ވާހަކަ ޑޮޓް ކޮމް އަލުން ރީބްރޭންޑްކޮށް ދިވެހި ވާހަކައިގެ “ލޯބިވެރިންނަށް” ދޫކޮށްލި ފަހުން ގިނަ ބަޔަކު އަންނަނީ މި ވެބްސައިޓް މެދުވެރިކޮށް ވާހަކަ ކިޔަމުންނެވެ. އަދި ދުވަހެއް ދުވަހަަކަށް އަޅުގަނޑުމެންނާ ގުޅޭ ލިޔުންތެރިންގެ އަދަދުވެސް އަންނަނީ އިތުރު ވަމުންނެވެ. ކޮންމެ ދުވަހަކުވެސް ވާހަކަ ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު ވާހަކަތައް އަޅުގަނޑުމެން އަންނަނީ ފާހަގަކުރަމުންނެވެ. އަދި ކޮންމެ ހަފްތާއަކުވެސްމެ އެވެ. މިހާތަނަށް މި ވެބްސަިއޓުގައި 63 ވާހަކަ ޝާއިއު ކޮށްފައިވާނެ އެވެ. އޭގެ ތެރޭގައި ހަގީގީ، ބިރުވެރި، އަދި ލޯބީގެ ވާހަކަތަކާއި ކުޑަކުދިންނާ ގުޅޭ ވާހަކަތައް ހިމެނޭނެ އެވެ. އެ ވާހަކަތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ބާވަތަކީ ހަގީގީ ހާދިސާތަކުގެ މައްޗަށް އަަޅުގަނޑުމެންގެ ލިޔުންތެރިން ލިޔެފައިވާ ވާހަކަތަކެވެ. ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ 12 ވާހަކައެއް މިދިޔަ ހަފްތާގައި އެކަނިވެސް  ޝާއިއުކޮށްފައިިވާނެ އެވެ. އޭގެ ތެރެއިން ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު ފަސް ވާހަކައަށް އަލިއަޅުވާލާނަމެވެ.

1. އެޒުވާނާ މަރުވީ ޒިނޭގެ ތަންމަތީގައެވެ.

މިވާހަކަ ލިޔެފަައިވަނީއަބްދުﷲ ހާމިދުއެވެ. މިވާހަކައިގައި ބަޔާންކޮށްފައިވަނީ ރަހުމަތްތެރިންގެ އެދުމުގެ މަތިން ޒިނޭގެ ފާހިޝް އަމަލުތަކަށް އަރައިގަތް ޒުވާނަކަށް އޭނާގެ އެންމެ ފަހުގެ ނޭވާއާއި ކުރިމަތި ލާން ޖެހުނު ގޮތެވެ. މިއީ ހަމަ ގައިމުވެސް އަދުގެ ޒުވާނުންނަށް ގުޅޭނެ، އިބްރަތުން ފުރިގެންވާ ވާހަކައެކެވެ.

2. ރޮހިންޔާ މުސްލިމުންގެ ބަތަލު

ހާތިމް ޔޫސުފް ލިޔެފައިވާ މި އަސަރުން ފުރިގެންވާ ވާހަކައަކީ އަސޭކަރައިގެ މަސްވެރިޔަކު އޭނާގެ މުސްލިމް އަހުންނަށް އެހީވުމަށް ކުރި ބުރަ އަދި އާދަޔާ ޚިލާފު މަސައްކަތްތައް ދައްކުވައިދޭ ހަގީގީ ވާހަކައެކެވެ.

3. އުންޑަ

ގައުމުގެ ގޮވާލުމަށް އިޖާބަދީ ފުރާނައިން ގުރުބާންވާން ބޭނުންވަނީ ހަމައެކަނި ހިތްވަރާއި އީމާންތެރިކަން ކަމަށް ދައްކުވައިދޭ މިވާހަކައަކީ ނޮވެމްބަރ ތިނެއްގެ އުދުވާނީ ހަމަލާގައި ހިނގި އަސްލު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަތަކެކެވެ. ވާހަކަ ލިޔެފައިވަނީ މުހައްމަދު މުއައްލިމް އިބްރާހީމްއެވެ.

4. ތޭވީސް ޑިސެމްބަރ

މަދަނީ އިއްތިހާދުން 2011 ވަނަ އަހަރު ރާއްޖޭގައި އިންތިޒާމްކުރި އެއްވުމުގެ ތެރެއިން ނޫސްވެރިއެއްގެ ހަޔާތް ބަދަލުކޮށްލި ގޮތުގެ ވާހަކަ ގެނެސްދެނީ މިހާދިސާ ތަހައްމަލްކޮށް އެކަމުން ސަލާމަތްވި އަލީ އަހުސަންއެވެ.

5. ހިތް ތެޅުނު ވަރުން:

ކުޑައިރުގެ ލޯތްބެއް ފުރާވަރަށް އަރައި ބަދަލުވެގެންދިޔަ ހިތާމަވެރި ގޮތް ގެނެސްދޭ މިވާހަކަ ލިޔެފައިވަނީ ހުސައިންއެވެ.

މި ވާހަކަތަކުގެ ތެރޭގައި ތިބާއަށް އެންމެ ކަމުދިޔަ ވާހަކަ ނެތްނަމަ ރައްޓެހިންނާ އެވާހަކަތައް ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓް މެދުވެރިކޮށް ހިއްސާކޮށްލާށެވެ. ކުރިޔަށް އޮތް ހަފްތާގެ ލިސްޓުގެ އެންމެ ކުރިން އެ ވާހަކަ ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެންމެ ރީތި ވާހަކަތައް ޝެއާ ކުރަން ފަށާށެވެ.

0
  1. Avatar

    ވާއު. ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް ވާހަކަ.ކޮމް މި ކުރިޔަށްދަނީ. މިގޮތަށް ލިޔުންތެރިންނަށް ހިތްވަރުދޭން މަސައްކަތް ކުރާތީ ވަރަށް އުފާވޭ

  2. Avatar

    މަރުހަބާ އަބްދުﷲ ހާމިދު. ވަރަށް އަސަރު ކުރި 1ވަނަގައި އިން ވާހަކަ ކިޔާފަ

  3. Avatar

    ވަރަށް ސަޅި. ވަރަށް ރީތި ހުރިހާ ވާހަކަ. މީގެން އެބަ އެނގޭ ދިވެހި ވާހަކަ ކިޔަނީ ހަމަ އެކަނި ލޯބީގެ ވާހަކަ ނުންކަން.

ޚިޔާލު ފޮނުއްވާ