ފޫހިވިޔަސް އެހެންގޮތެއް މިކަމަކުވެސް ނޯވެއެވެ. ބައްޕަނޫން މީހަކާއިއެކު އެއްވެސް ތަނަކަށް ދިޔުމަކީ އަހަރެމެނެ އެންމެނަށްވެސް މަނާ ކަމެކެވެ. ނުވީތާކަށް ރަހްމަތްތެރި ކުދިންގެ ގޭގެއަށް އަހަރެން ދިޔުމަކީވެސް ބައްޕަ އެހާ ހިތްހަމަޖެހޭކަމެއް ނޫނެވެ. ފޫހިވެހުރެގެން ގޮސް ބައްޕަގެ ކޮޓަރިއަށް ވައިންއިރު ބައްޕައިނީ ހޭލާ ވަރަށް ބޮޑު ފިކުރެއްގައިއެވެ. އަހަރެން ފެނިފަ މިދަނީއޭ ބައްޕަ ބުނުމުން އަހަރެން ތައްޔާރުވެގެން އަވަހަށް ނުކުތީމެވެ.
އެދުވަހަށްފަހު އެއަންހެންމީހާ މުޅިންވެސް ނިދަނީ އަހަރެންގެ ކޮޓަރީގައިއެވެ. އަހަންނަށް އޭނާ އެތާއޮވެގެން ވާއުނދަގުލަށް ވުރެން އެދެމީހުން ކުރާޒުވާބު ކަންފަތަށް އަޑު ނީވޭތީ ވާފަސޭހަ މާބޮޑެވެ. މިގޮތަށް މަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެއްދުވަހަކު އަހަރެން ސްކޫލްއިން ނިމިގެން ގެއަށް އައިސް ވައިންއިރު ދޮންމަންމަ ފެންނަން ނެތުމުން ރަނގަޅަށް ކޮޓަރިތެރެ ބަލާލީމެވެ. އެނާގެ އެއްވެސް އެއްޗެއްވެސް ނެތެވެ. އަހަރެން ކޮސްކޮގާތުގައި އެހުމުން އޭނާ ނިކުމެގެން ދިޔައީ ކަމަށް ބުންޏެވެ. އަހަރެން ވީއުފާ ދެނެވޮޑިގެންވާނީ އަހަރެން ހެއްދެވި ފަރާތެވެ. ކޮންމެ ރެއަކު ކެނޑިނޭޅި އަޑުއަހަންޖެހޭ ބޭކާރު ވާހަކަތަކާއި ހިތްދަތި ދުވަސްތައް ނިމުނީކަން ޔަގީންވެ ހިތަށް ވެރިވީ އަމަށަކު އުފާވެރި އިޙްސާސްތަކެއް ނޫނެވެ. އަހަރެން އަބަދުވެސް ހިތައްއަރައެވެ. މާތްﷲ އަހަންނަށް މިކަހަލަ ދުވަސްތައް ދެން ދުވަހަކުވެސް މިންވަރު ނުކުރައްވާށިއެވެ.
Story ge nimun ehaa kamaku nudhey
Very nice
ވާނުވާ ނޭނގުނު 🙄
މީ ވާހަކައެއްތަ؟