100.00 .ރ
އެހިތްފަސޭހަ ދުވަހު އެކުވެރި ތިން މިޔަރު ނުކުތީ ބުރެއްޖަހާލާށެވެ. އުފަލުންތިބެ ރަށުގެ އުރަފަށުން ހުރަސްކޮށް ކަނޑުތެރެއަށް ވަދެ، ތިލަމައްޗަށް ދެވުމުން ތިލަމަތީ ނިކަން މަޖާނެގިއެވެ. ބަނޑުފުރާލައި، އެހެން މަސްތަކާއެކު ބުރުޖަހާލާ ހެދިއެވެ.
އެކުވެރި ތިންމިޔަރުގެ އެއުފާވެރި ވަގުތުތަކަށް ނިމުންއައީ އެހާމެ ހިތިކޮށެވެ. ނިދަންމިޔަރު އަނެއް ދެ އެކުވެރިންނަށް ނަޞޭޙަތްތެރި ވިއެވެ. ނަމަވެސް އެ ދެމިޔަރު އިސްކުރީ ގޮތް ދޫނުކުރުމެވެ.
ނަތީޖާއަކީ މަސްހިފަން ތިލަމެދަށް އިންސާނުންތަކެއް ފައްތާފައިހުރި ދަލެއްގައި ވޮށިމަސް މިޔަރާއި ކާލިގަނޑު މިޔަރު ޖެހުމެވެ. އެދަލުން ސަލާމަތް ނުވެވުމެވެ.
އެއުފާވެރި ދުވަހުގެ ނިމުންއައީއެވެ. ނިދަންމިޔަރު އެނބުރި ފަޅުގެ އޮޅުގަނޑުތެރެއަށް ދިޔައީ މޮޅިވެރި ކަމާއެކުއެވެ. އަނެއް ދެއެކުވެރިން ގެއްލުމުގެ ހިތްދަތިކަމާއެކީއެވެ.
798 in stock
އައިއެސްބީއެން ނަމްބަރު | 9789-99915-54-47-1 |
---|---|
ބަސް | ދިވެހި |
ސަފްހާގެ އަދަދު | 18 |
ސައިޒް | އޭފައިވް |