Sale

މަވެށި – ނަސީބު ދެރަ ކޮވެލި

100.00  85.00 

ކޮވެލި މިވީ ވަރަށް މަކަރުވެރި ދޫންޏަކަށެވެ. ބިސްއަޅަން ހޯދީ ކާޅު ހާއްޔެކެވެ. ކާޅަށް ނޭނގި ހާއްޔަށް ބިސްއެޅިއެވެ. ކާޅުވެސް އެޅި ދެބިހާއި، ކޮވެލީގެ ބިހާއެކު ބިސްތައް ފީކުރިއެވެ.

ޅަދެކާޅާއި އެކު ޅަކޮވެއްޔެއް ބިސްތަކުން ނުކުތެވެ. މަންމަ ކާޅު ނިކަން ރަނގަޅަށް އެތިން ސޮރަށް ފަރުވާތެރިވެ ބަލާ ބޮޑުކުރަމުން ދިޔައެވެ. މަންމަ ކާޅަށް ހާލީގައި ކޮވެލި ބިހެއް އޮތްކަމެއްވެސް އަދި އުފަންވުމުން ޅަކޮވެއްޔެށް ބަލާބޮޑުކުރެވޭ ކަމެއްވެސް ނޭނގެއެވެ.

މަންމަ ކާޅު އެތިންސޮރު ބަލާ ބޮޑުކުރުމުގެ ތަކުލީފު އުފަލަމުންދިޔައެވެ. ކޮވެލި އެއްވެސް ބުރައެއް ނެތި މަކަރުވެރި ކަމާއެކު މަޖާކުރުމުގައި އުޅެމުން ދިޔައެވެ.

ޅަކޮވެލި ފަތްފަޅައި އުދުހެން ފެށުމުން ކޮވެލި ބޭނުންވީ މަންމަ ކާޅު އަތުން ޅަ ކޮވެލި އަތުލާށެވެ. އެކަމަށް ފާރަވެރިވެ މަސައްކަތް ފެށިއެވެ. ކޮވެލި އެކަންވެސް ހާސިލްކުރިއެވެ. އަތިރިމަތީ ބޯކަށިކެޔޮ ގަހެއްގައި އިންދާ ކާޅަށް ނޭނގި ޅަކޮވެލި ގޮވައިގެން ފިލީއެވެ. އެހެންނަމަވެސް ޤުދުރަތުގެ ނިޔާ ދެކޭށެވެ. މަކަރުވެރި ކޮވެއްޔަށް ނަސީބުދެއްކި ގޮތް ދެކިބަލާށެވެ.

825 in stock

SKU: VK03/2019 Category:
އައިއެސްބީއެން ނަމްބަރު

9789-99915-54-50-1

ބަސް

ދިވެހި

ސަފްހާގެ އަދަދު

18

ސައިޒް

އޭފައިވް

Shopping cart

0

No products in the cart.

Hit Enter to search or Esc key to close