ލައިބްރަރީ

ލިޔުންތެރިންގެ ގަވާއިދު:

ވާހަކަ.ކޮމް ގެ މައިގަނޑު އަމާޒަކީ ދިވެހިބަހުގެ ލިޔުންތެރިކަމުގައި ހިމެނޭ މުހިންމު ބާވަތެއް ކަމުގައިވާ ވާހަކަތައް ލިޔެ، ކިޔުންތެރިންނަށް ހިއްސާކުރާނެ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ. މި އަމާޒަށް ވާސިލްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޮރުކޮށްދެވޭނީ ހަމަގައިމުވެސް މި ވެބްސައިޓަށް ވާހަކަތައް ފޮރުކޮށްދޭނެ ލިޔުންތެރިންނާއި ކިޔުންތެރިންނަށެވެ. ނަމަވެސް މިވެބްސައިޓުން ގެނެސްދޭ ވާހަކަތަކުގެ ފެންވަރާއި އުސްލޫބު ހިފެހެއްޓައި، ވެބްސައިޓްގެ އަމާޒަށް ވާސިލްވުމަށް ލިޔުންތެރިންނާއި ކިޔުންތެރިން އަމަލު ކުރަން ޖެހޭ އުސޫލުތަކެއްވެއެވެ. އެއީ:

  • ވާހަކަ.ކޮމް ހުރިހާ ވިސްނުމެއް، ފިކުރެއްގެ ލިޔުންތެރިންގެ ވާހަކަތަކަށް މަރުޙަބާ ކިޔައެވެ. ނަމަވެސް އަޚްލާޤީ ފެންވަރު ދަށް، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމް ދީނާއި ޚިލާފު، ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަމަށް ބުރުއާރާފަދަ ވާހަކަ، ލިޔުން އަދި ޚިޔާލު ވާހަކަ.ކޮމް އިން ނެގުމުގެ ބާރު ވާހަކަ.ކޮމް އަށް ލިބިގެންވެއެވެ.
  • ވާހަަކަތައް ޝާއިއުކުރާއިރު ދިވެހިބަހުގެ ގަވާއިދަށް ވީހާވެސް ބޮޑަށް އިހުތިރާމްކޮށް އަމަލުކުރުމަށް އެދެމެވެ. ލިޔުންތެރިން ޝާއިއުކުރާ ވާހަކަތަކަކީ ވާހަކަ.ކޮމްގެ އެޑްމިން ޓީމްއަށް އެޑިޓްކުރެވޭ ވާހަކަތަކަކަށް ނުވާތީ ހުރިހާ ލިޔުންތެރިން މި ނުކުތާއަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.
  • ވާހަކަ.ކޮމްގެ ޕްލެޓްފޯމް މެދުވެރިކޮށް ކިޔުންތެރިން، ވާހަކަތަކަށް ރައްދުކުރާ ފާޑުތަކަށް ރައްދުދިނުމުގައި އެއްވެސް ކިޔުންތެރިއަކަށް ޒާތީ ގޮތުން ފާޑުކިޔައިގެން ނުވާނެއެވެ. އަދި ކިޔުންތެރިންވެސް ލިޔުންތެރިންނަށް ފާޑުކިޔުމުގައި ހަމައެކަނި ބިނާކުރަނިވި ފާޑުކިޔުން ކިޔުމަށް އެދެމެވެ.
  • މިވެބްސައިޓްގައި ލިޔުންތެރިއަކު، އަމިއްލަ ވާހަކައެއްގެ ނަމުގައި އެހެން ފަރާތެއްގެ ވާހަކައެއްލުމަކީ މުޅިން މަނާކަމެކެވެ.

މަތީގައި ބަޔާންކުރެވިފައިވާ އުސޫލްތަކާއި ޚިލާފުވާ ފަރާތްތަކަށް ނަސޭހަތް ދިނުމަށްފަހު ފިޔަވަޅެއް އަޅަން އެޑްމިން ޓީމަށް ފެނިއްޖެނަމަ، އެ ފަރާތަކާއި މެދު ތަފާތު ކުރުމެއް ނެތި ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.

#ލިޔާނެ މީހުން ލިޔާނެ، ކިޔާނެ މީހުން ކިޔާނެ