މި ޑިސެމްބަރު މަހުގެ ޗުއްޓީގެ ފޯރި އިތުރަށް ގަދަކޮށްލަން ބޭނުންހެއްޔެވެ؟ ވާހަކަ.ކޮމްއިން ތިބޭފުޅުންނާއި ހިސާބަށް މިގެނެސްދެނީ ވާހަކަ ލިޔުމުގެ ޚާއްސަ މުބާރާތެކެވެ. މަހަކު އެއްފަހަރު ކުރިއަށް ގެންދެވޭ މިހާއްސަ ޗެލެންޖްގައި މިމަހުގެ ތީމްއަކީ “ސުނާމީ ވާހަކަ”އެވެ.

ސުނާމީގެ ނުރައްކާތެރި ރާޅުތަކުގެ ވާހަކަތައް ބަޔާންކޮށްދޭ ނަމަ ތިބޭފުޅުން އެ ބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އެ ރާޅުތަކުގައި ތިބޭފުޅުންނަށް ކުރެވުނު އިހުސާސް ހިއްސާކޮށްލަން ބޭނުންފުޅުވާނަމަ ވާހަކަ.ކޮމްގެ މި މުބާރާތުގައި ބައިވެރިވެ 25ޑިސެމްބަރުގެ ކުރިން ފަސްސަތޭކަ ބަހަށް ވުރެ މަދުނުވާނެ ވާހަކައެއް ލިޔުއްވުމަށްފަހު އަޕްލޯޑް ކުރައްވާށެވެ.

ތިބޭފުޅުން މި މުބާރާތުގެ ދަށުން އަޕްލޯޑްކުރައްވާ ވާހަކަތައް ޑިސެމްބަރ 26 ވަނަ ދުވަހު ވެބްސައިޓްގައި ޝާއިއުކުރެވޭނެެެއެވެ. އަދި މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތް ޖެހިގެން އަންނަ ހަފްތާގައި އިއުލާންކުރެވޭނެ އެވެ. އެއްވަނައަށް ދާ ފަރާތް ހޮވާނީ ވާހަކައަށް ލިބިފައިވާ ޖުމްލަ ‘ލަވް” ރިއެކެޓް އަދި ވިއުސްގެ މައްޗަށްބެލުމަށް ފަހުގައެވެ.

މި މުބާރާތުގެ ގަވާއިދުތައް ތިރީގައި ބަޔާންކޮށްފައިވަނީއެވެ.

  • ވާހަކަ ހުށައަޅަންވާނީ 25 ޑިސެމްބަރ 2017 ވާ ދުވަހުގެ ކުރިންނެވެ.
  • ވާހަކަ ލިޔަންވާނީ ދިވެހި ބަހުންނެވެ.
  • ވާހަކައިގައި މަދުވެގެން 500 ބަސް ހަމަވާން ވާނެއެވެ. މި ފަދައިން ބަސްތައް ހަމަނުވާ ވާހަކަތައް އުނިކުރެވޭނެެއެވެ.
  • ކޮންމެ ލިޔުންތެރިއަކުވެސް އެއްވާހަކައަށް ވުރެ ގިނަ ވާހަކަތައް ލިޔެވޭނެއެވެ. ނަމަވެސް ވާހަކަތަކުގެ ވިއުސްތައް ގުނުމަށް ހަމަޖެހިފައިވަނީ ވަކިންނެވެ.
  • ހުށައަޅާ ވާހަކަ ވެެގެންވާނީ ތިޔަފަރާތުގެ އަމިއްލަ ވާހަކައަށެވެ.
  • މި މުބާރާތަށް ހަގީގީ އަދި ޚިޔާލީ ވާހަކަވެސް ހުށައެޅިދާނެއެވެ.

މިފަދަ މުބާރާތެއް މިވެބްސައިޓުން ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ އަޅުގަނޑުމެންގެ ލިޔުންތެރިންގެ ހުނަރުވެރިކަން ކުރިއަރުވައި، ލިޔުންތަކުގެ ފެންވަރު ތަރައްގީކުރުމެވެ. އަދި އެއާއި އެކު ވެބްސައިޓްގެ ވާހަކަތަކުގެ ޚަޒާނާ އިތުރަށް މުއްސަނދިކުރުންވެސް ހިމެނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވާހަކަ.ކޮމްގެ ޓީމްގެ ނަމުގައި ކާމިޔާބަށް އެދެމެވެ. މި މުބާރާތުން ދިވެހި ލިޔުންތެރިންގެ ހަގީގީ ހުނަރުވެރިކަން މުޅި ރާއްޖެއަށް ދައްކާލާނެކަމުގެ ފުރިހަމަޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތެވެ.

ޚިޔާލު ފޮނުއްވާ