ވާހަކަ.ކޮމް އިން ތިޔަ ލިޔުންތެރިންނަށް ޚާއްސަ ފީޗަރއެއް ތައާރަފްކޮށްފިއެވެ.

މިއަދު މި ތައާރަފް ކުރެވުނު ‘ސޭވް ޑްރާފްޓް ފީޗަރ’ގެ ޒަރިއްޔާއިން ލިޔުންތެރިންނަށް ވާހަކަލިޔަން ފެށުމަށް ފަހުގައި، ވާހަކަ ވަކި ހިސާބަކަށް ލިޔުމަށްފަހު ފަހުން ލިޔުމަށް ރައްކާކޮށްފައި ބެހެއްޓޭނެއެވެ. މި ފީޗަރގެ ބަޓަން އިންނާނީ އާ ވާހަކަ ލިޔާ ޕޭޖްގައި، ސޭވް ބަޓަން ޖެހިގެންނެވެ.

ޑްރާފްޓްގައި ހުރި ވާހަކަތައް އެޑިޓްކޮށް ނުވަތަ ޕަބްލިޝްކުރަން ބޭނުންނަމަ، އެވާހަކަތައް ފެންނާނީ ވާހަކަތައް ޕޭޖުގައި އިންނަ ޔޫސަރ ޑޭޝްބޯޑަކުންނެވެ.

މިވެބްސައިޓުން އަބަދުވެސް ލިޔުންތެރިންނާއި ކިޔުންތެރިންގެ ފަސޭހައަަށް އާ ފީޗަރތައް ތައާރަފްކުރަމުންދާނެއެވެ. ތިބޭފުޅުން ބޭނުންވާ ފީޗަރއެއް އިންނަމަ އަވަހަށް ޚިޔާލު ފޮނުއްވާށެވެ. އަޅުގަނޑުމެން އަބަދުވެސް އެހިޔާލުތަކަށް އަހަން ތައްޔާރެވެ

0

ޚިޔާލު ފޮނުއްވާ