9513 203

“އަހަރެން ބޭނުން އިތުރު ކައިވެންޏެއް ކުރަން…………..” ސަޖާއަށް ހީވީ މީހަކު ބާރުހުރި އެތިފަހަރަކުން އޭނާގެ މޫނުމަތީ ބޮނޑިއެއް އެޅިހެންނެވެ. ބަސްހުއްޓިފައި ތުންފަތުގައި ދަތްއަޅާލެވުނެވެ. އަތުގައި އޮތް ސިޓީއުރަ ބޮނޑިކޮށްލެވުނީ ހިތަށްކުރި ވޭނީ އަސަރެއްގެ ބޮޑުކަމުންނެވެ. ދެލޮލަށް ކުއްލިއަކަށް ޖަމާވި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ދެކޯތާފަތް ތެއްމާލިއެވެ.

“އަހަރެންގެ އެއްވެސް މައްސަލައެއްނެތް…..އެކަމަކު އަހަރެންގެ ޝަރުތެއް އެބަ އޮތް……….” ސަޖާ ވާހަކަދެއްކީ މުސްތަގްބަލާމެދު ފިކުރު ކުރަމުންނެވެ. އެންމެ ފަޅި ސިކުންތަކަށްވެސް މާހިލް ސަޖާގެ ހަޔާތުން ބީވާކަށް އޭނާ ބޭނުމެއްނޫނެވެ. ހަމައެކަނި ނަމެއްގައި އަންބެއްގެ ގޮތުގައި އިންނަންޖެހުނަސް ސަޖާއަށް އެންމެ ރަނގަޅެވެ.
“ކޮން ޝަރުތެއް؟” މާހިލް ސުވާލުކުރީ ކުރިން ހުރިގޮތަށް ހުރެއެވެ. ހީވަނީ ސަޖާ އާ ކުރިމަތިލާން ނުކެރިގެން ހުރިހެންނެވެ.

“މުޅި އުމުރަށް އަހަރެން މާޙިލްގެ އަންބެއްގެ މަގާމް ބައިންދާދީ…….އެވަރުން އަހަންނަށް ފުދޭ………..” ސަޖާގެ އަޑުގައިވީ ހިތްދަތިކަން މާހިލްގެ ކުލުނުނެތް ހިތަށްވެސް އަސަރުކޮށްފިއެވެ. އިސްއޮބާލައިގެން ހުރި މާހިލް އިސްއުފުލާލީ ސަޖާގެ ގިސްލުމުގެ އަޑަށެވެ. ނުރޯން ކިތަންމެ ހިތްވަރެއް ކުރިޔަސް އެކަންވީ ބޭކާރެވެ. އަމިއްލަ ހިތުގެ މައްޗަށް ބާރުފޯރުވޭ ވަރަށްވުރެން ސަޖާ، މާހިލް ދެކެވާ ލޯބި މާބޮޑަށްވެސް ބާރުގަދައީއެވެ.

” ހޫން އެންމެ ރަނގަޅު ސަޖާއިންނާނީ މުޅި އުމުރަށްވެސް އަހަރެން އަންބެއްގެ ގޮތުގަ……” ތިރީ ތުންފަތުގައި ސަޖާއަށް ދަތްއަޅާ ލެވުނެވެ. ސަޖާގެ ހިތްކުދިކުދިވެފައިވާވަރު މާހިލަށް ކުޑަކޮންވެސް އިޙްސާސްނުވެއެވެ. ރަހުމެއްނެތް މީހެއް ކުރިމަތީ ނުރޯންވެގެން ސަޖާބެލީ އެތަނުން ދުރަށްދެވޭތޯއެވެ.

” ސަޖާ ބުނަން އުޅުން ވާހަކަ ނުބުނަމޭނުން………..” ފާހާނާއަށްދާން ކުރިއަށް އެޅި ފިޔަވަޅާއެކު މާހިލްގެ އަޑަށް ސަޖާ ހުއްޓުނެވެ.

“އަހަރެން ބުނަން އުޅުނީ ދުވަސްކޮޅަކަށް ގެއަށް ގޮސްލަން ބޭނުމޭ……….”ސަޖާ ވާހަކަ ދެއްކީ ދެލޯމަރާ ބާރުކޮއްގެން ހުރެއެވެ. ހަޤީގަތް ހާމަކުރާކަން މިވަގުތު ސަޖާ ބޭނުމެއް ނޫނެވެ. މާހިލް ހަޔާތުގެ ހުންގާނު އެހެން ދިމާލަކަށް ދަތުރުފަށަން ނިންމާފައިވަނިކޮން ސަޖާ އެދޭން އުޅޭ ހަބަރަކުން ދަތުރުގެ މިސްރާބު ބަދަލުކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންވެ ސަޖާ ގެއަށް ދާވާހަކަ ބުނީ މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެއީކަމަށްވާތީއެވެ.

” އޯކޭ…..ހަމަ ދާންވީ…..ސަޖާ އެނބުރި އަންނަން ބޭނުންވީމަ އަންނަންވީ………” މާޙިލްގެ ޖަވާބު ނިކަން އޮމާނެވެ. އެންމެ ދެރަވެގެންދަނީ ކީއްވެގެންތޯވެސް އަހާނުލިއެވެ.
ފާހާނާއަށް ވަދެވުމާއެކު ސަޖާ ބޭނުންވީ ހިތްފުރޭންދެން ރޯލާށެވެ. އަތުގައި ބޮނޑިބޮނޑިކޮށްފައިވާ ސިޓީއުރަ މޭގައި ޖައްސާލަމުން ސަޖާ ރޮއެގަތެވެ. ސަޖާ ހީކުރީ އެކުޑަކުޑަ ކަރުދާސްކޮޅުގައިވަނީ ސަޖާގެ ޙަޔާތަށް ބަހާރު މޫސުމްގެންނާނެ ފަދަ އުފާވެރި ޙަބަރެއް ކަމަށެވެ. އެހެނަސް ތަޤްދީރު ރާވާފައިވާ ދަންތޫރައެއް އެއްވެސް މީހަކަށް ނުފެންނާނެއެވެ. ސަޖާވެސް އެދަންތޫރާގައި ރަނގަޅަށް ހައްޔަރުވީއެވެ. އެއުފާވެރި ޙަބަރު ދިނުމުގެ ކުރިން ދެލޯފަދަ ލޯބިވާ ފިރިމީހާ އޭނާ އުމުރަށް ނިޔާކަނޑައަޅާ ހުރަގެއަށްލީ ނަމަވެސް މިހާދެރަނުވީސްކަން ކަށަވަރެވެ.
ފާހާނާގައި ހޭދަވީ ކިހާ ވަގުތެއްކަމެއް ޙުދު ސަޖާއަށްވެސް ނޭގެއެވެ. ސަޖާ ފާހާނާއިން ނިކުތްއިރު މާހިލް އޮތީ ނިދާފައެވެ. ލިބުނު މާޔޫސްކަމުގައި ސަޖާވެސް އެއްޗެހި ބަދަލުކޮށްގެން އެނދުގެ ބިތްދޮށަށްއަރާ އޮށުވެތެވެ. ނިދީގެ ކަންފުޅެއްވެސް ނުވާއިރު ސަޖާ ވިސްނަމުންދަނީ އޭނާގެ ބަދުނަސީބު ދިރިއުޅުމާއި މެދުއެވެ.

*****

ގެއަށް ގެންދަން ބޭނުންވާ ހުރިހާ އެއްޗެއް ފޮއްޓަށް އަޅާ ނިންމާލިއިރުވެސް ސަޖާގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ. ދެލޯފޮހެލާފައި ރީތިވާމޭޒުގައި ހަރުކޮށްފައިވާ ލޯގަނޑުން މޫނު ބަލާލިއެވެ. ރަތްވެފައިވާ ދެލޮލާއި ދިރުން ގެއްލިފައިވާ މޫނުމަތިން އެތަށްހާސް ވާހަކައެއް ބުނެދޭ ކަހަލައެވެ.

ފޮށި ހިފައިގެން ސަޖާ ކޮޓަރިން ނިކުތްއިރު ކާމޭޒުދޮށުގައި ކޮޅަށް މަމްދޫހާ ހުއްޓެވެ. މަމްދޫހާގެ ކުރިމަތީ ދޮރަށް ފުރަގަސްދީގެން މާހިލްއިނެވެ.

ސަޖާ ފެނިފައި މަމްދޫހާ ދައްކަމުންދިޔަ ވާހަކަ މެދު ކަނޑާލިއެވެ. އަންނައުނު އަޅާ ފޮޢްޓެއް ހިފައިގެން ސަޖާ ކޮޓަރިން ނިކުތުމުން މަމްދޫހާ އޭނާއަށް ބެލީ ހައިރާންކަމުގެ ލޮލަކުންނެވެ.
” ސަޖާ ދަރިފުޅާ….ތީ ކޮންކަމެއް؟” މަމްދޫހާގެ އަޑަށް ބޭއިޙްތިޔާރުގައި މާހިލަށްވެސް ފަހަތަށް އެނބުރިބަލާލެވުނެވެ. މާހިލާ ހަތަރުކަޅި ބައްދަލުވި ވަގުތު ސަޖާ އިސްއޮބާލީ އަމިއްލަ ޖަޒްބާތުތައް ކޮންޓުރޯލް ނުވެދާނެތީއެވެ.

“ކޮންތާކަށް ދާން ތިއުޅެނީ…….” މަމްދޫހާއަށް ހިމޭނުން ހުރިފިޔަވަޅުމަތީ ހުރުންވީ އުނދަގޫ ކަމަކަށެވެ. މަމްދޫހާގެ އަޑުގައިވީ ކަންބޮޑުވުމެވެ. ތަނަކަށް ފުރައިގެން ދާ ވާހަކަ މާޙިލްވެސް ސަޖާވެސް ބުނެފައި ނެތީމައެވެ.

“ތަނަކަށް ފުރަނީތަ ؟” މަމްދޫހާ ވާހަކަދެއްކީ އެއްފަހަރު ސަޖާއަށް އަނެއްފަހަރު މާހިލަށް ބަލާލަމުންނެވެ. ދެމީހުން ފަރާތުންވެސް އޭނާ ހުރީ ޖަވާބެއް ބޭނުންވެފައެވެ.

“ގެއަށް……” ސަޖާ އިސްއުފުލާލައި މަމްދޫހާއަށް ބަލާލަމުން ހިނިތުންވެލީ ގަދަކަމުންނެވެ.

” ޗުއްޓީ ހަމަޖެހުނީމަ ދުވަސްކޮޅަކަށް ގޭގަ ހުރެލަން މިދަނީ………..މާޙިލްވެސް ވަރަށް ބިޒީކޮންވިއްޔާ އެ އުޅެނީ އެހެންވެ ކުޑަ ދުވަސްކޮޅަކަށް ގޮސްލަނީ…..” ސަޖާ ވާހަކަދެއްކި އިރު ލަސްކަމުން ހީވަނީ ދިވެހި ކިޔަން ނުފަރިތަ މީހަކު އެއްޗެއްގައި އޮތް ގޮތަށް ކިޔަން އުޅުނުހެންނެވެ.

“މަންމަމެންވެސް ހީވަނީ ވަރަށް އަވަހަށް މާމަ ކައިރިއަށް ދާނެހެން…….މާމަގެ ހާލުވެސް އެހާ ރަނގަޅެއްނޫން………” ސަޖާ ދައްކަމުންދިޔަ ވާހަކަ އިވުނަސް މާޙިލް އެއްވެސް އެއްޗެއް ނުބުނެއެވެ. ދޭތެރެއަކުން އަތުގައި ހުރި ކޮފީމަގުން އެތިފޮދެއް ބޯލައެވެ.

” އެހެންތަ؟ މަންމައަށް ސަލާން ބުނާތި….ސައިބޮއެގެންނޭނުންދާނީ އިށިއިނދޭ ސައިބޯން” މަމްދޫހާ ހިނިތުންވެފައި ސަޖާ ބުރަކަށީގައި ފިރުމާލިއެވެ.
“މާޙިލް ދާންވާންނު ސަޖާ އެކީ……” މަމްދޫހާގެ އަޑަށް މާހިލަށް ތެޅިގަނެވުނެވެ.

“މީ…..މީ…..އަހަރެން……” ސަޖާ އެކީ ނުދާންވެގެން ދައްކާނެ ބަހަނާއެއްވެސް މާހިލްގެ ދުލާހަމައަށް އެވަގުތު ނައެވެ.

“އެހެން ކަމަކު ނުދާނެ ފޮއްޓެއް ދަމަމުން ސަޖާއަށް ކިހާ އުނދަގޫވާނެ ދާން……މާޙިލް ވާނީ ސަޖާޔާއެކު ދާން…….” މަމްދޫހާ މާޙިލަށް ކުރީ ގަދައަމުރެވެ.
“އަދިވެސް އިންނަނީތަ ؟ ދޭ އެއްޗެހި ބަދަލުކޮށްގެން ސަޖާ ލާންދާން…………..” މާޙިލް ތެދުވެތީ ހިތާދެކޮޅަށެވެ. މަމްދޫހާގެ ކުރިމަތީ ދެއްކޭނެ ބަހާނާއެއް ނެތީމައެވެ. ސަޖާއާއެކު މާޙިލް ދާނެކަން އެނގުމުން ސަޖާއަށް ކުޑަހިތްހަމަޖެހުމެއް ލިބުނެވެ.

އެނބުރި މާޙިލް ކޮޓަރިން ނިކުތީ ނޫކުލައިގެ ޖީންސަކާއި ހުދު ޓީޝާޓެއްގައެވެ. މޫނުމަތީގައި ހިނިތުންވުމެއް ނެތްއިރު ރުޅިވެރިކަމެއްވެސް ސަޖާއަކަށް ނުފެނުނެވެ. ފެރީއަށް އެރެންދެންވެސް ދެމީހުންގެ ދެމެދުގައިވީ މަރުގެ ހިމޭންކަމެވެ. ހީވަނީ އެކަކުވެސް ވާހަކަނުދައްކަން ހުވާކޮށްގެން ތިބިހެންނެވެ.

*****

ޖަލީލާއި ސަރުމީލާ ތިބީ ހެނދުނުގެ ނާސްތާކުރާށެވެ. ދެމީހުންވެސް ދައްކަމުންދިޔައީ ޖޫލީގެ ވާހަކައެވެ. ޖޫލީގެ ހާލާއިމެދު އެދެމަފިރިން މާބޮޑަށް ފިކުރުބޮޑުވަނީއެވެ. ސަރުމީލާއަށް އެވާހަކަ މާގިނައިން ދެއްކެނީ އެހެންވެއެވެ.

“ޖޫލީ ބޭނުންވަނީ ކުޑަކުދިން ހިޔަލުން ކުއްޖަކު ގެނެސްގެން ގެންގުޅެން…..ޖަލީލަށް ފެނޭތަ އެ ރަނގަޅު ކަމަކަށް…….” ޕާން ފޮތީގައި ޖޭމް ހާކަމުން ސަރުމީލާ ވާހަކަ ދެއްކިއެވެ. ޖަލީލް މޫނުގެ ކުލަވަރު ބަދަލުވިތަން ސަރުމީލާ ނިކަން ރީތިކޮން ދުއްޓެވެ. އިސްޖަހާލަމުން ޖަލީލް އާއެކޭ ބުނަން ބޯހަލުވާލީ ދެލޯމަރާލަމުންނެވެ. ޖަލީލްގެ ހިތްރޮއްވާލީ އޭނާގެ ނަސީބާއިމެދު ކަރުނަ އަޅާހާލުއެވެ.

” ނަ…………..ނަވީންގެ ހިޔާލަކީ ކޮބާ؟ ” އެއިން ގޮތަށް އިނދެ ޖަލީލް އަހާލިއެވެ.

” ޖޫލީ އެދޭކަމަކަށް ނަވީން ނޫނެކޭ ނުބުނާނެ…………..” ސަރުމީލާ ގެ އަޑުގައިވީ ޔަގީންކަމެވެ. ޖަލީލްވެސް ދެލޯ އުނގުޅާލާފައި ކެއުމައިގެން މަސްއޫލުވެއްޖެއެވެ.

ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލީ ގޭގެ ބެލްއަޑަށެވެ. ދެމީހުން އެކަކު އަނެއްކެއްގެ މޫނަށް ބަލާލީ ތެދުވެގެން ދާނެ މީހެއް ނޭގިތިބެއެވެ. ސަރުމީލާ ތެދުވަން ނޫޅުމުން އެންމެފަހުން ޖަލީލް ގޮސް ދޮރުހުޅުވާލިއެވެ. ވަރަށް ކުޑަކުޑަކޮން ހުޅުވާލި ދޮރު ބޮޑަށް ހުޅުވާލަން ޖަލީލަށް މަޖްބޫރުވީ ދޮރުމަތީގައި ހުރި ސަޖާ ފެނިފައެވެ. ޖަލީލް އެއްފަރާތަކަށް ޖެހިލީ ސަޖާ ވަންނަން ތަންދައްކާށެވެ. ކައިރީގައި ހުރި ފޮށީގައި ހިފާ ސަޖާ އެތެރެއަށް ވަންނަން އެޅި ފިޔަވަޅާއެކު ޖަލީލަށް ބަލާލެވުނީ ސަރުމީލާ އާ ދިމާލަށެވެ. ސަރުމީލާއަށް ކާން އަނގަޔާ ކައިރިކޮށްލި ޕާންފޮތި ތަށީގެ ތެރެއަށް ދޫކޮށްލެވުނެވެ. ބިރެއް ފެނިގެން ތެދުވާހެން ގޮނޑިދަމާލާފައި ތެދުވަތްއިރު ދެލޯވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސަޖާ ހުރީ ތިރީތުންފަތުގައި ދަތްއަޅާ ބާރުކޮށްލައިގެންނެވެ. އިންތިހާއަށް ލޯބިވާ މަންމަޔާއި ބައްޕަގެ ކުރިމަތީ ރޮވިދާނެތީއެވެ.

“މަ…..މަންމާ.! ” ސަޖާ ސަރުމީލާގެ ގައިގާ އޮޅުލައިގަތެވެ. ބަސްހުއްޓިފައި ޖަލީލް ހުރިގޮތުން ސަރުމީލާ އަތުގެ އިޝާރާތުން އެންގީ އެތަނުން ދިއުމަށެވެ. ދެމައިންނަށް ފުރުސަތުދީފައި ޖަލީލްވެސް އެތަނުން ދިޔައީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ. ޖަލީލް ގޮސް ލޮލުކޮޅަށް ގެއްލުމުން ސަރުމީލާ ސަޖާގެ ކޮނޑުގައި ހިފާ ތެދުކުރުވިއެވެ.

” ހހހހ……….ކިހިނެތް ވީ ދަރިފުޅާ…..” ސަރުމީލާގެ މޫނުމަތިންނާއި އަޑުގައިވީ އިންތިހާ ބިރުވެރިކަމެވެ. ލަމުންދިޔަ ނޭވާގެ އަޑު ބާރުވެފައި އަޑުގައިވެސްވީ ތުރުތުރު ލުމެވެ.
” މަންމާ…..މަންމާ އަހަރެން ބަނޑުބޮޑު………” ސަޖާ ގިސްލުމުގެ އަޑުބޭރު ވެދާނެތީ އަނގަމަތީގައި އަތް އަޅާލެވުނުއިރު ދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. ސަރުމީލާއަށް އަނގަނަގައިގެން ހުރެވުނީ ހޭންވެސް އަދި ރޯންވެސް ނޭގިގެންނެވެ. ގަބޫލުކުރަން ދަތިވެފައި އެތަށް އިރަކު ހުރުމަށްފަހު ސަޖާ ގައިގާ އޮޅުލައިގަތެވެ.

” އަލް ޙަމްދުﷲ …….ހަމަ ތެދެއްތަ ދަރިފުޅާ……..މަންމަ ވަރަށް އުފާވެއްޖެ ވަރަށް ވަރަށް އުފާވެއްޖެ ” ސަރުމީލާގެ ލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ. ސަޖާ ކޮނޑީއެއްގައި ބޭންދުމަށްފަހު ސަރުމީލާ އެކުއްޖާގެ ބޮލުގައި ފިރުމާލިއެވެ.

” ފޮށިހިފައިގެން އައިމަ ބިރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާ………….” ސަރުމީލާއަށް އުޅޭ ގޮތުން ހީވަނީ ބިންމަތީގައި ފައި ހަރުމުލައިގެން އުޅޭހެންނެވެ.
” މާހިލް އޮފީހުގަ އުޅޭލެއް ބިޒީކަމުން ދުވަސްކޮޅަކު މަންމަ ކައިރީ ހުންނަން ބޭނުންވީ …………………” ހިތުގައިވީ ހިތާމަތަށް އެއްފަރާތް ކުރަމުން ސަޖާ ވާހަކަދެއްކީ ސަރުމީލާ އުފާވާ ފަދައިންނެވެ.

” ފެރީގަ ދަތުރުކުރުމަކީ ފަސޭހަކަމެއް ނޫން……..ދަތުރެއް ނިމޭއިރަށް ދެތިން ފަހަރު ހޮޑުލާން ޖެހޭ…..އަނެއްކާ އޭގެތެރޭގަ އެއޮތް ދުވާ ނުބައި ވަހެއް……” ސަޖާ މޫނު ކުނިކޮށްލި ގޮތުން ސަރުމީލާއަށް ހެވުނެވެ.

” ދަރިފުޅު ދާންވިއޭނުން މަންމަ ކޮޓަރިއަށް އޮށޯވެލަން ………ދަރިފުޅު ކޮޓަރި ޖެހޭނީ ސާފް ކޮށްލަން ބޭނުން ނުކުރާތި ހުންނާނީ ވަރަށް ހިރަފުސްވެފަ……..” ސަޖާ ތެދުވެތީ ބަސްއަހާ ކުޑަކުއްޖަކު ފަދައިންނެވެ. ސަޖާ އުޅުނީ ފޮށިވެސް ހިފައިގެން މައްޗަށް ދާށެވެ.

” ފޮށި ބަހައްޓާ ……ބައްޕަ ކައިރީ ބުނާނަން ގެންގޮސްދޭށޭ……..” ސަޖާ ބޯޖަހާލާފައި އަވަހަށް ބެލީ އެތަނުން ދެވޭތޯއެވެ. އެކަނިވެލަން އޭނާ އިނީ އިންތިހާއަށް ބޭނުންވެފައެވެ. ހިތުގައިވާ ޒަހަމްތަކުގެ މަތިން މަލަންއަޅައިގެން އެހެންމީހުންގެ ލޯތަކަށް އެޒަހަމްތައް ފޮރުވައިގެން ކެތްކޮށްލެވޭނީ ކިހާ ދުވަހެއް ވާންދެންބާއޭ އޭނާގެ ހިތަށް އަރައެވެ.

*****

ބަޝީރާގެ އަތަށް ގޭގެކުރެހުން ނަވީން ގެނެސްދިނުމުން ދެއްކި ވާހަކައިގެ ހަޤީޤީކުލަ ޖެހޭނެކަން އޭނާއަށް ޔަގީން ކުރެވުނެވެ. ކުރެހުމަށް ބަލަން އެތަށް އިރަކު އޭނާއަށް އިނދެވުނެވެ. މިއީ އޭނާ ހުވަފެނުގައިވެސް ދެކުނު ކަމެއް ނޫނެވެ. ކުޑައިރުންސުރެން އުޅުނީ މާ ފޯރާ ދިރިއުޅުމެއްނޫނެވެ. އިތުރަށް ބަޝީރާ ބިކަވީ ބަޝީރާގެ ބައްޕަ ނިޔާވުމުންނެވެ. ތުއްތު ތުއްތު ލައިބާ ގޮވައިގެން މަސައްކަތް ކުރަން ފެށީ ބަނޑުފުރާނަ މުއްތިކުރެވޭނެ އިތުރު ގޮތެއް ނެތީމައެވެ. ލައިބާ އެވަރުކޮށްފައި އެހުރީ ބަޝީރާގެ މިންނެތް މަސައްކަތުންނެވެ. ބަޝީރާ ކެތްތެރިކަމާއެކު އެދަރިފުޅު ހެޔޮގޮތުގައި ބޮޑުކުރީތީ އޭގެ އުފަލާއި ހެޔޮ ދަރުމަފެންނަން ފަށާފިއެވެ. ބަޝީރާ އެތަށް ހާސްފަހަރަކު ﷲ ކިބަޔަށް ޝުކުރުކުރިއެވެ.

” މަންމާ………” ދެލޯމަރާއިގެން އިން ބަޝީރާއަށް ބަލަން ލައިބާ އެތާ ހުންނަތާ ކިތަންމެ އިރެކެވެ.

” އޫ….ން ……..ކީކޭ….؟ ” ބަޝީރާ ދިޔައީ ސިއްސައިގެންނެވެ. އެތަނަށް މީހަކު އައިކަމުގެ ހިލަމެއްވެސް އޭނާއަކަށް ނުވެއެވެ.

” ތީ ކޮންކުރެހުމެއް…….؟” ކުރިއަށް އެޅި ފިޔަވަޅާއި އެކު ލައިބާގެ ސަމާލުކަން ދަމައިގަތީ ބަޝީރާ އުނގުގައި އޮތް ކުރެހުމަށެވެ.

” ނަވީން އަހަރެމެންނަށް ގެހަދައިދެނީނުން………ތިރީގަ ފިހާރައެއް މަތީގަ އަހަރެމެނަށް އުޅެވޭ ގޮތަށް………….” ނަވީން ލައިބާ ކައިރީ އެކަހަލަ ވާހަކައެއް ދައްކާފައި ނުވާތީ ލައިބާ ހުރީ ރަނގަޅަށްވެސް އަންތަރީސްވެފައެވެ. އިވެމުންދަނީ މުޅިންވެސް އާ ވާހަކަތަކެއް ކަމަށް ވީތީއެވެ.

” ނަވީން ނުވެސް ބުނޭ…………” ކުރެހުން އަތަށް ނަގައިގެން ހުރެ ލައިބާ ބުނެލިއެވެ. ގަބޫލު ނުކުރެވިގެން ދެތިން ފަހަރަކު އެކުރެހުމަށް ބަލާލިއެވެ.

” މާދަން މަސައްކަތްފަށަން މީހުން އަންނާނެ ވާހަކަ ބުނެފައި އޮތީ ….” ބަޝީރާ އިތުރަށް އޮޅުން ފިލުވައިދިނެވެ. ބަޝީރާ އުފާވެފައި އިންވަރު އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތަކުންނާއި އަޑުން ކިތަންމެ ރަނގަޅަކަށްވެސް ލައިބާއަށް ޔަގީން ކުރެވުނެވެ. ފާތުންގެއަށް ކަމަށް ބުނެ ލައިބާ ބޭރަށް ނިކުތީ ކުރެހުން ބަޝީރާ އަތަށް ދީފައެވެ.

*****

ހަފްތާއެއް ފާއިތުވެގެން ދިޔައީ ލައިބާ ހީކުރިވަރަށް ވުރެން މާއަވަހަށެވެ. ލޯތްބާ އުފާވެރިކަން އިންތިހާއަށް ލިބެމުން ދިޔަ ދެހަށި އަނެއްކާވެސް ދެތަން ކުރުވަނީއެވެ. އަނެއްކާވެސް ނަވީން ލައިބާ އާ ވަކިވަނީއެވެ. އެނބުރި މާލެ ދަނީއެވެ. ނުތަނަވަސްވެފައިވާ ހިތަކާއި އެކު ނަވީންގެ ދަބަސް ތައްޔާރު ކުރަމުންދިޔަ ލައިބާ އިރުއިރުކޮޅާ ދެލޯ ފޮހެލައެވެ. އިންތިހާއަށް ލޯބިވާ ފިރިމީހާއާ ދުރުގައި އެންމެ ފަޅި ސިކުންތެއްގައިވެސް ކެތްކޮށްލުމަކީ ލައިބާއަށް މިހާރު ފަސޭހަކަމެއްނޫނެވެ. ނަވީންގެ ފަރާތުން ހިތްފުރޭވަރަށް ލޯބިވަނީ އޭނާއަށް ލިބިފައެވެ. ނަވީން ނިކުތީ ފެންވަރާއިގެންނެވެ. ބޮލުން ފައިބަމުންދިޔަ ފެންތިކިތައް އުނަގަނޑުގައި އޮޅާލާފައިވާ ހުދުތުވާލީގެ ތެރެއަށް ގޮސް ގެއްލެއެވެ. އިރުކޮޅަކު ލައިބާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ލައިބާގެ ފުރަގަހުންގޮސް ބައްދާލިއެވެ. ނޭގިހުއްޓާ އެފަދަ ސަމާސާއެއް ކުރުމުން ލައިބާގެ އަނގައިން ބޭރުވީ މަޑު އާހެއްގެ އަޑެވެ.

” އައްދެ………މިހާރު ރޮނީތަ؟ ” ނަވީންގެ ކަންފަތާ ހަމައަށް ލައިބާ ނޭފަތްދަމާ އަޑު ފޯރައްޖެއެވެ. ކިތަންމެ ސިއްރުކުރިޔަސް އެކަން ނަވީނަކަށް ސިއްރެއް ނުވިއެވެ.
” ބޭގް ރެޑީވީތަ ؟ ” ނަވީން އެހުރިގޮތަށް ހުރެ އަހާލިއެވެ.

” ހޫމް……..” ލައިބާގެ ޖަވާބުކުރެވެ.

ދެމީހުން އަތާއަތް ޖޯޑުކޮށްގެން އަތިރިމައްޗަށް ނިކުތްއިރު އެތަށް ބައެއްގެ ލޯ އެދެމީހުނަށް އަމާޒުވިއެވެ. އެއްބަޔަކު ހަސަދަވެރިކަމުގެ ބެލުމުން ހިތް އަނދަމުންދިޔައިރު އަނެއްބަޔަކު އެޖޯޑު ލޯބިކަމުން އެސްފިޔަ ޖަހާލަން ބޭނުން ނުވެފައި ތިބި ކަހަލައެވެ.

” ވަރަށް މިސްވާނެ………” ލައިބާގެ އަޑު އިވުނީ ހިތުގެ އެންމެ ފުނުންނެވެ.

” އަހަރެންވެސް………” ވަދާއުގެ ސަލާންކޮއްލަމުން ނަވީން ބުނެލީ ހިނިތުންވުމެއް ތުންފަތްމައްޗަށް ގެންނަމުންނެވެ.

ނަވީން ހިނގައިގަތީ ލޯންޗަށް އަރާށެވެ. ލައިބާއާ ދުރަށް އަޅާ ކޮންމެ ފިޔަވަޅެއް އޭނާގެ ހިތުގައި ބިންވަޅު ކަނޑާ ނަގަމުން ދިޔައީ ވަރަށްވެސް ފުންކޮނެވެ.

” ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ…” ލައިބާ ހިތުގައިވީ އެ އިބާރާތެވެ. ހިތްއެދި ގޮވަމުން ދިޔައީ ނަވީނާ ވަކިނުވުމަށެވެ. މުޅި އުމުރު އެލޯބީ ލިބުމެވެ. އެހެނަސް ނަވީންގެ ދިރިއުޅުން ބިނާވެފައި އޮތީ މާލޭގައެވެ. އޭނާ އިންތިހާއަށް ލޯބިވާ އަންބެއް އެބަހުއްޓެވެ. ކުރަމުންދާ ވިޔަފާރިތައް އެބަހުއްޓެވެ. ކިތަންމެ ބޭނުންވިޔަސް އެހެން އެކަން ވާކަށް ނެތެވެ. ރަށުގެ ފަޅުން ލޯންޗު ނިކުތުމުން ލައިބާ ހިނގާ ގަތީ ގެއާ ދިމާލަށެވެ.

~ ނުނިމޭ ~

~ މިވާހަކަ ދެން ގެނެސްދޭނީ ކޮންމެ ޙަފްތާއެއްގެ އާދިއްތަ ދުވަހުއެވެ.~

 1. Avatar

  މިއަދު މީ އާދިއްތަ . އަދިވެސް ވާހަކަ އަޕް ނުވޭ. ވަރަށް ކިޔާ ހިތުން. އަވަހަށް ވާހަކަ އަޕް ކޮއްލަބަ.

 2. Avatar

  ކޮޔާ މިކަން ނުވަންޔާ ވެސް ބުނަގަ. އޭރުން އިންތިޒާރު ނުކުރަން އިނގޭނީ. ކިޔުންތެރިންނަށް ޖެއްސުންކުރާހެން ހީވަނީ ދެން.

 3. Avatar

  ކޮޔާ މިކަން ނުވަންޔާވެސް ރީތިކޮށް ބުނަގަ. މަމެންނަށް ޖެއްސުން ކުރަންތެ ތިޔަ ލަސްކުރަނީ

 4. Avatar

  ދެން އަޅެ ކިހާދެރަ ކަމެއްމީ! ކޮންމެވެސް ޖަވާބެއް ނަަމަވެސް ދޭން ވެއްޖެ އެއްނު މިހާރު!

 5. Avatar

  ރޯދަމަސް ކަމަށްވާތީ ކުރިއަށް އޮތް 30 ދުވަހަށް އިތުރު އެއްޗެއް ނުކިޔާ މި މުއްދަތަށް ނެގެޓިވް ކޮމެންޓްސް ކުރުން ހުއްޓާލަމެވެ.

 6. Avatar

  މަހަކު ޕާޓެއް ގެނެސްދިނަކަސް ނުވާނެ ދޯ! ވާހަކަ އެއްކޮށް ލިޔެ ނިންމާފަ ގެނެސްދޭން ފެށިއިރުވެސް ހަފްތާގެ އެންމެ ދުވަހަކު ވާހަކަ ގެނެސްދޭން ބުނެފަ އިނީ.އެކަމު އެކަންވެސް ބަރާބަރަށް ނުކުރެވޭ.ތިއީ ކިޔުންތެރިން ލިޔުންތެރިޔާ ދެކެ ފޫހި ކުރުވާނެ ކަމެއްކަން އެގޭތަ؟

 7. Avatar

  ދެން އެންމެ އަވަހަށް ވެސް މިވާހަކަ އަޕްވާނީ އަންނަ އާދީއްތަ ދުވަހު… ވާހަކަ އަޕްކޮށްފަ ތިރީގަ އޮންނާނެ “މިދިޔަ އާދީއްތަ ދުވަހު ވާހަކަ އަޕްނުކުރެވުނުކަމަށްޓަކާ މައާފަށް އެދެން” މިހެން….ތިހާ ބިޒީވެ މިކަން ނުވާނެންޏާ ދެން މިކަން ހުއްޓާލަން ވީނުން…

 8. Avatar

  އަަޅެ ވާހަކަ ހުއްޓާ ނުލައްޗޭ… ރަހުމަތް ލައްވާނެ..އަ..އަނެއް ބައި ގެނެސްދީބަލަ އަވަހަށް … މިހާރު ކިޔާހިތުން އުޅޭތާ ކޮން ދުވަހެއް… އަޅެ ޕުލީސް ޕުލީސް ޕުލީސް ޕުލީސް ޕުލީސް ޕުލީސް ޕުލީސް?????????????????????????????????????????????????????????

 9. Avatar

  އެކަމަކުވާ ބޮޑުވަރު…. 2 މަސް ކޮށްފަ އައިސް 2 ބައި ލިޔެފަ 2 ހަފްތާ ވީއިރުވެސް ބަހަބަރު…. މިވަރުގެ އިތުބާރުނެތް ލިޔުންތެރިއެއް ދުވަހަކު ދިމާނުވޭ!

 10. Avatar

  މި ހަފްތާގަވެސް އާދިއްތަ ނާންނަނީ ކަމަށް ވާނީ. ސްކޫލްގަ ނުބައިކޮށް ކަންނޭންގެ ހަފްތާގެ ދުވަސްތައް ކިޔަވާދިނީ.

  އާދިއްތަ އަކީ މިހާރު ކޮންމެ މަހަކު 1 ފަހަރު އަންނަ ދުވަހެއް.

ޚިޔާލު ފޮނުއްވާ