0 3


މި ޑިސެމްބަރު މަހުގެ ޗުއްޓީގެ ފޯރި އިތުރަށް ގަދަކޮށްލަން ބޭނުންހެއްޔެވެ؟ ވާހަކަ.ކޮމްއިން ތިބޭފުޅުންނާއި ހިސާބަށް މިގެނެސްދެނީ ވާހަކަ ލިޔުމުގެ ޚާއްސަ މުބާރާތެކެވެ. މަހަކު އެއްފަހަރު ކުރިއަށް ގެންދެވޭ މިހާއްސަ ޗެލެންޖްގައި މިމަހުގެ ތީމްއަކީ "ސުނާމީ ވާހަކަ"އެވެ.

ސުނާމީގެ ނުރައްކާތެރި ރާޅުތަކުގެ ވާހަކަތައް ބަޔާންކޮށްދޭ ނަމަ ތިބޭފުޅުން އެ ބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އެ ރާޅުތަކުގައި ތިބޭފުޅުންނަށް ކުރެވުނު އިހުސާސް ހިއްސާކޮށްލަން ބޭނުންފުޅުވާނަމަ ވާހަކަ.ކޮމްގެ މި މުބާރާތުގައި ބައިވެރިވެ 25ޑިސެމްބަރުގެ ކުރިން ފަސްސަތޭކަ ބަހަށް ވުރެ މަދުނުވާނެ ވާހަކައެއް ލިޔުއްވުމަށްފަހު އަޕްލޯޑް ކުރައްވާށެވެ.

ތިބޭފުޅުން މި މުބާރާތުގެ ދަށުން އަޕްލޯޑްކުރައްވާ ވާހަކަތައް ޑިސެމްބަރ 26 ވަނަ ދުވަހު ވެބްސައިޓްގައި ޝާއިއުކުރެވޭނެެެއެވެ. އަދި މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތް ޖެހިގެން އަންނަ ހަފްތާގައި އިއުލާންކުރެވޭނެ އެވެ. އެއްވަނައަށް ދާ ފަރާތް ހޮވާނީ ވާހަކައަށް ލިބިފައިވާ ޖުމްލަ 'ލަވް" ރިއެކެޓް އަދި ވިއުސްގެ މައްޗަށްބެލުމަށް ފަހުގައެވެ.

މި މުބާރާތުގެ ގަވާއިދުތައް ތިރީގައި ބަޔާންކޮށްފައިވަނީއެވެ.

 • ވާހަކަ ހުށައަޅަންވާނީ 25 ޑިސެމްބަރ 2017 ވާ ދުވަހުގެ ކުރިންނެވެ.
 • ވާހަކަ ލިޔަންވާނީ ދިވެހި ބަހުންނެވެ.
 • ވާހަކައިގައި މަދުވެގެން 500 ބަސް ހަމަވާން ވާނެއެވެ. މި ފަދައިން ބަސްތައް ހަމަނުވާ ވާހަކަތައް އުނިކުރެވޭނެެއެވެ.
 • ކޮންމެ ލިޔުންތެރިއަކުވެސް އެއްވާހަކައަށް ވުރެ ގިނަ ވާހަކަތައް ލިޔެވޭނެއެވެ. ނަމަވެސް ވާހަކަތަކުގެ ވިއުސްތައް ގުނުމަށް ހަމަޖެހިފައިވަނީ ވަކިންނެވެ.
 • ހުށައަޅާ ވާހަކަ ވެެގެންވާނީ ތިޔަފަރާތުގެ އަމިއްލަ ވާހަކައަށެވެ.
 • މި މުބާރާތަށް ހަގީގީ އަދި ޚިޔާލީ ވާހަކަވެސް ހުށައެޅިދާނެއެވެ.

މިފަދަ މުބާރާތެއް މިވެބްސައިޓުން ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ އަޅުގަނޑުމެންގެ ލިޔުންތެރިންގެ ހުނަރުވެރިކަން ކުރިއަރުވައި، ލިޔުންތަކުގެ ފެންވަރު ތަރައްގީކުރުމެވެ. އަދި އެއާއި އެކު ވެބްސައިޓްގެ ވާހަކަތަކުގެ ޚަޒާނާ އިތުރަށް މުއްސަނދިކުރުންވެސް ހިމެނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވާހަކަ.ކޮމްގެ ޓީމްގެ ނަމުގައި ކާމިޔާބަށް އެދެމެވެ. މި މުބާރާތުން ދިވެހި ލިޔުންތެރިންގެ ހަގީގީ ހުނަރުވެރިކަން މުޅި ރާއްޖެއަށް ދައްކާލާނެކަމުގެ ފުރިހަމަޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތެވެ.

3

 1. Avatar

  ލަވް ރިއެއްޓާއި ވިއުސް ބަލައިގެން އެެއްވަނަ ދިނުން ތިޔައީ ވަރަށް ދޯހަޅި ގޮތެއް. ވާހަކަ ހަޑިޔަސް ރީއްޗަސް ވެސް އެއްވަނަ ލިބޭނީ ރައްޓެހިން ގިނަ މީހަކަށް. ކުރުގޮތަކަށް ބުނަންޏާ ތިޔަ މުބާރާތަކީ ރައްޓެހިން ގިނަ މީހަކު ހޮވަން ބާއްވާ މުބާރާތެއް. ބަލާ މިސާލަކަށް އިހަށް ދުވަހު މި ސައިޓްގަ ގެނަސްދީފައި އިން ‘ބިކަހާލު’ ވާހަކަ. ހީވަނީ ތުއްތު ބޭބީއެއް ލިޔެފައި އިން ވާހަކައެއް ހެން. އެކަމަކު ލަވް ރިއެކްޓް އުޅެނީ ހަތްތަރިން މަތީގައި. މާ އިންސާފުވެރި ވާނެ ބިންމާމެން ކަހަލަ ވާހަކަ ލިޔުންތެރިޔަކު ލައްވާ ޖަޖް ކޮއްލިއްޔާ.

  13
  2
  1. Avatar

   ޑޯރީ ތިހާ މޮޅުމީހަކު ކީއްކުރަން ލިޔުންތރިއެއް ލައްވާ ވާހަކަތަށް ޖަޖު ކުރަންވީ؟ ވަރަށް ޖޯކު އަސްލު.. ކާމިޔާބަކީ މަސައްކަތްތެރިންގެ ޙައްޤެއް.. ތިހެން ހަސަދަވެރި ވެގެން ކުރިއެރުމެއް ނުލިބޭނެ.. ” ބިކަޙާލު ” ވާހަކައެއީ މުޅި މިސައިޓުންވެސް އެންމެގިނަ ލައިކްސް އާ ވިއު ހޯދި ވާހަކަ. ފުރަތަމަ ވާހަކައިންވެސް މުޅި ސައިޓްގެ ލީޑް ނެގީ..
   އެއީ ހަޤީޤީ ލިޔުންތެރިންނަކީ ❤️

   1
   1
 2. Avatar

  އެބުނާހެން ތަންކޮޅެއް ހަރުދަނާކޮށް ޖަޖު ކުރަން ފަށާ ދުވަހަކަކުން އަހަރެމެން ވާހަކަ ލިޔާނީ

  5
  1
  1. Avatar

   މިއީ ލިޔުންތެރިކަން ކުރިއަރުވަން ކުރާ ކަމެއް. ގިނައިން ވާހަކަ ލިޔުނީމާ ގިނަ ކުރިއެރުން ލިބެނީ. މަހަކު އެއްފަހަރު ޖައްސާ އިރު ކިިހިނެއް ޖަޖެއްވެސް ހޯދާނީ. އަދި ބޮޑު އެވޯޑު ތިބެނީ. ހާސް ނުވަނީ. މައްސަލަ ނުހުންނަނީ.

 3. Avatar

  ވާހަކަ ލިޔާއިރު އެ ލިޔެވެނީ ކިތައްބަހުގެ ވާހަކައެއްކަން ފަސޭހަކަމާއިއެކު ލިޔުންތެރިޔާއަށް އެނގޭނެފަދަގޮތެއް ހައްދަވައިދެއްވާ..

ޚިޔާލު ފޮނުއްވާ