ވާހަކައިގެ ދުނިޔޭގެ އާ ވާހަކަ:

ވާހަކަ.ކޮމް

ދިވެހި ލިޔުންތެރިކަމުގެ ފަންނަށް އާބާބެއް:

އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅަދާނަ އަދި ފަންނުވެރި އެތަކެއް ލިޔުންތެރިންތަކެއް އުޅެމުން ދެއެވެ. މިފަދަ ލިޔުންތެރިން މިދާއިރާއިން އިތުރަށް ބޭނުންވަނީ ކުޑަ ހިތްވަރަކާއި އެކަށީގެންވާ ޕްލެޓްފޯމްއެކެވެ. އިރާދަކުރެއްވިއްޔާ ވާހަކަ.ކޮމް އަކީ މި އެކުވެރިޔާއެވެ. ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ހުއްޓަސް އަތުގައި ފޯނު/ލެޕްޓޮޕް އޮވެއްޖެނަމަ ހާސްކަން ފިލުވާލާށެވެ. ވާހަކަ.ކޮމް އަކީ ތިބޭފުޅުންގެ މުނިފޫހިފިލުވުމުގެ ހޮޅުއަށްޓެވެ.

އިހުސާސްތައް ވާހަކަތަކަށް ބަދަލުކޮށްލައްވާ!

އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވާހަކައާއި އަދަބީ ދުނިޔެއަށް ޝައުގުވެރިވާ ފަރާތްތަކަށް، އެފަރާތްތަކުގެ އިހުސާސްތައް ވާހަކަތަކުގެ ސިފައިގައި އާންމުންނަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށްވުމެވެ. އަދި ހަމަ އެފަދަ ފަރާތްތަކުން ކިޔާލަން ބޭނުންވާ ވާހަކަތައް އެފަރާތްތަކަށް ވާސިލްކޮށްދޭ ފާލަމަކަށް ވުމެވެ.

ވާހަކައިން:

ހޯދާ:
މި ވެބްސައިޓްގެ ޒަރިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ވާހަކަތަކަށް ޝައުގުވެރިވާ ހުރިހާ އުމުރެއްގެ ފަރާތްތައް އެއްތަނަކަުން ގުޅުވައިލެވިގެންދާނެއެެވެ. ކިޔާލަން ބޭނުންވަނީ ކޮންމެ ބާވަތެއްގެ ވާހަކައެއް ކަމުގައި ވިޔަސްމެއެވެ. ތިބޭފުޅުންގެ އަޅުގަނޑުމެންގެ ވާހަކަ ހޮޅުއަށިން އިޝްގީ ލޯބީގެ އަސަރުގަދަ ވާހަކަތަކުން ފެށިގެން ޖާދުވީ ދުނިޔޭގެ އިބުރަތްތެރި ވާހަކަތައް ފަދަ ތަފާތު ބާވަތްތަކުގެ ވާހަކަ ކިޔާލަން ލިބިވަޑައިގަންނަވާނެއެވެ. ލައްކަ ފަސޭހަކޮށެވެ.
ކިޔާ:
ވާހަކަ ކިޔުމަކީ ތިބޭފުޅާގެ ހިތާއި ގާތުން މަރުދޭ ކަމަކަށްވިޔަސް، ނުވަތަ ހުސްވަގުތުގެ ފޫހި ފިލުވަން ކުރާ ކަމަކަށް ވިޔަސް، ވާހަކަ.ކޮމް އިން ތިބޭފުޅުންގެ ހިތްތަކުން ވާހަކަތަކަށް ޚާއްސަ ޖާގައެއް ހޯދާނެއެވެ. އެކަން ކުރުމަށް މަގުފަހިކޮށްދޭނީ އަޅުގަނޑުމެންގެ މުއްސަނދި ވާހަކަ ހަރުގަނޑުތަކެވެ. އަޅުގަނޑުމެންގެ ވާހަކަ ހަރުގަނޑުން ތިބޭފުޅުން ޝައުގުވެރިވާފަދަ ފަދަ ވާހަކައެއް ފެނުނީހެއްޔެވެ؟ ހާސްނުވާށެވެ. ވާހަކަ.ކޮމް މެދުވެރިކޮށް ތިބޭފުޅުންނަށް އޮންލައިން ވާހަކަ ކަލެކްޝަނެއް ހެދިދާނެއެވެ.
ގުޅިލާ:
ވާހަކަ.ކޮމް ވެބްސައިޓް މެދުވެރިކޮށް ކިޔުންތެރިންނަށް އެންމެ ކަމުދާ ވާޙަކަތަކުގެ ލިޔުންތެރިންނާއި ކިޔުންތެރިންނާއި ސީދާ ގުޅުވާލަދޭނެއެވެ. މި ގުޅުމުގެ ތެރެއިން ކިޔުންތެރިންނަށް އެކިޔުންތެރިން ކިޔަމުންދާ ވާޙަކަތަކުގެ ލިޔުންތެރިންނާއި ސީދާ ވާހަކަދައްކާލާ، ޙިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކިޔުންތެރިންނަށް އެންމެ ކަމުދާ ވާހަކަތަކަށް އަންނަމުންދާ ބަދަލުތައް މަގުބޫލު ސޯޝަލް މީޑިޔާ އެޕްލިކޭޝަންތައް މެދުވެރިކޮށް ލިބޭނެއެވެ.
ލިޔެލާ:
ތިބޭފުޅުން ކިޔާލަން ބޭނުންވާ ޒާތުގެ ވާހަކައެއް އަޅުގަނޑުމެންގެ ފޮތް ހަރުގަނޑުގައި ނެތީހެއްޔެވެ؟ މިއޮތީ ތިބޭ ފުޅުންނަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ވާހަކަ.ކޮމް މެދުވެރިކޮށް ތިބޭފުޅުންގެ ސިކުނޑީގައި އެނބުރޭ ޚިޔާލުތައް ކުޅަދާނަ ވާހަކަތަކަށް ބަދަލުކޮށްލެވޭނެއެވެ. އަދި އަޅުގަނޑުމެންގެ މި ވެބްސައިޓުން ހިންގާ ވާހަކަލިޔުމުގެ ޚާއްސަ މުބާރާތްތަކުގައި ބައިވެރިވެގެން ތިބޭފުޅުންގެ ޚިޔާލުތައް އެންމެހާ ފަރާތްތަކަށް ވާހަކަތަކުގެ ސިފައިގައި ގެނެސްދެވޭނެއެވެ.

ދެން މިއޮތީ ފަށާނެ ގޮތް!

1. އަމިއްލަ ޕްރޮފައިލްއެއް ހައްދަވާ:

އެކައުންޓް ރެޖިސްޓަރ ކުރައްވާ:
ތިބޭފުޅާއަކީ އަޅުގަނޑުމެންގެ މިވެބްސައިޓަށް އަލަށް ޒިޔާރަތްކުރައްވާ ފަރާތެއްކަމުގައިވާނަމަ، ވެބްސައިޓަށް ވެދެވަޑައިގަންނަވާ ހިނދު، ލޮގިން ނުވަތަ ސައިންއަޕް ބަޓަންއެއް ފެނިވަޑައިގަންނަާނެއެވެ. މި ބަޓަންއަށް ފިއްތަވާލެއްވުމަށްފަހު ތިބޭފުޅުންގެ އީމެއިލްގެ ޒަރިއްޔާއިން ތިބޭފުޅުންނަށް ވާހަކަ.ކޮމްގެ ފަސޭހަތަށް ލިބިވަޑައިގަންނަވާނެއެވެ. އީމެއިލްއިން ސައިންއަޕްވުމުގެ ބުރަ އުފުލަން ބޭނުންނޫންކަމުގައިވާނަމަ ތިބޭފުޅުންގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށްވެސް ވާހަކަ.ކޮމްއަށް ސައިންއަޕް ވެވިދާނެއެވެ.
ޕްރޮފައިލް އަޕްޑޭޓް ކުރައްވާ
ސައިންއަޕް ގެ ކަންކަން ނިންމަވާލެއްވުމަށްފަހު ތިބޭފުޅުންނަށް ޕްރޮފައިލް އަޕްޑޭޓްކޮށް މައުލޫމާތު ފުރޭނެއެވެ. މީގެ ތެރޭގައި ޕާސްވޯޑް ބަދަލުކޮށް އަދި އާ ޔޫސަރ ފޮޓޯއެއް ލެވޭނެއެވެ. ޔޫސަރ ފޮޓޯ ހުންނަން ވާނީ 512*512 ރިޒޮލިއުޝަންގައެވެ. އީމެއިލް މެދުވެރިކޮށް ސައިންއަޕް ވެއްޖެނަމަ ފަހުން ފޭސްބުކް އެކައުންޓް ތިބޭފުޅާގެ ޕްރޮފައިލްއާއި ލިންކްކޮށް ވާހަކަ.ކޮމްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ލިބޭނެއެވެ.

2. ވާހަކަ އަޕްލޯޑްކުރައްވާ

މައިގަނޑު:
މަޤްބޫލު ވާހަކައެއް ލިޔެވެނީ އެވާހަކައެއްގެ މައިގަނޑުގެ ފުރިހަމަކަމުންނެވެ. ފޫހިކަމެއް ނެތި އެވާހަކަ ކިޔާ ނިންމާ ލެވޭނެނަމައެވެ. މިދެންނެވި ގޮތަށް ވާހަކައިގެ މައިގަނޑު ލިޔެ ނިންމާލެވިއްޖެނަމަ ތިޔައީ ކާމިޔާބު ވާހަކަ ލިޔުންތެރިއަކަށް ވެވިދާނެއެވެ. އެހެންކަމުން ވާހަކަ ލިޔުމުގައި ފުރިހަމަ ކުންނަކާއި އެކު މައިގަނޑު ފުރިހަމައަށް ލިޔުމުގައި ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
ބަނޑޭރިގަނޑު:
"ކަވަރަށް ނުބަލާށޭ، އެތެރޭގައިވާ އެއްޗެއް ބަލާށޭ" ބުންޏަސް އެންމެންވެސް ފުރަތަމަ ބަލާނީ ފޮތުގެ ބަނޑޭރިގަނޑަށެވެ. އެހެންކަމުން ވާހަކަ.ކޮމް ގެ ވާހަކަ ތަކުގެ ބަނޑޭރިގަނޑު ފުރިހަމަ ކުރުމުގައި އަޅުގަނޑުމެންގެ އެއް އަމާޒެވެ. ވާހަކަ ލިޔުމަށްފަހު ރީތި، ފުރިހަމަ ބަނޑޭރިގަނޑެއް އަޕްލޯޑް ކުރަންވާނެ، އެކަވަރު މިދެންނެވިހެން ފުރިހަމަ ނޫންނަމަ ވާހަކަ ޝާއިއުކުރުމުގެ ކުރިން އަޅުގަނޑުމެންގެ ގްރެފިކްސް ޓީމް އިން ތިބޭފުޅުންގެ ވާހަކަތަކަށް ޚާއްސަ ބަނޑޭރިގަނޑެއް ޑިޒައިންކޮށްދިނުމެވެ.
ސުރުހީ:
އަބަދުވެސް ކިޔުންތެރިންގެ ސަމާލުކަން ދަމައިގަންނަފަދަ އާދަޔާ ހިލާފު މޮޅު އަދި ނަންތައް ވާހަކަތަކަށް ދެއްވުމަށް އަބަދުވެސް ހަނދާންކުރާށެވެ. ކިޔުންތެރިންގެ މެދުގައި މަޤުބޫލު އަދި ހަނދާން ނުނެތޭ ވާހަކައެއް ލިޔަން ބޭނުން ނަމަ، ވާހަކައިގެ ނަން ކުރުކޮށް ފޮނި ކުރާށެވެ.
ކެޓެގަރީ:
ވާހަކަ ކިޔާ މީހުންގެ ތެރޭގައި ވަކި ވައްތަރެއްގެ ވާހަކަ ކިޔާ މީހުންނަކީ ގިނަ ބަޔެކެވެ. އޭގެ ތެރޭގައި "ބިރުވެރި ވާހަކަ" އަށް އެއްބަޔަކު ޝައުގުވެރިވާއިރު "ލޯބީގެ ވާހަކަ" އާއި "އިބުރަތްތެރި ވާހަކަ"އަށް އަނެއްބަޔަކު ނަޒަރު ހުއްޓެއެވެ. އެހެންކަމުން ތިބޭފުޅާ ލިޔުއްވާ ވާހަކައަކީ ކޮން ދާއިރާއެއްގެ ވާހަކައެއްތޯ އަޕްލޯޑްކުރައްވަމުން ޖައްސަވާ! އޭރުން ވާހަކަ ކިޔަން ބޭނުންވާ ފަރާތްތަކަށް އެވާހަކަ ވާސިލްވާން ފަސޭހަވާނެ!

3. ކިޔަން ފައްޓަވާ:

ލައިބްރަރީ:
ވާހަކައެއް ކިޔަމުންގޮސް ފަހުން ކިޔާލަށް ބަހައްޓަން ބޭނުން ހެއްޔެވެ؟ ވާހަކަ.ކޮމް ގައި ވާހަކަތައް ފަހަށް ރައްކާކޮށް ތިބޭފުޅުން ކިޔަން ބޭނުންވާ ވާހަކަތަކުގެ ޚާއްސަ އޮންލައިން ލައިބްރަރީއެއް ހައްދަވާލެއްވުމުގެ ފުރުސަތު ތިބޭފުޅުންނަށް ލިބިވަޑައިގަންވާނެއެވެ.
ލޯބި:
ލިޔުންތެރިންގެ މަސައްކަތަށް ހިތްވަރު ދިނުމަށްޓަކައި ހާޓް ރިއެކްޓް ކޮށްލެވިދާނެއެވެ. މީގެ ސަބަބުން ލިޔުންތެރިންނާއި ކިޔުންތެރިންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދިގެންދާނެއެވެ. އަދި ކިޔާ ވާހަކައަށް އޮތް ލޯބި ބަޔާން ކުރިވެގެން ދިޔުމުގައި ލިޔުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.
ޚިޔާލު:
ކިޔުއްވާ ވާހަކަތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ލިޔުންތެރިންނަށް އެޑްރެސްކޮށް ވާހަކަތަކަށް ކޮމެންޓް ކުރެވޭނެއެވެ. މީގެ ސަބަބުން ވާހަކަތަކުގެ ފެންވަރު އިތުރަށް ތަރައްގީވެ، ކިޔާލަން ރީތި ވާހަކަތަށް ގިނަވެގެންދާނެއެވެ.
ހިއްސާ:
ވާހަކައެއް ރީތިވީ ހެއްޔެވެ؟ އެވާހަކަ އެހެން ފަރާތްތަކަށް ހިއްސާކޮށްލެވޭނެއެވެ. އެގޮތުން ފޭސްބުކް، ޓްވިޓަރ، ވައިބަރ އަދި ޓެލެގްރާމް ފަދަ އެޕްތައް މެދުވެރިކޮށް ގާތް ފަރާތްތަކަށް ވާހަކަ ހިއްސާކޮށްލެވޭނެއެވެ.

ލިޔާ މީހުން ލިޔާށެ. ކިޔާ މީހުން ކިޔާށެ.