މިވާހަކަ ލިޔަން އެހީތެރި ވެދެއްވި ހުރިހާ ބޭފުޅުންނަށްު ޝުކުރިއްޔާ..
ޒަޢީމަކީ ވެރިކަމުގައި ހުރިއިރު އަނިޔާވެރި ގޮތަކަށް އެކަންކުރި މީހެކެވެ. ޖަލުތަކާއި، ފަނޑިޔާރުގެތަކާއި، ފުލުހުންނާއި ސިފައިން ބޭނުންކުރީ ނުހައްޤުން މީހުން ހިފާ ހައްޔަރުކުރުމަށެވެ. އަދި ނާއިންސާފާއި އަދުލުން ބޭރުން ޙުކުމްކޮށް، ނުރައްކާތެރި ޖަލުތަކަށް ކުށެއްނެތް އާންމު މީހުންލައި ނުހައްޤުން އަދަބު ދިނުމަށެވެ.
ކަންމިހެން ހިނގަމުން ދަނިކޮށް މީނާގެ ވެރިކަންނިމިއްޖެއެވެ. ނާއިންސާފުން އަދަބު ލިބެމުންދާ މީހުންނެކޭ އެއްފަދައިން މީނާވެސް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރު ވެއްޖެއެވެ. ދެން އަޑުގެ ނެތް ތަނަށް އޮވެ ގޮވަނީ ހައްޤުނޫން އަދަބު ދެނީއެވެ. މިއަދު "ތިމާ ފޭހުނު އިލޮށިގަނޑު ތިމާ ލޮލަށް ހެރުނީއެވެ''.
ދެން އޭނާގެ ތިބި ހަތަރު ދަރިންގެ ތެރެއިން ދެ ދަރިން އޭނާއަށް އިންސާފް ލިބޭތޯ މަސައްކަތް ކުރަމުންދާއިރު އަނެއް ދެ ދަރިން އަނގައިންވެސް ނުބުނެއެވެ. މިކަމާ ސުވާލުކުރުމުން ބުނީ އެކުދިންވެސް މަސައްކަތް ކުރެޔޯލައެވެ. މިހެންވެ ބުނަނީ "ތިމާގެ ދަރިން ތިމާއަށް ދޮންފުތު ވާނެއެވެ''.
ޒަޢީމަށް މިހުރިހާ އަދަބެއް ނުހައްޤުން ދެނީ އޭނާގެ ކޮއްކޮ ޔާނިސްއެވެ. ތިރީސް އަހަރު ކާންދީ، ފަލަކޮށް، ކިޔަވަދީ އަރިހުގައި ގެންގުޅުނީ އޭރުވެސް ބަސްނާހާ، ބޮޑާހާކާ ޔާނިސް ރަނގަޅުވޭތޯއެވެ.
މިހާރު ޒަޢީމަށް އެނގުނީ "ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެކަމެވެ". މިހެން ޔާނިސްއާ ދިމާލަށް ޒަޢީމް ބުނުމުން ޔާނިސް ބުންޏެވެ. ކަލޭ ''އަލިވާގެއަށް'' ބޮޑުތަށިބަރި، "ކާމިނީގެއަށް" ކުޑަތަށިބަރި ފޮނުވި ދުވަސް ހަނދާންނެތުނީ ހެއްޔެވެ؟ ޒަޢީމެވެ. މީދަލަކަށް ދުވަހެއް އައިސްފިއްޔާ ހިކަންޖަކަށްވެސް ދުވަހެއް އަންނާނެއޭ ބުނާއަޑު ނާހަމު ހެއްޔެވެ. އަހަރެން ކަލޭއާއި ދެބަނޑު މީކަހަށްވުމުން އަހަރެންނަށް ތަފާތު ކުރީއެވެ. ނިކަމެތިކޮށް ކަންތައް ކުރީއެވެ. ނަމަވެސް މިއަދު ހަނދާންކުރާށެވެ. "ރައިވެރިޔެއްގެ ދަރިއަކަށްވެސް ހަތަރެތިން އެކަތި އޮވެއެވެ". މިކަމާ ހިތާމަކޮށް ގިސްލާ ރޮމުން ޒަޢީމްގެ ހަޔާތުގެ ދުވަސްތަށް ހުރަގޭގައި ވޭތުކުރަމުން ދެއެވެ.
ވަރަށް ރީތި??
ތިކުރާ ހިތްވަރަށް ހަމަ ސާބަސް. ?
ނައިސް
މަޖަލެއްނޫން
އައިށަތު ހިމާރު..ހާދަ ފޮނިވީ...😂
varah reethi vaahakaeh
މަޖަލެއްނޫން
މަޖަލެއްނޫން
Majaleh noon
' hehehehe
Yaameen n maumoon dho....
Majaleh noon
ނޮޓް ރިއަލީ ..... ބަޓް އޯކޭ 😜